ވާނަން އުމުރަށް – 4 –
ނާއިލް އެހެން ބުނުމުން އިއްބާން ނާއިލްއާއެކު ހިނގައިގަތީ ދެބުމަ ގޮއްޖަހައިގެން ހުރެއެވެ.
ގެއަށް ވަދެވުމާއެކު އައިލީން ދުއްވައިގަތީ ކޮޓަރިއަށް ވަނުމަށެވެ.
“ޕިސް..ޕިސް….ހާދަ ބާރަކަށް..އަނެއްކާ އެއްކަލަ….ކާކުތަ..އިއްބާން ދޯ…އޭނަ ފަހަތުން އަންނަނީތަ ކޮޓަރިއަށް ވަދެފިލަން ތި ދުވަނީ..ހެހެ..” ލީޝާ ސޯފާގަ އިނދެ ބުނެލީ އެކުވެރިޔާގެ ހާލު ނޭނގި ހުރެއެވެ.
“ލީޝް…އެބަ އަންނަން ފެންވަރާލާގެން…ފިފްޓީން މިނެޓްސް…”
އައިލީން އަށް ބުނެވުނީ އެހިސާބަށެވެ. ގިސްލެވެން ފެށުމުން އައިލީން ކޮޓަރިއަށް ވަދެ ދޮރުތަޅުލިއެވެ. އަދިގޮސް ސޯފާގައި އިށީތުމާއެކު ރޮވެސް ފެށުނެވެ. ކީއްވެ ކަމެއް ނޭނގެއެވެ. ހަމަރޮވެނީއެވެ. މީހާ ހަމައަކަށް އެޅުމުން އައިލީން އަވަސްވެގަތީ ފެންވެރުމަށެވެ.
ސުކޫލް ނިމުނު ހަފްތާ އައިލީންއަށް ހަމަ ނޭވާވެސް ނުލެވެވުނެވެ. ޓެސްޓަކަށް ފަހު ޓެސްޓެކެވެ. ފަހުއަހަރު ވުމުން އައިލީން މަސަތްކަތް ކުރީ މައިންބަފައިން ފަޙުރުވެރިވާނެފަދަ ރަންވަނަތަކާއެކު ސްކޫލް ފަހުއަހަރު ކިޔެވުން ނިންމުމަށެވެ. އައިލީން އެކަން ކާމިޔާބުވެސް ކުރިއެވެ. މުޅި ސްކޫލުން އެއްވަނަ ހޯދިއެވެ. ސްކޫލް ނިމި އެގޮތުގައި ފަނަރަދުވަސް ވޭތުވެ ދިޔައެވެ. އައިލީން އަށް އިއްބާންއެއް ނުފެނެއެވެ. ނަމަވެސް އަބަދު ވިސްނެނީ އިއްބާންއާ ދޭތެރޭގައެވެ.
މިޔަދުމީ އައިލީން މާލެ ފުރާ ދުވަހެވެ. ގަޑިން ހަތްގަޑި ސާޅީސް ވުމާއެކު އައިލީން މެން ތިބީ ބަދަރުގައެވެ.
“ދަރިފުޅާ….މެލޭޝިއާއަށް ގޮސް ކިލީނާ ދައްތަގެ ބަސްއަހައިގެން އުޅޭތި…ރަނގަޅަށް ކިޔަވާތި…ގޯސްކޮށް ނޫޅޭތި އިނގެ ދަރިފުޅާ…ބަރާބަރަށް ޤުރުއާން ކިޔަވައި ނަމާދުކުރާތި…” ސައިރާ މަންމައަކު ދޭންޖެހޭ ހުރިހާ ނަސޭޙަތެއް އައިލީން އަށް ދިނުމަށްފަހު ދަރިފުޅުގައި ބައްދާލީ ނިކަން ލޯބިންނެވެ.
“ލައްބަ މަންމާ…ﷲގެ އިރާދަފުޅާއެކު އަޅުގަނޑު މަންމަމެން ފަޙްރުވެރި ވާނެފަދަ ކުއްޖަކަށްވެގެން އަންނާނަން… ” އައިލީން އެހެން ބުނެލިއިރު އެދެލޮލުން ކަރުނަ ނިރާލައިފިއެވެ. ނުރޯންވީ ސަބަބެއް ނެތެވެ. ދެއަހަރަށް މަންމަމެންނާ ވަކިން އޭނަ އުޅޭނީ ކިހިނެއް ހެތްޔެވެ. ނަމަވެސް ކެއްކުރާނީއެވެ. މަންމަ ގައިގައި ނުހަނު ބާރަށް ހިފަހައްޓާލައިގެން އަމިއްލަ ހިޔާލަކަށް ގެއްލިފަހުރި އައިލީން ސިހުނީ ލޯނޗު ކައްޕި ފުރާގަޑި ޖެހުނީއޭ ބުނުމުންނެވެ. އައިލީން އަވަހަށް ބައްޕައާ ސަލާމްކޮއްލުމަށްފަހު ގޮސް އަޔާން ކުރިމަތީ ހުއްޓި ނިކަން ބާރަށް އަޔާން ގައިގަ ބައްދާލިއެވެ.
“ދޮންބެގެ ބޮޑުނުވާ ލިޓިލް ސިސް…ތިއުޅެނީ ދޮންބެ ނޭވާ ހާސްކޮށް މަރާލަންތަ..ނޭވާވެސް ނުލެވޭ..ހެހެ…” އަޔާން އައިލީން ގައިގަ ބައްދާލަމުން ބުނެލީ ހީލާފައެވެ.
“ލީން …..ރަނގަޅަށް ކިޔަވައްޗޭ….” އައިލީން އަޔާން ގައިން ދޫކޮއްލުމުން އަޔާން ބުނެލިއެވެ.
“ހޫމް..ދެން ދަނީ…ބާއި މަންމާ ، ބައްޕާ…..ބާއި ދޮންބޭ….” އައިލީން ކޮންމެ މީހަކަށް ވަކިވަކިން ބަލާލުމަށްފަހު ލޯނޗަށް އެރިއެވެ.
ހެނދުނުގެ ހޫނުކަންގަދަ ވަގުތު ލޮނުގަނޑު ކަފަމުން ދިޔަ ލޯނޗުތެރޭގައި އައިލީން އިނީ ހިޔާލަކަށް ގެއްލިފައެވެ.ހެޑްސެޓުން ލަވަޖަހަމުންދިޔަ އައިލީން ގެ ލޯ މަޑުމަޑުން މެރެނެވެ.
އައިލީން ސިހިގެން ދިޔައީ އޭނާއަށް މީހަކު ގޮވަން ފެށުމުންނެވެ.
“އެ ލެފީއޭ މާލެ..” އައިލީން އާ ޖެހިގެން ވާއަތް ފަޅީ އިން އަންހެން މީހާ ބުނެލިއެވެ. އައިލީން ކުޑަ ހިނިތުންވުމަކަށް ފަހު އެއަންހެން މީހާއަށް ޝުކުރުއަދާ ކުރިއެވެ. އެއަށް ފަހު ދަބަސް ހިފައިގެން ހިނގައިގަތީ މާލެ އެރުމަށެވެ.
“އައިލީން…” ފަހަތުން ފިރިހެނެއް ގޮވާލުމުން އައިލީން ފަހަތް ބަލާލިއެވެ. އަދި ހިނިތުންވެފައި އެމީހާއާ ދިމާލަށް ހިނގައިގަތެވެ.
“ނާހިދް ބޭ…ކިހިނެއްތަ…” މެދުއުމުރުގެ ފިރިހެނެއް ކައިރިއަށް ހުއްޓެމުން އައިލީން އަހާލިއެވެ.
“ބޭބެ ރަނގަޅު..ދަރިފުޅު ކިހިނެއް…” ނާހިދު އަހާލިއެވެ.
ނާހިދަކީ ޝާހިދުގެ އެންމެ ދުވަސްވީ ޝާހިދު އެންމެ އިތުބާރުކުރާ އެކަކެވެ. އައިލީންއަށް ނާހިދު އެނގުނެއްކަމަކު ނާހިދުގެ އަންހެނުންނެއް ނުދެކެއެވެ. އައިލީންވެސް އެކަމާ އަޅައެއްނުލައެވެ. ޓެކްސީ ގޮސް އެއަރޕޯޓު ކައިރިއަށް މަޑުކޮއްލުމުން އައިލީން އާ ނާހިދު ފޭބިއެވެ.
“ނާހިދުބެ ދެން އޯކޭ ދިއަޔަސް…އަޅުގަނޑު އެކަނި ގޮސްލާނަން ދެން..” އައިލީން ބުނެލިއެވެ. ނާހިދު އޯކޭއޭ ބުނެ ޓެކްސީއަކަށް އެރިއެވެ.
– 5 ދުވަސް ފަސް.. –
“ދެން ކައިޒިލް…ގަޑިޖެހެނީ…ދާންވެއްޖެ…ބޭނުމެއްނޫން ގަޑިޖެހޭކަށް..” އައިލީން އަވަސްއަވަހަށް ބުނެލިއެވެ.
“ވަރިހަމަ…މި ސައިތަށި ބޮއެގެން ދެވޭނީ…ދެން ބޮޑާނުހާކާ މި ބޯލަބަ…” ކައިޒިން އައިލީން އަތަށް ސައިތަށި ދެމުން ބުނެލިއެވެ.
“އޯކޭ….” އެންމެ ފަހުން އައިލީން އެއްބަސްވީ ކައިޒިލް ގާތުން ކުރިނުހޯދޭނެކަން އެނގޭތީއެވެ. އަދި ނުބޯން ތުންކޮޅު ހަދައިގެންހުރެފަވެސް އެއްނޭވާއިން ސައިތަށި ދަމާލިއެވެ.
“ހެޕީ….ނައު ލެޓްސް ގޯ…ނައު…”އައިލީން ހަރުކަށިރާގަކަށް އެހެން ބުނުމަށްފަހު ކާބައިން ނުކުތެވެ. ކައިޒިލް ޖަހާލީ ހިނިގަނޑެކެވެ.
ފިގު އިސްކޮޅެއް ލިބިފައިވާއިރު ހަމުގެ ކުލަ އަތްޔެވެ. ރީތި ގޮތަކަށް އިސްތަށިގަނޑު ސްޓައިލްކުރެވިފައިވާއިރު ހުރީ އަޅިކުލަ ޖައްސާލާފައެވެ. ބައިމަތި ފުޅާ ރީތި ހަށިގަނޑެކެވެ. އައިލީން އައިތާ ހަފްތާއެއް ވީއިރު އެންމެ ރައްޓެހީ ކައިޒިލް އާއެވެ. ދެމީހުންވެސް ކުރިއަށްދަނީ އާކިޓެކްޗާރ ގެ ދާއިރާއިންނެވެ. ކައިޒިލްގެ ކޮއްކޮ ކައިރާ ދަނީ ކޮލެޖަށެވެ.
އެ ގޮތުގައި ސަމާސާކުރުމާ ކިޔެވުމުގައިވަގުތު ހޭދަކުރަމުން އައިލީންދިޔައެވެ. ނަމަވެސް އިއްބާންގެ މަތިން އަބަދުވެސް ހަނދާންވެއެވެ.
– 2 އަހަރު ފަސް –
ފެހިކުލައިގެ ކަކުލާ ހަމައަށް އަރާ ހެނދުމެއް ލައިގެން އަޅިކުލައިގެ ސްކްނީއެއްގައި ހުރެ އެއަރ ޕޯޓިން ނުކުމެގެން އަންނަ އަންހެން ކުއްޖާއަށް ގިނަމީހުންގެ ނަޒަރު ހުއްޓިފައި ވެއެވެ. ނަމަވެސް އެއަންހެން ކުއްޖާގެ ސަމާލުކަން ހުއްޓިފަހުރީ އަތުގަ އޮތް ފޯނަށެވެ. މިނިވަންކަމާއެކު ދޫކޮއްލެވިފައިވާ ކަޅުކަންގަދަ ރާޅުބާނި އިސްތަށިގަނޑު ވަޔާއެކު އުދުހެމުން ދިޔައިރު އެއަންހެން ކުއްޖާއަށް އުނދަގޫ ނުވާފަދައެވެ. އެ ދެލޯ ވަނީ ކަޅުކުލައިގެ އައިނަކުން ނިވާކުރެވިފައެވެ. ތުންފަތުގައިވަނީ މަޑު ފިޔާތޮށި ކުލައެއް ޖައްސާލެވިފައެވެ. ފޯނަށް ނަޒަރު ހުއްޓާލައިގެން ހުރި އަންހެން ކުއްޖާ ސިހުނީ ވަރަށް ބާރަށް މީހަކު ގައިގަ ޖެހިގަތުމުންނެވެ.
“ސޮރީ..ސޮރީ..” އެ ޒުވާނާގެ ފިރިހެންވަންތަ އަޑުން އެހެންބުނުމަށްފަހު އެއަންހެން ކުއްޖާއަށް ބަލާލުމެއްނެތި ކުރިއަށް ހިނގައިގަތެވެ. އެވަގުތު އެއަންހެން ކުއްޖާގެ ސައިން ހީބިހިނަގައިގެން ދިޔައީ އެ ޒުވާނާގެ އަޑު އިވިފައެވެ. އަދި ބޭއިޙްތިޔާރިގައި ބުނެލެވުނެވެ.
“އިއްބާން…”
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
19 Comments!
Comments are closed.








I am 12 years old girl who loves to write dhivehi stories.
Salaam all my readers.. here is the 4th part of the story.. hope you will like this part too.. I know this part is very short.. next part Insha Allah varah avaha. . feel free to comment your views.. love you all.. good night…♥❤♥❤♥
Waiting for next episode
Thanks..keep waitting..?
Leen and loon akyves Kim so hyun?
Leen and loon akyves Kim so hyun?
Yes..
Varah reethi
Thanks Ibsha…
ly♥❤♥
Malkko❤️❤️❤️Malkko vs Haadha molhey dhw readers curious Kuran… I m so curious to read the next part ???????Ufaaveri dhuvasthakakau edhen ingey Malkko❤️❤️And dhonthi always love you Malkko?????❤️??????
Hehe..
Thanks dhonthee..
keep waitting..
LOVE YOU MORE..
♥❤♥❤♥
Salhi..Ekm kudhi Kudhi mistakes ebahuri sukun kurumuga…Ekan rangalhu kohlahchey..Good luck lil sis??
Thanks jiji..
Next time ranhalhu koalaanan…
LOVE YOU …
❤♥❤♥❤
V v reethi next part avas…………thanx
Thanks Nish..next part varah avahah..ly???
I like the direction of the story… It’s nice… dhen anna part thankolheh dhigu kohlla dheythi!!
Thanks UNKNOWN…dhen Anna part dhigu koalaanan Insha Allah…
???
SALHI
thanks