
މަޢާފް އެދެމުން 17

“ލައި… އެއްޗެއް ބުނެބަލަ!” ރިޔާން ވާހަކަ ދައްކާ ނިމުނު ފަހުން އެތައް އިރެއް ވީ އިރުވެސް ލައިރާ އެއްޗެއް ނުބުނުމުން ރިޔާން އެދުނެވެ.
“އަހަރެން ކީކޭ ބުނަން ވީ؟ ދެ އަހަރު ފަހުން އައީ ރިޔާންގެ ފަރާތުން މި ކަހަލަ ވާހަކައެއް އަޑު އިވޭނެ ކަމަކަށް ނޫން. އަހަންނަށް ދެ އަހަރު ވަންދެން ބޭކާރު އިންތިޒާރެއްތަ މި ކުރެވުނީ؟ އެހާ ދުވަސް ފަހުން ރިޔާންގެ އަނތްބަކަށް ވެވޭނެ ކަމަށް ކުރެވުނު އުންމީދު ހުވަފެނަކަށްތަ ވާނީ؟ އަހަރެން އެކަނިތަ އެހާ ވަރަށް ލޯބި ވީ—؟” ލައިރާއަށް ބުނެވުނީ އެ ވަރަށެވެ. ރޮވުމާއެކު ލައިރާ އަނެއް ފަރާތަށް އެނބުރުނެވެ.
“ނޫން… އަހަރެންވެސް ދެ އަހަރު ވަންދެން ލައިއަށް އިންތިޒާރު ކުރިން… ލައި އަހަރެންގެ އަނތްބަކަށް ވާނެ ކަމަށް އުންމީދު ކުރިން… އަހަރެންވެސް ލައި ދެކެ ލޯބި ވޭ…” ރިޔާން ބުންޏެވެ.
“އަހަރެން ގެއަށް ދާން ބޭނުން…” ލައިރާ ބުންޏެވެ.
“ލައި… ހަތް މަސް އަހަންނަށް އަދި ދީ… މި ހުރިހާ ކަމެއް އޭރަށް ނިމޭނެ… އަހަރެން އެއްވެސް ކަމެއް ލައިއަކަށް ނުފޮރުވަން، ދޮގެއް ނުހަދަން. ލައި ބޭނުމިއްޔާ އަލްޔާއާ ވާހަކަ ދައްކަންވީ… ޕްލީޒް…” ލައިރާގެ އަތްތިލައިގައި ހިފާލަމުން ރިޔާން އެދުނެވެ.
“އަހަންނަށް އެ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.