ލޯޯބި ހަމަ އެންމެ ލޯބީ ކަރުނައިގެތެރޭގައި…. (9 ވަނަ ބައި)
ހިތާމަޔާއި މާޔޫސްކަމުގައި ހޭދަކުރަމުންދިޔަ ވަގުތުތަށް ދުވަސްތަކަށް ބަދަލްވެ، ދިގުލާންފެށިއެވެ. ޒައިކްއާއި ގުޅުން ކެނޑެމުންގޮސް އެންމެ ފަހުން ދެމީހުންގެ މުޢާމަލާތްތަށް އެއްކޮށް ހުއްޓުނެވެ. ޒައިކް ފޯނަށް ޖަވާބު ނުދޭތާގައި އެއްވެސް ގޮތަކަށް ގުޅާވެސް ނުލައެވެ. އެތަށް މަހެއްވެގެން ދިޔައިރުވެސް ފެނިވެސް ނުލައެވެ.
އަހަރެންގެ މި ހިތްދަތިކަން ފެނި ޢާއިލާއާއި ރައްޓެހިން ޒައިކް މަތިން ހަނދާންނައްތާލުމަށް އެދެމުން ދިޔައެވެ. ޒައިކް އެނބުރި ނާންނާނެކަމަށާއި އެހެން މީހަކާއި އެކު ގުޅުންފަށާ ޒައިކް ގެ ހަނދާންތައް ފޮހެލުމަށް އެތަށް ނަސޭހަތެއް ދެމުން ދެއެވެ. އެކަމަކު އެއީ ވަރަށް އުދަގޫކަމެކެވެ. ބަލާލި ކޮންމެ ދިމާލަކުން ، ކަޅި ހިންގާލާ ކޮންމެ އެއްޗަކުން އަހަންނަށް އިޙްސާސްވަނީ ޒައިކްއާއި އެކު އުޅުނު ހަނދާނެވެ.
ޒައިކްގެ އިންތިޒާރުގައި ދެ އަހަރުދުވަސް އަހަރެން ހޭދަކުރިގޮތް ބަޔާންކުރާނީ ކިިހިނެތްހެއްޔެވެ. އަހަރެންގެ ޙާލު ފެނުނު މީހުންނަށް އެކަން އިހްސާސްކުރެވޭނެއެވެ. ކޮންމެ އަކަސް އެތަށް ދުވަހެއްގެ އިންތިޒާރަކަށް ފަހު އަހަންނަށް އަހަރެންގެ ލޯބި ލިބެން ނެތްކަމަށް އަހަރެން ނިންމީމެވެ. އެންމެ ފުރަތަމަ ލޯބިވާ މީހަކާއި އެކު ޒަވާޖަކަށް ދެވެނީ ވަރަށް މަދު ނަސީބުވެރިންކަމަށް އަހަންނަށް ޤަބޫލްކުރެވިފައި އޮތެވެ. އެންމެ ހިތްދަތިވި ދުވަހު އެހީތެރިކަމާއި ނަސޭހަތްތައް ދެމުންދިޔަ ޢާއިލާއާއި ރަޙްމަތްތެރިންވެސް އެދެމުން ދިޔަ ފަދައިން އަހަރެން އަހަރެންގެ ހިތުގައި ފަވާނެގިފައިވާ އެނަން ފަނޑުކުރެވޭތޯ މަސައްކަތްކުރަން ފެށީމެވެ.ޒައިކްގެ ހަނދާންތައް އެކުލެވޭހެން ހީވާ ހުރިހާ އެއްޗެއް ލޯމަތިން އެއްފަރާތްކުރަމުން ދިޔައީމެވެ.
ލޯބި ލޯބި އެ ހަނދާންތަކާ ދުރަށްދާންކުރަމުން ދިޔަ އެމަސައްކަތުގައި އަހަރެންގެ އަތުގައި ހިފާ ބާރަށް ހިގައިގަތީ ފައިސަލްއެވެ. ސްކޫލްދައުރުގައި އެެއްކުލާހެއްގައި އުޅުނު ފައިސަލްއަކީވެސް ވަރަށް ރަގަޅު ކުއްޖެކެވެ. ސްކޫލް ނިމުނުފަހުން އަހަންނާއި ފައިސަލް އާއި ދިމާވީ އަހަރެން އެކަނި ހޭދަކުރާ ވަގުތުތައް މަދުކުރުމަށް ވަޒީފާއަކަށް ނުކުތް އޮފީހުންނެވެ. ވަރަށް މަޖާ މިޒާޖެއްގެ ފައިސަލްއާއި އެއްކޮށް އަހަރެން ގިނަވަގުތުތައް ހޭދަކުރަމުން ދިޔަ ވަރަކަށް އަހަރެން، އަހަރެންގެ މާޒީ ފައިސަލަށް ބަންޑުންކޮށްލަމުން ދިޔައީމެވެ. އަހަންނަށް މިވާހަކަތައް ފައިސަލްއަށް މިހާބޮޑަށް ކިޔައިދެވެނީ ފައިސަލް އަހަރެންގެ ވާހަކަތައް އަޑުއަހާ އަހަންނަށް ކުރިއަށްދާންވީގޮތް ބުނެދޭތީއެވެ.
ފައިސަލްވެގެންދިޔައީ އަހަރެންގެ ހަޤީޤަތް ދަންނަ ވަރަށް އޯގާތެރި މީހަކަށެވެ. ކޮންމެ ދުވަހެއްގެ އޮފީސް ނިންމާލުމަށް ފަހު އަހަރެން ގެއަށް އަންނަނީވެސް ފައިިސަލްއާއި އެކުގައެވެ. އަދި އެނޫން ވަގުތުތަކުގައިވެސް ފައިސަލްދިޔައީ އަހަންނާއި އެކު ވަގުތު ހޭދަކުރަމުންނެވެ. އަހަރެންގެ ހިތްދަތިކަން ފިލުވައިދިނުމަށް ވަރަށް ބޮޑަށް ފައިސަލްމަސައްކަތް ކޮށްދޭކަން އަހަންނަށް ފާހަގަކުރެވުނެވެ. މީހުން ބުނާހެން “ހޯދަން ވީ ތިމާ ލޯބިވާ މީހެއް ނޫނެވެ. ތިމާދެކެ ލޯބިވާމީހެކެވެ.” ނަމަވެސް އެއީ ލޯތްބެއް ނޫނެވެ.އެއީ ހަމަ އެކަނި ޒަވާޖަކަށް ވިސްނާނަމަ އޮންނާނެ ގޮތްކަމަށް އަހަންނަށް ހީވެއެވެ.
ފައިސަލް އާއި އެކު ދުވަސްތައް ހޭދަކުރަމުންގޮސް ހަމަ ހީކުރެވިފައިވާގޮތައް ފައިސަލްގެ ހިތުގެ ހުށަހެޅުން އަހަންނަށް ހުށަހަޅައިފިއެވެ. ބޮޑު ރެސްޓޯރެންޓެއްގެ މަތީ ޓެރަސްގައި ތައްޔާރުކުރެވިފައިވާ ހަފްލާއަކަށް އަހަރެންގެން ގޮސް ފުރަތަމަވެސް ހުށަހެޅީ ކައިވެންޏަށެވެ. ފައިސަލްއާއި އެކު ހޭދަކުރަމުންދިޔަ އުފާވެރި ދުވަސްތަކުގައި ކޮމާއެއް ޖަހަން އަހަންނަށް މަޖުބޫރުވިއެވެ. ފައިސަލްގެ އެފުރިހަމަ ހުށަހެޅުމަށް ކުއްލިއަކަށް ޖަވާބު ދިނުން އަހަންނަށް ވީ ވަރަށް އުދަގޫކަމަކަށެވެ. އަހަރެން އެކަމާވިސްނަން ބޭނުންކަމަށް އެދުނީމެވެ. ފައިސަލްއަހަންނަށް އެފުރުސަތު ދިނެވެ. ފައިސަލްއަށް އެޖަވާބު ދޭންޖެހުމުން ދެރަވި ނަމަވެސް އަހަންނަށް އެއީ ވަރަށް އުދަގޫކަމެކެވެ.
ގެއަށްގޮސް އަހަރެން ފޯނުނަގާ ފައިސަލްއަށް ގުޅާ އެހަފްލާގެ ފުރިހަމަކަމަށް ޝުކުރުއަދާކުރީމެވެ. ފައިސަލްގެ ޖަވާބު އައީ ސުވާލަކުންނެވެ.
” ކޮބާ ވިސްނައިފިންތަ”
އަހަރެންގެ ޖަވާބު ނާންނަހާ ހިދަކު ފައިސަލްގެ ސުވާލުމާކު ނުދާނެކަން އެގެއެވެ. އަހަރެން ވިސްނަންފެށީމެވެ. ފައިސަލްއަކީ ޒިންމާދާރު ރަގަޅު ވަޒީފާއެއްގައި ހުރި ރަގަޅު މީހެކެވެ. އަދި އަހަރެންގެ ހުރިހާ ހަޤީޤަތެއް ދަންނަވެސް މީހެވެ. ވަރަށް ގިނަ އިރުގެ ވިސްނުންތަކަށްފަހު އަހަރެން ގޮތެއް ނިންމީމެވެ. ފޯނުނަގާ އަހަރެން ގުޅާލީމެވެ.ދިހަ ފަހަރު ގުޅިއްޖެއެވެ. ފޯނަކަށް އެއްވެސް ޖަވާބެއް ނުލިބުނެވެ. އާއެކެވެ. އަހަރެން މިގުޅީ މިއޮއްހާދުވަހު ގުޅާ ގުޅާ ފޯނަށް ޖަވާބެއް ލިބިފައިނުޥާ ޒައިކްއަށެވެ. އެންމެ ފަހު ވަގުތުވެސް އެދިމާލުން އަލިކަމެއް ވޭތޯ ބަލާލުމަށް ހިތް މަޖުބޫރު ކުރީއެވެ. ދެން އަހަރެން ގުޅީ ފައިސަލް އަށެވެ. އަހަރެން ފައިސަލްއަށް ޖަވާބު ދޭން ބޭނުންވާ ވާހަކަ ބުނީމެވެ. މިހެން ބުނުމުން ފައިސަލް އަހަރެން ބަލާ އަންނަ ވާހަކަ ބުންޏެވެ.
އަހަރެން ހުރީ ފައިސަލްގެ އިންތިޒާރުގައި ބެލްކަނީގައެވެ. ފައިސަލް ދެކެ ލޯބި ނުވިޔަސް ދިރިއުޅުމާއިގެން ފައިސަލްއާއި އެކު ކުރިއަށް ދިޔުން އެއީ އެންމެ ރަަގަޅުގޮތްކަމަށް ނިންމައިގެންނެވެ. މާގިނައިރެއް ނުވެ މަގުގެ އެއްކޮޅުން ފައިސަލް އަންނަތަން އަހަންނަށް ފެނުނެވެ. ފައިސަލް އައި ވަރަށް ބާރަށް ދުއްވާފައެވެ. އަދި މާދުރުން އަހަންނަށް އަތުން ހަނާވެސް އަޅާލިއެވެ. އަހަރެންގެ ޖަވާބު އެގޭކަހަލައެވެ. އަދި އެ ހޯދުމަށް ކެތްމަދުވެފައިވާކަހަލައެވެ.
ކުއްލިއަކަށް މަގު ހުރަސްކުރަމުންދިޔަ ސައިކަލެއްގައި ފައިސަލް ދުއްވަމުންދިޔަ ސައިކަލް ޖެހުނެވެ. ފައިސަލް އައިލެއް ބާރުކަމުން ޖެހުނު ސައިކަލްގައި އިންމީހާ ވިއްސައިގެންގޮސް ޖެހުނީ ކައިރީގައި ހުރި ފިހާރައިގެ ފާރުގައެވެ. ފައިސަލް އޮތީ ސައިކަލްދަށުވެފައެވެ. ހަޅޭއްލަވައިގަތުމާއި އެކު އަހަރެން ދުވެފައި ތިރިއަށް ފައިބައިގެން ގޮސް ފައިސަލްއަށް އެހީވޭތޯ މަސައްކަތްކުރީމެވެ. އެސަރަހައްދަށް އައި ފުލުހުންނާއި އާއްމުންގެ އެހީތެރިކަމާއިއެކު ފައިސަލްގެ ފައިމަތީގައި އޮތް ސައިކަލް ނެގުނެވެ. އަދި ތެދުވެ ކޮރުޖަހަމުން ފައިސަލް އަހަންނާއި އެކު މަގުގެ އެއްފަރާތަށް ދިޔައިރު އޭނަގެ ފައި އޮތީ ލެއިން ތަތްތެޅީފައެވެ.
އެތަނަށް އައި ފުލުހުންގެ ވެހިކަލްގައި ހޮސްޕިޓަލަށް ގެންދިޔުމަށް ފައިސަލް އަރުވާ އަހަންނާއި އެކު ނައްޓާލިވަގުތު ފެނުނު މަންޒަރަކުން ހިތުގެ ހިގުން ހުއްޓުނުކަހަލައެވެ. ކަރުނަތަކާއި އެކު އެސްފިޔަޖަހަން ހަނދާންނެތި އަހަންނަށް ބަލަހަން ހުރެވުނީ އެންބިއުލާންސަށް އެރުވުމަށް ހަތަރު މީހަކު ނަގައިގެން ދިޔަ ލެއާ ތަތްތެޅިފައިފައިވާ ޒައިކް ފެނުމުންނެވެ. އާއެކެވެ. ފައިސަލްގެ ސައިކަލުންޖެހި އަނިޔާވެފައި އެވަނީ ޒައިކްއަށެވެ. އަހަރެންގެ ހިތަށް ވޭންލިބެން ފެށިއެވެ. ގިސްލަގިސްލާފައި ރޯން ފެށުނެވެ. (ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.


V nyc…..♥
Wow.nxt part avahah up kohdhecheyy……………..
what a love story dear.. you are totally different writer.. I want share you my love story.. your making words to live pics. want meet you.. pls help shaam.
Haadha lahunney up mi v
Salhivey mihaaru eba ingey! Kyp it up
V nyc story 🙂
login nuveveythee up nukureveny. mihaar ok. thanx admin
Kuda Gothah avahah up kobba!!! Vaahaka varah habeys..