Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންމަޖާލޯބި

އާއެކޭ ލޯބިވޭ ހަތަރު ވަނަބައި (ރޯދަ އާއި ގުޅިގެން އަންނަނީ ފިތުރު އީދޭ )

Isnaa Level 610 Stories100 Comments100 Login100 Stories500 Login
March 10, 2025 3 Mins Read
4 Comments

ކާރު އައިސް މަޑުކޮށްލީ ބޮޑު ރަތް ދޮރެއްގެ ކުރިމައްޗަށެވެ.

ޚުބާބް : ދޮންތާ މީ މުލިއާގެ ތައް.

އެވަރުންވެސް ދޮންތަމެންގެ ޖަވާބެއް ނައެވެ. އިޝާރަތުން އެތެރެއަށް ވަންނަށް އެންގީއެވެ. ދޯރާ ދިމާލަށް މިސްރާބު ޖަހާފައި ހުއްޓާ ސައިކަލެއްގައި އައި ދެ މީހަކު އެތަނަށް މަޑުކޮށްފިއެވެ. އަނެއްކާ އެއީ ކޮންބައެއް ބާއެވެ. އެވެސް ހަމަ މި ދަޢުވަތަށް ރޯދަ ވީއްލަން އައި ދެ މީހުން ހެއްޔެވެ؟

ބާސިލް އާއި ލީނިޔާ އަށް ވެސް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. އެ މީހުން އައީ މިލީހަމްގެ ދަޢުވަތަކަށް ރޯދަ ވީއްލާށެވެ. މިލީ އަކީ ބާސިލް މެންގެ ގާތް އެކުވެރިއެކެވެ.

މައި ދޮރުން އެތެރަށް ވަދުމުން އެންމެ ބޮޑު ޚައިރާން ކަމެއް ލިބުނީ ލިނީއަށެވެ. އެ މާހައުލުގެ ރީތިކަމަށް އޭނާގެ ދެ ލޯ ވިދައިގަތެވެ. ގޭގެ ގޯތި ތެރޭ ހުރީ މުށި ޖަހާފައެވެ. ބޮޑު ދެ މޭޒު ދެ ފަރާތުގައި ހުރި އިރު ކޮޅާ ކޮޅު ނުފެންނަވަރަށް ކާއެއްޗެހި ހުއްޓެވެ. މެދުގައި ކުޑަ ވަށް މޭޒެއް މަތީ ބޮޑު ދަނބުކުލައިގެ ކޭކެއް އިނެވެ. ވަށައިގެން ތަފާތު ވައްތަރުގެ މާމެލާމެލިން ޒީނެތްތެރި ކޮށްފައި ހުރި އިރު ތަނަށް ދިރުން ގެނެސްދެމުން ދިޔައެވެ. ކާއެއްޗެހީގެ މީރުވަހުން ކުޅު ދިޔާވަމުން ދިޔައެވެ. ބަންޤި ގޮވުން ލަސްވެ ޝަކުވާ ވެސް ހިތާ  ލިނީއަށް ކޮށްލެވިއްޖެއެވެ.

ގަދަ ދަނބު ކުލައިގެ ވަށް ތިރީގައި މިލީހަމް ވިދާ ބަބުޅަމުން ދިޔައެވެ. ކުދި މާތަކެއް ޖަހާފައި ހުރި އެ ހެދުމުގެ ތިރީގައި ވަނީ ލޭސް ފޮތީގެ ފަަރުދާއެއް ލެވިފައެވެ. މަޑު ދަނބުކުލައިގެ ބުރުގަލާއި ބޮލުގައި އިން ތާޖުން މިލީ ސިފަވަމުން ދިޔައީ ގަނޑުވަރު ތެރޭގެ ރާނީއެއް ހެންނެވެ.

މިލީގެ ރީތި ކަން ފެނި ޚުބާބްގެ ހިތުގެ އެންމެ ހިމަ ނާރަށް ވެސް އަސަރު ކުރުވައިފިއެވެ. އެ ފަރިކަމުގެ ޖާދޫގައި ޖެހި ޚިޔާލީ ދުނިޔެއަކަށް ދިޔައެވެ. އެ އާލަމުގައި އުޅުނީ މިލީ އާއި ޚުބާބެވެ.

” ލޯބިވާ އަހާނުހޭ ޖަންނަތީ ތިއޭ

ލޯބީގެ ލާމަސީލު  ތިއީ ނިއުމަތެއް އިނގޭ

ލޯބިވާ އަހާނުހޭ ޖަންނަތީ ތިއޭ

ލޯބީގެ ލާމަސީލު ތިއީ ނިއުމަތެއް އިނގޭ

ލޯބިވާ އަހާނުހޭ ”

ބާސިލް : އޭ ޚުބާބް ބަންޤި ނިމުނީ އޭ

އެ އަޑު އަހާފައި ޚުބާބް ދިޔައީ ސިހިގެންނެވެ. އޭރު  އެންމެ ވެސް ކަދުރުން ރޯދަ ވީއްލައިގެން ކަނީއެވެ. މޭޒެއްގެ ދަށުގައި ކާން މިލީ ވެސް އިނެވެ. ހިތްހަމަ ޖެހުމުގެ ނޭވާ އެއް ލެވުނީ އެތަން ފެނިއެވެ.

ކައި ނިމިގެން އޮތީ ކޭކު ފެޅުމާއި ހަދިޔާ ހަވާލުކުރުމެވެ. ކަން ދިމާކުރި ގޮތުން ޚުބާބު ނޫނީ އެންމެންވެސް މިލީ އަށް ހަދިޔާ ދިނެވެ. މިއަދު އޭނާގެ ޖީބުގައި ވެސް މީހަކަށް ދޭ ކަހަލަ އެއްޗެއް ނެތީއެވެ. އެހެން ކަމުން ގަލަމެއް ހޯދައިގެން ޓިސޫއެއްގައި އުފަންދުވަހުގެ ތަހުނިޔާ ލިޔެގެން މިލީގެ ކުރިމައްޗަށް ހުއްޓިދިއްކޮށްލީމެވެ. އެވަގުތު ވެގެން ދިޔައީ ބާސިލްގެ މާ ބޮޑި ދިއްކޮށްލި ސިކުންތަށެވެ. މިލީގެ މޫނުމަތީގައި ވި ހިނިތުންވުން ފުން ވެލިތަން އަހަރެން ދުށީމެވެ. އަދި ކައިރީ ހުރި ލިނީއަށް ބަލާލާފައި މޫނު އަނބުރާލިތަންވެސް ރީއްޗަށް ދުށީމެވެ.

ރަތް ފިނިފެން މަލުން ތައްޔާރުކޮށްފައިވާ އެ މާ ބޮޑިން މިލީހަމް ދޫކޮށް ނުލައެވެ. އެނާ ހުރީ ވަރަށްވެސް އުފާވެފައެވެ.

” ތަރިތަކުގެ އާލަމެއްފަދަ ދެ ލޮލުން  ދިހުން ފެނޭ

ފަރިކަމުގެ އަސްލު މާނަވީ  މޫރިތި އަދާތަކޭ

ހީލުމުގެ ޖާދުވީ ބާރުން  ހިތް އަވަސް ވެޔޭ ”

އެހެން ރޭތަކާ މިރޭ އެތައް ގޮތަކުން ތަފާތެވެ. އެ ފަރިކަމުގައި ޖެހި ހަމަ ރަނގަޅަށްވެސް މިހިރީ ޚުބާބް ދީވާނާ ވެފައެވެ. އެކަނި އޮވެ ވާހަކަ ދައްކަނީއެވެ. ހީ ސަމާސާ ކުރާނީއެވެ.  ލޯބީގެ ޅެންތައް އަމުނާ ގަތަނީއެވެ. ހީވާގޮތުން ނަމަ އެނދުގެ އެއް ފަޅީގައި މިލީހަމް އޮތީއެވެ.

” ލޯބިވާ އަހާނުހޭ ޖަންނަތީ ތިއޭ

ލޯބީގެ ލާމަސީލު ތިއީ ނިއުމަތެއް އިނގޭ

ލޯބިވާ އަހާނުހޭ..”

ޢީދު ކައިރަވަމުން ދިޔަވަރަކަށް ގޭތެރޭގައި ފޯރިގަދަވަމުން ދިޔައެވެ. ތަފާތު ވައްތަރުގެ އެއްޗެހި ތައްޔާރުކުރުމުގައި މަންމެން އުޅުނީ އަވަދިނެތިއެވެ. އަހަރެން ވެސް ބައެއް ފަހަރު އެއް ގާތް ކޮށްދީ ހަދައިދެމެވެ. ފިޔާ ސާފުކޮށްދީ ލޮނުމެދު ނޮޅާ ހަދައިދެމެވެ. ދަޅު ދަޅަށް އެޅުމުގައިވެސް އެހީވަމެވެ. ހުރިހާ ކަމެއް ވެސް ކޮށްދެނީ ވަރަށް ސައުޤުވެރިކަމާއެކުއެވެ.

ބޮޑު ޖަމާޢަތުގައި އީދު ނަމާދަށް ދާ ކުޑަކުދިންނަށް  ކުޑަ ވަރެއްގެ ހަދިޔާއެއް ދިނުމަކީ ކޮންމެ އަހަރަކުވެސް ބައްޕަ ކުރާ ކަމެކެވެ. އެހެން ކަމުން މެޓާ އާއި ޕެކެޓާއި އެކި ވައްތަރުގެ ލުއިކާނާގެ ބާވެތްތައް ބައްޕައަށް އަހަރެންގެ ޚަރަދުގައި ގަނެދީ ބަންދުކުރުމުގައި  އުޅެދިނީމެވެ.

ޓީވީން ދައްކަމުން އައި ކުޑަކުދިންގެ ޕޮރުގުރާމަކަށް  މުލުކުގެ ނަމުގައި އަހަރެން މެސެޖެއް ކޮށްލީމެވެ. ފަހަރުގައިވެސް ކުޑަ ކުއްޖަކަށް ވެގެން ވާހަކަ ދައްކަން ޖެހިދާނެ ކަމަކަށް ހިއެއް ނުކުރަމެވެ. އެކަމާ ދޮންތައާ މަންމަވެސް ވަރަށް ދިމާ ކުރިއެވެ. ރިމޯޓު ކާރެއްގެ ބޭނުމުގައި އަހަރެން ކުރި ކަމެއް ކަމަށް ބުނެ ވަރަށް  ހީ ހަދައެވެ. ތަރާވީހަކަށް އެއްޗެއް ކާލަށް ބާސިލް އައިސް ވެސް ދެއްކީ ހީ ހީފާ  އެވާހަކައެވެ. އެތައް ބައެއްގެ ކުރި މަތީގައި އޭނާ ބޭޒާރު ވެއްޖެއެވެ. ޓީވީގައި ތިބި މީހުންނަށް ވެސް އަހަރެންގެ އަޑުން ހަ އަހަރުގެ ކުއްޖެއް ނޫންކަން އިނގޭނެއެވެ.

މުސްލިމުންނަށް ދެ ޢީދެއް ބައްދަލުކުރާނެއެވެ. ރޯދަ އާއި ގުޅިގެން ފިތުރު އީދެވެ. ހައްޖާ ގުޅިގެން އަލްޚާ އީދެވެ. ފިތުރު އީދު  ކުޑަ އީދުގައި ތިން ދުވަސް ލިބޭނެއެވެ. އަލްޚާ އީދު ބޮޑު އީދުގައި ހަތަރު ދުވަސް މަޖާކޮށް އުފާ ފާޅުކުރަން ލިބޭނެއެވެ.

ދުވަސްތައް ފާއިތުވެގެން ދިޔައީ ނުހަނު އަވަހަށެވެ. މާދަމާ އަކީ މުސްލިމުންގެ ގެ  ފިތުރު ޢީދު ދުވަހެވެ. ބޮޑު ޖަމާއަތުގައި ބޯޅަ ދަނޑުގައި އީދު ނަމާދު ކުރުން ހެނދުނު ހެއްގަޑި ބައިގެ އޮއްނާނެއެވެ. ދެން އެއަށްފަހު ސަލާމް ކުރުމާއި ބޮޑު ސައި ވެސް މިފަހަރު އޮވެއެވެ.

ފަތިސް ނަމާދު ކޮށް ހަދައިގެން މަންމަމެން އުޅުނީ ނަމާދަށް ދާންވާއިރަށް ސައި ހެދޭތޯއެވެ. އަހަރެންވެސް އެއްޗެއް ކާލައިގެން ތައްޔާރުވާން ދިޔައީމެވެ. ފެންވަރާ ނަލަވެގެން އަތަރު ލައިގެން އީދު ހެދުމުގައި  ނިކުތީމެވެ. އޭރު ގޭތެރެ އޮތީ ހަމަ ހިމޭން ވެފައެވެ. ބައްޕަ ގުޅާފައި ތިރީގައި ހުރި ވާހަކަ ބުނުމުން ލަސްނުކޮށް ގެއިން ނިކުތީމެވެ. ސިނޑީގެ ހަރުފަތްތައް ދުވެފައި ގިރާ ކުރަމުން ދަނިކޮން މީހެއްގެ ގައި ޖެހި ޚުބާބް ނުވެއްޓުނީ ހަމަ ކިރިޔާއެވެ.  ނުރުހުންވެ އެ މީހާގެ މޫނަށް ބަލާލި ސިކުންތު ހީވީ ހިތް ހުއްޓުނުހެންނެވެ. ކުރިމަތީގައި އެހެރީ އެންމެ ދެކެން ބޭނުންވާ ސޫރައެވެ.  ޚުބާބުގެ ގައި އެ ޖެހުނީ މިލީހަމްބާއެވެ.  އަނެއްކާ ވާން މިއުޅެނީ ކޮން ކަމެއް ހެއްޔެވެ؟

 

ނުނިމޭ

 

 

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

އެދެނީ އެނބުރި އައުމަށް… 2 ވަނަ ބައި

Next

ވިހަ ލޯބި 6

Next
March 11, 2025

ވިހަ ލޯބި 6

Previews
March 10, 2025

އެދެނީ އެނބުރި އައުމަށް… 2 ވަނަ ބައި

4 Comments!

  1. Aalerrr says:
    March 10, 2025 at 5:53 pm

    Masha Allah mi part vx vrh reethi..
    Curiously waiting for the next part..

    1. Isnaa says:
      March 11, 2025 at 7:51 pm

      Thank you Aalerr 💐💗
      Next part vrh avahah kiyaalan libeyne IA 🤗🥰

  2. rosie says:
    March 11, 2025 at 1:09 am

    mi part ves reethi when next part

    1. Isnaa says:
      March 11, 2025 at 7:51 pm

      Thank you rosie 💐💗
      Next part vrh avahah kiyaalan libeyne IA 🤗🥰

Comments are closed.



All Right Reserved!