ޒައިކް އަހަރެންގެ ކޮނޑުގައި ހިފާ އަހަރެން ނެގިއެވެ. އަހަރެންގެ ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފޮހެލުމަށް ފަހު އަހަންނާ މުޙާތަބްކޮށް ވާހަކަދައްކަން ފެށިއެވެ. “ލައިލާ، އަހަރެން ލައިލާ ދެކެ ލޯބިވޭ، އަހަރެން ލައިލާދެކެ ލޯބިވޭ، އޭރުވެސް މިހާރުވެސް އަބަދުވެސް ވާނަން، އެހެންވެ އަހަރެން މިގޮތަށް ނިންމީވެސް، އަހަންނަކީ ކުޑަދުވަސްކޮޅެއްގެ މެޙްމާނެއް، ލައިލާގެ ކުރިމަތީގައި މުޅި ޙަޔާތް އުފާވެރި ކަމުގައިހޭދަކޮށްލުމަށް ހުޅުވިފައިވާ ފުރުސަތު އެބައޮތް، މި އުއްމީދު ކަނޑާލާފައިވާ މީހާ އާއި އެކު އުއްމީދު ކެނޑިފައިވާ ލޯތްބެއް ނޫން ލައިލާއަށް […]
ހޮސްޕިޓަލްތެރެއަށް ވަދެގެންދިޔައިރު އަހަރެން ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ. ޒައިކްގެ ކުރިމައްޗަށް މިދަނީ ކޮން މޫނަކާއިގެން ބާވައެވެ. އެހެން މީހެއްގެ ހައްޤަކަށް ވަމުންމިދާ ދަނޑިވަޅުގައި ޒައިކްގެ ކުރިމަތީގައި އަހަރެންގެ އިޙްސާސްތައް ފޮރުވުމަށް ކުރެެން ހުރި މަސައްކަތެއް ކުރަން ޢަޒުމް ކަނޑައަޅަން ޖެހެއެވެ. އަހަންނަށް މިވަނީ ކޮންހާ ގޮތްތަކެއް ބާވައެވެ. ޒައިކް އެއީ އެމީހަކަށްޓާކާ އަހަރެންގެ ހިތް ދެވިފައިވާ ދެގޮތެއް ބަދަލެއް ނުވާނެ އަހަރެންގެ ލޯބިވާއެވެ. މިއަދުވެސް މިހިތުގައި އެކަން އޮތީ ހަމަ އެފަދައަކުންނެވެ. އަހަރެންގެ ހިތަށް ކިރިޔާވެސް […]
އަނިޔާ ވެފައި އެވަނީ އަހަންނަށް ކަހަލައެވެ. ލެއާ ތަތްތެޅިފައި އެވާ ހަށިގަނޑަކީ އަހަރެންގެ ހިތުގެ ވިންދާއި ގުޅިފައިވާ މީހެއްގެ ހަށިގަނޑެކެވެ. ފުލުހުންގެ ވެހިކަލްގޮސް ހޮސްޕިޓަލަށް މަޑުކޮށް ފައިސަލްއާއި އެކު އަހަރެން ހޮސްޕިޓަލަށް ވަދެގެން ދިޔަ އިރުވެސް އަހަންނަށް ބެލެނީ ފަހަތުން މީހުންތައް ވަށާލައިގެން ގޮވައިގެން އަންނަ ޒައިކްއަށެވެ. ފައިސަލް އިމަޖެންސީ ރޫމަށް ވައްދައިފިއެވެ. ފަހަތުން ޒައިކް ވެއްދި ނަމަވެސް އިރުކޮޅަކުން އަހަންނަށް ޒައިކް ލޯމަތިން ގެއްލުނެވެ. ފަރުދާތައް ވަށާލެވިފައިވާ ޒައިކް ކައިރިއަށް ހޮސްޕިޓަލްގެ އެކި ޑޮކްޓަރުން ވަންނަމުންދިޔަ […]
ހިތާމަޔާއި މާޔޫސްކަމުގައި ހޭދަކުރަމުންދިޔަ ވަގުތުތަށް ދުވަސްތަކަށް ބަދަލްވެ، ދިގުލާންފެށިއެވެ. ޒައިކްއާއި ގުޅުން ކެނޑެމުންގޮސް އެންމެ ފަހުން ދެމީހުންގެ މުޢާމަލާތްތަށް އެއްކޮށް ހުއްޓުނެވެ. ޒައިކް ފޯނަށް ޖަވާބު ނުދޭތާގައި އެއްވެސް ގޮތަކަށް ގުޅާވެސް ނުލައެވެ. އެތަށް މަހެއްވެގެން ދިޔައިރުވެސް ފެނިވެސް ނުލައެވެ. އަހަރެންގެ މި ހިތްދަތިކަން ފެނި ޢާއިލާއާއި ރައްޓެހިން ޒައިކް މަތިން ހަނދާންނައްތާލުމަށް އެދެމުން ދިޔައެވެ. ޒައިކް އެނބުރި ނާންނާނެކަމަށާއި އެހެން މީހަކާއި އެކު ގުޅުންފަށާ ޒައިކް ގެ ހަނދާންތައް ފޮހެލުމަށް އެތަށް ނަސޭހަތެއް ދެމުން ދެއެވެ. […]
“އަސްލު ދެމީހުންކުރެ ފުރަތަމަ ލޯބިވީ މީހަކު ނޭނގޭ، އަހަރުމެން ދެމީހުން ގުޅުނީވެސް ދެންހަމަ ނޭނގި، ލޯބި ވެވުނީ ވެސް ނޭގި، ދެން އެކަކު އަނެކަކަށް ލޯބި ވެވިއްޖެ ކަން އެގުމުން އެކަން ހާމަވެ ދެމީހުން ގުޅެން ނިންމީ، ދޯ، އަދި އެއްމެ ދުވަހެއްވީ” ޒައިކް ވަރަށް ކުރު ޖަވާބަކުން ހަމަޖައްސާލިއެވެ. “އޯކޭ ދެން، ދެކުދިން ކުރިއަށް ގެންދޭ، އަހަރުމެން ދަނީ” ރައްޓެހިކުދިންތައް ދިޔުމުން އަހަރުމެން ދެމީހުން ދިޔައީ އަތިރިމަތިން އެކީގަ ހިގާލާފައެވެ. މަންޒިލްވެސް އެގެއެވެ. ދާންވީ މިސްރާބުވެސް […]
“ގެއަށް ދާން ހިގާ” މަންމަގެ ރާގުހުރީ ރުޅިއައިސްފައެވެ. އިތުރު އެއްވެސް ވާހަކައެއް ނުދައްކާ އަހަރެން ތެދުވެގެން މަންމަ އާއި އެކު ދާން ހިގައިގެންފީމެވެ. ޒައިކް އިނީ އިސްޖަހައިގެން އިށީދެލައިގެން އިންގޮތަށެވެ. އޭނަގެ ހިތުގައިވެސް މަންމަގެ ފަރާތުން ހިތްހަމަނުޖެހުން ފެނުނުކަމަށް އިޙްސާސް ކުރެވުނީއެވެ. މަންމަ އާއި އެކު އަހަރެން ގެއަށް ގޮސް ވަނުމާއި އެކު އިށީނުމަށް އެދުނެވެ. އަހަރެން ހީކުރީ މަންމަ ދެން އިތުރަކަށް އަހަރުމެންގެ ގުޅުން ކުރިއަށް ގެންދާކަށް ފުރުސަތު ނުދޭނެކަމަށެވެ. ނަމަވެސް މަންމަގެ ފަރާތުން އަހަންނަށް […]
ޒައިކް ރުޅިއައިސްދާނެތީވެސް އަހަރެން ހުރީ ވަރަށް ބިރުގެންފައެވެ. އެކަމަކު ޒައިކް ހިތްހަމަ ނުޖެހޭކަން އެގިއްޖެ ނަމަ އަހަރެން ހުރީ ޒައިކްއަށް ނުފެނި އެތަނުން ދިއުމުގެ ޚިޔާލްގައެވެ. ކޮއްކޮ ގޮސް ޒައިކްއަތަށް ފުއްޕާ ހަންދިއްކޮށްލުމުން ޒައިކް ހެވިލާފައި ކޮއްކޮގެ ކޮލުގައި ހިފާލިއެވެ. އަނެއްކާ ކޮއްކޮ އެއީ އަހަރެން ދިން އެއްޗެކޭވެސް ބުނެފާނެކަމަށް ވަރަށް ހިތްނުތަނަވަސްވިއެވެ. ގޭގެތެރެއަށް ވަދެފަ އިރުކޮޅަކުން ނުކުމެގެން އައިސް ކޮއްކޮ އަހަންނާއި ދިމާލަށް އަންނަނިކޮށް ގޮވާފަ ޒައިކް އެހަން ކޮއްކޮގެ އަތަށް ދިނެވެ. އަދި އިތުރު […]
ކެއުމާއިގެން ކުރިއަށް ދިޔަވަގުތުތަކުގައިވެސް އަހަންނަށް އިދެވެނީ ހެވިފައެވެ. އަހަންނަށް ޒައިކް އާއި އެކު ހޭދަކުރެވުނު ކޮންމެ ހިނދުކޮޅެއް އޭނަޔާއި އެކު ގެއަށް އައުމުގައި އެޅުނުކޮންމެ ފިޔަވަޅެއް އަދި ދެމީހުންގެ ދެމެދުގައި ބަދަލްކުރެވުނު ކޮންމެ ބަހަކީ ދުވަހަކުވެސް އަހަރެންގެ ހިތުން ފިލައިގެންދާނެ ކަންކަމެއް ނޫނެވެ. ވާނީވެސް އެހެންތާއެވެ. މިއީ އަހަންނަށް މީހަކު ދެކެ ލޯބިވެވުނު ފުރަތަމަ ފަހަރެވެ. އަހަރެންގެ ފުރަތަމަ ލޯތްބެވެ. އޭގެ ފަހުން ކޮންމެ ރެއަކު އަހަރެންނާއި އެކު ޒައިކް އަހަރެން ގެއަށް ލައިދޭން އާދެއެވެ. އަހަރެން […]
މަޢުލޫމާތައްޓަކައި: ކިޔުންތެރިންގެ އެދުމުގެ މަތިން ، މިވާހަކައިގައި ކުރިން ބޭނުންކުރި މަޖުނޫނުގެ ބަދަލްގައި މީގެ ފަހުން ބޭނުންކުރެވޭނީ ޒައިކްއެވެ. ==================================================================== އޭރު ޔަޝްފާ ޓިއުޝަން ސެންޓަރ ގެ ބޭރުން އަހަރުމެންނާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. ރުޅިއައިސް ރަތްވެފައެވެ. ޒައިކް:”ކާކު ތިހޯދަނީ ލައިލާ” އަހަރެން: ” މީ..މި.، މީހަކު ނުހޯދަން” ޒައިކް: “އަހަރެން ހީކުރީ ބޯއި ފްރެންޑް ބަލާއައީކަމަށް.. “ ޒައިކް މިހެން ބުނުމަށް ފަހު ހޭން ފެށިއެވެ. އަހަރެން : ” ސާބަސް ޒައިކް.. މަގޭ އެކަހަލަ […]