ފެންކަޅިވެފައިވާ އަހަރެންގެ ދެލޮލުން އެދިމާލަށް ބަލަނީ އަހަރެން އެދިމާލަށް ނުބަލަން ވަރަށްވެސް މަސައްކަތް ކުރާ ޙާލުގައެވެ. އެކަކު އަނެކަކަށް ހީ ސަމާސާކޮށް ހަދަމުން ދިޔަ އިރު ކިޔާ އެއްޗެއްވެސް ނޭނގޭ ހިސާބު ފަހަތުގައި ހުރެ އަހަރެންގެ ހިތް ގިސްލަ ގިސްލާފައި ރޮނީއެވެ. އެމީހުންގެ ހަރަކާތްތަށް ނުބަލަން އަހަރެން އެހެންމަގަކަށް އަނބުރާލީމެވެ. އެކަމު އަހަރެންގެ ޙާލުވީ ދެރައެވެ. ލޮލުގައި ހިފެހެއްޓިފައިވާ ކަރުނަތަށް ހޯސްލާފައި ފައިބައިގަނެއްޖެއެވެ. ގިސްލެވެން ފަށައިފިއެވެ. ކައިރިން ހިގާފައިދާ މީހުންގެ ބެލުންތައްވެސް އަހަންނަށް އަމާޒުވާން ފަށައިފިއެވެ. ބާރުހިގުމެއްގައިގޮސް […]
އަހަންނަށް ކަލާ ފެންނަނީ ފިނިފެންމާ ބަގީޗާއެއްގައި އެބަގީޗާގައިވާ ހިތްގައިމު މާތަކާ ކުޅެން ހުއްޓައެވެ. ތިޔައީ އަހަރެންގެ ހިތް އަބަދުމެ އެދޭ އާޝިޤާއެވެ. ކަލާ ފެނުމުން އަހަރެންގެ ހިތުގެ ހިގުން އަވަސްވެ އެވެ. އެކަމަކު މިއަދު ތިޔަ ލޯބި ޙާސިލްވުމަށް އެދި ކަލާޔަށް ލޯބި ހުށަހަޅަމެވެ. ތިޔަ ކުރަނގި ދެލޮލާ ފިނިފެންމަލުގެ ފިޔައެއްފަދަ ކޯތާފަތާ ފުން އަސަރުތައް އެކުލެވޭ ވަނާތަށް ދުރުން ބަލާލަބަލާލާ ހުންނާކަށް ދެނެއް ބޭނުމެއް ނުވިއެވެ. ހިތުގެ ތެޅުމާއި އެއްވަރު އަވަސް ހިގުމެއްގައިއަހަރެން ނައްޓާލަމެވެ. އެކަމަކު […]
ނަވާރަ އަހަރު ރަށުގައި އުޅުމަށް ފަހު މާލެ އައީ ވަޒީފާއެއްގެ ބޭނުމުގައެވެ. ރަށުގައި ވަޒީފާގެ ފުރުސަތުނެތުމުން ކުއްޔަށް އުޅެގެންވެސް ވަޒީފާއެއް ލިބެން އޮތީ މާލެއިން ވީމައެވެ. މިގޮތަށް މާލެއައިސް މިމާލޭގެ ތޮއްޖެހިފައިވާ މަގެއްގައި ހިގާލާފައި ދަނިކޮށް ރަށު މަންޖެއެއް ފެނިއްޖެއެވެ. ވަރަށް އުފާވިއެވެ. ސަބަބަކީ މާލޭގައި މިވީ ތިންމަހެއްހާ ދުވަހުގައި ރަށުމީހަކާ ދިމާވެފައި ނުވާތީއެވެ. ރަށްދޫކޮށް މިއައީ ރަށުގެ ހިތްގައިމު މާހައުލު ދޫކޮށްފައި އެކަންޏެއްވެސް ނޫނެވެ. ރައްޓެހިންނާއި ތިމާގެ މީހުންނާއި އަދި ރަށުގެ ސަޤާފަތުގެ އިތުރުން ރަށު […]
އަހަންނަށް މަޖުނޫނު ދެކެ ހަޤީޤީ ލޯބި ވެވިއްޖެ ކަމުގެ އިޙްސާސާއި އެކު “އެނދުހުރަސް ބަލީ”ގެ ޝިކާރައަކަށް އަހަރެންވެ ނިމިއްޖެއެވެ. މަޖުނޫނު ފެނޭތޯ އެގެކައިރިން ޖެހި ބުުރުތަކުން އެއްވެސް ދުމެއް ނޭރިއެވެ. އެހެންނަމަވެސް އަހަންނަކީވެސް އެހާ ބަނދު ނަސީބު މީހެއްނޫނެވެ. ރަށުން ބޮޑުބެ މާލެއަށް އައި އިރު މަޖުނޫނު މެންގެއަށް މަޖުނޫނު ދައްތަ ފޮނުވި ހަދިޔާކޮތަޅެއް އޮތެވެ.އެކޮތަޅު އެގެއަށް ގެންގޮސްދޭން ބޭބެގޭގައި އުޅޭ ކުއްޖެއްގެ ކައިރީ ބުނުމުން ދައްތަ އޭގެ ފައިދާ ނަގާ އަހަންނަޔާ ދައްތަޔާ ދެމީހުން އެގެއަށް […]
ިޔާދާއި ހަތަރުކަޅި ހަމަކުރާކަށް އަހަރެންގެ ހިތް ހަމަ އެއްގޮތަކަށްވެސް އެއްބަސް ވާގޮތެއް ނުވިއެވެ. އަމިއްލަ ޒަމީރު އެކަމާއި އިންކާރުކޮށް ދެކޮޅުހަދަނީއެވެ. ބޭވަފާތެރިވެފައިވާ މީހެއްގެ ކައިރިއަށް އަމިއްލައަށް އެދިގެން ބައްދަލުކުރުމަށް ދާން އުޅުމުން މުޅިދުނިޔެވެސް އެކަމާއި މަލާމާތްކޮށް ހޭހެން ހީވެއެވެ. ކޮންމެ ގޮތެއްވިއަސް އަހަރެންގެ ހިތުގައިވާ އެއްޗެއް އެގޭނީ އަހަންނަށެވެ. އަހަރެން ބުނަން އުޅޭ ވާހަކައެއްވެސް އެގޭނީ ހުދު އަހަންނަށެވެ. ދުނިޔެއަށް ރޭކާވެސް ލާނީ އަހަރެން ބުނީމަތާއެވެ. ދިޔަވަރު ފޫދެންފަށާގަޑީގައި ދޯނިފަހަރުގެ ބޯސަލަށް ވާންވާފަދައިން ހިތްކޮޅުކޮޅަށް ލެނބެންފަށައިފިއެވެ. ސޯފާގައި […]
ލޯތްބަކީ ނިކަން ބާރުގަދަ ހަތިޔާރެކެވެ. ނިކަން ނުރައްކާތެރިވެސް ހަތިޔާރެކެވެ. އަދި އެހާމެ ފޮނި މޭވާއެކެވެ. މިއީ އެންމެންވެސް ދަންނަކަމެކެވެ. އެކަމަކު ލޯބި އަތަށް އެރުމުން ދެންވާ ހުރިހާކަމެއްވެސް ވަނީ ބޭއިޚްތިޔާރުގައެވެ. ލޯތްބަށް އެނަން ނިސްބަތްކރެވެނީ އެ ލޯބި ހޯދުމަށް ކުރާ މަސައްކަތުގައެވެ. އެލޯބި ޙާސިލްވުމުން ހަޤީޤަތުގައި ތިމާގެ ނަފްސުގެ މައްޗަށް އެލޯބި ބާރު ފޯރުވަނީ ތިމާއަށްވެސް މިވަނީ ކީއްކަން ނޭގިއެވެ. މިކިޔެނީ އެންމެން ދަންނަވާހަކަތަކުގެ ވާހަކަތަކެވެ. ނިކަން އަސްލު ވާހަކަޔަށް ޖެހިލަމާ ތޯއެވެ. ދޭހަކުރާނީވެސް މި ހިޔާލީ […]
ގޭގެ ދޮރުމަތީގައި ސައިކަލް ބެހެއްޓުމަށްފަހު އަތުގައި އޮތް ޑީޖާވޫ ކޮތަޅު ހިފައިގެން ކޮޓަރިއަށް ވަދެ ބާރަށް ދޮރުޖަހާއިލުމާއި އެކު ބަޑިފަޅައިގެން ހިގައްޖެއެވެ. އިތުރަށް އެންމެ ޓްރެފިކްލައިޓެއްގައި ޖެހުނު ނަމަވެސް މަގުމަތީގައި ހުއްޓާ ރޮވުނީހެވެ. ދިޔގޮތަށްގޮސް ކޮތަޅުގައި ހުރި ބޮލިތަކާއި، ރަންކެވެލިކޮޅު އެނދުމައްޗަށް އޮއްސާލުމަށްފަހު ބެގީ ނައްޓާލައި ފާރުގައި ދެއަތް އަޅާ ރޯން ފެށީމެވެ. އެވަގުތު ޙާލުހުރީ ރަނޑުއަނަހެނަކަށްވުރެ ދެރަކޮށެވެ. އަހަރެންގެ ކުށަކީ ކޮބާހެއްޔެވެ. ކެވެލިކޮޅުގައި ފިރުމާލެވުނެވެ. އަދިވެސް ޝާރުދާގެ އަތުގައި ދުވާ އެންޝޯންޓަރ ލޯޝަންގެ ވަސް އެކެވެލިކޮޅުގައި […]
މެންދަމުގެ ހަމަހިމޭންކަމުގެތެރޭގައި ޝާދިޔާގެ ކޯތާފަތްމަތިން އޮހޮރެމުންދާ ކަރުނަތައް އިޙްސާންގެ ބެންޑޭޖްކޮށްފައިވާ އަތްމައްޗަށް ރާބައްޖަކަށް ރާއެޅޭ އުޞޫލުން ތިކިތަޅަމުންދެއެވެ. އީޙްސާންގެ އެނދާއި ޖެހިގެން ހުރި ކުޑަދޮރުގައި ބަނޑުއަޅާލައިގެން ބޭރަށް ބަލަހައްޓައިގެން ޝަމީލް އޮތެވެ. ސާދަވިލޭރޭގެ މެންދަމުގެ ބޮޑެތިރާޅުތަށް ތޮށިގަނޑުގައި ޖެހިގެން ވިއްސައިގެންދާއިރު ހޮސްޕިޓަލްގެ ތިންވަނަ ފަންގިފިލާގައި ހުރި ޝަމީލްގެ ހިތްވެސް އެބިޔަރާލުތަކާއި އެކު ބަޖިޔާ ގާތަކުގައި ފިތެމުންދާފަދަ އިޙްސާސްތަކެއް ކުރެވެމުންދެއެވެ. “ޝަމީލް! ހިތްވަރުކުރޭ..އިރާދަކުރެއްވިއްޔާ ގޯހެއް ނުވާނެ” ޝަމީލްގެ އަތުގައި ހިފަހައްޓާލުމަށްފަހު ކުރަކިވެފައިވާ އަޑަކުން ޝާދިޔާ ބުނެލިއެވެ. ޝަމީލްއަށް އިވިގެން […]