ކައިވެނި ކުރާ ދުވަސް ކައިރިވަމުން ދާވަރަކަށް އަހަރެންގެ ނުތަނަވަސްކަން ދިޔައީ އިތުރުވަމުންނެވެ. އަހަރެންގެ ރޭވުން ކާމިޔާބުވާނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތީމައެވެ. އަހަރެންގެ ބޭނުމަކީ ނަތާޝާ މިކައިވެނި ހުއްޓުވުމެވެ. އޭރުން ދެން ކަން ކުރަންވީގޮތެއް ވިސްނަން އަހަންނަށް ވަގުތު ލިބޭނެއެވެ. ނަތާޝާ އަހަރެންގެ ވާހަކަތަކަށް ހެއްލުނުކަން އަހަންނަށް ޔަގީނެވެ. ނަމަވެސް ހުސްނީ އޭނާއަށް ވިސްނައިނުދޭނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ. އަހަރެން ނަތާޝާއަށް ދެވަނަފަހަރަށް ގުޅައިފިނަމަ އޭނާއަށް ޝައްކުވާނެއެވެ. އަހަރެން ޖެހޭނީ ނަތާޝާގެ ހަބަރެއް އެހެން މީހަކުލައްވާ ބަލާށެވެ. “ހަލޯ […]
“އީޝާ! އީޝާ!” ހުކުރުދުވަހު ހެނދުނު އަހަންނަށް ހޭލެވުނީ މަންމަ ވަރަށް ބާރަށް ދޮރުގައި ތަޅާ އަޑަށެވެ. އަހަރެން ފުންމައިގެން ތެދުވީމެވެ. އަދި ގަޑިއަށް ބަލައިލީމެވެ. އޭރު ގަޑިން ދިހައެއް ޖަހަނީއެވެ. “ހޫނ. މިދަނީ” މަންމައަށް ޖަވާބު ދިނުމަށްފަހު އަހަރެން މޫނު ދޮވެ ތައްޔާރުވެލީމެވެ. ކޮޓަރިން ނިކުންނަންވެގެން އަހަރެންގެ ފޯނު ނެގިއިރު ފޯނު އޮތީ ނިވިފައެވެ. އަހަރެން ހަނދާންވީ ދެނެވެ. ރޭގަ އަހަންނަށް ނިދެންދެން ވެސް އޮތީ އާހިލްއަށް ގުޅާށެވެ. ނަވާލްއަށް ވެސް އެތައްފަހަރަކު ގުޅީމެވެ. ނަމަވެސް އެތަނުން […]
ޖެހިގެން އައި ދުވަހު އަހަންނަށް ހޭލެވުނީ ފަތިސްނަމާދު ބަންގީގެ އަޑަށެވެ. ނަމާދުކޮށްގެން އަހަރެން ބޭރަށް ނިކުތް އިރު މަންމައާއި ބައްޕަގެ ހިލަމެއް ނެތެވެ. އާދައިގެމަތިން ކޮފީއެއް ގިރައިގެން އަހަރެން ދިޔައީ ބެލްކަންޏަށެވެ. އޭރު އިރުގެ އަލި ދުނިޔެއަށް ފެތުރެން ފަށައިފިއެވެ. އަހަރެން އިނީ ރޭގަ ހިނގާ ދިޔަ ކަންތަކާއި މެދު ވަރަށް ފިކުރުބޮޑުވެފައެވެ. އަހަރެންގެ ރުހުމުގައި ވިޔަސް ނުރުހުމުގައި ވިޔަސް ބައްޕަ އަހަރެންގެ ކައިވެނި ކުރުވާނެކަން ޔަގީނެވެ. އަހަރެން ވިސްނީ މިކަމުން ސަލާމަތް ވެވޭނެ ގޮތެއް އޮތްތޯއެވެ. […]
ލޮލަށް ހީވީ ކަށިތަކެއް ހެރުނުހެނެވެ. ބޮލަށް ބަރުވެ، ބޯ ހިއްލާލާނެ ވަރެއް ވެސް ނެތެވެ. އަހަރެން މަޑު މަޑުން ލޯ ހުޅުވައިލީމެވެ. ދިއްލާފައި ހުރި ލައިޓުގެ އަލި ގަދަކަމުން އަހަރެންގެ ދެލޯ ތަރަތަރަ ޖަހައިގަތެވެ. އެވަގުތު އަހަންނަށް މި އޮވެވުނު ތަނާއިމެދު ވިސްނާލެވުނެވެ. އަ ހަރެން އޮތީ އަހަރެންގެ ކޮޓަރީގައެވެ. ކައިރީގައި މަންމަ އިނެވެ. އަދި ފެންތައްޓެއް ހިފައިގެން ބައްޕަ ދޮރުން ވަދެއެވެ. އަހަންނަށް ފުންމައިގެން ތެދުވެވުނެވެ. ދެވަނަ ސިކުންތުގައި ބޮލަށް އެރި ތޫނު ތަދުން އަހަރެން […]
އާހިލް މަންމަ އަހަންނަށް ހަދިޔާ ހިފައިގެން އައިއިރު އަހަރެމެން ތިބީ ކާރަކަށް ގުޅައިގެންނެވެ. އާހިލް އަހަރެން ގެއަށް ލައިދޭން ދާން އުޅުމުން އަހަރެން އެކަމަށް އިންކާރު ކުރީ އަނެއްކާ ވެސް ބައްޕައަށް ފެނިދާނެތީއެވެ. ބައްޕަ އެދުވަހު އެހާ ރުޅި އައީ ކީއްވެ ކަމެއް އަދިވެސް އަހަންނަކަށް ނޭނގެއެވެ. “މިއީ މަންމަ މިދިޔަ އަހަރު އުމްރާއިން އައިއިރު ގެނައި އެއްޗެއް. އާހިލް އިންނަ ކުއްޖަކަށް ދޭން ހިތުލައިގެން ގެނައީ. މަންމައަށް ހީވަނީ މިހާރު އެކުއްޖާ ފެނިއްޖެހެން” އާހިލް މަންނަ […]
ފަތިހުގެ ހިތްގައިމު ވަގުތެވެ. މަގުތައް މަތީގައި ކާރުބާރު މަދުވެ، ހިނގާ ބިނގާވެ އުޅޭ މީހުން ވެސް މަދެވެ. އާދައިގެ މަތިން އަހަރެން އިނީ ކޮފީއެއް ގިރައިގެން ނިކުމެ ބެލްކަނީގައެވެ. ޖެހެމުންދިޔަ ފިނި ވައިރޯޅިން ހަށިގަނޑަށް ތާޒާކަން ގެނުވަވަމުންދިޔައެވެ. ފާއިތުވި ދެތިން މަސްދުވަހާއި ދޭތެރޭ ވިސްނާލުމުން ހިތަށް ލިބުނީ ހިތްހަމަޖެހުމެވެ. ބޮޑު ކުންފުންޏަކުން ވަޒީފާލިބި އަހަރެން ކިޔަވަން ކުރި މަސައްކަތުގެ މޭވާ ލިބުނުކަހަލައެވެ. ގަޑިއެއްހާއިރު އެހެން އިނުމަށްފަހު އަހަރެން ގޭތެރެއަށް ވަނީ އޮފީހަށް ދާން ތައްޔާރުވާށެވެ. ގަޑިން ހެނދުނު […]
ގެއަށް ވަނުމާއިއެކު ބައްޕަގެ ސުވާލުތަކާއި ކުރިމަތިލާން ޖެހުނެވެ. އެ ކާރުގައި އިނީ ކާކުތޯ އެހިއެވެ. އެއީ އަހަރެންގެ ކާކުތޯ އެހިއެވެ. އަހަރެމެން މިއައީ ކޮންތާކުންތޯ އެހިއެވެ. ބައްޕައަކީ މީގެ ކުރިން ދުވަހަކުވެސް އަހަންނާއި އެގޮތަށް ސުވާލުކޮށް ހެދި މީހެއް ނޫނެވެ. އެހެންކަމުން އަހަރެން ވަރަށް ހައިރާންވިއެވެ. ނަމަވެސް އިތުރު އެއްވެސް ސުވާލަކާއި ނުލާ ތެދުބަހުން ބައްޕަގެ ސުވާލުތަކަށް ޖަވާބުދިނީމެވެ. ނަމަވެސް ހީކުރިގޮތާއި ހިލާފަށް ބައްޕަގެ މޫނުމަތިން ފެނުނީ ނުރުހުމުގެ ކުލަވަރެވެ. އަދި އާހިލްއާއި އެހާ ގާތް ނުވުމަށް […]
“މަންމަ؟” ދޮރުގެ އަނެއް ފަރާތުގައި ތިބި އަހަރެންގެ މަންމަ އާއި ބައްޕަ ފެނިފައި އަހަންނަށް ވައި އަޑުން ބުނެވުނެވެ. މަންމަ އާއި ބައްޕަ މާލެ އަންނަ ވާހަކަ އަހަރެން ކައިރި ނުވެސް ބުނެއެވެ. އަނެއްކޮޅުން މަންމަމެން ގެޔަށް ވަންނަ ތަނުން އާހިލް ފެނިއްޖިޔާ ވާނެ ގޮތެއް ވެސް ނޭނގެއެވެ. މި ގެއަށް ބަދަލުވި ފުރަތަމަ ދުވަހުން ފެށިގެން، މަންމަ އޮންނަނީ، ގެޔަށް ފިރިހެނުން ވެއްދުން މަނާ ކޮށްފައެވެ. ރައްޓެއްސަކު ވިޔަސް ގެއަށް ވެއްދޭނީ، މަންމަ ދަންނަ، އިތުބާރު […]
“މިއީ އޭ އެއްކަލަ ދުވަހު އާހިލްގެ މަންމަ ހޮސްޕިޓަލަށް ގެންގޮސްދިން ކުއްޖަކީ” ބޮއްތަ ބުންޏެވެ. އެހިސާބުން އަހަރެން ހަނދާންވީ އެދުވަހު ހޮސްޕިޓަލުން ބޮއްތަ އާއި ދިމާވި ހަނދާނެވެ. އަދި ނިކުންނަން ދަނިކޮށް އާހިލް އާއި ދިމާވި ހަނދާނެވެ. އެދުވަހު އޭނާ ހޮސްޕިޓަލަށް އެ ދިޔައީ އެހެންވެތާއެވެ. އަހަރެން އާހިލްގެ މޫނަށް ބަލައިލީމެވެ. އޭނާ އަހަންނަށް ޝުކުރު އަދާކުރާނެ ކަމަށް ހީކޮށެވެ. ނަމަވެސް ބަދަލުގައި އޭނާ ބުންޏެވެ. “އީޝާ ދޭބަލަ މަސައްކަތު މީހާއަށް ގޮވަން. ބުނޭ މިތަން ސާފު […]