ކުއްލިއަކަށްު އެތަނުގައި އޮތް ގަބުރުގެ އަތް ކައިޝާގެ ފައިގައި ހިފާލީ ގުޑާ ނުލެވޭހާ ބާރަށެވެ. ކައިިޝާ ކަރުބުޑުން ހަޅޭއްލަވާގަތް އިރު އެކޮޓަރީގެ ދޮރު ހުޅުވިގެން ދިޔައެވެ. ދޮރުހުޅުވާލާފައި ވަތް އީތަން ހުރީ ހުއްޓުން އަރާފައެވެ. ކައިޝާ ހަޅޭލަވާގަތް އަޑު އިވުމުން ދުވެފައި އޭނަ ކޮޓަރިއަށް އައީ ތެޅިތެޅި އޮތް ހިތަކާއެކުއެވެ. އެހެންނަމަވެސް އެތާކުން އޭނައަށް އެއްވެސް ތަފާތުކަމެއް ފާހަގަ ނުކުރެވުނެވެ. ހުއްޓުން އަރާފައި ހުރި ކައިޝާ ފިޔަވައެވެ. އީތަން އެންމެ ފުރަތަމަވެސް ކޮޓަރިތެރެއަށް އަވަސް ނަޒަރެއް ހިންގާލިއެވެ. ކައިޝާ ހުރިގޮތް ފާހަގަވީވެސް ދެނެވެ. އެއްފަޔަށް ދަމަމުންދާ ގޮތުން ހީވަނީ އެފައި އައްސާފައިވާހެންނެވެ. “އީތަން ޕް….ޕްލީޒް…” ކައިޝާގެ އަޑުވެސް ތުރުތުރުލަމުން ދިޔައެވެ. ދެލޮލުން ކަރުނަ ފައިބަމުންދާއިރު މޭތެރޭގައިވާ ހިތް ހީވަނީ ދެންމެ ދެންމެ ހުއްޓިދާނެއެވެ. “ކައި ކިހިނެއް ތިހަދަނީ؟ ފަޔަށް ތަދުވަނީތަ؟” އީތަން ކައިޝާ ކައިރިއަށް ޖެހިލަމުން ފަޔަށް އިޝާރާތް ކޮށްލިއެވެ. ކައިޝާ ދެލޯ ބޮޑުކޮށްލަމުން އީތަން އާ ދިމާއަށް ބަލާލީ ޤަބޫލު ނުކުރެވޭފަދަ ނަޒަރަކުންނެވެ. އީތަންއަށް ހަމަ ނުފެންނަނީހެއްޔެވެ؟ އޭނަގެ ފައިގައި ހިފަހައްޓައިގެން އެއޮތް ގަބުރު އީތަންއަށް ނުފެންނަންވީ ކީއްވެ ހެއްޔެވެ؟ ” ކައި…ވާހަކަދައްކަބަލަ..ކިހިނެއްހޭވީ؟” އީތަންގެ އަޑު މިފަހަރު ބާރުވިއެވެ. ހާސްކަމުން ފުރިގެންވާ ހިތަށް އިތުރަށް އުނދަގޫވީ ކައިޝާގެ ފަރާތުން ބަހެއް ނުލިބުމުންނެވެ. ” ބަލާބަ އަހަރެންގެ ފައިގައި އެއޮތީ ހިފަހައްޓައިގެން..އީތަން ބުނެބަ ދޫކޮށްލާށޭ..ވަރަށް ތަދުވޭ އެބަ..” ރޮވިފައިވާ އަޑަކުން ކައިޝާ އެހެން ބުނެލީ ސިިއްރުންނެވެ. ހީވީ މީހަކަށް އަޑު އިވިދާނެތީ ބުނެލި ގޮތެއް ހެންނެވެ. އީތަން ހައިރާންވިއެވެ. ކައިޝާގެ ފައިގައި މީހަކު ހިފަހައްޓައިގެން އެބަހުރި ހެއްޔެވެ؟ ކައިޝާ މޮޔަވީ ހެއްޔެވެ؟ މިއަދު އީތަންއާ ދިމާވަނީ މުޅިންވެސް މިފަދަ ކަންތަކާއެވެ. އިތުރަށް ބޯހާސްވުން ނޫން ގޮތެއް ނުވިއެވެ. “އަޖައިބެއް ނުވާނެތަ..ކާކުހޭ ހިފަހައްޓައިގެން ހުރީ؟..ގައިމު އަހަންނަށް ނުފެނޭ އެކަކުވެސް..ކައި ތިކިޔާ އެއްޗެސް އަހަންނަށް ސާފުވާގޮތަށް ބުނެބަލަ..” ކިތައްމެ ރުޅިގަދަވިޔަސް އިތަން ކެތްތެރިވިއެވެ. ” ގަ..ގަބުރެއް..” ކައިޝާގެ ތުންފަތް ފޫއަޅުވާލާފައި ނިކުތް އެބަސްތަކުން އީތަން ސިހިގެން ދިޔައެވެ. އީތަން ކައިޝާގެ އަތުގައި ހިފާ އޭނަގެ ގަޔާ ކައިރިއަށް ދަމާލިއެވެ. އެވަގުތު ކައިޝާގެ އެފަޔަށް ވާންވެގެން ދިޔުމުން މަޑު އާހެއް ނިކުތެވެ. ކައިޝާ ދެލޯ ވަނީ ފެންކަޅިވެފައެވެ. ނުބަލަން ހުރެފައިވެސް އެފަޔާ ދިމާއަށްބަލާލީ ވީތަދަކުންނެވެ. އެވަގުތު ފެނުނު މަންޒަރުން ކައިޝާގެ ހެޔަށް ގޮތް ނުވީ ހަމަ ކިރިޔާއެވެ. ފައިގައި ހިފަހައްޓާއިގެން އޮތް ގަބުރު އޮތީ އެއް މިޔަކަނުން ހީލައިގެންނެވެ. ކޮނެލާފައިވާ ލޮލުގެ ތެރެއިން ހުދު ކުލައިގައިވާ ކަޅީގެ ވިދުން ގަދަވެލިއެވެ. އެގަބުރު އެއޮަށް ގޮތަށް އޮވެފައި އަނގަހުޅުވާލިއެވެ. އެއާއެކު އަނގަތެރެއިން ނިކުތް އެތައް ސަތޭކަ ކުދި ކަކުނިތަކެއް މުށިތަކުމައްޗަށް ފައިބައިގަތެވެ. ކޮޅު ކޮޅަށް ކަކުނިތައް ދުވަން ފެށިިއެވެ. ކައިޝާގެ ފަޔަށްވެސް ދެތިން ކަކުނި އެރިއެވެ. އެއްބައިކަކުނިތަށް އެކޮޓަރީގެ އެނދުދަށަށް ވަންނަމުން ދިޔައެވެ. މުޅިކޮތަރިތެރެއިން ދުވި ކުނިވަހަކުން ކައިޝާއަށް ހޮޑުވެސް ލެވުނެވެ. ކައިރީގައި ހުރި އީތަން ހުރީ ކައިޝާ ހޮޑުލުމުން ކަންތައް ބޮޑުވެފައެވެ. ކައިޝާ ބަލި ވީހެއްޔެވެ؟ އޭނައަށް އެއްވެސް ތަފާތު ކަމެއް ނުފެންނަނީ ކީއްވެހެއްޔެވެ؟ ކައިޝާއަށް އެވަރު ވާނީ ހަމަ ގައިމުވެސް ކޮންމެވެސް ކަމެއްވީމައެވެ. އީތަން ސިހިގެން ދިޔައީ ކައިޝާގެ ހަށިގަނޑުގައި ވަރުދޫވެގެން އޭނަގެ އަތުތެރެއަށް ދެމުމުންނެވެ. އިތަންގެ އަތްދަނޑި މައްޗަށް ކައިޝާ ހިއްލާލިވަގުތު އެއްވެސް އުނދަގުލަކާ އެކަން ވުމުންވެސް އީތން ވިސްނާލިއެވެ. ދާދިދެންމެއަކާ ޖެހެންދެން އީތަން ކުރި މަސައްކަތް ނާކަމިޔާބުވުމުން ހަމަކުއްލިއަކަށް ކައިޝާގެ ހިފެހެއްޓިގފައިވާ ފައި ދޫވުމުން ހިތުގައި ސުޥާލުތަކެއް އުފެދުނެވެ. އެކަންތަކަށްވުރެ އީތަންއަށް އެވަގުތު މުހިއްމުވީ ކައިޝާއަށް ވީގޮތެއް ބެލުމަށެވެ. އީތަން ދުވެފައިކަހަލަ ގޮތަކަށް ގޮސް ސިޓިން ރޫމަށް ނިކުތެވެ. އެތަނުގައި ހުރި ބޮޑު ސޯފާގައި ކައިޝާ ބާއްވާލުމަށްފަހު އީތަން ބަދިގެއާ ދިމާއަށް ހިނގައިގަތީ ދިގުފިޔަވަޅުތަކެއްގައެވެ. އެނބުރި އައި އިރު އެއްއަތުގައި ފެންބޯތަށްޓެއް ހުރިއިރު އަނެއް އަތުގައި އޮތީ ޓިޝޫ ފޮށްޓެކެވެ. އީތަން އަވަސް ހަރަކާތަކާއެކު ކައިޝާގެ އަނގަމަތި ދޮވެލުމަށްފަހު ފެންތަށިން ދެތިން ފެންގޮށި ކައިޝާގެ މޫނަށް ބުރުއްސާލިއެވެ. އީތަންގެ ހިތް ނުތަނަވަސްވީ ކައިޝާ އެއްވެސް ހަރަކާތެއް ނުކުރުމުންނެވެ. އެހެންނަމަވެސް ކުޑައިރުކޮޅެއްވީތަނާ ކައިޝާގެ އިނގިލަތަށް ހަރަކާތް ކޮށްލިތަން ފެނުނެވެ. ވަރުބަލިކަމާއެކު ކައިޝާ ދެލޯ ހުޅުވާލުމަށްފަހު އީތަންގެ ގައިގައި އޮލުލައިގަތީ ކުއްލިއަކަށެވެ. އީތަންއަށް ހަށިގަނޑު ބެލެންސް ކޮށްލެވުނީ ހަމަ ކިރިޔާއެވެ. ” އީތަން..ބޭބީ ދެން ކައި އެކަނި ބަހައްޓާފައި ނުދާތި އިނގޭ..ކައި ވަރަށް ބިރުގަނޭ..އަލަމާރި ތެރެއިން ވެއްޓުނީ ގަބުރެއް..ކައިގެ ގައިމައްޗަށް..ނަސީބެއް ހޭނުނެތުނުކަންވެސް…އެހެންނޫންނަމަ އީތަންއަށް ދެން ކައި ނުވެސް ފެންނާނެ ކަންނޭގެ..ކައިއަށް ދެން ނުކެރޭނެ ކޮޓަރިއަށް ވަންނާކަށް..” އެހުރި ގޮތަށް ހުރެ ކައިޝާ ކިޔާލިއެވެ. އަޑު ތުރުތުރު ލަމުން ދިޔައިރު އެހިތް ހީވަނީ ފުންމާލަފާނެހެންނެވެ. އެހާވެސް އޭނަ ބިރުގަނެއްޖެއެވެ. ކިތައްމެ ހިތްވަރެއް ކޮށްގެން ހުއްޓަސް މިރޭ މިދިމާވި ކަންތަކުން ކައިޝާގެ ހިތުގައި ނަފުސާނީ ބިރުވެރިަކމެއް އުފަން ކުރުވައިފިއެވެ. ދެން ތަނެއްގައި އެކަނި ހުންނާކަށް ނުކެރޭނެއެވެ. މިހާރުވެސް ހީވަނީ ފަޔަށް ކަކުނި ތަކެއް އަރާހެންނެވެ. އެގަބުރުގެ ގައިން ދުވި ކުނި ވަސް ނޭފަތުގައި ހަރުލާފައިވެއެވެ. ކައިޝާ އިތުރަށް މޭނުބައިކުރުން ނޫން ގޮތެއް ނުވިއެވެ. ” އީތަން ދެން ބުނެބަލަ އެއްޗެކޭ..ކައި ހާދަ ބިރެއްގަތޭ..އެއީ ކޯންޗެއްތަ؟ މިއަދު ލައްގައިގެން އުޅުނެއްނު ގަބުރެއް..ކޮބާ އޭތި..ވެދާނެ ދޯ މިރަށް ނާމާންވީމަ ވީގޮތެއް ކަމަށް..ކައި ކުޑައިރު މަންމަ ކިޔާނެ އެހެން..މިބުނީ ގަބުރެއް ލައްގައިފިއްޔާ އެރަށެއް ނާމާން ވާނޭ..ދެން ޖެހޭނީ ކިޔެވެލި ކިޔަވާ ތަކުބީރި ކިޔަމުން މުޅި ރަށުގައި ހިނގަން..އެެހެން ހެދީމަ ދެން އެރަށެއް އަމާން ވާނީ…އީތަން އަޅޭ ދެން މިރަށުގައިވެސް ހިނގާބަލަ އެހެން ހަދަން..އެހެން ނޫނީ ދެން ކައިއަށް ނުވެސް ނިދޭނެކަންނޭނގެ..ހުވަފެނުގައިވެސް ފެންނާނީ އެކަހަލަ ބިރުވެރި ކަންތައް..” ކައިޝާ އޭނާގެ ކުޑައިރުގެ ހަނދާނެއް އާކުރަމުން އީތަންއަށް އެވާހަކަ ކިޔައިދިނެވެ. މަޖުދާގެ ފަރާތުން އެކަހަލަ އެތައް ވާހަކައެއް ކައިޝާ ވަނީ އަޑު އަހާފައެވެ. މިވަގުތު އެކަހަލަ އެތައް ކަމެއް ހަނދާނަވަމުން ދިޔަނަމަވެސް ދުލަށް ގެންނަން ފަސްޖެހުނެވެ. ވަށައިގެން ވަނީ ނާމާންކަމެވެ. ކައިޝާގެ ބޮޑު ދެލޮލުން ހޯދާ ބަލާލީ އެއްވެސް އެއްޗެއް ފެނޭތޯއެވެ. އޭނައަށް އަބަދުވެސް އެކަހަލަގެ ކަމެއް ސިފަކުރެވެމުން ދިޔުމުގެ ސަބަބުން ސިކުނޑިއަށްވަނީ ހަލަބޮލިކަމެއް އައިސްފައެވެ. “ދެން ތިހެންތަ އިންނާނީ؟..މަންމައަށް ފެނިއްޖިއްޔާ ކީކޭ ހީކުރާނީ..ހިނގާ ކޮޓަރިއަށް ގޮސް ހެދުމެއްލާން..” ކައިޝާއާ ދިމާލަށް ބަލާލަމުން އީތަން ހިނިތުންވެލިއެވެ. ކައިޝާއަށް އޭނާ އިން ހާލަތު ވިސްނުމުން ލަދުވެސް ގަތެވެ. އެވަގުތު ކޮޓަރިން ބޭރުގައި އިނދެވުމުން ލަދުންގޮސް މުޅި މީހާ ވިރިދާނެހެން ހީވިއެވެ. އެގޭގައި ހުސްނާ ފިޔަވާ އިރުތު މީހަކު ނޫޅޭކަން އެއީ ހަމަ ނަސީބެކެވެ. “ދެން އީތަން ގަނޑު..ވަރަށް ފޫހިވޭ…ދެން…ނުބަލަބަ ތިވަރަށް…” ކައިޝާ އީތަންގެ މޭގައި އަތުން ޖަހާލީ އީތަން ބަލާވަރުންނެވެ. ގަސްތުގައި އިތުރަށް އޭނާ ލަދުގަންނުވަން އުޅެނީއެވެ. އިތަންގެ މަޤުސަދަކަށްވީ ކައިޝާގެ ވިސްނުން އެކަމުން ދުރުކޮށްލުމަށެވެ. ކައިޝާ ބިރުވެރިކަމެއްގެ ތެރޭގައިވާތަން ދެކެން އޭނަ ބޭނުމެއް ނޫނެވެ. އީތަން ބޭނުންވިގޮތަށް ހިނދުކޮޅަކަށް ނަމަވެސް ކައިޝާގެ ހިތުން ބިރުވެރިކަން އެއްފަރާތްކޮށްލެވުނެވެ. “އެކަމަކުވެސް ކައިއަށް ނުކެރޭނެ ދެން އެތަނަށް ވަންނާކަށް..އެތަނުގައިި އޮންނާނެ އެގަބުރު..ބައިވަރު ކަކުނިތަކެއްވެސް އުޅޭނެ..ކައިއަށް ފެނުނޭ އެނދުދަށަށް ވަންނަނިކޮށް..” ކޮޓަރީގެ ދޮރާ ހަމަވުމާއެކު ކައިޝާގެ ފިޔަވަޅު މަޑު ޖެހުނެވެ. އީތަންގެ އަތަށް ބާރުކޮށްލެވުނީ ކުރިމަތިން އެހާދިސާ ސިފަކޮށްލެވުމުންނެވެ. ކައިޝާ ދެލޯ މަރާލިއެވެ. އެޚިޔާލުތަށް ބޭރުކޮށްލަން ކިތައްމެ ބޭނުމަސް އެކަންތަށް ތާޒާ ކަންމަތީ އަދިވެސް އެބަހުއްޓެވެ. އީތަން ކައިޝާގެ އަތުގައި ހިފަހައްޓާލަމުން ހިތްވަރުލައިދިނެވެ.
އީތަން އެކޮޓަރީގެ ތަޅުގައި ލިފާލުމާއެއްކޮށް ކައިޝާ ދެލޯ މަރާ ތަގުޅިކޮށްލިއެވެ. އީތަންގެ އަތުގައި ބާރަށް ހިފަހައްޓާލަމުން ކައިޝާ އެތެރެއަށް ވަދެވުމާއެކު ދެފައިވެސް ގަނޑުވިހެން ހީވިއެވެ. ބިރުވެރިކަން އޭނާ ވަށާލީ ކުއްލިއަކަށެވެ. ހަށިގަނޑަށް ފިނިކަމެއް އިހުސާސް ކުރެވުނެވެ. ދެފައިވެސް ތުރުތުރުލާންެ ފެއްޓިއެވެ. އީތަން އެދުނީ ދެލޯ ހުޅުވާލުމަށެވެ. އެހެނަސް ކައިޝާ އެހުރިގޮތަށް ހުރީއެވެ. “ނުކެރޭނެ..” އަޑުވެސް ނިކުތީ އެހާ ހިތްވަރުންނެވެ. އީތަން އެތައް ވާހަކައެއް ދެއްކުމުން އެންމެފަހުން ކައިޝާ ދެލޯ ހުޅުވާލިއެވެ. ކޮޓަރިތެރޭގައި އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ. ކައިޝާ އެނދުދަށްވެސް ބެލިއެވެ. އެތަނުގައި ކަކުންޏެއްވެސް ނެތެވެ. އަލަމާރި ހުޅުވަން ކައިޝާ ފަސްޖެހުނެވެ. “ބަލާބަ..ނެތޭ ހަމަ އެކައްޗެއްވެސް..ކައި މާބޮޑަށް ބިރުން އުޅުމުން އެހެން އެހީވީ..މިތަނަށް ކިހިނެއް ގަބުރެއް ވަންނާނީ؟..އޭތި އަމިއްލައަށް ހިނގާފަތަ އައިސްވަނީ..ހެހެހެ..ކައިވެސް ދެން ދައްކާ ވާހަކަ..އަން ދެންވެސް މިހެދުން ލާބަލަ..އެހެން ނޫނީ އަހަންނަށް ގޯނާއެއް ކުރެވިދާނެ..” އީތަން އެއްލޯ މަރާލިއެވެ. އެވަގުތުގައިވެސް ސަމާސާއެއް ކޮށްލަން އެހިތް އެދުނީ ކައިޝާގެ ނުތަނަވަސްކަން ދުރުކޮށްލުމަށެވެ. އީތަން ކައިޝާގެ ފަޔާ ދިމާއަށް ބަލާލީ ކަމެއް ފާހަގަ ވުމުންނެވެ. ކަނާތު ފައިގައި އަތުގެ ނިޝާނެއް ފެންނަން ހުރި އިރު އީތަންގެ މެޔަށް ފިނިވެގެންދިޔައެވެ. ކައިޝާ އެދެއްކީ ތެދު ހަޤީގަތެކެވެ. އެކަންތަށް ބަލައިގަންނަށް އީތަންއަށް އުނދަގޫ ވިޔަސް ހެކި އެހުރި ސާފުކޮށް ފެންނާށެވެ. ” ހިނގާ ދޯ މިރޭ ސޯފާގައި ތިބެން..ކައިއަށް ހަމަ ހީވަނީ ކޮންމެވެސް އެއްޗެއް އުޅޭހެން..ޕްލީޒް..” ކިތައްމެ ވަރަކަށް ނުވިސްނަން ހުއްޓަސް ކައިޝާއަށް އެކަމާ ވިސްނެނީއެވެ. އެކޮޓަރީގައި މިރޭ ނިދުމަށް އޭނައަށް ވޭނަކަށް ވާނެކަން ޔަޤީނެވެ.
**
ހަނދުގެ ރިހިއަލިން ދޮންވެލިގަނޑު އަލިކޮށްލާފައިވާ މޫދުގެ ރާޅުތަށް ގޮޑުދޮށަށް ބީއްސަމުންދަނީ ހިތްގައިމު ރާގަކަށެވެ. ޖެހެމުންދާ ނަލަ ނަލަ ވައިރޯޅިތަށް ކުއްލިއަކަށް ބާރުވެލިއެވެ. ގަސްތަކުގައިވާހާާ ހިކިފަތްތަށް ބިންމައްޗަށް ފައިބަމުން އެއްބައިފަތް ވަޔާ ވިހުރެމުން ދިޔައެވެ. ކަނޑުގެ ރާޅުތައްވެސް އުތުރި އަރަމުން ދިޔައެވެ. ގޮނޑުދޮށުގައި ދުވަމުން ދިޔަ ކަކުނިތައް އެސޮރުމެންގެ ހޮރުތަކަށް ވަންނަން އަވަސްވެގަތެވެ. ކަނޑުގެ މެދުން އަރައިގެން އަންނަ ކަޅު ހިޔަނި ދިގުކަމުންގޮސް ހީވަނީ ބިންދައިގެން ދާން އުޅޭހެންނެވެ. އެގޮތް މިގޮތަށް ހޫރެމުން އެހިޔަނި އެއްގަމަށް ފުންމާލީީ ކުއްލިއަކަށެވެ. މުޅި ހިސާބުގަނޑު ދުންވެގެން ދިޔައިރު އެހިިޔަނީގެ ދެލޯ ވިދާލީ ރަތްކުލައިންނެވެ.
ވަލުތެރޭން އިވެނީ ހިކިފަތްތަށް މުގުރެމުންދާ އަޑެވެ. ވައިރޯޅިއެއްހާ ހަލުވި މިނުގައި އަންނަމުން އެދަނީ އިބްޒާނޫން ދެވަނަ މީހެއް ނޫނެވެ. ބޮލުގެ މެދުން ބޮޑު ހުޅިއެއް ނަގާފައި އެހުދު އިސްްތަށިގަނޑު ވަނީ ގޮށެއް ޖަލާފައެވެ. ދެފައިދަށުން ދުންއަރަމުންދާއިރު ލައިގެން ހުރި ކަޅު ހެދުން ވަޔާ ވިހުރެމުންދަނީ ބިރުވެރިގޮތަކަށެވެ. އިބްޒާއަށް އަތިރިމަށްޗަށް ފޭބުނު އިރު އެތަނުގައި ހުރި އިސްކޮޅުން ދިގު ހިޔަނި ފެނުމުން އެދެލޯ ވިދާލިއެވެ. ތުންފަތުގައި ހިނިތުންވުމެއް ދުވެލިއިރު އިބްޒާގެ އެކަޅު މޫނު އަލިވެލިކަހަލައެވެ. “ޒާއިން..!” އިބްޒާ ގޮވާލިއެވެ. އެވަގުތު އެކަޅު ހިޔަނި ފަސްއެނބުރި ބަލާލިއެވެ. ދުމުން ފުރިފައިވާ އެސަރަހައްދު އަލިވަމުން ދިޔައެވެ. ހަނދުގެ އަލިން ޒާއިންގެ މޫނު ސާފުކޮށް ފެންނަވަރުވިއެވެ. ހަމަ އެކަނި މޫނު ފިޔަވާ ހަށިގަނޑުގެ ބާކީ ހުރީ ދުމުން ފުރިފައެވެ. އަތެއް ފަޔެއް ވަކި ނުވެއެއެވެ. ޒާއިންގެ އެފުޅާ މޫނުގެ އެތަން މިތަނުން ކުދި ކުދި ކަށިކޮޅުުތަކެއް ނިކުމެފައި ހުއްޓެވެ. ދެލޯކައިރި އަޑިވެފައިވާއިރު އެސްފިޔައެއް ނެތެވެ. ނޭފަތުގެ މަތިން ދެތިން ލޯވަޅު ހުރިއިރު އެތަންތަނުންވެސް ދުންއަރަމުން ދިޔައެވެ. ޒާއިންގެ އެބުޅި އިސްތަށިގަނޑުއެގޮތް މިގޮތަށް ހޫރެމުން ދިޔައެވެ. “އާނ!..މީ އަހަރެން..ކޮބާތަ ތިބުނާ އީތަންއަކީ؟..އަހަރެން ބޭނުން އޭނަގެ ހުރި ހިތްވަރެއް އަންދާޒާކޮށްލަން..” ޒާއިންގެ އަޑު ބަރުވެފައި ބާރެވެ. އިބްޒާވެސް ސިހިގެންދިޔައެވެ. “އަހަރެން ކުރިންވެސް ބުނިހެން މިކަމުގައި އީތަންއަށް އެއްވެސް ގެއްލުމެއް ވެގެން ނުވާނެ..އަހަންނަށް ހެޔޮ އޭނަގެ މަންމައާ އެކައިޝާއެއްގެ ދުވަސް ދުއްވާލިޔަސް..އެކަމަކު އީތަން..ނޫން..އޭނަ އަށް ކުޑަވެސް ގެއްލުމެއް ވިއްޔާ އަހަރެން ޒާއިންގެ ފުރާނަ ޖަހައިގަންނާނަން..” އިބްޒާ ބިރުގަތް ނަމަވެސް އިންޒާރެއްދިނެވެ. އީތަންއަށް ގެއްލުމެއްވާކަށް އޭނަ ބޭނުމެއް ނުވެއެވެ. އިބްޒާ ބިރުގަތީ ޒާއިންގެ ގޮތް ނޭނގުމުންނެވެ. ޒާއިން އެއީ އިބްޒާގެ ބާރުން ބޭރުގައި ވަކިން އޮންނަ ޖިންނި ޝަހަރަކުން ގެނައި ޖިންނިއެކެވެ. އިބްޒާ އޭނަގެ ވަފާތެރި ޖިންނީންގެ އެހިގައި ހޯދީ ވަރަށް ބާރުގަދަ އެއްވެސް ރަހުމެއް ނުހުންނަ ޖިންނިއެކެވެ. އޭނަގެ ބާރަުގައިވާ ޖިންނީންނަކީ އިބްޒާގެ ފިރިމީހާގެ ފަހުގެ ވަސިއްޔަތަށް ބޯލަނބާ ބައެއްކަމުން އެމީހުން އެއްވެސް އިންސާނަކަށް ގެއްލުމެއްދޭން ބޭނުމެެއް ނުވެއެވެ. އެންމެފަހުން އިބްޒާއަށް މަޖުބޫރުވީ ޒާއިން ގެނައުމަށެވެ. ކުރެވުނީ ކިހާބޮޑު ކުށެއްކަން އިބްޒާއަށް ނުވިސްނުނެވެ. ޒާއިންގެ ހަޤީގަތް އިނގޭނަމަ އިބްޒާ އޭނައަށް އެދަޢުވަތު ނުދޭނެއެވެ. ވަގުތު ވަނީ ފާއިތުވެފައެވެ. ޒާއިން ބޭނުންވިގޮތަށް އީތަންއާ ހަމައަށް މަގު ކޮށައި އެދިނީ ޚުދު އީތަންގެ މާމައެވެ. މިދުވަހަށްޓަކައި އޭނަ ކިހާ އިންތިޒާރެއް ކުރިހެއްޔެވެ؟ އިބްޒާއަށް މިއިން އެއްވެސް ކަމެއް ރޭކާ ނުލުމަކީ ވަރަށްވެސް ހިތާމަހުރި ކަމެކެވެ.
“އަހަރެން ކަންތައް ކުރާނީ އިބްޒާ ބުނިގޮތަށް..އީތަންއަށް ގެއްލުމެއް ނުވާނެ..” ޒާއިންގެ ބަސްތަށް ކިތައްމެ އޮމާންވިޔަސް އެތޭރެއިން އޭނަ އަދަމުން ދަނީއެވެ. އީތަންއަށް ކުރާ ނަފުރަތުގެ އަލިފާނުން ޒާއިންގެ އެތެރެހަށި ދަނީ ފިހެމުންނެވެ. އެހިތަށް ފިނިކަމެއް ލިބޭނީ އީތަންގެ ފުރާނަ އަމިއްލަ އަތުން ދުއްވާލެވުމުންނެވެ. ޒާއިންގެ ޕްލޭންގެ ފުރަތަމަ މަރުހަލާ ފެށިއްޖެއެވެ. ދެން އޭނަ ހުއްޓާލާނީ އީތަންއަށް ރަނގަޅު ފިލާވަޅެއް ދަސްކޮށްދިނުމަށްފަހުއެވެ. ހިތުން ނުފިލާވަރުގެ އަނިޔާއެއް ދޭނަން ކަމަށް ޒާއިން އަމިއްލަ ނަފުސަށް ވަޢުދުވިއެވެ. އިބްޒާއާއި ޒާއިން އެތައް މަޝްވަރާތަކެއް ކުރުމަށްފަހު ވަކިވެގެން ދިޔައީ އުއްމީދުތަކަކާއެކުއެވެ. އެކަމުގެ ގެއްލުންވާނި ހަމައެކަނި އީތަންއަށް ނޫންކަން އިބްޒާއަށް ވިސްނުނުނަމައެވެ.
**
“ކައި ދޫނި ކީއްވެތަ ހޮޑުލެވުނީ؟..އަނެއްކާ..” އީތަންއާއި ކައިޝާ އޮތީ ސިޓިންރޫމުގައި ހުރި ބޮޑު ސޯފާގައެވެ. އީތަންގެ އަތްމައްޗަށް ބޯލައިގެން ކައިޝާ އޮތީ ހަމަޖެހިލައިގެންނެވެ. ” އިނގޭނެ ދޯ އަހަރެން ހޮޑުލީ ކީއްވެކަން..” ކައިޝާ އަޑަށް ބާރުލަމުން ބުނެލިއެވެ. އީތަންގެ މޭމަތީގައި އަތުން ޖަހާލުމުން އީތަންގެ ލުއި ހީލުމުގެ އަޑު އިވިގެންދިޔައެވެ. އޭނަ ބޭނުންވީ ކައިޝާގެ އެބިރުވެރިކަން ދުރުކޮށްލުމަށެވެ. އެނގިހުރެވެސް އެވާހަކަ ދެއްކީ އެހެންވެގެންނެވެ. “ނޭނގެ ދޯ ހަމަ ވެދާނެއްނު..” ކައިޝާގެ ބަނޑުގައި އަތް ޖައްސާލަމުން އީތަން ބުނެލިއެވެ. ކައިޝާ އީތަންގެ އެއަތް ނަގާ ދުރައްލަމުން ކުދި ކިޔާލިއެވެ. ގަސްދުގައި އޭނަ ރުޅިއަރުވަން އުޅެނީއެވެ. ” އީތަން އަސްލު ބޭބީއެއް ބޭނުންވީތަ…؟ކައި ވަރަށް ބޭނުން..އެކަމް ހީވަނީ އަހަރެމެން އެކަމަށް އަދި ރެޑީއެއް ނޫންހެން.. އަދި މިވީ ވަން އިޔަރ.. ސޯ ކައިއަށް ފީލް ކުރެވެނީ އަދި އަވަހޭ ބޭބީއެއް ހޯދަން..ދޯ އީތަން..؟” ކައިޝާގެ ވާހަކައިން އީތަންގެ މޫޑު އެއްކޮށް ބަދަލުވެގެން ދިޔައެވެ. ހަޤީގަތުގައި އެކަންތަކާމެދު އޭނަ ވިސްނާވެސް ނުލައެވެ. ސަބަބކީ އޭނަގެ މުސްތަޤުބަލާމެދު ހިތުގައި އެތައް ޝައްކެއް އުފެދިފައިވާތީވެއެވެ. ވީއިރު ދަރިއެއް ހޯދައިގެން އެކުއްޖާއާއ ކައިޝާ ބިކަވާކަށް އިތަންއެއް ނޭދެއެވެ. އޭނައަށް ބައެއް ފަހަރު ހީީވާގޮތުން އޭނައަކީ މަދު ދުވަސްކޮޅެއްގެ މެހެމާނެކެވެ. ކައިޝާގެ ދިރިއުޅުމަށް އައި ބިލާހެކެވެ. އެންމެ ދެރަވަނީ ކައިޝާއަށް ހުރިހާ ހަޤީގަތެއް އިެނގުމުން ވާނެ ދެރަ ހިތަށް އެރުމުންނެވެ. އޭނައަކީ ކޮންކަހަލަ މީހެއް ކަމާއި ކުރިއަށް ހުރި ކަންތައްތަކުގެ ބޮޑުކަން ކައިޝާއަށް ވިސްނައި ދިނަސް ނުވިސްނޭނެއެވެ. ވިސްނާ ވިސްނާ ސިކުނޑި ހާސްވުން ނޫންކަމެއް ނުވެއެވެ. އީތަން ލޯމަރާލިއެވެ. އެއާއެކު ފެނުނީ ތުއްތު ފިރިހެން ކުއްޖަކު ބައްޕާއޭ ކިޔާ ގޮވާލިއަޑެވެ. އެކުއްޖާ ދުވަމުން އަންނަނިކޮށް ދުންގަނޑެއްގެ ތެރެއަށް ގެއްލިގެންދަނީ އީތަން ބަލަން ހުއްޓައެވެ. ކައިރީގައި ކައިޝާ ހުރި އިރު އެދެލޯވަނި ކަރުނުން ފުސްވެފައެވެ. އީތަން ދެލޯ ހުޅުވާލީ ކުއްލިއަކަށެވެ. އޭރު ނިތްކުރިމަތިން ދާތިކި ބަބުޅަމުންދިޔައެވެ. އެފަދަގޮތެއް ވާކަށް އޭނަ ނޭދެއެވެ. ކުއްޖަކު ހޯދަން އަދި އީތަން ބޭނުމެއް ނޫނެވެ. ތަޤުދީރުގައި އެކަން ވާން ހުރިނަމަ ވާނެއެވެ. “:ޔެސް ކައި ބޭނުން ގޮތެއް..އަހަންނަށްވެސް ހީވަނި ކިޑެއް ހޯދީމަ ދެން އެހާ ފްރީއެއް ނުވާނޭ.. ބޭނުން ގަޑިއެއްގައި ކައިިއާ މިގޮތަށް ސަމަސާއެއްވެސް ނުކުރެވޭނޭ..”ކައިޝާގެ ބަނޑުގައި ކޮށްޓާލަމުން އީތަން ހީނލިއެވެ. ކައިޝާވެސް ހީލިއެއްކަމަކު ހިތުގައި ރިހުމެއްވެސްވިއެވެ. ދިރިއުޅުމުގައި ހުރިހައި އުފަލެއް ލިބުނަސް ހުސްކަމެއް އިހުސާސް ކުރެވިފައި ވެއެވެ. ކައިޝާ އެވާހަކަތައް އެގޮތަށް ދެއްކިނަމަވެސް އެއުނގު ފަޅުފިލުވާނެ ދަރިއެއް ބޭނުމެވެ. އެޒިންމާ ނެގޭނކަމުގެ ފުރިހަމަ އިތުބާރު އަމިއްލަ ނަފުސަށް އޮތަސް އީތަންގެ އެޖަވާބުން ކައިޝާ މާޔޫސް ކޮށްލިއެވެ. އެހެން ނަމަވެސް އެކަން އީތަންއަށް އަންގާކަށް ކައިޝާ ބޭނުން ނުވިއެވެ. ކައިޝާއާއި އީތަން މަޖާ އެތަށް ވާހަކަތަކެއް ދެއްކިއެކެވެ. އެކި ދުވަސްވަރުގައި ހިނގާފައި ހުރި ކަންތައްތަކެވެ. ރަހުމަތްތެރިންނާ ދިމާވެފައި ހުރި މަޖާ ވާހަކަތައްވެސް ދެކެވުނެވެ. ދެމީހުނވެސް ބޭނުންވީ ސިކުނޑިން ހާސްކަން ފިލުވައިލާށެވެ. އެތައް އިރެއް ވޭތުވެގެން ގޮސް އެންމެފަހުން ދެމިހުނނަށްްވެސް ނިދިޖެހުނެވެ.
ގަޑިން މެންދަމު 2.30 ހިނގާ އިރުކޮޅެއްވީތަނާ ކުއްލިއަކަށް އިވުނު ގަދަފަދަ އަޑުފަށްގަނޑަކުން ކައިޝާއާއި އީތަން ސިހިގެން ދިޔައެވެ. ދެލޯތަންމިނަށް ހުޅުވާލަމުން ވަށައިގެން ހޯދާލީ ކަނު އަނދިރިކަން ވެރިވެފައިވުމުންނެވެ. ފުރާޅުމައްޗަށް ހީވަނި މީހަކު އޮއްގާ އުކާހެންނެވެ. އެހާވެސް އަޑުގަދައެވެ. ބޭރުން ބުޅާ ކޯޅޭ އަޑުވެސް އިވެމުން ދިޔައެވެ. ފަނިފަކުސާ ގޮވާއަޑާއި އެކުއެވެ. ކައިޝާ ކުއްލިއަކަށް ހަޅޭ ލަވާގަތެވެ. “މަންމާ!..އެބައުޅޭ ކޮންމެވެސް އެއްޗެއް ގައިމަތީގައި..އެބަ ދިރޭ..އީތަން..!” ކައިރީގައި އޮތް އީތަންގެ އަތުގައި ހިފާލަމުން ކައިޝާ ސޯފާއިން ތެދުވީވެސް ކުއްލިއަކަށެވެ. އެވަގުތު އީތަންއަށްވެސް އޭނަގެ ގައިމަތިން އެއްޗެހިތަކެއް ދުވާހެން ހީވިޔަސް އަނދިރިކަމުން އެއްވެސް ތަނެއް ސާފެއް ނޫނެވެ. އީތަން ސޯފާއިން ތެދުވަމުން މޭޒުމަތިގައި އޮތް ފޯނުން އަލިކޮށްލިއެވެ. ކައިޝާ ހެދުން ފޮޅަމުންދިޔައީ ރޮމުންނެވެ. އިތަން ސޯފާއާއި ދިިމާއަށް ފޯނު އަނބުރާލީ މިުށިތައްމަތިން އެއްވެސް އެއްޗެއް ފެންނަން ނެތުމުންނެވެ. އިހުނަށްވުރެ ބާރަށް ކައިޝާ ހަޅޭލަވާގަތްއިރު ސިހިގެންދިޔަވަރުން އީތަންއަތުން ފޯނުވެސް ދޫނުވީ ހަމަކިރިޔާއެވެ. ސޯފާމަތީގައި ކޮޅުކޮޅަށް ދުވަމުންދަނީ ރަތް ކުލައިގައިވާ ކަކުނިތަކަކެވެ. އެކި ސައިޒުގެ ކަކުނިން ފުރާލާފައިވާ ސޯފާފެނި އީތަންގެ ގައިންވެސް ހީބިހިނަގައިގެން ދިޔައެވެ. ހަމަ އެވަގުތު ވިދާލި ވިދުވަރާއެކު ބާރު ގުގުރިއް ޖެހުމަށްފަހު އެއްވެސް އިންޒާރަކާ ނުލާ ވިއްސާރައޮއްސާލިއެވެ. ކައިޝާ އީތަންގެ ގައިގައި އޮޅުލަތްއިރު މުޅި މީހާ ތުރުތުރު ލަމުންދިޔައެވެ. ސޯފާއާއި ދިމާއަށް ބަލަން ހިތްނޭދުނަސް ބެލެނީ އެދިމާއަށެވެ. ހެދުންތެރޭގައިވެސް ކަކުނި އުޅޭހެން އެބަހީވެއެވެ. ދެތިންފަހަަރަކު ހެދުންވެސް ފޮޅާލެވިއްޖެއެވެ. ކައިޝާގެ ފައިގައި ކުއްލިއަކަށް މީހަކު ހިފަހައްޓާލިކަމުގެއިހުސާސްކުރެވުނެވެ.
111 Comments!
Comments are closed.




Omg balahattaigen hutta e up vee. Kiyaalaafa comment kollaanan ingey
hehehhe…arrn kohlaathi ingey..:)
OMG!!!! Mi part kiyaafa birun fiyy kandaigen hingajje. Especially when I imagined that gaburu onnaane goiy. Alhe eethan fakeeru zaain ge aiydhashun salaamaiy kurachey ingey kaya. Btw mi part varah salhi ingey. Hama obiness to the max. And me first dhw. Hurraayy
plx leave a comment..:)
njoy:)
varah habeys…. aneh baa kondhuvahakun nukunnaanI….v avaha aneh baa need Jun eh dhen. .. mee DhanDi saameege v bodu ehdhumeh
Thank u so much dear…? IN SHA LLAH soon I ‘ll try? hope u ‘ll b waiting..?
anehba neredhun ehdhen *
Oh…haadha baivaru kakuni thakekey dhw..alhe Eethan ah dhera gotheh nuhadhaathi!
Ehentha shabyy? thank u so much..? keep waiting to know wat will hon to ethan
WOW… Amazing hama… V biruveri… Mihaa biruveri kureema v kiyaa hiyyvey… Adhives biruveri kollaane kamah mi ummeedhu kurany… Ibzaage nubaikan dhw… Thimaa feyhunu iloshigan’du mifaharu ran’galhahves thimaage lolah hereyne… Alhe Zunnoor e 2 kudhin salaamaiy kurahchey… Husnaaves… Waiting for the next part… Keep it up Kaya 🙂
Thank u so much saandy? ibza ah Adhi visneyn kamah mibalanee.. dn neynge dhw vaane gothei.. hehe ? I am trying to save all of dem..dn hingaa dhw baalaa vaane gothei keep waitin to know more ?
Aaaaahhhhh. Edhemeehunnah dhera gotheh nuhadhah cheyyy.
Thank u dear? will try ingey…hhehe?
balabala indhaa a up v.. thank u.. aslu maa biruvery.. mi vaahaka kiyaagn nunidheyne
bt v nice mi story
Hehehe…ehentha…sad dhw ehenveema…btw thank u dear
haadha reehchey ekm vvv biruveri kiyaa hithun hutta e nimuny thnkz mihaareethi vaahakaeh genesdheytheeve
Thank u so much?
Reethi kan.. heevany hedhun thereyga kakuni dhuvaahen..
Owwww sama ?
Eyy haaaaadha furihama ey beach sifa kohfa huri goiy!! i love tht!! <3 nd alsu keehve' Zaain is angry with Ethan??? .. .. overall koh bunanyaa bunaanee u are doing a great work eyy..keep it up!! nd all the best!! ..waiting………..
Ethan finally dhuvasthakakah fahu dhimaaa vejje? thank u so much for de lovely comment?
Vv reethi
Thanks ?
Biruganejje mihaaru!… Haadha biruveri ey.. I’m so so so so so scared?
Owwwww navii? sorry for dat n thank u ?
Ibza gandu haadha amihla edhun bodey dw.. mihaaru eothy rangalhu landeh libifa… vaahaka kiyamun dhiyairu heevey alhugandu fayahves kakuni thakeh araahen…. kai faiga e hifee annehkaaves gaburu kanneynge dw?? Waiting for next part…
Neynge dhw Adha? fayahves ekakuni aranee ey??
Keep waiting ?
Reethi kamaa eve
Thank u so much??
sheesh alhe varah reethi dhen kihineh vaany
Stay in touch to know more? thank u dear?
Vvv rythi. Ekam e dhe kudhin salaamay kurahchey. Xunnooru genes dhehchey. Nd pls madhama up kohdhybah prt eh plz plz
Tannnk u aakkyy? will try to save dem? in sha allah will up soon…keep waitin ?
Hesskiyaafa salhii ❤
????
varah dhuvas vehjje ehvves vaahakayakah comment kohnuleveytha.. ekm this story is just omg.. hama…cant even explain. hehe.. varah reethi ingey kaya..??? goosebumps nagaalaifi. good work ?
Thank u so much…happy to c ur comment ?? m glad dat u liked this story?
Saturday night ga dho next part?
Kayashandy is the best
In sha Allah ? thank u dear ?
Alhey dhen mivaagotheh.. huvaa e ibza bee nolhaalan?
Hehehe layaa ehaa rulhi gadha nuvey ibzaa ais layaa kaalafaane…?heheh thank u???
Saabas kaya ah..birun goss heyynethey varu vehje..mi varu nukuryya nvey tha??hehe just kidding ingey?story Hama varahh reethi as usual.love yuh kaya and ur storys tooo..hehe
Happy to c ur comment? n thanks beeeeegkoh.????
Birun goss gain heebihi nagaifi.. Mirey dhn nidhann hithulaane kamehvess neiyy.. I can imagine that gaburu.. V nice story.. ?
Alhey? sooo sowreeeee? ehaa bodukoh biruganefavex comment kohleema thanks???
Alhey haadha biruveri ey.. Mirey nidhan ves undhagoo vaane thiya gabureh sifa vaa varun.. Ugh ? mi part ves habeys ingeyy ♥
Oooooh sorry dear riffu? m v happy dat u liked it?
wow WoW,❣❣❣ mi part vess haadha reechey.. dhulakun,galamkun bayaaneh nukureveyne mi vaahaka furihama varu
KEEP IT UP KAYA??
Hehehe…..my lovely dear?? thanks v v bodukoh?
?????..v interesting. Mi vaan ulheny Kihinehbaaa. ?Cant wait?.. zaain ah vureh Ethan powerful kobba Kaya please ?. When is next part kaya?
Jj my darling? thanks alot?wait ingey Adhi
Cuz zain ah neynge Ethan ei kihaavareige meehehkan so keep waiting to know more..? In sha Allah tmrw nyt ga up kureveythw mibalanee?
Wow masha allah v rythi alhey eethan mennah dhera eh nu dheh chey zaain ge kibain eethan men salaamaiy koh dheythi plx plx stry v rythi obiness to the max kon irakun nxt prt??? ???❤❤❤?????? thanks ly gud nyt
??? khajja? thank u sooo much…will try to save them? keep waiting☺ will up ASAP..btw m v happy dat u liked it?
Mivaahaka kiya kiyaa foohi nuvi. Hama ehaa salhi mivaahaka.
Thanks v bodu koh??
Kaya its awesome hama …haadha biruveri khlaafa ey..vrh salhi n anehkka zaaain aee kihineh baa vaanyh eethan n Kai ge life ah…yageeney ehkka gaburukan Kai faiga ehifehehtyh…let’s see dho..waiting for next part?u r d best kaya❤
aslu keeve eethan ah nufenunee kaisha faiga hifaafa oi iru first ….eethan akee vx jinni ehnu… bt v reethi mi part vx…..
Eii siirei…?fahun ingeyne☺ actually he is not a jin yet…he is a normal person with some supernatural powers?thankiyu remoo?
Mibaves v sali?kondhuvaku ane part genes dheni.v kiyaahithun mihuree
Nice??
kuru
Kayaaaa!!!!! Hiii!!!!
Kaya kihinetha???
Alhe e meehun maa varakah kaisha fahathun e ulheny ethan ge wife ah veema tha?? Balaathi!! E Zaain nuvaane rangalhu meehakah .. yageen!! Pis pis pis!!
IBZAAAA!!! Heyo nuvaane thi kulhey kulhi varu dhen huttaalan vejje ehnun..mihaaru e meehunnah libifai huri hithaama thah fudheyey!! Dhen meena hama maraa nulaa dhoo nukuran vegen dhakkaahaa fonyey mee hus!! Huh!!! Varah foohiveyy!! Mi Ibza akah dhuvahaku ves nuvisneyne! Dhen emme fahun vaguthu faaithu veema ey mi Ibza gandu mi kulhey kulhi varu huttaanyy!!??
Kayaaaaaa!!!! Mi part ves haadha salhi eyyy!!! Kayaa kihinetha story liyan dhas kuryy?? Amilla ahtha??
Mi part haadha biru veriyey…especially ehkala gaburu thankolhu eythi sifa kohdhin thankolhu hama vvv reethi..heevy hama amilla hiyaalavves ekan sifa kurevun hen…imagination ah ves eythi hunnaane goih sifa kurevumun gain heebihi negi!!
Kayaa vvvvvvvvvvvvvv MOLHEYYYY!!!!! Hama speechless!!! Kuruviyas okay…because i know emmenves busy vaane kan.. ehemmeehun busy vanyaa kaya ves busy vaane dhoo!! ??And….Kaya mi kakuni vaahakaige parts thah ves up kurun delay nukoh kurukoh viyas up kohdheythee vvvv ufaa veyy!! Always love you kayaa!!! And remember that i am always with you!!!??
Kaya ehdhe miy hunah haadha vareh thi aruvaaliy!!!
When i was reading that gaburu bai i had to throwup!!!
Waiting ga!!!
Varah reethi!!
Alhey Ethan ah eynage Lwbi libunyma dhnbe Maama gandu huhhtaanuli dhw!!alhe e2 kudhin ulhuny dhinihya kyhtha vaany..alhey axluvx vvvv reethi ingey mi part vx.. waiting for the next part!!
ziadhan dhw aee
thats zaain ?
Kobaa 21 22 23 24
click kayashandy’s name under story’s name.. you can see all the parts 1-25 ??
neh ingey bunaane ehceh…? story kiyamunn dhiya iruga heevee hama ethaa hure veyhenn ?hehehe……..keep going..?
Upvaaleh vvv las
kaya kobaa tha 26th kakuni?? v gaathuga kanneyge… biru ves eba ganey??? hehehe
Kaya kobaatha 26th vana part… kiyaahithun kehmadhuvefa…?
Haadha lahey up vaaleh… ASAP ey jehyma enimuny tha. Kiyin theringe ihsaas seh ves bala eh nulaanan dhw?????
Mirey up kohdheynan dhw kaya ?
vvv reethi
????????????
26th vana part ge inthizaarugai
Mi vaahaka liyun theriyaky meehunge thaureef varah beynun vaa ekemaku ves varah faruvaakuda vaahaka liyun theri eh kan faahagakohlan ?
kayaa eidh v ma maa bodah busy v tha???
i really want to read 26th part of kakuni……
:’-(
Kaya kobaatha vaahaka?? V kiyaa hithun mi hunnany.. Avas kolladheebala pls
??????????????
Inthizaaru kureveynee hama 26th vana part ah. Heekuran varah varah kairi musthaqbal ehga 26th vana part kiyaalan libeyne kamah.
Thank you.
Kobaatha 26th vana part. Haadhahaa inthizaarekey thi kuruvany dhw.
Vv reethi.26th vana part update kuraanee kondhuvahakun??. Can’t wait to read that part.
🙂
???????
Dhen mi vaahaka mi nimunee tho?
26 vana part koba… Varah reethi mivahaka.. I was just waiting to the end comment eh kohlan.. Furatama part in fashaigen mi part ah hamah varah habeys… Den benun vany aneh part kiyaalan.. Ekam eh part kon duvahaku update kurany… Mi story hama varah ves reethi… ??
އަދދިވެސް 26 ވަނަ ޕާރޓެއް އަޕެއް ނުކުރެ .ނޫޅުން ދެން
އޭ އެޖެންޓް 47 އަދި ރޯކަށް ނުވެއެންނު
إن ﷲ مع اصابرين އޭ ބުނެވޭނީ ހަމަ
Kaya haadha varakah eba inthizaaru kureveyey. Plz up kohdheeba. Kaya ah kameh veetha?
Where are tou kaya?????????
You*
Its going to be a month vaahaka post nukuraathaa. Aslu nimifa oiyy vaahaka eh kamah mi vaahaka fehty ves ekam emme fahu episode kee fahun mi inguny vaahaka emme fahun post kuri gothah month eh vaneekan. Please upload asap can’t wait to read the next part. And maa bodah las vanyaa vaahaka continue kuran foohi vaa gotheh vei aslu
kihineh miweee???kakuni nimuneeetha???
Haadha reethi vaahakaekey mi nimuneetha?
where is the next part?
kayaa….
kobaa next part??
haadha lasss vany nw 1mnth vejje?????
bt story continue kurahchey plx.. ?
engey kameh dhimaa vedhaane kann… loves ?
vaahaka nuliyevunas explain eh kohdheven jeheyne kahneyge dhw… this is tooo much….
ASlu Wes ?
Alhey kobaatha next part .. kyhve Tha up nukurani mihaaru.. plxxx plxx upload it soon
Hi Kaya! Konthaaku thiulheny? Next part up kolladheeba plz.
next part up kohdheeba please
kiyaa hithun keh madhu wefa mihiry
Koba 26… Varah kiyaahithun mihiry
Hey Kaya! Haalu kihineitha?Adhives Hama Kayaa enburi annaane kamuge inthizaaruga mi hunnany. Mashah yageen Kaya ah Kommes bodu kamennuvaanama “Jinn” ah reply kuraanekan. Ekam dheraee vee gothevves ulheythanevves neygeythy. Komme gothakah komme kamevviyas “Jinn” is with you. Plz reply. May Allah protect you. Love you and miss you my best Author.
miwaahaka nimunytha dhn up nukuraane dhw
End
Kobaa tha aneh bai
Kaya hurihaa baeh eky neren vynun… v salhi vaahakaeh .. ehkkoh kiyaalan kehmadhuvefa mi iny.. love ur story ?
Waiting…. vvvvv salhi
adhivx 26 vana baeh up eh nuve..sayyduuu