Skip to content
އެސްފިޔަ

(ރޯދަ ހަދިޔާ) އާއެކޭ ލޯބިވޭ… ދެވަނަބައި (ފިޔާތޮށި ބައިސްކަލުގައި ހޫރު ޕަރީއެއް)

މިއަހަރު އަހަރެންގެ ކިޔެވުން ނިމޭނެއެވެ. އަހަންނަކީ ނަރުހެކެވެ. ނަރުހަކަށްވީ ހަމަ އެންމެ މީހަކަށްޓަކައެވެ. ލޯބިވާ ކޮއްކޮއަށް ޓަކައެވެ. ސުކޫލުގައި އުޅުނު އިރު ނަރުހަކަން ވާނެކަމަށް ވަރަށް އަޒުމުގައި ކޮއްކޮ ބުނާނެއެވެ. އަހަރެން ވާން ބޭނުންވީ ދިވެހި މުދައްރިސަކަށެވެ. ކުދިންނަށް ކިޔަވައިދީ ތަފާތު ލިޔުން ލިޔެ ހެދުމަކީ އަހަރެން ވަރަށް ކުރާ ހިތްވާ ކަންކަމެވެ. ދެން އެދުވަހެއް ނާއްނާނެވެ. މިއަދު އަހަންނަކީ ނަރުހެކެވެ. މީހެއްގެ ކުލަނުވި ހުވަފެނެއްގައި ކުލަޖެއްސުމަށްޓަކައި އަހަރެންގެ ހުރިހާ އުފާތަކެއް މިހުރީ ދޫއްކޮށްލައިގެންނެވެ. ކޮންމެ ކަމެއްވެސް ކުރާނީ އަހަރެންގެ ލޯބިވާ ކޮއްކޮއަށް ޓަކައެވެ. އެއީ މި ދުނިޔޭގައި އަހަރެންގެ ހުރި ހަމައެކަނި އާއިލާއެވެ. ތަޤުދީރުގައި މައިންބަފައިންގެ ލޯބި ލިބެން ނެތުމަކީ އަހަރެންގެ ކުށެއް ހެއްޔެވެ؟ ކޮއްކޮގެ ދެ ލޮލަށް ނުފެނުން އެއީވެސް އަހަރެންގެ  ނާޤާބިލްކަމުން ވީ ކަމެއްހެއްޔެވެ؟ އަހަރެން މީ އެހާވެސް ފިނޑި ދޮންތައަކީތާއެވެ.

ދެން އެކަމާ މާބޮޑަށް ނުވިސްނާށެވެ . މި ހުރިހާ މީހުން ހެތް ވާލަނީއެވެ.

” ކެއުމަކީ ފަލަވާ ކަމެކޭ، ކެއުމުގައި ސަމާލުވާށޭ

މެވާ އާއި ތަރުކާރީ ކައިގެން އަދި ނުހިކޭނެޔޭ

 

ޅެމެން ހެދޭތޯ މިއުޅުނީ އަސްލު  ހެތްވާލަން މީ ވާވަރުކަމެއް ނޫން އަދި. އެ މަސައްކަތް ފަހަތަށް ލާފައި ހިނގާ ދޯ ނެރެން  މިއުޅޭ ވާހަކައަށް ދަތުރު ފަށަން.”

އާއެކޭ ލޯބިވެއެވެ. ލިޔަން މިއުޅެނީ ފާޑަކަށް ތިނެސްކަން ލޯބީގެ ވާހަކައެވެ. އިވިގެން އެދިޔައީ ވާހަކަގެ ނަމެވެ. “އާއެކޭ ލޯބިވޭ”

ބާރު ދުވެލީގައި ދިޔަ ސައިކަލު ގޮސް ޓުުރެފިކު ލައިޓާ ހަމަކޮށްފިއެވެ. އެއީ ރޯދަމަހުގެ ފުރަތަަމަ ދުވަހެވެ. ދެން މަޑުކޮށްލައިގެން  އެ މަގުގެ  އެތަން މިތަނަށް ނަޒަރު ހިންގަން ފެށިއެވެ. މި ވޭތުވެދިޔަ މަދު އަހަރު ތެރޭ މާލެ ތަހުޒީބުވެ ކުރިއަރާފައި ވާ ވަރުފެނި އާޝޯހުވެ ފައި އިންދާ އޭނާގެ ސަމާލުކަން އައިސް ހުއްޓުނީ މާފަނުން ގޯޅި އަޅަމުން އައި އަންހެން ކުއްޖެކެވެ.  ފިޔާތޮށިކުލާއިގެ ބޭސްކަލެއްގައި އެ ޒުވާން ޖިންސުންލަތީފު ފެނިގެންދަނީ ވަރަށް ނަލަކޮށެވެ.  އެ ވަގުތު ހިތް ބުންޏެވެ. ރާއްޖޭން ބޭރުގައި މި ހޭދަކުރެވުނީ ކޮންފަދަ އަހަރުތަކެއް ހެއްޔެވެ؟ މިފަދަ ޕަރީއެއް ދުވަހަކުވެސް “ލަންޑަނު”ން  ޚުބާބް ނުދެކެމެވެ.  ތެދެކެވެ. އެއީ ޖާދޫވީ ކުއްޖެކެވެ. އެތައް ގޮތަކުން އެއީ ރާނީއެކެވެ. އަންހެނުންގެ ހަޤީޤީ ރީތިކަމަކީ ބުރުގަލެވެ. ކަޅު ހެދުމާއި ފެހި ކުލައިގެ ރޫ ޖެއްސި ބުރުގާ ތެރޭން އެކުއްޖާ ފެންނަނީ ފިންފެންމަލެއްގެ ސިފައިގައެވެ. ޚުބާބްގެ ހިތް އެދުނީ އެކުއްޖާ ދެކިލަން ސައިކަލު ފަހަތަން އަބުރާލާށެވެ. އެހެނަސް އެކަން ވާކަން ނެތެވެ. ޓުރެފިކުގެ ކިޔު ދިގުވެފައި އެހާ ބާރުބޮޑުވެ. އެހެން ފޮނި ޚިޔާލުލުތަކެއް ކުރެވެން އިންދާ ފެހި ބޮކި ދިއްލިއްޖެއެވެ. ކާރުތަކާ ޕިކަޕުތައް އިސާހިތަގައި ދުއްވާލައިފިއެވެ. ހަމަޖެހިލައިފަ ރަނގަޅަށް މަގަށް ބަލައިލިއިރު އެކުއްޖާގެ ހިލަމެއްވެސް ނެތެވެ. އޭރު ހައެއް ޖަހަން މާ ގިނަ ވަގުތެއް ވެސް ނެތެވެ.  އިނީ ތިރީ ހަކަށް މިނެޓެވެ. ހަގަޑި ފަނަރައިގަ މިއަދު ބަންޤި ވެސް ގޮވާނެއެވެ.

ގެއަށް ވަދެ ހަމަނުޖެހެވެނީސްގެ ބަންޤީގެ މޫރިތި އާޔަތްތައް ކަންފަތުގައި ޖެހިއްޖެއެވެ. ކާމެޒަށް ނަޒަރެއް ދެވުނު ހިދު ހިނިތުންވެ ވެވިއްޖެއެވެ. ހާދަހާވާ އުފާވެރިއެވެ. ޖޫސް އަޅަން ހުރި ދޮންތަވެސް ސިފަވެގެން ދިޔައީ ހަމަ އެ ހޫރުޕަރީހެންނެވެ. އަވާރެވަފައި ހުއްޓާ ބައްޕަ އަހަންނަށް ގޮވައިފިއެވެ.

“ބައްޕަ : ޚުބާބް ރޯދައްވީއްލަން އާދޭ

ޚުބާބް : ލައްބަ ބައްޕާ ”

އިޚްތިރާމާއެކު ޖަވާބުދެމުން ކާ ގޮޑީގައި ޚުބާބް އިށީނދެ ފެންތަށީގައި ހިފުމުން ބައްޕަ ވާހަކަ ފެށިއެވެ.

” ބައްޕަ : އަދިވެސް ދަރިފުޅުގެ ތި އާދަ ނުކެނޑޭތަ ރޯދަވީއްލަން ވާނީ ކަނދުރުންނޭ ބައްޕަ އަބަދުވެސް މި ކިޔަނީ ހުރިހާ ދަރިން ކައިރީވެސް  ދެން ބަންޤި ގޮވުމުން ލަސްނުވެ ޖެހޭނެ ރޯދަ ވިއްލަންވެސް އެހެންނޫނިއްޔާ ރޯދަ ޤަބޫލުވެސް ނުކުރައްވަފާނެ ކުޑަ ކުއްޖެއް ނޫންވިއްޔަ ތީ މިހާރު ބައްޕައަށް އިނގޭ”

” މަންމަ : ދެން ޚަބީބް ތި ވާހަކަ ފަހުން ދައްކާނީ ކެއުމުގެ ރީތި އަދަބެއް ހަނު ތިބުމަކީ މީ ރޯދަ މަސް މާތްވި”

މައިންބަފައިންގެ ވާހަކަތަކައް ހިނިތުންވެ އަހަރުމެން ތިބީމެވެ. ކާން ހުރީ ކީމިޔާއާއި ވެނީލާ ކޭކެވެ. މަސްހުންޔާ  ހުނި ރޮއްޓާއި ރިހައެވެ.  ހުރިހާ އެއްޗެއްވެސް ވަރަށް މީރުވާނެ އެވެ. ކަރާފަންޔާ ކުރުބާ ފަނި ހަމަގައިމުވެސް އެއީ އެއްވަނައެވެ. ކޮންމެ ގެއެއްގައިވެސް އެ ހަނދާނެއެވެ. މި ގޭގައި ވެސް އެއީ ހެދުން ލާޒީމު ފަންޔެކެވެ. މިޒަމާނުގެ ތަފާތު ވައްތަރުގެ “ޖޫގޯ” ތަކާ “ސޭކު”ތައް އެއީ އަހަރުމެންނަށް މާ ކަމުދާ އެއްޗަކަށް ނުވެއެވެ.

ނަމާދު ކޮށް ހަދައިގެން ސިނޓިންރޫމުގައި މަޑުކޮށްލެވުނު ހިދެވެ. ދޮންތަވެސް ކޮޓަރިން ނިކުއިން ވަގުތެވެ. އަހަރެން ފެނިލުމުން މަޑުކޮށްލިއެވެ.

” ދޮންތަ : ޚުބާބް ޚަބީބް ކިހިނެއްވެފަ ތީނީ ކޯޔާ”

އަހަންނަށް ދޮންތަ މަޑުކުރިކަން އެނގުނެވެ. އެކަމަކު އެ ޕަރީ ސިފަވުމުން އެކަންވެސް ހަނދާނުން ކައްސާލީ އެވެ. ދޮންތަ ސުވާލެއް ޚުބާބް އަށް ކުރުމުން ދިޔައީ އެއްލިގެންނެވެ. ޖަވާބު އައީ ވަރަށް ފާޑަކަށެވެ.

” ޚުބާބް :އާ ކީކޭ ދޮން

ދޮންތަ : ސާބަހޭ ޚުބާބް ކޮން ކުއްޖެއްގެ ހުވަފެނުގައި އާވާރަވެފަ ތީނީ

ޚުބާބް : ދެން ދޮންތަ މަޑުން ވާހަކަ ދައްކާ މަންމަމެންނަށް އިވިދާނެ

ދޮންތަ : ހެއްހެއް ކަމެއްތާ ދޯ މީ އެހެންވީމާ ދޮންތަ ކައިރީވެސް ބުނެލައިގެން އުޅޭތި އޭރުން އެހީ އެއްވެސް ވެދެވޭނީ”

ދެމީހުންގެ ވާހަކައިގެ ތެރެއިން މަންމަގެ އަޑު އައެވެ. ދަރިފުޅުމެން ތިދައްކަނީ ކޮން އެހީ އެއްވާ ވާހަކަ އެއް ހެއްޔެވެ؟ މަންމަ އެހުމުން ދެމީހުން އެކަކު އަނެކަކަށް ލޯއަޅަން ފެށިއެވެ. ވަރަށް ލަދުން ހުރެ އާގަންނަމުން ޚުބާބް ބުންޏެވެ. މިއުޅެނީ ރޯދައްވީއްލުމަކަށް އެހީއެއް ވެދޭށެވެ. އެއަޑު އަހާފަ ދޮންތަ ދިޔައީ ބަޑި ފަޅައިގެންނެވެ. މަންމަ ހުރުމުން ވަރަށް ނުހީ ވޭތޯ ބަލަމުން ދަނިކޮން ކުޑަކުޑަ  މުލްކު އަތުވެއްޖެއެވެ. އައިސް އިޝާރާތް ކުރީ ބޭރު ދޮރަށެވެ. އަވަސް އަވަހަށް ގޮސް ބޭރު ދޮރު ހުޅުވާލި އިރު ދޮރުމަތީ ހުރީ މުލްހަމްއެވެ. ދޮންތަ ގެ ފިރިމާހެއެވެ. މުލްކުގެ ބައްޕައެވެ. މުލްހަމް ފެނުމުން ދޮންތަގެ ލޮލުން ސަބުނަމުގެ ތިކިތަން ވިދަން ފެށިއެވެ. އެހެން ނުވާންވީ ކީއްވެ ހެއްޔެވެ؟ ދެމީހުން ބައްދަލު އެވީ އަހަރަކާ އަނެއް އަހަރުގެ ބައެއް ފާއިތުވެދިޔަ ފަހުންނެވެ. ސިފައިން ގޭގައި އުޅޭ ސީނިއާރަށް ސިފައިންގެ ތެރޭ މުލްހަމަކީ ފާހަގަކޮށްލެވޭ މޫނެކެވެ. ރަންވަނަތަކެއް ހޯދަމުން އަންނަށް މުރާލި މޭސްތިރިޔެކެވެ. އެހެން އޮފިސަރުން ދެކޭގޮތުގައި މުލްހަމްއަކީ ނަމޫނާއެކެވެ.

ރަނގަޅަށް ތަރާވިސްވެސް ކުރެވުނުކަމެއް ނޭނގެއެވެ. ނަމާދަށް ހުރި އިރުވެސް ފެންނަނީ އެ ރީތި ފެންމިންޔެވެ. ކޮޅަށް އެތައް އިރަކު ހުރުމުގެ ސަބަބުން ފައިގައި ރިއްސުމުގެ އިތުރުން ބަޑުހައިވެސް އިންތިހާއަށް ވަމުންދިޔައެވެ. މިސްކިތުން ނިކުމެގެން ސައިކަލުގައި ބާރުބާރަށް ގެއަށް ދިޔައިމޭވެ. ދުވެ ބަޑި ބަޑި އަޅާފައި ކާގެއަށް ދެވުނު އިރު  މާނޭވާލެވެނީއެވެ.  އޭރު ދޮންތައާ އިތުރު އަންހެން ކުއްޖެއްވެސް ބަދިގޭ ތެރޭގައި އުޅެމުންދިޔައެވެ. މީހެއްގެ ހިލަން ވެގެން ކަންނޭނގެއެވެ. އެކުއްޖާ ފަހަތަށް ބަލާލިއެވެ. ފެނުނު ސޫރައަކުން އަހަރެން ހިތަށް އެރިއެވެ. މިއީ ހުވަފެނެއް ބާއެވެ. އަސްލުގައިވެސް އެއީ ފިޔާތޮށި ބައިސްކަލުގައި އިން ޖާދުވީ ކުއްޖާ ހެއްޔެވެ؟

ނުނިމޭ

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (6)

  1. މަގޭ

    habeys

    1. Isnaa
      މަގޭ

      Thank you 🤣💐🤗🥰

  2. baby girl 🙈

    mihaaru ulhey hurihaa firihen kudhinge vx haalathu 😭😂
    dhw isnaa..

    1. Isnaa
      baby girl 🙈

      Labba 🥰
      Thank you 💐💗

  3. rosie

    mi part ves reethi waiting for next part

    1. Isnaa
      rosie

      Thank you rosie💗💐🥰

Comments are closed.