Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އޯގާވީ ހިތަކުން…40

މުތާ/ ސ.ހިތަދޫ Level 210 Stories
August 12, 2014 6 Mins Read
7 Comments

މައިމޫނާއަށް ހީވީ ފައިގެ ދަށުން ބިންގަނޑު ދެމިގެން ދިޔަ ހެންނެވެ. އޭނައަށް ރަގަޅަށް ނޭވާލެވުނީކީވެސް ނޫނެވެ. ހަޤީޤަތް އެއޮތީ ބޭޒާރުވެފައެވެ. ފަޒާގެ ތެރެއަށް ފެތުރިފައި އޮތް ގަދަ ފިނީގެ ތެރޭން ވެސް މައިމޫނާއަށް ހޫނުވާން ފެށިއެވެ. ހިތް އަވަސްވެ ހަށިގަނޑުގައި މަޑު ތުރުތުރުލުމެއް އުފެދިއްޖެއެވެ. ފަތަން ނޭގޭ މީހަކު ގެނބެން ފެށުމުން ކުރެވޭނެ އިހުސާސްތައް އޭނައަށް އެކުޑަ ވަގުތު ކޮޅުގެ ތެރޭގައި އިހުސާސް ކުރެވިއްޖެއެވެ. ކުރިމަތިން ފެންނަމުން ދިޔަ ސޫރައަށް ބަލަން ހުރެ ދުޢާ ކުރެވުނީ މިއީ ހަޤީޤަތަކަށް ނުވުމަށް އެދިއެވެ. މީ ހަޤީޤަތަކަށް ވެއްޖެނަމަ އޭނަގެ ދުވަސް ދިޔައީއެވެ.

އުމެއިރާ ވެސް އިނީ ޝޮކެއްގައެވެ. ފަޒްލާއަށް ދެމީހުންގެ ހުރިހާ ވާހަކައެއް އަޑު އިވިއްޖެކަމުގެ ނިޝާންތައް ސާފުކޮށް ފަޒްލާގެ މޫނުމަތިން ފާޅުވަމުން އެބަ ދެއެވެ. ހަދާނެ ދޮގަކާމެދު އޭނަ ވިސްނާލިއެވެ. މައިމޫނާ ބޮލުގައި ހުރިހާ އިލްޒާމެއް އަޅުވާލާނީއެވެ. ނަމަވެސް ފަޒްލާ ފަދަ މީހަކަށް އޮޅުވާލެވޭނެ ކަމާމެދު ޝައްކެވެ. ދެމީހުންގެ ވާހަކަތައް އަޑުއަހަން ސިއްރުން ހުރީ ކިހާއިރެއް ވަންދެން ކަމެއް އެނގެނީކީ ނޫނެވެ.

”އަހަރެން ހަމަ އަޖައިބުވެއްޖެ….” އައިސްފައި ހުރި ގަދަ ރުޅީގައި ފަޒްލާއަށް ރަގަޅަކަށް ވާހަކައެއް ނުދެއްކުނެވެ. ރުޅިގަނޑުގެ ފުރަތަމަ ހަމަލާވެސް އަމާޒުވެގެން ދިޔައީ މައިމޫނާގެ ކޯތާފަތަށެވެ. އެއާއެކު މައިމޫނާއަށް އިތުރު ސިހުން ލިބުނެވެ. ކޯތާފަތް މަތީގައި ފިރުމާލެވުނެވެ. ބޮޑުވެފައިވާ ދެލޮލުން ފަޒްލާގެ މޫނަށް ބަލާލުމުން މޭގަނޑަށް ފިނިކަމެއް ސަވާރު ވެއްޖެއެވެ.

”މިހުރީކަމެއް ކޮށްގެން މައިމޫނާއަށް ހާސިލުވަނީ ކޯޗެއް؟ މައިމޫނާގެ ސަބަބުން ދެޢާއިލާގެ ދެމެދުގައި ހުރިހާ މައްސަލައެއް ޖެހުނީ، ޔޫ ޕްލޭންޑް އެވްރީތިންގް، މައިމޫނާ ދެއްކި ދޮގުތަކަށް އަހަރުމެންނަށް މާބޮޑަށް ބަރޯސާވެވުނީ….. އަހަންނަށް އަދިވެސް ޤަބޫލެއް ނުކުރެވޭ…….. އަލްޔަސްއަށް ޑްރަގްސް ދީގެން ދޯ އެހުރިހާކަމެއް ކުރުވީ، ނޭގޭ އަވްޝަންއަށް އެރޭ ނާދެވުނުނަމަ ވާނެ ގޮތެއްވެސް. އިޓް ވޯޒް އޯލް ޔޫ!!!މައިމޫނާގެ ސަބަބުން ރާނިޔާގެ ދަރިފުޅުވެސް ބައިގެން ދިޔައީ…” ފަޒްލާ ހަޅޭއްލަވައިގަތެވެ. މައިމޫނާ ހުރީ ބަހެއް ބުނަން ނުކެރިފައެވެ.

”ބޭބެގެ ދަރިންގެ ދިރިއުޅުން ބަރުބާރުދުކުރަން މައިމޫނާ ތިހާވަރުން ތިއުޅޭނީ ކީއްވެ؟ ފުރަތަމަ ހަލާކުކޮށްލީ އީނާގެ ދިރިއުޅުން އެއަށްފަހު އަވްޝަންގެ! ރާނިޔާގެ ދަރިފުޅު ބައިގެން ދިޔަކަމުގެ ޒިންމާ ނަގަން ޖެހޭނީ މައިމޫނާ، މައިމޫނާގެ ރޭވުންތަކުގެ ސަބަބުން ދެޢާއިލާގެ ގުޅުން ގޯސްވެ ރާނިޔާ އެކަންތަކާ މެދު ވިސްނަން ޖެހުނީ، އެކަމުގެ ސަބަބުން އެހިތާމަވެރި ހާދިސާ ދިމާވީވެސް……” ފަޒްލާ ދެވަނަ ފަހަރަށް ވެސް މައިމޫނާގެ ކޯތާފަތްމަތީގައި ޖެހިއެވެ. އެއާއެކު މައިމޫނާގެ ކަންފަތް ބައްވެ ރަގަޅަށް އަޑެއްވެސް ނީވުނެވެ.

ބޭރުގައި އަޑުގަދަވުމުން ޝިޔާޢުގެ އިތުރުން އަވްޝަންއާއި ރާނިޔާ ވެސް ބޭރަށް ނިކުތެވެ. އެމީހުންގެ ފަހަތުން ކަހަލަ ގޮތަކަށް ރޮޒެއިނާއާއި ވީނާ ނިކުތެވެ. ޒަލަފް ވެސް މެއެވެ.

އެންމެން ފެނުމުން މައިމޫނާ ރޮއިގަތީ އޭނަގެ އަނދިރިފަރާތް ސިއްރުކުރާށެވެ. އޭރުން މީހުންގެ ހަމްދަރުދީ އޭނައަށް ލިބޭނެތާއެވެ. އުމެއިރާ ހުރީ އެތަނުން ދާން ނުކެރިފައެވެ. ފަޒްލާގެ ރުޅިގަނޑު ފެނި ހަޔާތުގައި ފުރަތަމަފަހަރަށް އޭނަ ޖެހިލުން ވިއެވެ.

”ފަޒްލާ ކިހިނެއް ވީތަ؟…” ޝިޔާޢު ސުވާލުކުރިއެވެ. އޭނަ މައިމޫނާއާ ވެސް ސުވާލުކުރިއެވެ. މައިމޫނާ އަދިވެސް ރޮނީއެވެ. ލިބިފައިވާ ޚައިރާންކަން ފިލައިގެން ނުދިޔައެވެ.

”އެކްޓް ތިކުރަނީ މީހުންގެ ހަމްދަރުދީ ލިބޭނެކަމަށްތަ؟… މައިމޫނާއަށް ވާހަކަ ދެއްކޭނެ ހެނެއް ހިޔެއް ނުވޭ، އެކަމަކަމު އަހަރެން ކިޔައިދީފާނަން…” ފަޒްލާ ބުންޏެވެ. އެއާއެކު މައިމޫނާއަށް ތެޅިގަނެވުނެވެ.

ފަޒްލާ އޭނައަށް އަޑު އިވުނު ވާހަކަތައް ކިޔައިދޭން ފެށުމުން ޝިޔާޢުގެ ދެބުނަ ގޮށްޖެހިގެން ދިޔައެވެ. މައިމޫނާ ހުރީ ދެއަތް ޖޯޑުކޮށްލައިގެންނެވެ. އުޑުބޮލަށް ވެއްޓުނުހެން ހީވި ބިރުވެރި ވަގުތުކޮޅެކެވެ.

ޝިޔާޢު މައިމޫނާއަށް ބަލާލީ ރުޅިވެރި ނަޒަރަކުންނެވެ.

އަވަޝަން ރުޅިއައިސް ކަމެއް ކޮށްފާނެތީ ރާނިޔާ ހުރީ އަވްޝަންގެ ގައިގައި އަރިމަތިން ބައްދާލައިގެންނެވެ. އޭނަ ވެސް ހުރީ މައިމޫނާ ދެކެ އިންތިހާއަށް ފޫހިވެފައެވެ. އުމެއިރާއާއި މައިމޫނާ މާ ސިއްރުން ގަތްގަނޑާކީ މިއީތާއެވެ. މައިމޫނާ އޭނައާ ޖައްސާލާފައި ހުރުމުގެ ސަބަބު ވެސް ފަޅާއެރީއެވެ. ނަމަވެސް އީނާ ދެކެ މައިމޫނާ އެހާ ވަރަށް ނަފްރަތު ކުރަންވީ ކީއްވެ ހެއްޔެވެ؟ އިނާއަށް ލިބިފައިވާ ނިޢުމަތްތަކާ މެދު މައިމޫނާ ހަސަދަވެރިވީ ކަމަށްވެސް ވެދާނެއެވެ.

”ދޮގު…. ބޭބޭ، އަހަރެން އެފަދަ ކަމެއް ކުރަން ވީ ކީއްވެ؟….” މައިމޫނާ ދޮގުހަދަން އުޅުނެވެ. ”ކުރެވުނު ފާފަތައް ކުޑައީތަ އަދިވެސް އިތުރު ފާފަތަކަށް އަރައިގަންނަން ތިއުޅެނީ؟…..” ފަޒްލާ ހަޅޭއްލަވައިގަތެވެ. ޝިޔާޢު އައިސް ފަޒްލާގެ އަތުގައި ހިފާލަމުން މައިމޫނާއާއި ދުރަށް ގެންދިޔައެވެ.

”މީ ދޮގެއް ނޫން، ފަޒްލާ ތިހުރީ މޮޔަވެފަ!… އަހަރެން އީނާއަށް އެފަދަ ލަނޑެއް ދޭންވީ ކީއްވެ؟… އަލްޔަސްގެ ނުބައިކަން ފަޅާއެރީމަ އަހަރެންގެ ބޮލަށްތަ ޖަހަނީ؟… ތިހާވަރުން އޭނަ ދަނބިދަރިއަކަށް ހަދަން ބޭނުންނަމަ އަލްޔަސްއާ އީނާގެ ކައިވެނި ކުރުވަބަލަ، ކޮންމެހެން އަލްޔަސްގެ ކުށެއް ނެތްކަން އަންގަން އަހަރެންގެ ބޮލަށް ކަންތައް ޖަހަންވީ ކީއްވެ؟…..” މައިމޫނާގެ ޖުމްލައިން ބަހެއް ނުބުނެ ރާނިޔާއަކަށް ނުހުރެވުނެވެ.

”ހުއްޓާލާ، އަހަރެންގެ ކޮއްކޮ ދުވަހަކު ވެސް އެފަދަކަމެއް ނުކުރާނެ، ހަޤީޤަތް ބޭޒާރުވީމަ ދޮގުހަދަން އިތުޅެނީ ކީއްވެ؟….” ރާނިޔާއަށް އިތުރަށް ކެތެއް ނުކުރެވުނެވެ. މައިމޫނާ ކަހަލަ ނުބައި އަންހެނަކު ކޮންމެ ފަދަކަމެއް ވެސް ކޮށްފާނެކަން މިރޭ ސާބިތުވެގެން ހިނގައްޖެއެވެ.

”އެންމެ މޮޅު މިހާ އެއޮތް އަނގަހުޅުވީ، ހަޖަމު ނުކުރެވުނީ ދޯ ކަލޭގެ ކޮއްކޮގެ ނުބައިކަން ފަޅާ އެރީމަ…” މައިމޫނާ ރައްދު ދިނެވެ. މައިމޫނާ ހުރީ އޭނަގެ މައުސޫމް ކަން ސާބިތުކޮށްދޭން ކޮންމެ ކަމެއް ވެސް ކުރަން ތައްޔާރަށެވެ. އުމެއިރާ އޭރު ހުރީ މައިމޫނާ ބައްދާލާފައި ސަލާމަތްވާން ރާވައިގެންނެވެ.

”ޝަޓް އަޕް!…” ރާނިޔާ ބާރަކަށް ބުނެލިއެވެ.

”ބުނަން ދޮގު ހަދައިގެން ވާނެ ފައިދާއެއް ނޯންނާނެ، މައިމޫނާގެ ހުރިހާ ޕްލޭނެއްގެ ފަހަތުގައި ހުރި މީހާވެސް މިހާރު އެވަނީ މައިމޫނަގެ ދުޝްމަނަކަށް ވެފައި….” ފަޒްލާ ބަލާލީ އުމެއިރާއަށެވެ.

”މައިމޫނާ އަހަންނަށް މަޖުބޫރު ކުރީމަ އަހަރެން އެހީވާން އެއްބަސްވީ، އަހަންނަނީ ނިކަމެތި މީހެއް، މައިމޫނާ ބުނީ އޭނައަށް އެހީނުވެއްޖެނަމަ އަހަރެންގެ ދަރިފުޅު މަރާލާނެކަމަށް….. އިތުރުގޮތެއް ނެތީމަ އަހަރެން އެހީވީ، އެކަމަކު އަހަރެން ކޮންމެ ފަހަރަކު ދެކޮޅު ހެދިން، ހަޤީޤަތް ހާމަކުރަން ވެސް އުޅުނިން، އެކަމަކު އަހަންނަށް އެފަދަ ފުރުސަތެއް ނުލިބުނު…….. މައިމޫނާ އީނާ ދެކެ ހަސަދަވެރިވާތީ އީނާއަށް ލަނޑުދޭން އުޅުނީ….. އީނާ މޮޔަކުރަން ސިހުރުހަދަން ވެސް މައިމޫނާ ދިޔަ، އެކަން ކާމިޔާބު ނުކުރެވުނީމަ އަލްޔަސްއަށް ޑްރަގްސް ދީގެން އީނާ ރޭޕްކުރުވަން އުޅުނީ، އެއަށްފަހު ނޫރާލްއަށް ޕާޓޭންލައްވާ ހަމަލާދިނީ….” އުމެއިރާ އެންމެ ސިކުންތުކޮޅެއް ވެސް ނަގާ ނުލާ ބުންޏެވެ. އެއާއެކު މައިމޫނާ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ހަމަހިލާ އޭނަ މިކަމުގައި ބައްދާލާފައި އުމެއިރާއަށް ސަލާމަތް ވުމުގެ ފުރުސަތެއް އޭނަ ނުދޭނެއެވެ!

”ކަލެއަށް އަހަރެން މަޖުބޫރުކުރީއޭ؟ ކަލޭ އަމިއްލައަށް މިކަމުގައި ބައިވެރިވީ، އަހަންނަށް ވުރެ ބޮޑަށް މިކަމުގައި ކުރީގައި ހުރީ ކަލޭ… އެއީ ކަލެއަށް ވެސް ފައިދާ ވާނެތީ، ކަލޭގެ ދަރިފުޅު ޒެލީން އަލްޔަސްއާ ކައިވެނި ކުރުވަން ބޭނުންވާތީ އޭހާވަރަށް ފޯރީގައި ހުރެ ޕްލޭން ކުރީވެސް… މިއަދު ފަޅާއެރީމަ އަހަރެން ބޮލުގަ ހުރިހާކަމެއް އަޅުވާފަ ފިލަން ދޯ ތިއުޅޭނީ، ނޫރާލްއަށް ވެސް އެހެން ދީމާވީ ކަލޭގެ ސަބަބުން!…” އައި ރުޅީގައި ކުށަށް އިއުތިރާފް ވެވުނުއިރުވެސް މައިމޫނާއަކަށް ނޭގުނެވެ. އެވަގުތު އޭނައަށް މުހިންވުމީ އުމެއިރާ ބައްދާލާށެވެ.

މުޅިތަނަށް ވެރިވެގެން ދިޔައީ ހިމޭންކަމެވެ. ހުރިހާ ހަޤީޤަތެއް ބޭޒާރުވެގެން ދިޔައީ އެވެ. އެވަގުތު އެތަނަށް އައިސް ހުއްޓުނު ރޫޔާއާއި އީނާއަށް ވެސް ލިބުނީ ޝޮކެކެވެ.

”އޭނަ އެހަދަނީ ހުސް ދޮގު، ނޫރާލް މަރަން އުޅުނީ އޭނަ އަމިއްލައަށް. ޝީ ޕްލޭންޑް ދެޓް!….” އުމެއިރާ ދުލެއް ނުކުރިއެވެ.

ވީނާ އައިސް ބާރަކަށް އުމެއިރާއާއި އާއި މައިމޫނާގެ ކޯތާފަތްމަތީގައި ޖެހިއެވެ. ”ހުރި ނުލަފާކަން ބަލާބަ، މިއަދު އަހަރެންގެ ދަރިފުޅު މަރާ ހަނގުރާމަކުރަމުން އެދަނީ ކަލޭގެ ސަބަބުން، އެހަރެން ކަލެއަށް ދުވަހަކު މާފެއް ނުކުރާނަން… އެހާ މައުސޫމް ކުއްޖަކަށް އެހާ ބޮޑު އަނިޔާއެއް ދޭން އުޅުނުއިރު ތިހިތުގައި ހަމްދަރުދީގެ ކަންފުޅެއް ވެސް ނެތީތަ؟..” ވީނާ ރުޅިވެރި ރާގެއްގައި ބުންޏެވެ.

”އޭނައަށް އެހެން ނުވީސް ރޫޔާއާއި ޒަލަފްގެ ދެމެދަށް ވަންނަން ނޫޅުނުނަމަ….” މައިމޫނާ ވެސް ރުޅިއައެވެ.

ރޮވިދާނެތީ ރޫޔާ ހުރީ ތުންފަތުގައި ބާރަކަށް ދަތްއަޅާލައިގެންނެވެ. ކަރުނައިގެ ތިކިތަކުން ދެލޯވަނީ ފުރި ބާރުވެފައެވެ. އޭނަގެ ހަށިގަނޑުގައި ކޮޅަށް ހުންނާނެ ވަރެއްވެސް ނެތެވެ. އޭނަ މިތަނަށް އައީ ހާދަ ފޮނި އުއްމީދުތަކާ އެކުގައެވެ. ނަމަވެސް…. ނަމަވެސް އޭނަގެ ހުރިހާ އުއްމީދުތަކުގައި ހުޅުރޯވެއްޖެއެވެ. ޒަލަފްއާއެކު ފަށަށް އުޅުނު އުފާވެރި ހަޔާތައް ހިޔަނި އެޅިއްޖެއެވެ.

”ރޮޒެއިނާ، ޕޮލިހަށް ގުޅާ، އަހަރެން މިދެއަންހެނުން ދޫކޮށްނުލާނަން….” ވީނާ ބުންޏެވެ. އޭނަ ފަސްއެނބުރި ބަލާލި ވަގުތު ރޫޔާ ފެނުމުން ދެލޯހަނިކޮށްލިއެވެ. މި ފުރޭތަގަނޑުގެ އަތެއް ވެސް މިކަމުގައި ވޭނެކަން ޔަޤީނެވެ. އުމެއިރާ ތަކުރާރުކޮށް އޭނަގެ ކުށެއްނެތްކަން ސާބިތުކޮށްދޭން އުޅުނެވެ.

ޝިޔާޢު ހުރީ ރުޅިގަނޑު މަތަކޮށްލައިގެންނެވެ. އޭނައަށް ލިބިފައިވާ ޝޮކު މުޅިން ފިލައިގެން ނުދެއެވެ. އޭނަގެ ކޮއްކޮ މިފަދަ ނުބައި ކަމެއް ކޮށްފާނެކަމަށް ޤަބޫލުކުރަން ވެސް ދަތިވިއެވެ.

”ރޯނެކަމެއް ނެތް، ކަލޭގެ އަތެއް ވެސް މިކަމުގައި ވާނެ، އަހަންނަށް ޝައްކުވިޔޭ ދެމައިންވެގެން އުޅުނީ ޒަލަފްގެ މުދާގަނޑު ހޯދަންކަން، ކައިވެންޏަށްފަހު ޒަލަފް މަރާލަން ދޯ ރޭވުމުގެ ދެވަނަ ބާބުގައި އޮތީ؟ ތިކަހަލަ ހަޔާތްކުޑަ އަންހެންކުދީން މޮޅުވާނެ މުއްސަނދި ފިރިހެނުން ރީތިކަމުގެ ދަޅައިގައި ޖައްސަން، ނޭގެ ކިތައް ފިރިހެނުންނާއެކު ކަމެއް ވެސް……… ޗީ….” ވީނާ ރޫޔާގެ ގައިގައި ޖަހަން އުޅުމުން އެދެމެދަށް ވަނީ އަވްޝަން އެވެ. އެއީ ރޫޔާގެ ހިތަށް ވަރަށް ބޮޑަށް އަސަރު ކުރި ވަގުތެކެވެ. ޒަލަފް ހުރީ ކުޅިވަރު ބަލާށެވެ. އޭނަގެ ދިފާއުގައި އެންމެ ބަހެއް ވެސް ބުނެނުލި ތާންގައި ހުރިތަނުން ގުޑާ ވެސް ނުލިއެވެ. ޒަލަފް އޭނައަށް އިތުބާރު ނުކުރަނީ ހެއްޔެވެ؟

”ދެން ކަލެއަށް ޒަލަފްއާ ކައިރިވުމުގެ ފުރުސަތެއް ވެސް ނުދޭނަން، ދެން ކަލޭ ޖެހޭނީ އެހެން މީހަކާ ކައިވެނި ކުރަން، ރޮޒެއިނާއަށް ނުވިސްނޭތީ ނޭގުނީ، މަންމަ ފަދައިން ދަރިފުޅުވެސް އެހާ މަކަރުވެރި، މީނަގެ އާދޭސްތައް އަޑުނާހާތި، މަކަރުވެރިކަމުގެ އިންތިހާ….” ވީނާ ހީވަނީ އެހެންކަމެއް ހެންނެވެ. ރޫޔާ ބަދުނާމުކުރަން ފައިވިއްދާލާފައި ވާ ކަހަލައެވެ. ރޮޒެއިނާގެ ވިސްނުމާ ވީނާ ކުޅެލައިފިއެވެ. ދެންވެސް ޒަލަފް ރޫޔާގެ ދިފާއުގައި ތެދުވުނީކީ ނޫނެވެ.

ރޮޒެއިނާ ހުރީ ޒަލަފްގެ އަތުގައި ބާރަށް ހިފަހައްޓާލައިގެންނެވެ. ވީނާގެ ވާހަކަތަކުން އޭނަގެ މަގުއޮޅިއްޖެއެވެ. ވީނާ ބުނިފަދައިން ރޫޔާގެ މައުސޫމްކަމާއި ހިތްހެޔޮކަމުގެ ދަޅައިގެ ސަބަބުން އޭނަގެ ހިތްވެސް އަނބުރާލީ ކަމަށް ވެދާނެއެވެ. އަނެއްފަރާތުގައި ބައްޕަ ހުރިއިރު މައިންބަފައިންނާ ދެކޮޅަށް ދާކަށް ޒަލަފްއަށް ނުކެރުނެވެ.

ރޫޔާ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން އޭނަ ޒަލަފްއަށް ބަލާލީ ނަފްރަތުގެ ނަޒަރަކުންނެވެ. އެކުޑަ ވަގުޅު ކޮޅުގެ ތެރޭގައި އޭނައަށް ހުރިހާ ކަމެއް ސާފުވެގެން ހިނގައްޖެއެވެ. ޒަލަފް އޭނަދެކެ ހަޤީޤީތަކުގައި ވެސް ލޯބި ވާނަމަ އޭނަގެ ދިފާއުގައި ނިކުތީސްކަން ކަށަވަރެވެ. ލޯބިވާ މީހަކަށް އަނިޔާއެއް ލިބޭތަން ބަލަން ހުންނާނީ ކާކު ހެއްޔެވެ؟ ނޫރާލްގެ މަންމަ އޭނައާ ދިމާއަށް އަތް އިސްކުރިއިރުވެސް އަންހެނަކު ފަދައިން ޒަލަފް ހުރީ ހުރިހާ މަންޒަރެއް ބަލާށެވެ. މަންމަދެކެ އައިސްފައި ހުރި ރުޅިއަށް ވުރެ ބޮޑަށް ޒަލަފްއަށް ޓަކައި އެހިތުގައި ނަފްރަތުގެ ދިލަހޫނުކަން ވިންދުޖަހަން ފެށިއެވެ. އޭނަ ކަރުނަތައް ހިންދާލަމުން ކޯތާފަތް ފޮހެލިއެވެ.

”ކާކު ބުނީ ދެން އަހަރެން ޒަލަފްއާ ކައިވެނި ކުރަން އުޅެނެޔޭ؟ އާދޭސް ކުރާނެޔޭ؟ މި ދުނިޔެއިން ފިރިހެނުން ހުސްވީތަ އަހަރެން އާދޭސްކުރަން؟….. މިއަދު ހާމަވެގެން ދިޔަ ސިއްރުތަކުގެ ތެރޭން ޒަލަފްގެ ސިއްރުތައް ވެސް ހާމަވެގެން ހިނގައްޖެ!…. އެފަދަ ފިރިހެނަކާ ކައިވެނި ނުކުރާނެ އެއްވެސް އަންހެންކުއްޖެއް، އަހަރެން މޮޔަކަމުން ޒަލަފް ދެކެ ލޯބި ވެވުނީ، އެކަމަކު މިހާރު އަހަންނަށް ވިސްނިއްޖެ… އައި ހޭޓް ހިމް….” ރޫޔާގެ އަޑުގައި ރިހުމެއް ވިއެވެ. އީނާއަށް ރޫޔާގެ ހިތުގައި އަޅާނެ ވޭން އިހުސާސް ކުރެވުނެވެ.

”މާ މޮޅު މީހެއްކަމަށް ދެއްކެން ނޫޅޭތި ބިޗް…” ވީނާ ލޯއަޅާލިއެވެ.

”މައިންޑް ޔޯރ ލެންގުއޭޖް!…” އަވްޝަން ދެލޯހަނިކޮށްލަމުން ޝަހާދަތް އިނގިލި ދިއްކޮށްލުމާއެކު ވީނާ ޖެހިލުންވެފައި ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ.

”ރޮޒެއިނާ ފޯނު ދީބަލަ….” އުމެއިރާ ވީނާގެ ފަހަތުން އާދޭސްކުރަމުން އުޅުނެވެ. ނަމަވެސް އޭނަ އެއިން އެއްވެސް އާދޭހެއް އަޑެއް ނޭހިއެވެ.

”މައިމޫނާގެ ސަބަބުން ކިތައް ދިރިއުޅުން ބަރުބާދުވެގެން އެދިޔައީ….” ޝިޔާޢުގެ އަޑުގައި ރުޅިވެރިކަން ވިއެވެ. ފަޒްލާވެސް އެއްޗެހި ކިޔެވެ. އޭނަގެ ހިތް ދުވަހަކު މައިމޫނާއަށްޓަކައި ސާފެއް ނުވާނެއެވެ. މިއަދު ޢާއިލާގެ ކޮންމެ މެންބަރެއްގެ ހިތުގައި މައިމޫނާއަށް ޓަކައި ވަނީ ސާފު ނަފްރަތެވެ. އެކަން ދުވަހަކު ބަދަލުވާނެހެނެއް ހިޔެއްނުވެއެވެ.

ރޫޔާ އިތުރަށް އެތާންގައި މަޑުކުރުމެއް ނެތި ދާން ހިނގައިގަތެވެ. އޭނަގެ ހިތް ހަލާކުވެއްޖެއެވެ. އީނާ ރޫޔާގެ ފަހަތުން ދާން އުޅުނެވެ.

”އީނޫ ޕްލީސް، ލީވް މީ އެލޯން….” ރޫޔާގެ އަޑުން އީނާގެ ލޮލުން ކަރުނަ ހިލުނެވެ. އަލްޔަސްގެ ކުށެއް ނެތްކަން ހާމަވެގެން ދިޔަ ކަމުގައި ވިޔަސް ވިއްސިވިހާލިވެގެން ދިޔަ ރޫޔާގެ އުފާތަކުގެ ސަބަބުން އީނާގެ ހިތަށް ތަދުވިއެވެ.

”ރޫޔާ…” މައިމޫނާ ދުވެފައި ގޮސް ރޫޔާގެ އަތުގައި ހިފެހެއްޓިއެވެ.

”ދޫކޮށްލާ….” ރޫޔާގެ އަޑު ތުރުތުރުއަޅައެވެ. އެޖުމްލައިން މައިމޫނާ ހުއްޓުންއަރައިފިއެވެ. މިއަދު އޭނަގެ ދަރިފުޅު ތަަހައްމަލު ކުރަމުން އެދާ ވޭނުގެ ޒިންމާ ނަގަން ޖެހޭނީ އޭނައެވެ. އީނާގެ ފަރާތުން ބަދަލު ހިފަން އުޅުމުގެ ސަބަބުން ބަރުބާދުވެގެން އެދިޔައީ އޭނަގެ ދަރިފުޅުގެ ދިރިއުޅުމެވެ. ސިއްރުތައްވެސް ހާމަވާންވީ މިފަދަ ރެޔެއްގައި ހެއްޔެވެ؟ މައިމޫނާގެ ދެލޮލުން ކަރުނަ ހިލުނެވެ. ދަރިފުޅުގެ ދެލޮލުގައި ވި ނަފްރަތާއި ކަރުނައިގެ އަސަރުން މައިމޫނާގެ ހިތް ހަލާކުވެއްޖެއެވެ. ހެޔޮ ވިސްނުން ލިބި ހަމަ ބިމަށް ތިރިވެވުނީ ވަގުތު ފާއިތުވީ ފަހުންނެވެ!

”އީނާ، އަހަރެން މިވީހާތަނަށް އީނާ ދެކެ ކުރީ ނަފްރަތު، އީނާ އުފާތަކުން މަހްރޫމްކުރަން އަހަރެން ރޭވުންތައް ރޭވީ….. އެކަމަކު….އެކަމަކު….. މިއަދު އަހަރެންގެ ކުރި ކުށުގެ ސަޒާ ލިބުނީ އަހަރެންގެ ދަރިފުޅަށް، ﷲ އަށް ޓަކައި އަހަރެން މިބުނާ ކަންތައް ކޮށްދީ، ގެއްލިފައިވާ ރޫޔާގެ އުފާތައް އަނބުރާ ހޯދައިދީ… އާދޭސްކުރަން، ޕްލީސް……” މައިމޫނާ އީނާގެ އަތުގައި ހިފަހައްޓާލަމާއެކު އީނާ އެއަތް ފޮޅުވާލަމުން ފަހަތަށް ޖެހިލިއެވެ. ހީވީ އަތުގައި އަލިފާން ޖެހުނުހެންނެވެ. އީނާގެ ދެލޮލުން އޭރު ދިލަކަނި ބުރައެވެ. އޭނަ މައިމޫނާއަށް ފުރަގަސްދިނީ އެސޫރަ ވެސް ދެކެން ބޭނުން ނުވާތީއެވެ. ފަޒްލާ އައިސް އީނާ ގޮވައިގެން ޝިޔާޢުމެން ކައިރިއަށް ދިޔައެވެ. މަންމަގެ ގައިގައި ބައްދާލަމުން އީނާއަށް ރޮވުނީ ރޫޔާއާ މެދު ވިސްނާލެވުމުންނެވެ. އޭނަ ކަރުނުން ފުރިފައިވާ ދެލޮލަކުން ޒަލަފްއަށް ބަލާލިއެވެ. ޒަލަފްއަކީ ބޮޑު ފިނޑިއެކެވެ. އެފަދަ މީހަކަށް ރޫޔާ ލިބުން ހައްޤެއް ނޫނެވެ. ނުވީތާކަށް ރޫޔާ އެހާވަރަށް ތައުރީފް ކުރި ރޮޒެއިނާގެ ވެސް ފެނުނީ މުޅިން އެހެން ފަރާތެކެވެ. މީހަކު ދައްކާ ހަޤީޤަތެއް ނެތް ވާހަކަތަކަށް ލޯމަރާލައިގެން އިތުބާރު ކުރަން ޖެހޭހެއްޔެވެ؟

މައިމޫނާއަށް އިތުރަށް ވާހަކަ ދައްކާނެ ހިތްވަރެއް ނުލިބުނެވެ. އޭނަ ކުރި ކުށުގެ ސަޒާ ލިބުނީ ހިތި ގޮތަކަށެވެ.

ހަސަދަވެރިކަމަކީ މީހާ ކުރާ ހުރިހާ ހެޔޮކަމެއް ނެތިކޮށްލާ އެއްޗެކެވެ. އެކަމުގެ ސަބަބުން މުޅި ދިރިއުޅުން ހަލާކުގެ ތެރެއަށް ވެއްޓި ޝައިތާނީ ވަސްވާހުން ހިތް ފުރިގެންދެއެވެ. ހެޔޮ އަމުލަތަކާ ދުރުވެގެން ދެއެވެ. މާތް ﷲ ދެއްވަވާ މަތިވެރި ނިޢުމަތްތަކަށް ޝުކުރުވެރި ނުވެވެއެވެ.

”ތި ޑްރާމަ ހުއްޓަލާ، ނޫރާލް މަރަން އުޅުނުކަމުގެ ބަދަލު އަހަރެން ހިފާނަން!……” ވީނާ ބުންޏެވެ.

”ރޫޔާ…” މައިމޫނާއަށް ރޮއިގަނެވުނެވެ. މިރޭ އޭނަގެ ކަރުނަތައް ދެކޭނެ އެކަކުވެސް މި ދުނިޔެ މައްޗަކު ނެތެވެ. މީހަކު މަރަން އުޅުނު ކަމުގެ ކުށުގައި މިއޮތީ ޖަލަށް ދާން ޖެހިފައެވެ! ނުވީތާކަށް ފުރާނައަށް ވުރެ ބޮޑަށް ލޯބިވާ ދަރިފުޅު ގެއްލިއްޖެއެވެ. ހާދަ ދެރައެވެ.

(ނުނިމޭ)

 

 

 

Share Article

Follow Me Written By

މުތާ/ ސ.ހިތަދޫ

Level 210 Stories

Other Articles

Previous

އޯގާވީ ހިތަކުން…39

Next

ކަފުނަށް މިހިތް އަދި ނުލާކަން ޔަގީން..6

Next
August 14, 2014

ކަފުނަށް މިހިތް އަދި ނުލާކަން ޔަގީން..6

Previews
August 10, 2014

އޯގާވީ ހިތަކުން…39

7 Comments!

  1. ummi says:
    August 12, 2014 at 7:01 am

    Woww v v reethiii hehe emme fahun dhemeehun ves vandhu v hehe salhii .. ekm alhi rooya ah ehn nahadhaa e kuhjaa ge othiii maimoona ge kahala hitheh nun…..
    Thankss mutha…. v v reethi mi bai vessss 🙂 🙂

  2. shify says:
    August 12, 2014 at 9:55 am

    yes yes .dhn ruya n nazyak.. now this seems interesting

  3. neesh says:
    August 12, 2014 at 11:25 am

    koan irakun dhen ohbai genes dheyny

  4. ZOYA says:
    August 12, 2014 at 1:20 pm

    v v v v reethi mi part ves …thanks mutha…anehbai avahah up kohdhehchey

  5. ifa says:
    August 12, 2014 at 3:51 pm

    vvvvv reethi mi prt ves….hageegai eothi haama vefa…. i feel sad for ruyaa…..maimoona amila ah bust vy dhw…avahah up kohdhehchey ingey… waiting

  6. ހިޔަނިހިޔަޅު says:
    August 13, 2014 at 12:29 am

    it’s beatuffuly

  7. mish says:
    August 13, 2014 at 6:39 pm

    mutha mi prt ves vvv rethi….vrh hapy vehje maimoona bust vyma…ekam rooya fakyrah dhera gotheh nahadhahchey pls…..nd nxt prt vvvvvvv avah up kurahchey ingey pls pls pls pls…waitin

Comments are closed.


All Right Reserved!