Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނުވާނަން ތަފާތެއް… 15

Muthahhar Ibrahim (Mutha/S.Hithadhoo) Level 510 Stories100 Login100 Stories
March 30, 2020 7 Mins Read
2 Comments

ބަރްކާގެ ހަޅޭކުގެ އަޑަށް މަލްސާ ދިޔައީ ސިއްސައިގެންނެވެ. މުޅި މީހާ ފިނިވެގެން ދިޔަ އިރު މޫނުމަތިން ފެންނަނީ ހާސްކަމާއި ބިރުވެރިކަމެވެ. ލިބިފައިވި ނުތަނަވަސްކަމުގެ ސަބަބުން އަތުގައި މަޑު ތުރުތުރުލުމެއް ވެސް އުފެދިފައި ވިއެވެ. ހޫނު ކޮފީ އަތަށް ބަންޑުންވުމުގެ ސަބަބުން އަތުގައި އުފެދިފައިވި ދިލައިގެ އުދާސްކަމާއި ހޫނުކަން އެވަގުތު ކޮޅުގައި އޭނައަށް އިހުސާސް ނުކުރެވޭ ކަހަލައެވެ. އެއަށްވުރެން ބޮޑަށް ބަރްކާގެ ރުޅިވެރިކަމާއި އެދެލޮލުން ފާޅުވަމުން ދިޔަ ނަފުރަތުގެ ސަބަބުން މީހާ ވަނީ ބިރުގަނެފައެވެ. އެއީ އޭނަގެ ފަހު ދުވަސް ހެން ވެސް ހީވާ ފަހަރު މަދެއް ނޫނެވެ.

”މަޢާފް…” އަރުތެރެ ބެދިފައިވާ ހާލު އުނދަގުލާއެކު މަލްސާ ވާހަކަ ދައްކަން މަސައްކަތްކުރިއެވެ. އޭރު މާހައުލުގައި އުފެދިފައިވި ނުތަނަވަސްކަމުން އިތުރު ހާސްކަމެއް ލިބި އޭނަގެ ދެލޯ ފެންކަޅިވާން ކައިރި ވެއްޖެއެވެ.

މަލްސާއަށް އައިސްފައިވި ބަދަލުތައް ފާހަގަ ކުރެވުނު އަޝްކާންގެ ހިތަށް އުނދަގޫ ވިއެވެ. އެމަންޒަރު ބަލަން އޭނައަށް ކެތެއް ނުކުރެވުނެވެ. ސިކުނޑީގެ ކަނަކުން މަލްސާއަށް އެހީވެ ދިނުމަށް އެދި ގޮވާލިއެވެ. އެމައުސޫމް ދެލޮލުގައިވި ބިރުވެރިކަމަށް ނިމުމެއް ގެނެސް ދިނުމަށް ވެސް ގޮވާލިއެވެ. އެހެނަސް، އޭނަ ކުރިއަށް އަޅާލަން އުޅުނު ފިޔަވަޅު ހުއްޓުމެއް އައީ އޭނަގެ މަންމަގެ އަޑަށެވެ. ބަނދެވެމުން ދިޔަ ޖަޒުބާތުގެ އިހުސާސްތަކުގެ ތެރެއިން ހޭލެވި އަޝްކާންއަށް އޭނަގެ ދެލޯ ހުޅުވާލެވުނީ ދެނެވެ.

”ކަލޭ މަޢާފަށް އެދުމުން ވިކަމެއް ބަދަލު ކުރެވޭނެތަ؟…” ބަރްކާގެ ރުޅި އިތުރަށް ގަދަވުން ނޫންކަމެއް ނުވިއެވެ. އެއްވެސް ހައިސިއްޔަތެއް ނެތް މީހަކު އޭނަގެ އަގު ބޮޑު ހެދުން ހަރާބުކޮށްލުމުން އެކަން ހަޖަމުކުރުން ބަރްކާއަށް ވީ ދަތިއުނދަގޫ ކަމަކަށެވެ. އަބަދުވެސް ބަރްކާ ޤަބޫލުކުރަމުން އަންނަ ވިހަ ވިސްނުމަކީ، އެމީހުންނާ އެއްހަމައެއްގައި ފައިތިލަ ސާބިތު ނުކުރެވޭ މީހުންނަކީ އިއްޒަތާއި ޤަދަރު ލިބެން ޖެހޭ ބައެއް ނޫން ކަމުގައެވެ. އެފަދަ މީހުން ތިބެން ޖެހޭނީ އޭނަގެ ފައިތިލަ ދަށުގައި ކަމަށެވެ. އެމީހުންނަށް ގުލާނުކުރުމާއިގެންނެވެ. ބަރްކާގެ ވިސްނުން ފަސާދަވެފައި ވަނީ ބޮޑާކަމާއި ކިބުރުވެރިކަމުންނެވެ. އޭނަގެ މިޒާޖުން އެކަމަށް އަބަދުމެ ހެކި ދެއެވެ.

”މަންމާ، އެއީ އެވަރުގެ ކަމެއް ނޫނެއްނު…” ދެފަރާތަށް ބޯހޫރާލަމުން އަޝްކާން މަޑުމައިތިރި ރާގެއްގައި ބުނެލިއެވެ. އަޝްކާން ބޭނުންވީ އޭނަގެ މަންމައަށް ވިސްނައިދޭށެވެ. އެހެންނޫނަސް ހިމޭނުން ހުންނަން އޭނަގެ ޒަމީރު ދެކޮޅު ހެދިއެވެ. މަންމަގެ ރުޅިވެރިކަމުގެ ހޫނުން މަލްސާ ސަލާމަތްކުރަން ބޭނުންވީތީއެވެ.

މަލްސާއަށް ބަލާލެވުނީ އަޝްކާން އަށެވެ. އެވަގުތު އަޝްކާންގެ ނަޒަރު ވެސް ހުއްޓިފައިވަނީ މަލްސާ އަށެވެ. އެދެލޮލުން އޭނައަށް އޯގާތެރިކަން ފެނުނުހެން މަލްސާއަށް އިހުސާސްކުރެވުނެވެ. އޭގެ ސަބަބުން މީހާއަށް ލިބިފައިވި އުދާސްކަން ކުޑަވެގެން ދިޔަ ހެން ވެސް ހީވި އެވެ.

އަޝްކާންގެ ޖުމްލައިން ބަރްކާއަށް ހައިރާންކަން ލިބުނެވެ. ނުރުހުމާއެކު ބަރްކާއަށް ބަލާލެވުނީ އޭނަގެ ފިރިހެން ދަރިފުޅަށެވެ. އަޝްކާންގެ ވިސްނުން އޭނައަށް އެއްގޮތަކަށް ވެސް ކަމަކު ނުދިޔައެވެ.

”މަލްސާ، ޔޫ ކޭން ގޯ…” މަލްސާއަށް ބަލާލަމުން އަޝްކާން ބުނެލިއެވެ. އަޝްކާންގެ ޖުމްލައާ އެކު މަލްސާ އަވަސްވެގަތީ އެތަނުން ދިއުމަށެވެ. އޭނަ އެތަނުގައި ހުރުމުން މަސްލަހަތު އިތުރަށް ގޯސްވުން ނޫންކަމެއް ނުވާނެތީއެވެ. ދިއުމުގެ ކުރިން ވެސް ބަރްކާގެ ގާތުގައި މަލްސާ މަޢާފަށް އެދުނެވެ. އެހިނދު މަލްސާއާ ދިމާއަށް ކަޅި އަޅާލަމުން ބަރްކާ ހަށަން ބަނދެލިއެވެ.

ކެބިންއިން ނިކުންނަން ދިޔަ މަލްސާއަށް ހިތާހިތުން އަޝްކާންއަށް ޝުކުރު އަދާކުރެވުނެވެ. ބަރްކާގެ ރުޅިވެރިކަމާއި ކަނޑީގެ މިޔަ ފަދަ ތޫނު ދުލުން އޭނަ ދިފާޢުކޮށްދިނީތީ އެހިތުގައި އަޝްކާންއަށް ދެވިފައިވި ހާއްސަ މަޤާމާއި، ޤަދަރު އުފުލިގެން ދިޔަ އެވެ.

*****

”އަޝްކާން!…” މަލްސާ ނިކުމެގެން ދިއުމާއެކު ލަފުޒުތަކަށް ބާރުލަމުން ބަރްކާ ގޮވާލިއެވެ. މަލްސާއަށް އަމާޒު ނުކުރެވުނު ރުޅިވެރިކަމުގެ ހޫނުގެ އަމާޒުފަށްގަނޑަށް އެންމެފަހުން ވެގެން ދިޔައީ އަޝްކާން އެވެ. އެހާ ފަސޭހައިން މަލްސާއަށް ދިއުމުގެ ފުރުސަތު ދިނުމުން ބަރްކާ ހުރީ ނުހަނު ރުޅި ގަދަވެފައެވެ. ކުރެވުނު ކަންތަކުގެ ބޮޑުކަން އެ ފަޤީރު އަންހެން ކުއްޖާ ގަނޑަށް އިހުސާސް ނުކުރެވޭނެތީއެވެ. އޭނަ ދެކެ ބިރުގަނެ ޤަދަރުކުރަން ނޭގޭނެތީއެވެ. އެކަމާ ހުރެ އަޝްކާންއާ ދިމާއަށް އޭނަ އަޑުލާން ފެށިއެވެ.

”މަންމާ، އެއީ އެވަރުގެ ކަމެއް ނޫނެއްނު، ހެދުން ދޮވެލުމުން ކޮފީގެ އަސަރު ގޮސްފާނެ… އެހެން ނޫނަސް މިޒަމާނުގައި އެކަހަލަ ކަންކަމަކަށް މީހުން ސަމާލުކަމެއް ވެސް ނުދޭ… އިހު ޒަމާނުގައި އެހާ ބޮޑަށް ލައި އުޅޭ ހެދުމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ސަމާލުކަން ދީ އުޅުނީ، މިހާރު ޒަމާނާއެކު ހުރިހާ ކަމެއް ބަދަލުވެއްޖެ…” އަޝްކާން އޭނަގެ މަންމައަށް ބަލާލިއެވެ.

”ކީކޭތަ އަޝްކާން ތިކިޔަނީ؟، އަހަންނަށް ވެސް އެނގޭ ހެދުން ދޮވެލުމުން ލައްގަނޑު ފިލައިގެން ދާނެކަން، އެކަމަކު އޭނައަށް ކުރެވުނީ ކިހާ ބޮޑު ކަމެއްކަން އެނގެން ޖެހޭނެ ދޯ، އޭނަ ހެން މާލޭގެ މިހުންނަ ކަންމަތީ ފިހާރަތަކުން ގަނެގެން ލައި އުޅޭ ކަހަލަ ހެދުމެއް ނޫނޭ މިއީ، ދިސް އިސް ބްރޭންޑެޑް!، އެތައް ހާސް ޑޮލަރެއްގެ ހެދުމަކަށް ކޮފީ އަޅާލާފަ އޭނަ އެދިޔައީ…” ބަރްކާ ރުންކުރު ވިއެވެ.

އަޝްކާންއަށް ފިނި ނޭވާއެއް ދޫކޮށްލެވުނެވެ. އޭނަގެ މަންމައަށް ވިސްނައިދިނުމަކީ ފޫނެއްފަޔަށް ފެންފުރުން ކަހަލަ ކަމެކެވެ. ބައްޕަވެސް މަންމަގެ ވިސްނުން ބަދަލުކުރަން އެތައް ނަސޭހަތެއް ދޭނެއެވެ. ނަމަވެސް އެހުރިހާ ނަސޭހަތެއް ބޮލާލާއިޖެހުމަށްފަހު މަންމަ އަބަދުމެ އިސްކުރަނީ މަންމަގެ ގޮތެވެ. އެއީ ދުވަހަކު ބަދަލު ވާނެކަމެއް ނޫނެވެ.

”އިފް ޝީ ވިޝް ޓު ކޮންޓިނިއު ޓު ވޯކް ހިޔާރ، ޝީ ނީޑްސް ޓު ލާރން ސަމް މެނާރސް!…” ތުން އަނބުރާލަމުން ބަރްކާ ބުނެލިއެވެ.

*****

ފާޚަނާއަށް ވަދެވުމާއެކު މަލްސާއަށް އޭނަގެ ލޮލުން އޮހޮރެން ކައިރިވެފައިވި ކަރުނަތައް ފޮހެލެވުނެވެ. އެވަގުތު މަޑު އާހެއްގެ އަޑު ދުލުން ބޭރުވެގެން ދިޔައީ އަތުގައި އުފެދިފައިވި ވޭނާއި ދިލައިގެ އިހުސާސް ކުރެވެން ފެށުމާއެކުގައެވެ. އަވަސްއަވަހަށް މޫނު ދޮންނަ ތަށިގަނޑާ ކައިރިވެލަމުން އިސްކުރަށް ދޫކޮށްލެވުނެވެ. ފިނި ފެނުގެ އިހުސާސް ކުރެވެން ފެށުމާއެކު ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނެވެ. އެގޮތުގެ މަތީން އިރުކޮޅެއް ފާއިތުވެގެން ދިޔަ ފަހުން އަނެއްކާ ވެސް ސިކުނޑީގައި ތަކުރާރުވެގެން ދިޔައީ މީގެ އިރުކޮޅެއް ކުރިން ހިނގާ ދިޔަ ހާދިސާއެވެ. އެއާއެކު ވަޒީފާގައި ދެމިހުރެދާނެ ކަމުގެ ބިރުވެރިކަން ވެސް މަލްސާގެ ހިތުގައި ތަކުރާރު ވިއެވެ. އޭނައަށް އެވަގުތު ކޮޅުގައި ސިފަކުރެވެމުން ދިޔައީ ފިލްމުތަކާއި ޑްރާމާތަކުން ފެންނަ ކަހަލަ މަންޒަރުތަކެވެ. ފަޤީރު އަދި މެދު ފަންތީގެ މީހެއްގެ އަތުން މަހުޖަނަކަށް ކުޑަ މީސް އުނދަގުލެއްވުމުން ކަންތައް ވެދާ ގޮތް ލޯކުރިމަތިން ސިފަވާން ފެށިއެވެ. އޭނައަށް ވެސް ކުރިމަތިވެފައިވަނީ އެފަދަ ހާލަތެކެވެ. ނަމަވެސް އެހާލަތުގައި ކުޑަ ތަފާތުކަމެއް ވިއެވެ. އަޝްކާން އެވެ. ޔަޤީނުން ވެސް އަޝްކާންގެ ލޮލުން މިއަދު އޭނައަށްޓަކައި ތަފާތު ވިދުވަރެއް ފެނުނުކަން ގައިމެވެ. އެކަމުން ހެކިދިނީ އޭނައާއި މެދު ކަންބޮޑުވެފައިވާ ކަމެވެ. އެކަމާ މެދު ވިސްނުމާއެކު ހިތުގައި ވިކަމުން އައި ބިރުވެރިކަމާއި އުދާސްކަމުގެ ޚިޔާލުތައް ހުވަފެނީ ޖަޒުބާތުތަކުގެ ތެރެއަށް ފަނޑުވެގެން ދިޔައެވެ. އަދި ތުންފަތުގައި ލުއި ހިނިތުންވުމެއް ވެސް ދުވެލިއެވެ.

*****

ފާޚަނާއިން ނިކުމެގެން އޭނަގެ މޭޒާއި ދިމާއަށް އައި މަލްސާއަށް ހުއްޓެވުނީ މޭޒު ކައިރީ ކޮޅަށް ހުރި އަޝްކާން ފެނުމުންނެވެ. އަތުގައި އޮތް ފޯނާ ކުޅެން ހުރި ކަމުގައި ވީ ނަމަވެސް މީހެއްގެ އިންތިޒާރުގައި ހުރިކަން ހާމަވެއެވެ. އެއާއެކު މަލްސާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އަތުވެއްޖެއެވެ. އެވަގުތަކީ މަލްސާގެ ފިޔަވަޅުތަކުގެ ހިލަން ވެގެން އަޝްކާން މަލްސާއަށް ބަލާލި ވަގުތު ވެސް މެއެވެ.

މަލްސާގެ މެޔަށް ފިނިވެގެން ދިޔައެވެ. އަޝްކާންގެ ތޫނުފިލި ދެލޮލުން އޭނައަށް މުޅިން ތަފާތުކަމެއް ފާހަގަ ކުރެވެން ފެށުނެވެ. އޭގެ މާނަ ނަގަންވީ ގޮތަކާ މެދުގައި ސުވާލު އުފެދިފައި ވަނިކޮށް އަޝްކާން ވާހަކަ ދައްކަން ފެށިއެވެ.

”އަތް މިހާރު ކިހިނެއްތަ؟…” ކަންބޮޑުވުން އެކުލެވިފައިވާ ރާގަކަށް އަޝްކާން ސުވާލުކޮށްލިއެވެ. މަލްސާއަށް ހުރި ފިޔަވަޅު މަތީ ހުރެވުނީ އެވެ. ކުއްލިޔަކަށް އަޝްކާންގެ ފަރާތުން ފެންނަން ފެށި ބަދަލުތައް ޤަބޫލުކުރަން އުނދަގޫވެފައިވާ ހާލުގައެވެ. އެވަގުތު އޭނަގެ ދުލުން ބަސް ހުއްޓިފައި ވިއެވެ. ރައްދުގައި ޖަވާބު ނުދެވުނީ އެހެންވެއެވެ.

”އައި ހޭވް ސަމް ކްރީމް ފޯރ އިޓް…” އަޝްކާން ބުނެލިއެވެ. އަދި މަލްސާ ގާތު އެދުނީ އެތާ ހުރި ސޯފާގައި އިށީނުމަށެވެ. އެއަށްފަހު އަޝްކާން ގޮސް ވަނީ އޭނަގެ ކެބިން އަށެވެ. އޭގެ އިރުކޮޅެއް ފަހުން ނިކުމެގެން އައި އިރު އޭނަގެ އަތުގައި ފަސްޓް-އެއިޑް ފޮއްޓެއް އޮތެވެ. އޭރު މަލްސާގެ ނަޒަރު ތިންވަނަ މީހަކު ހޯދަމުން ދިޔަ އެވެ. ސޯފާގައި އައިސް އިށީން އަޝްކާންއަށް އެކަން ފާހަގަ ކުރެވުނެވެ.

”ޑޯންޓް ވޮރީ، ޝީ ލެފްޓް އޯލްރެޑީ…” ލުއި ހިނިތުންވުމަކާއެކު އަޝްކާން ބުނެލިއެވެ. އެޖުމްލައިގެ ސަބަބުން މަލްސާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ނަމަވެސް މީހާ ފިނިވެފައިވީ އަޝްކާންއާއި އޭނައާ ދެމެދުގައިވި ދާއިރާގެ ހަނިކަމުގެ ސަބަބުންނެވެ. ނޭފަތުގައި ޖެހުނު ލުއިލުއި ފިރިހެންވަންތަ ސެންޓުގެ ވަހުން ވެސް މީހާގެ ހިއްސުތަކާއި ކުޅެލައެވެ. ހަމައެއާއެކު އެހާ ގާތުން އަޝްކާންގެ ސޫރަ ފެނުމުން ހިތުގެ ވިންދުގެ މައްޗަށް ބާރުފޯރުވުން މަލްސާއަށް ވެފައިވީ އުނދަގޫ ކަމަކަށެވެ.

ފަސްޓް-އެއިޑް ފޮށި ހުޅުވާލަމުން މަލްސާއަށް އަޝްކާން ބަލާލިއެވެ. އަދި އިރުކޮޅެއްގެ ހިމޭންކަމަކަށް ފަހު ވާހަކަދެއްކިއެވެ. އޭރު ދެޒުވާނުންގެ ހިތުގެ ހިނގުން ވެސް އަވަސްވެފައި ވިއެވެ. ދެހިތުގައި ވެސް ހިނގަމުން ދިޔައީ އެއް ޖަޒުބާތެކެވެ. އެއް އިހުސާސެކެވެ.

”މޭ އައި؟…” މަލްސާއަށް ބަލާލަމުން އަޝްކާން ބުނެލިއެވެ. އަޝްކާންގެ ބޭނުން އެނގުނު މަލްސާ ފަސްޖެހުމާއެކުގައި ވިޔަސް އޭނަގެ އަތްތިލަ ދިއްކޮށްލިއެވެ. އޭރު އޭނަގެ ހިތް ހީވަނީ މޭކަށިގަނޑު ފަޅާލާފައި ނިކުމެގެން ހިނގައިދާނެ ހެންނެވެ. އަޝްކާންގެ އަތުގެ ބީހުން އިހުސާސްކުރެވުނު ހިނދު މަލްސާއަށް ނޭވާ ހިފަފަހައްޓާލެވުނެވެ. ހަށިގަނޑުގެ ލޯލިތައް ކޮޅަށް ޖެހިގެން ދިޔައީ ނާރުތަކުގައި ދުވެލި ކަރަންޓުގެ ރާޅުބާނީތަކުންނެވެ. އެހިތްގައިމު ވަގުތުގެ ތެރެއަށް މަލްސާއަށް ގެއްލިފައި އިދެވުނެވެ. އަޝްކާންގެ ބެލުންތަކުން ވެސް މަލްސާއަށް ކަމެއް އަންގައިދެމުން ދިޔައެވެ. އެދެލޮލުގައިވި ކަންބޮޑުވުންތަކެވެ. އޭނައަށް ދެމުން ދިޔަ ސަމާލުކަމެވެ.

”މަންމަ އޭރު ދެއްކި ވާހަކަތަކާ މެދު މާ ބޮޑަށް ވިސްނަން ނަހަދާތި… ވެލް، ޝީ މޭއި ބީ ބްލޭޓެންޓް ސަމް ޓައިމްސް، ބަޓް ޝީ އިސް ވެރީ ކައިންޑް އެންޑް ކެއަރިންގް ވަންސް ޔޫ ގެޓް ޓު ނޯ ހާރ…” މަލްސާގެ އަތުގެ ޒަހަމްތަކުގައި ބޭސް އަޅައިދެމުން އަޝްކާން ބުނެލިއެވެ. އޭނަ މަސައްކަތްކުރީ މަންމަގެ ޖުމްލަތަކުން މަލްސާއަށް ލިބިފައިވި ނުތަނަވަސްކަމަށް ނިމުމެއް ގެނެސްދޭށެވެ.

”އައިމް ސޮރީ ފޯރ ވަޓް ހެޕެންޑް އާރލިއާރ…” ފިނިވެފައިވި އަޑަކުން މަލްސާ ވާހަކަދެއްކިއެވެ.

”އޭޒް ލޯންގް އޭޒް ވީ ލާރން ފްރޮމް އަވާ މިސްޓޭކްސް އެވްރީތިންގް ވިލް ބީ ފައިން” އަޝްކާން ހިނިތުންވެލިއެވެ. އަދި ވެދިޔަ ކަންތަކާ މެދު ނުވިސްނުމަށް ބުނެލިއެވެ.

”އޯލް ޑަން!…” ބޭސް އަޅައިދީ ނިމުމާއެކު އަޝްކާން ބުނެލިއެވެ. އެއާއެކު މަލްސާގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވެގެން ދިޔައެވެ. އެވަގުތު ކޮޅު އިތުރަށް ދިގުލައިގެން ދާން އޭނަގެ ޒަމީރަށް އެދެވުނެވެ. އެފަދަ ދެވަނަ ފުރުސަތެއް ނުލިބިދާނެތީއެވެ. ނަމަވެސް ހިތްހަމަޖައްސާލުން ނޫން އިތުރު ގޮތެއް ނެތުމުން މަލްސާ ފުންނޭވާއެއް ދޫކޮށްލިއެވެ.

*****

ފަސްޓް-އެއިޑް ފޮށި ހިފައިގެން ގޮސް ކެބިންއަށް ވަން އަޝްކާން ކުޑަ ދޮރުގެ ބްލައިންޑްތައް އަތުގެ އިނގިލިތަކުން ދުރުކޮށްލަމުން ބޭރަށް ނަޒަރު ހިންގާލިއެވެ. ޚިޔާލަކަށް ގެއްލިފައި އިން މަލްސާ ފެނި އަޝްކާންއަށް ހިނިތުންވެވުނެވެ. ގޮތް ނޭގޭ އިހުސާސްތަކެއްގެ ތެރޭގައި އޭނަ ބަނދެވިގެން ދިޔައީ ދެނެވެ. ހިތުގައި ވިންދު ޖަހަން ފެށި އައު އިހުސާސްތަކުގެ ހިލަން ވެސް ވިއެވެ.

*****

ބޭސްފިހާރައިން ގެއަށް އައި ދިމްނާ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އޭނަގެ ކޮޓަރިއަށް ވަނެވެ. އެއަށްފަހު އަތުގައި އޮތް ކޮތަޅުގެ ތެރެއިން ޕްރެގްނެންސީ ކިޓް ހިފައިގެން މިސްރާބުޖެހީ ފާޚަނާއާއި ދިމާއަށެވެ.

ކެތްތެރިކަމާއެކު ނަތީޖާ ލިބޭނެ އިރެއްގެ އިންތިޒާރުގައި ފާޚަނާ ތެރޭގައި ކުރުކާލި ކަނޑަމުން ދިޔަ އެވެ. އޭރު ވެސް އޭނަ ނަޒަރު އިރުއިރުކޮޅާ މޫނު ދޮންނަ ތަށިގަނޑު މަތީ އޮތް ކިޓަށް ދަތުރުކުރެއެވެ. އޭގެ ނަތީޖާ ނިކުމެދާނެ ގޮތަކާ މެދު ދިމްނާ ވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. މީހާއަށް ލިބިފައިވި ހާސްކަން އޭނަގެ މޫނުމަތިން ފެންނަމުން ދިޔަ އެވެ. ދަލުގެ އަސަރު ވެސް އޭނަގެ ނިތުގައި ވިއެވެ.

ގަޑި ހަމަވުމާއެކު ދިމްނާ ދެލޯ މަރާލަމުން ކިޓް ނެގިއެވެ. އަދި ފުންނޭވާއެއް ދޫކޮށްލަމުން ލަސްލަހުން ދެލޯ ހުޅުވާލިއެވެ. ކިތަންމެ ހިތި ކަމުގައި ވިޔަސް އޭނަ ޖެހޭނީ ހަޤީޤަތާ ކުރިމަތިލާށެވެ. ހަޤީޤަތަށް ފިލަން އޭނައަށް ދެވޭކަށް ވެސް ނެތެވެ. އުސައިދުގެ މުށު ތެރޭގައި އޭނަ ހައްޔަރުކުރަން ރޭވުންތެރިކަމާއެކު އަތުރާފައިވި ދަންތުރައިގައި އޭނަ ހައްޔަރުވެފައިވިކަން ޔަޤީން ކުރެވުނު ވަގުތު ދިމްނާގެ ދެލޮލުން ކަރުނަ ހިލިގެން ދިޔަ އެވެ. މަޑު ތުރުތުރުލުމެއް އުފެދިގެން ދިޔަ އަތުގެ ތެރޭން ކިޓް ދޫވެގެން ގޮސް ޓައިލްސްތަކުގެ މައްޗަށް ވެއްޓުނެވެ. ދެލޯ ފުރިބާރުވެގެން އައި ކަރުނައިގެ ސަބަބުން ދިމްނާއަށް ރޮވިއްޖެއެވެ. ބަނޑުގައި އަތްޖައްސާލެވުނު ހިނދު މުޅި މީހާ ވަނީ ގިލަންވެރިކަމެއްގެ ތެރޭގައެވެ.

އަލަތު ދަރިފުޅަށް ބަލިވެ އިނުމުން ކޮންމެ މައެއްގެ ފަރާތުން ވެސް ފެންނާނީ އުފާވެރިކަމެވެ. ޢާއިލާއެއް ބިނާ ކުރަން ދެކެމުން އަންނަ ހުވަފެންތަކުގައި ހަޤީޤީ ކުލަ ޖެހިގެން ދާނެތީއެވެ. ނަމަވެސް އޭނަގެ ދިރިއުޅުން ގޮސްފައި އޮތް ހާލަތުގެ ސަބަބުން އުފާވެރިކަމެއް ދިމްނާއަކަށް އިހުސާސެއް ނުކުރެވުނެވެ. އޭނަގެ ހިތުގައި ވަނީ ބިރުވެރި ކަމެވެ. ހިތްދަތި ކަމެވެ. އުސައިދުގެ ފަރާތުން ސަލާމަތް ނުވެވިދާނެކަމުގެ ނުތަނަވަސް ކަމެވެ.

ލޮލުން ފޭދެމުން ދިޔަ ކަރުނަތައް ފޮހެލަމުން ދިމްނާ ފުންނޭވާއެއް ދޫކޮށްލިއެވެ. އިތުރަށް އެކަން ޔަޤީންކުރަން އޭނަ ބޭނުން ވިއެވެ. ޑޮކްޓަރަށް ދައްކަން ދާން އޭނަ ގަސްދުކުރީ އެހެންވެއެވެ. އެއްވެސް ކަމެއް ނިންމޭނީ އޭރުންނެވެ.

*****

”ހޭއި ބޭބް، ކިހިނެއް ވެފަތަ ތިހުންނަނީ؟…” ސިލްކް ފޮތީގެ ކުޑަކުޑަ ނައިޓީއެއްގައި ހުރި ތާރާ އޭނަގެ އެޕާރޓްމެންޓްގެ ތަނަވަސް ބެލްކަންޏަށް ނިކުތެވެ. އޭރު ހަމައެކަނި ބޮކްސާ ކޮޅުގައި ހުރި އުސައިދު ރެއިލިންގްގައި އަތް އަޅުވާލައިގެން ސިނގިރޭޓް ބޮމުން ދިޔަ އެވެ. ތާރާގެ އަޑަށް ފަސްއެނބުރި ބަލާލި އުސައިދު، ސިނގިރޭޓުގެ ދުންގަނޑު ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ.

”މިހާރު ހާދަ މޫޑީ ވެފައޭ ތިހުންނަނީ، ވަޓްސް ރޯންގް؟… ތިހާ ވަރަށް ވިސްނަން ހަދާނެ ކަމެއް ނެތޭ، ކަމް ޓު ބެޑް ވިތް މީ!…” ފަރި ހިނގުމެއްގައި އައި ތާރާ ލައްވެގަތީ އުސައިދުގެ މޭގައެވެ. އަދި އުސައިދުގެ ކަނދުރާގައި ދެއަތް އަޅުވާލަމުން ބޮސް ދިނެވެ.

ތާރާގެ ބީހުންތަކުން ހިއްސުތައް ހޭލައިގަތުމާއެކު އަތުގައި އޮތް ސިނގިރޭޓު ބެލްކަނިން މަގަށް ހޫރާލަމުން، މަސްތުކަމާއެކު ތާރާގެ ކޯތާފަތުގައި އުސައިދު ފިރުމާލިއެވެ. ޖިސްމުގެ ހޫނުކަމުގެ ތެރެއަށް ގެނބިގެން ދިޔަ ތާރާ އިތުރަށް އުސައިދުއާއި ގާތް ވެލިއެވެ. ހިމަހޯލި އިނިގިލަތުން އުސައިދުގެ މޭގައި ފިރުމާލިއެވެ.

”އައި ލަވް ޔޫ…” އުސައިދުގެ ތުންފަތުގައި ސަމާސާކުރަމުން ތާރާ ބުނެލިއެވެ. އެވަގުތު އުސައިދު އަވަސްވެގަތީ ތާރާގެ ދައުވަތަށް އިޖާބަ ދިނުމަށެވެ. މަސްތުކަމާއި ލައްޒަތުގެ ދުނިޔެއަށް ފީނައި ގަތުމަށެވެ.

*****

ޖެހިގެން އައި ދުވަހު ދިމްނާ ޑޮކްޓަރަށް ދައްކަން ދިޔަ އެވެ. ޑޮކްޓަރު ކުރި ސުވާލުތަކާއި ހަދަން ދިން ޓެސްޓްތަކުން ދިމްނާގެ ހިތަށް އިތުރު އުދާސްކަމެއް ލިބުން ނޫން ގޮތެއް ނުވިއެވެ. ޓެސްޓް ހަދާ ނިންމާލަމުން ލެބޯޓްރީން ނިކުމެގެން ދަނިކޮށް ހުއްޓެވުނީ އޭނައަށް މީހަކު ގޮވާލި ހެން ހީވެގެންނެވެ. ފަސްއެނބުރި ބަލާލުމާއެކު ފެނުނީ ކައްޔިސް އެވެ. އަވަސްއަވަހަށް އަތުގައި އޮތް ލިޔެކިޔުންތައް އަތްދަބަހުގެ ތެރެއަށް ލިއެވެ. އަދި ނުތަނަވަސްކަން އެކުލެވިގެންވި ހިނިތުންވުމެއް ކައްޔިސްއަށް ދިނެވެ.

ފަރުވާތެރިކަމާއެކު ބަލަން ހުރި ކައްޔިސްއަށް ދިމްނާ ކަމެއް ފޮރުވަން އުޅޭ ކަމުގެ ހިލަން ވިއެވެ.

”ކުޑަކޮށް ހުން ވައްތަރުވެގެން އުޅޭތީ ޑޮކްޓަރަށް ދައްކާލަން އައީ، އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ރަގަޅޯ ބުނީ، އާދައިގެ ރޯގާއެކޯ…” ކައްޔިސްގެ މޫނުމަތިން ފެންނަމުން ދިޔަ ސުވާލުތައް ފާހަގަ ކުރެވުނު ދިންމާ އަވަސްއަވަހަށް ޖަވާބެއް ދިނެވެ. އެއްވެސް މީހަކާއި ހަޤީޤަތް ހިއްސާކުރަން އޭނަ އަދި ތައްޔާރެއް ނޫނެވެ. އެޚަބަރު ނަގައިގަންނާނެ ގޮތެއް ވެސް އަދި އޭނައަކަށް ނޭގެއެވެ. އެކަމާ މެދު އެކަނި ވިސްނާލަން އޭނަ ބޭނުމެވެ. ނަސުފު ތައްޔާރު ކޮށްލުމަށެވެ.

”އެހެންތަ؟…” ދިމްނާގެ އަމަލުތަކުން ކައްޔިސްގެ ހިތުގައި ޝައްކު އުފެދުނެވެ. ކަންކަން އޮޅުން ފިލުވަން ބޭނުން ވިޔަސް އެވަގުތަށް އިތުރު ސުވާލެއް ކުރަން އޭނަ ބޭނުމެއް ނުވިއެވެ.

”އަހަންނާއެކު ކޮފީއަކަށް ދާނަންތަ؟…” ދިމްނާ ގާތަށް ހުއްޓިލަމުން ކައްޔިސް އެދުނެވެ. އެއާއެކު ކައްޔިސްއަށް ދިމްނާ ބަލާލިއެވެ.

”އައެމް ސޮރީ، މިވަގުތު ދެވޭކަށް ނެތް، އެހެން ދުވަހަކުން ދާން ކިހިނެއް ވާނެތަ؟…” ބަހަނާއެއް ދައްކަމުން ދިމްނާ ބުނެލިއެވެ. އަދި ކައްޔިސްއަށް ހިނިތުންވެލަމުން އަވަސްއަވަހަށް ދާން ހިނގައިގަތެވެ. ފަޓުލޫނުގެ ޖީބަށް އަތް ޖަހާލަމުން ދިމްނާ ދިޔަ ދިމާއަށް ބަލަން ކައްޔިސްއަށް ހުރެވުނެވެ. އެއަށްފަހު ލެބޯޓްރީއާ ދިމާއަށް ބަލާލަމުން ބުމަ އަރުވާލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Level 510 Stories100 Login100 Stories

Other Articles

Previous

ވާނަމޭ އުމުރަށް އެކީ ޖާނާ 5

Next

ވާށޭ މަށާ އެކީ-3

Next
March 30, 2020

ވާށޭ މަށާ އެކީ-3

Previews
March 30, 2020

ވާނަމޭ އުމުރަށް އެކީ ޖާނާ 5

2 Comments!

  1. imkko says:
    March 30, 2020 at 12:50 pm

    Maasha allah … mi baives v furihama …. mi story kiyaa iru hiyy hama heevanee nukume dhaanehen …… this story is hama ehaa intetesting …. keep up your good work …. curiously waiting for the next part ❤❤❤❤❤

  2. Yan♥️ says:
    March 30, 2020 at 4:22 pm

    Wow varah reethi Masha Allah

Comments are closed.

Next Episodeނުވާނަން ތަފާތެއް… 16←


All Right Reserved!