Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަބަދުގެ އަބަދަށް ( ހަތަރުވަނަ ބައި)

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
September 10, 2017 3 Mins Read
11 Comments

އައިލީން ވެއްޓުނު މަންޒަރު ފެނުމުން ކިޔާާރާއަށް ހީވީ ބޮލުގައި މީހަކު ބާރުއެތިފަހަރެއް ޖެހިހެންނެވެ. ދެފަޔަށް ބާރުލައިފައި ދުވުން ބާރުކޮށްލިއެވެ. ކިޔާރާ އައިލީނާއި އަރާހަމަވިއިރު އައިލީން ހީވަނީ ހީކަރުވައިގަނެގެންގޮސް ރޫޅިދާނެހެންމެވެ. ފެންކޯރުތެރޭގައި ކުޑަކަކޫ ޖަހައިލައިގެން އިސްދަށަށް ޖެހިފައި ރޯން އިން އައިލީން ފެނުމުން ކިޔާރާާގެ ހިތް ހީވީ ކުޑަހިނދުކޮޅަކަށް ނަމަވެސް ހުއްޓުނުހެންނެވެ. އެކުވެރިޔާއަށްޓަކައި އޭނާގެ ހިތް ޙަމްދަރުދީއިން ފުރުނެވެ. މަޑުމަޑުން އައިލީން ގާާތުގައި އިނށީދެލުމަށްފަހު އޯގާާތެރިކަމާއެއްކޮށް އައިލީން ގެ ބޮލުގައި ކިޔާރާއަށް ފިރުމައިލެވުނެވެ. އަދި އައިލީން ގެނެސް އޭނާާގެ މެޔާ ލައްކޮށްލުމަށްފަހު އެދެއަތުން އައިލީން ވަށާލީ އެކަކު އައިލީނާ އެއްކޮށްނުވިޔަސް އޭނާ ވާނަމޭ ބުނާފަދަ ގޮތަކަށެވެ. އައިލީނަށް ކިޔާރާގެ ގައިގައި ބައްދާލެވުނީ ބޭއިޚްތިރާގުއެވެ. އެއާއެއްކޮށް އައިލީންގެ ރޮއުންވެސް ބާރުވެގެން ދިޔައެވެ. ދެކުދިން އެކަކު އަނެކަކު ގައިގައި ބައްދާލާގެންތިބެ އަޑުން އަޑުނަގާ ރޮމުން ދިޔައެވެ. އެކުދިންގެ ހާލަތު އެވަގުތު ފެނުނުކޮންމެ މީހެއްގެ ހިތްވެސް ރަހުމުން ފުރޭނެކަން ކަށަވަރެވެ. އެގޮތުގައި ވަގުތުކޮޅެއް ހޭދަވުމަށްފަހު އައިލީން ކިޔާރާއަށް ބަލައިލީ އޭނަ ކިޔާން ގާތަށް ގެންގޮސްދޭށޭ ބުނާފަދަ ނަޒަރަކުންނެވެ. އައިލީންގެ ދެލޮލުން އައިސް އައިސްހުރި ތާޒާ ކަރުނަތައް ނުހަނު ލޯތްބާއެކު ފުހެލަދެމުން ކިޔާރާ ދެފަރާތަށް ބޯހޫރުވައިލީ އެއްގޮތަކަށްވެސް އައިލީންގެ އެދުމަށް ނޫނެކޭ ބުނުމުގެ ގޮތުންނެއްނޫނެވެ. އެހެނަސް ވަގުތުގެ ނާޒުކުކަމުން އެއީ އެކަމަށް އެންމެ ރަނގަޅު ވަގުތުނޫންކަން ކިޔާރާއަށް ވިސްނޭތީއެވެ.

” ނޫން ލީން. މިވަގުތަކު ނޫން. މިބޯވިއްސާާރައިގަ އެއޮތް ދުރަށް ދާާކަށް ނުވާނެ. މިހާރުވެސް ލީންގެ ހާލަތު ނިކަން ބަލާބަލަ. މުޅިކުއްޖާ ހީވަނީ ރޫޅިދާނެހެން. ހިނގާ އަހަރެންނާ އެއްކޮށް ގެއަށް. މާގިނައިރު ވާރޭތެރޭ އިންނަންވެއްޖެއްޔާ ލީން ބަލިވެދާނެ. ހިނގާ އަވަހަށް” ކިޔާރާ އައިލީނަށް ވިސްނައިދިނީ ކުޑަކުއްޖަކަށް ވިސްނައިދޭނެހާ ލޯބިންނެވެ. އައިލީންވެސް ކިޔާރާގެ ބަސްޤަބޫލުކޮށް އިންތަނުން މަޑުމަޑުން ތެދުވެ ކިޔާރާއާއެއްކޮށް ކިޔާރާގެ ގެޔާ ދިމާއަށް ހިނގައިގަތެވެ. ގޮތްހުސްވެފައިވާ މީހަކުފަދައިންނެވެ. މުޅިދިރިއުޅުމުގައިވެސް އޭނާ މިހާ ހިތުޖެހުނު ދުވަހެއް ނާދެއެވެ.އެންމެ ލޯބިވާ މީހާ ގެއްލުމުން އަސަރުނުކުރާނީ ކާކަށްހެއްޔެވެ؟

ބާރު ހިނގުމެއްގައި ތެމިފޯވެގެން ކިޔާން އައިސް ކޮޓަރިއަށް ވަނެވެ. އިސްތަށިގަނޑުގައި އަތްހިންގާލެވުނީ ސިކުނޑިއަށް ކުރަމުންދިޔަ ބާރު ކުޑަވާނެކަމަށް ހީކޮށެވެ. ތެތްއެއްޗެހިވެސް ބަދަލުނުކޮށް ކިޔާންގޮސް އެނދުކައިރީގައި އިނށީނެވެ. ދެކަކޫ ގަޔާ ކައިރިކޮށްލުމަށްފަހު ކަކުލުގައި އަތްވަށައިލާ ބޯއަޅާލިއެވެ. އެެއްވެސް ހިފެހެއްޓުމެއްނެތި ކިޔާާންގެ ދެލޯފުރި ހޫނު ކަރުނަތަކުން އެކޯތާފަތް ތެންމާލިއެވެ. އަދިވެސް އައިލީން އޭނާއަށް އެހާބޮޑު އޮޅުވާލުމެއް އޮޅުވާލައިފާނެކަމަކަށް ކިޔާނަކަށް ޤަބޫލެއްނުކުރެވެއެވެ. އައިލީން އޭނާއަށް މިދިނީ ކިހާބޮޑު ކެއްސެއްހެއްޔެވެ؟ ކިޔާންގެ އެއްވެސް ކުށެއްނެތިއެވެ. އައިލީން ދެކެ ކިޔާންވީ ތެދުވެރި ލޯބީގެ އަގު ކިތަންމެ ރަނގަޅަކަށްވެސް އައިލީން ކިޔާނަށް ދީފިއެވެ. ވިސްނިވަރަކަށް ކިޔާާންގެ ރުޅިގަނޑުވީ ގަދައެވެ. އެންމެފަހުން އިނށީދެކެން ނީނދެވޭ ހިސާބަށް ދިޔުމުން ތެދުވެ މުޅިކޮޓަރިތެރޭގައި ކިޔާން އެނބުރެންފަށައިފިއެވެ. ދެންމެވީ ހުރިހާކަމެއް ކިޔާންގެ ލޯކުރިމަތީގައި ފިލްމީ މަންޒަރެއްހެން ސިފަވާން ފެށުމުން އައި ގަދަރުޅީގައި ފާރުގައި ގޮށްމުއްކަވާފައި ޖެހުނެވެ. އެގޮތަށް ތިންހަތަރު ފަހަރު ޖެހުމުންވެސް ކިޔާންގެ ރުޅިގަނޑު މައިތިރިވާގޮތެއްނުވިއެވެ. އޭނާގެ އަތުގައި އަޅަމުންދިޔަ ވޭންވެސް ކިޔާނަށް އިހުސާސްނުވާފަދައެވެ.ކުއްލިއަކަށް އަޑުގެކޮޅަށް ހަޅޭލަވައިގަތުމަށްފަހު ބޮލުގައި ދެއަގުން ހިފަހައްޓައިގެންހުރެ ފާރުގައި ކޭތެމުން ކިޔާން ހުރިތަނަށްތިރި ވެއްޖެއެވެ. އޭރުވެސް މުޅިކޮޓަރީގައި ކިޔާންގެ ގިސްލުމުގެ އަޑު ހަރުލާފައި ހުއްޓެވެ. ކިޔާންގެ ސިކުނޑީގައި އައިލީނާއިމެދު ބަދަލުހިފުމުގެ ރޫޙު އަށަގަތެވެ. އޭނާއަށް މިދިން ބޮޑުކެހީގެ ބަދަލު އޭނާ އައިލީންގެ ކިބައިން ހިފާނެއެވެ. މުޅި ރަށަށް އައިލީން ބަދުނާމް ކޮށްލާާނެއެވެ. ދުވަހަކު މީހަކާއި މޫނު ހަމަކުރަން ނުކެރޭވަރު ކޮށްލާނެއެވެ. ދުނިޔެއަށް ގިނަކޮށް ބާކީކޮށްލާނެއެވެ. އެއީ ކިޔާނަށް އައިލީންދިން ހިތާމައިގެ އަގެވެ.

ޖެހިގެންއައި ދުވަހު ކިޔާާރާާ ލީޝާ މެންގެއަށް ދާންނިންމިއެވެ. ކިޔާން ގާތު ލީޝާ އެހާ ބޮޑު ދޮގެއް ހެދި ސަބަބު އެނގެން ކިޔާރާ ބޭނުންވެއެވެ. އެހެންކަމުން ހެނދުނުގެ ނާސްތާއަށްފަހު އައިލީން އޭނާގެ ގެޔަށް ލުމަށްފަހު ކިޔާރާ މިސްރާބުޖެހީ ލީޝާ މެންގެ ގެއަށް ދިއުމަށެވެ. ރޭގެ ހާދިސާއަށްފަހު އައިލީން އިންނަނީ ނެނގިމަޑުވެފައެވެ. ކޮންމެހެން ބުނަންޖެހޭ އެއްޗެއްފިޔަވައި އެކަކާވެސް އައިލީން އަގައިންނެއް ނުބުނެއެވެ. ރޭހަތަރުދަމު ގިސްލާ ރޮއުމުގެ ސަބަބުން މުޅިކުއްޖާގެ ދެލޯވަނީ ދުޅަވެފާރުވެފައެވެ. ކިޔާރާގެ ހިތްވަރުން މިހާރު އައިލީން ވަނީ ކޮންމެސް ވަރަކަށް ހަމައަކަށްއެޅިފައެވެ. އެހެނަސް ކިޔާންގެ ރަހުމްކުޑަ ބަސްތައް އެހިތަކުން ނުފިލައެވެ. ކެތްކޮށްލައިގެން އިނީ މިނޫން އިތުރުގޮތެއްނެތުމުންނެވެ.

ސަލާމް ގޮވާލުމަށްފަހު ކިޔާާރާ ލީޝާ މެންގެއަށް ވަނީ އޭނާގެ ސަލާމް ބަލައިގަތުމުންނެވެ. އޭރު ލީޝާގެ މަންމަ ސިޓިންރޫމްގައި ޓީވީ ބަލަން އިނެވެ.

” ލީޝާ އެބައުޅޭތޯ؟” އަދަބުވެރިކަމާއެކު ކިޔާރާ އެއްސެވެ. ” ކޮޓަރީގަވީ”. ކިޔާރާއަށް ފުންނަޒަރަކުން ބަލާލަމުން ލީޝާ ގެ މަންމަ ޖަވާބު ދިނެވެ. ” ގޮވާލަންވީތަ؟” ކިޔާރާގެ ޖަވާބަކަށް އިންތިޒާރުކުރުމެއްނެތި ލީޝާގެ މަންމަ އެއްސެވެ. ” އަޅުގަނޑު ގޮސް ގޮވާލިއަސް އެންމެ ރަނގަޅުތޯ؟” ޖަވާބު ދިނުމުގެ ބަދަލު ކިޔާރާވެސް ކުރީ ސުވާލެކެވެ. ލީޝަގެ މަންމަ ބޯޖަހައިލަމުން ލީޝާގެ ކޮޓަރިއާދިމާއަށް އަތުން އިޝާރާތް ކޮށްލިއެވެ.

ކޮޓަރީގައި ވާހަކަފޮތެއް ކިޔަން އޮތް ލީޝާ ދޮރާދިމާއަށް ބަލާލީ މީހަކު ޓަކިޖަހަން ހެދީމައެވެ. ތަންކޮޅެއް ބާރަށް ވަންނާށޭ ބުނެލީ ކޮޓަރީ ދޮރުކައިރީގައި ހުރި މީހަކަށް އަޑުއިއްވާލުމަށެވެ. މަޑުމަޑުން ދޮރުހުޅުވާލުމަށްފަހު ކޮޓަރިއަށްވަތް ކިޔާރާ ފެނުމުން ލީޝާ ގާތައް އައީ އަމަށަކު ރުޅިއެއްނޫނެވެ. ދެލޯ ބޮޑުކޮށްލަމުން ކިޔާރާއާ ދިމާއަށް ބަލާލިގޮތުން ހީވަނީ ރޮލާ ހުއްޓައި އޭނާ ކައިލާފާނެހެންނެވެ.

” ކަލޭ؟ ކަލޭ މިތާ ކީކުރަނީ؟” ކަޅިއަޅާާލަމުން ރުޅިވެރި ރާގަކަށް ލީޝާ އެއްސެވެ. ” އަހަރެން މިއައީ ލީޝާއާ ވަރަށް ބޮޑު ވާހަކައެއް ދައްްކަން” ހަމަ އެރާރުގައި ކިޔާރާވެސް ބުނެލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

02:30 ތޭވީސްވަނަ ބައި

Next

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ސައްބީސްވަނަ ބައި)

Next
September 10, 2017

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ސައްބީސްވަނަ ބައި)

Previews
September 10, 2017

02:30 ތޭވީސްވަނަ ބައި

11 Comments!

  1. Iyaa says:
    September 10, 2017 at 9:09 pm

    ?

  2. Aimsithu says:
    September 10, 2017 at 9:14 pm

    Haadha kurey

    1. Naufa says:
      September 10, 2017 at 9:18 pm

      Sry. Miadhu lil bxy vyma kurukoh liyevuny. In sha allah maadhamaage bai dhigukohlaanan..

  3. muna says:
    September 10, 2017 at 9:43 pm

    v nice story eh waiting for next part

    1. Naufa says:
      September 10, 2017 at 9:44 pm

      Thanks muna.. In sha allah tmrw☺

  4. mamee says:
    September 10, 2017 at 11:53 pm

    V salhi kiyaahihoeleh bodukamun kuruhen heyvanee.vv reathienge..kiunuhisaabah buneveynee hama hundred peasant.?

    1. Naufa says:
      September 11, 2017 at 2:45 pm

      Thank you?

  5. Kia says:
    September 11, 2017 at 4:02 pm

    Waiting..??

    1. Naufa says:
      September 11, 2017 at 4:28 pm

      In sha allah miadhu up kuraanan☺

  6. Faxu says:
    September 12, 2017 at 2:44 am

    Kobaa tho 5 vana bai

    1. Naufa says:
      September 12, 2017 at 5:34 am

      In sha allah miadhu..

Comments are closed.

Next Episodeއަބަދުގެ އަބަދަށް ( ފަސްވަނަ ބައި)←


All Right Reserved!