Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި ހަމަ އެންމެ ލޯބީ ކަރުނައިގެ ތެރޭގައި…. (8 ވަނަ ބައި)

Shaam Level 110 Stories
March 31, 2015 3 Mins Read
10 Comments

“އަސްލު ދެމީހުންކުރެ ފުރަތަމަ ލޯބިވީ މީހަކު ނޭނގޭ، އަހަރުމެން ދެމީހުން ގުޅުނީވެސް ދެންހަމަ ނޭނގި، ލޯބި ވެވުނީ ވެސް ނޭގި، ދެން އެކަކު އަނެކަކަށް ލޯބި ވެވިއްޖެ ކަން އެގުމުން އެކަން ހާމަވެ ދެމީހުން ގުޅެން ނިންމީ، ދޯ، އަދި އެއްމެ ދުވަހެއްވީ”

ޒައިކް ވަރަށް ކުރު ޖަވާބަކުން ހަމަޖައްސާލިއެވެ.

“އޯކޭ ދެން، ދެކުދިން ކުރިއަށް ގެންދޭ، އަހަރުމެން ދަނީ”

ރައްޓެހިކުދިންތައް ދިޔުމުން އަހަރުމެން ދެމީހުން ދިޔައީ އަތިރިމަތިން އެކީގަ ހިގާލާފައެވެ. މަންޒިލްވެސް އެގެއެވެ. ދާންވީ މިސްރާބުވެސް އެގެއެވެ. އަދި މިއަދު މިއޮތީ އެކަމަށް މަގުވެސް ތަނަވަސްވެފައެވެ.

މިއީ ޒައިކްއާ އަހަންނާއި ދެމީހުން އެކަނި ހޭދަކޮށްލަން ލިބުނު ފުރަތަމަ ފުރުސަތެވެ. އަހަރެން ޒައިކްއަށް މަންމަމެން އަހަންނަށް ދިން ނަސޭޙަތްތަކާއި، ބުނެފައިވާ ބަސްތައް ކިޔައިދިނީމެވެ. އަދި ޒައިކްވެސް އެކަން ވަރަށް ބަލައިގަންނަކަން ހާމަކުރަމުންދިޔައެވެ. އަރަމުން ދިޔަ އިރުގެ އަލި ދޯދިތަށް ފެތުރިފައިވާ އަތިރިމަތީގެ ރުއްތަކުގެ ދަށުން އަހަރުމެން ދެމީހުން ހިގާލާފައި ދިޔައީ އަތާއަތް ގުޅާ ލައިގެންނެވެ. އަދި އިރު ކޮޅަކުން ޒައިކް އަހަރެންގެ ފުރަގަހުން އަތްގެންގޮސް އުނަގަނޑުގައި ހިފަހައްޓާލިއެވެ. މިހާރު އަހަރުމެން ދެމީހުންގެ މެދުން އަލިކޮޅަކަށްވެސް ދައުރު ނުވެވޭނެއެވެ. އާއެކެވެ. މިދެމެދަށް އެއްވެސް އެއްޗެއް ހުރަސްވާކަށް އަހަންނެއް ބޭނުމެއް ނޫނެވެ.

އުފާވެރިކަމުގެ ދުވަސްތައް އަހަރެންގެ ޙަޔާތުން ވޭތުވަމުން ދެއެވެ. މާލެއައިސް އަނެއްކާވެސް ބައްދަލުކޮށް މާފޮޅުވުންތައް އިންތިހާއަށް ދިޔައެވެ. ނަމަވެސް އަހަރުމެންނަށް ނޭނގިނަމަވެސް މިގުޅުން ދިޔައީ ދުރުވަމުންނެވެ. އެކި އެކި ސަބަބުތައް މެދުވެރިވެ ހަފްތާއަކު ދެފަހަރު ބައްދަލުކުރަމުންދިޔަ މީހުން މަހަކު އެއްފަހަރު ބައްދަލްވެ، އެބައްދަލުވުންވެސް ދިޔައީ މަދުވަމުންނެވެ. ފުރަތަމަ ދެއަހަރު ޗުއްޓީއަށްރަށަށް ގޮސް ދެމީހުން އެކުގައި އެތައް ވަގުތެއް ހޭދަކުރިނަމަވެސް ، ފަހު އަހަރު ޒައިކް ޗުއްޓީއަށް ނުދާތީ އެކަންވެސް ފަހަކުން ނުވެއެވެ. އެހެންނަމަވެސް ކޮންމެވެސް ވަރަކަށް ބައްދަލްވެ ހަދަމެވެ. އަދި ބައްދަލްވާ ފަހަރު ފަހަރު ޒައިކް ވަރަށް ރަގަޅުކަން އަހަންނަށް އިޙްސާސް ކުރެވެމުންދިޔައެވެ. އަހަރެން ޒައިކް އަށް އިތުބާރުކުރަމެވެ. އެކަމަކު ލޯބި އިންތިހާއަށް ވާތީ، ކަމެއް ދިމާވާ އިރަށް އެކަމުގެ ޙަޤީޤަތްވެސް ބަލަން ބޭނުމެވެ.

ސްކޫލްނިމި ޒައިކް ވަޒީފާއަކަށް ނުކުމެއްޖެއެވެ. އޭރު އަހަރުމެންގެ ގުޅުމަށް ހަތަރު އަހަރު ވެއްޖެެއެވެ. އަހަރެންގެ ހިތުގައި ޒައިކްއަށްޓަކާ ވާ އިޙްސާސްތައް ހަމަ އޭރުހާ ޒުވާނެވެ. ޒައިކް އޮފީސް ނިމިގެން ބައްދަލްވެސް ބައެއްދުވަސް ދުވަހު ކުރެއެވެ. އަހަރަކު އެއްފަހަރު ބައްދަލްކުރިޔަސް އަހަރެންގެ ހިތުގައި ފަރުވާލެއް ނެތެވެ. ޒައިކް އޮފީހަށް ނުކުތް ފުރަތަމަ އަހަރު ނިމުނު އިރު އަހަންނާއި ބައްދަލްކުރީ މުޅިއަހަރުވެސް ފަސް ފަހަރުއެވެ. ގުނައިގެން ހަނދާނުގައި ހުއްޓަސް އަހަރެން ދެކެނީ ޒައިކް މަސައްކަތް ބުރަކަމުން އަހަންނާއި ބައްދަލުނުވަނީ ކަމަށެވެ. އާއެކެވެ. ހަތަރު އަހަރުވެގެންދިޔައިރުވެސް އަހަރުމެންގެ ބައްދަލުވުން މަދު ނަމަވެސް ބައްދަލުވާ އެއްމެ ފަހަރަކުންވެސް އަންނަނީ ހިތް ފުރާލައިގެންނެވެ. ދެން މެސެޖްކޮށް ހަދަމެވެ.

އެއްދުވަހެއްގެ ހަވީރު ޒައިކް އޮފީސް ނިމޭހާއިރު ކޮށްފައި އަހަރެން ޒައިކް އަށް ގުޅީމެވެ. ފޯނު ނެގި ގޮތަށް ވަރަށް ބިޒީއޭ ފަހުން ގުޅާނަމޭ ބުނެފަ ފޯނު ބޭއްވިއެވެ. މިއީ ދުވަހަކުވެސް އަހަންނަށް ޒައިކް ޖަވާބު ދިންގޮތެއް ނޫނެވެ. ދެރަވެގެން އަހަރެން އަނެއްކާ ގުޅީމެވެ. އެކަމަކު މިފަހަރު ފޯނު ނެގީ އަންހެން ކުއްޖެކެވެ. ފޯނު ނަގާ ހީހީފަ ޒައިކްއަށް ދެން ނުގުޅާށޭ ބުނެފަ ބޭއްވިއެވެ.

އަހަންނަކަށް އިތުރަށް ގުޅާކަށް ނުވެސް ކެރުނެވެ. ބެލްކަނީގައި ފޯނު ހިފަހައްޓައިގެން އިދެ އަހަންނަށް ވިސްނެނީއެވެ. ފެންކަޅިވެފައިވާ އަހަރެންގެ ދެލޯ ހޯދަނީ ޒައިކްއެވެ. އަޑުއަހަން ބޭނުންވަނީ އޭނަގެ އަޑެވެ. އަނެއްކާ ޒައިކް އެހެން ކުއްޖަކާ ގުޅުނީ ބާވައެވެ.

އެތަށް ދުވަހެއްގެ ކުރިއަށް ވިސްނާ އަހަރެން އަހަންނަށް ގޯސްކޮށް ކަމެއް ކުރެވިފައިވޭތޯ ވިންނަން ފެށީމެވެ. ޒައިކް އަހަރެންދެކެ ހިތްހަމަ ނުޖެހޭ ކަމެއް އަހަންނަށް ކުރެވިއްޖެތޯ ބަލަން ފެށީމެވެ. ވިސްނާ ވިސްނާ އަހަންނަކަށް ނޭގުނެވެ.

އޭގެ ފަހުން ދެދުވަސް ވީއިރުވެސް ޒައިކްގެ އެއްވެސް ޚަބަރެއް ނުވެއެވެ.އަހަރެން ޒައިކްގެ މެސެޖެއް ނަމަވެސް އާދޭތޯ އިރު އިރުކޮޅާ ފޯނު ބަލާލަމެވެ. ކެތްނުވެގެން އެންމެ ފަހުން އަހަރެން ނިންމީ ޒައިކްއަށް ގުޅުމަށެވެ. އަހަރެން ދެފަހަރަކު ގުޅިތަނާ ފޯނު ނެގިއެވެ. ޒައިކް ވާހަކަ ދެއްކީ އެއްވެސްކަމެއް ނުވާކަހަލަ ގޮތަކަށެވެ. އެކަމަކު އަހަރެން އެސުވާލްކުރަން ބޭނުމެވެ. އެރޭގައި ވާހަކަ ދެއްކީ ކާކުތޯ ސުވާލްކުރުމުން ، ތިވާހަކަ ދައްކާނީ ފަހުންކަމަށްބުނެ ޒައިކް ފޯނު ބޭއްވިއެވެ. އޭނަ އޮފީސް ނިމޭހާ އިރުކޮށްފަ އަހަރެން އަނެއްކާ ގުޅާލީމެވެ. ޒައިކް ބުނީ އެއީ އޮފީސްކުއްޖެއް ކަމަށެވެ. އަދި އެގަޑީގައި ތިބީ އެއްމެން އެއްކޮށް ސަބްމެރިން ކާން ގޮސްކަމަށެވެ. އަދި ފޯނަށް މާގިނައިން ގުޅަން ފެށީމަ އެތަނުން ކުއްޖަކު ފޯނު ނެގީކަމަށާއި އަދި އެއީ އެހާބޮޑު ކަމަކަށް ނެހެދުމަށް ބުންޏެވެ.

އެއީ މައްސަލަޔަކަށް ހަދާކަށް އަހަރެންވެސް ބޭނުމެއް ނޫނެވެ. އަދި ޒައިކްގެ މިނިވަންކަމަށް ހުރަސް އަޅާ މީހަކަށް ވާކަށްވެސް އަހަރެން ބޭނުމެއް ނޫނެވެ. އެކަމަކު އަހަރެން އެހާ ވާހަކަ ދައްކާ ހިތުން ގުޅީމަ ޒައިކްއަށް އެކަން މުޙިއްމު ނުވުން އެއީ އަހަރެން ބަލަންބޭނުންވާކަމެކެވެ. އިތުރަށް އެވާހަކަ ނުދައްކާ އަހަރެން ޒައިކްއާއި ބައްދަލްކުރުމަށް އެދުނީމެވެ. އެކަމަކު މިދުވަސްކޮޅުގަ ނުވާނެކަމަށް ޒައިކް ބުންޏެވެ. އަދި ފްރީ ދުވަސްކޮޅަކުން އަންގާލާނެކަމަށް ބުންޏެވެ.

“އަހަންނަށް ތިހެންތިހަދަނީ ކީއްވެ” މިހެން ބުނެ ގިސްލެވެން ފެށުނު އިރު ޒައިކް ފޯނު ބާއްވާފިއެވެ. އަހަރެން އެހާލޯބިން އަތުތެރެއަށް ލައިގެން އުޅުނު ވެއްޓިދާނެކަމަށް ނުނިދާ އިން އަހަރެންގެ ލޯބި މިއަދު އަހަންނަށް މިދައްކަނީ ކޮންކަހަލަ ކުލަވަރުތަކެއްތޯ އަހަރެން ހުރީ ސުވާލް އުފެދިފައެވެ. އެތައްއަހަރެންވަންދެން ގުޅިގެން މިއުޅުނު އުޅުމުގައި ދިމާނުވާ މައްސަލައެއް މިވަގުތު ދިވާން ޖެހުނު އެއްވެސް ސަބަބެއް އަހަންނަކަށް ނުވިސްނެއެވެ.

ޒައިކްގެ ފަރާތުން އަހަންނަށް ލިބެމުންދިޔަ ހިތްދަތި ޖަވާބުތަކާއި އެކު މާޔޫސްކަމުގެ ދުނިޔެއަކަށް އަހަރެން ގެންގޮސްފިއެވެ. ރެއާދުވާލު އަހަރެން ދިޔައީ ލޮލުތެރޭގައި ހިފެހެއްޓިފައިވާ ކަރުނަތަކާއި އެކު ހިތުން ރޮމުންނެވެ. ބަދުނަސީބުކަން އިޙްސާސްވެ، ދުނިޔެމަތިން ފޫހިވާން ފެށިއެވެ. (ނުނިމޭ)

Share Article

Follow Me Written By

Shaam

Level 110 Stories

Other Articles

Previous

ލޯބި ހަމަ އެންމެ ލޯބީ ކަރުނައިގެތެރޭގައި…… (7 ވަނަ ބައި)

Next

ހިތަކުން ހަމަނުފިލާނޭ… (2ވަނަ ބައި)

Next
April 1, 2015

ހިތަކުން ހަމަނުފިލާނޭ… (2ވަނަ ބައި)

Previews
March 31, 2015

ލޯބި ހަމަ އެންމެ ލޯބީ ކަރުނައިގެތެރޭގައި…… (7 ވަނަ ބައި)

10 Comments!

  1. same says:
    March 31, 2015 at 8:08 pm

    E kyve e gothahkah than kury…

  2. nahu says:
    March 31, 2015 at 9:22 pm

    boys kudhin vatharu 🙁

  3. mufff says:
    March 31, 2015 at 9:46 pm

    mihaaru lailaa ah eulheny eh ireh ga hama mufff ulhu haaluga

  4. sandy says:
    April 1, 2015 at 7:37 am

    miee adhi loabyga maayoos waanwy waru kamakah nudheken. if you know what i had to go throught, you would know what suffering is. anyway, it doesn’t matter now, because i think i have got used to be treated like a trash and being given last priority.

  5. Believe in Allah says:
    April 1, 2015 at 12:33 pm

    may be Zaik is not the right guy for laila! up and downs will come , you may be totally shattered , but what i believe is happiness will surely knock your door . and even i have experienced more than this but finally today i am happy. just because Almighty Allah was and is always with me and if i havent met my first bf and if we arent brake up i could never experience the hurtful feelings and i could never get the awesome fiance in my life.

  6. athoo.. says:
    April 1, 2015 at 6:38 pm

    maashaa allah

  7. Shiu says:
    April 2, 2015 at 8:18 pm

    Whtx gonna happen next ???

  8. naanyyy says:
    April 4, 2015 at 6:43 am

    Boys n girls r not equal.so he did like that

  9. don't care says:
    April 4, 2015 at 4:14 pm

    I feel sympathy for u guys. Be brave girls

  10. meee says:
    April 10, 2015 at 8:49 am

    Font sakaraai veema nukiyee but seems like nice one

Comments are closed.


All Right Reserved!