އޭނާ ދަބަހުން ނަގައި މޭޒުމަތީގައި ބޭއްވީ ރަތްކުލައިގެ ބޮޑު ހެދުމެކެވެ. އޭގައި ހަރުކޮށްފައި ހުރި އެސްތަކުގެ ވިދުމުން އަހަރެންގެ ދެލޯ ތަރަތަރަ ޖަހައިގެން ދިޔައެވެ. އަހަންނަށް އެއްޗެއް ބުނުމުގެ ފުރުސަތެއް ނުދީ އޭނާ ވާހަކަ ފެށިއެެވެ.
“އަހަންނަށް ކިޔަނީ އާހިލް” އަހަރެންގެ މޫނަށް ސީދާ ބަލަހަށްޓައިގެން އިނދެ އޭނާ ވާހަކަ ދެއްކިއެވެ.
“އީޝާ” އަހަރެން ފުޅާ ހިނިތުން ވުމަކާއި އެކު އޭނާއަށް ތައާރަފު ވެލީމެވެ. އަހަރެން ހާސްވެފައި އިން ވަރު ނުދެއްކުމަށެވެ. ނަމަވެސް އޭނާގެ މޫނުމަތިން އެއްވެސް ޝުއޫރެއް ފާޅެއް ނުކުރިއެވެ. އަހަރެން ދަތްކޮޅު ރޮޑަށް ދިން އިރު ވެސް އޭނާ ހީވެސްނުލާ އިނީއެވެ. އަހަރެން ގަތް ލަދުން ހުނުން ހުއްޓާފައި އިސްޖެހީމެވެ. އެވަގުތު ވޭޓަރަކު އެތަނަށް އައިސް މެނޫ ގެނެސް ދިނެވެ. އަހަންނަށް ރަނގަޅަށް މެނޫއަށް ބަލާކަށްވެސް ނުލައި އެންމެ ފުރަތަމަ ފެނުން އެއްޗަށް އަހަރެން އޯޑަރު ދިނީމެވެ. ވާނީވެސް އެހެންތާއެވެ. އެއަަށްވުރެ ބޮޑަށް އަހަރެން އިނީ މޭޒުމަތީގައި އޮތް ފައިލަށާއި ހެދުމަށް ސަމާލުކަން ދީގެންނެވެ.
“އީޝާ އަހަންނާއި އެކު ކައިވެނި ޕާޓިއަކަށް ގޮސްފާނަންތަ؟” ދެމީހުންގެ ދޭތެރޭގައިވި ހިމޭންކަން ކަނޑުވައިލީ އޭނާގެ އެ ސުވާލުންނެވެ. އަހަރެން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ބުނާނީ ވެސް ފަހެ ކީކޭހެއްޔެވެ؟ އަހަންނަކީ ކޮންތަނެއްގެ ކާކުތޯ ވެސް ބަލައި ނުލާ ފުރަތަމަ ވެސް އެ އެހީ ކައިވެނު ޕާޓީއަކަށް ދާންށެވެ. އަހަރެން ގޮވައިގެން ކައިވެނި ޕާޓީއަކަށް ދިއުމުން އޭނައަށް ވާނެ ފައިދާއެއް ކޮބައިހެއްޔެވެ؟ އަހަންނަށް މިހާ ހިސާބަށް އައި އިރު ވިސްނުނު އެއްޗަކީ އާހިލް އަކީ ޒީކް ބުނި ކަހަލަ މީހެއް ނޫންކަމެވެ. އޭނާގެ މަގުސަދަކީ އަހަންނާއި ރައްޓެހިވުންކަމުގައި ވާނަމަ އޭނާގެ އަމަލުތަށް އެގޮތަކަށް ނުހުރީހެވެ.
***
މުޅި މާހައުލު ވަނީ ބޮކިތަކުން ޖަރީކޮށްފައެވެ. ހޯލުގެ ވަށައިގެން ހަރުކޮށްފައި ހުރި ރަތާއި ހުދުގެ ފިނިފެންމަލުގެ ވަހުން މުޅި ތަން ވަނީ އެއްވަސް ވެފައެވެ.އ ހޯލުގެ މެދުގައި، ބޮޑު ހުދުކުލައިގެ ހެދުމެއް ލައިގެން ހުރި އަންހެނަކާއި، އޭނާގެ އަތުގަަި ހިފާލައިގެން ކޯޓު ފަޓުލޫނުގައި ހުރި ފިރިހެނަކު ހުއްޓެވެ. ވަންނަ ދޮރުން ފެށިގެން އެހިސާބަށް ވަނީ ރަތްކުލައިގެ ފިނިފެންމަލުގެ ފިޔައިން ބިން ފޮރުވާލާފައެވެ. އޭގެ ދެއަރިމަތީގައި މީހުންނަށް އިށީނދެވޭނެ ގޮތަށް މޭޒާއި ގޮނޑި ޖަހާފައި ހުއްޓެވެ. ކޮންމެ މޭޒެއްގައި ހުދުކުލައިގެ ވިދާ ފޮތިގަނޑެއް އަޅާފައި އޮތެވެ. އަދި އޭގެ މަތީގައި ރަތްކުލައިގެ ފިނިފެންމާ ބޮނޑިއެއް ފެނަަށް ޖަހާފައި ހުއްޓެވެ.
އާހިލް އާއި އެއްކޮށް އަހަރެން ވެސް އެތެރެއަށް ވަންނަން ހިނގައިގަތީމެވެ. މާތަކު މަތިން ހިނގާފައި ގޮސް ކައިވެނީގެ ހެދުމުގައި ތިބި ދެމަފިރިންނަށް މަރުހަބާ ކިޔެވެ. ކައިވެނީގެ ހެދުމުގައި ހުރި އަންހެން ކުއްޖާ އަހަންނަށް ބާލާލާފައި އާހިލްއަށް ސުވާލުގެ ނަޒަރަކުން ބަލައިލިއެވެ. އާހިލް އަހަރެންގެ އަތުގައި ހިފާލަމުން “އީޝާ. މައި ގާލްފްރެންޑް” އޭ ބުނެލިއެވެ. އެވަގުތު އަހަރެންގެ ގަޔަށް ހީވީ ކަރަންޓު ޝޮކެއް ޖެހުނު ހެންނެވެ. ނަމަވެސް އަހަރެން ހުރީ އެ ދަނޑިވަޅަށް ކުރިންސުރެ ތައްޔާރު ވެގެންނެވެ. އެހެންކަމުން އަހަރެން ވެސް ލުއި ހިނިތުންވުމެއް އޭނާއަށް ރައްދުކުރީމެވެ.
މިއީ އާހިލްގެ ކުރީގެ ލޯބިވެރިޔާ ޝާލިންގެ ކައިވެނި ޕާޓީއެވެ. ޝާލިންގެ ބައްޕައާއި އާހިލްގެ ބައްޕައަކީ ޒުވާންއިރުންސުރެ އެއްކޮށް ވިޔަފާރި ކުރަމުން އަންނަ ބައެކެވެ. ދެމީހުންގެ ވެސް އެދުމަކަށްވީ އާހިލް އާއި ޝާލިން ކައިވެނި ކުރުމެވެ. ނަމަވެސް އާހިލް އާއި 2 އަހަރު ރައްޓެހި ވެގެން އުޅުމަށްފަހު ޝާލިން އޭނަ އާއި ރުޅިވިއެވެ. އޭރު އާހިލް ދިޔައީ ކައިވެންޏަށް ވެސް ތައްޔާރު ވަމުންނެވެެ. އާހިލް ބުނި ގޮތުގައި އާހިލް އާއި ޝާލީންގެ ގުޅުން ނިމުނު ހިސާބުން، ދެފަރާތުގެ އާއިލާގެ މެދުގައި ވަރަށް ބޮޑެތި މައްސަލަ ތަކެއް ޖެހުނެވެ. ނަމަވެސް މިހާރު ދެ އާއިލާ ވެސް ތިބީ ސުލްހައިގައެވެ.
އާހިލްގެ ވާހަކަ ހުރި ގޮތުން އޭނާ ޝާލިން ދެކެ ވަރަށް ލޯބިވާކަން އިނގެއެވެ. ނަމަވެސް އޭނާ ބޭނުންވީ ޝާލިން އާއި ނުލާ އޭނާއަށް އުފަލުގައި އުޅެވޭކަން ދައްކާލަންށެވެ. އެހެންކަމުން އަހަރެން ލައްވާ އޭނާގެ ލޯބިވެރިޔާގެ ތަމްސީލު ކުޅުވަނީއެވެ. އާހިލް އަހަރެން ކައިރި އެދުނީ ހަމައެކަނި މިރެއަށް އޭނާއަށް މިކަން ކޮށްދިނުމަށެވެ.އަހަރެން ވަގުތުން ނޫނެކޭ ބުނީމެވެ. ގޮތް ނޭނގޭ ކަންތަށް ގަނޑެއްގެ ތެރެއަށް ނުވަންނާންވެގެންނެވެ. އަހަރެން އެއްބަސް ނުވުމުން، ޕާޓީއަށް ދިއުމަށްފަހު އޭނާ އަހަރެންނަށް އެއްވެސް އުނދަގުލެއް ނުކުރާނަން ކަމަށް ވެސް ވައުދުވިއެވެ. އަދި ފައިލުން ނަގާފައި ބޮޑު ލިޔުމެއްގައި ސޮއި ވެސް ކޮށްފާނަމޭ ބުންޏެވެ. އޭނާ މިކަމަށް ބޭނުންވެފައި ހުރިވަރު އަހަންނަށް އެނގުނީ އެހާ ހިސާބުންނެވެ. އަދި އޭނާ އަހަންނަަށް އެއްވެސް ގެއްލުމެއް ވިޔަ ނުދޭނަންކަމަށް ތަކުރާރުކޮށް ވައުދު ވުމުން އަހަރެން އެއްބަސްވީއެވެ.
ނަމަވެސް ދެން ދިމާވީ އެއަށްވުރެ ބޮޑު ކަންތައްގަނޑަކާއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.


Konkameh anehkaa?
Asthaa biru ganehje!
Thankolheh avahah dhen Anna part up kohlahchey!
Mi part ves v reethi!
Keep up u’re good work!
Kon kameh vee anehkaa
Mi part ves v reethi masha Allah
Keep it up
I appreciate your hard work
When next
Vrh salhi.
Truly a talented author ❤️❤️
Kn irakun dhen oiy bai.
Masha Allah 😍 vrh reethi mi part ves when’s next curiously waiting for the next part 🫶🏻😊 keep it up dear your doin great 👍🏻💯
KON KAMEH BAA ANEHKAA, CURIOUS VEHJJE VARA. PLEASE UPLOAD THE NEXT PART THANKOLHEH AVAHA. 🙂