Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މި ހިތުން މަޤާމޭ މި ދެނީ 17

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
December 21, 2020 8 Mins Read
0 Comments

“މައިރާ!” އިންޒާރެއް ފަދައިން ޒިއާމް މައިރާގެ ނަން ކިޔާލިއެވެ.

“ނުކެރޭނެ ޒިއާމްއަކަށް. ޒިއާމްއަށް ކުރަން ކެރޭ ކަންތައް އަހަންނަށް އެނގޭ. ހިތުގަ އޮތް އެއްޗެއް ނުބުނެވޭނެ ޒިއާމްއަކަށް” ޒިއާމްއާ ދުރަށް އެނބުރެމުން މައިރާ ބުނެލިއެވެ. އައިސްފައި ހުރި ރުޅިއާއެކު ލޮލުން ކަރުނަ އައީ މައިރާ އެހާ ވަރަށް ބުނުމުންވެސް ޒިއާމް ހިތުގައި އޮތް އެއްޗެއް ހާމަ ނުކުރީތީއެވެ.

ޒިއާމްގެ ރުޅި ކޮންޓްރޯލް ނުކުރެވުނީ އެންމެ ފަހަރަކު ފެނުނު މަންޒަރަކުން ޒިއާމްއާ މެދު މައިރާ ގޮތެއް ނިންމީތީއެވެ. އެއްޗެއް ނުބުނެ ޒިއާމް އަހަރުތަކެއް ވަންދެން ހުރީ ކީއްވެ ކަން މައިރާއަށް ނުވިސްނޭތީއެވެ. އެންމެ ފަހުން މައިރާ އެ ބުނި އެއްޗަކުން އައި ރުޅީގައި ޒިއާމް ބާރަށް ގޮސް މައިރާގެ އަތުގައި ހިފާ ޒިއާމްއާ ދިމާއަށް އަނބުރާލުމާއެކު ދެ އަތުން އެ މޫނުގައި ހިފާލަމުން މައިރާގެ ތުންފަތުގައި ބޮސްދިނެވެ.

ހަރަކާތެއް ކޮށްލަންވެސް ނޭނގިފައި ހުރި މައިރާގެ ސިކުނޑިއަށް އަށް ހަމަވިސްނުން އައުމާއެކު އައިސްފައި ހުރި ރުޅިގަނޑު ވިސްނުމުގެ މައްޗަށް ކުރިހޯދިއެވެ. ދެ އަތްތިލަ ޒިއާމްގެ މޭގައި އަޅާ ކޮއްޕާލުމާއެކު ދެ ފިޔަވަޅެއް ވަރު ފަހަތަށް ދިޔަ ޒިއާމްގެ މޫނުގައި ޖަހާލުމަށް މައިރާއަށް އަތް ހިއްލާލެވުނީ އިތުރު ވިސްނުމެއް ނެތިއެވެ.

އެއާއެކު ޒިއާމްއަށްވެސް ވީ މައިރާއަށް ވީ ވަރެވެ. ބަލާކަށް ނުހުރެ ޒިއާމް މައިރާ ހިއްލާލި އަތުގައި ހިފާފައި، އިތުރު ވާހަކައެއް ދައްކަން ނުހަދާ މައިރާ ދަމަމުން ކަހަލަ ގޮތަކަށް ގޮސް ކޮޓަރިއަށް ވަދެ ބާރަށް ދޮރު ލެއްޕިއެވެ.

“ކިހިނެއް ވެގެންތަ ޒިއާމް—؟” ސުވާލު ފުރިހަމަ ނުކުރެވެނީސް ޒިއާމް އަނެއްކާވެސް މައިރާގެ ތުންފަތުގައި ބޮސްދިނެވެ.

ނުރުހުމާއެކު މައިރާ ދެކޮޅު ހަދަމުން ދިޔަ ނަމަވެސް ޒިއާމް ދޫކޮށެއް ނުލިއެވެ. ދިގުކޮށް ހުރި ނިޔަފަތިތައް ޒިއާމްގެ ގަމީހުގެ މަތިން މޭމަތީ މައިރާ ދަމާލިއެވެ. ތަދުވެގެން ކަރުން އަޑެއް އިވުނު ނަމަވެސް ދެންވެސް ޒިއާމް ދުލެއް ނުކުރެއެވެ. ގަދަ ހަދަމުން ދިޔަ މައިރާ އައިސްފައި ހުރި ރުޅި ފިނިވީ ކޮން އިރަކު ކަމެއް ނޭނގެއެވެ. ޒިއާމްގެ ގަމީސް ދެ އަތްތިލަ ތެރެއަށް ބޮނޑި ކޮށްލަމުން ޒިއާމްގެ އަތުތެރެއަށް މައިރާގެ ހަށިގަނޑު ދޫކޮށްލިއެވެ. ޒިއާމް މައިރާ ދޫކޮށްލީ އިތުރަށް ދެކޮޅު ނުހަދާނެ ކަން ޔަގީން ވުމުންނެވެ.

“އައި ލަވް ޔޫ!” ޒިއާމް އެންމެ ފަހުން އެ ތިން ލަފްޒު ބުނެލި އިރު ހީވީ ރުޅިއައިސްފައި ހުރެ ބުނެލިހެންނެވެ.

މައިރާ އެއްޗެއް ނުބުނެ ޒިއާމްގެ މޫނަށް ބަލަން ހުރީއެވެ.

“އައި ލަވް ޔޫ!” ކުރިއަށްވުރެ ބާރަށް ޒިއާމް ބުނެލިއެވެ.

ދެންވެސް މައިރާ އެއްޗެއް ނުބުންޏެވެ. ދެ އަތްތިލަ އުފުލާލަމުން ޒިއާމްގެ މޫނުގެ ދެ ފަރާތުން ހިފާލައިގެން އިރުކޮޅަކު ހުރެފައި ޒިއާމްގެ ކޮނޑާއި މޭގައި އަތްތިލަ ހިންގާލަމުން ދެ ފަރާތުން އަތް ގެންގޮސް ކަރުގައި އަޅުވާލާ ޒިއާމް ގައިގައި ބައްދާލަމުން މޭގައި މައިރާ ބޯ ޖައްސާލިއެވެ.

“އައި ލަވް ޔޫ… ވަރަށް ލޯބިވޭ… ވަރަށް ވަރަށް ލޯބިވޭ” އައި ރުޅި މަޑުވެފައި ހުރި ޒިއާމް ލޯމަރާލަމުން އަނެއްކާވެސް ބުންޏެވެ. ނަމަވެސް މައިރާ ދެންވެސް އެއްޗެއް ނުބުންޏެވެ.

ދެއަތުން މައިރާގެ ކޮނޑުގައި ހިފާ ގަޔާ ދުރުކޮށްލަން ޒިއާމް އުޅުނެވެ. ނަމަވެސް މައިރާ ކުރިއަށްވުރެ ބާރަށް ޒިއާމްގެ ގައިގައި ބައްދާލީއެވެ.

“މައި…؟” ޒިއާމް ލޯބި ވާ ކަން ހާމަ ކުރުމުން މައިރާގެ ފަރާތުން ފެނުނީ ޒިއާމް އުންމީދު ކުރި ކަންތަކެއް ނޫނެވެ. ހަދަން ވީ ގޮތެއް ނުވިސްނިފައި ހުރި ހެން ޒިއާމް މައިރާއަށް ގޮވާލިއެވެ.

ޒިއާމްގެ ދުލުން އެހެން ބުނެލި އަޑު އިވުމުން މައިރާގެ ހިތް ނަށަންފެށި ކަހަލައެވެ. އެ ތިން ލަފްޒުގެ ޖަވާބު ހަމަ އެހެން ދޭން ބޭނުންވި ނަމަވެސް އެ ވަގުތު ބަހެއް ބުނުމުގެ ބަދަލުގައި ރޮވޭނީކަން އެނގޭތީ މައިރާ އެއްޗެއް ނުބުނެ ހުރީއެވެ.

“އެރޭވެސް އަޑު އިވުނު” މައިރާ މަޑުމަޑުން ބުނެލިއެވެ.

“ކޮން ރެއަކު؟ ކޯޗެއް އަޑު އިވުނީ؟” މައިރާ ބުނި އެއްޗެއް ޒިއާމްއަކަށް ނުވިސްނުނެވެ.

“އަހަރުމެން މެރީ ކުރި ރޭ” މައިރާ ބުންޏެވެ.

ޒިއާމް ކުއްލިއަކަށް ގަދަކަމުން ކަހަލަ ގޮތަކަށް މައިރާ ދުރަށް ޖައްސާލިއެވެ. ގަބޫލު ނުކުރެވިފައި މައިރާގެ މޫނަށް ބަލަން ޒިއާމް ހުއްޓެވެ.

“އަހަރެންގެ ފަށް އޮތީ ޒިއާމް އަތުގަ. އެ ފަށް ހިފައިގެން އެތާ އިނދެ ބުނީ ނުލިބުނަސް ޝަކުވާއެއް ނުކުރާނަމޭ، އަބަދުވެސް ލޯބި ވާނަމޭ” މައިރާ ކިޔާދިނެވެ.

“ނުކުރަން ޝަކުވާއެއް. އަހަންނަށް މައި ލިބުމުގެ ބަދަލުގަ އަބަދުވެސް އެދުނީ މައިގެ އުފަލަށް. މައިގެ އުފަލަކީ އައިދަންގެ ލޯބި” ޒިއާމް ބުންޏެވެ.

“ކީއްވެ ނުބުނީ…؟” މައިރާ އަހާލިއެވެ.

“މައިރާ… ހީ ވޯޒް މައި ބްރަދަރ… އެ ދުވަހު މައި ފެނިގެން އައިދަން މައި ދެކެ ލޯބި ވެވިއްޖެޔޭ ބުނީމަ އަހަރެން ނިންމީ އަހަންނަށް ދެން ދުވަހަކުވެސް މައި ނުލިބޭނެ ކަމަށް. އަހަރެން މައިއާ އައިދަން މީޓް ކުރުވީ އަހަންނަށް މައި ދެކެ ލޯވި ވެވިއްޖެ ކަން ވިސްނުނީމަ. އެންމެ ފުރަތަމަވެސް ބުނަން ބޭނުން ވީ އައިދަން ކައިރީ. އެކަމަކު ހީ ފެލް އިން ލަވް ވިތް ޔޫ. އެންޑް މައިވެސް ލޯބި ވީ އައިދަން ދެކެ. ތި ދެ މީހުން ގުޅިފަ ދެން ދުރު ވިޔަސް، މެރީ ކޮށްފަ ފަހުން ކަމެއް ދިމާ ވެގެން ޑިވޯސް ވިޔަސް އަހަންނަށް ދެން ޗާންސެއް ނޯންނާނެ. އެކަމަކު އައި ނެވަރ ޑްރީމްޑް އައިދަން… އެހެން ވެދާނެ ކަމަކަށް ދުވަހަކުވެސް ހިތަށްވެސް ނާރާ. މި ހުރިހާ ދުވަސް ވީ އިރު ވަރަށް މަސައްކަތް ކުރިން މައިއާ މެދު އަހަރެންގެ ހިތުގަ ވާ ފީލިންގްސް ބަދަލު ވޭތޯ، އެހެން މީހަކު ދެކެ ލޯވި ވެވޭތޯ. އެކަމަކު ނުވި.

ޔަލްދާއާ މެރީ ކުރަން އުޅުނީވެސް އެހެން މީހަކާ އެކީ އުޅުނީމަ ހަނދާން ނެތިދާނެ ކަމަށް ހީކޮށް. އެކަމަކު ޔަލްދާއަށް އެނގުނީ އޭނަ ދެކެ އަހަރެން ލޯބި ނުވާ ކަން، އެއްވެސް އަންހެން ކުއްޖަކު ބޭނުމެއް ނުވާނެ އޭނަގެ ވާން އުޅޭ ފިރިމީހާ އެހެން އަންހެން ކުއްޖެއް ދެކެ ލޯބި ވާކަށް. އަހަރެން މައި ދެކެ ލޯބިވާ ކަން ޔަލްދާއަށް އެނގުނު ގޮތެއް ނޭނގެ. އެ ކަން އެނގި ހުރެ އިންނަން ޔަލްދާ ބޭނުން ނުވީ. އޭގެ ފަހުން މަންމަމެން އެހާ ވަރަށް އެ ވާހަކަ ދައްކާ އިރުވެސް އަހަރެން ބޭނުން ނުވީ އެހެން މީހަކާ އިންނަން. އެނގޭ އެއީ އެ ކުއްޖަކަށް އިންސާފަކަށް ނުވާނެކަން، އަހަރެންގެ ހިތް ބަދަލު ނުވާނެ ކަންވެސް އެނގޭ.

ކޮންމެ ދުވަހަކު، އަބަދު މައިރާ ފެންނަ ހިސާބުގަ ހުންނަން ވީމަ އަހަންނާ ވާ ގޮތް މައިއަކަށް ނޭނގޭނެ. އެހެންވެ ފަހުން ނުދާން ފެށީ. ހިތަށް އެރީ އެހެން ހިޔާލުތަކެއް ކުރެވެންޏާ މައި މަތިން ހަނދާނެއް ނުވާނެ، އެހެންވެ ރީނާ ކަހަލަ ކުއްޖަކާ ގުޅުނީ. އެނގޭ އަހަރެން އުޅުނީ ވަރަށް ގޯސްކޮށް ކަން. ކޮންމެ ގޮތެއް ހަދައިގެން ވިޔަސް މައިގެ ހިޔާލުތަކާ ދުރުވާން އޭރު ބޭނުން ވީ، އެކަމަކު އެހެންނެއްވެސް ނުވި. ދެން މައިއަށް ފެނުނީ އެރޭ. އެނގުނު އަހަންނާ ހެދި އެރޭ މައިއަށް ވަރަށް ހަރޓް ވީ ކަން. އެކަމަކުވެސް އަހަންނަށް ނުބުނެވުނީ. ކުރިން އަހަރުމެންގެ މެދުގަ ވީ ކަންތަކަށް ފަހު މައިއަށް ވީ ގޮތުން ހިތަށް އެރީ މައި ދުވަހަކުވެސް އަހަރެން ދެކެ ލޯތްބެއް ނުވާނެޔޭ. ރީނާއާ އެކީ ފެނުނު ފަހުން އަހަރެން ދެކެ ރުޅިއައިސްގެން އުޅެން ފެށީމަވެސް ހިތަށް އެރީ އަހަރެންގެ އުޅުމާ މެދު މައި ނުރުހޭތީއޭ ރުޅި އަންނަނީ. ހިތް ބުންޏަސް މައިގެ ހިތުގަ އަހަންނާ މެދު އެ ކަހަލަ ފީލިންގްސް އުފެދިދާނެ ކަމަށް ގަބޫލުކުރަން ބޭނުން ނުވީ. އައިދަންއާ ބެހޭ ގޮތުން އެ ކަހަލަ އެއްޗެއް އެރޭ ބުނެވުނީ އޭނަގެ ގޯސް ވާހަކައެއް ދައްކާކަށް ނޫން، އައި އޭމް ސޯ ސޮރީ ފޯރ ދެޓް.

އަހަރެން ހިތަށްވެސް ނާރާ މައިއަށް އެނގިދާނެޔޭ. އެރޭ އެހެން އިނދެ އަހަރެން ދެއްކި ވާހަކަ އެކަކަށްވެސް އަޑު އިވުނު ކަމަކަށް ހިއެއް ނުކުރަން. ދުވަހަކުވެސް މައިއަށް ނާންގަން ހުރީ. އަޒްމަން ނޫން އެއްވެސް މީހެއް ކައިރީ ނުބުނަން. އޭނަ ކައިރީވެސް ބުނީއެއް ނޫން، ހީ ގެސްޑް.

ދެން ފަހުން… މައި ރުޅި އަންނަނީ ކީއްވެ ކަން އެނގުނަސް ހިތަށް އަރަނީ ހަމަ މައި އަހަރެންނާ މެދު އެ ގޮތަކަށް ފީލްއެއް ނުވާނޭ. އެހެންވެ އެއްޗެއް ނުބުނަން ހުރީ. ކިތަންމެ ހިތް އެދުނަސް މައި އަހަރެން ދެކެ ލޯބި ވެދާނެ ކަމަށް ހޯޕް ކުރަންވެސް އަހަރެން ބިރުގަތީ…”

އެ ހުރިހާ ދުވަހު ހިތުގައި ފޮރުވައިގެން ހުރި ހުރިހާ އެއްޗެއް ބޭރުކޮށްލަން ބޭނުންވެފައި ހުރިހެން ޒިއާމް ވާހަކަ ދައްކަމުން ދިޔައެވެ. ޒިއާމްގެ ވާހަކަ ނިމެންދެން އަޑު އަހަން މައިރާ ހުރީއެވެ.

“އެހެންވެ ދޯ އޭރު ދިޔައީ؟ އަހަރެން ވަރަށް ދެރަވި އޭރު ޒިއާމް ދިޔައީމަ. އެނގޭ ވަރަށް ހަރޓް ވެގެން ކަން ދިޔައީ. އެކަމަކު ކުޑަކޮށްވެސް ހިއެއް ނުކުރަން އަހަރެންގެ ސަބަބުން ކަމަކަށް ޒިއާމްއަށް އެހާ ވަރަށް ހަރޓް ވީ. ފަހުން އެނގުނީމަ ބޭނުން ވި މާފަށް އެދެން. އެކަމަކު ޒިއާމް ލޯބި ވާކަން އަހަންނަށް އެނގޭ ކަން ޒިއާމްއަށް އަންގަން ބޭނުން ނުވީ. އައިދަން ވަރަށް ދެރަވި ޒިއާމް އެހެން އުޅުނީމަ. ޒިއާމް ނުބުންޏަސް އައިދަންއަށް އެނގުނު އަންހެން ކުއްޖަކު ޒިއާމްގެ ހިތަށް ވަރަށް ތަދު ކޮށްފި ކަން. އޭނަ ވަރަށް މަސައްކަތް ކުރި އެއީ ކާކުތޯ ބަލަން. ފަހުން، އެރޭ، އައި ހަރޓް ޔޫ އެގެއިން. އެކަމަކުވެސް ހަދާނެ އެހެން ގޮތެއް ނުވިސްނުނީ. އަހަރެންގެ ފީލިންގްސް އާ ހެދި ކޮންފިއުޒް ވެފަ ހުރީ. އެކަމަކު އެޕާޓްމެންޓަށް ދިޔަ ރޭ އެނގިއްޖެ އަހަރެން ބޭނުން ވަނީ ކޮން ގޮތެއް ކަންވެސް. އަހަރެން ހުރީ ޒިއާމް އެއްވެސް އެއްޗެއް ބުނޭތޯ. ވަރަށް އިންތިޒާރު ކުރިން. އެކަމަކު ވިސްނުނީ ޒިއާމް އެއްޗެއް ނުބުނާނެ ކަން. އައިދަން… ފަހުންވެސް އަހަރުމެންގެ މެދުގަ ހުރީ އައިދަން…” މަޑުމަޑުން މައިރާ ބުންޏެވެ.

“ނަތިންގ މެޓަރސް މިހާރު. އައި ލަވް ޔޫ! އޭރުވެސް، މިހާރުވެސް، އަބަދުވެސް…” މައިރާގެ އަތުގައި ހިފާލަމުން ޒިއާމް ބުނެލި އިރު ހިތް އެދެމުން ދިޔައީ ހަމަ އެ ޖަވާބު މައިރާގެ ފަރާތުން ލިބުމަށެވެ.

“އައި ލަވް ޔޫ!” އެންމެ ފަހުން މައިރާ ބުނެލިއެވެ.

އިސްނަގާ ޒިއާމްގެ މޫނުގެ ދެ ފަރާތުން ހިފާލަމުން ކައިރިވީ މައިރާއެވެ. ދުރަށް ޖެހިލެވުމުން މައިރާ ޒިއާމްގެ މޭގައި މޫނު ޖައްސާލިއެވެ. ޒިއާމް ލައިގެން ހުރި މަޑު އަޅި ކުލައިގެ ގަމީހުގެ މޭމަތީގައި ފޭދިފައި ހުރި ލޭ ކުލަ މައިރާއަށް ފެނުނީ އެ ވަގުތުއެވެ.

އަވަސް އަވަހަށް ގޮށްތައް ނައްޓާލަމުން މައިރާ ގަމީހުގެ ދެ ބައި ދުރުކޮށް ބަލާލިއެވެ. އެއާއެކު ޒިއާމްގެ ކަރުގައި އޮތް ފަށް ފެނުމުން ފަށުގައި މައިރާ އަތް ޖައްސާލަމުން ޒިއާމްގެ މޫނަށް މައިރާ ބަލާލިއެވެ.

“މި އަޅައިގެންތަ އަބަދުވެސް އުޅުނީ؟” މައިރާ އަހާލިއެވެ.

“އެރޭ އެޅީ… އެރޭ ހިތަށް އެރީ ދެން ދުވަހަކުވެސް މައިއެއް ނުލިބޭނެޔޭ. މައިރާއާ އެންމެ ކައިރި ވެވޭނީ މިހެން ކަން އެނގޭތީ އެ ރެއިން ފެށިގެން އަޅައިގެން އުޅުނީ” ޒިއާމް ބުންޏެވެ.  ީ މްގެ މޫނަށ ތައް ރުޅިގެ ސިފައިގައި ބޭރު ކޮށްލަން ބޭނުން ވެފައި ހުރި ހެންނެވެ.

ފަށުގައި އަތް ޖައްސާލާފައި ޒިއާމްގެ މޭގައި ލޭ އަރާފައި ހުރި ރޮނގުގައި އަތް ޖައްސާލަމުން މައިރާ ޒިއާމްގެ މޫނަށް ބަލާލީ ކުރެވުނު ކަންތަކާ މެދު ދެރަ ވެގެންނެވެ.

މައިރާގެ ނިޔަފަތިން ޒިއާމްގެ މޭގައި އެޅިފައި ހުރި ރޮނގުގައި މައިރާ ތުންފަތް ޖައްސާލިއެވެ. މައިރާގެ ނޭވާ މެއަށް އެޅުމުން ޒިއާމްއަށް ނޭވާ އެތެރެއަށް ދަމާލެވުނެވެ. އެ އަޑި އިވުމުން މައިރާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އެއާއެކު ދެ އަތް ޒިއާމްގެ ކޮނޑުގައި ޖައްސާލަމުން މެއާ ކަރުގައި މައިރާ ލުއިކޮށް ބޮސްދެމުން ޒިއާމްގެ ހިއްސުތައް ހޭލައްވަމުން ދިޔައެވެ.

“މައިރާ!” ދެ އަތުން މައިރާގެ އުނަގަނޑުގައި ހިފާ އުފުލާލުމާއެކު މައިރާ ދެފައި ޒިއާމްގެ އުނަގަނޑުގެ ދެފަރާތުން އަޅުވާލިއެވެ. މައިރާއާ އެކު ޒިއާމް ގޮސް އެނދުގައި އިށީނެވެ. ޒިއާމް ހީވީ އަހަރުތަކެއް ވަންދެން ހިތުގައި ފޮރުވައިގެން އުޅުނު ލޯބި އެއް ފަހަރުން މައިރާއަށް ބުނެދޭން އުޅުނު ހެންނެވެ. އެތައް ރެއަކު ނުނިދި އޮވެ ދެކުނު ހުވަފެންތަކުގެ މަންޒަރުތައް ތެދު ކުރަން އުޅުނު ހެންނެވެ.

“ޒިއާމް… ޒިއާމް…” ނޭވާ ކުރުވެ ހަރަކާތް އަވަސްވެފައި ވީ ނަމަވެސް މައިރާ ގޮވާލުމާއެކު ޒިއާމް ލޯ ހުޅުވާ މައިރާގެ މޫނަށް ބަލާލާފައި ތެދުވެ އެނދުގެ މަގަތުން އިށީނެވެ.

“ޒިއާމް… މެރީ ކުރަން ހިނގާ” ޒިއާމް ކައިރީ އިށީނދެ ކޮނޑުގައި ބޯޖައްސާލަމުން މައިރާ ބުންޏެވެ.

“ހްމްމް…” މައިރާގެ އަތްތިލައިގައި ހިފާލަމުން ޒިއާމް އަޑެއް ލައްވާލިއެވެ.

“ޒިއާމް!” އެނބުރިލާފައި ޒިއާމްގެ މޫނަށް ބަލާލަމުން މައިރާ ގޮވާލީ މައިރާ ބުނި އެއްޗެއް ޒިއާމްއަށް އަޑު ނީވޭ ހެން ހީވެގެންނެވެ.

“ހްމްމް؟” އަނެއްކާވެސް ޒިއާމް ހޫނ އެއް ލައްވާލިއެވެ.

ހިނިއައިސްފައި ޒިއާމްގެ މޫނުގައި ހިފާ އަނބުރާލަމުން ތުންފަތުގައި މައިރާ ބޮސްދިނެވެ. އެއާއެކު ޒިއާމް ވަގުތުން އިޖާބަ ދިނެވެ.

“ނޯ… އާދެބަލަ…” ޒިއާމްގެ ސަމާލުކަން ލިބުނުކަން ޔަގީން ވުމުން ދުރަށް ޖެހިލަން އުޅުމުން މައިރާ ދިޔަނުދޭން ޒިއާމް މައިރާ ހިފެހެއްޓިއެވެ.

“އަހަރެން ބުނި އެއްޗެއް އަޑު އިވުނު ހެން ހީ ނުވާތީ” މައިރާ ބުންޏެވެ.

“އަޑު އިވުނު” މައިރާގެ އަތުގައި ހިފާ ކައިރިކޮށްލާފައި ޒިއާމް ބުންޏެވެ.

“އަހަރެން ބޭނުމީ ވީހާވެސް އަވަހަކަށް ދެން މެރީ ކުރަން” މައިރާ އެދުނެވެ.

ޒިއާމް ޖަވާބެއް ނުދީ ވިސްނާލިއެވެ.

މައިރާއާ ޒިއާމްގެ ގުޅުމަށް ރައިހާނާއާ ހާފިޒް ބުނާނެ އެއްޗަކާ މެދު ޒިއާމް ވިސްނާލެވުނެވެ. އެ މީހުންގެ ފަރާތުން އެއްވެސް ވަރެއްގެ ނުރުހުމެއް އޮވެދާނެ ހެއްޔެވެ؟ އެ ސުވާލު ހިތަށް އެރުމާއެކު ޒިއާމްއަށް ދެ ފަރާތަށް ބޯ ހަލުވާލެވުނީ އެހެން ނުވާނެ ކަން ޔަގީން ވާތީއެވެ. ޒިއާމްއާ މައިރާ އެދޭ ގޮތަކާ ދެކޮޅަށް އެ މީހުން އެއްވެސް އެއްޗެއް ނުބުނާނެއެވެ. ކައިވެނީގެ ވާހަކަ ބުނުމުން ރަޒާނާ އުފާ ވާނެވަރު ހިތަށް އަރާފައި ޒިއާމްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ޒިއާމްގެ މަންމަ އެ ހުވަފެން ދެކޭތާ ކިތައް އަހަރު ވެއްޖެ ހެއްޔެވެ؟ އެ މަންމަގެ އުންމީދު ފުރިހަމަ ކޮށްދެވެވޭނެ ދުވަސް ދެން މާ ދުރެއް ނޫނެވެ.

“ޒިއާމް…” ޒިއާމް ޖަވާބެއް ނުދީ ލަސް ވުމުން މައިރާ އެނބުރި ބަލާލިއެވެ.

“އަހަރެން ހީކުރީ އަހަރެން ކަމަށް ކައިވެންޏަށް އެދެން ޖެހޭނީ” ހިނިއައިސްފައި ޒިއާމް އަހާލިއެވެ.

“ތީ ހުރިހާ ކަމެއްވެސް މާ ސްލޯކޮށް ކުރާ މީހެއް. އައި ކާންޓް ވެއިޓް ދެން” ޒިއާމްގެ މޭގައި މޫނު ފޮރުވާލަމުން މައިރާ ބުންޏެވެ.

“އާނ، އެކަން އެނގޭ އެބަ…” މައިރާގެ ދެ އަތުގައި ހިފާލި ޒިއާމް ހޭން ފެށީ މައިރާގެ ކެތްތެރިކަމެއް ނެތްކަން އެނގޭތީއެވެ.

އަނެއްކާވެސް އެ ދެމެދުގައި ސަމާސާގެ ވަގުތުކޮޅެއް ދިޔައެވެ.

“ދެން… ކޮން އިރަކުން މަންމަމެންނާ ވާހަކަ ދައްކާނީ؟” މައިރާ އަނެއްކާވެސް އެހީ ކައިވެނީގެ ވާހަކައެވެ.

“އަހަންނަށް ވަގުތުކޮޅެއް ދީ މައި. އެނގޭ އެ މީހުން ދެކޮޅެއް ނުހަދާނެ ކަން. އެކަމަކުވެސް… އައި ނީޑް ސަމް ޓައިމް” ޒިއާމް އެދުނެވެ.

މައިރާ ބޯޖަހާލިއެވެ.

 

“ދޮން އެންޑް ޒިއާމްބެ…؟” ލެއްޕުނު ދޮރާ ދިމާއަށް ބަލަން ހުރެ މިޝްޔާއަށް ބުނެވުނީ ގަބޫލު ނުކުރެވިގެންނެވެ.

“އާނ މިޝީ. މައިރާއާ ޒިއާމް. ދުވަސްގަނޑެއް ވެއްޖެ ދެ މީހުން އެ ފައިޓް ހިންގާނުލެވިގެން އުޅޭތާ” މިޝްޔާގެ ކޮނޑުގައި އަތް އަޅުވާލަމުން ހެވިފައި އައިމަލް ބުންޏެވެ.

“އެކަމަކު… އަހަރެން ހީކުރީ ޒިއާމްބެއާ އައިމަލް ކަމަށް…” އައިމަލްގެ މޫނަށް މިޝްޔާ ބަލާލީ އައިމަލް ދެއްކި ވާހަކައާ މެދު ޝައްކު ވެގެންނެވެ.

“އެއީ މިޝީގެ ދޮން ރަނގަޅަށް ރުޅި އަރުވާލަން ވެގެން އުޅެން ޖެހުނު ގޮތް. އެހެން ނުވި ނަމަ އަދިވެސް ދެ މީހުން ތިބޭނީ ސައިލެންޓް ފައިޓެއްގަ. އެހެންނެއް އެއް ކަމެއްވެސް ނުވާނެ. އެ ދިޔައީ ބޭނުން ވާ ވަރަށް ހޮޓްކޮށް. އަނެއްކާ އެތެރޭގަ ރޯވާ ވަރަށް ހޮޓް ނުވެއްޖެއްޔާ ރަނގަޅު” ސަމާސާ ރާގަކަށް އައިމަލް ވާހަކަ ދައްކަމުން ދިޔައެވެ.

“އައިމަލް!” އައިމަލްގެ ބުރަކަށީގައި އާރާ ޖަހާލިއެވެ.

“ޓަކި ޖަހާލަންތަ؟” ހިނި އައިސްފައި އައިމަލް އެހިއެވެ.

“ނޫން!” އާރާއާ ޒައިނާއާ މިޝްޔާ އެއްފަހަރާ ބުންޏެވެ.

“އޯހ، ދޮން އަނެއްކާވެސް މެރީ ކުރާނީތަ؟ ސަޅި! ދޮން ހާދަ ވަރަކަށް ރޮއެފައޭ އެހެރީ… ފުރަތަމަ ދޮންތަބޭ، ދެން ބޭބީ… އެކަމަކު ދެން އަނެއްކާވެސް ދޮންއަށް ބޭބީއެއްވެސް ލިބިދާނެ. ވާއު!” މައިރާއަށް ޓަކާ މިޝްޔާ ހުރީ އުފަލުންނެވެ.

“އަހަރުން މަޑު ކުރަނީތަ؟” އައިމަލް އަހާލީ އެކި މީހުން ދަމުން ގޮސް އެ ހަ މީހުން އެކަނި ވުމުންނެވެ.

“އެ މީހުންނަށް ޓައިމް ދީފަ ދަމާ؟ އާރާ، ކިހިނެއް ހަދަނީ؟” ޒައިނާ ބުންޏެވެ.

“ދެން ދާނީ ދޯ އިޔާ؟ މަންމަ އިންނާނީ މިހާރު ނިދި އައިއްސަ” އިޔާދުގެ އަތުގައި ހިފާލަމުން އާރާ ބުންޏެވެ.

“ހިނގާ” އިޔާދު ދާން ތެދުވިއެވެ.

“އަހަރުމެންވެސް ދެން ދާނީ. އާރާ، ހިނގާ އެކީގަ ދާން. އައިމަލްއާ މިޝީ ކިހިނެއް ހަދާނީ؟ ދަންޏާ ޑްރޮޕް ކޮށްދެވިދާނެ” ޒައިނާ ތެދުވެ ދަބަސް އަޅުވާލިއެވެ.

“ހިނގާ ދާން. ދޮން ދާން ވީމަ ޒިއާމްބެއާ އެކީ ދެވޭނެއެއްނު؟” މިޝްޔާވެސް އެދުނީ މައިރާއާ ޒިއާމްއަށް ވަގުތު ދޭށެވެ.

“މައިއަށް މެސެޖް ކޮށްލާނަން” އައިމަލް ފޯން ނަގާ މައިރާއަށް މެސެޖެއް ލިޔެ މައިރާގެ ފޯނަށް ފޮނުވާލިއެވެ.

“އެންމެން ދިޔައީތަ؟” މައިރާއާ ޒިއާމް ކޮޓަރިން ނިކުތް އިރު އެކަކުވެސް ފެންނާކަށް ނެތެވެ. މުޅި ތަން އޮތީ ސާފުވެސް ކޮށްފައެވެ. މިޝްޔާވެސް ފެންނަން ނެތުމުން މައިރާ މިޝްޔާގެ ކޮޓަރިވެސް ބަލާލިއެވެ.

“މިޝީވެސް ނެތް. ކާކާ އެކީ އެ ދިޔައީ؟” މިޝްޔާ ނެތުމުން މައިރާ ކަންބޮޑުވިއެވެ.

“ގުޅާލަން ވީނު؟” ޒިއާމް ބުންޏެވެ.

އައިމަލް ފޮނުވާފައި އިން މެސެޖް މައިރާއަށް ފެނުނީ އައިމަލްއަށް ގުޅަން ވެގެން ފޯން ބަލާލުމުންނެވެ. ޒައިނާ އާ އަޒްމަން މިޝްޔާ ގެންގޮސްދޭނެ ވާހަކަ އައިމަލްވެސް އަދި ޒައިނާވެސް މެސެޖްކޮށް ބުނެފައި އޮތެވެ. އޭގެ އިތުރުން މައިރާއާ ޒިއާމްގެ މެދުގައި ވީ ހުރިހާ ކަމެއްގެ ތަފްސީލް ބޭނުން ވާނެ ކަމަށް އައިމަލް ބުނެފައި އޮތެވެ.

“ކިހިނެއް ވީ؟” މައިރާ ބާރަށް ހީލުމުން ޒިއާމް އަހާލިއެވެ.

“އެއީ އައިމަލްއާ ހެދި. ޒައިއާ އަޒްމަން މިޝީ ގެއަށް ލާދޭނެޔޯ” އައިމަލް ލިޔެފައި އޮތް އެއްޗެއް މައިރާ ޒިއާމް ކައިރީ ނުބުންޏެވެ.

“ދާން ވީތަ؟” ޒިއާމް އެހިއެވެ.

މައިރާ ބޯ ޖަހާލިއެވެ.

މައިރާއާ ޒިއާމްއަށް ގެއަށް ދެވުނީ މިޝްޔާ ދިޔަތާ ދިހަ ވަރަކަށް މިނަޓް ފަހުންނެވެ. އޭރު ސިޓިންގްރޫމްގައި މިޝްޔާ އިނީ މައިރާގެ އިންތިޒާރުގައެވެ.

“ތި އައީ ދޯ؟” މައިރާމެން ފެނުމުން ހިނިއައިސްފައި މިޝްޔާ އަހާލިއެވެ.

“މަންމަމެން ކޮބާ؟” މައިރާ އަހާލިއެވެ.

“ނިދާފަ. ޒިއާމްބެ، ދަނީތަ އެހާ އަވަހަށް؟” ޒިއާމް ދާން އުޅުމުން މިޝްޔާ ގޮސް ޒިއާމްގެ އަތުގައި ހިފާ ހުއްޓުވިއެވެ.

“ވަރަށް ލަސްވެއްޖެއެއްނު؟ މިޝީ ނިދަން ޖެހޭނެއެއްނު؟” ޒިއާމް ބުންޏެވެ.

“އާނ، އަހަރެން ނިދަން ޖެހޭނެ. އެކަމަކު ބައެއް މީހުން ނުޖެހޭނެ ނިދާކަށް. އަހަރެން ވަދެފާނަމޭ ކޮޓަރިއަށް. އިހަށް އާދޭ. ކޮފީއެއް ނަމަވެސް ބޯލައިގެނެއްނު ދާން ވާނީ. ދޯ ދޮން؟” މިޝްޔާގެ އަޑުގައި ވަނީ ސަމާސާއެވެ.

“މިޝީ!” މައިރާ ގޮވާލިއެވެ.

“އޯހ ސޮރީ. ހަނދާން ނެތުނީ. މީހުން ތިއްބަސް ޒިއާމްބެއަށް އޯކޭއޭ ދޯ؟” ހަށަން ބަނދެލަމުން މިޝްޔާ ސޯފާގައި އިށީނދެ ފަހަރަކު މީހެއްގެ މޫނަށް ބަލާލިއެވެ.

“މިޝީ!” ރަކިވެފައި މައިރާ ތަންކޮޅެއް ބާރަށް ގޮވާލީ އިންޒާރެއް ދޭ ފަދައިންނެވެ.

“އޯކޭ އޯކޭ! އޭރު އައުޓް އޮފް ކޮންޓްރޯލް ވީ ދޯ؟ އެހެންވެސް ވެދާނެ. އެކި މީހުންގެ ޕޭޝަންސް ލެވެލް އެކި ވަރު ދޯ ވާނީ. ދެން މި ޖެހުނީ ކޮޓަރިއަށް ދާކަށްނު” މިޝްޔާ ދެންވެސް ދިމާކޮށްލިއެވެ.

“ފާތުމަތު މިޝްޔާ ޝަފީއު!” މައިރާ އައިސް މިޝްޔާގެ ބޮލުގެ ފަހަތުން ޖަހާލިއެވެ.

“ސޮރީ ދޮން. ބަޓް އައިމް ސޯ ހެޕީ ފޯރ ޔޫ. ދޮން، ޔޫ ޑިޒަރވް ދިސް” މިޝްޔާ އެނބުރި މައިރާ ގައިގައި ބައްދާލިއެވެ.

“ހޭވް ފަން” ޒިއާމް އާ ދިމާއަށް ބަލާލާފައި އަތުން ހަނާ އަޅާލަމުން މިޝްޔާ މައިރާގެ ކޮޓަރިއަށް ވަނެވެ.

“ކޮފީ ގިރަންތަ؟” މައިރާ އަހާލިއެވެ.

ޒިއާމް ދެ ފަރާތަށް ބޯ ހަލުވާލާފައި އައިސް މައިރާ ކައިރީ ހުއްޓި މައިރާގެ ނިތްކުރިއަށް ބޮސްދިނެވެ.

“ގުޑް ނައިޓް!” ޒިއާމް ބުންޏެވެ. މައިރާ ބޯ ޖަހާލާފައި ޒިއާމްއާ އެކު ދޮރާ ހަމައަށް ގޮސް ޒިއާމް ނިކުތުމުން ދޮރު ތަޅުލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

އެކުއްޖާ 2 – 8

Next

މިޝްކާ (ފުރަތަމަބައި)

Next
December 21, 2020

މިޝްކާ (ފުރަތަމަބައި)

Previews
December 21, 2020

އެކުއްޖާ 2 – 8



All Right Reserved!