Skip to content
އެސްފިޔަ

ފުރަތަމަ ނަޒަރުން (8)

އަހަންނަށް ސިއްސައިގެން ގޮސްފައި ހޭލެވުނީ ބާރުބާރަށް މީހަކު ދޮރުގައި ޓަކި ޖަހާ އަޑަށެވެ. ފުންމައިގެން އެނދުން ތެދުވީމެވެ. ކުޑައިރު ފެންނުވަރަން ވެގެން މަންމައަށް ފިލަން ދުވާހެން ބާރަށް ދުވެފައި ގޮސް ދޮރު ހުޅުވައިލީމެވެ. ކުޑައިރު ކިތަންމެ ވަރަކަށް ފިލަން ދުވިޔަސް ފަހު ގަޑީގައި މަންމަގެ އަތުގައިޖެހި ފެން ދާނި ބޮލަށް އަޅާލައެވެ. އެދުވަހާއި މިއަދުގެ ތަފާތަކީ، އޭރު އަހަރެންގެ ބޮލަށް އައީ ފެން ދާނީގެ ހަމަލާއެކެވެ. މިއަދު އަހަރެންގެ މޫނު މައްޗަށް އައީ ފެން ފުޅިއެއްގެ ހަމަލާއެކެެވެ. އާނއެކެވެ. ކުރިމަތީގައި ހުރި ޒީކް، އަހަރެން ދޮރު ހުޅުވާލުމާއި އެކު އަތުގައި އޮތް ފެންފުޅިން ފެން ގޮށްޓެއް އަހަރެންގެ މޫނު މައްޗަށް ޖެހިއެވެ.

“ޒީކް. ކިހިނެއްތަ ވެގެން ތިއުޅެނީ؟” އަހަންނަށް ލިބުނު ސިހުމާއި އެކު ބުނެވުނެވެ.
“އީޝް ކިހިނެތްތަ ވެގެން ތިއުޅެނީ؟” އަހަންނަށް ލިބުނީ ސުވާލުގެ ބަދަލުގައި ސުވާލެކެވެ.
“އަހަންނަށް ކަމެއް ވެއްޖެތަ؟” އަހަރެން ބުނީމެވެ.
“ރޭގަ އީޝް ކޮންތާކު އުޅުނީ؟ އިންޓަވިއު ނިންމާފަ ހަބަރެއް ވެސް ނުވެ. ގުޅާ ގުޅާ ފޯނެއް ވެސް ނުނަގަ. އީޝް މަންމަ ވެސް އީޝްއަށް ގުޅާ ގުޅާ ފޯން ނުނަގައިގެން އަހަންނަށް ގުޅާފަ އެހީ އީޝް ކޮބާހޭ. ރޭގަ އެގާރަ ޖެހި އިރު އަހަރެން މިގެއަށް ވެސް އައިން. އޭރު ވެސް އީޝް ގެއަކު ނޫޅެ. އީޝް މަންމަ އަނެއްކާ ގުޅާފަ ބުނީ ފަތިހު ގުޅީމަ ވެސް ފޯނެއް ނުނަގައޭ. އީޝް ކޮބައިތޯ ބަލާލަދޭށޭ. ވީ އާ ރިއަލީ ވޮރިޑް!” ޒީކް ހާސްވެފައިވާ އަވަސް އަވަހަށް ވާހަކަ ދައްކަން ފެށިއެވެ.
“ޒީކް. ޒީކް. ހަމަޖެހިބަލަ. އަހަންނަށް ކަމެއް ނުވެއޭ. އައިމް ޓޯޓަލީ ފައިން. ރޭގަ ފޯން ނިވުނީމަ ގުޅިކަމެއް ނޭނގުނީ”  އަހަރެން ޒީކް ހަމައަކަށް އަޅުވަން މަސަތްކަތް ކުރީމެވެ.
“އޭ ގަޑިން ކިހާވަރެއް؟”  “ހަތްގަޑި ބައި ވަނީ”

ޔަގީނުން ވެސް މިއަދު އަހަރެން އޮފީހަށް ދާން ގަޑިޖެހޭނެއެވެ. އަށެއް ޖަހަން ވާއިރަށް އޮފީހަށް ނުދެވިއްޖިއްޔާ މެނޭޖަރުގެ ހޫނު ލެކްޗަރުން މިއަދު ސަލާމަތެއް ނުވެވޭނެއެވެ. ޒީކް ފަކީރު އެހުރިގޮތަށް އެތަނުގައި ބަހަށްޓާފައި އަހަރެން ދުވެފައި ވަނީ ފާހާނައަށެވެ. އަވަސް އަވަހަށް ފެންވަރައިގެން ނިކުތީމެވެ. އަނެއްކާ އަނެއް ކަންތަކެވެ. ލާނެ ހެދުމެއް އިސްތިރި ކޮށްފައެއް ނެތެވެ. އިސްތިރި ކުރާނެ ވަގުތެއްވެސް ދެން ނެތެވެ. އަލަމާރި ހާވުމަށްފަހު އެންމެ ރޫ މަދުހެން ހީވާ ހެދުމެއް ނަގައި ލީމެވެ. އަދި ދެކޮނޑުމަތިން އެއްލައި ޝޯލްއެއް އަޅާލުމަށްފަހު ސެންޓު ޖަހައިލީމެވެ. އަދި ދަބަސް ހިފައިގެން ދުވެފައި ބޭރަށް ނިކުތްއިރު ސޯފާގައި ހަށަން ބަނދެލައިގެން ދެލޯ ވަށްކޮށްގެން ތުން ދަމާފައި ޒީކް އިނެވެ. އޭނާ އިންގޮތުން އަހަރެން ކައިރިއަށް ހިނިވެސް އައެެވެ. އަހަރެން ހަނދާންވީ ކުޑައިރު ސުކޫލަށް ދާން ލަސްވެގެން މަންމަ ރުޅި އަންނަ ހަނދާނެވެ.
“ސައިކަލުގަތަ ތިއުޅެނީ؟ ހިނގާބަ އަހަރެން އޮފީހަށް ލައިދޭން” އަހަރެން ހިނިގަނޑު މައިތިރި ކުރަމުން ބުނީމޭވެ.
“އަދިވެސް ނުބުނަމެއްނު ރޭގަ ވީގޮތެއް.” އަހަރެމެން ތިބީ އަހަރެންގެ އޮފީސް ދޮރުމަތީގައެވެ. ޒީކް އިނީ އަދިވެސް އަހަރެންގެ ޖަވާބެއް ނުލިބިފައެވެ.
“އެވާހަކަ ކިޔައި ދޭނަން ފަހުން. ހިނގާ މިއަދު އޮފީސް ނިންމާފައި ދިމާ ވާން” އޮފީސް ގަޑި ނިންމާލުމަށްފަހު ދިމާވާނަން ކަމަށް ޒީކް ކައިރި ވައުދުވެފައި އަހަރެން އޮފީހަށް ވަނީމެވެ. ދުވަމުން ކަހަލަ ގޮތަކަށް ގޮސް އަހަރެންގެ ޑިޕާޓްމެންޓަށް ވަދެވުންއިރު އަށްގަޑި ފަހެއް ހިނގައިފިއެވެ. ނަސީބު ރަނގަޅުކަމުން މެނޭޖަރު ފެންނަ ހިސާބެއްގައެއް ނެތެވެ. ވީ އުފަލުން އަވަހަށް ގޮސް އަހަރެންގެ މަސަތްކަތައިގެން މަސްއޫލުވީމެވެ.

ގަޑިއަކަށް ފަހު ގަޑިއެއް ހިނގަމުން ގޮސް ގަޑިން މެންދުރު ދޭއް ޖަހައިފިއެވެ. އަހަރެން ލިޔަން އިން ރިޕޯޓު ނިންމަލުމަށް ފަހު ގެއަށް ދާން ނިކުތީމެވެ.
“އީޝާ” މަގުމަތިން ހިނގާފައި ދަނިކޮށް އަހަންނަށް މީހަކު ގޮވާހެން ހީވެގެން ފަހަތް ބަލާލީމެވެ. ކަމަކު ދާކަށް ނެތެވެ. ފަހަތުގައި ހުރީ ހުސްނީ ނޫން ދެވަނަ އެހެން މީހެއް ނޫނެވެ. އަހަރެން ރުޅި އައިސްގެން ގޮސް ދެއަތް މުށްކަވައިލީމެވެ. މީނަ މިހާރު އަހަންނަށް ފާރަލަމުން މިހިސާބަށް ވެސް އައީއެވެ.
“އަހަންނަށް ފާރަ ލަނީތަ؟” އަހަރެން ހިތްހަމަ ނުޖެހިރެން އަހައިލީމެވެ.
“ހާދަ އަވަހަކަށް ތިޔަ ރުޅި އައީ. އަހަރެން ކީއްކުރަން އީޝާއަށް ފާރަ ލާންވީ؟” ހުސްނީ އެއްމިޔަކަނުން ލާނެތް  ގޮތަކަށް ހީލަމުން ބުންޏެވެ. އަހަރެންގެ ރުޅިގަނޑުވީ ހައްތަހާ އިތުރެވެ.
“އަހަރެން ފަހަތުން ނާންނާތި” އަހަރެން ހުސްނީއާއި ދިމާލަށް މިހެން ބުނުމަށްފަހު އޭނައަށް ފިލަން ވެގެން ގޮސް ފިހާރައަކަށް ވަނީމެވެ.

ހުސްނީއަށް ފިލައިގެން ގެއަށް އަންނަން ހަދައިގެން އަހަންނަށް ގެއަށް އާދެވުނު އިރު ވަރަށް ލަސްވެއްޖެއެވެ. އަހަރެން އަވަސްވެގަތީ ނަމާދު ކުރާށެވެ. ނަމާދު ކޮށް ނިންމައިގެން މަންމައަށް ގުޅީމެވެ. އަދި ރޭގައި ވީގޮތް ކިޔައިދިނީމެވެ. މަންމަ ހުރީ ވަރަށް ހާސްވެފައެވެ. ނަމަވެސް އަހަރެން ވާހަކަ ދައްކައިގެން މަންމަ ހަމަޔަކަށް އެޅުވީމެވެ.

ގަޑިން ހަވީރު ފަހެއްޖެހީއެވެ. އަހަރެން ތައްޔާރުވެގެން ނިކުމެ ގޭ ދޮރުމަތީގައި ހުރީ ޒީކްގެ އިންތިޒާރުގައެވެ. މާ ގިނައިރެއްނުވެ އޭނާގެ ސުކޫޕީގައި ޒީކް އައެވެ. ހަމަ އެވަގުތެވެ. ދުވެފައި އައި ކުޑަކުއްޖެއް އަހަރެންގެ އަތަށް ދިއްކޮށްލީ ސިޓީއުރައެކެވެ. އަދި އިނގިލިން އިޝާރާތް ކުރީ ތަންކޮޅެއް ދުރުގައި އޮތް ކަޅުކުލައިގެ ކާރަކަށެވެ. އަހަންނަށް ހީވީ ރަނގަޅަށެވެ. ކާރުގެ ކުޑަދޮރުން ބޯ ދިއްކޮށްލީ ރޭގައި ވެސް އަހަރެން ގެއަށް ގެނެސްދިން ޒުވާނާއެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (4)

  1. m

    Varah reethi mi part ves then in bai avahah upload kollachey was waiting mi upload kuraatho and dhigu ves kollachey

  2. Rosie

    This story is good and I like how it going so far but I feel like vrh kurukoh and lahun upload kurani like pls don’t leave us hanging like this all the time people might lose interest

  3. cutie girl

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    keekey baa sitee uraaga liyefa othy
    husnee moyavegen tha eulheni

  4. lilly

    OMG
    that mysterious guy is in love with her for sure
    varah reethi higey dhooni thi liyaa vaahaka thah

Comments are closed.