ރިޔާޝާއާއި ރަޔާން ލަވަކިޔާ ނިމުމުން އެންމެންގެ ހޫނު ތަރުޙީބު އެ ދެމީހުންނަށް ރައްދުވިއެވެ. ދެން ކުރިއަށް ދިޔައީ ކަޕަލް ޑާންސް ކުރުމެވެ. “ވިލް ޔޫ ޑާންސް ވިތް މީ މައި ޕްރިންސެސް” ވަރަށް ލޯބިން ޒާޔާގެ އަތުގައި ހިފާލަމުން ޒިޔާން އަހާލިއެވެ. “އޮފް ކޯޒް މައި ޕްރިންސް” ހިނިތުންވެލަމުން ޒާޔާ ބުނެލިއެވެ. ރާޔާއާއި ޒިޔާން ގެ އިތުރުން ރިޔާޝާއާއި ސަމާހުއާއި، ސަމާއާއި ކިޔާން ވެސް މި ކަޕަލް ޑާންސްގައި ބައިވެރިވިއެވެ. މިފަހަރު ވެސް ލަވަކީއި ރަޔާންއެވެ. ޒިޔާންއާއި […]
މިއަދު ހެނދުނު ޒިޔާން އޭނާގެ ފޯނަށް އަޅައިދޭން އެޒުވާނާގެ ވޯއިސް ރިކޯޑިން ޖައްސާ އަޑުބާރު ކޮށްލިއެވެ. އެއާއެކު މުޅި ކޮޓަރި ތެރޭގައި އެޒުވާނާގެ ހިތްގައިމު އަޑު ފެތުރިގެން ދިޔައެވެ. ******************************************************* ފެންވަރާ ރީތި ވެލައިގެން ނިކުތް ރަޔާންގެ ސިކުނޑި ތެރޭގައި ރަސްކަން ކުރަމުން ގެންދިޔައީ މިއަދު އެގޭންގު މީހާގެ ކިބައިން އޭނާ ސަލާމަތް ކުރި އަންހެންކުއްޖާއެވެ. ލޯމަރާލާއިރަށް ލޯމައްޗައް ސިފަވަނީ ކަރުނައިން ފުރިފައިވި އެ ދެލޮލާއި އެ މައުުސޫމް މޫނެވެ. “އެއީ ކާކުތަ… ކީއްވެތަ އޭނަ ފެނުނިމާ […]
ޒިޔާންގެ ޖަވާބަކަށް ބެލުމެއްނެތި ޒާޔާ ފޯނު ކަނޑާލިއެވެ. އަދި އެންދުން ތެދުވެ ބެލްކަންޏާއި ދިމާލަށް ދުއްވައި ގަތީ އެ ލަވަ ކީޔަމުންދާ އަޑަކީ ކޮން އަޑެއް ކަން އެނގޭތީއެވެ. ***************************************************** ބެލްކަނީގެ ފަރުދާ ކަހާލުމަށްފަހު އަވަސްއަވަހަށް ބޭރު މަގުމައްޗަށް ޒާޔާ ބަލާލީ އެމީހެއްގެ މޫނު ބަލާލުމަށެވެ. އޭރު އޭނާގެ ގެޔާ ދިމާލުން ތިރީގައި މީހުންތަކެއް އެއްވެފައި ތިއްބެވެ. އަދި އެމީހުންގެ ތެރޭގައި ގިޓާއެއް ހިފައިގެން ލަވަކިޔަން އޭނާ ހުއްޓެވެ. އޭނާ ހުރީ ޒާޔާއަށް ފުރަގަސް ދީގެން ކަމުން […]
“އެނގޭތަ ދެންމެ މަންމައަށް އެ ގުޅި ކާކުކަން…” ހަރުކަށި ރާގެއްގައި ހައްވަ ޒާޔާއާއި ސުވާލުކުރިއެވެ. ޒާޔާ ނޭނގޭއޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރާލިއެވެ. “ދެންމެ އެ ގުޅީ ޒާޔާގެ ކޮލެޖުގެ ޕްރިންސިޕަލް… ޕްރިންސިޕަލް ދެއްކީ ޒާޔާ ކުރި ކަންތަކުގެ ވާހަކަ… ކީއްވެތަ އެކުއްޖަ ގޮނޑީގައި އިންދައި ވައްޓާލީ…އަދި ކުއްޖަކު ހަމަ އައިސް ޒާޔާގެ ގޮނޑީގައި އިށީނެއް ކަމަކު އެހެން ހަދާކަށެއް ނުވާނެއްނު… މަންމައަށް ހީވަނީ ޒާޔާ ރީތި ގޮތުގައި އެކުއްޖާ ކައިރީ ބުނެލި ނަމަ ވެސް […]
ބުރޭކްގަޑި ނިމި ކުލާސް ގަޑި ފެށޭ ބެލްޖެހުމުން ޒާޔާއާއި ޒިޔާން ކުލާހަށް ދިޔައެވެ. ޒިޔާން ޒާޔާއަށް ވުރެ ދެ އަހަރު ބޮޑުވެފައި އޭނާއަކީ ސައިންސު ދަރިވަރެއްގެ ކަމުން ޒާޔާއާއި ޒިޔާން އުޅެނީ ދެ ކުލާހެއްގައެވެ. އެކްސްޓްރާ ކުލާސްތަކާއި މީޓިންގްސް ތަކުގަޔާ އެހެނިހެން ހަރަކާތްތަކުގައި ކުދިންތައް ހަރަކާތްތެރިވެ އުޅުނެވެ. ރަސްމީ ގަޑިތަކުގެ ކިޔެވުން ނިންމާ ލުމަށްފަހު ޒާޔާ ދިޔައީ ޑްރާމާކުލާހަށެވެ. ޑްރާމާ ކުޅުމަކީ ޒާޔާ ދެން އެންމެ ކުރާހިތްވާ ކަމެވެ. އޭނާއަކީ ޑްރާމާ ކުލަބްގެ ރައީސާއެވެ. “އޭތް ޒާޔާ […]
ކުއްލިއަކަށް ފަހަތުން މީހަކު އައިސް ޒާޔާގެ ލޯމަތީގައި އަތްއެޅިއެވެ. “ހޫމް… ބޭބީ… މަށަށް އެނގޭއޭ ތީ މަގޭ ޒިޔާންކަން…” އެ ވަރުގަދަ އަތުން ޒާޔާގެ މޫނުގައި ބީހިލުމުން ވެސް އެއީ ކާކުކަން ޒާޔާއަށް އެނގިއްޖެއެވެ. މަޑުމަޑުން ޒާޔާގެ މޫނު މަތިން އަތް ނެގުމަށް ފަހު އޭނާގެ ކުރިމަތީގައި ހުރި ގޮނޑީގައި ޒިޔާން އިށީންނެވެ. ޒިޔާންއެއީ ޒާޔާ ރައްޓެހިވެގެން އުޅޭ ކުއްޖާއެވެ. ކަރާ ހަމައަށް އަރާ ކަޅުކުލައިގެ އިސްތަށިގަނޑަކާއި، މަޑު ފެހިކުލައިގެ ދެލޮލާއި، ދޮން މޫނަކާއި، ދިގު އިސްކޮޅެއް […]
ޒާޔާމެންނަށް ކޮލެޖާއި ހަމައަށް ފޯރުނުއިރު ގަޑިޖެހިއްޖެއެވެ. ޒާޔާގެ އަޚުލާގު ކިތަންމެ ދަށަސް އޭނާއަކީ ކިޔެވުމަށް އެ ކުލާހުގައި ހުރި އެންމެ މޮޅު ކުއްޖާއެވެ. ކޮންމެ ފަހަރަކު ނަގާ ޓެސްޓުން އެއްވަނަ ހޯދުމަކީ ޒާޔާގެ ކަށީގައި ހަރުލައިފައި ވާކަމެކެވެ. އޭނާ އެންމެ ކުޑައިރުށްސުރެ ފެށިގެން ވެސް ދެކެމުން އަންނަ ހުވަފެނަކީ އޭނާގެ އަމިއްލަ މޭކަޕް ސެލޫންއަކާއި ފެޝަން ހެދުންތަކާއި، ގަހަނާއާ، ބޫޓު ފަދަ ތަކެތި އަދި މިނޫންވެސް ޒަމާނީ އެތައް ބައިވަރު އެއްޗެހިތަކެއް ވިއްކާ ބޮޑު ފިހާރައެއް ހުޅުވުމެވެ. […]
“ޒާޔާ ހޭލަބަލަ މިހާރު މަންމަ ގޮވައިގޮވައި ވާޅުވެއްޖެ” ކޮޓަރި ތެރޭ ސާފު ކުރަމުން ހައްވާ އެނާގެ ހުރި ހަމައެކަނި ދަރިފުޅު ގާތު ބުންޏެވެ. “ދެން މަންމާ… އަދި އިރުކޮޅަކު ނިދާލުމަށްފަހު ތެދުވާނަމޭ” ކަންނެތްކަމާއި އެކު ޒާޔާ އޭނާގެ މަންމަ ގާތު ބުންޏެވެ. “އެއްވެސް އިރުކޮޅެއް ނޯންނާނެ ހަމަ މިހާރު ތެދުވެގެންދޭ ނަމާދު ކުރަން، އެހެން ނޫނީ މިއަދު ހަވީރު ބޭރަށް ނުދެވޭނެ”. ދޮރުން ނުކުންނަން ދިޔަ ހައްވާ ޒާޔާއަށް އަމުރެއް ކޮށްލިއެވެ. “ދެން މި މަންމަ ވެސް […]