Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

ރޯދަ ކުރުކުރުން 1 ކުރުވާހަކަ (ނަމޫނާ ޑޮކްޓަރ)

Isnaa Level 610 Stories100 Comments100 Login100 Stories500 Login
March 3, 2025 3 Mins Read
0 Comments

އަހަންނަށް  އަދީމް ފެނުނީ މީގެ ހަތަރު އަހަރު ކުރިންނެވެ. އޭރު އަދީމްގެ އުމުރުން ނަވާރަ އަހަރު ވެދާނެއެވެ. އެއީ އަހަންނަށް މުޅިން ބީރެއްޓެހި މޫނެކެވެ. ނަމަވެސް އަހަރެންގެ ހިތުގައި އަދީމްއަށް ޖާގައެއް ދެވެން ފެށުނެވެ. އަހަންނަކީ ވަރަށް ހިތްބަލި މީހެކެވެ. ޑޮކުޓަރެކެވެ.  ހަނދާންކުރަށެވެ. މާތް  ﷲ ވަކީލުކޮށްލައިގެން ހިތްވަރާއެކު މަސައްކަތް ކުރެވިއްޖެ ނަމަ ކާމިޔާބުވާނެއެވެ.

އަހަރެން އަބަދުވެސް ބަލިމީހުންނަށް ހެޔޮކޮން ހިތަމެވެ. އަޅާލަމެވެ. އޯގާތެރިވަމެވެ. މިއީ އަހަރެން ހެޔޮ ނިޔަތުގައި ޝަވާބަށް އެދި ކުރާ ކަމެކެވެ.

ހެނދުނުގެ ހިތް ފަސޭހަ ވަގުތެވެ. ހުދު ޖެކެޓް އަޅުވައިގެން ހަސްފަތާލަށް ދިއުމަށް އަހަރެން މިސްރާބުޖެހީމެވެ.  ކާރެއް ލިބޭ ގޮތް ނުވުމުން ހިނގާފާ ދާން މަޖުބޫރުވީއެވެ. ގަސްތަކާ ރުއްތައް ހެލޭ އިރު ހީވަނީ ލަވަޔަކަށް ނަށާހެންނެވެ. ދޫނިތައް އެކި ކޮޅު ކޮޅަށް ދަތުރު ކުރަމުން ދިޔައިރު ލަށްވަމުން ދިޔަ ރާގުތަކުންނެވެ. ވަރަށް އުފާވެރި މަގަކުން ހިނގާލާފައި އަހަރެން ހަސްފަތާލުގެ ދޮރުން އެތެރެއަށް ވަނީމެވެ. އެ މަގުގެ ދެފަރާތުގައި ހުރީ ބަގީޗާ ހައްދާފައެވެ. ކިހާ ޗާލު ވާނެ ހެއްޔެވެ؟  ވަކި ހިސާބަކުން އަހަންނަށް މަޑު ކުރަން ޖެހުނީ ސިފައިންގެ “ވެހިކަލުން” ބަލި މީހަކު ބާލުވާން ފެށީމައެވެ. ކައިރިއަށް ގޮސް އަހަރެން ބަލާލީމެވެ. އެއީ އަދީމެވެ. ހަމަ ކުއްލިއަކަށް އަހަރެންގެ އުފާވެރިކަން މިލާ މޯޅިވިއެވެ. އެތައް އަހަރެން ފަހުން އަދީމް މި ފެނުނީ  ފައި ބިދިގެން “އެމެޖެންސީ” ހާލަތުގައި ވަނިކޮށެވެ.

ކަށީގެ މަޝްހޫރު ޑޮކުޓަރު ނިޔާނީގެ ވާހަކަ އަޑު އަހަން ހެއްޔެވެ؟  އެއީ އަހަންނެވެ. ވަރަށް ގިނަ ކަށީގެ އޮޕަރޭސަން ތައް ވާނީ އަހަރެންގެ މޭސްތިރި ކަމުގައި ކުރެވިފައެވެ. ކާމިޔާބު ވާ  ފަހަރާ ނުވާ ފަހަރު ވެސް ދިމާވެއެވެ. ޑޮކްޓަރުންނަށް ސަތޭކަ ޕަސެންޓު  ޔަޤީންކަމެއް އެއްވެސް އޮޕަރޭސަނެއްގައި ނުދެވޭނެ އެވެ.

ކިތަންމެ ދެރަވިޔަސް އެކަން އަދީމް އަށް ނުދައްކާ ވޭތޯ ބެލީމެވެ. އަހަރެންގެ ފިނި ދެއަތުން އަދީމްގެ ފައިގަ ހިފާލީމެވެ. އޭނާ ހީވީ ކަރަންޓުގައި ޖެހުން ހެންނެވެ. ކުޑަ ކޮން އަހަރެންވެސް ހާސްވިއެވެ. އެހީތެރި ވާނެ މީހަކުވެސް  ފެންނަށް ނެތުމުން އަހަރެން އަހާލީމެވެ.

ޑޮކުޓަރު ނިޔާނީ : ކޮބާ ސިފައިންގެ ކުދިންތައް މަންމަމެން ކައިރީވެސް ނުބުނަށްތަ

އަދީމް ބަލި އަޑަކުން ބުންޏެވެ.

އަދީމް : އެ މީހުން ކައިރީ ޑިއުޓީއަށް ދާށޭ ބުނީމަ ދިޔައީ. މަންމަމެން ވިދާޅުވި ވީ އެންމެ އަވަހަކަށް ދުރުވާނަމޭ.

ފައިގެ ވަރަށް ބޮޑު ބަޔަކަށް އޮތީ ތަދުވެފައެވެ. އެހެންކަމުން ޕުލާސްޓަރު އަޅަން އަހަރެން ނިންމީމެވެ. މިކަމުގައި ދެތިން މަސް އަދީމް އުޅެން ޖެހިދާނެއެވެ. އަހަރެން ދެ ނަރުހަކާ އެކު މަސައްކަތުގައި އުޅުނީމެވެ. އެހެން ތިއްބާ ބަޔަކު އައިސް އަދީމްގެ މައިންބަފައިންއަށް އާދެވެން ނެއް ވާހަކަ ބުނެފައި ހިނގައްޖެއެވެ. އެ ސިކުންތު އަދީމްގެ މޫނުމަތިން ހިތާމައިގެ އަސަރު އަހަރެން ދުށީމެވެ. އޭނާ އެ  ޚަބަރުން ދެރަވި ވަރު އަހަންނަށް އިހުސާސްވިއެވެ. ކޮންމެ ހާލެއްގައިވެސް އަހަރެން މިހުރީ އަދީމްގެ ހިތާމަތަކުގައި ބައިވެރިވާށޭ ބުނާފަދައިން އޭނާގެ އަތުގައި ހިފާލީމެވެ. އޭނާ އަހަރެންގެ މޫނަށް ބަލާލުމުން ބޯޖަލާ ހިނިތުން ވެލީމެވެ.

ދުވަސްތައް މި ގޮތުގައި އަހަރެން އަދީމް އަށް ހިދުމަތް ކުރުމުގައި އުޅުނީމެވެ. އޭނާގެ މައިބަފައިންގެ ޚަބަރެއް ވަނީ ދެ ދުވަހުން އެއް ދުވަހުއެވެ.

ދުވަހެއް ދުވަހަކަށް އާދީމްގެ ފައިގެ ރިހުން ދިޔައީ މަޑުވަމުން ފަސޭހަވަމުންނެވެ. “ފިޒިއޮތެރަޕީ” ހަދަން ފެށޭ ހަތަރު ހަފްތާ ފަހުންނެވެ. އެ ހަދަން ފެށުނުކަން ނަސީބެވެ. އެހެންނޫނީ ހިނގަން އޭނާއަށް ވަރަށް ދަތިވާނެއެވެ.

ސިފައިންނަކީ ހިތްހެޔޮ ރަނގަޅު ބަޔެކެވެ. ކޮންމެ ދުވަހަކު ދެ އިރު އަދީމްގެ ހާލު ބަލަން އާދައެވެ.  އަދީމް ރަނގަޅުވުން އަދާ ދުޢާކޮށް ހަދައެވެ. އަހަރެންވެސް ކޮންމެ ނަމާދަކަށްފަހު ދުޢާ ކުރަމެވެ. އަވަސް ހަލި ސިފާއެއް ލިބުމަަށް އަދާއެވެ.

މި ކުޅަދާނަ ސިފައިންގެ ލީޑަރު ހަސްފަތާލުގައި މި ހޭދަކުރަނީ ހަނދާނުން ފިލުވާލަން ދަތި ދުވަސްތަކެކެވެ. މި ހުރިހާ ކަމަށް ޝުކުރު ހައްޤުވާނީ ކަށީގެ ޑޮކްޓަރު ނިޔާނީއަށެވެ.  އޭނާގެ ކެތްތެރިކަމާއި ފަރުވާތެރިކަމަށެވެ. ވަރުބަލިކަމެއްނެތި އަދީމްގެ ހިދުމަތުގައި ނިޔާނީގެ ހުރިހާ ވަގުތެއް ހުސްކުރީ އެ ހިތުގައި ފޮރުވިފައިވާ ލޯތްބަށްޓަކައެވެ. ކޮންމެވެސް ސިފައެއްގައި އެކަން އަންގަން ބޭނުންވާތީއެވެ. އެހެންމީހުންނަށް ޑޮކުޓަރާއި އަދީމް ސިފަވަމުންދިޔައީ ދެ ލޯބިވެރިން ހެންނެވެ. އެހާވެސް ގުޅެއެވެ.

ހަފްތާތައް މަސްތަކަށް ބަދަލުވަމުންގޮސް ފައި ރަނގަޅު ވެގެން އަދީމް ގެއަށް ދޫކޮށްލާ ދުވަސް ޖެހިއްޖެއެވެ.  އަނެއްކާ މިފަހަރުވެސް ކުރިއެކޭ އެއްގޮތަށް އަދީމް ގެއްލޭނީކަން އެނގުމުން އަހަރެން ވަރަށް ދެރަވެއްޖެއެވެ.

ގެއަށް ދިއުމަށްޓަކައި އަދީމް ތައްޔާރުކޮށް ދިނީ ޑޮކުޓަރެވެ. ދަބަހަށް އެއްޗެހި އަޅައިދީ ޔުނީފޯމް އިސްތިރިކޮށްދީ ހެދިއެވެ.

އެ ފެހި ކުލައިގެ ސިފައިންގެ ޔުނިފޯމްގައި އަދީމް ފެންނަނީ ވަރަށް ތާޒާކޮށެވެ. ހިނގާލފައި އައި އިރު އޭނާގެ ބެޖުތައް ދުރަށް ވިދާ ބަބުޅަމުން ދިޔައެވެ. އަހަންނާއި ހަމަ ވެފައި ޖީބުން ކަރުދާސް ކޮޅެއް ނަގައި ދިއްކޮށްލިއެވެ.  އޭގައި އަހަރެން ހިފީމެވެ. ހިތުގައި ޖެހި ހުރެއެވެ.

ޑިއުޓީ ނިމިގެން ގެއަށް އައިސް އެ ކަރުދާސް ގަނޑު ހުޅުވާލީމެވެ. ރަތް ގަލަމުން ލިޔެފައި އޮތް ފަރި އަތުލިޔުމެކެވެ.

” ޑޮކުޓަރެވެ. ޑޮކުޓަރު ކިޔާކަށް ނެތީމެވެ. ތީ އެއަށް ވުރެ މާ ޚާއްސަ މީހެކެވެ. އެހެންކަމުން ކިޔާނީ ޔާނީއެވެ. އެންމެ ލޯބިވާ ޔާނީއެވެ. ވަރަށް ތަކުލީފުތައް އަހަންނަށްޓަކައި އުފުލިކަން ހަނދާން އެބަހުއްޓެވެ. ރެ އާއި ދުވާލު އަހަރެންގެ ޚިދުމަތުގައި ތި ކޮށްދިން ބުރަ ބޮޑު މަސްއުލިއްޔަތަށް ފަށް ފަށުން ޝުކުރުއަދާކުރަމެވެ. އަހަންނަށް  ތި މޫނުން ފެނިގެން ދަނީ އުޖާލާ ކަމާއި ހިނިތުންވުމެވެ. ހަޔާތުގެ މި ދަތުރުގައި އަހަރެން ވަރަށް ބޮޑު ނިންމުމެއް ނިންމައި ފީމެވެ. އަހަރެން އާދެ އަދީމްގެ ދިރިއުޅުމަށް ތިޔަ ވަރު ރަނގަޅު ޖަވާހިރެއް ނުލިބޭނެއެވެ. ލޯބި ލޯބި ޔާނީ  އެދޭ ނަމަ ތިއީ އަހަރެންގެ އަލަތު ކައިވެނީގެ ބައިވެރި ޔާއަށް ހަދަން މި ހުރީ ހޭވައްލާ ތައްޔާރަށެވެ. އަހަރެންގެ މީހަކަށް ވާން އެދޭނަމަ މިރޭ ނުވައެއް ޖަހާއިރު ” ޑޯލްފިން ރެސްޓޯރެންޓް” އަށް އަންނާށެވެ. އޭތާ އަހަރެން އިންތިޒާރު ކުރާނަމެވެ.” އެ ކިޔަފައި ހަމަ ރަނގަޅަށް ވެސް ރޮވިފައި ހެވިއްޖެއެވެ.

ފިޔާތޮށި ކުލައިގެ ވައްތިރިއެއް ލައިގެން ތައްޔާރުވީއެވެ. އަހަންނަށް އެންމެ ރީތީ ވައްތިރި ހެދުމެވެ. ލުއި މޭކަޕެއް ވެސް ކޮށްްްލީމެވެ. ކުޑަ ކޮން އުސް ފައިވާނަކަށް  ވެސް އެރީމެވެ.

“ޑޯލްފިން” ބައްދަލުވުމުގައި ދެ މީހުން ވެސް ނިންމާލީ މަހެއް ތެރޭ ކައިވެނި ކުރާ ގޮތަށެވެ. ދެ ފަރާތުގެ އާއިލާ ވެސް ކައިވެންޏަށް ވަރަށް ރުހެއެވެ. ދެން ލަސް ކުރާނެ ކަމެއް ނެއް ތާއެވެ.

2 އަހަރު ފަސް

ދޮންވެލި ގަނޑު މަތީ ނިޔާނީ އިނީ އެ މީހުންގެ ދަރިފުޅު އިދާ ދުވެ އުޅޭ މަންޒަރު ބަލާށެވެ. އިދާގެ ފަސް ފަހަތުން އަދީމް ދުވަމުން ދިޔައެވެ. އެހެން ދުވެފައި އަހަންނަށް އައުމަށް އިޝާރަތް ކޮށްލިއެވެ. ހިނިތުން ވަމުން ހިނގާލާފާ ގޮސް އަދީމްގެ އަތުގައި ހިފާލީމެވެ. އެ ވަގުތު އިދާ އައިސް ހުއްޓިލައިފައި ހީލާފިއެވެ. ލުއި މިއުޒިކެއް ފަދައިން މުޅި މާހައުލުގައި ގުގުމަމުން ދިޔައީ އިދާގެ ހިތްގައިމު އަޑެވެ. އެއީ އަހަރެންގެ ހިތުގެ ވިންދެވެ. ލޮލުގެ ނޫރެވެ. ދިރިހުރުމުގެ މަޤުސަދެވެ.ކުޑަކުދިންނަކީ  ޚިޔާލެއް ފިކުރެއް ނެތި އުޅޭ ބައެއް ނޫން ތޯއެވެ.

އިރު އޮއްސެމުން ދާތީ ގެއަށް ދިއުމަށްޓަކައި އިދާމް ބަލާކަށް ނުހުރެ ދަރިފުޅު އުރާލިއެވެ. މިއީ ނަމުނާ ޑޮކުޓަރުގެ އުފާވެރި ދުނިޔެއެވެ. ހުރިހާވެސް އުންމީދެވެ. ލޯބިވާ ދަރިފުޅާއި ފިރިމީހާއެވެ.

ނިމުނީ

ރަމަޟާން މަހާއި ބައްދަލުވެއްޖެއެވެ.  ދެ ރޯދަ ފާއިތުވެ ހިނގައްޖެއެވެ. އެކަމަކު މި ރަމަޟާން މަސް ވެސް ފުރިހަމަ ކުރެވޭނެ ކަމުގެ އޮތީ ކޮން ޔަޤީންކަމެއް ހެއްޔެވެ؟ ފަހު ފުރުސަތު ކަމުގައި ބަލައި ހެޔޮ ގޮތުގައި ބޭނުން ހިފާށެވެ.  ހުރިހާ ކިޔުންތެރީންނަށް ރަމަޟާން މުބާރިކް!!!❤️🤲

 

 

 

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…68

Next

ތިޔަ ލޯތްބަށް އެދެވޭތީ… 17

Next
March 3, 2025

ތިޔަ ލޯތްބަށް އެދެވޭތީ… 17

Previews
March 3, 2025

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…68



All Right Reserved!