
މަޢާފް އެދެމުން 52

“…..އާރިޝްއަށް އެހެން ހީވިޔަސް އަހަންނަކީ އެހާ ގޮތްކުޑަ މީހެއް ނޫން. މި ވަރުން ސާފު ވެއްޖެތަ؟ ނޫނީ އެހެން ބަހަކުންތަ ކިޔާދޭންވީ؟” ރިޔާން އެންމެ ފަހުން ތެދު ހާމަކުރިއެވެ.
ރިޔާންގެ ވާހަކަ އަޑު އަހަން ހުރި އާރިޝްގެ މޫނު ހުދުވެގެން ދިޔައެވެ. ސިކުނޑީގައި ސުވާލުތައް ފުނި ޖެހިގެން އައި ނަމަވެސް އެއިން ސުވާލެއް ދުލާ ހަމައަށް ގެނައުމަށް ނުކުޅެދިފައި ހުރި އިރު ރިޔާންގެ ކޮންމެ ބަހެއް ސިކުނޑީގައި ތަކުރާރު ވަމުން ދިޔައެވެ. އެކަކަށްވެސް އެއްޗެއް ނުބުނެވިފައި ތިއްބާ ދެންވެސް ވާހަކަ ދެއްކީ ރިޔާންއެވެ.
“އަހަރެންގެ އެހީއަށް އަލްޔާ އެދުނީ އޭނަގެ ބަނޑުގަ އޮތް ދަރިފުޅުގެ ބައްޕަ ކައިވެނި ކުރަން ދެކޮޅު ހެދީމަ. އަހަރެން އެ ކައިވެނި ކުރީ އާރިޝްގެ ކޮއްކޮ ދުނިޔޭގެ ކުރިމަތީ ބަދުނާމުވުމުން ސަލާމަތް ކޮށްދޭން ވެގެން. އަލްޔާއަށް ހެދުނު ގޯހެއްގެ ސަބަބުން އިތުރު ބައެއްގެ ދިރިއުޅުން ހަލާކު ވާން ނޭދޭތީ ހަގީގަތް ސިއްރު ކުރަން އަލްޔާ އެދުނީ. އަލްޔާއަށް ނުބައި މީހަކަށް އިތުބާރު ކުރެވުނީ، އެއީ މީހެއްގެ ފިރިއެއް ކަން އެނގި ހުރެވެސް އަލްޔާއަށް އެ ކުށް ކުރެވުނީ.
އަލްޔާއަށް އެހީވުމަކީ އަހަރެންގެ ކޮއްކޮގެ ދިރިއުޅުން ހަލާކު ކޮށްލު…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.