އިސްނާން އަހުމަދުގެ (އާއެކޭ ލޯބިވޭ) މި ރޯދަމަހު އަންނަނީ….
އާއެކޭ ލޯބިވޭއަކީ ކޮބާ؟
މިއީ ކުރުގޮތަކަށް ބުނަންޔާ އަޝްބާގެ ވާހައެކެވެ. އޭނާ ދިރިއުޅުމަށް ކުރާ ގަދަ ހަގުރާމައިގެ ފޮނި ނާތިޖާގެ ވާހަކައެވެ. ލޯބިވާ ކޮއްކޮއަށްޓަކައި ޖާނުން ފިދާވާން ވެސް އޭނާ ހުރީ ކަމަރުބަދެލައިގެންނެވެ. ކޮއްކޮއަށް ރަނގަޅު ފެންވަރުގެ ފަރުވާއެއް ހޯދުމަށްޓަކައި ކުރެވޭ ބުރަ މަސައްކަތުގެ ތެރެއިން އޭނާ ދެކެމުން އަންނަށް ހުވަފެނެއްގައި ކުލަޖެއްސުމަށްޓަކައި ލިޔެ ބާޒާރަށް ނެރޭ ލޯބީގެ ވާހަކަ ފޮތެވެ. ވަރަށް އަސަރުގަދަ އެންމެވެސް އަޑު އަހާ ކަހަލަ ތިނެސްކަން ހަތަރެސްކަން ލޯބީގެ ވާހަކައެކެވެ. މި ވާހަކައަކީ ޚުބާބް ޚަބީބް އާއި އޭނާގެ އެކުވެރިންނާ ދިމާވާ ހާދިސާތަކެކެވެ. ފަސްމީހުންގެ ޔުނިވަރިސިޓީ އެކުވެރިކަން ގާތް ވަމުން ގޮސް އެއީ މިހާރު އެންމެ ގާތް މިތުރުންނެވެ. ކޮންމެ ކަމެއްވެސް މި ކުދިން ކުރާނީ އެކުގައެވެ. މި ގުރޫޕުގައި ހިމެނޭނީ 3 ފިރިހެން ކުދިންނާއި ދެ އަންހެން ކުދިންނެވެ. ޚުބާބް(ޚުބޭ) އާއި ބާސިލް(ބާސީ) އާއި މިލީހަމް( މިލީ) އާއި ލީނިޔާ (ލިނީ) އާއި ސާއިލް (އިއްލެ)އެވެ. ވާހަކައިގައި މީގެ އިތުރުން ހިމެނޭނީ ޚުބާބްގެ ދޮންތަ ޚުއްބާ އާއި އޭނާގެ ފިރީމީހާ މުލްހަމް އާއި ދެމަފިރިން ގެ ކުޑަ ދެކުދިންއެވެ. ދެން ޚުބާބްގެ ބައްޕަ ޚަބީބް އާއި މަންމަ ސިހުމާއެވެ.
****************************
ކުޑަކޮން ވާހަކައިގެ ތެރޭ ފީނާލަމާހެވެ.
ރޯދަ މަހުގެ ހަވީރުގެ ވަގުތު ޚުބާބްގެ ލޮލުގައި ފިޔާތޮށި ބައިސްކަލެއްގައި އިން ހޫރު ޕަރީއެއް އަޅައިގަނެއެވެ. ފުރަތަމަ ނަޒަރުން ހިތް ހިޔާގޮތް ވެއެވެ. ހަމަ އެދުވަހުގެ ތަރާވިސް ފަހުން އެ ޖާދޫވީ ކުއްޖާއާއި ގެއިން ދިމާވެއެވެ. އެ ޕަރީ ވަނީ ދޮންތަގެ ފިރިމީހާގެ އެންބަނޑު އެންމެ ހަގު ކުއްޖާއަށެވެ. އިއްތިފާޤުން ޔުނިވަރިސީޓީންވެސް ތިބެން ޖެހެނީ އެއްކުލާހެއްގައެވެ. އެކުވެރި ކުއްޖެއްގެ ކައިވެންޏަށް އައްޑޫއަށް ގުރޫޕު ދިޔަ ދަތުރުގައި ލޯބި ހުށައަޅަން ނިންމީމެވެ. އޭރު އަހަރުމެން ދެ މީހުންގެ ދޭތެރޭ އޮތީ ވަރަށް ވަރުގަދަ ގުޅުމެއް އުފެދިފައެވެ. އަބަދުވެސް ފާހަގަވަމުން އައިކަމެކެވެ. ޕާރީގެ ނަޒަރު ހުންނަނީ ބާސިލް އާއި ގުޅިފައެވެ. އެ ދަތުރުގައި ޕަރީ އެދި ލެއްވި އޭނާއަށް ބާސީލް ހޯދައިދޭށެވެ. ބާސީލް އޭރު އުޅުނީ ލިނީއާއި ލޯބީގެ ގޮތުން ގުޅިގެންނެވެ. ފަހުން ފަހުން އައިސް އެގުޅުމަށް ބާސީލް ނުރުހެއެވެ. ޕަރީގެ ދުލުން ބާސީލް ދެކެ ލޯބިވާކަން ހާމަ ކުރި ސިކުންތު ހީވީ މީހަކު އަހަރެންގެ ހިތް ފަޅާލިހެންނެވެ. ވަރަށް ހިތްވަރުކޮށްފައި މޭގާ ހުރި ޒަޚަމްތަށް އެއްފަރާތް ކޮށްލާފައި އެކަން ކޮށްދޭނަމޭ ބުނީމެވެ. ބާސިލް ޕަރީ ދެކެ ވަރަށް ލޯބިވިއެވެ. އެ ދެމީހުން އުޅުނީ ވަރަށްވެސް ލޯބިންއެވެ. އެކަމަކު ކައިވެންޔަކާ ހަމަ އަކަށް ނުދެއެވެ. ކުރެވުނު ފާފައެއްގެ ސަބަބުން އުމުރަށް ވަކިވަނީއެވެ. އެ ހާލުގައި އުޅެނިކޮން ބަޔަކު މީހުން ޕަރީއަށް ހަމަލާދީ މަރާލަނީއެވެ. އެންމެ ގާތުގައި އެދުވަހު އެހީވާން ހުރީ ޚުބާބެވެ. ނޭވާ ހޮޅިއަަށް އެޅިފައި އޮތް ވަގުތު އަހަރެން ބޫނީމެއެވެ. ކޮންމެ ހާލެއްގައިވެސް ޕަރީ ބޭނުންވެއެވެ. ހަމަ ވަރަށް ލޯބިވެއެވެ. ޕަރީއަށް އެކަން އިހުސާސްވީ ހިނދު ވަގުތު ފާއިތުވެއްޖެވެ. އެންމެ ފަހު ސިކުންތު ޕަރީ އެދުނީ އެންމެ ކަމަކަށެވެ. ޚުބާބްގެ ދުލުން ލޯބިވާ ވާހަކަ ބުނާށެވެ. އާއެކޭ ލޯބިވެއެވެ. ލޯބިވެއެވެ. ޚުބާބުގެ އެ އަޑު ޕަރީގެ ކަންފަތުގައި ޖެހިފައެއް ނޯއްނާނެއެވެ. މި ކެހިވެރި ދުނިޔެއަށް އެ ޖާދުވީ ކުއްޖާ އަލްވަދާޢު ކިއީއެވެ. ޚުބާބްގެ ލޯ ކަރުނައިން ތެންމަމުންނެވެ. މި ހާދިސާއަށް ފަހު ބާސީލް އާއި ޚުބާބް ގެ ގާތް އެކުވެެރިކަން ނަފްރަތަށް ބަދަލުވިއެވެ.
*****************************
އަޝްބާއަކީ ކާކު؟
އާދެ އަޝްބާއަކީ ވާހަކައިގެ މައިގަނޑު ޝަހުސިއްޔަތެވެ. އާއެކޭ ލޯބިވޭ ވާހަކައިގެ ލިޔުންތެރިޔާއެވެ.
******************************
މިއީ އަޅުގަނޑު އިސްނާާން އަހުމަދު މި ރޯދަމަހު ގެނެސްދޭން ހަމަޖެހިފައިވާ ވާހަކައިގެ ކުރު ތާޢާރަފެކެވެ. ކޮންމެ ހަފްތާއަކުވެސް ވަކި ދުވަސްތަކަކު ވާހަކަ ގެނެސްދެމުން ދާނަމެވެ. މީގެ އިތުރުން ކުރުވާހަކަ ތައްވެސް ކިޔާލަން ލިބޭނެއެވެ. މި ވާހަކަ އަކީ އަޅުގަނޑުގެ ހިޔާލަށް ލިޔެފައިވާ ލޯބީގެ އަސަރު ގަދަ ވާހަކައެކެވެ. އަޅުގަނޑުގެ ފަރާތުން މި ވާހަކައަކީ ރޯދަ ހަދިޔާ އެކެވެ. ހުރިހާ ކިޔުންތެރިންނަށް މި ހަދިޔާ ކަމުދާނެކަމަށް އުންމީދުކުރަމެވެ.
ހުރިހާ މުސްލިމް އަޚުންނާއި އުޚުތުންނަށް ބަރާކާތުން ފުރިގެންވާ ރަމަޟާން މަހަކަށް އެދެމެވެ. ވީހާވެސް ގިނަ ވަގުތު އަޅުކަމުގައި ހޭދަކުރުމަށް ސަމާލުކަން ދިނުމަށް ހަދުމަކޮށްދެމެވެ. އިސްރާފު ކުރުން މަދު މަހަކަށް ހެދުމަށް މަސައްކަތްކުރުމަށް އެދެމެވެ. ޚަތިމެއް ކުރެވޭ ތޯ ކޮންމެ މީހެއްވެސް ގަދަ އަޅާ މަސައްކަތް ކުރަންވާނެއެވެ. މާތް ﷲ ގެ އިރާދަފުޅުން ވާނެއެވެ. ނަމާދު ވަގުތުން ވަގުތައް ކުރުމަށް ވަރަށް ޚާއްސަ އަހައްމިއްޔަތު ކަމެއް ދޭންވާނެއެވެ. ސުންނަތް ނަމާދުތައް ކުރަންވާނެއެވެ. ހެޔޮ އަމަލުތައް ގިނަ ގިނައި ކުރެވޭތޯ ބަލަން ވާނެއެވެ. މި ފަދަ ފުރުސަތެއް ދެން އަންނަށް އަހަރު ލިބޭނެ ކަމެއް އިނގެނީކީވެސް ނޫނެވެ. އެހެކަމުން ވީ އެންމެ ރަނގަޅަކަށް ރަމަޟާން މަސް ހޭދަކުރަން އަޒުމު ކަނޑައަޅަމާހެވެ.
رمضان مبارك 🌙✨
2 Comments!
Comments are closed.






this sounds quite different anyways waiting for it to begin and ramadan mubarak to you girlie too <33
Thank you rosie 😊💐💗
Ramadan Mubarak 🤗