Skip to content
އެސްފިޔަ

އާއެކޭ ލޯބިވޭ ހަވަނަބައި( އިންތިޒާރީގެ ރޮއްވާލި އަސަރުގަދަ ނިމުން)

” ޒުކާން : އޭ އަޝްބާ ނިދަނީތަ” އަހަންނަން ހޭވެރިކަމެއް ވީ ޒުކާން ގޮވާލުމުންނެވެ.  އޭރު އެއަރޕޯޓަށް ވަނީ އާދެވިފައެވެ. ފެރީން ފައިބައިގެން އެތެރެއަށް މިސްރާބު ޖެހީމެވެ. ތަފާތެއް ފާހަގަވިއެވެ. ޒުކާންގެ އަތުގައި މާ ބޮޑިއެއް އޮތެވެ. ނުހުރެވިގެން އަހަރެން އަހާލީމެވެ.

” އަޝްބާ : ޒުކާންގެ ކާކު އަންނަނީ” އޭނާ ޖަވާބު  ދިނީ އަހަރެންގެ ހިތުގައި ސުވާލު އުފެދޭ ކަހަަލަ ގޮތަކަށެވެ.

” ޒުކާން : ދެ މީހުން އެކަކު ބަލައެއްނު މިއައީ ދޯ ”  އެކަކު ބަލައި ދެ މީހުން އަންނަން  ވީ ކީއްވެ ހެއްޔެވެ؟ އަހަރެން މިއައީ ލޯބިވާ ކޮއްކޮ އިޝްބާ ބަލައެވެ. ދެން އަނެއްކާ ޒުކާން މިއައީ ކާކު ބަލައި ބާއެވެ.  ޒުކާން ވެސް މިއައީ އަހަރެންގެ ކޮއްކޮ އިޝްބާ ބަލާ ހެއްޔެވެ؟

ހިތުގައި އެކި ކަހަލަ ސުވާލުތައް ފުނި ޖެހެމުންދިޔައެވެ. ވާން މިއުޅޭ ގޮތެއް ރޭކާވެސް ނުލައެވެ. އެއަރޕޯޓުގެ ރަން ވޭގައި ބޯޓު ޖެއްސީ ވެސް ޚީޔާލުގެ ކަނޑުގައި އަހަރެން ފަތަނިކޮށެވެ. ދަތުރަށް ފުރާ މީހުންނާއި އަންނަން މީހުނުން މާހައުލު ހަލަބޮލިވެގެން ދިޔައެވެ.  އެއީ އަހަންނަން ޚަަޤީޤީ ދުނިޔެއަށް ހޭވެރިކަން އާދެވުނު ހިނދެވެ.

ފުރޮޅުލީ ގޮނޑިއެއްގައި ކޮއްކޮ އިންއިރު ބޮޑުދައިތަ ދުއްވަމުންދިޔަ އެވެ. މާ ބޮޑި ފުރަގަހަށް ލައިގެން ޒުކާން ހިނގާފާ ކޮއްކޮއާ އަރާހަމަކުރިއެވެ.  އެ ތުންފެންމަތިން ފެނިގެން ދިޔަ ހިނިތުންވުމުން މި ހިތް ޒަޚަމްކޮށްލައިފިއެވެ. ޒުކާން އާއި އިޝްބާގެ ގުޅުން ވަރުގަދަކަމާއި ލޯބި ފެނި ކުޑަ ހިނދުކޮޅަކަށް ހިތްހުއްޓުނުކަހަލައެވެ. ބޮޑުދައިތަގެ ލޮލުގައި ވެސް ފުރަތަަމަ އަޅައިގަތީ ޒުކާނެވެ.

” ބޮޑުދައިތަ : އަސްތާ ދަރިފުޅާ ޒުކާން ދައްތަ ހީކުރީ އަލަށް އޮފީހަކާ ގުޅުނީމާ ބުރަވާނެ ކަމަށް މި ގަނޑީ ގައި”

“ޒުކާން : ނޫނޭ އޮފީހެއް މުހިއްމެއް ނުވާނެ އިޝޫއަށް ވުރެ މިއަދުގެ ޑިއުޓީ ނިމިއްޖެއް އެއްކެއްހާއިރު”

އިވިގެން ދިޔަ އެއްޗަކުން ހީވީ މީހަކު އަހަރެންގެ ކަރުގައި ވަޅިއެޅިހެންނެވެ. މޭ ފިތި ބާރުވެގެން ގޮސް ލޮލުން ކަރުނައިގެ ތިއްކެއް ކޯތާފަތުގައި ބީހިލާފައި ބުރުގަލަށް ވެއްޓިއްޖެ އެވެ. އެތައް ވާހަކައެއް ދައްކަން ބޮޑުދޮންތަމެން ތިބުމުން އަހަންނަށް އެއްޗެކޭ ބުނާކަށް ވެސް ނުކެރުނެވެ. ކުޑަކޮށް ދުރުގައި މަޑުކޮށްލީމެވެ. އެހެން ހުރެ ވައްކަޅިން ކޮއްކޮއަށް ބަލާލީމެވެ. ފެނުނު މަންޒަރަކުން ފަހަތަށް އެނބުރުނީ މެވެ. ކޮއްކޮގެ ކަނާ އަތުގައި ޒުކާން ބޮސްދިން އިރު އުނގުމަތީ އެމާ ބޮޑި އޮތެވެ. މީހެއް އަހަރެންގެ ކޮނޑުގައި ހިފާލުމުން އެނބުރުނީ މެވެ. ކައިރީގައި ހުރީ ބޮޑުދައިތައެވެ.

” ބޮޑުދައިތަ : އަޝްބާ ހެން ހީވެގެން މި ބަލާލީ ބޮޑުދޮންތަ ހިއެއްނުކުރަން އަންނާނެ ކަމަށް އަޝްބާ އެއަރޕޯޓަށް”

އަހަރެން އެއަރޕޯޓަށް އަންނާނެކަމަށް އުއްމީދުނުކުރާ ވާހަކަ ބޮޑުދޮންތަ ބުނުމުން ހިނިތުންވެލީމެވެ. އެހެން ނައިސް އަހަންނަށް ހުރެވިދާނެ ހެއްޔެވެ؟ އެއީ މި ފުރާނައިގެ ދިރުމެވެ. ހުރިހަމައެކަނި އެއްބަނޑު ކުއްޖާއެވެ. ކޮއްކޮއެވެ. ދެންވެސް ވާހަކަ ފެށީ ބޮޑުދައިތައެވެ. ބުނަށް ހަނދާން ނެތިފައި ހުރި ކަމަށް ބުނެފައި ޒުކާނުގެ ތައާރަފެއް ދިނެވެ. ގެ ކައިރީ އަވަށްޓެރިއްގެ ކުއްޖެއް ކަމަށް ބުންޏެވެ. ދިއްދޫގައި ތިބި އެންމެ ފޯރާ އާއިލާތަކުގެ ތެރެއިން ފާހަގަކޮށްލޭ އާއިލާއަކުން އައިސްހުރި ޚުލުޤު ހެޔޮ އަޚުލާޤު ރަނގަޅު ކުއްޖެއްކަމަށް ބުންޏެވެ. ކޮންމެ ދުވަހަކު ޤަވައިދުން އިޝްބާގެ ހާލުއަހާ ހަވީރު ފިނިބުރުޖަހަން ގެންދާ ވާހަކަ ބުންޏެވެ. ހަފްތާބަންދުގައި ގިނަވަގުތު އުޅެނީ އިޝްބާއާއި ވާހަކަ ދައްކާ ހީސާމާސާ ކުރުމުގައި ކަމުގައި ބޮޑުދޮންތަ ބުންޏެވެ. އަދި މީހަރު މަދުމަދުން އިޝްބާ ވާހަކަ ދައްކާ ކަން އިނގުމުން އުފާވެސް ވިއެވެ. އެހުރިހާ ވަރެއްވީ ހަމަ ޒުކާންގެ ބުރަ މަސައްކަތުން ކަމަށް ބުނުމުން ލުއިކޮށްހީލީމެވެ. ދޭނެ ޖަވާބެއް ދުލަށްނައުމުންނެވެ. ލަސްނުކޮށް ގެއަށްދާން ހިނގާށޭ އަހަރެން ބުނުމުން ބޮޑު ދޮންތަމެން ތިބެނީ ޒުކާންމެންގޭގެ ކޮޓަރިއެއްގައެއް ބުނެލިއެވެ. ޒުކާންގެ މަންމަ ސޮފިއްޔަތު ހުރީ ވަރަށް މީރުކޮން ކައްކާފައޭވެސް ބޮޑުދައިތަ ބުންޏެވެ. އަދި ދަރިފުޅުވެސް އެގެއަށް ކާން ދާންވާނޭ ބުނެލިއެވެ. އެވަގުތަކީ އަހަރެންގެ ފޯނު ރިންގުވި އިރެވެ. ގުޅަމުން ދިޔައީ ހަސްފަތާލުގެ ނަރުހެކެވެ. ލަސްނުވެ ފޮނުނަގާ ކަންފަތުގައި ޖަހަމުން ސަލާމް ގޮވާލީމެވެ. އެކުވެރި ނަރުސް އެދުނީ އޭނާއާއެކު ދަސްވެނިވުމުގައި ލާނެ ހެދުމެއް ގަންނަށް އައިސް ދިނުމަށެވެ. އަހަރެން ވަގުތުން އާއެކޭ ބުނެ ބޮޑުދައިތައަށް ހިނިތުންވެލާފައި ދާން ޖެހިއްޖެކަމަށް ބުނެ ދާން ހިންގައިގަތީމެވެ. ކުރިއަށް އެޅުނީ އެންމެ ފިޔަވަޅެކެވެ. ފަހަތަށް ދެ ފިޔަވަޅު އެޅިއްޖެއެވެ. ކޮއްކޮއާއި އަރާ ހަމަވެލާފައި ބޮލުގައި ފިރުމާލައި ދަނީއެބުނެފައި އަދި ދިމާވާނޭ ބުނީމެވެ.

ނިޒީއަކީ ކިޔަވަން އުޅުނުއިރު ދިމާވި ވަރަށް ރަނގަޅު މިތުރެކެވެ. އެންމެ މާޔޫސްވެ ހިތުގައި ޖެހުނު ދުވަސްތަކުގައި ހިތްވަރުދީހެދިއެވެ. އެހީވެދީ ހެދިއެވެ. ހަނދާންކުރާށެވެ. ރަނގަޅު ރަޚުމެތްތެރި އަކު ލިބުމަކީ މިފަދަ ކެހިވެރިން ގިނަ ތާކު މާވަހަރެއް ލިބުން ކަހަަލަ ކަމެކެވެ.

ކާރުގައި އަހަރުމެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަށް އިހުސާން ފިހާރައަށް ދިޔައީމެވެ. އެއީ ހަތަރު ފަންގިފިލާގެ ބޮޑު ވިޔަފާރިކުރުމަށް ޚާއްޞަކޮށް ހަދާފައި ހުރި ބޮޑު “މޯލް” އެކެވެ. އިހުސާންގެ ފިހާރަތަށް މާލޭގައިވެސް ހުންނާނެއެވެ. ގިނަ ބައެއްގެ މެދުގައި މަޤުބޫލު މި ފިހާރައިން ހުރިހާ އެއްޗެއްވެސް ލިބޭނެއެވެ. އެއްފުރާޅެއްގެ ދަށުން ހުރިހާ އެއްޗެއް ހަމަ ކުރަން އެދޭނަމަ އެންމެންވެސް އަންނަން ވީ މި ފިހާރައަށެވެ. ހެދުމާއި ގުޅޭގޮތަށް ރީތި ބުރުގާވެސް އެތަނުގައި ހުއްޓެވެ. ފައިވާނާ އެއްދަބަހާ ވޮލެޓް ހުއްޓެވެ. ސެންޓާއި ރީތިވާ އެތަން ސާމާނަކުން ހަރުތައް ހުރީ ފުރިބާރުވެފައެވެ. ދެމީހުންނަށް ކަމުދާ އެއްޗެހި ގަނެގެން އަހަރެންގެ ގެއަށް ދިޔައީމެވެ. ރަޚުމަތްތެރިޔާއަށް ކާންދިނީމެވެ. ތައްޓަށް އަޅާފައި ގެއަށް ގެންދަންވެސް ބައެއް ހަވާލުކުރީމެވެ. އެހުރިހާ އެއްޗެއް އެކަނި ހުސްނުވާނެތީއެވެ.

ހަވީރު ފެންވަރާ ހަދައިގެން ކޮއްކޮ ދެކިލަން އެގެއަށް ދިޔައީމެވެ. ބޮޑު ގެއެކެވެ. ރީތި ގެއެކެވެ. ސިނޓިންރޫމުގައި ހުރި ބޮޑު ޓީވީއާއި ސޮފާސެޓުން އެކަނިވެސް މުއްސަނދިކަން ރަމްޒުކޮށްދެއެވެ. އެއްލިކަޅިއަކުން ސީލިންގުގައި އިން ޗާދަލިޔާ ފެނި އަހަރެން އަސޯހުވިއެވެ. ހައިބަ ބޮޑު އެ ޗާދަލިޔާއިން ސާހީކަން ވިދާ ބަބުޅަމުން ދިޔައެވެ. އެއްފަރާތެއްގައި ހުރި ދިގުމޭޒުދަށުގައި  އެއްފަހަރާ އަށްމީހުންނަށް ކެވޭނެއެވެ. އެއީ އަށްގޮނޑީގެ ބޮޑު މޭޒެކެވެ. އެހެން  ބަލަން ނުހުރެ ސަލާމް ގޮވާލުމުން އައީ ހަރު އުމުރުގެ އަންހެނެކެވެ. އޭނާ އަށް އަހަރެން އެނގިއްޖެއެވެ. ހިނިތުންވެލާފައި އިޝްބާ ދޮންތަ އަޝްބާ ދޯ އޭ އަހާލުމުން ބޯޖަހާލީމެވެ. ގޭގެ ބެލްކަނީގައި އިޝްބާމެން ވެއްޖެއޭ އެތަނަށް ދާމާހޭ ބުނުމުން ފަހަތުން ހިންގައިގަތީމެވެ. ތަފާތު ވައްތަރުގެ ގަސްތަކުން ޖަރީކޮށްފައި އޮތް ޕާާކަކަށް ވަދެވުނުކަހަލައެވެ. ވަށައިގެން އުނދޯލި ބަހައްޓާފައި ހުރި އިރު ކުޑަކުދިން ކުޅެން ކީއްސާ އެއްޗެއްވެސް ހުއްޓެވެ. އިށީނދެ ތިބުމަށް ދެތިން ބެންޗުވެސް ބަހައްޓާފައި ހުއްޓެވެ. ކޮފީ ތައްޔާރުކުރެވޭނެ އިންތިޒާމުވެސް  ހުއްޓެވެ. އަހަރެންގެ ހިތަށް އެރިއެވެ. ހާދަހާވާ ފުރިހަމައެވެ. އަހަންނަން ޒުކާން ލިބުނުނަމަ ކޮންފަދަ އުފާވެރި ދިރިއުޅުމެއް ލިބުނީސް ހެއްޔެވެ؟ އެއްވެސް ހާލެއްގައި ކޮއްކޮގެ އުފާތަކުގެ މައްޗަށް އެއްގަދަކުރާކަށް ނޫޅެމެވެ. މިއީ ހަމަ ހިތަށް މިވަގުތު އެރި އެއްޗެވެ. މިއަދު އަހަރެން ލޯ މަރާލިޔަސް ހިތްހަމަޖެހުން ލިބޭނެއެވެ. ޒުކާނަކީ ކޮއްކޮއަށް ވަފާތެރިވާނެ އަޅާލާ އޯގާތެރި މީހަކަށް ވާނެކަމާމެދު ސައްކެއްކުރާކަށް ނެތީމެވެ.  ޒުކާންގެ މަންމަ ސޮފިއްޔައްތު ކޮއްކޮދެކެ އުފަން ދަރިއެއްދެކެ ވާހާ ލޯބިވާ ތަން ފެނި ހިތަށް ހަމަޖެހުން ގެނުވައިފިއެވެ. ދެން ކަންތައްތައް ވަމުންދާނީ ކިހިނެއްބާއެވެ. ހުރިހާ ކަމެއްވެސް ރަނގަޅުވާނެކަމަށް އުންމީދުކުރަމާހެވެ.

ނުނިމޭ

މިއީ އަޅުގަނޑު ރޯދަ ހަދިޔާއެއްގެ ގޮތުގައި ލިޔަންފެށި ވާހަކައެކެވެ. ރޯދަމަސް ފާއިތުވެދިޔައިރު ވާހަކަ ނިންމާ ނުލެވުނީތީ ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާފަށްއެދެވެ. މާތް ﷲގެ އިރާދަފުޅާއެކު ދެން ވާހަކަ ލަސްތަކެއްނުވެ ކިޔާލަން ލިބެމުން ދާނެއެވެ. ކެތްތެރިކަމާއެކު ވާހަކައަށް އިންތިޒާރު ކުރައްވާނެކަމަށް އުންމީދުކުރަމެވެ. މި ވާހަކަ އަކީ އަސަރު ގަދަ ކިޔުންތެރިންގެ ހިތާ ކުޅެލާފަދަ ވާހަކައަކަށް ހެދުމަށް އަޅުގަނޑު ވަރަށް މަސައްކަތްކުރާނަމެވެ. އާއެކޭ ލޯބިވޭ ވާހަކަ ނިމުމުން ދެން ލިޔަން ހަމަޖެހިފައި އިނީ ބިރުވެރި ވާހަކައެކެވެ. ބިރުވެރި ވާހަކަތަކަށް ލޯބިކުރާ  ހުރިހާ ކިޔުންތެރިންނަށް މި ވާހަކަ ކަމުދާނެކަމަށް އުންމީދުކުރަމެވެ.

އިސްނާން އަޙުމަދު

🥰💗💐

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (8)

  1. Anonymous

    Isnaaaaaaaaaannnnnnnn

    1. Isnaa
      Anonymous

      Labba 💗💐 Anonymous
      Kon kuhjeh baa thy 🥰

    2. rosie
      Anonymous

      Alhey Olhigen name nujehi eynee mee rosie hehe
      Btw Vrh reethi mi part

    3. Isnaa
      Anonymous

      Thank you rosie 💗 💐
      Next part IA Sunday ga kiyaalan libeyne 🥰

  2. Yuha

    Haadha Gina dhuvas kollaafa ey thily mi part 😭

    1. Isnaa
      Yuha

      Labba Yuha 💗 💐
      Next part IA Sunday ga kiyaalan libeyne 🥰
      Dhn lass nuve kiyaalan libeyne IA 🤗

  3. 67

    Mi hyvany drama eh hen, vhk liyaa faadeh nun mi 😭😭

    1. Isnaa
      67

      Thank you 67💗 💐
      Next part IA Sunday ga kiyaalan libeyne 🥰
      Labba me drama silsilaa eh faadeh ge 🤗

Comments are closed.