ފުރަަތަމަ ނަޒަރުން (9)
އާޓިފިޝަލް ބީޗްގެ ހިތްގައިމު މާހައުލެވެ. އަހަންނާއި ޒީކް ތިބީ ދޮންވެލިގަނޑުގައި އިށީނދެލައިގެންނެވެ. އަހަރެން އަތުގައި އަދިވެސް އެ ޒުވާނާ ދިން ސިޓީއުރަ އޮތެވެ.
“ދެން ތިޔަ ހުޅުވަބަލަ” އަހަރެންގެ ކޮނދުގައި ޖަހާލަމުން ޒީކް ބުންޏެެވެ. މިހާރު އެ ގޮތަށް ތިބޭތާ ވެސް ބައި ގަޑިއިރު ވީއެވެ. ސުކޫލުގައި އުޅުން އިރު ރިޕޯޓު ފޮތް ހުޅުވަން ގަންނަހާ ބިރު މި ސިޓީ އުރަ ހުޅުވަން އެބަ ގަނެއެވެ. އޭރު ބިރުގަންނަނީ ފާސް ނުވެދާނެތީއެވެ. މަންމަ ރުޅި އައިސްދާނެތީއެެވެ. ދެން މިއަދު އަހަރެން މި ބިރުގަންނަނީ ކޮން ކަމަކާހެއްޔެވެ؟ އެ ސުވާލުގެ ޖަވާބު ހުދު އަހަންނަކަށް ވެސް ނޭނގެއެވެ.
އަހަރެން ދެވިސްނުމެއްގައި އިނދެފައި އެ ސިޓީ އުރަ ހުޅުވީމެވެ. އެތެރޭގައި އޮތީ ފަތްޖަހާފައި އޮތް ގަނޑުކޮޅެކެވެ. އަހަރެން އެ ގަނޑު ހުޅުވައިލީމެވެ.
އޭގައި އޮތީ ކެފޭއެއްގެ ނަމެވެ. އޭގެ ތިރީގައި “މިރޭ 8:30” ޖަހާފައި އޮތެވެ.
އަހަންނާއި ޒީކް އެކަކު އަނެކަކުގެ މޫނަށް ބަލައިލީމެވެ. ހަދާނެ ގޮތެއް ނޭނގިފައެވެ. އަހަރެން އެކަނި އެ މީހާ އާއި ބައްދަލު ކުރަން ދާކަށް ބޭނުމެއް ނޫނެވެ. އިއްޔެ ވީ ކަމެއްހެން އަހަރެން ހަނދާންވަނީ ކުޑައިރު ނުދަންނަ މީހަކާއި އެއްކޮށް މޫދަށް ދިޔުމުން ކަންފަތުގައި ހިފާފައި މަންމަ ބުނި ވާހަކައެެވެ. “ނުދަންނަ މީހުންނާއި އެއްކޮށް ތަންތަނަށް ނުދާށެވެ. ނުދަންނަ މީހުންނާއި ވާހަކަ ނުދައްކާށެވެ.”
ނަމަވެސް އެޒުވާނާއަކީ ނުރައްކަލެއް ކަމަށް އަހަރެންގެ ހިތެއް ނުބުނެއެވެ. އޭނާ އާއި ބައްދަލު ކުރަން ދާހިތްވެއެެވެ. އެއީ ކާކުތޯ ބަލަން ބޭނުމެވެ. އޭނާ އަހަރެންނާއި ބައްދަލުކުރަން ބޭނުންވާ ސަބަބު އިނގެން ބޭނުމެވެ. އޭނާ އަހަރެންގެ ފަރާތުން ބޭނުންވަނީ ކޮން ކަމެއްކަން އިނގެން ބޭނުމެވެ. އަހަަަންނަށް އިގޭހާވެސަ އެއްޗަކީ އަހަންނަކީ މީހަކަށް ކަމެއް ކޮށްދެވޭނެ ހާލެއްގައި ހުރި މީހެއް ނޫންކަމެވެ. އަހަރެން މިއުޅެނީ އަމިއްލަ ހާލައިގެން ނޫޅެވިގެންނެވެ. އަދިވެސް ބައެއް ތަންތަނަށް އަމިއްލައަށް ދާންވެސް ނޭ ގެއެވެ. ގޫގުލް މެޕްސްއިން ބަލައިގެން ރެސްޓޯރެންޓެއް ހޯދަން މުޅި މާފަންނުގައި އެއްކޮށް ހިނގީމެވެ. އެވަރުން ވެސް އެތަން ނުފެނިގެން އެންމެ ފަހުން ޖެހުނީ އަނބުރާލާފައި ގެއަށް ދާށެވެ. މިހާވަރުން އަހަންނަށް މީހަކަށް ކޮށްދެވޭނެ ކަމެއް އޮންނާނެ ހެއްޔެވެ؟
“މަށަކަށް ނުފެނެ އީޝް ތި މީހަ އާއި ބައްދަލުކުރަން ދާކަށް” ޒީކްގެ ޚިޔާލު އަހަންނާއި މުޅިން ތަފާތެވެ.
“އަހަންނަށް ތިޔަކަހަލަ ފިރިހެނުންގެ ގޮތް ވަރަށް ރަނގަޅަށް އިނގެއޭ. މިރޭ އީޝް އެ ކެފޭއަށް ގެން ގޮއްސަ އީޝް ކައިރި އަހާނީ ރައްޓެހިވާން. އަންހެން ކުއްޖަކު ދެފަހަރަކު ފެނިލާއިރަށް ތިބޭނީ ހިތްކިޔާފަ” ޒީކް މޫނު ކުނިކޮށްގެން އިނދެ ކުދި ކިޔަމުން ދިޔައެވެ. ވާނީވެސް އެހެންތާއެވެ. މިހާތަނަށް ޒީކްއަށް ދިމާވެފައި ވަނީ ހުސް އެކަހަލަ ފިރިހެނުންނާއެވެ. ނަމަވެސް ހުރިހާ ފިރިހެނުން އެއްގޮތެއް ނޫވާ ނޫންހެއްޔެވެ؟ އަހަންނަށް އެ ޒުވާނާއަކީ ކާކު ކަމެއް ނޭނގެއެވެ. ނަމަވެސް އޭނާގެ ހަރަކާތްތައް ހުރި ގޮތުން އެއީ އެކަހަލަ މީހެއް ހެނެއް ހިޔެއް ނުވެއެވެ. އެހެން ނޫނަސް މާދަމާއަކީ ޗުއްޓީ ދުވަހެކެވެ. މިރޭވެސް އަހަރެން ކުރަން މާބޮޑު ކަމެއް ނެތެވެ. އޭނާ ބުނަން އެ އުޅޭ އެއްޗެއް ބަލާލަން ދިއުމުން އެއްވެސް މައްސަލައެއް ނެތެއްނޫންހެއްޔެވެ.
ޒީކް އެއްބަސް ނުވިޔަސް އަހަރެން ނިންމީ އޭނާ އާއި ބައްދްލު ކުރަން ދާށެވެ. އަދި އޭނާއަކީ ޒީކް އެބުނާކަހަލައިގެ މީހަކަށް ވެއްޖިއްޔާ އަހަރެން ވަގުތުން އަނބުރާ ގެއަށް އަންނަން ވައުދު ވީމެވެ.
ގަޑިން ރޭގަނޑު އަށެއް ޖެހި އިރު އަހަރެން ހުރީ ތައްޔާރަށެވެ. ކެފޭއަށް ދާން ނިކުންނަނިކޮށް ނަވާލްގެ ފޯނެއް އައެެވެ.
“ހިނގާ މިރޭ ބޭރަށް ދާން” ނަވާލް ބުންޏެވެ.
“ޒީކް ގޮވައިގެން ދޭ މިރޭ. އަހަރެން ކުޑަކޮށް ބިޒީ”
“އުހޫނ. އީޝް ނުދަންޏާ އަހަންނެއްވެސް ނުދާނަން.” ނަވާލް އެހެން ބުނުމަށްފަހު ފޯނު ކަނޑައިލިއެވެ. އަހަރެން ނަވާލްގެ އެ ހަރަކާތުން ވަރަށް ހައިރާންވިއެވެ. މީގެ ކުރިން އަހަރެން ބިޒީ ދުވަސް ދުވަހު އޭނައާއި ޒީކް ބޭރަށް ދެއެެވެ. އަދި ޒީކް ބިޒީ ދުވަސް ދުވަހު އަހަންނާއި ނަވާލް ބޭރަށް ދަމެވެ. ދެން މިރޭ ޒީކް އާއި ދެމީހުން ދާށޭ ބުނީމަ ނަވާލް ހިތްހަމަ ނުޖެހުނީ ކީއްވެހެއްޔެވެ؟
މާ ގިނައިރެއް ނުވެ އަހަރެން އޯޑަރު ކުރި ޓެކްސީ އައެވެ. ގަނޑުކޮޅުގައި އޮތް ކެފޭއަށް ދެވުން އިރު އަށްގަޑި ބައިވާން ދިހަ މިނެޓު އޮތެވެ. އަހަރެން ހީކުރީ އަހަންނަށް މި އާދެވުނީ މާ އަވަހަށް ކަމަށެވެ. ނަމަވެސް އަހަރެން އެ ކެފޭއަށް ވަން އިރު އޭނަ ވެސް ހުރީ އެތަނަށް ގޮހެވެ. ކޯޓު ފަޓުލޫނުގައި ހުރިއިރު އަތުގައި ބުރިފްކޭހެއް ވެސް އޮތެވެ. އަހަރެން ކުޑަކޮށް ހައިރާންވިއެވެ. ނަމަވެސް އެއްވެސް ސުވާލެއް ނުކުރަމެވެ. އަހަރެން މަޑުން ހިނގާފައި ގޮސް އޭނައާއި އެއް ހަމައެއްގައި ހުއްޓިލީމެވެ. އޭނަ އިޝާރާތް ކުރީ އެތަނުގެ ކަނުގައި ވަކިން ހުރި މޭޒަކަށެވެ. އޭނާ ފަހަތުން ގޮސް އަހަރެން ވެސް އެ މޭޒުދޮށުގައި އިށީނީމެވެ. ގޮނޑީގައި އިށީން ގޮތަށް އަހަންނަށް ބަލައި ވެސް ނުލާ އޭނާ އަތުގައި އޮތް ދަބަހުން ނެގީ ފައިލެކެވެ.
މިއީ ކޮންފަދަ މީހެއް ހެއްޔެވެ. އޭނަ އަކީ ވަކީލެއް ބާއެވެ؟ އަނެއްކާ މީނަ މިއުޅެނީ އަހަރެން ކޯޓަށް ގެންދަން ހެއްޔެވެ؟ ނޫނީ މީނައަކީ ޕޮލިސް އޮފިސަރެއްބާއެވެ؟ އަހަންނަށް އަނެއްކާ ކުށެއް ކުރެވުނީހެޔެވެ؟ ބިރުން ގޮސް އަހަރެން ދާހިއްލަން ފެށިއެވެ. ވާނީ ވެސް އެހެންތާއެވެ. މިހިރަ ވަމުން ދަނީކީ އާދައިގެ ކަންކަމެއް ނޫނެވެ.
އަހަރެން މާލެ އައީންސުރެ މިއަދާއި ޖެހެން ދެން އުޅެވުން ގޮތް ހަނދާނަށް އަންނަން ފެށިއެވެ. މާލެ އައި ފުރަތަމަ ދުވަސްކޮޅު ލައިސަންސު ނުލާ ސައިކަލު ދުއްވީމެވެ. އެދުވަހު ފޮލިހެއްގެ އަތްދަށުން ސަލާމަތްވީ ހަމަ ކިރިޔާއެވެ. މީގެ ދެ ހަފްތާއެއް ވަރު ކުރިން ވަރަށް ބާރަށް ސައިކަލުގައި ގޮސް ޕާކް ކޮށްފައި އޮތް ކާރެއްގައި ޖެހި އެ ކާރުގެ ނަންބަރު ބޯޑު ހަލާކުވީ ދުވަހެއްގެ މަތިން ވެސް ހަނދާންވިއެވެ. ގަންނާކުރެއްވި ބިރުން މީހަކަށް ފެންނަން ވާއިރަށް އަވަހަށް އެތަނުން ދިޔައީއެވެ. އަނެއްކާ މިއީ އެ ކާރުގެ ވެރިޔާބާއެވެ؟ ނޫނީ އެއީ އޭނާގެ ވަކީލު ބާއެވެ. ފައިލުގައި އެ އޮތީ އަނެއްކާ ކޯޓަށް ހާޒިރުވުމުގެ އަމުރުބާއެވެ؟ އަހަރެން ހާސްވެގެން ގޮތް ހުސްވިއެވެ.
“އަހަރެން ކާރުގެ ނަންބޯޑު ހަދައި ދީފާނަން. ވެފަ އޮތް އެހެން ގެއްލުމަކަށް ރުފިޔާ ދޭނަން. ހެޔޮ ނުވާނެ އަހަރެން ކޯޓަށް ނުގެންދޭ. އަހަރެން ޖަލަށް ދާކަށް ބޭނުމެއް ނޫން.” އަހަރެން ބާރު ބާރަށް އޭނާ ކައިރި އާދޭސް ކުރން ފެށީމެވެ. މުޅި ކެފޭފައި ތިބި އެންމެން އަހަންނަށް ބަލާކަން ފާހަގަވީ ވޭޓަރަމު އައިސް އަޑު މަޑު ކުރަން އެދުމުންނެވެ. އަހަރެން ގަތް ލަދުން މޫނުމަތީގައި އަތް އެޅީމެވެ. ހުރި ތަނަށް ވިރިގެން ފައިބާނެ ނަމައޭ ވެސް ހިތަށް އެރިއެވެ.
މި ހުރިހާ ކަމެއް ވީއިރުވެސް އޭނާ އިން ގިތަށް އިނީއެވެ. އަހަރެން ގަންނަ ގަނޑު ނިމެން ދެން ކަންނޭނގެއެވެ. އެހެން އިނދެފައި އަހަރެން މައިތިރި ވުމުން އޭނަގެ ދަބަސް ތެރެއަށް އަނެްކާ ވެސް އަތް ކޮށްޕާލިއެވެ. ދަބަހުން ނަގައި މޭޒުމަތީގައި ބެހެއްޓި އެއްޗަކުން އަހަރެން ދެލޯ ބޮޑުވެގެން ދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.


Mi part ves v reethi masha Allah
Curiously waiting next part
Keep it up
Anehkaa koncheh baa othy
I appreciate your hard work
omg im curious on whats going to happen next anyways salhi mi part next part ves avahah up kohlachey
V loabi!