
މަޢާފް އެދެމުން 47

އަޑު އިވުނު އެއްޗަކުން ބަސް ހުއްޓިފައި ހުރި އާރިޝް، ޑޮކްޓަރ ދިޔަ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. ހިތުގެ ތެޅުން ބާރުވެގެން ދިޔަ އިރު ނާރުތަކުގައި ލޭ ހިނގާލެއް އަވަސްވެ އެ އަޑު ކަންފަތަށް އިވޭހެން އާރިޝްއަށް ހީވިއެވެ. ދެ އަތްތިލަ މުށްކެވި ހަންގަނޑަށް ނިޔަފަތިތައް ވަންނަ ވަރުވީ އިރު އެ ތަދުވެސް އާރިޝްއަށް އިހުސާސް ނުކުރެވެއެވެ. އެހެން ހުރެފައި މޭގައި ފިރުމަމުން އާރިޝް ދެކޮޅަށް ހިނގަން ފެށީ ނޭވާ ލާން ދަތިވާން ފެށުމުންނެވެ.
ރީވާ ބަލިވެ އިނދެދާނެ ކަމަކަށް އާރިޝްއަށް ހީކުރެވިފައިވެސް ނުވެއެވެ. އިނާރާ ސިންގަޕޯރ އިން އައި ފަހުން އާރިޝްއާ ރީވާގެ މެދުގައި ދުރުކަމެއް އުފެދުނެވެ. އޭގެ ފަހުން ފާއިތުވި ތިން މަސް ތެރޭ އެދެމެދުގައި ގާތްކަމެއް ހިނގާފައިވަނީ މަދު ފަހަރެއްގައެވެ. އެ ދުވަސްތައް ވަކިވަކިން އާރިޝް ހަނދާން ހުއްޓެވެ. ހަމައެއާއެކު އިނާރާ ނެތް އިރު ރީވާއާ އެކު ހޭދަ ކުރެވުނު ހަފްތާއެއްހާ ދުވަސް މަތިން އާރިޝް ހަނދާންވިއެވެ. އޭގެ ކުރިންނާ އަދި ފަހުންވެސް ރައްކާތެރިކަމަށް ވިސްނި ނަމަވެސް އެ ހަފްތާގައި ފަރުވާކުޑަ ކުރެވުނު ކަން އާރިޝްއަށް އެނގެއެވެ.
އެނދު ކައިރީ ދެކޮޅަށް ހިނގަހިނގާ ހުރި އާރިޝް ހުއ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.