
މަޢާފް އެދެމުން 21

“ސޮރީ…” ރިޔާން މާފަށް އެދުނެވެ. ދެ މީހުންނަށް ތިބެވުނީ އެނދުގެ މެދުގައި އެކަކު އަނެކަކުގެ ގައިގައި ކިރިޔާ ނުޖެހޭހާ ކައިރީގައި ކަން އެނގި ރިޔާން ދުރަށް ޖެހިލަން އުޅުނެވެ.
“ރިޔާން…” އަލްޔާ ގޮވާލުމުން ރިޔާން ބަލާލިއެވެ.
އެއްޗެއް ނުބުނެ ކައިރިއަށް ޖެހިލަމުން އަލްޔާ ރިޔާންގެ ގައިގައި ބައްދާލިއެވެ. އެއީ އެ ދެމެދުގައި އާ ކަމެއް ނޫނެވެ. އަލްޔާއަށް ނިދަން އުނދަގޫވެ އެ ގޮތަށް ރިޔާން ގައިގައި ބައްދާލައިގެން އޮވެ ނިދުމުން ރިޔާން ތެދުވެގެން ގޮސް ސޯފާގައި ނިދާ ރޭރޭ މަދެއް ނޫނެވެ. ދެމަފިރިއެއްގެ މެދުގައި ވާ ފަދަ ގާތް ކަމެއް އެ ދެމެދުގައި ނުބޭއްވުމަށް ރިޔާން ވިސްނައެވެ. ބަލިވެ އިނުމުގެ ސަބަބުން އަލްޔާއަށް ވާ އުނދަގޫތައް ރިޔާންއަށް އެނގެއެވެ. އަލްޔާއާ މެދު ހިތުގައި ހަމްދަރުދީ ވާތީ ވެދެވެން އޮތް އެހީތެރިކަމެއް ދިނުމަށް ރިޔާން ފަހެއް ނުޖެހެއެވެ. އެރޭވެސް ރިޔާން އަލްޔާއަށް ދިނީ އެ ފުރުސަތެވެ.
ވެފައި ހުރި ވަރުބަލިކަމުގައި އެހެން އޮވެ ނިދުނު ރިޔާންއަށް ހޭލެވުނީ އަލްޔާގެ ތުންފަތުގެ ހޫނުކަން އިހުސާސް ވުމުންނެވެ. ރަނގަޅަށް ހޭ ނުލެވި އޮތް ރިޔާންއަށް އަލްޔާއަށް ފުރުސަތު ދެވުނީ ވަމުންދާ ގޮތް ރަނގަޅަށް ނުވިސްނި އޮ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.