Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތުގެ ރިހުން 39

Krystal Level 510 Stories100 Login100 Comments
October 25, 2025 4 Mins Read
0 Comments

ކުއްލިއަކަށް ތިއޭޓާރ ކައިރި ހުރި ލިފްޓް ދޮރު ހުޅުވާފައި ނިކުތީ ނޫރާ އާ މަންސޫރެވެ. ޔާސިރު އަށް އެދެމީހުން އައި ލޭދީފައިކަން ދެނެގަނެވުމާއެކު އުފަލުން ގޮސް މަންސޫރު ގައިގާ ބައްދާލިއެވެ. ނަމަވެސް ޔާސިރު ޖޯޑުކޮށްލާފައިވާ ދެއަތް މަންސޫރު ދުރުކޮށްލީ މޫނަށް ގޮތްތަކެއް ހަދާލާފައެވެ.

“އަހަރެން މިތަނަށް މިއައީ ނޫރާގެ އެދުމުގެ މަތިން… އަދި އެއް އިރެއްގަ އަހަރެން ވަރަށް ގާތްކޮށް ގެންގުޅުނު ކުއްޖެއް ޔާސިން އަކީ… ޔާސިން އަހަންނަށް ކޮށްދިން ކަންތައްތައް އަދި މިހެން ދޭ ލޭކޮޅަކުން އަދާ ނުކުރެވޭނެ ކަން އިގޭ..” މަންސޫރު ބުނެލިއެވެ.

“ކޮންމެ ނިޔަތެއްގަ މަންސޫރު އަޔަސް ތިކޮށްދިން ކަންތައް އަހަރެން އަބަދުވެސް ހިތުގަ ބާއްވާނަން.. އަހަރެމެން ދެމީހުން ދެމެދުގަ ޖެހުނު މައްސަލައެއް ޖެހުނީ މީގެ 30 ހަކަށް އަހަރު ކުރިން… ދެން ވެއްޖެ ކަންނޭގެ މިކުދިންގެ ހައްޤުގަވެސް މި ރުޅިވެރިކަން ނިންމާލަން..” ޔާސިރު މިހެން ބުނުމުން މަންސޫރުގެ ރުޅި އަދި ވީ ގަދައެވެ.

“ރުޅިވެރިކަން ނިންމާލާށޭ.. އަހަރެން ހަދާނެއް ނުނެތެޔޭ ކަލޭ އަހަންނަށް ދިން ލަޑު…” ހުޝާމްއާ ނޫރާ ހުރީ މަންސޫރުމެން ދައްކަމުން ދާ ވަހަކައިން ވާނުވަ ނޭގިފައެވެ. ހުޝާމްއަށް އިނގިފައިވާ ގޮތުގައި މަންސޫރަކީ ޔާސިން މަންމަ ފަހަތުން ހޭބަލިވެގެން ދުވި މީހެކެވެ.

“އެ އޭރު އަހަންނަށްވެސް ނުވިސްނި ވީކަމެއް…” ޔާސިރު ބުނެލިއެވެ.

“ހަ… ޔާސިރު ކަލޭ ދައްކާ ވާހަކަ ގަބޫލެއް ނުކުރާނެ މިހެން ދާ ކުޑަކުއްޖެއްވެސް… ކަލޭ މަގޭ ދިރިއުޅުން ހަލާކު ކުރީ… ކަލެޔާ ހެދި މަ ޖަލަށް ދާން ޖެހުނީ..” މަންސޫރު ޔާސިރުގެ ގިރުވާނުގައި ހިފަމުން ރުޅިވެރި ރާގަކަށް ބުނެލިއެވެ.

ނޫރާ އާ ހުޝާމަށް އެކު އެކީހެން އައިސް މަންސޫރު އަތުގައި ހިފާ ތިރިކޮށްލެވުނެވެ. މިފަދަ ދަޑިވަޅެއްގައިވެސް މަންސޫރާ ޔާސިރުގެ ކޯޅުން ހުއްޓުމަކަށް ނައުމުން މީ ދުވަހަކުވެސް މައިތިރިވާނޭ ރުޅިގަނޑެއް ނުންކަން ނޫރާއަށް އިހުސާސް ކުރެވެން ފެށުނެވެ.

“ބޭބެ ޖަލަށް ދިޔައިއޭ… ބައްޕައާ ހެދި؟” ހުޝާމް އަހާލިއެވެ. މަންސީރަކީ ކުށެއް ކޮށްފާނޭ މީހެއް ވައްތަރެއް ނުޖަހައެވެ. އަނެއްކޮޅުން ޔާސިރަކީ މީހަކު ޖަލަށް ފޮނުވޭ ވަރުގެ މީހެކޭ އެކަކުވެސް ނުބުނާނެވެ.

“އާނ… އަހަންނާ ޔާސިރު އަކީ ކުރިން ވަރަށް ގާތް ދެ ރަހުމަތްތެރިން… ބެސްޓް ބަޑީސް އޭ ބުންޔަސް ދޮގަކަށް ނުވާނެ… އަހަރެމެން ދެމީހުން ހިތްކީ އެކަކަށް… އެކަމާ ހެދި މިހިރަ ޔާސިރު އަހަންނަށް އެވަރުގެ ލަޑެއް ދިނީ.. ރީތިކޮށް ބުނިނަމަވެސް އަހަރެން ޔާސިރު ބޭނުންވާ ގޮތެއް ހެދީސް..” މަންސޫރު ބޭނުންވީ ނޫރާ ހުއްޓާ ޔާސިރު އަކީ ކިހާ ވަރެއްގެ މީހެއްކަން އަންގަ ދޭށެވެ. އޭނާ އެއްގޮތަކަށްވެސް ނޫރާ ޔާސިރުގެ އާއިލާއަށް ވަންނާކަށް ފުރުސަތެއް ދޭކަަށް ބޭނުމެއް ނޫނެވެ.

“މަޑުކޮށްބަލަ.. ބައްޕަ ތިބުނީ ޔާސިރުބެ އާ ހެދި ބައްޕަ ޖަލަށް ދާން ޖެހުނު ވާހަކަތަ؟ ޔާސިރުބެ ކީއްކުރީ…” ނޫރާ އަހާލިއެވެ. މަންސޫރު ޔާސިރު ދެކެ އެހާ ރުޅި އަންނަޖެހޭ ސަބަބެއް ބަލަން ނޫރާ ހުރީ ކެއް މަދުވެފައެވެ.

” އަހަރެން އަތަށް އެއްދުވަހު ޔާސިރު ދިނީ ދަބަހެއް ދީފަ އެމީހުން ގެޔަށް ލާދޭން ބުނީ.. އަހަރެން އޭރު އެއްޗެކޭ ހިޔެއް ނުކުރަން.. އަހަރެން އެގެޔަށް ގޮސް ވަންނަން ދިމާ ކުރި ތަނާ ފުލުހުން އައިސް އަހަރެން ހިފެހެއްޓީ… ޔާސިރު ބަލިވެޔޭ ޑޮކްޓަރަށް ދައްކަން ދަނިއްޔޭ ކިޔާފަ އެދެބަސް އަހަރެން އަތަށް ދިނީ… ފުލުސް އޮފީހަށް ގޮސް ދަބަސް ހުޅުވާލި އިރު އޭގަ ހުރީ ހުސް ހަކުރު… ރާއްޖެ އެތެރެ ނުކުރެވޭނެ އެއްޗެއް މި ޔާސިރު އަހަރެން އަތަށް ދިނީ… އެކަމް މީނަ އެއްގޮތަކަށްވެސް އެއްބަހެއް ނުވި ދަބަސް ދިނީ އޭނަ ކަމެއް.. އޭނަ ހަމަ މަރީ އާ ހިތާވާން އަހަންނަށް ދިން ލަޑެއް އެއީ…” މަންސޫރު މާޒީ ހަނދާން ކުރަމުން ކިޔާ ދެމުން ދިޔައެވެ.

“ކީކޭ ޑްރަގް އޭ އޭގަ ހުރީ؟ ހުވާ ކޮށްފަ ބުނަން އަހަންނަކަށް ނޭގޭ އޭގަ ހުރީ ޑްރަގް ކަމެއް.. އަހަރެން ކީއްކުރަން ގަސްދުގަ އެފަދަ ލަޑެއް މަންސޫރަށް ދޭންވީ…” ޔާސިރު ހަޤީޤަތުގައިވެސް ހުރީ އަންތަރީސް ވެފައެވެ. އެއީ އޭނާ ދިން ދަބަހުގައި ހުންނާނީ ހެދުން އަޅާފައެވެ. ފުލުހުން އޭރު އޭނާ ގާތު އެހީ ޑްރަގް އަޅާފައި ހުރި ދަބަހެއް މަންސޫރާ ހަވާލް ކުރިންތޯއެވެ. އޭނާ ހަވާލް ނުކުރާ އެއްޗަކަށް އޭނާ ބުނާނީ ނޫނެކޭ ނުން ހެއްޔެވެ.

“ކަލޭ މަރީ އާ ހޭބަލިވެފަ ހުރީމަ…” މަންސޫރު އަނެއްކާވެސް ފުންމައިން އަރައިގަތެވެ. އެވަގުތު ކުއްލިއަކަށް ދެ ޕޮލިހުން އެތަނަށް އައެވެ. މަންސޫރުވެސް މައިތިރިވީ ދެނެވެ. ޔަޝްފާގެ ނަން ބުނެލުމުން ތިއޭޓަރު ދޮރު ކައިރީ ޔާސިން އަށް ވީ ގޮތެއް ނޭގިގެން ކަންބޮޑުވެފައި ހުރި ޔަޝްފާ ޕޮލިހުން ކައިރިއަށް އައިސް މަޑުކޮށްލިއެވެ. އަދި ޕޮލިހުންނަށް ކަންވީ ގޮތުގެ ބަޔާނެއް ދިނެވެ.

“ޝުކުރިއްޔާ.. އެއްވެސް އިތުރު ސުވާލެއް އޮތިއްޔާ ސްޓޭޝަނަށް ދުރުވަން އަންގާލާނަން… އަދި އެއްވާހަކަ އަރީޝް އަދި ސާދުނާ ވަނީ މާރާމާރީއާ ގުޅިގެން ފުލުހުންގެ ހާޒިރަށް ގެންގޮއްސަ..” ޕޮލިސް އެކަކު ބުނެލިއެވެ.

“މަންމަ ވެސް ހައްޔަރުކުރީތޯ؟ މަންމަގެ އެއްވެސް ކުށެއް ނެތް… އަރީޝް ހުރިހާ ކަމެއް ކުރީ..” ސާދުނާވެސް ހައްޔަރަށް ގެންދިޔަ ވާހަކަ ބުނުމުން ޔަޝްފާ ބުނެލިއެވެ.

“ސާދުނާ އަރީޝްއަށް ހަމަލާ ދިންކަމަށް އަރީޝް ބުނޭ އެބަ.. އެހެންވެ އަޅުގަނޑުމެންނަށް އިތުރު ގޮތެއް ނެތް.. ތަހުޤީޤަށް ގެންދެވުނީ…” ޕޮލިސް މީހާ މިހެން ބުނުމަށް ފަހު ހިގައިގަންނަން އުޅެނިކޮށް މަންސޫރު ފެނުނެވެ.

“މަންސޫރު.. ކޮބާ ކިހިނެއްތޯ… އެއްކަލަ މައްސަލައިގަ ޔުނާން ހައްޔަރު ކޮށްފި… މިހާރު ކޯޓު މަރުހަލައިގަ މައްސަލަ އޮތީ…. ޔާސިންވެސް އަދި މިންހާވެސް ދެން އިތުރަށް ނުޖެހޭނެ އެ މައްސަލއިގަ އަންނާކަށް..” އޭނާ ބުނެލިއެވެ.

” އެެހެންތަ… ކީއްވެޔޯ ޔުނާން އާދަމް މަރާލީ…” މަންސޫރު އަހާލިއެވެ.

“މަންސޫރު ވީމަ މި ބުނަނީ… ޑްރަގް މައްސަލައެއްގަ… އާދަމް ޔުނާން އަތުން ޑްރަގް ގަނެފަ އޭގެ ރުފިޔާ ނުދައްކައިން އެކަމުގަ އައިސް ހުރި ކިކުގަ އެކަން ކުރީ.. ދެން އަޅުގަނޑު ގޮސްލާނަމޭ… ވަރަށް ބާރު ބޮޑުކޮށް މިރޭ މިދަނީ…” ޕޮލިސް މީހާ ދިއުމުން މަންސޫރު ގޮސް ގޮޑީގައި އިށީދެލިއެވެ. ޔާސިރު އަދިވެސް ވިސްނަމުން ދިޔައީ މަންސޫރު ދެއްކި ވާހަކައަށެވެ. އެދަބަހުގައި ޑްރަގު ހުންނަން ޖެހޭ ސަބަބެއް އޭނާ އަކަށް އެއްގޮތަކަށް ވެސް ނުވިސްނެވެ.

ކުއްލިއަކަށް ތިއޭޓަރުން ސާރޖަރީ ޑޮކްޓަރު ނިކުތެވެ. އެންމެން އެއްފަހަރާހެން ޑޮކްޓަރު ކައިރިއަށް ޖަމާވެލިއެވެ.

“ސާރޖަރީ ކާމިޔާބު… ބޮލަށް ލިބުނު ގެއްލުމުގެ ސަބަބުން އައިސްދާނެ ބައެއް ކަންކަން އެބަހުރި.. އެކަމު އެޔެއް އިނގޭނީ ޔާސިން ހޭ އެރީމަ… ރޫމަށް ގެންދާނެ ކުޑަ އިރުކޮޅަކުން… އިތުރަށް އެއްޗެއް ބުނަން އިންގޭނީ ހޭ އެރީމަ..” ހިނިތިން ވުމެއް ދައްކާލުމަށް ފަހު ޑޮކްޓަރު އެތަނުން ހިގައިގަތެވެ. ޔަޝްފާވެސް ޑޮކްޓަރާއެކު ދިޔައެވެ.

މަންސޫރު މަޑުކުރީ ޔާސިންގެ ހަބަރެއް ލިބުމުން ދާންށެވެ. މިހާރު ޔާސިން ރަގަޅުކަން އިނގުމުން ގެޔަށް ދިޔައެވެ. ނޫރާ މަޑުކުރީ ހުޝާމް އޭނާ ގެޔަށް ލާދޭނަމޭ ބުނެގެންނެވެ. ޔާސިން ކޮޓަރިއަށް ދޫކުރުމުން އެރޭ ޔާސިރު މަޑުކުރީ ޔާސިން ގާތުއެވެ. ހުޝާމް ދިޔައީ ހެދުނު އައުމަށް ކުޑަކޮށް ނިދާލަންށެވެ.

*****

ޔަޝްފާ އައިސް ޔާސިން ބާއްވާފައި އޮތް އެނދު ކައިރި މަޑުކޮށްލިއެވެ. ޔާސިރު އޭރު އޮތީ އެނދުގައި ބޯއަޅާލައިން ނިދިފައެވެ. ޔަޝްފާ ޔާސިންއަށް ބަލާލިއެވެ. ދެލޮލުން ހިލުނު ކަރުނަ ކޮޅު ފޮހެލުމަށް ފަހު ނޭފަތް ދަމާލީ ރޯގާ އަންނަން ފެށުމުންނެވެ. އެ އަޑަށް ޔާސިރަށް ހޭލެވުނެވެ.

“ބޭބެ ދާންވީނު ގެޔަށް.. އަޅުގަނޑު މިރޭ މަޑުކޮށްލާނަން.. އަޅިގަނޑަކީ ޑޮކްޓަރެއްވީމަ ތަންކޮޅެއް ރަގަޅަށް ޔާސިން ކަންކަން ބެލޭނެ…” ޔަޝްފާ މިހެން ބުނުމުން ޔާސިރުވެސް އެއީ އެންމެ ރަގަޅު ކަންކަމަށް ބަލައި ގެޔަށް ދިޔައެވެ. މުޅިރޭ ޔަޝްފާ ހޭދަކުރީ ޔާސިން ގެ ހިދުމަތުގައެވެ. ލޮލު ފިޔައެއްވެސް ޖަހާނުލާ ޔާސިންގެ ވައިޓަލްސް ބަލަމުން ދިޔައެވެ.

*****

ފެންބޯން ބަދިގެއަށް ނިކުތް މިންހާ އަށް މަންސޫރުގެ ކޮޓަރީގެ ދޮރު ހުޅުވާފައި ހުރިތަން ފެނުނެވެ. މަންސޫރަކީ އެއް އިރެއްގައިވެސް ދޮރު ހުޅުވައިން ނިދި މީހެއް ނޫނެވެ. މަންސޫރު ހުރި ތަނެއް ބަލާލުމަށް މިންހާ ގޮސް އެކޮޓަރި ދޮރު މައްޗަށް އެރިއެވެ. ކުޑަކޮށް ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ނަޒަރު ހިންގާލިއެވެ. އަދިރި ކަމުން އެއްވެސް އެއްޗެއް ނުފެނެއެވެ.

ކުއްލިއަކަށް މިންހާގެ ހަޅޭކުގެ އަޑު މުޅި ގޭތެރެއަށް އިވިގެން ދިޔައެވެ.

-ނުނިމޭ-

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Krystal

Level 510 Stories100 Login100 Comments

Other Articles

Previous

ވަފާތެރިމަވީމޭ 14

Next

ހިތަކުން ނުދާނޭ ފިލާ 10

Next
October 25, 2025

ހިތަކުން ނުދާނޭ ފިލާ 10

Previews
October 24, 2025

ވަފާތެރިމަވީމޭ 14



All Right Reserved!