Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި ހަމަ އެންމެ ލޯބީ ކަރުނައިގެތެރޭގައި…… (7 ވަނަ ބައި)

Shaam Level 110 Stories
March 31, 2015 3 Mins Read
5 Comments

“ގެއަށް ދާން ހިގާ” މަންމަގެ ރާގުހުރީ ރުޅިއައިސްފައެވެ. އިތުރު އެއްވެސް ވާހަކައެއް ނުދައްކާ އަހަރެން ތެދުވެގެން މަންމަ އާއި އެކު ދާން ހިގައިގެންފީމެވެ. ޒައިކް އިނީ އިސްޖަހައިގެން އިށީދެލައިގެން އިންގޮތަށެވެ. އޭނަގެ ހިތުގައިވެސް މަންމަގެ ފަރާތުން ހިތްހަމަނުޖެހުން ފެނުނުކަމަށް އިޙްސާސް ކުރެވުނީއެވެ.

މަންމަ އާއި އެކު އަހަރެން ގެއަށް ގޮސް ވަނުމާއި އެކު އިށީނުމަށް އެދުނެވެ. އަހަރެން ހީކުރީ މަންމަ ދެން އިތުރަކަށް އަހަރުމެންގެ ގުޅުން ކުރިއަށް ގެންދާކަށް ފުރުސަތު ނުދޭނެކަމަށެވެ. ނަމަވެސް މަންމަގެ ފަރާތުން އަހަންނަށް ފެނުނީ ހައިރާންކުރުވާފަދަ އޯގާތެރިކަމެކެވެ.

“ލައިލާ.. މަންމަޔަށް ހީވަނީ ތިއީ އެހާ ރަގަޅުކަމެއް ނޫންހެން ތިގޮތަށް ހިލޭ ފިރިހެނުންނާއި އެކު ވަގުތު ހޭދަކުރުމަކީ، ބަޔަކު ވާހަކައެއް ފަރުރައިފި ނަމަ ދަރިފުޅުގެ ބައްޕަ ކިހާދެރަވާނެ، އަނެއްކާ ތިދެމީހުން ތިއުޅެނީ ލޯބީގެ ގޮތުން ގުޅިގެންތަ”

މަންމަގެ ވާހަކަތަކުން އަހަރެން ހުރީ ހިތްހަމަޖެހިފައެވެ. މަންމަގެ ވާހަކަތައް އެހުރީ އަހަންނަށް މަންމައަށް ވިސްނާދެވިއްޖެނަމަ ކުރިއަށްދެވޭނެ ފަދައަކުންނެވެ.

“އާނ! މަންމާ.. ޒައިކް އެއީ ވަރަށް ރަގަޅުކުއްޖެއް، މަންމައަށް ޒައިކް ކަމުނުދަނީތަ” އަހަރެން މަސައްކަތްކުރީ މަންމަގެ ހިޔާލާއި އެކު ކުރިއަށްދާށެވެ.

“ނޫން.. މަންމައަށް ހެޔޮ ޒައިކް މިއަދު ދަރިފުޅާ ކައިވެނިކުރިޔަސް. އަދި މަންމަ އަށް ޔަޤީން ދަރިފުޅުގެ ބައްޕަވެސް މިކަމާދެކޮޅެއް ނުވާނެކަން، އެކަމަކު ދަރިފުޅުމެން އަދި ކިރިޔާ ސާނަވީ ސްކޫލްގެ ކިޔެވުން ފެށިގެން ތިއުޅެނީ، ޒައިކްގެ ޢާއިލާއަކީވެސް ވަރަށް ރަގަޅު އާއިލާއެއް ، މަންމައަށް ހީވަނީ ހަމަ، މިކަހަލަ ކަމެއް ވާކަން އެގިއްޖެއްޔާ ޒައިކްގެ ޢާއިލާގެ ނުރުހުން ލައިލާއަށް އަމާޒުވާކަށް މަންމައެއް ބޭނުމެއްނޫން”

މަންމަ ބޭނުންވީ އަހަރެންގެ ހިތްހަމަޖެހުމާއި މަސްލަޙަތައްކަން އަހަންނަށް ވިސްނެއެވެ.

“ނޫން މަންމާ އެކަމުގެ ޔަޤީންކަން ޒައިކްދޭ.. ޒައިކް ކަންބޮޑުވަނީ މަންމަމެން ހިތްހަމަ ނުޖެހިދާނެތީ، މަންމަތިކަންބޮޑުވަނީ އެގޭގެ މީހުން ހިތްހަމަނުޖެހިދާނެތީ، މަންމާ ޒައިކް އާ އަޅުގަނޑު މެންދެމީހުން މިއުޅެނީ ވަރަށް ލޯބިން، އެކަކު އަނެކަކަށް ދަސްކޮށްގެން، އަދި މި ގުޅުމުގެ ސަބަބުން އަޅުގަނޑުމެންގެ ކިޔެވުމަކަށް އެއްވެސް ހީނަރުކަމެއް ނާންނާނެ، އަދި މަންމަމެން ދެރަވާފަދަ އެއްވެސް ކަމެއް ނުހިނގާނެކަމުގެ ޔަޤީންކަންދެން”

އަހަރެން ބޭނުންވީ ޒައިކް އާއި އަހަރުމެންދެމީހުންގެ ހިތް ސާފުކަން މަންމައަށް ވިސްނައިދެވޭތޯއެވެ.

“ތިހެންވެއްޖިއްޔާ ކިތަންމެ ހާވެސް ރަގަޅު، އެއީ މަންމަވެސް ޤަބޫލްކުރަން ޒައިކް އެއީ ވަރަށް ރަގަޅުކުއްޖެއްކަން، އަދި ތި ދެކުދިން ދުރުކުރަން ކުރާ މަސައްކަތުން ބީވެގެންދާނީ ދަރިފުޅުގެ އުފާވެރި ދިރިއުޅުމާއި މިހާރު ކިޔެވުމުން ތިހޯދާ ކަމިޔާބީކަންވެސް މަންމައަށް ވިސްނޭތީވެ، މަންމަ ތިއަށް ނޫނެކޭ ނުބުނެ ވާހަކަ ދައްކާލީ”

މިހާ ހިސާބަށް ދިޔައިރު ބައްޕަވެސް ގެއަށް އައިސް ވަނީއެވެ. އަދި ބައްޕަ ސުވާލުކޮށްލުމުން މަންމަ ބައްޕައަށްވެސް ހުރިހާ ވާހަކަ ތަކެއް ކިޔައިދިނެވެ. އަދި ބައްޕަވެސް އެދުނީ ދެފަރާތުގެ އާއިލާއަށް އަދި އަހަންނާއި ޒައިކްއަށް ދެރަގޮތެއް ނުވެ މިގުޅުން ކުރިއަށް ދިޔުމަށެވެ. މަންމައާއި ބައްޕަގެ ހިޔާލު މިކަމުގައި ހުރިގޮތުން އަހަރެން ހުރީ ވަރަށް އުފަލުންނެވެ. މަންމަ ބުނީ ވަރަށް ރަގަޅު ވާހަކައެކެވެ. އަހަރުމެން ދެމީހުންގެ ގުޅުމަށް އޮތް ހުރަހަކަށް މަންމަމެން ވީނަމަ އަހަރެންގެ ހުރިހާކަމެއް ހުއްޓުމަކަށް އަންނާނެއެވެ. އަދި އެކަމުން އަހަންނަށް އަދި އަހަރެންގެ މުސްތަޤްބަލަށް ވާނެ ފައިދާއަކަށްވުރެ ލިބޭނެ ގެއްލުން ބޮޑުވީހެވެ.

އުފާވެރި މޫނަކާއި އެކު އެރޭ އަހަރެން ނިދަން އޮށޯތީ ވަރަށްވެސް ހިތްހަމަޖެހިލައިގެންނެވެ. ޒައިކް އާއި މެދު މަންމަމެންގެ ރުޙުން ފެނިފައެވެ. ހެނދުނު އަހަންނަށް ހޭލެވުނީ ރައްޓެހިންތަކެއް ގެއަށް އައިސް ގޮވާއަޑަށެވެ. ތެދުވެގެން ބަލާލިއިރު ބާރަ ވަރަކަށް މީހުންގެ ބޮޑު ގުރޫޕެއް އަހަރެން ބަލާއައިސް ތިބީ ވޮލީކުޅެން ދާންވެގެންނެވެ. ނުދާން މަސައްކަތްކުރި ނަމަވެސް އެމީހުން އެދޭވަރުން އަވަސް ކޮއްލައިގެން ބަދަރުމަތީ ކޯޓަށް ކުޅެން ނައްޓާލީމެވެ. އަހަންނާއި އެއްކޮށް ކުޅެމުން ދިޔައީ ކުޑައިރުއްސުރެންހެން އެއްކޮށްއުޅުނު ރައްޓެހިންނެވެ. ހީސަމާސާކޮށް ހަދަމުންދިޔައިރު އަހަންނަށް އިޙްސާސްވަނީ ކުޑައިރުވެސް އަހަންނަށް އުޅެވޭނީ މިމީހުންނާއި އެކު މިހެންނޭ ހިތާއެވެ.

ހީސަމާސާކުރުންތަކުގެ ތެރޭގައި އައި ބޯޅައެއް ޖެހުނު ގޮތަކުން އަހަންނަށް ވަރަށް ތަދުވެއްޖެއެވެ. އަދި ތަދުވި ވައަތުގައި ހިފަހައްޓައިގެން ކަކޫ މައްޗަށް އަހަރެން އިށީނީމެވެ. ފެންކަޅިވެފައިވާ ދެލޯ މަރައިގެން އަހަރެން އިށީދެގެން އިންދާ މީހަކު އައިސް އަހަރެންގެ އަތުގައި ހިފާލުމުން ބަލާލިއިރު އެއީ ޒައިކްއެވެ.

” މާމޮޅީދޯ ވޮލީ ކުޅެން.. ކިހިނެތްވީއަތަށް، އަނެއްކާ މާބޮޑުވަރު ވީތަ” ޒައިކްއައިސް ހުރިތަން ފެނުމުން އަހަރެންނަށް ޙައިރާނަކަމެއް ލިބުނެވެ. އަހަރެން މިތަނަށް އައިސް ހުރިކަން އޭނައަކަށް ނޭނގޭނެތާއެވެ.

“މިހާރު އޯކޭ އޭ.. ޒައިކް ކޮން އިރަކު އައީ”

ޒައިކް: “މާވަރުގަދަ ވޮލީ މެޗެއް ދާހެން ހީވެގެން އަހަރެން އައީ ބަލާލަން، މިހެންދަނިކޮށް ފެނުނީ.. ދެން މާސާފު މޫނެއް ދިއްލިފައި ހުރުމުން އަހަންނަށް އާދެވުނީހެން ބޮޑަށް ހީވަނީ”

ޒައިކްގެ ވާހަކަތަށް އަޑުއަހާފަ ހެމުން ތެދުވިއިރު އަހަންނާއި އެއްކޮށް ކުޅެން އައި އެންމެން ތިބީ މި ފިލްމް ބެލުމަށް ކަޅި ހުއްޓިގެންނެވެ.

“ނޫނޭ ލައިއަށް ސާބަސް، ތިހާ ބޮޑު ކަމެއް ތިކުރީ އަހަރުމެންނަށް ނާންގާ ދޯ.. އަހަރުމެން ނޫޅެމޭ ޒައިކް ވަގަށް ނަގާކަށް.. ދޯޒައިކް”

ރައްޓެހިންތައް އަހަންނާ ދިމާކުރަން ފެށީއެވެ.

” އެކަމަކު ދެން މިވީގޮތުން ލައިވްކޮށް ނުފެނުނަސް ރިޕީޓް ޖެހޭނެ ހުށަހަޅައިދޭން،، ފެށިގެން ނިމެންދެން. ތިދެމީހުންނަކީވެސް އަހަރުމެންނާއި އެއްކޮށް އުޅެ ބޮޑުވި ރައްޓެހިން، ނާންގާ ތިހާވަރު ކަމެއް ކުރާ އިރު ޖެހޭނެދޯ އަންގަން، އެހެންވީމަ ލައިލާ އަވަހަށް ކިޔައިދީ ކަންތައްތައް ވީގޮތް، އަވަސް..” އަހަރެންގެ ރައްޓެހިންތައް ތިބީ ދޫކޮށްލާކަހަލަ ވިސްނުމެއްގައެއް ނޫނެވެ.

“ހިނގާދޯ މިދިމާ ބީޗަށް، އޭރުން ތަންކޮޅެއް ހަމަޖެހިލައިގެން ތިބެ ވާހަކަ ދެއްކޭނެނު” އަހަރެން ބުނީމެވެ.

އަތިރިމައްޗަށްގޮސްވެސް އަހަރެން ބެލީ ލަދުން ޒައިކްގެ ފުރަގަހަށްވަދެ ފިލެވޭތޯއެވެ.

“ދެންމަ ދޯ ފަށަންވީ” ރައްޓެހިންގެ ސުވާލުތަކަށް ޖަވާބު ދޭންފެށި ޒައިކްއެވެ. (ނުނިމޭ)

Share Article

Follow Me Written By

Shaam

Level 110 Stories

Other Articles

Previous

ނަަމަވިޔަސް (10 ވަނަ ބައި)

Next

ލޯބި ހަމަ އެންމެ ލޯބީ ކަރުނައިގެ ތެރޭގައި…. (8 ވަނަ ބައި)

Next
March 31, 2015

ލޯބި ހަމަ އެންމެ ލޯބީ ކަރުނައިގެ ތެރޭގައި…. (8 ވަނަ ބައި)

Previews
March 30, 2015

ނަަމަވިޔަސް (10 ވަނަ ބައި)

5 Comments!

  1. naanyyy says:
    March 31, 2015 at 5:24 pm

    Mi part ehaa reecheh noon.i hope nxt part will be nice.waiting for nxt part.

  2. mufff says:
    March 31, 2015 at 6:45 pm

    Agree with nanyyy ….. vrh foohi mi part ………

  3. yash says:
    March 31, 2015 at 7:03 pm

    yes mi part miothee nunimi, adhi thankolheh dhurah liyunu nama ok

  4. sina says:
    March 31, 2015 at 7:05 pm

    shaam aharee dhuvahuge event thakuga v ulhefa hurikan mi part in egey..

  5. luv luvy. says:
    March 31, 2015 at 7:55 pm

    Salhi

Comments are closed.


All Right Reserved!