Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި ހަމަ އެންމެ ލޯބީ ކަރުނައިގެ ތެރޭގައި… (ފަހުބައި)

Shaam Level 110 Stories
April 20, 2015 3 Mins Read
17 Comments

ޒައިކް އަހަރެންގެ ކޮނޑުގައި ހިފާ އަހަރެން ނެގިއެވެ. އަހަރެންގެ ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފޮހެލުމަށް ފަހު އަހަންނާ މުޙާތަބްކޮށް ވާހަކަދައްކަން ފެށިއެވެ.

“ލައިލާ، އަހަރެން ލައިލާ ދެކެ ލޯބިވޭ، އަހަރެން ލައިލާދެކެ ލޯބިވޭ، އޭރުވެސް މިހާރުވެސް އަބަދުވެސް ވާނަން، އެހެންވެ އަހަރެން މިގޮތަށް ނިންމީވެސް، އަހަންނަކީ ކުޑަދުވަސްކޮޅެއްގެ މެޙްމާނެއް، ލައިލާގެ ކުރިމަތީގައި މުޅި ޙަޔާތް އުފާވެރި ކަމުގައިހޭދަކޮށްލުމަށް ހުޅުވިފައިވާ ފުރުސަތު އެބައޮތް، މި އުއްމީދު ކަނޑާލާފައިވާ މީހާ އާއި އެކު އުއްމީދު ކެނޑިފައިވާ ލޯތްބެއް ނޫން ލައިލާއަށް ޙައްޤުވަނީ ، ލައިލާއަކީ އެއަށްވުރެ ރަގަޅު ކުއްޖެއް، ލައިލާއަށް އަދިވެސް ލޯބިވެރިއަކަށްވެސް ވެވިދާނެ، އޯގާތެރިޔަކަށްވެސް ވެވިދާނެ، އިޙްސާންތެރިއަކަށްވެސް ވެވިދާނެ، އެކަމަކު އަހަންނަށް އުއްމީދު ކަނޑާލެވިފައިވާ ދިރިހުރުމަކާއި އެކު އެއްމެ ޙައްޤީ އެކަނިވެރިކަން، ފައިސަލްއަކީ ވަރަށް ރަގަޅު މީހެއް، އަހަރެން އަބަދުވެސް ލައިލާގެ ޚަބަރު ބަލަން، ފައިސަލް އަދި ލައިލާ އާއި ދެމީހުން ކައިވެނި ކުރުން އެއީ ލައިލާއަށް އޮތް އެންމެ ރަގަޅުގޮތް”

ޒައިކް ވާހަކަ ދައްކަމުން ދިޔައީ ކަރުނަތައް ފޫދިފައިވާ ލޮލަކާއިގެންނެވެ. އޭނަ ދުރަށް ބަލަހައްޓައިގެން ހުރެ ވާހަކަ ދައްކަމުންދިޔައީ އެވާހަކަ ތަށް އަހަރެންނަށް ޤަބޫލްކުރަން ދަތިވާނެތީއެވެ.

” ނޫން ނޫން ޒައިކް، އަހަންނާއި ޒައިކް ވަކި ނުވޭ، އަހަންނަކަށް ފައިސަލް ދެކެ ލޯތްބެއް ނުވެވޭނެ”

ހަޤީޤަތުގަވެސް ޒައިކްގެ ވާހަކަ ތަކަށް އެއްބަސް ވާކަށް އަހަރެން ބޭނުމެއް ނޫނެވެ.

” ކީއްވެ ނުވާނީ، ލައިލާ އެއްނު ބުނީ ލޯބި އެއީ ވެވޭ އެއްޗެކޭ، ވެވޭނެ، އެހެންވެ ލައިލާގެ ލޯބިން އަހަރެންގެ ހިތުގައި ލައިލާއަށްޓަކާ ލޯބި އުފެދުނީ، މިވަރު ހެއްކަކަށް ނުފުދޭތަ، އަހަރެން ނެތްދުވަހަކުންވެސް މި ލޯބީގެ ގުޅުން ލައިލާ ހަނދާންވާ ވަގުތުތަކުގައި ދެރަވާކަށް އަހަރެން ބޭނުމެއް ނޫން، އަހަރެން މަރުވާނީ މިއަދު ނޫނީ މާދަމާ ކަމެއްވެސް ނޭގޭ، ދުވަހަކުވެސް ލައިލާގެ ފަރާތުން ކަމަކަށް ނޭދެން، މިއަދު މި އެދެނީ އަހަންނަށްޓަކާ ފައިސަލްއާއި އެކު ދިރިއުޅުމެއް ފެށުމަށް، އުދަގޫވާނެކަން އަހަރެންވެސް ޤަބޫލްކުރަން އެކަމަކު މިއީ ލައިލާއަށް އެންމެ ރަގަޅުގޮތް، “

ޒައިކްގެ ވާހަކަތައް އަހަރެންގެ ހިތް ކުދިކުދިކުރަމުންދިޔަކަހަލައެވެ،

” ޒައިކް، ކޮބާ ޒައިކްގެ ބޭބެ މިއަދުގެ ހަތަރުވަނަ ޑޯނަރ ކޮބާ، ޒައިކްގެ ގަޔަށް ލޭ އެޅުން މާލަސްވެސް ވެއްޖެ، ގުޅަންވީނު”

ވާހަކަ ދެއްކީ ކޮޓަރިއަށް ވަތް ޒައިކްގެ ޑޮކްޓަރ އެވެ.

” ޑޮކްޓަރ، ބޭބެވެސް މިތާ ރޭގަނޑު ހޭލާހުރެފަ ދުވާލުދާ ހަތަރު ދަމު އެއުޅެނީ އަހަންނަށް ލޭކޮޅެއް ހޯދުމަށް، އެފަކީރުގެ ޙާލުވެސް މިހާރު އަހަންނާއި ހުރެ ދަނީ ދެރަވަމުން، އަހަރެން އޭނައަށްވެސް ބުރައަކަށް ވަނީ މިހާރު” ޒައިކް ވާހަކަ ދައްކަމުން ދިޔައީ އުއްމީދެއް ނެތް ފަދައިންނެވެ.

” ސާބަސް ޒައިކް، ތި ވާހަކަތަށް ދޫކޮށްލަބަލަ، އަހަރެންވެސް ވަރަށް ދިމަދިމާއަށް ގުޅައިފިން އެކަމަކު އޯ ނެގެޓިވް ލޭ ލިބޭގޮތެއް އަދި ނުވޭ” ޑޮކްޓަރ ޒައިކްގެ ވާހަކަތަކާއި އެހާ ހިތްހަމައެއް ނުޖެހުނެވެ.

“މިހުރީ ޑޯނަރ، ލޭ ނަގަންވީނު” ކުއްލިއަކަށް ކޮޓަރިއަށް ވަނީ ފައިސަލްއެވެ. ފައިސަލް ހުރީ ހިނިތުންވެލާފައެވެ. އަނެއްކާ އަހަރުމެންގެ ވާހަކަތަށް އޭނަ އަށް އަޑުއިވުނީ ބާއޭ ހިތަށްއެރިއެވެ.

އިރުކޮޅަކުން ފައިސަލް ގޮވައިގެން ޑޮކްޓަރ ގޮސް ކްރޮސްމެޗް ހަދާ ޒައިކް އޮތް ކޮޓަރީގައި ހުރި އެނދެއްގައި ފައިސަލް ބޭއްވުމަށްފަހު ޒައިކްގެ ގަޔަށް ލޭއަޅަން ފެށިއެވެ.  ދެމީހުންގެ މެދުގައި ނުހުންނަށް އަހަރެން ނުކުތީ ބޭރަށެވެ. ކުޑަދޮރެއްކައިރިން ޖެހޭ ވައިރޯޅިއާއި އެކު އަހަރެން ވިސްނަމުން ދިޔައީ ޒައިކްގެ ވާހަކަތަކަށެވެ. އެހެންނަމަވެސް އަހަރެން ޒައިކް ދޫކޮށްލާނީ ކިހިނެތް ހެއްޔެވެ. އަމުދުން އެޙާލްގައެވެ. އޭނަ އަހަރެންނަށް މަޖުބޫރު އެކުރީ އެންމެ ފަހުގެ އެދުމާއި އެކުގައެވެ. އަހަރެންގެ ބަސް އެހުއްޓުވާލީ އަހަރެންނަށް އޭނައަށް ފުރިހަމައަށް އިތުބާރުކުރެވޭތީއެވެ. އޭނަގެ އެދުމެއް އެއްލާނުލާނެކަން ޔަޤީންވާތީއެވެ.

ކުއްލިއަކަށް އަހަންނަށް ފެނުނީ އެނދެއްގައި ޒައިކް ގޮވައިގެން ތިންހަތަރު ނަރުހުން ދުވެފައިކަހަލަ ގޮތަކަށް ބޭރަށް ނުކުމެގެން ދިޔަތަނެވެ. އަހަރެންވެސް ފަހަތުން ބާރަށް ދުއްވައިގަތީމެވެ. ކައިރީގައިހުރި ފެންކޫލަރެއްގައި އަޅައިގެންފައި އަހަރެން ވެއްޓުނެވެ. ދެން އަހަރެން ނެގީ ފައިސަލް އެވެ.

” ފައި.. ފައިސަލް، ޒައިކްއަށް ކިހިނެތްވީ، ޒައިކްއަށް ކިހިނެތްހޭ ވީ ފައިސަލް އަހަންނާއި ވާހަކަ ދައްކަ ބަލަ” އަހަރެން ހުރީ ވާނުވާއެއް ނޭގި ވީގޮތެއް އަވަހަށް އޮޅުން ފިލުވުމަށް ބޭނުންވެފައެވެ.

” ނޭނގެ ލައިލާ، ކުއްލިއަކަށް ހެއަށް ގޮތްވާން ފެށީ، ހިގާ އަވަހަށް ދާން”

ފައިސަލްއާއި އެކު އަހަރެން ދުވަފައި ދިޔައިރު ލިފްޓް އިން ނެރެގެން ޒައިކް ގެންދަނީއެވެ. އަހަރެން ދުވެފައި ގޮސް ޒައިކް އަށް ގޮވަންފެށީމެވެ. ރޮމުން ރޮމުން އެމޫނު ފެނޭތޯ ކައިރިއަށް ދިޔައީމެވެ. އަހަރެން ގޮސް ޒައިކް އޮޕަރޭޝަންއްދަނިކޮށް ކައިރިވުމުން ޒައިކް އަހަރެންގެ އަތުގައި ހިފާ އޭނަގެ މޫނާ އަހަރެން ކައިރިކޮށް ވޭނީ އަޑަކުން ” ފައިސަލް ކިހާ ރަގަޅު، ލައިލާ” މިހެން ބުނެލިއެވެ. ނަރުހުން ޒައިކް އެތެރެއަށް ދަމައިގަތް އިރު އަހަރެން ހުރީ ޒައިކްގެ މޫނަށް ބެލިގޮތަށް އާޝޯޙްވެފައެވެ. އޭމޫނުމަތިން ހިނިތުންވުން ގެނެސްދޭން، އަދި އެއަޑުގައިވާ ވޭނީ އިޙްސާސް ކަނޑުވައިދޭން މިފުރާނަ ގުރުބާން ކޮއްލައިގެންވެސް ފަރުވާއެއްދެވޭނެ ބާއޭ ހިތަށް އެރިއެވެ.

އޮޕަރޭޝަން ތިއޭޓަރ ބޭރުގައި އަހަރެން ތިންގަނޑިއެއް ހާއިރު ކޮޅަށް ހުރީމެވެ. އިރު އިރުކޮޅުން ފައިސަލް އިށީނުމަށް އެދެމުން ދެއެވެ. އަހަރެން އެއިން އެއްވެސް ކަމަކަށް އިޖާބައެއް ނުދެމެވެ. ހިތްތެޅެމުންދަނީ އެއަށް ވުރެ ބާރަށެވެ.

ގަޑިންމިހާރު ރޭގަނޑު ދިހަގަނޑި ބައިވީއެވެ. އަދިވެސް ޒައިކްއަށް ވީ ގޮތެއް ނޭގެއެވެ. އިރުކޮޅަކުން ފައިސަލް ތެދުވެގެން ހިގައިގަތްތަން ފެނުމުން ބަލާލިއިރު އޮޕަރޭޝަން ތިއޭޓާރ ދޮރު ހުޅުވުމަށްފަހު ޑޮކްޓާރ ބޭރަށް ނުކުތެވެ. ފައިސަލް ކައިރިއަށް އަހަރެންވެސް އަވަހަށްޖެހިލާ ޒައިކް އާއި ބެހޭގޮތުން ސުވާލްކޮށްލީމެވެ. އެހެންނަމަވެސް ޑޮކްޓަރ ބަލާލީ އޮޕަރޭޝަން ތިއޭޓަރާއި ދިމާލަށެވެ. ޑޮކްޓާރގެ ބެލުމަށް އަހަރެންވެސް އެދިމާ ބަލާލީމެވެ. ފޮތިގަނޑެއް އަޅާ ނިވާކޮށްގެން މިހަކު ގޮވައިގެން ނަރުހުންތަކެއް ނުކުތެވެ. އަދި އެތަނުން ނަރުހެއްގެ އަތުންޖެހިފަ އެހަށިގަނޑުގެ ވެރިފަރާތުގެ މޫނު އަހަންނަށް ފެނުނެވެ.

ދެން އައީ ޙަޔާތުގެ އެންމެ ހިތާމަވެރި ހިނދުކޮޅެވެ. ފައިން ވާގި ނެތި ކަކޫމައްޗަށް އަހަރެން ވެއްޓުނެވެ. ބުނާނެ އެއްޗެއް ކުރާނެ ކަމެއް އަހަންނަށް ނޭގުނު އިރު ވާނުވާއެއްވެސް ނޭގެއެވެ. އިރުކޮޅަކުން ފައިސަލް އަހަރެން ނެގިއެވެ. ފައިސަލްގެ ދެއަތްމަތީގައި އަހަރެން ގެންދިޔައިރު އެމޫނަށް އަހަރެން ބަލާލީމެވެ. ދެން ހަނދާންވީ ޒައިކް އަހަރެން ކައިރީ ބުނެލި ފަހު ބަސްތަކެވެ. “ފައިސަލް ކިހާރަގަޅު “

އާއެކެވެ. މިއަދު އަހަރެންގެ އުމުރުން ތިރީހުގެ އަހަރުތަށް ގުނަމުންދަނީއެވެ. ވޭނާއި ކެކުޅުންތައް ހަޔާތުން އެއްކޮނެއް ވަކިވެގެންނެއް ނުދެއެވެ. މިއަދު އަހަރެން ދިރިހުރުމަށް ލިބޭ އުއްމީދަކީ އަހަރެންގެ ފިރިމީހާ ފައިސަލްގެ ލޯތްބާއި، އޯގާތެރިކަމާއި އަޅާލުމެވެ. ހިނިތުންވެފައި ހަޔާތް ވޭތުކުރަން މަޖުބޫރުވަނީ އަހަރެންގެ ލޯބި ލޯބި ދެކުދިން ކަމަށްވާ ޒައިކް އާއި އިޔާން ފެނުމުންނެވެ.

ތެދެކެވެ. ޒައިކްގެ އެންމެފަހު އެދުމުގެ މަތިން އަހަރެން މިއުޅެނީ ފައިސަލް އާއި އެކު އުފާވެރި ހަޔާތެއްގައެވެ. އެކަމަކު އަހަރެންގެ ލޯބި ވަނީ އެއްފަރާތުގައެވެ. އަހަންނަށް ލޯބި އިޙްސާސްވަނީ ޒައިކް ފެނުމުންނެވެ. އެއީ އެމީހެއްގެ އިޙްސާސްކުރެވުމުންވެސް އަހަރެންގެ ހިތް އުފާވާމީހެކެވެ. އަހަރެން ދޫކޮށްފައި ދިޔަޔަސް ހިތުގައިވާ ކަރުނަޔާއި އެކު އަހަރެން އޭނަގެ ހަނދާންތައް އަބަދުވެސް އާކުރަމެވެ. އެ ޤުރުބާނީ އަބަދުވެސް ހިތަށް ގެންނަމެވެ. ލޯބީގެ އެންމެ ފުން އަސަރުތައް ކުރުވީ އޭނަގަ ހަނދާންތަކާއި އިންތިޒާރުތަކުގައެވެ. އެއީ ކަރުނައިގެތެރޭގައި އަހަރެން ކުރި ފުން ލޯބީގެ އިޙްސާސްތަކެވެ. އާއެކެވެ. ލޯބި ހަމަ އެންމެ ލޯބީ ކަރުނައިގެ ތެރޭގައެވެ. (ނިމުނީ)

Share Article

Follow Me Written By

Shaam

Level 110 Stories

Other Articles

Previous

ސާޔާ (6 ވަނަ ބައި)

Next

ފަނާ 3

Next
April 21, 2015

ފަނާ 3

Previews
April 20, 2015

ސާޔާ (6 ވަނަ ބައި)

17 Comments!

  1. shahidha says:
    April 20, 2015 at 8:03 pm

    Reethi nimumeh

  2. iba says:
    April 20, 2015 at 8:32 pm

    Aharen mihaathanah kee enme reethi vaahakaage ninmun….v v v v v v v v v v v v v nice

  3. zimna says:
    April 20, 2015 at 10:21 pm

    loabiva shaam ah, mivaahaka kiyaafa dhuvahakuves thibaage mathin hadhaan nunetheyne.. habeyssssss… ehenvaahakayaka eku fennaanekamah heekuran

  4. same says:
    April 20, 2015 at 10:51 pm

    Adi mi warah v kiyaairu ga vx v eh ge nimumeh mihaa furihama kh nukiyah… v habeyx shaam… thi kura hiy warah hama saaabas… shaam ge v thakeh adi kuriah fehnane kaman ummydhukurah… v vvv salhi… congraaa shaam… miadhu v happy wejje… bst of luck shaaammm…

  5. shaam says:
    April 20, 2015 at 10:52 pm

    thanx all for your lovely comments. insha allah we will meet soon again

  6. madhee says:
    April 20, 2015 at 11:26 pm

    aharen bunelaanee ohtaruhuri vaahakaeh viyya nimun fennan jeheynee mihenney.. shaam ah v v v v v v v v v v v bodah thanx. molhu ninmumeh.

  7. neha says:
    April 20, 2015 at 11:28 pm

    Varah salhi nimun

  8. ނާރސް says:
    April 21, 2015 at 5:58 am

    ވާހަކަލިޔުނު ކުއްޖާއަށް ބުނެލަދޭން ބޭނުންވަނީ ރާއްޖޭގެ ހޮސްޕިޓަލްތަކުގަ ބަލިމީހާގެ ހާލު މާބޮޑަށް ދަށަށްދަންޏާ އެބަލިމީހާ ޝިފްޓް ކުރާނީ އައި ސީ ޔޫއަށް އޮޕްރޭޝަން ތިއޭޓަރަކަށްނޫން މީހަކު މަރުވީމަ މައްޔިތާ އެއްތަނުން އަނެއްތަނަކަށް ނުދަމާނެ އެއޮތްތާކު ބާއްވާފަ އެބަލިމީހެއްގެ އެހީތެރިން މިއްޔިތާ ފެންނަ ހިސާބަށް ގެންދާނީ ވާހަކަކިޔާލާއިރު ޑްރާމާ ސިލްސިލާޔަށްވުރެ ހަޤީޤީ ކުލަ ޖައްސާލީމަ ކިޔާލަން ރީތިވާނެދޯ މިވާހަކައިގެ ނިމުން ވަރަށް ރީތި އުއްމީދުކުރަން އާވާހަކައެއް ވަރަށް އަވަހަށް ކިޔާލަން ލިބޭނެކަމަށް ތެންކްސް ޝާމް

  9. nishy says:
    April 21, 2015 at 12:28 pm

    …..Nimun v salhi

  10. xy says:
    April 21, 2015 at 10:20 pm

    Good job

  11. xayaa says:
    April 27, 2015 at 8:11 am

    v reethi ninmumeh ..mihaa furihama ninnmumeh adhi nukiyan …… good job…

  12. iloo says:
    April 29, 2015 at 12:39 pm

    hmmmm… thibunaahaa rycheh nun mivaa hakaeh …hadi vaaha kaeh vihyaa xayaa ah rythi vaanae ..

  13. Tigrious says:
    May 12, 2015 at 7:26 pm

    Mi vaahka varah salhi .. ekam vaahaka thah genes dhey iru mi xamaana gulhey gothah genes dhiniyya varah ragalhu … mi buny mujuthamauga kanthah vaa gothaa gulhun huri gothakah genes dhinyma vaahaka kiyaa myhun shaugu veri ve vaahaka in ibraiy haasil kureveyne …

  14. Pary says:
    May 21, 2015 at 7:46 pm

    warah salhi

  15. Nys says:
    July 4, 2015 at 4:14 pm

    Vaahaka genedhyfa in goi v reethi ekamaku fahubai kiyaalumun sifavegendhany hindhi film ” kal hoa nahoa”

  16. mizu says:
    July 26, 2015 at 2:32 pm

    Vvv reethi hama rangalhah ves rovijje

  17. Story lover says:
    March 13, 2018 at 2:53 pm

    Haadha reechey…mikiy vaahaka ekey bunevey varuge furihama vaahaka eh..varah salhi Good luck

Comments are closed.



All Right Reserved!