އަބަދުގެ އަބަދަށް (ދެވަނަ ބައި)
ކިޔާނާއި އައިލީންގެ ގުޅުމަށް ޖެހުނީ ކާކުގެ އެސްފީނައެއްކަމެއް ނޭނގެއެވެ. މަޑުމަޑުން އައިލީންގެ މިޒާޖު ބަދަލުވާން ފެށިއެވެ. އައިލީން ކިޔާނާއި ދުރުވުމަށް މަސައްކަތްކުރާކަން ކިޔާނަށް ފާހަގަވާން ފެށިއެވެ. ކިތަންމެ ވަރަކަށް ވިސްނިޔަސް އެކަމުގެ ސަބަބެއް ކިޔާންގެ ސިކުނޑިއަކަށްނައެވެ. ކިޔާނަށް ކަމެއް ގޯސްކޮށް ކުރެވުނީތޯވެސް އެތައްފަހަރަކު އައިލީންގާތުގައި އެހުނެވެ. އެހެނަސް އަބަދުވެސް ލިބެނީ ހަމަ އެއްޖަވާބެކެވެ. މައްސަލައުޅެނީ ކިޔާންގެ ނޫންކަމާއި އައިލީންގެކަމަށެވެ. އެހެނަސް އެ މައްސަލައަކީ ކޮބައިކަމެއް އައިލީން ކިޔާން ގާތުގައެއް ނުބުންޏެވެ.ދެމީހުންގެގުޅުން ދިޔައީ ދުވަހެއް ދުވަހަކަށް ހީނަރުވަމުންނެވެ. މިކަމާާ ކިޔާން އައިލީން ގާާތުގައި ޝަކުވާ ކުރަން ފެށިއެވެ. އެހެނަސް ކިޔާންގެ އެ ޝަކުވާތަކަށްވެސް އައިލީން ދިނީ ބީރުކަންފަތެކެވެ. ހިތަށް ތަދުނުވާތީއެއް ނޫނެވެ.އަސަރުު ނުކުރާތީއެއް ނޫނެވެ. އެހެނަސް އައިލީނަށް އެނޫން ގޮތެއްނެތީއެވެ. ޙަޤީޤަތް ކިޔާން ގާތުގައި ހާމަކުރާނެހާ ހިތްވަރު ނެތީއެވެ. ކިޔާންގެ ހިތަށް އެކަމުން އަސަރުކުރާނެވަރު އައިލީނަށް އިހުސާސްވާތީއެވެ. އެއްވެސް ކުށެއްނެތި ކިޔާންގެ ހިތް ރޮއްވާލަން އައިލީން ޖެހިލުންވަނީއެވެ. އެހެނީ ކިޔާން އޭނާދެކެވާ ތެދުވެރި މަތިވެރި ލޯބި އައިލީން އަށް އެނގެއެވެ.
ކިތަންމެ ފަހަރަކު ހިތްވަރުކޮށްފައި ކިޔާންގެ ސުވާލުތަކަށް ތެދު ޖަވާބެއްދޭން އައިލީންގެ ހިތް އެދުނެވެ. އެކަމަކު ކޮންމެ ފަހަރަކު ކިޔާން އޭނާދެކެވާ މަތިވެރި ލޯބި އެކަމަށް ހުރަސް އަޅަނީއެވެ. އާހް.. އޭނާއަށް މިނޫންގޮތެއް ހަމަ ނެތީހެއްޔެވެ؟..
އައިލީންގެ ސިނކުޑި ވަނީ ހާސްކަމެއްގެ ތެރޭގައެވެ. އެއްކޮޅުން ކިޔާނަށް ޙަޤީޤަތް ފޮރުވަން މަސައްކަތްކުރާވަރަކަށް އަނެއްކޮޅުން ކިޔާންގެ ސުވާލުތައްދަނީ އިތުރުވަމުންނެވެ. އައިލީން ހަދާނެ ގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހުނުހިނދު އެންމެ ފުރަތަމަވެސް އެ ސިނކުޑިއަށް އައީ ކިޔާރާގެ ނަމެވެ. އޭނާގެ ދެގޮތެއްނުވާ ތެދުވެރި އެކުވެރިޔާާގެ ނަމެވެ. ކިޔާރާއާއި މިވާހަކަތައް ހިއްސާކުރަން އައިލީންގެ ހިތް ބުންޏެވެ. އޭނާގެ އިޙްސާސްތައް އެންމެ ރަނގަޅަށް ދަންނާނެ އެއްފަރާތަކީއެއީއެވެ.
އޮފީހުން އައިސް ގެޔަށްްވަތް ކިޔާންގެ ތަބީޢަތް ވަނީ ގޯސްވެފައެވެ. އެއްވެސް ސަބަބެއްނެތިއެއް ނޫނެވެ. ފަހަކަށް އައިސް އައިލީންގެ އުޅުމަށް އައިސްފައިވާ ބަދަލުތައް އޭނާއަށް އުނދަގޫކުރަނީއެވެ. ވިސްނިވަރަކަށް ސިކުނޑީގެ ހަމަނުޖެހުންވަނީ އިތުރެވެ. އައިލީން އޭނާއަށް ކޮންމެސް ކަމެއް ސިއްރުކުރާކަން ކިޔާނަށް އިހުސާސްވާން ފެށިތާ މިހާރު ދުވަސްކޮޅެއްވެއްޖެއެވެ. އެހެނަސް އެއީ ކޮންކަމެއްކަން އުޅެއުޅެވެސް ކިޔާނަށްވަނީ ނޭނގިފައެވެ. ކޮންމެ ގޮތެއްހަދާފައިވެސް އެ ސިއްރުހޯދަން ކިޔާން ބޭނުންވެއެވެ. އެކަމަށްޓަކައި އޭނާ ކަރުހިއްކައިގަނެފައިވާ މިންވަރު ދެނެވޮޑިގެންވާނީ އޭނާ ހެއްދެވި ފަރާތެވެ. އައިލީންގެ ހުރިހާ ސިއްރުތަކެއް ކިޔާރާ ދަންނާނެކަން ކިޔާނަށް އެނގެއެވެ. އެހެންކަމުން އޭނާ ގަސްތުކުރީ އޭނާގެ ހިތުގައި އުފެދިފައިވާ ހުރިހާ ސުވާލުތަކެއްގެ ޖަވާބު ކިޔާރާގެ ފަރާތުން ހޯދުމަށެވެ. މިޚިޔާލު އައުމާއެކު ކިޔާން އަވަހަށް ކިޔާރާގެ ގެޔަށް ދިއުމަށްޓަކައި ތައްޔާރުވާން ފެށިއެވެ. މިއަދު އޭނާ ހުއްޓައިލާނީ އައިލީންގެ ހުރިހާ ސިއްރުތަކެއް ހޯދުމަށްފަހުއެވެ.
ކިޔާން ބޭރަށް ނުކުތްއިރު އުޑުމަތިވަނީ ކަޅު ވިލާތަކުން ބަނަކޮށްލާފައެވެ. ހީވަނީ ދެންމެ ދެންމެ ވާރޭ އޮއްސައިގަނެފާނެހެންނެވެ. ވައިބާރުކަމުން ގަސްތައްވެސް މުލުން ލުހެލާފާނޭ ހީވާފަހަރު މަދެއްނޫނެވެ. އުޑުމައްޗަށް ބަލައިލުމަށްފަހު ކިޔާން ސައިކަލަށް އަރައި ދުއްވާލީ ކިޔާރާ މެންގެއަށް ދިޔުމުގެ މަޤުސަދުގައެވެ. އޭނާގެޙަޔާތައް އަންނަންއުޅޭ ބިރުވެރި ކޮޅިގަނޑުގެ އެއްވެސް ހިލަމެއްނުވާާ ހާލުގައެވެ.
ކިޔާރާމެންގޭ ފާރުކައިރީ ސައިކަލް ޕާރކް ކޮށްލުމަށްފަހު ކިޔާން މަޑުމަޑުން ދޮރާށި ހުޅުވައިލިއެވެ. އެތެރެއަށް ވަނުމާއެކު ނޭފަތުގައި ޖެހުނީ މާމެލާމެލީގެ ހިތްގައިމު މީރުވަހެެވެ. އެއީ އެގޭގައި ހައްދާފައި އޮންނަ ބަގީޗާގައި ފަރިވެފޮޅިފައި ހުރި މާތަކުގެ މީރުވަހެވެ. ހިތާއި ރޫހަށް ލިބުނީ ބަޔާންކުރަންދަތި ހަމަޖެހުމެކެވެ. ކުޑަހިނދުކޮޅަކަށް ނަމަވެސް އެގެއަށް އައި ބޭނުންް ކިޔާން ހަނދާާން ނެތުނު ކަހަލައެވެ. އިރުކޮޅަކު އެތަނުގައި މަޑުކޮށްލުމަށްފަހު ކިޔާން ގޭތެރެއަށް ވަނުމަށްޓަކައި މިސްރާބުޖެހިއެވެ. ސިޓިންރޫމާއި އަރާ ހަމަވިތަނާ ދެމީހަކު ވާހަކަދައްކާއަޑު ކިޔާންގެ ކަންފަތުގައި ޖެހުނެވެ. ތަންކޮޅެއް ރަނގަޅަށް ސަމާލުވެލީ އެއީ ކޮންބައެއްތޯ ބަލާލުމުގެނިޔަތުގައެވެ.
ކިޔާންގެ ހިތަށް ހީވީ ތޫނު ހަންޖަރެއް ހަރާލިހެންނެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟ ތިމާ އެންމެލޯބިވާ މީހާގެ ވޭނީ ގިސްލުމުގެ އަޑު އިވުމުން އަސަރުނުކުރާނީ ކޮންހިތަކަށް ހެއްޔެވެ؟ އާއެނކެވެ. ކިޔާނަށް އިވުނީ އައިލީންގެ ގިސްލުމުގެ އަޑެވެ. އެއަޑުގައި އެތައް ވޭނަކާއި ޝަކުވާތަކެއް އެކުލެވިގެންވެއެވެ. އިސާހިތަކު ކިޔާންގެ ދެލޯވެސް ތެމިގެން ދިޔައެވެ. އައިލީން ރޯންވީ ކީއްވެހެއްޔެވެ؟ ހަމަގައިމުވެސް އޭނާ އައިލީން ރޯވަރުގެ ކަމެއް ނުކުރެއެވެ. ކިޔާންގެ ހިތުގައި އެތައް ސުވާލުތަކެއް ފުނިޖެހިގެން ދިޔައެވެ. ވާނުވާނޭނގިފައި ކިޔާނަށް ހުރެވުނީއެވެ. ކީއްވެ ކަމެއް ނޭނގެއެވެ. އައިލީނާއި ކިޔާރާގެ ވާހަކަތައް ހަމަ އަޑުއަހާލާހިތް ވަނީއެވެ.
އެގޮތުގައި އިރުކޮޅެއް ވޭތުވެގެން ދިޔުމަށްފަހު ކުއްލިއަކަށް އައިލީން ވާހަކަދައްކަން ފެށިއެވެ. ވަރަށް އުނދަގުލުން ކުރެހިފައިވާ އަޑަކުން އައިލީން ވާހަކަދެއްކޭތޯ މަސައްކަތްކުރިއެވެ. އެއަޑުގައި އެއްވެސް ދިރުމެއް ނުވެއެވެ. އައިލީންގެ ދުލުން ނުކުތް ޖުމްލަައާއެކު ކިޔާނަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެމިގަތްހެންނެވެ. އެއިން ކޮންމެ ލަފްޒަކާއެކު ކިޔާންގެ ހިތް ދިޔައީ ފޮތިފޮތި ވަމުންނެވެ. ލޭކަރުނަ އެހިތުން އޮހޮރެންފެށީ ބޭއިޚްތިޔާރުގައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.







Varah salhi ekamun haadha kurey ☹️
Thanks rifu.. In sha allah next part dhigukohlaanan.. ☺
Varah reethi…..waiting fo next part……
Thanks.. In sha allah v avahah up kohdheynan..
v reethi ekamaku haadhakurey
Thanks xaan.. Dhn inna bai in sha allah dhigukohlaanan..
Thanka xaan.. Dhn inna bai in sha allah dhigukohlaanan..
Wow vvvvv reathi konerakun anehbae fennaaney.
Thanks.. In sha allah miadhu up kureveythw balaanan.. Wrkin on it.. ☺
V reethi. Ma sha Allah
Next partga paragraph vaki kollahchey ?
Ya.. Thanks.. In sha allah i will.. Aslu liyaairu liyany paragraph thah vakin.. Neenge up kuryma vaa gotheh.. Hehe
Varah reethi mi part ves..?
first part ge sifakurun varah salhi.?
First part ga comment eh nukurevunyma mihen mibuny…?
Thank you.. ☺