ރަނގަޅަށް ތަރާވިސް ވެސް ކުރެވުނުކަމެއް ނޭނގެއެވެ. ނަމާދަށް ހުރި އިރުވެސް ފެންނަނީ އެ ރީތި ފެންމިންޔެވެ. ކޮޅަށް އެތައް އިރަކު ހުރުމުގެ ސަބަބުން ފައިގައި ރިއްސުމުގެ އިތުރުން ބަޑުހައިވެސް އިންތިހާއަށް ވަމުންދިޔައެވެ. މިސްކިތުން ނިކުމެގެން ސައިކަލުގައި ބާރުބާރަށް ގެއަށް ދިޔައިމޭވެ. ދުވެ ބަޑި ބަޑި އަޅާފައި ކާގެއަށް ދެވުނު އިރު މާނޭވާލެވެނީއެވެ. އޭރު ދޮންތައާ އިތުރު އަންހެން ކުއްޖެއްވެސް ބަދިގެ ތެރޭގައި އުޅެމުންދިޔައެވެ. މީހެއްގެ ހިލަން ވެގެން ކަންނޭނގެއެވެ. އެކުއްޖާ ފަހަތަށް ބަލާލިއެވެ. ފެނުނު ސޫރައަކުން އަހަރެން […]
މިއަހަރު އަހަރެންގެ ކިޔެވުން ނިމޭނެއެވެ. އަހަންނަކީ ނަރުހެކެވެ. ނަރުހަކަށްވީ ހަމަ އެންމެ މީހަކަށްޓަކައެވެ. ލޯބިވާ ކޮއްކޮއަށް ޓަކައެވެ. ސުކޫލުގައި އުޅުނު އިރު ނަރުހަކަން ވާނެކަމަށް ވަރަށް އަޒުމުގައި ކޮއްކޮ ބުނާނެއެވެ. އަހަރެން ވާން ބޭނުންވީ ދިވެހި މުދައްރިސަކަށެވެ. ކުދިންނަށް ކިޔަވައިދީ ތަފާތު ލިޔުން ލިޔެ ހެދުމަކީ އަހަރެން ވަރަށް ކުރާ ހިތްވާ ކަންކަމެވެ. ދެން އެދުވަހެއް ނާއްނާނެވެ. މިއަދު އަހަންނަކީ ނަރުހެކެވެ. މީހެއްގެ ކުލަނުވި ހުވަފެނެއްގައި ކުލަޖެއްސުމަށްޓަކައި އަހަރެންގެ ހުރިހާ އުފާތަކެއް މިހުރީ ދޫއްކޮށްލައިގެންނެވެ. ކޮންމެ ކަމެއްވެސް […]
އަހަންނަށް އަދީމް ފެނުނީ މީގެ ހަތަރު އަހަރު ކުރިންނެވެ. އޭރު އަދީމްގެ އުމުރުން ނަވާރަ އަހަރު ވެދާނެއެވެ. އެއީ އަހަންނަށް މުޅިން ބީރެއްޓެހި މޫނެކެވެ. ނަމަވެސް އަހަރެންގެ ހިތުގައި އަދީމްއަށް ޖާގައެއް ދެވެން ފެށުނެވެ. އަހަންނަކީ ވަރަށް ހިތްބަލި މީހެކެވެ. ޑޮކުޓަރެކެވެ. ހަނދާންކުރަށެވެ. މާތް ﷲ ވަކީލުކޮށްލައިގެން ހިތްވަރާއެކު މަސައްކަތް ކުރެވިއްޖެ ނަމަ ކާމިޔާބުވާނެއެވެ. އަހަރެން އަބަދުވެސް ބަލިމީހުންނަށް ހެޔޮކޮން ހިތަމެވެ. އަޅާލަމެވެ. އޯގާތެރިވަމެވެ. މިއީ އަހަރެން ހެޔޮ ނިޔަތުގައި ޝަވާބަށް އެދި ކުރާ ކަމެކެވެ. ހެނދުނުގެ […]
ވިސްނުންތޫނުކަން އެއީ އަހަރެންގެ ނަމުގެ މާނައެވެ. ނަމަކީ އަޝްބާއެވެ. އަހަންނަކީ ހަނދާން ހުންނަ ފެށީން ސުރެއް ވާހަކަ ލިޔާ މީހެކެވެ. ފޮތް ފޮތުގައެވެ. ގޭގައި އެކި އުމުރު ފުރާއާ ގުޅޭ ވާހަކަ ހުރެއެވެ. ވާހަކަ ފޮތްތަކަކީ އަހަރެންގެ އެންމެ ގާތް މިތުރުންނެވެ. ދުވާލަކު ފޮތެއް ކިޔާ ނިންމަމެވެ. މައިންބަފައިން ވަނީ އަހަރެން ވަރަށް ކުޑައިރު ނިޔާވެފައެވެ. އުމުރުން ސައުވީސްވަނަ އަހަރުގެ ދުވަސްތައް މި ގުނަނީ މަލޭގެ ހަލަބޮލި މާހައުލުގައި އެކަނިމާ އެކަންޖެއެވެ. ހަޔާތަށް ބައިވެރިޔަކުވެސް ލިބުނެއެވެ. އެއީ […]
އާއެކޭ ލޯބިވޭއަކީ ކޮބާ؟ މިއީ ކުރުގޮތަކަށް ބުނަންޔާ އަޝްބާގެ ވާހައެކެވެ. އޭނާ ދިރިއުޅުމަށް ކުރާ ގަދަ ހަގުރާމައިގެ ފޮނި ނާތިޖާގެ ވާހަކައެވެ. ލޯބިވާ ކޮއްކޮއަށްޓަކައި ޖާނުން ފިދާވާން ވެސް އޭނާ ހުރީ ކަމަރުބަދެލައިގެންނެވެ. ކޮއްކޮއަށް ރަނގަޅު ފެންވަރުގެ ފަރުވާއެއް ހޯދުމަށްޓަކައި ކުރެވޭ ބުރަ މަސައްކަތުގެ ތެރެއިން އޭނާ ދެކެމުން އަންނަށް ހުވަފެނެއްގައި ކުލަޖެއްސުމަށްޓަކައި ލިޔެ ބާޒާރަށް ނެރޭ ލޯބީގެ ވާހަކަ ފޮތެވެ. ވަރަށް އަސަރުގަދަ އެންމެވެސް އަޑު އަހާ ކަހަލަ ތިނެސްކަން ހަތަރެސްކަން ލޯބީގެ ވާހަކައެކެވެ. މި […]
ނުފުރުނަސް އަދު ދާށެ މިދަނީ ތިޔަ ހިތުން އެންމެ ފަހުގެ ސަލާން ކަރުނައިން ފޮނުވާލަމުން މާޒިވި އެހަނދާންތައް އެކީ ފަސްއަޅާ ފޮރުވާލަމުން ބަލި ހިތަށް ކެތްތެރިވުމަށް ވިސްނައިދެމުން އުމުރަށް އެކީ އުޅުމަށް ވި ވައުދާ އަހުދުތައް ފުއްދޭނެކަމުގެ ޔަޤީން ކަމެއްނެއް މަންޒިލުން ދުވެ އެކީގައި ހިޔަނިހެން ވިހާ ހަނދާނާ ފަސްދެމުން ހެޔޮ ހިތުން، ކޮންމެ ރެއަކަށް ކަރުނައަށް ފުރުސަތުދެމުން ތިޔަ އިސްޤުޤައި ޖެހި ބަދެވިދާކަށް ނޭދެމޭ ދުވަހަކު ކޮޅުން މިނިވަންކަމާއެކުގައި މި ހިތް މިދަނީ އެކަނިވެރި ދިރިއުޅުމަކަށް […]
އަނެއް ދުވަހު އަހަރެން އަޒުމު ކަނޑައެޅީމެވެ. ނީތަން އާއި ކުރިމަތިލާށެވެ. ލޯބިވާ ވާހަކަ ބުނާށެވެ. އޭނާ އަހަންނަށް ވުރެ ބޮޑީ ވެސް އެންމެ ފަސް އަހަރެވެ. ލޯބީގެ ގޮތުން ގުޅުމަކުން މިހާރު ހުރަހެއް ނެތެވެ. އަހަރެން އުޅެނީ ވަޒީފާގަ އެވެ. ކޯހަށް ދައްކާނެ ފައިސާ ނުލިބުމުން ޔުނިވަސިޓީ އިން ކެނޑެން މަޖުބޫރުވުމުން އެކަންވެސް ކޮށްފީމެވެ. މައުލޫމާތު ލިބުނު ގޮތުގައި އެއަންހެންކުއްޖާ އަށް ކިޔަނީ ޒޭރާއެވެ. ނީތަން ދެކެ އެ ކުއްޖާ ވަރަށް ލޯބިވާކަމަށް ވެއެވެ. އެކަމަކު ނީތަން […]
މިއީ ކޮންމެ މީހަކަށް ވެސް އަންނާނެ ދުވަހެކެވެ. މި ދުވަހަށް ތައްޔާރުވުމާ ނުވުން އެއީ އެމީހެއްގެ އަތްމަތީވާ ކަމެއްތާއެވެ. ތިމާ އާއި މަރު ބައްދަލުކުރާނީ ބުނެފައެއްނޫނެވެ. މިއަދު އެ ވަކިވީ ވިރުޝާގެ މައިންބަފައިން އެނާއާއި މުޅި އުމުރަށެވެ. ދެން އެނބުރިއެއް ނާއްނާނެވެ. މާދަމާ މަރުވާނީ ތިމާ ނޫންކަމެއް ވެސް އެނގެނީކީ ނޫނެވެ. ކޮންމެ މީހަކުވެސް އުޅެވޭ އެންމެ ރަނގަޅަކަށް އުޅުމަށް ނަސާާހަތްތެރިވަމެވެ. ނަމާދު އޭގެ ވަގުތުގައި ކުރުމަށް ފަރުވާތެރިވެވިއްޖެނަމަ ކާމިޔާބު ލިބޭނެ ކަން ހަދާންކޮށްދެމެވެ. ވިރުޝާ ހޭއެރީ […]
މިންވަރުގައި ހުރިގޮތް ހަތަރުވަނަބައި ( ލެކުޗަރާ އެއުޅެނީ ވިރުޝާ އަށް ހިތް ކިޔައިގެން ) “ޔުނިވަރސިޓީ” އަށް ފުރަތަަމަ ދުވަހު ގެންދިޔައީ ވިރުޝާ ގެ ބައްޕަ ނޫރީންއެވެ. ކާރުގައި ދެވުނު އިރު ވަރަށް ރީތި މަންޒަރުތައް ފެނުނެވެ. މާގިނައިރަކު ކާރު ދުއްވާކަށް ނުޖެހުނެވެ. މަންޒިލަށް ވަރަށް އަވަހަށް ދެއްވިއްޖެއެވެ. އާ އަހަރަށް މަރުހަބާ ޖަހާފައިވާ ބޮޑު ދޮރުން ވިރުޝާ އެތެރެއަށް ވަންނަށް ދެން ނޫރީން ކާރުގައި ބަލަން އިނެވެ. އެއީ އޭނާގެ ހިތުގެ ފިނިކަމެވެ. ލޮލުގެ ނޫރެވެ. […]