ޔާރާ އަހާށޭ
ދުއްވާ އެއްޗެހި ގިނަވެފައި އޮތް މަގުން ހުރަސްކޮށް އަނެއް ފަރާތަށް ދާން އަހަންނަށް ހިނގައިގަނެވުނީ ބަލަން ވީ ވަރަށް ނުބަލައެވެ. ހާސްކަމާއެކު ސަމާ ގޮވާލި އަޑު އިވުމުން ކަނާތް ފަތާރަށް ބަލާލުމާއެކު އަހަރެން ބިރުން ހުރިތާ ތަތްވިކަހަލައެވެ. ސިހިގެން ދިޔައީ މީހަކު އަހަރެންގެ އަތުގައި ހިފާ ބާރަށް ދަމައިގަތުމުންނެވެ. ދެ މީހުން ވެއްޓުނީ އެކީގައެވެ. ވީ ތަދުން އަޑެއް ލައްވާލެވުނެވެ. އަތުގެ އުޅަނބޮއްޓާ ދިމާލުން ދިލަ ނަގައިގެން ދިޔައެވެ. ލޮލުން ކަރުނަ އައީ އިޚްތިޔާރަކާ ނުލައެވެ.
“ވަރަށް ތަދުވިތަ؟” އެ ސުވާލުގެ އަޑު އިވުމާއެކު ބަލާލެވުނެވެ. އެއާއެކު ބަހެއް ބުނަން ނޭނގިފައި ހުރެވުނީ އެ ދަންނަ، ނުދަންނަ ޒުވާނާގެ މޫނަށް ބަލާށެވެ.
ޖަވާބެއް ދިނުމުގެ ބަދަލުގައި އަހަރެން އުޅުނީ ތެދުވާށެވެ. ނަމަވެސް ތެދުވަން ވިއްދާލެވުނު އަތްތިލައަށް ވީ ތަދުން އަނެއްކާވެސް އަހަރެން ވެއްޓުނީއެވެ. އެއާއެކު އެ ޒުވާނާ އަހަރެންގެ އަތުގައި ހިފާ ތެދުވުމަށް އެހީވިއެވެ.
“ދީނާ…” ކައިރިން އިވުނީ ސަމާގެ އަޑެވެ.
“ދީނާ… އަތަށް ވަރަށް ތަދުވެފަ ތިހިރީ، ލޭވެސް އެބަ އާދޭ އަތުން، ހޮސްޕިޓަލަށް ގޮސް ބޭސް އަޅާލަން ވީނު؟” އަހަރެންގެ އަތަށް އިޝާރާތް ކޮށްލަމުން އެ ޒުވާނާ ބުންޏެވެ.
“ތެދެއް. ބޭސް ނާޅާ ދޫކޮށްލާ ވަރަކަށް ނޫން ލޭ އެ އަންނަނީ” އަހަރެންގެ އަތުގައި ހިފާ އުފުލާލަމުން ސަމާ ބުންޏެވެ.
“އޮފީސް… ސަމާމެން ގަޑި ޖެހޭނެ…” އަހަންނަށް ބުނެވުނެވެ.
“މިއަދު ދެން ގަޑި ނުޖެހިއެއް ނުދެވޭނެ އެކަކަށްވެސް. ތި ދެ ކުދިން ދާންވީނު އޮފީހަށް؟ އަހަރެން ދީނާ ގޮވައިގެން ހޮސްޕިޓަލަށް ދާނަން” އެ ޒުވާނާ ހުރީ އެހީވާން ތައްޔާރަށެވެ.
* ސަލާމް! ވަރަށް ގިނަ ދުވަސް ކޮށްލާފަ އަނެއްކާވެސް ވާހަކައެއް ލިޔެވޭތޯ މަސައްކަތް މި ކުރަނީ. އިންޝާﷲ ވަރަށް އަވަހަށް މި ވާހަކަ ފަށާނަން. ކިޔުންތެރިންނަށް ކަމުދާނެ ކަމަށް ހީކުރަން.
6 Comments!
Comments are closed.








Waiting for this story
Part 1 on Thursday
Happy to see you back! Curiously Waiting for this story😊
Thank u
Kon dhuvas thakehga thw vahaka kiyaalan libeyny??
Week aku 2 days Monday and Thursday
InshaAllah Thursday ga start kuraanan