(ރޯދަ ހަދިޔާ) އާއެކޭ ލޯބިވޭ… ތިންވަނަބައި ( މިއީވެސް ޒާތެއްގެ ލޯތްބެއް ނޫންހޭ)
ރަނގަޅަށް ތަރާވިސް ވެސް ކުރެވުނުކަމެއް ނޭނގެއެވެ. ނަމާދަށް ހުރި އިރުވެސް ފެންނަނީ އެ ރީތި ފެންމިންޔެވެ. ކޮޅަށް އެތައް އިރަކު ހުރުމުގެ ސަބަބުން ފައިގައި ރިއްސުމުގެ އިތުރުން ބަޑުހައިވެސް އިންތިހާއަށް ވަމުންދިޔައެވެ. މިސްކިތުން ނިކުމެގެން ސައިކަލުގައި ބާރުބާރަށް ގެއަށް ދިޔައިމޭވެ. ދުވެ ބަޑި ބަޑި އަޅާފައި ކާގެއަށް ދެވުނު އިރު މާނޭވާލެވެނީއެވެ. އޭރު ދޮންތައާ އިތުރު އަންހެން ކުއްޖެއްވެސް ބަދިގެ ތެރޭގައި އުޅެމުންދިޔައެވެ. މީހެއްގެ ހިލަން ވެގެން ކަންނޭނގެއެވެ. އެކުއްޖާ ފަހަތަށް ބަލާލިއެވެ. ފެނުނު ސޫރައަކުން އަހަރެން ހިތަށް އެރިއެވެ. މިއީ ހުވަފެނެއް ބާއެވެ. އަސްލުގައިވެސް އެއީ ފިޔާތޮށި ބައިސްކަލުގައި އިން ޖާދުވީ ކުއްޖާ ހެއްޔެވެ؟
“ފެންނަށް ހިނދު ކޮންމެ ތާކުން ނަން އަހާ ހިތް ވަނީއޭ
ހިތް ކަލާއަށް އެދޭތީ ކެތްކުރަން ދަތި ވަނީއޭ”
ކައިރިން ފެނުމުން ކުރިއަށް ވުރެވެސް ރީތިވެއްޖެއެވެ. ފުރަތަމަ ނަޒަރުންވެސް ދެވަނަ ނަޒަރުވެސް ހިތުގައި ހާއްސަ މަޤާމެއް އެ ނަށް ނޭނގޭ ކުއްޖާއަށް ދެވިއްޖެއެވެ. މިޔަށް ލޯތްބޭވެސް ކިއިދާނެއެވެ. އަހަރެން މާވަރަކަށް ބަލާލީމަ ކަން ނޭނގެއެވެ. އެކުއްޖާ ދޮންތަ ގައިގަ ކޮއްޓާލިއެވެ. އިސާހިތަކު ދޮންތަ ފަހަތަށް އެނބުރި ބަލާލިއެވެ.
” ދޮންތަ : އަސްތާ ޚުބާބް އައީ ދޯ ކާން
ޚުބާބް : އާ ބަނޑުހައިވެގެން މިއުޅެނީ ދޮންތާ ކޮން ކުއްޖެއްތަ މީ
ދޮންތަ : އެއީ ދޮންތަބެގެ ކޮއްކޮ މިލީހަމް
ޚުބާބު އެނަން އަހާފައި ތަޢުރީފު ކޮށްލިއެވެ. އެއީ މިއިން ދުވަހަކު އަހާފައި ނުވާ ވަރުގެ ތަފާތުނަމެކެވެ. ރާއްޖޭން ބޭރުގައި މި ހޭދަކުރެވުނު ދުވަސްވަރުވެސް އެކަހަލަ ނަމެއް ކިޔާ ކުއްޖަކާ ދިމާވެފައެއް ޚުބާބަށް ނެތެވެ. މި ބުނަށް އުޅެނީ ފަހަރުގައިވެސް ލަންޑަނުގައި ރީތި ކުދިން ނެތެކޭ ނޫނެވެ. އެ ފަދަ މަޝްހޫރު ތަނެއް ގައި ރާއްޖޭ ކުދިންނަށް ވުރެވެސް ރީތި ކުދިން އުޅޭނެތާއެވެ.
މިލީ ގެ ކުރީމަތީގައި ކާން ޖެހުމުން ކުޑަ ކޮށް ފަސްޖެހޭ ގޮތްވިއެވެ. ކިތަންމެ ގިނައިން ކާން ބޭނުންވިޔަސް ކެވުނީ އެންމެ ރޮށް ޓެކެވެ. އެވަރުން ބަޑު ފުރޭ ގޮތް ނުވުމުން އެކުވެރި ބާސިލް އާއި ގުޅައިގެން ކޮފީއަކަށް ދާން ގަޑި ކީމެވެ.
ލެމަން ގުރާސްގެ ބުފޭ އޮތީ ކާއެއްޗެހިން ފުރިފައެވެ. އަރަބި ބަތް ގަނޑުތަކާ ކުކުޅާއި ގެރި ބަކަރީގެ މަސްތަކުން މޭފުރި އުތުރި އަރަމުންދިޔައެވެ. ރަމަޟާންމަހުގެ ފުރަތަމަ ދުވަހަށް ވުމުން ތަނުގައި އޮތީ ހިލޭ ކެއުމުގެ ފުރުސަތު ހުޅުވާލާފައެވެ. އަހަރުމެން ކާއެއްޗެހި އަޅައިގެން އެކި މޭޒުތަކަށް ނަޒަރު ހިންގާ ލީމެވެ. ހުސް ގޮނޑިއެއް ލިބޭތޯއެވެ. މުޅި މާހަލު އޮތީ ފުރިފައެވެ. ހުސް އިނީ އެންމެ މޭޒެކެވެ. އެތާ ދެ މީހުން އިށީދެ ކާން ފެށީމެވެ. ކެއުމަށް އިންސާފުކުރަމުން އެކި ވާހަކަ ދައްކަމުން ދިޔައީމެވެ.
ބާސިލް އަކީ ހަފްތާއަކުން ލޯބިވެރިޔާ ބަދަލުކުރާ މީހެކެވެ. އެއްވެސް މީހަކާއެކު މާ ގިނަދުވަހެއް ނޫޅެއެވެ. އެކަމަކު އެންމެ ފަހުން ގުޅުނު ކުއްޖާ އާއެކު މި މަހު ހަތަރު ހަފްތާ ވާނެއެވެ. މި ފަހަރުގެ އާމާޒަކީ ކައިވެންޏެއް ކުރުން ކަމަށް ބާސިލް ބުނުމުން އަހަރެން ހިނިވެސް އައެވެ. އޭނާއަށް އެކަން ހަމަ ވެދާނެބާއޭ ހިތާ ސުވާލުކުރީމެވެ.
މިއަދު ބައްދަލުވި ރީތި ރާނީ މިލީހަމްގެ ވާހަކަ ބުނަން ބޭނުންވެފަ އިންދާ އެކަމަށް ހުރަސް އެޅީ ފޯނެއެވެ. ބާސީލްގެ ލޯބިވެރިޔާ ލިނީ ކޮންމެހެންވެސް އޭނާ ބޭނުންވެގެން ގުޅީ ކަމަށްވެއެވެ. ކާތަށިވެސް ރަނގަޅަށް ހުސްނުވަނީސް އަވަސްކޮށްލައިގެން އޭނާ ދިޔަ ދިމާލަށް ބަލަހައްޓައިގެން އަހަރެން ކުޑަ އިރުކޮޅަކު ހުރީމެވެ. ކޮންމެހެން އެހާ އަވަސް އަރުވާލައިގެން ނޫޅުނަސް ވެދާނެއެވެ. އަހަރެންގެ ހިތް ބުންޏެވެ.
މެންދަމުން އަލިވެ އެކެއް ޖަހައިގެން ދިޔައިރުވެސް ނިދޭ ގޮތެއް ޚުބާބަށް ނުވިއެވެ. އޭނާގެ ޚިޔާލާއި ފިކުރުގައި ވަނީ މިލީހަމްއެވެ. އެ ޒުވާން ފަރިކަމެވެ. ވަށް ދެލޮލެވެ. ފިޔާތޮށި ދެ ތުންފަތެވެ. ބުޅި އިސްތަށިގަނޑެކެވެ. އެހެން އޮއްވާ ދެ ލޯ މެރެމުން ގޮސް ހުވަފެނުގެ ދުނިޔެއަކަށް މަރުޚަބާ ކިޔާފިއެވެ. ރަނގަޅަށް އެ ނިދުނީއެވެ. ފެންނަމުން ހުވަފެނުގައި ދިޔައީ ކައިވެނީގެ މަޖިލީހެކެވެ. ޚުބާބް އާއި މިލީހަމްގެއެވެ. ގާޒީ އަލަތު ޖޯޑަށް ނަސާހަތްތެރިވިއެވެ. އެއަށް ފަހު އަނބިޤަބޫލުކުރަން އެންގުމުން ވީގޮތެއް ނޭނގެއެވެ. ޚުބާބަށް ހިވީ ބިރެއް ފެނިގެން ހޭލެވުނު ހެންނެވެ. އޭރު ދޮރުމަތީ މަންމަ ހުއްޓެވެ. ހާރުކާން ގޮވަން އައިހެވެ.
ފަތިސް ނަމާދު ކޮށް ހަދައިގެން ޤުރުއާނުން މިންވަރެއް ކިޔެވޭތޯ ޚުބާބް އަބަދުވެސް ބަލައެވެ. ކޮންމެ ރަމަޟާން މަހެއް ގަވެސް މަދުވެގެން ދެ ޚަތިމު ކުރެވޭތޯ ބަލާނެއެވެ. ދީނީ އަޅުކަންތަކަށް އެންމެ ކުޑައިރުން ފެށިގެން ވެސް ޚުބާބް ވަރަށް އިސްކަމެއް ދެއެވެ.
މި މާތް މަޝްހަރުގެ ބޭނުން ހެޔޮގޮތުގައި ހިފަން މަސައްކަތް ކުރަން ވާނެއެވެ. ގިނަ ވަގުތު ޚުބާބް ވެސް އުޅޭނީ އަޅުކަމުގައެވެ. އަހަރުގެ އަމާޒަށް ވާސީލުވެވޭތޯއެވެ.
ކިޔެވުން ފެށެން އޮތީ ހަ ރޯދަވެސް ފަހުން ކަމުން ލިބިގެން މިދަނީ ދިގު ޗުއްޓީއެކެވެ. ދޮންތަގެ ދަޢުވަތަކަށް ރޯދަ ވީއްލުމަކަށް ދާން އެންމެން ތައްޔާރުވެގެން ތިބި ދުވަހެކެވެ. ދާ ތަނެއް ދޮންތަ ނުއެއް ބުންޏެވެ. ގޭގައި މިއަދު އެއްވެސް އެއްޗެއްވެސް ނަހަދައެވެ. އާއިލާ އެންމެންވެސް ތިބީ ރޯދައްވީއްލުމަށް ދާގޮތަށެވެ.
ކާރު އައިސް މަޑުކޮށްލީ ބޮޑު ރަތް ދޮރެއްގެ ކުރި މައްޗަށެވެ. އަހަންނަށް ކެތްނުވެގެން އަހާލެވުނެވެ.
ޚުބާބް : ދޮންތާ މީ މުލިއާގެ ތައް
އެވަރުންވެސް ދޮންތަމެންގެ ޖަވާބެއް ނައެވެ. އިޝާރަތުން އެތެރެއަށް ވަނުމަށް އެންގީއެވެ. ދޯރާ ދިމާލަށް މިސްރާބު ޖަހާފައި ހުއްޓާ ސައިކަލެއްގައި އައި ދެ މީހަކު އެތަނަށް މަޑުކޮށްފިއެވެ. އަނެއްކާ އެއީ ކޮންބައެއް ބާއެވެ. އެވެސް ހަމަ މި ދަޢުވަތަށް ރޯދަ ވީއްލަން އައި ދެ މީހުން ހެއްޔެވެ؟
ނުނިމޭ
4 Comments!
Comments are closed.






Masha Allah mi part vx vrh reethi…
Haadha curious kohh thi ninmaalee…
When’s next part????
Thank you Aalerrr 💗💐
Labba eyrun kudhin next part kiyaa hiyy vaany 🥰
IA Sunday ga 🤗
thankoleh kuru hen hyvey but mi part ves reethi
Thank you rosie 💗💐
Next part dhigu vaane kamah balama🥰