އައިލީން ވެއްޓެންދިޔަ ވަގުތު މާގަނޑުގެ އިސްކުރުގައި ހިފާ އަންބުރާލެވުނީއެވެ.
އެވަގުތު ދެމީހުންވެސް ތެމެމުންދިޔައީ ފެންމާގަނޑުންފޭބި ފިނިފެންތިކިތަކުންނެވެ.
އެކަކު އަނެކަކުގެ ލޮލަށް ގެއްލިފައިތިބި ދެމީހުންވެސް ސިހުނީ މީހަކު ކަރުކެހިލި އަޑުއިވިފައެވެ.
*******************************
އިއްބާން ފާހަނައިގެ ދޮރާދިމާލަށް ބަލާލުމާއެކު ދެލޯބޮޑުވިއެވެ. އައިލީން ވެސްހުރީ ދެލޯބޮޑުކޮއްލައިގެން ފާހަނައިގެ ދޮރާދިމާލަށް ބަލާށެވެ.އެއީ އެއަރ ޕޯޓުގައި އިއްބާން ގާތުގައިހުރި އަންހެން ކުއްޖާކިން އައިލީންއަށް އެނގުނެވެ. ޒިލްވާ ހުރީ ގަބޫލުނުކުރެވޭ ފަދަ ގޮތަކަށް އައިލީން އާ ދިމާލަށް ބަލަހައްޓައިގެނެވެ. އެ ދެލޮލުން ކުޑަ ހިނދުކޮޅަކަށް ނަމަވެސް ވޭނެއް ފެނިލިއެވެ. ލަސްލަހުން އޭނާގެ ނަޒަރު އިއްބާންއަށް ބަދަލުކޮއްލިއެވެ. އިއްބާން އާ ޒިލްވާގެ ހަތަރުކަޅި ހަމަވިވަގުތު އިއްބާންއަށް ދޮންތަގެ ހިތުގައި އުފެދިފައިވާ ސުވާލު އެގުންފަދައެވެ.
” ދޮންތާ މި………”އިއްބާން ބުނަން އުޅުނު ޖުމުލަ ހުއްޓުމަކަށްއައީ ޒިލްވާ ވާހަކަ ނުދައްކަން އެދުމުންނެވެ.
“ބެން…ކީއްވެ؟…ކީއްވެ؟..”ޒިލްވާ ހިތާމަ އެކުލެވިފައިވާ އަޑަކުން ބުނަމުން ދިޔައެވެ.
“ދޮންތާ…….ތިހެން ހީނުކޮއްބަލަ…އެއީ އޭނައެއް ނޫނޭ…….މީ އައިލީން…..”އިއްބާން ޔަގީންކަން ދޭފަދަ ގޮތަކަށް ބުނެލިއެވެ.
“ކީކޭ…….މީ ލޫންއެއް ނޫންތަ؟…..ކީއް…….އޮވްހް…”ޒިލްވާ އިއްބާން އާ ދިމާލަށް ބަލާލުމަށް ފަހުގޮސް އައިލީން ކުރިމައްޗަށް ގޮސް ބުނަން އުޅުނު ޖުމުލަ ހުއްޓުމަކަށް އައީ އެ އަޅިފެހިކުލައިގެ ބޮޑު ދެލޯ ފެނުމުންނެވެ.
“މިހާރު ދޮންތައަށް ގަބޫލުކުރެވެއްޖެތަ….” އިއްބާން ދެ ބުމަ ގޮއްޖަހައިގެން ހުރެބުނެލި ނަމަވެސް ހިތްދަތިވިވަރުން ލޯތެމުނެވެ. އެހާ އުންމީދާއެކު އޭނާ ނިންމި ނިންމުން ފުނޑު ފުނޑުވީއެވެ. ކުރާނެކަމެއްނެތެވެ. ދިރިއުޅުމުގައި ކުރިއަށް ވާންހުރި ކަންކަމެއް އިއްބާން އަކަށްވެސް ނޭންގެއެވެ espanolviagra.net.
މުޅިތަނަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. ފުންނޭވާއެއް ލަމުން އިއްބާން ޒިލްވާ އާ އައިލީންއަށް ބަލާލިއެވެ. ޒިލްވާހުރީ އައިލީންއާ ދިމާލަށް ކަޅިޖަހާނުލާ ބަލާށެވެ. އައިލީން އިސްޖަހާލައިގެން ހުރީ ލަދިން ވިރިވިރިއެވެ. ޒިލްވާއަށް އެއީ ލޫން ނޫންކަން ޔަގީންވީ އަޅިފެހިކުލައިގެ ބޮޑުދެލޮލާ އެ މައުސޫމްކަން ފެނިފައެވެ. ޒިލްވާއަށް އެ ވަގުތުކޮޅުގައި ލޫންގެ ފަރާތުން ނުފެންނަ ކިތަންމެ ކަމެއް އައިލީންގެ ފަރާތުން ފެނިގެންދިޔައެވެ. ނުލާހިކު ސާދާކޮށް ހުރިއިރުވެސް ރީތިކަމުގެ އިންތިހާއެވެ. ޒިލްވާއަށް އައިލީން ވަރަށް ކަމުދިޔައެވެ. ހިތަށްއެރި އެއްޗަކުން ޒިލްވާއަށް ހިނިތުންވެލެވުނެވެ.
“އައިލީން ދޯ ކިޔަނީ….” ޒިލްވާ އަހާލިއެވެ. އައިލީން އިސްއިފުލާލާފައި އަވަސްއަވަހަށް ބޯޖަހާލިއެވެ.
އައިލީން ހުރީ އިންތިހާއަށް ހާސްވެފައެވެ. އިއްބާން އާ ޒިލްވާ ދެއްކިވާހަކަތަކުން އައިލީން ހުރީ ވިސްނަންވީ އެއްޗެއް ނޭނގިފައެވެ. އައިލީންއަށް ވިސްނުނީ އެންމެ އެއްޗެކެވެ. އެހެންވުމުން އެއަރ ޕޯރޓުގައި އިއްބާން ގާތުހުރީ އޭނާގެ ދައްތަކަން އައިލީންއަށް ޔަގީންވިއެވެ. އުފާވެސްވިއެވެ. ނަމަވެސް ކުއްލިއަކަށް ލޫން މަތިން ހަނދާންވުމުން އެ އުފާވެރިކަން ކުޑަ ހިނދުކޮޅެއްތެރޭގައި އުދުހިގެން ދިޔަކަހަލައެވެ.
“ތިހުރީ އެއްކޮށް ތެމިފައެއްނު….ހިނގާ ދައްތަގެ ރޫމްއަށް…މިހާރުއެ އެއޮއް ދަންވަރު އެކެއްޖަހަނީ….ދެން މިރޭ މިގޭގަ މަޑުކޮއްލަންވީނު….” ޒިލްވާ ހީލަމުން ބުނެލިއެވެ. އިއްބާން ހުރީ ޒިލްވާ އެހާ ގާތްކޮށް އައިލީންއާ ވާހަކަދެއްކުމުން އުނދަގޫވެފައެވެ. އައިލީން ދިޔައީ ސިއްސައިގެންނެވެ.
“އެކެއްޖެހީއޭ…އޯ މައި…” އައިލީން ހާސްވެފައިހުރެ ބުނެލިއެވެ.
“ކިހިނެއްވީ…” އިއްބާން އާ ޒިލްވާއަށް އެކުއެކީގައިހެން ބުނެލެވުނެވެ. ދެމީހުން ދެމީހުނަށް އަވަސް ނަޒަރެއްދެމުން އައިލީންއަށް ބަލާލިއެވެ.
“މި އަހަރެން ބުނިން ބޭބެގާތު އެގާރަޖަހާއިރު ދާނަމޭ އެކަނި ހިނގާލާފަ….އެކަމު މިހާރު އެއޮއްއެކެއްޖެހީ….މިހާރު ބޭބެ އިންނަވާނީ ވަރަށް ހާސްވެލައްވާފައި…..” އައިލީން އަވަސް އަވަހަށް ބުނެލިއިރު އެ އަޑުގައިވި ހާސްކަން ޒިލްވާއާއި އިއްބާންއަށް ސިއްރެއްނުވިއެވެ.
ކުއްލިއަކަށް ޒިލްވާއާއި އިއްބާންއަށް އެކަކު އަނެކަކަށް ބަލާލެވުނީ ދެލޯ ބޮޑުކޮއްލަމުންނެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
27 Comments!
Comments are closed.








Salaam readers…here is the 8th part of the story…malkko ah engy mi part varah kuru kan. .but next part miah vure dhigu koalaanan…..Kiyaa laafa comment eh koalahcy…
Love you all..♥♥♥♥
I am a 12 years old girl who loves to write dhivehi stories.
Woww ???? mi part ves varah reethi ? ???? whn is next part malkko
Thanks Meekkomee….
Insha Allah liyevunu emme avahaka…??
Vvv reethi mi part ves❤️❤️ Malkko ves Haadha molhey dhw readers curious Kuran… Vvv curious vefa mi hunnanee dhen oiy part kiyaalaahithun… Good night Malkko❤️❤️❤️ sweet dreams?????????????? And love you so much Malkko
Thanks dhonthy…keep waiting…??lobe you
V v rythi mi part vec???..Dhn kihineh baa dhw vaany???…kon irakun next part upkohladheyny???..I’ll be waiting
Thank jiji..next part Insha Allah varah avaha…?♥
Haadha kurey…
Varah reethi
Thanks Ibsha…next part miah vure dhigu koalaanan..?
This part is amazing.??????wow.????????????????thanks for fast upload. When is the next part. Curiously waiting.
Thanks Vernon…will try to upload it soon…keep waiting…???
varah salhi.When next???
Thanks Rai…next part Insha Allah varah avaha…??
Varah Varah reethi…Maa sha Allah.When is next part ?????
Thanks Yer..Insha Allah varah avaha…??
Haadha kurey …ekamu vxx v reethi mi prt..when next part…
Thanks Shix..dhen Anna part miah vure dhigukoala dheynan Insha Allah…Next part liyevunu emme avahakah…lysm..?♥
Guys….Sunday ga update koaladhynan next part…Miry varah bessy…sorry..?
Wow varah reethi ???
Thanks Makku…♥❤
Dear kobaa thr storyy??..Im dying to read itt!
Sis…mirage up koalaanan…?❤♥
Yes dear where is the story. Vernon is waiting to reaf. Pls fast kohladhechey.
I have submitted…But they are not updating the story..
WOw
thanks❤