Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަބަދުގެ އަބަދަށް (ސަތާރަވަނަ ބައި)

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
September 22, 2017 6 Mins Read
31 Comments

އެގޮތުގައި އިރުގަނޑަކު އެހެން އޮތުމަށްފަހު ކިޔާން ތެދުވިއެވެ. ވެފައިހުރި ވަރުބައްޔާއެކު ނިދިދާނެތީ ބިރުންނެވެ. އައިލީނަށް ބަލައިލުމަށްފަހު ކިޔާން ގޮސް ކުޑަދޮރު ކައިރީގައި ހުއްޓިލިއެވެ. ދޮރުފޮތިތައް ކަހައިލުމަށްފަހު ކުޑަދޮރުން ބޭރުބަލައިލިއެވެ. ދޮރުކަނީގައި އަތްވިއްދާލުމަށްފަހު ހާމަޔަށް ފެންނަން އޮތް އުޑާ ދިމާއަށް ނަޒަރު ހުއްޓައިލި ކިޔާންގެ ދެލޮލުގައި ކަރުނައިގެ ކުދިކުދި މުތީތައް ވިދަން ފެއްޓިއެވެ. ކޮންމެ ވަގުތަކުވެސް އައިލީނާ ވަދާއީ ސަލާމް ކުރަންޖެހިދާނެތީ ކިޔާންގެ ހިތް ނުތަނަަވަސްވަނީއެވެ.

ފަތިސްނަމާދު ބަންގި ގޮވީވެސް ކިޔާން އެގޮތަށް ހުއްޓައެވެ. އެނބުރި އައިލީނަށް ބަލާާލުމަށްފަހު ކިޔާން މަޑު ހިނގުމެއްގައި އައިސް އައިލީންގެ މަގަތުގައި އިނށީނެވެ. ދެޚިޔާލެއްގައި ހުރެފައި ކިޔާން އައިލީނަށް ގޮވަން ފެށިއެވެ. އެސްފިޔަތައް ތަޅުވައިލުމަށްފަހު އައިލީން ދެލޯހުޅުވައިލިއެވެ. އޭރުވެސް އެލޮލުގައި ނިދީގެ އަސަރު ހުއްޓެވެ.

“ދޫނީ. ބަންގި ގޮވަނީ. ތެދުވޭ ނަމާދުކުރަން.” ލޯބިން ކިޔާން ބުނެލިއެވެ. ކިޔާންގެ ބަހަށް ހިނިތުންވުމެއް ދިނުމަށްފަހު އައިލީން ބޯޖަހައިލިއެވެ. އައިލީންގެ ހެދުން ބަދަލްކޮށް ފެންވަފުވައި ވުޟޫކޮށް ހެދުމުގައި ކިޔާން އެހީވިއެވެ. ކޮންމެ ކަމެއްވެސް ކިޔާން ކޮށްދެނީ ވަރަށް ފަރުވާތެރިކަމާއި ލޯތްބާއެކުއެވެ. ކިޔާންގެ އަމަލުކުތަކުން އައިލީންގެ ހިތުގައި ކިޔާންގެ މައްޗަށްއޮތް ލޯބި އިތުރަން ފުންވެގެންދިޔައެވެ.

ދެމީހުން ތައްޔާރުވެލައިގެން ނަމާދުކުރީ ކިޔާން އިމާމަކަށް ހުރެއެވެ. ފަތިސްނަމާާދުން އަވަދިވުމުން ދެމަފިރިން އެކުގައި ވަރަށް ގިނަވަގުތު ދުޢާކުރުމުގައި ހޭދަކުރިއެވެ. ދެހިތަށްވެސްވަނީ ބަޔާންކުރަންދަތި ހަމަޖެހުމެއް ލިބިފައެވެ. ހިނިތުންވެލައިގެންތިބެ އާާ ދުވަހަކަށް ދެމީހުންވެސް މަރުހަބާކިއެވެ.

ކިޔާން ބަދިގެއަށްވަނީ ކޮފީއެއް ތައްޔާރުކޮށްލުމުގެ ނިޔަތުގައެވެ. ދެމީހުންނަށް ދެކޮފީތަށި ހަދައިގެން ކުޑަތަބަކަކަށް ލުމަށްފަހު ކިޔާން ކޮޓަރިއާ ދިމާއަށް މިސްރާބުޖެހިއެވެ. އޭރު އައިލީން އެނދުމަތީގައި އޮށޯވެލައިގެން ވާހަކަ ފޮތެއް ހިފައިގެން އޮތެވެ. ކިޔާން ފެނުމުން ހިނިތުންވެލައިފައި ނިތްއަރުވައިލީ އަތުގައި ހުރި ކުޑަތަބަށް ފެނުނީމައެވެ.

“އޫމް.. ހާާދަ މީރޭ.” ކޮފީތަށިން އެތިފޮދެއް ބޯލުމަށްފަހު އައިލީން ބުނެލިއެވެ. “އަަހަރެން މިހެން ހުއްޓަކަސް ބަލަ އަހަރެންނަށްވެސް މީރުކޮށް އެއްޗެހި ތައްޔާރުކުރަން އެނގެއޭ. އަހަރެން ވެސް ވަކި އަންހެނަކަށްވުރެ ދެރައެއްނުވާނެ.” ކިޔާން ފޮނިވެލަމުން ސަމާސަ ގޮތަކަށް ބުނެލިޖުމްލައިން އައިލީން ގާތަށް އައީ ނުލަފާ ހިންޏެކެވެ. “އެކަން އެބަ އެނގެއޭ.” އައިލީންވެސް ކިޔާާންގެ ސަމާސާގައި ބައިވެރިވެލިއެވެ.

ކިޔާންގެ ބޮލުގައި ވަރަށް ގަދަޔަށް ރިއްްސަމުންދިޔައެވެ. ރޭގައި ނުނިދައިހުރުމުން ކަމަށްވެސް ވެދާނެއެވެ.ކިޔާނަށް ނިތްކުރިމަތީގައި އަތުގެ އިނގިލިތަކުން ފިރުމައިލެވުނެވެ. “ކިހިނެއްވީ ޔާން؟ ބޮލުގަ ރިއްސަނީތަ؟” އޯގާތެރި އަޑަކުން އައިލީން އަހައިލިއެވެ. “ހޫމް” ކިޔާން ބުނެލިއެވެ. “އާާދެ މިތާ އޮށޯވެލަން. ދައްކަ އަހަރެން ކުޑަކޮށް ބޯމޮޑެލަދޭނަން. އޭރުން ރަނގަޅުވެދާނެ.” ކިޔާންގެ އަތުގައި ފިރުމައިލަމުން އައިލީން ލޯތްބާއެކު ބުނެލިއެވެ.

ކިޔާން އެނދުމަތީގައި އޮށޯވެލުމުން އައިލީން މަޑުމަޑުން ކިޔާންގެ ބޯ މަސާާޖްކޮށްދޭން ފެށިއެވެ. ކިޔާންގެ ބޮލަށް ކޮންމެސް ވަރަކަށް ލުއިވަމުން ދިޔައެވެ. އެގޮތަށް އޮއްވައި ކިޔާނަށް ނިދުނީ ކޮންއިރަކުކަމެއްވެސް ނޭނގެއެވެ. ވެފައިހުރި ވަރުބަލީގެ ސަބަބުން ކިޔާންގެ ހަށިގަނޑުވަނީ ލޮޑުވެފައެވެ.

ކިޔާނަށް ހޭވެރިކަމެއްވީއިރު މެންދުރު އެއްްގަޑި ބައިވަނީއެވެ. އޭރުވެސް ހުއްޓުމެއްނެތި އައިލީން ކިޔާންގެ ބޯ މަސާޖްކޮށްދެމުން ދިޔައެވެ. ކިޔާނަށް އައިލީންގެ އަތުގައި ހިފައިލެވުނެވެ. “މިހާ ލަސްވިއިރު ކީއްވެ އަހަރެންނަށް ގޮވައިނުލީ؟” ޝަކުވާގެ ރާގެއްގައި ކިޔާން އަހާލިއެވެ. “ލޯބި ނިދާފަ އޮތްލެތް ލޯބިކަމުން ހަމަ ގޮވާހިތްނުވީ. ޔާާން ނުބުންޏަސް އަހަރެންނަށް އެނގޭ ޔާން ހުރީ ވަރަށް ވަރުބަލިވެފަކަން.” ކިޔާންގެ ކޮލުގައި ލޯބިން ހިފައިލަމުން އައިލީން ބުނެލިއެވެ. ކިޔާންވެސް ބަދަލުގައި އައިލީނަށް ހިނިތުންވުމެއް ދިނުމަށްފަހު ފެންވަރައިގެން ނަމާދުކުރަން އަވަސްވެގަތެވެ.

ދުވަސްތައް ފާއިތުވަމުންދިޔަ ގޮތްވެސް ނޭނގެއެވެ. ފާއިތުވާ ކޮންމެ ދުުވަހަކާއެކީ އައިލީންގެ ބަލިހާލަތު ބޮޑުވަމުން ދިޔައެވެ. އައިލީނަށް ރަނގަޅަށް ވާހަކަދައްކަންވެސް މިހާރު އުނދަގުލެވެ. ހަށިގަނޑަށް ވެރިވެފައި ހުންނަ ވަރުބަލިކަމާއެކު ގިނަވަގުތު އައިލީނަށް އޮންނަނީ ނިދިފައެވެ. ކެވޭލެއްމަދުކަމުން ދުވަހެއް ދުވަހަކަށް ހަށިގަނޑު އަނަރޫފަވަމުން ދިޔައެވެ. ނަމާދުކޮށް ކަންތައްވެސް ކުރަންޖެހެނީ އެނދުމަތީގައި އޮވެއެވެ.

ލޯބިވާ އަނބިމީހާގެ މިހާލާމެދު އެންމެ ބޮޑަށް ހިތާމަކޮށް ހަދަނީ ކިޔާންއެވެ. ކޮންމެ ނަމާދަކަށްފަހު އައިލީނަށް ހެޔޮގޮތް މިންވަރުކުރެއްވުންއެދި ކިޔާން ދުޢާކުރެއެވެ. ކިތަންމެ ހިތްނޭދުނަސް ކޮންމެ މީހަކީވެސް މިފަނާވަނިވި ދުނިޔެ ދޫކޮށް ކޮންމެވެސް އެއްދުވަހަކުން ދާނެ މީހެއްކަން ކިޔާން ޤަބޫލުކުރެއެވެ. އެހެނަސް އޭނާގެ ހިތް އެކަމާ ޖެހިލުންވެ ބިރުގަންނަނީއެވެ.

ނިދިފައި އޮންނަ އައިލީންގެ މައުސޫމު ލޯބިމޫނަށް ބެލުމުގައި ކިޔާން އެތެއް ވަގުތެއްް ހޭދަކުރެއެވެ. އެއްވެސް ފޫހިކަމެއްނެތި ކިތަންމެ ގިނަވަގުތެއް ވިޔަސް ކިޔާން އެގޮތަށް ހުރެފާނެއެވެ. ބައެއްފަހަރު ކުރީގެ ހަނދާންތައް އާކޮށްފައި ކިޔާނަށް ހިނިތުންވެލެވެއެވެ. ލޯބިން އައިލީންގެ ދޮންމޫނުގައި އެތެއްފަހަރަކު ފިރުމައިލެވެއެވެ. އައިލީނަށް ކަމެއް ބޭނުންވެދާނޭ ހިތައި އެންމެ ސުކުންތުކޮޅަކަށްވެސް ކިޔާން އައިލީނާއި ދުރަށް ނުދެއެވެ.

އައިލީންގެ ބަލި ބޮޑުވަމުންދާތީ ކިޔާން އޮފީހުން ޗުއްޓީނެގީ ވީހައިވެސް ގިނަވަގުތު އައިލީން ގާތުގައި ހޭދަކުރުމުގެ ބޭނުމުގައެވެ. އައިލީން ކިރިޔާވެސް ހޭލާ އޮންނަ ވުގުތެއްވެއްޖެއްޔާ ކިޔާންއާ އެކުގައި އެވަގުތެއް ހޭދަކުރެއެވެ. އެފަދަ ވަގުތުތަކުގައި އައިލީން ކިޔަން ގެންގުޅޭ ބައެއް ވާހަކަ ފޮތްތައް ކިޔާން އައިލީނަށް ކިޔައިދެއެވެ. އެގޮތުގައި އައިލީނަށް ނިދެންދެން ކިޔާން ހުރެއެވެ.

ރޭގަނޑުގެ ހަމަހިމޭން ވަގުތުތަކުގައި ކިޔާން ރޮއެ ހިތާމަކުރެއެވެ. ރަނގަޅަށް ނިދިނުލިބުގެ ސަބަބުން ކިޔާންގެ ބޮލުގައި އަބަދު ހުންނަނީ ރިއްސައިފައެވެ. އެހެނަސް ހަމަހިލާ ލޮލުފިޔައެއް ޖަހައިލާކަށް ކިޔާން ބޭނުމެއްނުވެއެވެ. ކިޔާންގެ ކޮންމެ ވަގުތެއްވެސްވަނީ އައިލީނަށްޓަކައި ހުސްކުރެވިފައެވެ.

އައިލީންގެ ހާލާމެދު ކިޔާރާއާ ލީޝާވެސް ދެރަވެ ހިތާމަކުރެއެވެ. އެކަމަކު ކުރިން އައިލީން ގާތަށް ދިޔަހައި ގިނައިން މިހާރު ނުދަނީ ކިޔާނަށް އައިލީނާއެކު ގިނަ ވަގުތު ހޭދަކުރަން ދިނުމުގެ ގޮތުންނެވެ. އެގެއަށްދެވޭ ފަހަރަކުވެސް އައިލީނާ ދިމާވަނީ ވަރަށް މަދުންނެވެ. ގިނަވަގުތު ނިދިފައި އޮންނަ އައިލީނާމެދު ދެއެކުވެރިންގެ ހިތުގައިވެސް ހަމްދަރުދީ އުފެދެއެވެ. ކިޔާންގެ އަޅަލުމާއި ލޯބި ފެނި ކިޔާނަށް ތަޢުރީފު ކުރެވެއެވެ.

ރޭގަނޑުގެ ވަގުތެވެ. ހަމައެކަނި ސޯޓުބުރިއެއް ލައިގެން އައިސް ކިޔާން އެނދުގައި އޮށޯވެލިތަން ބަލަން އައިލީން އޮތެވެ. އާދަޔާ ޚިލާފަށް އައިލީނަށް އުނދަގޫވަމުން ދިޔައެވެ. އުނދަގޫ ގޮތަކަށް ދެލޯ ހުޅުވައިލުމަށްފަހު އައިލީން ކިޔާނަށް ބަލައިލިއެވެ.

“ޔަޔަޔަ.. ޔާން” ވަރަށް އުނދަގުލުން އައިލީން ގޮވައިލިއެވެ. ކިޔާން އައިލީނާއި ގާތްވެލީ އައިލީން ބުނަންއުޅޭ އެއްޗެއް އަޑުއަހައިލުމުގެ ނިޔަތުގައެވެ. “ޔާން.. އަހަ.. އަހަރެން.. އަހަރެން..” އައިލީން ބުނަންއުޅޭ އެއްޗެއް ފުރިހަމަކުރަން އުނދަގޫވަމުން ދިޔައެވެ. “ލީން. އަވަހަށް ބުނޭ. ލީންގެ ކޮންމެ ވާހަކައެއްވެސް އަޑުއަހަން ތައްޔާރަށް އަހަރެން މިހުރީ.” އައިލީންގެ ހާލަތުފެނި ކިޔާނަށް ރޮވުނެވެ.

“ޔާާން.. އަހަ.. ރެން.. ގައިގައި ބައްދާލަބަ.. ވަރަށް ބާރަށް..” އަޅައަޅައި ގަންނަމުން އައިލީން ބުނެލިއެވެ. “ދޫނީ.ތީ ދޫނި އެދެންޖެހޭވަރު ކަމެއް ނޫނެއްނު. ކޮންމެ ރެއަކުވެސް ލޯބި ނިދަންދެން ލޯބިގައިގައި ބައްދާލައިގެނަ އަހަރެން އޮންނަމެންނު” އައިލީންގެ ރަތްލޭކޮޅެއްފަދަ ތުންފަތުގައި ފިރުމައިލަމުން ކިޔާން ބުނެލިއެވެ. “މި.. މިރޭ.. ވެސް.. ބާ.. ބާރަށް..” އައިލީން ބޭނުންވާ ކަންތައް ކިޔާނަށް އެނގުނުފަދައެވެ. ބާރަށް އައިލީން ގެނެސް އޭނާގެ ބާރުގަދަ އަތުގެ ތެރެއަށްލައި ބޮނޑިކޮށްލިއެވެ. ލޯބިން އެނިތްކުރީގައި ބޮސްދިނެވެ. ކަރުނަވީ ދެލޮލުން ކިޔާނަށް ބަލައިލުމަށްފަހު ތުރުތުރު އަޅައަޅާއޮތް އަތުން ކިޔާންގެ ކޯތާފަތުގައި އައިލީން ފިރުމައިލިއެވެ. އަދި ކިޔާންގެ ނިތްކުރީގައި އައިލީންވެސް ބޮސްދިނެވެ. އިރުކޮޅަކު ދެމީހުން އެކަކު އަނެކަކަށް ބަލަން އޮތެވެ.

“ލޯބީ. ވަރަށް ލަސްވެއްޖެ. ދެން ނިދާލާ. ހަނދާންކޮށް ޝަހާދަތްކިޔައި ހަދައިގެން ނިދާނީ އެނގޭ.” އައިލީންގެ ލޮލުން އައިސްފައިހުރި ކަރުނަތައް ފުހެލަމުން ކިޔާން ބުނެލިއެވެ. ބޯޖަހައި ލުމަށްފަހު އައިލީން މަޑުމަޑުން ތުންތަޅުވަމުން ޝަހާދަތް ކިޔަމުން ދިޔައެވެ. އައިލީންގެ ކޮންމެ ހަރަކާތެއް ގާތުން ބަލަން ކިޔާން އޮތެވެ.

އައިލީން ގެނެސް ކިޔާންގެ އަތުގެ ތެރެއަށް ލިއެވެ. ވަރަށް ލޯބިން ކިޔާނަށް ބަލައިލުމަށްފަހު އައިލީން ހިނިތުންވެލިއެވެ. ކިޔާންވެސް ހިނިތުންވެލިތަންފެނި އައިލީން ދެލޯމަރައިލިއެވެ. އައިލީންގެ މޫނަށް ބަލަން އޮތް ކިޔާނަށްވެސް އިރުކޮޅެއްނުވެ ނިދިއްޖެއެވެ.

ފޯންގެ އެލާމާާއިއެކު ނިދިފައި އޮތް ކިޔާނަށް ސިހިފައި ހޭލެެވުނެވެ. ގާތުގައިއޮތް އައިލީނަށް ބަލައިލީ އެލާމްގެ ސަބަބުން އައިލީނަށްވެސް ހޭލެވުނުތޯ ޔާޤީން ކޮށްލުމަށެެވެ. އަރާމުކޮށް ކިޔާންގެ އަތުތެރޭގައި ހިނިތުންވެލައިގެން ނިދިފައިއޮތް އަައިލީން ފެނުމުން ކިޔާނަށް ހިނިތުންވެލެވުނެވެ. މަޑުމަޑުން އަޑެއްވެސް ނީއްވައި ކިޔާން ތެދުވެގެން ގޮސް ފާޚާނާއަށް ވަނެވެ.

ފަތިސް ނަމާދުކޮށްލައިގެން ކިޔާން އައީ އައިލީނަށް ގޮވާށެވެ. އެއީ މިހާރު ކޮންމެ ދުވަހެއްގެވެސް އާދައެވެ. އައިލީނަށް ގޮވާލުމަށްޓަކައި އައިލީންގެ ކޮލުގައި ކޮށްޓައިލި ކިޔާން ކަންބޮޑުވެފައި އައިލީނަށް ބަލައިލީ އައިލީންގެ ހަށިގަނޑު އާދަޔާ ޚިލާފަށް ފިނިކަމުންނެވެ. ކަންބޮޑުވެފައިވާ ކިޔާން އަވަސް އަވަހަށް އައިލީނަށް ގޮވަން ފެށިއެވެ. ގޮވައިގޮވައި ވަރުބަލިވީއިރުވެސް ދެލޯ ހުޅުވައިލާނަމޭވެސް އައިލީންގެ ހިތަށް ނޭރިއެވެ. ކިޔާންގެ ހިތް ބާރުބާރަށް ތެޅެންފެށިއެވެ. ފާޑަކަށް އައިލީނަށް ބަލައިލުމަށްފަހު މަޑުމަޑުން ކިޔާންގެ ކަނައަތްތިލަ އައިލީންގެ ނޭފަތާ ގާތްކޮށްލިއެވެ.

ކިޔާންގެ މެޔަށް ހީވީ މީހަކު ހޫނު ފެންއެއްޗެއް އޮއްސާލި ހެންނެވެ. ޤަބޫލުނުކުރެވިފައި ކިޔާން އައިލީންގެ ހިނިތުންވެފައިވާ މޫނަށް ބަލައިލިއެވެ. އަދިވެސް އެއްފަހަރު ކިޔާން އައިލީންގެ ނޭފަތާ އޭނާގެ އަތްތިލަ ގާތްކޮށްލިއެވެ. ލިބުނީ ހަމަ އެއްނަތީޖާއެކެވެ. އާނއެކެވެ. އައިލީން ނޭވައެއް ނުލައެވެ. އައިލީންގެ ނޭވާ ވަނީ ހުއްޓިފައެވެ. ކިޔާާންގެ ބޮލަށް ހީވީ އެނބުރުން އަރައިގެން ދިޔަހެންނެވެ. ބޮޑުވެގެންދިޔަ ދެލޮލުގެ ތެރެއަށް ކަރުނަތައް ބޮނޑިވަމުން ދިޔައެވެ.

ހުއްޓުން އަރައިފައިހުރި ކިޔާން ކުއްލިއަކަށް އައިލީންގެ ގައިގައި އޮޅުލަ އޮޅުލައިފައި ރޮއިގަތެވެ. ދެލޮލުން ހޯސްލާފައި ފައިބަމުންދިޔަ ކަރުނައިން އައިލީންގެ މޭމަތި ތެންމަމުން ދިޔައެވެ. ކިޔާންގެ ބާރު ހަޅޭކުގެ އަޑަށް އައިލީންގެ މައިންބަފައިންވެސް އައިސް އެކޮޓަރީ ދޮރުގައި ޓަކިޖަހަން ފެށިއެވެ. ބާރަށް ރޮމުންދިޔަ ކިޔާނަށް މިއިން އެއްވެސް އަޑެއް ނީވޭކަހަލައެވެ.

ކިޔާންގެ ފަރާތުން ޚަބަރެއް ނުވުމުން އައިލީންގެ ބައްޕައަށް މަޖުބޫރުވީ ޑަބަލް ތަޅުދަނޑީގެ އެހީގައި ދޮރުހުޅުވާށެވެ. އޭރުވެސް އައިލީންގެ ފުރާނަނެތް މަސްގަނޑުގައި ބައްދަ ބައްދާފައި ކިޔާން ރޮމުން ގެންދިޔައެވެ. މޮޔައަކުފަދައިން ބައެއްފަހަރު އައިލީނާ ވާާހަކަ ދައްކާތަންވެސް ފެނެއެވެ. މިތަންބަލަންތިބި އާާސިމާމެންނަށް ހުރެވުނު ތަންވެސް ނޭނގުނެވެ. މަގޭ ދަރިއަށް ކިހިނެއްވީހޭ ކިޔައި ބާރަަށް ރޮއެގަންނަމުން އައިސް އައިލީން ގާތުގައި އިނށީނެވެ.

“ދަރިފުޅާ ލީން. ލޯހުޅުވަބަލަ. ދަރިފުޅާ.” ރޮވިފައި އިނދެ އައިލީންގެ ދެކޯތާފަތުގައި އަތުން މަޑުމަޑުން ތަޅަމުން އާާސިމަ ކިޔަމުންދިޔައެވެ. “ނޫން މަންމާ. ލީން ދެން ލޮލެއް ނުހުޅުވާނެ. އަހަރެމެންނާ މާާދުރަށް ލީން ގޮސްފި” ރޮއެގަންނަމުން ކިޔާން ބުނެލިއެވެ. ކިޔާނަކީ ހިތްވަރުގަދަ ފިރިހެނެއް ނަމަވެސް މިއަދު ކިޔާންގެ ހިތްވަރު ދިޔަތަނެއްވެސް ނޭނގެއެވެ.

މުޅިގޭގައި ވަނީ އެންމެންގެ ރޮއުމުގެ އަޑު ބައްދާލައިފައެވެ. ލީޝާއާ ކިޔާރާވެސް އެކަކު އަނެކަކު ގައިގައި ބައްދާލައިގެންތިބެ ރޮމުން ދިޔައެވެ. އައިލީންގެ ހަނދާންތަކުން ހިތަށް ތަދުވަމުން ދިޔައެވެ. އާސިމާ ވަނީ ހޭނެތިފައެވެ. ލޯބިވާ ހަމައެކަނި ދަފިފުޅުގެ މަރުގެ ޚަބަރުން އާސިމާ މޮޔަނުވީ ހަމަ ކިރިޔާާއެވެ. އެންމެފަހުވަގުތު އައިލީންގެ މޫނު ބަލައިލަންދިޔަ ކޮންމެ މީހެއްގެ މޫނުމަތީގައިވެސް ވަނީ ހިތާމަވެރިކަމެވެ. ފަހުފަހަރަށް ކިޔާާންވެސް އައިލީންގެ އުޖާލާވެފައިވާ ހުދު މޫނަށް ބަލައިލިއެވެ. ހިނިތުންވެލައިގެން އޮތްގޮތުން ހީވަނީ ދެންމެ ދެންމެ ތެދުވެފާނެހެންނެވެ. ލޯބިން އައިލީންގެ މޫނުގައި ކިޔާނަށް ފިރުމައިލެވުނެެވެ. އެެފަދަ މާތް ހިތެއްގެ ވަރިއެއް ކިޔާން ދުވަހަކުވެސް ނުދެކެއެވެ. އައިލީނަށް ހުރިހައި ލޯތްބަކާއި އުފަލެއްވެސް ހައްގެވެ.

އައިލީންގެ ކަށުކަމާމެމީގެ ކަންތައް ނިންމައިލުމަށްފަހު ވަޅުލިއެވެ. އައިލީނާ އެއްކޮށް ކިޔާންގެ ހުރިހައި އުފާވެރިކަމެއްވެސް ވަޅުލެވުނު ކަހަލައެވެ. އެހިތްވަނީ މަރުވެފައެވެ. ހިތުން ލޭކަރުން އޮހެމުން ދިޔައެވެ. ދެލޮލުން އޮހެމުންދިޔަ ކަރުނަތަކަށްވެސް ނިމުމެއް ނުވެއެވެ. ކިޔާާންގެ ކޮނޑުގައި ކިޔާންގެ ބައްޕަ ހިފަަަަަަަަަަހައްޓާލީ ދަރުފުޅަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. އެއާާއެކު ބައްޕަގެ ގައިގައި އޮޅުލައިގަތުމަށްފަހު ގިސްލަ ގިސްލާާާފައި ކިޔާން ރޯންފެށީ ތުއްތު ކުއްޖެއް ފަދައިންނެވެ. ކިޔާާންގެ ބުރަކަށީގައި ފިރުމައިލަ ފިރުމައިލާ ކިޔާންގެ ބައްޕަވެސް އިނީ ދަރިފުޅުގެ ހާލަތު ފެނުމުން ފެންކަޅިވެފައެވެ.

ކޮޓަރިއަށް އައިސްވަން ކިޔާން ހިތްދަތިގޮތަކަށް މުޅިކޮޓަރި ތެެރެއަށް ނަޒަރު ހިންގައިލިއެވެ. ބަލާލި ކޮންމެ ދިމާއަކުންވެސް ފެންނަނީ އައިލީންގެ ހަނދާންތަކެވެ. މަޑުހިނގުމެއްގައި ގޮަސް ކިޔާން އައިލީންގެ ހެދުން އަޅާފައިހުރި އަލަމާރި ހުޅުވައިލިއެވެ. އަލަމާރި ކައިރީގައި އިނށީދެލުމަށްފަހު އައިލީންގެ ކޮންމެ ހެދުމެއް ވަކިވަކިން ނަގައި އެއިން ވަސްގަންނަންފެށިއެވެ. އެހެދުން ތަކުގައިވެސް ވަނީ އައިލީންގެ ހަށިގަނޑުންދުވާ މީރުވަސް ހަރުލައިފައެވެ. އެގޮތަށް ހެދުންތައް ނަގަމުންދަނިކޮށް ކިޔާންގެ ލޮލުގައި އަލަމާރީގެ ބިއްދޮށުގައި އިން ވަރަށް ރީތި ރަތްކުލައިގެ ކުޑަ ފޮއްޓެއް އަޅައިގަތެވެ. ނިތަށް ރޫއަރުވައިލުމަށްފަހު ކިޔާން އެފޮށި ނެގިއެވެ.

މިއީ ކޯޗެއްބާވައެވެ؟ އައިލީނާ ކައިވެނިކޮށްގެން އައި ފަހުންވެސް ކިޔާން ދުވަހަކުވެސް އެފޮއްޓެއް ނުދެކެއެވެ. އައިލީން އެފޮށި އެހައި ރައްކާކޮށްގެން ގެންގުޅޭނީ ހަމަ ޔަޤީނުންވެސް އޭގައި އައިލީނަށް ވަރަށް ޚާއްސަ އެއްޗެއް އޮތީމައެވެ. އައިލީނަށް އެހައި ޚާއްސަަ ވާންވީ އަނެއްކާ ކޮންއެއްޗެއް ހެއްޔެވެ؟

ކިޔާންގެ ސިކުނޑިތެރޭގައި ސުވާލު މާރކް ތަކެއް ޖެހިގެންދިޔައެވެ. ނޭވާާ ހިފަހަށްޓާލައިގެންހުރެ ކިޔާން އެފޮށި ހުޅުވައިލުމާއެކު ފެނުނު އެއްޗަކުން ކިޔާނަށް އެއްވެސް ހިފެހެއްޓުމެއްނެތި ރޮއެގަނެވުނެވެ. އޭގައި ވަނީ އެއްފަހަރު ކިޔާންގެ އުފަންދުވަހުގައި ވަރަށް ލޯބިން ކިޔާންގެ އަތުގައި އައިލީން އަޅުވައިލަދިން އަނގޮއްޓިއެވެ. އެއަނގޮއްޓީގައި ޖަހާާފައިވާ ނަމާ ދިމާއަށް ކިޔާނަށް ބަލައިލެވުނެވެ. “ލީން” ކިޔާާންގެ ހިކިފައިވާ ދެތުންފައް ދޭތެރެއިން ނުކުމެގެންދިޔަ ހަމައެކަނި އަޑަކީ އެއީއެވެ. އެއާއެކު ގިސްލަގިސްލާފައި ކިޔާނަށް ރޮވެމުންދިޔައެވެ. އައިލީނާމެދު ކަންތައްކުރެވުނު އިހާނެތިގޮތް ހިތަށް އަރައި ކިޔާާންގެ ހިތް ކުދިކުދިވަމުން ދިޔައެވެ. ރޮމުން ރޮމުން އެއަނގޮއްޓީގައި ވަރަށް ލޯބިން ކިޔާން ފިރުމައިލިއެވެ. އަދި ގެނެސް އޭނާގެ ވައަތުގެ ކަށި އިނގިލީގައި އެއަނގޮއްޓި އަޅައިލިއެވެ. ކިޔާނަށް ބާރު ބާރަށް ރޮމުންގޮސް އިންތަނަށް ތިރިވެވުނެވެ.

********************************************************

މާާޒީގެ ފުންކަނޑުގައި ފީނަމުންދިޔަ ކިޔާނަށް ހޭވެރިކަމެއްވީ ޖަހާލި ބާރު ގުގުރިއަކާ އެކު އޮއްސައިގަތް ވާރޭގެ ތިކިތައް އައިސް އޭނާގެ މޫނުގައި ބޮސްދޭން ފެށުމުންނެވެ. ކިޔާންގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ވާރޭގެ ތިކިތަކާ އެއްވެގެން ކިޔާާންގެ ކޯތާފަތްމަތިންލާފައި ދަތުރުކުރަމުން ދިޔައެވެ. ފުންނޭވައެއްލުމަށްފަހު އިނށީދެގެން ހުރި ތަނުން ތެދުވެފައި ކިޔާން މޫދާ ދިމާއަށް ހިނގައިގަތެވެ. އައިލީންގެ ވަކިވުމަށްފަހު ކިޔާންގެ މުޅި ހަޔާތްވަނީ ފަޅުވެފައެވެ. ރާޅުޖަހާ ހިސާބުގައި މަޑުކޮށްލުމަށްފަހު ކިޔާން އޭނާގެ އިނގިލީގައި އޮތް އަނގޮއްޓިއަށް ބަލާާލިއެވެ. އެއަށްފަހު ކަރުނައިގެ ތެރޭގައި ހިނިތުންވެލަމުން، ކަޅު ވިލާތަކުން ބައްދާލެވިފައިވާ އުޑާ ދިމާއަށް ކިޔާން ބަލާލިއެވެ. އޭނާގެ ލޯބިވާ އައިލީނަށްޓަކައި ހެޔޮ ދުޢާކުރާ ޙާލުގައެވެ.

“ލޯބިވާ ލީންއެވެ. އަހަރެންނަށް އިންތިޒާރު ކުރާށެވެ. ކޮންމެވެސް އެއްދުވަހަކުން އަދި ލީނާ ލީންގެ ޔާން ބައްދަލުވާނެއެވެ. އެދުވަހަކުން ﷲ އިރާދަފުޅުން މިދުނިޔެތެމަތީގައި ނުދެވުނު ހުރިހާ އުފަލެއް ލީނަށް ދޭނަމެވެ. ދުވަހަކު ނިމުމެއް ނުވާ ލޯތްބަކުން ތިހިން ފުރާލާާނަމެވެ. ލީން އެވެ. މަރުވެ ދިއުމަކީ އަދި ނިމުމެއްނޫންކަން އަހަރެން ޤަބޫލުކުރަމެވެ. ޙަޤީގީ ދިރިއުޅުމުގެ ފެށުމަކީ މަރެވެ. ވީއިރު ދެރަ ނުވާށެވެ. ދެދުނިޔޭގައިވެސް ﷲ ގެ އިރާދަފުޅުން އަހަރެންވާނީ ހަމައެކަނި ލީންގެ ހައްގަކަށެވެ. ލީން އެވެ. ދުވަހަކުވެސް މިހިތުގައިވާ ލީންގެ ލޯބި ފަނޑުވެ ދިއުމެއް ނުވެއެވެ. އިއްޔައެކޭ އެއްފަދައިން މިއަދުވެސް އަހަރެން ލީން ދެކެ އިންތިހާއަށް ލޯބިވެއެވެ. މުޅި އުމުރަށްވެސް ވާނަމެވެ. “އަބަދުގެ އަބަދަށް” މިހިތުގައި ތިޔަ ލޯބިވެތި ސޫރައާއި ނަން ވަނީ ބިންވަޅުނެގިފައެވެ. ދުވަހަކު އެހެން މީހަކަށް ލީންގެ ޖާގަ ނުދެވޭ ވަރަށެވެ.” އުޑާ ދިމާއަށް ބަލަންހުރި ކިޔާންގެ ހިތަށް އަރަމުން ދިޔައެވެ.

އިރުކޮޅަކު އެހެން ހުރުމަށްފަހު ކިޔާން ގެއާ ދިމާއަށް ދިއުމަށް ހިނަގައިގަތެވެ. ބޯވާރޭ ތެރޭގައި ތެމި ފޯވެގެން ހުރެއެވެ. “އަބަދުގެ އަބަދަށް” އައިލީންގެ ހަނދާންތައް ކިޔާންގެ ހިތުގެ އެންމެ ފުންމިނުގައި ފޮރުވައިލަމުންނެވެ.

=ނިމުނީ=

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

އަގެއްނެތްލޯބި 26 ވަނަ ބައި

Next

ސިއްރުން މިހިތާ ކުޅެނީހޭ (ޓްރެއިލާ)

Next
September 22, 2017

ސިއްރުން މިހިތާ ކުޅެނީހޭ (ޓްރެއިލާ)

Previews
September 22, 2017

އަގެއްނެތްލޯބި 26 ވަނަ ބައި

31 Comments!

  1. Naufa says:
    September 22, 2017 at 12:59 pm

    Hey guys.. Alhamdhulihlaah.. This is the last part of this story.. Hope u all liked this story.. In sha allah mikahala rythi ehn vaahaka akaa eku october 10 ge fahun bahdhalu kohlaanan.. This tym biruveri vaahaka eh.. I have got HSC exam next month. Ehnve e story geneveyleh thankolheh lasvany.. Hope al will wait.. Ly all my readers..❤❤??

  2. Mary says:
    September 22, 2017 at 1:16 pm

    Vvvv salhi vaahaka eh. ..adhives hama kiyaahiyyanee❤

    1. Naufa says:
      September 22, 2017 at 1:19 pm

      Thankx a lot mary..❤❤

  3. maroon says:
    September 22, 2017 at 1:30 pm

    Good luck naufa. In sha Allah you will Ace all the subjects. HSC ge dhivehi ga vaahaka liyan anna nama dhw ?
    You are talented. I love this story even if i had to cry in the end. ❤?❤? hope to hear more from you. Love you

    1. Naufa says:
      September 22, 2017 at 1:41 pm

      Thank u sooooo much maroon.. Ya dhw. Hehe.. Luv yah too❤❤❤❤?

  4. Lam says:
    September 22, 2017 at 1:31 pm

    Masha Allah…waiting naufa nxt story akah…n bst f luck ingey exam ah…lov it???

    1. Naufa says:
      September 22, 2017 at 1:41 pm

      Thank u sooooo much lam.. ❤❤❤?

  5. zeel says:
    September 22, 2017 at 1:38 pm

    this the best story of 2017…. so nice…so touching…i just loved it…. i will miss u so much naufa… and will keep waiting for your next story…good luck for u r HSC exam.. God bless u <3 love you sweetie…;-*

    1. Naufa says:
      September 22, 2017 at 1:43 pm

      Awwnn.. Thank u soooooo soooooo soooooo much zeel.. May god bless u too.. Luv u too my dear.. ❤❤❤❤❤????

  6. zeel says:
    September 22, 2017 at 1:45 pm

    good bye…

    1. Naufa says:
      September 22, 2017 at 1:54 pm

      Bye zeel.. In sha allah will c yah soon.. ?❤

  7. Aam says:
    September 22, 2017 at 2:13 pm

    Hamaragalhah ves
    Roviyjje

    1. Naufa says:
      September 22, 2017 at 2:16 pm

      Hehe.. Thanks aam❤

  8. khajja says:
    September 22, 2017 at 2:36 pm

    Ohhh wow masha allah v v rythi stry eh??? v interesting will wait ur new stries ly n thank u so much 4 the luvly stry ???❤??

  9. khajja says:
    September 22, 2017 at 2:37 pm

    Ohhh rovvaalaifi ehaaves asarun furigenvi stry eh ???wow masha allah v v rythi stry eh??? v interesting will wait ur new stries ly n thank u so much 4 the luvly stry ???❤??

    1. Naufa says:
      September 22, 2017 at 2:54 pm

      Thank u sooooooo much khajja.. Ur mst wlcm.. Ly too dear??❤❤

  10. iru says:
    September 22, 2017 at 3:43 pm

    Alhey v v furiham…ingey. Inthixaaruga mi thibee ….kiyaalan libeyne kamuge??

    1. Naufa says:
      September 22, 2017 at 3:52 pm

      Thankx iru?❤

  11. saadhu says:
    September 22, 2017 at 5:54 pm

    alhey roviyjje.v reethi.?

    1. Naufa says:
      September 22, 2017 at 6:18 pm

      Thanks saadhu❤

  12. click a shot ? says:
    September 22, 2017 at 7:56 pm

    varah reethi mi part ves??..varah hithaamaveri storyeh.?naufa ge ehen story akah inthizaaru kuran…mihaa hisaabun October ten aa hamaalah countdown fashanvy dhw..hehe..biruveri vaahakaekey bunyma varah curious vehje..?I love biruveri storys❤️..do well in your HSC exam..love you and take good care..?

    1. Naufa says:
      September 22, 2017 at 10:49 pm

      Thank u sooooooo much click a shot.. Ya in sha allah.. Luv u too.. N tvgc dear??❤❤

  13. Xxxx says:
    September 22, 2017 at 10:20 pm

    Woow.v.nice n touching story..????????good luck

    1. Naufa says:
      September 22, 2017 at 10:29 pm

      Thank u dear..❤❤?

  14. Yehtaf says:
    September 22, 2017 at 10:50 pm

    Just coudnt hold up the tears in my eyes…. What an amazing story….. ??

    1. Naufa says:
      September 22, 2017 at 10:52 pm

      Thank u sooo much yehtaf.. ?❤

  15. ipher says:
    September 23, 2017 at 11:26 am

    Very heat touching story…hama rovijje…

    1. Naufa says:
      September 26, 2017 at 11:28 am

      Thankx ipher..❤❤❤

  16. Faxu says:
    September 24, 2017 at 1:39 am

    Thank u nau thihaa reethi vaahaka ah ge es dhinyma
    ***************************dhen oi vaahaka ah ves v bodah inthizaaru kureney ??❤❤

    1. Naufa says:
      September 26, 2017 at 11:34 am

      Thank u sooooooo much faxu.. In sha allah soon❤❤❤❤❤❤??

  17. Shiya says:
    April 21, 2018 at 12:19 am

    V rythi vaahakaeh mi….hama rangalhahvex rohvaalaifi…

Comments are closed.



All Right Reserved!