ކުރިމަތިން ފެންނަން ހުރި ގޭގެ ހާލަތު އަހަރެންގެ މާޒީގެ އެތައް ހަނދާންތަކެއް އައު ކޮށްދިނެވެ. އެ އުފާވެރި ދުވަސްތަކެވެ. އެ މަރިޔާދުން ފުރިގެންވީ ދިރިއުޅުމެވެ. އެ ހަހަރުވެތި ދިރިއުޅުން ގިލަނުގެ ތެރެއަށް ވެއްޓިގެންދިޔަ ވޭންދެނިވި ގޮތެވެ. އަހަރެންގެ ދެލޯ ކަރުނުން ތެމެމުން ދިޔަ ހާލު މާޒީގެ ޞަފުހާތައް ކަޅާއި ހުދުގެ ފިލްމެއްގެ ސިފައިގައި ފެންނަންފެށިއެވެ. ***** ފުރަ މެންދުރުގެ އެންމެ ހޫނުގަދަ ވަގުތެވެ. ލައިގެންހުރި ލިބާހުގެ ފަސްބައި ކޮށިކޮށްލުމަށްފަހު ގޮނޑުދޮށަށް އެއްވެފައިވާ މީހުންގެ ތެރެއިން ފުރޭނިގެން ގޮސް […]
އަހަންނާއި ޒީކް ތިބީ ހުޅުމާލޭގައި އަލަށް ހުޅުވި ކެފޭއެއްގެ މަތީބުރީގައެވެ. ހެނދުނުގެ ވަގުތުކަމުން އެހާ ގިނަ މީހުންނެއް އެވަގުތު އެތަނަކު ނެތެވެ. އަހަރެން ބޯން އިން ކޮފީތަށި ބަހައްޓަމުން ޒީކްއަށް ބަލައިލީމެވެ. “ދެން ނަވާލް ކައިރި ބުނެބަލަ” އޭނާގެ އަތުގައި ހިފާލަމުން އަހަރެން ބުނީމެވެ. “އަހަންނަކަށް ނޭނގެ މިވާހަކަ ނަވާލް ކައިރި ބުނާނެ ގޮތެއް ވެސް. އޭނަ ދެކެނީ އަހަރެން މިއީ ހަމަ އެކަނި ރައްޓެއްސެއް ގޮތަށް” ޒީކް ދެރަވެލާފައި ބުންޏެވެ. “ޒީކްގެ ހިތުގައި އޮތް އެއްޗެއް […]
އެވަގުތު މީޓިން ރޫމުގެ ދޮރު ހުޅުވާލާފައި ވަން މީހާ ފެނިފައި ސާރާގެ ވާހަކަ ފުރިހަމަ ނުކޮށް ދޫކޮށްލިއެވެ. ފުރިހަމަ ކުރާކަށް ނުވެސް ޖެހުނެވެ. އަހަންނަށް އަހަރެންގެ ސުވާލުގެ ޖަވާބު ލިބިއްޖެއެވެ. އެއާއި އެކު މުޅި މީހާ ހާސްކަށްޓަށް އަރައިފިއެވެ. މީޓިން ފެށިގެން ކުރިއަށް ދަނީއެވެ. ފަހަރަކު މީހަކު ވާހަކަ ދައްކަމުން ދިޔައެވެ. އަހަރެން އިނީ އިސްޖަހާލިގޮތަށް މީހަކާއި ދިމަ ބަލާލަން ވެސް ނުކެރިފައެވެ. މީޓިންގައި ދައްކަމުންދިޔަ އެއްވެސް ވާހަކައަކަށް އަހަންނަކަށް ސަމާލުކަމެއް ނުދެވުނެވެ. އަހަންނަށް ވިސްނުނީ އެންމެ […]
ލިފްޓުގައި ތިބި ދެމީހުން ހަތަރުވަނަ ފުލޯއަށް ފޭބިއެވެ. އަހަންނާއި އާހިލް ލިފްޓުގައި އެކަނިވިއެވެ. އަހަރެން ހުރީ އާހިލް އަށް ފުރަގަސްދީގެން އޭނާއަށް އަހަރެން މިއީ ކާކުކަން ނޭނގޭތޯ ދުއާ ކޮށްލަ ކޮށްލަ އެވެ. ފަސްވަނަ ފުލޯއަށް ދޮރު ހުޅުވުމާއި އެކު އަވަހަށް ނިކުންނަން އަހަރެން ހިނގައިގަތީމެެވެ. ނަމަވެސް ފިނި އަތެއް އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ. އަހަރެންގެ ހަށިގަނޑުތެރެއަށް ކަރަންޓު ދޫވެގެންދިޔަ ކަހަލައެވެ. އަހަންނަށް ހަދާނެ ގޮތެއް ނޭނގިފައި ހުރެވުނީއެވެ. އަނގަޔަކުން ވެސް ނުބުނަމެވެ. އަތެއް ވެސް ފޮޅުވައެއް […]
“ރަސިއްތާ؟” އަހަރެން ލުއި ހިނިތުން ވުމެއް ދިނީމެވެ. “ހިނގާ ގެއަށް ދާން” އެވަގުތު އަހަރެންގެ ކައިރީގައި އައިސް ހުއްޓުނީ އާހިލްއެވެ. ހަތަރެސްކަން ހަމަވީއެވެ. ރަސިއްތަ ހިތަށް އަރާނީ ކީކޭ ކަމެއްވެސް ނޭނގެއެވެ. މަންމައަށް ގުޅައިގެން ކޮންމެފަދަ އެއްޗެކޭ ވެސް ކިޔާފާނެއެވެ. އަހަރެން އެންމެ ހާސްވީ އެކަމާއެވެ. އަހަރެން ހުރީ ހަދާނެ ގޮތެއް، ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ. “ދޮންބޭ. ހާދަ އަވަހަކަށް ގެއަށް ދާން ތިއުޅެނީ. އީޝް އާދެބަ އަހަންނާއި އެއްކޮށް” އަހަރެން އެތަނުން ސަލާމަތްކޮށްދިނީ އަލީނާއެެވެ. […]
ޕާޓީ ފެށި ގަޑިއެއް ހާއިރު ވެއްޖެއެވެ. ނަމަވެސް ހޯލަށް ވަންނަމުންދިޔަ މީހުން ވީ ހައްތަހާ އިތުރެވެ. ހޯލަށް ވަންނަ މީހުންނަށް މެހުމާނަށް މަރުހަބާ ކިޔުމުގައި ޝާލިންގެ މަންމަ އާއި ބައްޕަ އަވަދިނެތި އުޅެއެވެ. ނަމަވެސް އަހަންނަށް ފާހަގަވި އެއްކަމަކީ ޝާލިންގެ މައިންބަފައިން ފަރާތުން ދަރިފުޅުގެ ކައިވެނީގައި ފެންނަންޖެހޭ އުފާވެރިކަން ނުފެންނަ ކަމެވެ. އަހަރެން އެކަމަކާއި މާބޮޑަކަށް ނުވިސްނަމެވެ. އަހަރެންމީ މިތަނަށް ‘މީހަކަށް ހެޔޮކަމެއް ކޮށްދިނުމުގެ’ އުސޫލުމް އައިސް އިން މީހެކެވެ. މިރޭގެ ފަހުން މި މީހުންނަށް އަހަންނެއް […]
އޭނާ ދަބަހުން ނަގައި މޭޒުމަތީގައި ބޭއްވީ ރަތްކުލައިގެ ބޮޑު ހެދުމެކެވެ. އޭގައި ހަރުކޮށްފައި ހުރި އެސްތަކުގެ ވިދުމުން އަހަރެންގެ ދެލޯ ތަރަތަރަ ޖަހައިގެން ދިޔައެވެ. އަހަންނަށް އެއްޗެއް ބުނުމުގެ ފުރުސަތެއް ނުދީ އޭނާ ވާހަކަ ފެށިއެެވެ. “އަހަންނަށް ކިޔަނީ އާހިލް” އަހަރެންގެ މޫނަށް ސީދާ ބަލަހަށްޓައިގެން އިނދެ އޭނާ ވާހަކަ ދެއްކިއެވެ. “އީޝާ” އަހަރެން ފުޅާ ހިނިތުން ވުމަކާއި އެކު އޭނާއަށް ތައާރަފު ވެލީމެވެ. އަހަރެން ހާސްވެފައި އިން ވަރު ނުދެއްކުމަށެވެ. ނަމަވެސް އޭނާގެ މޫނުމަތިން އެއްވެސް […]
އާޓިފިޝަލް ބީޗްގެ ހިތްގައިމު މާހައުލެވެ. އަހަންނާއި ޒީކް ތިބީ ދޮންވެލިގަނޑުގައި އިށީނދެލައިގެންނެވެ. އަހަރެން އަތުގައި އަދިވެސް އެ ޒުވާނާ ދިން ސިޓީއުރަ އޮތެވެ. “ދެން ތިޔަ ހުޅުވަބަލަ” އަހަރެންގެ ކޮނދުގައި ޖަހާލަމުން ޒީކް ބުންޏެެވެ. މިހާރު އެ ގޮތަށް ތިބޭތާ ވެސް ބައި ގަޑިއިރު ވީއެވެ. ސުކޫލުގައި އުޅުން އިރު ރިޕޯޓު ފޮތް ހުޅުވަން ގަންނަހާ ބިރު މި ސިޓީ އުރަ ހުޅުވަން އެބަ ގަނެއެވެ. އޭރު ބިރުގަންނަނީ ފާސް ނުވެދާނެތީއެވެ. މަންމަ ރުޅި އައިސްދާނެތީއެެވެ. ދެން […]
އަހަންނަށް ސިއްސައިގެން ގޮސްފައި ހޭލެވުނީ ބާރުބާރަށް މީހަކު ދޮރުގައި ޓަކި ޖަހާ އަޑަށެވެ. ފުންމައިގެން އެނދުން ތެދުވީމެވެ. ކުޑައިރު ފެންނުވަރަން ވެގެން މަންމައަށް ފިލަން ދުވާހެން ބާރަށް ދުވެފައި ގޮސް ދޮރު ހުޅުވައިލީމެވެ. ކުޑައިރު ކިތަންމެ ވަރަކަށް ފިލަން ދުވިޔަސް ފަހު ގަޑީގައި މަންމަގެ އަތުގައިޖެހި ފެން ދާނި ބޮލަށް އަޅާލައެވެ. އެދުވަހާއި މިއަދުގެ ތަފާތަކީ، އޭރު އަހަރެންގެ ބޮލަށް އައީ ފެން ދާނީގެ ހަމަލާއެކެވެ. މިއަދު އަހަރެންގެ މޫނު މައްޗަށް އައީ ފެން ފުޅިއެއްގެ ހަމަލާއެކެެވެ. […]