“ނަތާ” ތިން މަހާ އަށާރަ ދުވަސް ފަހުން އެއިވުނީ ނަތާގެ ދިރިއުޅުން ފުނޑު ފުނޑު ކޮއްލި މީހާގެ އަޑެވެ. މަގު ހުރަސް ކުރަންހުރި މަތިން ހަންދާންވެސް ނެތުނީ ނަތާގެ ހިތުގެ ހިންގުންއަވަސްވެ ނޭވާލުމަށް ދަތި ވުމުންނެވެ. ނަތާ އުންމީދު ކުރީ ނަތާގެ ފިރިމީހާގެ އަޑު މި އިވުނީ އެއީ ނަތާ އަށް ކުރެވުނު ކުއްހީ އެއްކަމުގައެވެ. ކޮންމެސް މީހަކު ނަތާގެ ގައިގައި ބާރަށް ޖެހިގަތްކަންއިންގޭ ވަރުވިއެވެ. އެކަމަކު އޭރު ނަތާގެ މުޅި ހަށިގަނޑު ބާރަށް ތުރުތުރު އަޅާއެވެ. މަޑުމަޑުން ނަތާ އެންބުރިލީ އަޑުއިވުނު ދިމާލަށެވެ. ވައިގަދަވުމުން ނަތާގެ ބުރުގާ އާއި ހެދި އެމީހަކު ފެނުންލަސް ވަމުންދިއުމުން ނަތާގެ ހިތަށް ބިތިވެރިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. އޭނާ ފެނުމުން ނަތާގެ ނޭވާ ހުއްޓުނު ކަހަލައެވެ. އޭރަ އޭނާ ހަޅޭލަވަމުން ނަތާ އާއި ދިމާލައް ދުވެފައި އަންނަނީއެވެ. ނަތާ ހަނދާން ހުރި ގޮތަށް ކުރިމަތިން ފެންނަން ހުރީ ނަތާގެ ފިރިމީހާއެވެ. އެކަމަކު މިހާރު މާ ބޮޑަށް ހިކި އަނަރޫފަ ވުމާއިއެވު ބޮލުގެ އަސްތަށިގަނޑު ދިގުވެ ތުންބުޅިވެސްވަނީ އަޅާނުލާ ދޫކޮއްލެވިފައެވެ. ނަތާ އަށް ބަނޑުގައި އަތްއަޅާލެވުނީ ހިމާޔަތް ކޮއްލުމުގެ ގޮތުންނެވެ. އަދި ފަސްފަހަތަށް ޖެހެންފެށުނީ އިޙްތިޔާރުން ބޭރުގައެވެ. ދެން އިވިގެންދިޔައީ ބަޔަކު ހަޅޭއްލަވާ އަޑުތަކެވެ. ނަތާގެ ފިރިމީހާވެސް ވަރަށް ބާރަށް ގޮވީ “ނަތާ ދުރަށްޖެހޭ ފަހަށް ނުޖެހޭ” ނަތާ މި ބަސްތަށް ހަޖަމު ކުރަންމަސައްކަތް ކުރަމުން ކަނާތް ފަރާތަށް ބަލާލިއިރު ލޯމެރުނީ ވަރަށް ކައިރިން ނަތާގެ ގައިގަިޖެހުނުި ކާރުގެ ބޮކީގެއަލިންނެވެ. އާމިރު ދުވެފައި ހޮސްޕިޓަލް އަށް ވަދެގެން އެދިޔައީ ނަތާގެ ހަށިގަނޑު މެޔާ ބޮންޑި ކޮއްލައިގެންނެވެ. ނަތާގެ ގައިގައި ޖެއްސި ކާރުވަނީ ސިފައިން އަތުލާފައެވެ. އާމިރުގެ ހުދު ޓީޝާޓު ވަނީ ކަޅު ލެއިން ފޯވެފައެވެ. މި ލެޔަކީ ކިތަށްމެ ފަހަރަކު ނަތާގެ ގައިން އާމިރަށް ފެނިފައިވާ އެއްޗެކެވެ. އެކަމަކު މި އަސަރު މިކުރީ އަދި އަލަށެވެ. “ޑޮކްޓަރ އެހީއެއްވެދީ” އާމިރުގެ ބާރު އަޑު ހޮސްޕިޓަލްގެ ލޮބީ ގުގުމާލިއެވެ. އެކި ދިމަ ދިމާާލުން ޑޮކްޓަރުންތަކާ ނަރުހުންތަށް ނުކުމެކެން އަންނަންފަށައިފިއެވެ. ވަރަށް އަވަހައް އެނދެއްނެރެ ނަތާ އެޔައްލައިގެން އަވަސްފަރުވާދޭ ކޮޓަރި އަށް ގެންދިއުމައް ދުއްވާލައިފިއެވެ. ދޮރާއި ކައިރިވުމުން ޑޮކްޓަރ އާމިރު ހުއްޓުވިއެވެ. ” އެއްވެސް މީހަކު މިތަނައް ނުވެއްދޭނެ” މިކަމާ އާމިރުއައީ އަމަށަކު ރުޅިއެއަނޫނެވެ. “ކާކުތީ މަށައްގޮތް ކިޔާދޭން، މަށަކީ ކާކުކަން އިންގޭތަ؟” ތީ ކޮންމެ ބޭފުޅެއްވިޔަސް އަޅުގަނޑު މެނަށް ފުރާނައެއް ސަލާމަތް ކުރުމުގައި އެހީ އެއްވެދެއްވާ، ބޭރުގައި މަޑުކުރައްވާ” ޑޮކްޓަރ މިހެންބުނުމުން އާމިރު ކުޑަކޮއް ހަމަޖެހި ތަންދެއްކިއެވެ. ނަރުހުންތަށް އަވަސް އަވަހަށް އެނދު އަވަސް ފަރުވާއަށް ވެއްދިއެވެ. މީ އާމިރުގެ ހަޔާރުގައި އަލަށް ނަތާ އަށް ޓަކައި ބިރުގަތް ފަހަރެވެ. މީގެ ކުރިން ނަތާ ކިތަށްމެ އާދޭސް ކުރިޔަސް ހަޅޭ ލެވިޔަސް ލޭ އަޔަސް ހިތައް އެއްވެސް އެއްޗެއްނާރައެވެ. އާމިރުގެ ކޮންޑުގައި މީހަކު ޖަހާލުމުން ސިހިފައި އާމިރު ބަލާލި އިރު ކައިރީގައި ހުރީ ނަރުހެކެވެ. ” މީ ފޯމްފުރާލަ ދެއްވާފައި ކަނުންޓަރާ ހަވާލުކޮއްދެއްވާ އޭރުން އަޅުގަނޑު މެނަށް ފަރުވާ ފެށޭނީ” ނަރުސް މިހެން ބުނުމުން އާމިރު އަވަހަށް އެ ފޯމު ހިފައިގެން ކައުންޓަރަށް ހިންގައިގަތެވެ. ފޯމު ހަވާލު ކުރުމަށްފަހު އާމިރު އައިސް އަވަސް ފަރުވާ ކޮޓަރި ކައިރީ މަޑުކޮއްލިއެވެ. ގަޑިއެއްހާއިރު މަޑުކުރި ފަހުން އާމިރު ގެ ހަނދާނަށް ދެ ފަރާތުގެ އާއިލާ އައެވެ. ނަތާ އަށް ވީ ގޮތް ކިޔާދޭނީ ކިހިނެއްބާއެވެ. ނަތާގެ އާއިލާ އަންނަން ޖޭހޭނީ ލަންކާއިންނެވެ، ނަތާގެ މަންމަމެން ދިރި އުޅުނީ ލަންކާގައެވެ. ކޮންމެ ގޮތެއްވިޔަސް ހެޔޮކަމަށް އާމިރު ގުޅާލީ އާމިރުގެ ގެއަށެވެ. ފޫހިރާގަކަށް އާމިރުގެ ކޮއްކޮ އަލީ ކީކޭހޭ އަހާލިއެވެ. “މަންމަ ކޮބާ؟” އާމިރު ސުވާލު ކުރިއެވެ. “ކިހިނެއްވީ” އަލީ އަހާލީ ހާސްވެފައެވެ. ” މަންމަ އަތަށް ތި ފޯނު ދީބަލަ” އާމިރު ހަޅޭއްލަވައިގަތެވެ. ” މަންމާ ކޮންމެސް ކަމެއްވެއްޖެ” އަލީ ފޯނު ދެމުން ބުނެލިއެވެ. “ދަރިފުޅާ ކިހިނެއްވީ؟” އާމިރުގެ މަންމަ ސުވާލު ކުރީހާސްވެފަހުރެއެވެ. “މަންމާ އަހަންނަށް އޭނަ ފެނިއްޖެ” އާމިރު މިހެންބުނިއިރު ހުރީ މާނޭވާ ލެވިފައެވެ. އާމިރު މިހެން ބުނުމުން އާމިރުގެ މަންމަ އައިމިނަ ގެ ދެ ލޯ ފެންކަޅިވެއްޖެއެވެ. “ކޮންތާކު ތިހުރީ؟މަންމަ ވާހަކަ ދައްކަންބޭނުން، މާފަށް އެދެންބޭނުން، އޭނާ މިގެޔައްގެނޭ” “މިހިރީ ހޮސްޕިޓަލުގަ” އާމިރުގެ މި ޖުމްލަ އާއި އެކު އައިމިނަ އަށް ހުއްޓުންއެރިއެވެ. ކުޑަ އިރު ކޮޅަކު މަސައްކަތް ކުރުމުން އަޑު ނުކުމެއްޖެއެވެ. “ކިހިނެއްވީ” “މަންމާ އެއީ ނަތާ، ނަތާ ވަނީ ޒަހަމްވެފައި” އާމިރުގެ ވާހަކަ މެދުކަންޑާލީ މަންމަގެ ބާރު އަޑުންނެވެ. ” ކަލޭ ކީއްކުރީ މިހިރަ ނުލަފާ ފިރިހެނާ” އައިމިނަ މިހެންބުނި އިރު އައިމިނަ އަކީވެސް ނަތާގެ ކުއްވެރިއެވެ. “ކާރު އެކްސިޑެންޓެއް މަންމާ” އާމިރު ބުނެލީ އުންދަގުލުންނެވެ. “ދަރިފުޅާ މަންމަ އަށް މާފުކުރޭ” އައިމިނަ ގެ ރާގު ވަގުތުން ބަދަލުވިއެވެ. “އަޅާ ނުލާ މަންމާ، ނަތާ ގެ އާއިލާ އިންފޯނު ނަގަންދެކަށް ގުޅާލަދީ އަދި ޓްރީޓޮޕް ހޮސްޕިޓަލް އަށް އައުމަށް ބުނެލާދީ” މިހެން ބުނުމަށް ފަހު އާމިރު ފޯނު ކަންޑާލިއެވެ. ކުޑައިރު ކޮޅަކު ޤަބޫލު ކުރަންދަތިވެފައި އައިމިނަ އަށް ފޯނަށް ބަލަންއިންދެވުނެވެ. އެއަށް ފަހު އަވަހަށް ގުޅަންފެށިއެވެ. 45 ވަނަރިންގާއި އެކު މީހަކު ފޯނުނެގިއެވެ. އައިމިނަގެ އަންގައިން އެއްވެސް ބަހެއް ނުނިކުމެގެން އުޅުނިކޮއް އަޑުއިވުނީ ނަތާގެ މަންމަގެ ހަރުކަށި އަޑެވެ. “ކިތަށް ފަހަރު އަހަރެން ބުނާނީ އަހަންނަށް ނުގުޅާށޭ؟ ކަލެޔަށް ހައްގު ތި ލިބޭ ހުރިހާ އަނިޔާއެއްވެސް. ތި ގޭ މީހުންބޭނުންގޮތަކަށް ކަލެޔަށް ކަންތަށް ކުރުމުގެ ފުރިހަމަ އިޙްތިޔާރު އަހަރެން އޮންނާނީދީފަ، އަހަރެން ކަލެޔާއެކީ އޮތް ހުރިހާ ގުޅުމެއް ކަންޑާލައިފިން. ނިކަން ބުނެބަލަ އަހަރެންގެ ތަރުބިއްޔަތުގައި ކޮން ކަމެއްއުނިވެފައި އޮތީ؟ އަހަރެމެންނަށް ލިބުނު އެއަޗެއްދީގެން ކަލޭ ބޮޑުކުރީ’ ޖަވާބުދީބަލަ މިހިރަ ހަޔާތްކުޑަ” މިހިސާބަށް ވާހަކަދިޔަތަނާ އައިމިނަ ވާހަކަފެށިއެވެ. ” އައްސަލާމު އަލައިކުމް” ކުޑަ މަޑުޖެހުމަކަށް ފަހު ނަތާގެ މަންމަގެ އަޑުއިވުނެ ” އައިމިނާ” “އަހަންނަށް މާފު ކޮއްދީ އާދޭސްކުރަން ، އަހަންނަށް މާފު ކޮއްދީ އާދޭސްކުރަން” އައިމިނައަށް ރުވުނީ ގިސްލާފައެވެ. ދަރިޔަކަށް ޓަކާ މަންމައެއްގެ ހިތުގައި މިފަދަ ނަފްރަތެށް އުފެދުމުގައި އައިމިނަ ވަނީ ބައިވެރިވެފައެވެ. “އެއީ ހުސްދޮގު، އޮޅިފައިވީ ކަމެއް. އެއްވެސް ކަމެއް އެއީތެދެއްނޫން، އެވާހަކަ ފެތުރީ އަހަރެން، އޭނަ އުޅުނީ އަހަރެންގެ ދަރިފުޅު އަހަރެންގެ ކިބައިން ދުރު ކުރުވަން، އޭނާ އެއަވެސް ކަމެއްނުކުރޭ” އައިމިނަ އެއްބަސްވިއެވެ. “ކީކޭ ތި ކިޔަނީ؟” ތަނާގެ މަންމަގެ ހަރުކަށި އަޑުއިވުނެވެ. “ނަތާ އެބައޮއް ޓްރީޓޮޕް ހޮސްޕިޓލުގައި ކާރު އެކްސިޑެންޓެއްވެފައި” އައިމިނަ މިހިސާބަށް ބުނާއިރަށް ނަތާގެ މަންމަ ފޯނު ބޭއްވިއެވެ. ނަތާ ގެ މަންމަ ނިޝާ ހުރީ އޮއްދާ ހިއްލާލާފައެވެ. ބޮލަައްބަރުވެ ހޮޑުލަވާފައެވެ. ޤުރުއާނުގައި އަތްލާ ކޮއްފައިއެވަނީ ދޮގު ހުވާއެކެވެ. މި އަންހެނާގެ ބަސް ޤަބޫލު ކުރެވުނީ އަމެއްލަ ދަރިފުޅުގެ ބަސް ދޮގުކޮއްފައެވެ، ކޮންކަހަލަ މަންމައެއްބާއޭ ހިތައްއެރުމުން މޭގައި އަތްއަޅާ ބާރަށް ރޯންފެށުނެވެ. ނިޝާގެ ހަންދާނަށް އަރަމުންދިޔައީ ނަތާ އޭނާ އަށް ގުޅާފައި މަންމަ ގާތަށް ދިމުމަށް ލާރި ފޮނުވައި ދިނުމަށް އާދޭސް ކުރި އެތަށް ދުވަހެކެވެ. އެކަމަކު ނިޝަާ އެ އަޑު ނާހާ އެނަމެ ފަހުން ނަތާގެ ފޯނު ތަށްވެސް ނެގުން ހުއްޓާލީއެވެ. އަހަރެންގެ ދަރިފުޅު ހާދަ ދެރަވެ ނިކަމެތި ވާނޭ އަމެއްލަ އާއިލާއިން އޭނާއަށް އަޅާނުލާ ދޫކޮއްލުމުން މިހުރިހާ އެއްޗެއް ހިތަށް އެރުމުން ބިމައްތިރިވެ ކަކޫމަތީ އިށީންދެވުނެވެ. އެކަމަކު މިހެން އިންނަން ބޭނުން ނުވުމުން ފިރުކިފައި ކަހަލަ ގޮތަކަށއް ގޮސް ނިދާފައިވާ ފިރިމީހާ ހޭލައްވާލިއެވެ.
“ސާހިބު އެހުންނެވީ” އިތުރު އަޑުތަށް އިވުމުން ހަމްޒާ ފަހަތް ބަލާލިއެވެ. ހަމްޒާގެ ފަހަތުން ހިންގާފައި އެ އަންނަނީ އަލީ ވަހީދު، ހަމްޒާމެންގެ ތިމާގެ ބަޔަކާއި އާއިލީ ޑޮކްޓަރ އަދި މުހުސިންގެ ދެމަފިރިންނެވެ. “ހީވާ ގޮތުން ކަލޭ ގެ ބަޔަށް ލާނާ ވެސް ވަށްދާލެވުނީ ދޯ” މުހުސިން މިހެން ބުނިއިރު ހުރީ ދެލޯ ކުޑަްކޮއްލައިގެން ލާނާ އަށް ބަލާށެވެ. ތިކުރީ އެހާ މޮޅު ކަމެއްނޫން! އަހަރެން ހިއެއްނުކުރަން ތީ އެހާފަސޭހައިން ހައްދާ ލެވޭ ކަހަލަ މީހެއްކަމަކަށް، މިހިރަ ނުލަފާ މީހާޔާ އެއަބައި ވެގެން އަހަރެމެންނަށް އޮޅުވާލަން. ލާނާ ގެ އެއްވެސް ކަހަލަ ގޮތެއްނެއްކަން ވަރަށް ސާފުކޮއް ހާމަ ވެއްޖެ” ހަމްޒާގެ މޫނު ރަތްވެ ބޮލުން ދުން އަރާ ކަހަލައެވެ. “މި މަކަރުވެރި އެއްނޫން” ލާނާ ބުނެލިއެވެ. “އަޅުގަނޑަށް އިންގުން ގޮތުގައި މިއީ އިސްމާއިލް ހަމްޒާ އަޅުގަނޑު މެންގެ ގަވަރުނަރ” އަލީ ވަހީދުގެ ޖުމްލަ ފުރިހަމަވީ ކިރިޔާއެވެ.”ކަލެއަށް ލާރި ދީގެން އޭނަޔަށް އެއްބާރުލުންދެނީ ތި” މުހުސިނގެް ބާރު އަޑުން އެންމެން ހައިރާން ކޮއްލިއެވެ. “ކަލޭމެންއެންމެން ބަލަންތިބޭ މި މައްސަލަ ކޯޓައްވައްދާ މީ އަސްލު ހަމްޒާ ނޫންކަން އަހަރެން ސާބިތު ކޮއްދޭނަން، އެހެންޏާ ހަމަ ތާކުން މީހަކު ެްއައިސް އަހަންނަކީ އެތަށް ކުރޯޑެއްގެ ވާރިސެކޭ ބުނީމަ ޤަބޫލް ކޮއްލަންވީތަ؟ ފުރަތަމަ ކަމަކައް މީނަގެ މިހިރަ ނިކަމެތި ހަށިގަނޑު ބަލާލަ!” މުހުސިނުގެ ހިތުގައިވާ އަސްލު ބިރު ބަޔާން ކޮއްދޭން ފެށިއެވެ. “މީހެއްގެ ބަރުދަން ލުއިވުމަކީ މައްސައެއްނޫން މުހުސިން” ލާނާ ގެ ގާތުގައި ހުރި މީހާ ހިނިގަނޑެއް ޖަހާލިއެވެ. “އެއްދުވަހު ނިދާހޭލާއިރު ތިމާ އަކީ ފައިސާ ތަކެއްގެ ވެރިއެއްކަން ހަންދާން ވުންވެސް އެއީ މައްސަލައެއްނޫނެއްނު” މުހުސިން ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ. ހުރިހާ ހެއްކެއް ބުނާ ގޮތުގައިމީ ސާހިބު ހަމްޒާ. ހަނދާން ޓެސްޓު ކޮއްފިން ހުރިހާ ކަމެއް މާ ބޮޑަށް ވެސް ދިމާވޭ. ކުޑައިރު މަސްހިފަން ގޮސް އުޅުންއިރު ކޮނޑަށް ލިބުނު ގެއްލުމުގެ ލަކުނުވެސް އެބައިން. އަތުލިޔުންވެސް އެހާމެ އެއްގޮތް. މީ ސާހިބު ކަމާމެދު އެއްވެސް ށައްކެއްނެއް”އަލީ ވަހީދު އެންމެންގެ ވާހަކަ ހުށްޓުވާލިއެވެ. “އަހަންނަކަށް އޭނަ އެއް […]
“ލޯބި ބުނާ އެއްޗަކާ ދެކޮޅު ހަދަނީއެއްނޫން . އެކަމަކު ލޯބިވާ އަނބި މީހާ އުޅެންޖެހޭނީ އަހަންނާ އެއް ގެ އެއްގަ” ލާނާ ކުޑަ ކޮއް ހިތް ހަމަ ޖެހޭތޯ މަސައްކަތް ކުރަމުން ދަނިކޮށް ހަމްޒާ ގެ ޖުމްލަ ފުރިހަމަ ކޮއްލިއެވެ. “އަދި ނިދަންވެސް ޖެހޭނީ އަހަންނާ އެއް އެންދުގަ” ހަމްޒާ ވާހަކަ ފުރިހަމަ ކޮއްލިއެވެ. ލާނާ ގެ ދެލޯ ބޮޑުވެގެންދިޔައެވެ. އެކަމަކު ހަމަޖެހޭ ގޮތް ދައްކަމުން ވަާހަކަ ދެއްކިއެވެ. “ހަމްޒާ ހިތްހަމަ ޖެހެނީ ނިހާ ކައިރިއަށް ދެވުނީމަ އެއްނު. ނިހާ ވަރަށް އުފާ ވާނެ ހަމްޒާ އެންބުރި އައީމަ. އޭނަ ދެކެ އެއްނު ހަމްޒާ ލޯބި ވަނި”. ލާނާ ހާމަ ކުރި ހަޤީޤަތެވެ. “އެއީ އަދި ލޯބި އެއްނޫން. އެއީ ވަގުތީ ހިތްހަމަޖެހުން” ހަމްޒާ ބުނެލިއެވެ. “ތި ކަންއިންގޭ! އަހަރެންގެ ފަރާތުން ހަމްޒާ ހިތް ނުފުރޭ ކަމަށްވެސް އެތަށް ފަހަރަކު އަހަންނަށް ހަންދާންކޮއްދެމެއްނު. ހުރިހާާ ކަމެއްވެސް އަހަރެން ހަމްޒާ އަށް ކޮއްދޭނަން. އެންމެ ކަމެއް ފިޔަވާާ. އަހަރެންގެ ފަރާތުން ހަމްޒާ ގެ ހިތް ނުފުރޭއިރު އަހަރުމެން ރޭ ކުރުމުގެ އެއްވެސް މާނާ އެއްނެތެއްނު. ހަމްޒާ ނިހާ އާއި ކައިވެނި ކުރަންވީނު؟” ލަާނާ ސުވާލު ކޮއްލިއެވެ. “އަހަރެން ހަމަ އެކަނި ބޭނުމީ ލާނާ. މަގޭ އަންހެނުން. އިތުރު މީހެއްނޫން.” ހަމްޒާ ބުންޏެވެ. “އެހެންވިއްޔާ ތި ބޭނުން ކަންތަށް ކުރަން ޖެހޭނީ އަހަރެންގެ ނުރުހުމުގަ ގަދަކަމުން” ލާނާ މިހެންބުނީ ހަމްޒާ އަކީ ބޭނުންވާ ކަމެއް ބޭނުން އިރަކު ކުރާނެ މީހެއްކަން އެންގި ހުރެއެވެ. “ނޫން ލާނާ ތައްޔާރު ވީމަ ނޫނީ އަހަރެން އެ ގޮތެއް ބޭނުމެއްނޫން” ހަމްޒާ ބެލީ ލާނާ ގޮތްދޫ ކުރޭތޯއެވެ. “ތި ކަމަށް ކިތައްމެ ދުވަހެއްވެސް ނަގާފާނެ، ފަހަރުގަ މުޅި އުމުރުވެސް” ލާނާ ބެލީ މިކަމުން ސަލާމަތް ވެވޭ ތޯ އެވެ. “އަހަރެން ނެތި ލާނާ އެހެންމީހަކާ ގުޅުން ބޭއްވީތަ؟” މި ފަހަރު ހަމްޒާ ކުރީ ސުވާލެކެވެ. ކޮށި އަރާ ގޮތް ވަމުން ލާނާ ޖަވާބުދިނެވެ” ނޫން ނޫން” އަހަރެން ބޭނުމެއްނޫން އެއްވެސް ފިރިހެނަކާ ގުޅުން ބާއްވާކަށް ހަމްޒާ ދިޔަފަހުން” “ވަރަށް ރަނގަޅު، އަހަރެންބޭނުމެއް ނޫން އަހަރެންނޫން އެއްވެސް މީހެއް ލާނާގެ ގައިގަ ބީހޭކަށް” ހަމްޒާ ހިނިތުންވެލިއެވެ. ހަމްޒާ ކަނދުރާ ގައި އަތް ހާކާލިއެވެ. ވަރުބަލި ވެފައިވާ ކަން ހަމްޒާގެ މޫނު މަތިންފެންނަމުންދެއެވެ. ލާނާ ހަމްޒާގެ މޫނަށް ބަލާލިއެވެ. “ހިންގާ އަހަންނާއެކީ، އަހަރެން ބޭނުން ގެޔައްދާން” ހަމްޒާ ބުނެލިއެވެ. ލާނާ ހުރީ ފެންވަރާލާ އެއްޗިހި ބަދަލު ކޮއްލާ ހިތުންނެވެ. އެކަމަކު ހަމްޒާ އަށް އެއްވެސް ފުރުސަތެއް ދޭ ކަށް ލާނާ ބޭނުމެއްނުވެއެވެ. އެހެންކަމުން އަވަސް އަވަހަށް އަވަހަށް މޫނު ދޮވެލައިގެން އައެވެ. “ދަ މާ ދޯ، އެންމެން އެތިބީ ލާނާ އަހަންނާއެކީ ނުކުމޭތޯ ބަލަން” ހަމްޒާ އެއް ބުމަ ހިތްލާ ލަމުން ބުނެލިއެވެ. ” އަހަންއަށް އިތުރު ގޮތެއް އެބަ އޮއްތަ؟ ލާނާ ސުވާލު ކޮއްލިއެވެ. “ލާނާ ރޮއެ ދެފައި ތަޅަ ތަޅާ އޮއްވާ އަހަރެން ލާނާ ގަދަކަމަކުން ނުގެންދާނަން” ލާނާ އައްބަލާލަމުން ހަމްޒާ ބުނެލިއެވެ. އަދި ލާނާ އައް އަތް ދިއްކޮއްލިއެވެ. ލާނާ ހަމްޒާ ގެ އަތުގަ ހިފައިގެން ހިންގައިގަތެވެ. “އައިޝާ މެންގެ އެއްޗިހި ބަދަލު ކުރަން ވަގުތު ނަގާނެ” ލާނާ ބުނެލިއެވެ. “އެމީހުން އެތަން ހުސްކުރަން އަހަރެން މިއަދު އެންގިން. އެހެންވީމަ މިރެއަށް ހުސްވާން ޖެހޭނެ.” ހަމްޒާ ބުނެލީ ޔަޤީން ކަމާއެކީއެވެ. “އެކަމަކު އެހާ އަވަހަށް ވާނެ ކަމެއްނޫން އެއީކީ” ލާނާ ބުނީ ވިސްނަމުންނެވެ. “ކީއްވެ ނުވާނީ؟ އެމީހުނައް އެކަންޖެހޭނީ ވާން. ލާނާ އަށް ތިގޭގަ ހުރެވެންޏާ ކީއްވެ އެމީހުނައް ނުތިބެ ވޭންވީ؟ ެ” ހަމްޒާގެ އަޑުގައި ހުރީ ހަރުކަށި ކަމެވެ. ކުއްލިއަކަށް ލާނާ އަށް ހީވާންފެށީ ކުރީގެ ހަމްޒާ ކައިރީގައި ހުރިހެނެވެ. ލާނާ އަށް ޖަހާލެވުނީ ބިރުވެރި ހިނި ގަނޑެކެވެ. އެ ގޭގައި މުހުސިނާ އައިޝާ ތިބޭނެ ގޮތްސިފަ ކޮއްލެވުނީމައެވެ. “އެމީހުންގެ ބާރުގަ ހުރި ހުރިހާ ކަމެއްކުރާނެ ތީ އަސްލު ހަމްޒާ ނޫންކަން ސާބިތު ކޮއްދޭން” ލާނާ ބުނެލިއެވެ. “އަހަރެން އެމީހުން ނެރޭނަން، ގެޔަށް ވަނުމުގެ ކުރިންބުނެބަލަ ލާނާ ގެ ހިތުގަ އަދިވެސް ޝައްކު އެބައޮއްތަ؟ ހަމްޒާ ބުނެލިއެވެ. “މަދު މަދުން” ލާނާ ހާމަ ކުރީ ހަޤީގަތެވެ. “އެ ވާހަކަތަށް އެހެން އެެއްވެސް މީހަކާ ހިއްސާ ކުރާނަންތަ؟” ހަމްޒާ ގެ މޫނުގައި އެއްވެސް އަސަރެއް ނެތެވެ. “ނޫން” ލާނާ ވައި އަޑުންބުނެލިއެވެ. “ކީއްވެ؟” “އެއީ އަހަރެން ” ހިތުގަވާ އެއްޗެއް ހާމަ ކޮއްދޭނެ ގޮތެއް ލާނާ އަށް ނޭންގިގެން ހުއްޓާލިއެވެ. މީ ލާނާ ގެ ފިރިމީހާ ނޫން ނަމަ ކޮންމެސް އިރަކުން ސާބިތުވާ ކަހަލަ ކަމެއް ކުރާނެކަން ލާނާ އަށް ޔަޤީނެވެ. “ތީ އަހަރެންގެ ފިރިމީހާ ނޫންނަމަ އަހަންނަށް ވަރަށް އަވަހަށް އިންގޭނެ” ލާނާ ބުނެލިއެވެ. ” ހަމަ ޔަޤީންތާ ! ހަމްޒާ ހިނިތުން ވެލަމުން ލާނާ ގެ އަތުގަ ހިފައިގެން ގެޔަށް ވަނުމަށް ހިންގައިގަތެވެ. “އެ މީހުން މިތަނަށް ގެނައްސަ ހުރި ބަދަލުން އަހަރެން ވަރަށް ހިތް ހަމަޖެހޭ” ހަމްޒާ ބުނެލިެއެވެ. ގޭތެރެ އަށް ނަޒަރު ހިންގާލަމުން ހަމްޒާ ވަދެގެންދިޔައެވެ. “އާން! ކިހާ ކުޅަދާނަ މީހަކަށް މީހުންދިރި އުޅޭ ގެ އެއް ދާރުލްއާސާރަކަށް ހެދޭނީ! ހަމްޒާ މަލާމާތުގެ ހިނިގަނޑެއް ޖަހާލިއެވެ. ލާނާ އަށް ހުވަފެނުގައިވެސް އަލުން މި ގަނޑުވަރުގައި ހަމްޒާ ޔާ އެކީ ދިރި އުޅެވޭނެ ކަމަކަށް ދެކިފައެއްނުވެއެވެ. ގަނޑުވަރުގެެ މެދުތެރެ ފުރިފައި ވަނީ 50 ހަކަށް މުވައްޒިފުންނެވެ. ނޯ ކަރުންނާއި ބަދިގޭގައި އުޅޭމީހުންނެވެ. ދޮރު ފާރަ ވެރިންނާއި ހަށި ފާރަ ވެރިންނެވެ. ގޭތެރެ ސާފު ކުރާ މީހުނާ ބަގީޗާ ބަލަ ހައްޓާ މީހުނެވެ. މިހެން ގޮސް ގަނޑުވަރު އެކި ކަންކަން ބަލަހަށްޓާ މީހުނެވެ. އެންމެންގެ މޫނު މަތިންވެސް ފެންނަނީ އުފާ ވެރިކަމެވެ. އެކަންވާނީ ވެސް އެހެންނެވެ. މުހުސިނުއާއި އައިޝާ ރުހޭ އެއްވެސް ގޮތަކަށް އެތަނުން އެކަކަށްވެސް ކަމެއް ނުކުރެވެއެވެ. މި މީހުންގެ ތެރެއިން އެންމެ އިސްކޮއްހުރި ނޯކަރު ކުރިއައް ޖެހިލާ ސަލާމް ގޮވާލިއެވެ. އެއީ އައިސާފުޅެވެ. ” ސާހިބާ އައް މަރުހަބާ!” މިހެން ބުނުމާ އެކު އެއްއަޑަކުންހެން އެންމެންވެސް މަރުހަބާ ކިޔާލިއެވެ. […]
ހަމްޒާ ގެ އަތުގައި ކޮންމެސް އެއްޗެއްއޮތެވެ. ލާނާ މަޑުޖެލީ އެއީ ކޯންޗެއްތޯ ބަލާލާށެވެ. ލާނާ އަށް ހަމްޒާ އާއި ކައިރިއަށް ޖެހިލެވުނެވެ. ހަމްޒާގެ އަތުގައި އޮތީ ލާނާ ގެ ފޮޓޯ ޖަހާފައިވާ ލޮކެޓެކެވެ. “އެތަށް މަހެއް ވަންދެކަށް އަހަރެން މި ޔައް ބަލަން އޮތިން. އަހަންނަށް ލާނާ ކޮބާކަމެއް ނޭންގުނަސް ނުފެނުނަސް އަހަރެން އަބަދުވެސް ޔަޤީންކުރަން ތީ އަހަރެންގެ މީ ހެއްކަމަށް” ހަމްޒާ މިހެންބުނެފަ އަތުގަ އޮތް ލޮކެޓް ޖީބައްލިއެވެ. “ކިހިނެއްތީތި ހޯދީ؟ ލާނާް ޢައް ބުނެވުނީ ވައި އަޑުންނެވެ. “އަހަންނަން މީތި ދިނީ ލާނާ އެއްނު، އަހަރެން އިންޑިޔާ އަށް ފުރި ދުވަހު، ހަންދާން ވޭތަ”؟ ހަމްޒާ މިހެންބުނީ ލާނާ ގެ މޫނަށް ބަލަން ހުރެއެވެ. ލާނާ އަށް ހަންދާން އާ ވެއްޖެއެވެ. އެ ދުވަހު ހަމްޒާ އުޅުނީ ވަރަށް އަވަދިނެތިއެވެ. ފުރައިގެންދެވޭތީ ހަމްޒާ ހުރީ ފިސާރި އުފާވެފައެވެ. ހަމްޒާ ކިތައްމެ ގޯސް ނަމަވެސް ފުރަން އުޅޭތީ ލާނާ ދެރަވިއެވެ. ހަމްޒާ އަށް ހެޔޮ ބަދަލެއް އަންނާނެ ކަމުގެ އުންމީދު އަބަދުވެސް އޮވެއެވެ. ހަމްޒާ އަށް ހަދިޔާ އަކަށް މި ލޮކެޓް ދިނުމުން ބުނާނެ އެއްޗެއް ނޭންގިފައި ހުރި ހަމްޒާ އަވަސް އަރުވާލާފާ ވަރަށް ރީތި ޝުކުރިއްޔާއޭ ބުނެ ލާނާ ގެ ނިއްކުރިޔަށް ބޮސް ދިނީ ފަރުވާ ކުޑަ ގޮތަކަށެވެ. “އަހަރެން ދުޢާ ކޮއްދޭނަން ހެޔޮ ހާލުގައި ލެއްވުންއެދި” ލާނާ މިހެން ބުނުމުން “އަހަރެންގެ މަށްޗައް ތި ދުޢާ ތަށް ބޭކާރު ނުކޮއްލާ” ހަމްޒާ މަލާމާތުގެ ރާގަކަށް ހެވިފަ ބުނެލިއެވެ. “ލާނާ ގެ ދުޢާ ގެ ސަބަބުން އަހަރެން ސަލާމަތްވީ”ހަމްޒާ މިހެންބުނުމުން ލާނާ އައް މީ ހަމްޒާ ކަން ޔަގީންވިއެވެ. ހަމްޒާ އޭ ކިޔާ ގޮވާލެވުނީ އިހްތިޔާރަކު ނޫނެވެ. “އަނެއްކާވެސް ތި އުޅުނީ އަންބުރައި ގަންނަންތަ”؟ ހަމްޒާ މިހެންބުނެލީ ސަމާސާ ރާގަކަށެވެ. އަދި ލާނާ ގެ އަތުގައި ހިފާ ކައިރިއަށް ދަމާލިއެވެ. “މިހާރު އަހަރެންގެ ވާހަކަ ޤަބޫލު ކުރަންތަ”؟ ހަމްޒާ މިހެންބުނިއިރު ލާނާ ގެ މޫނުގަ ފިރުމަމުންދިޔައެވެ. “ހަމަ އެކަނި އަހަންނާ އަހަރެންގެ ފިރިމީހާއަށް އިންގޭ ކަމެއްގެ ވާހަކަ ބުނެބަލަ” އަދިވެސް ލާނާ ގެ ހިތް ނުފުރޭ ކަހަލައެވެ. “މި ވާހާކަ އަލީ ވަހީދުއާއި ޑޮކްޓަރ އައްކިޔާދީ ކިޔާދީ ވެސް ވަރުބަލި ވެއްޖެ” ހަމްޒާ ހުރީ ކުޑަދޮރުން ބޭރު ބަލާށެވެ. ލާނާ ގެ ކަނާތު ފައިގެ ފަލަމަސް ގަނޑުގެ އެތެރެ ފަޅީގަ އިންނާނީ ލާނާ ގެ އުފަންލަށް. އަދި މޭމަތީގަ އިންނާނެ ކުޑައިރު ވެއްޓިގެން ހަލާކުވި ތަނެއްގަ ލާފަ އިން ލަކުނެއް.” ހަމްޒާ ކިޔާދިނީ ފަރުވާތެރި ކަމާއެކީގައެވެ. “އަދިވެސް ކިޔާދޭންވީތަ”؟ ހަމްޒާ މިހެންބުނުމުން ލާނާ ލަދުން އިސްޖަހާލަމުން ނޫނެކޭ ބުނެލިއެވެ. “ހަމްޒާގެ މޫނުގެ ބައްޓަން ބަދަލު ވެއްޖެ” ލާނާ މިހެންބުނީ ހަމްޒާގެ މޫނު ގައި އަތް ޖައްސާލަމުންނެވެ. ” މާ ބޮޑަށް ހަމްޒާ ހިކިފަ ތިހުރީ” “ހަމްޒާގެ ހެދުންއެޅުން ވެސް ބަދަލު ވެފައި މި ވަނީ ދޯ” ލާނާ މިހެން ބުނުމުން ހަމްޒާ ލައިގެން ހުރި އެއްޗިއްސައް ބަލާލިއެވެ. ” އަހަރެން އެއްޗިހި ބަދަލު ކުރަންބޭނުން” ހަމްޒާ ބުނެލިއެވެ. “މުހުސިން ހަމްޒާގެ ހުރިހާ އެއްޗިހި އުކާލައިފި” ލާނާ ބުނެލިއެވެ. “އަހަރެންގެ އަނބި މީހާ ވެސް އެއްލާލީ ދޯ” ހަމްޒާ މިހެންބުނި އިރު މޫނު މަތިން ރުޅިވެރިކަން ފެންނަން ހުއްޓެވެ. “އަހަރެންގެ ކޮއްކޮ އެއް ކަމަކު ލާނާ އަށް ކަންތައް ކުރި ގޮތުގެ ބަދަލު ހިފާނަން. އަހަރެން ނެއްތަނެްގައި އަހަރެންގެ އަނބި މީހާ އަށް މިޔައްވުރެން ރަންގަޅަށް ކަންތައް ކުރާނެ ކަމައް އަހަރެން އުންމީދު ކުރިން. މީ އިންސާނަކު ދިރި އުޅެން ހެޔޮވާ ފަދަ ހާލަތެއްގައި ހުރި ތަނެއްނޫން” ހަމްޒާ ބުނެލިއެވެ. “އަހަރެންނަށް މިތަން ފުދޭ” ލާނާ މައްސަލަ ބޮޑު ނުކުރަން ބުނެލިއެވެ. “އަހަރެން މި ކަންތަށް ބަލާނަން. ހާސް ނުވޭ މީގެ ފަހުން އަހަރެން ލާނާ ބަލާނަން” ހަމްޒާ މަޑުމަޑުން ބުނެލިއެވެ. މި ވާހަކަ އަޑު އުވުމުން ލާނާ އައް އަންގަ މަތީ އައްއަޅާ ލެވުނެވެ. ހަމްޒާ އެންބުރި އައީ އެވެ. މާނަ އަކީ ލާނާ ގެ މިނިވަންކަން ގެއްލި ކުރީގެ ދިރި އުޅުމަށް ބަދަލުވާނެއެވެ. ލާނާ އައް މި ވީ ގޮތް ވަރަށް ގާތުގަ ހުރި ހަމްޒާ އައްފެނުނެވެ. […]
“އައިސާފުޅު އޭނަ ދެކުނިންތަ؟ ކުޑައިރުން ފެށިގެން އައިސާފުޅު އޭނަ ދަންނަމެއްނު” ލާނާ އަހާލީ ވަރަށް އުންދަގުލުންނެވެ. ލާނާ ގެ މުޅި އަރުތެރެ އާ އަންގަތެރެ ވަނީ ހިކިފައެވެ. މީންދުވަހަކު ފެންފޮދެއް ނުލިބޭ ފަދައެވެ. “އެއީ ހަމަ އަޅުގަނޑުގެ ސާހިބު” އައިސާފުޅު ބުނީ އުފަލުންނެވެ. ލާނާ ގެ ހިތް ތެޅޭއަޑު އައިސާފުޅަށް ނީވޭނެ ބާއޭ ލާނާ ހިތަށް އެރިއެވެ. އަލީ ވަހީދު ކީއްވެބާ ނުސްދަންނަ މީހަކު ގެޔަށް ގެންނަންވީ؟ ލާނާ ސުވާލު ކުރީ އަމެއްލަ ނަފުސާއެވެ. އެހާ އަވަހަށް ޖަވާބު ވެސް ލިބިއްޖެއެވެ. އެކަމަކު އޭނާ ވީ މަރުވެފަ. ލާނާ ގެ ފިކުރު މިހިސާބަށް ދިޔަތަނާ އައިސާފުޅު ލާނާ ގެ އަތުގަ ހިފާލިއެވެ. އަވަހަށް ހިންގަވާ ސާހިބާ. ލާނާ އަށް ބަލަންހުރެ އައިސާފުޅު ބުނެލިއަޑުއިވުނެވެ. އޭރު ލާނާ އަށް ހުރެވުނީ ހުއްޓިގެންކަން އެންގުނީ މި ހިސާބުންނެވެ. “އައިސާފުޅު ދޭ ގަނޑުވަރަށް އަހަރެން ކުޑަކޮއް ހަމަ ޖެހިލައިގެން އެބަދަން” ލާނާ އަނބުރާލީ ލާނާ އުޅޭ ގެޔާ ދިމާލަށެވެ. އައިސާފުޅު އަވަސް ފިޔަވަޅު ތަކެއްގަ ދިޔައީ ގަނޑުވަރާ ދިމާލަށެވެ. ލާނާ ގެޔަށް ވަދެ ފާހަނާޔަށް ވަދެ މޫނު ދޮވެލިއެވެ. ލާނާ ގެ ދެ އަތްވެސް ތުރުތުރު އަޅައެވެ. ފުންނޭވާ ތަކެއްލަމުން ކޮޓަރީގެ ލޯގަނޑު ކައިރިއަށް ހުއްޓި ހުރީ މޫނަށް ބަލާށެވެ. ލާނާ ގެ ދިރި އުޅުމަށް އަންނަން މި އުޅޭ ތޫފާންގެ އަސަރު މޫނު މަތިންފެންނަމުން ދިޔައެވެ. ބޮލުގަ ހުރި ދަތިތަށް ނައްޓަންފެށީ ބޯއޮމާން ކޮއްލުމުގެ ނިޔަތުގައެވެ. ދަތިނަގާ މޭޒުމަތީ ބާއްވާލަމުން ލޯގަނޑަށް ބަލާލީ ހިޔަންޏެއް ހުރިހެން ހީވެގެންނެވެ. ލާނާ ގެ ފަހަތުން އެ ހިޔަނި ކައިރިވީ ލާނާ ގެ ބޮލާ ދިމާލަށެވެ. ކައިރިވުމުން ލާނާ އަރަނީ އެމީހެއްގެ ކޮނޑާ ހަމަޔަށެވެ. ލާނާ ނަގަމުންދިޔަ ދަތި ލާނާ ގެ އަތުން އަތުލާ މޭޒު މަތީ ބޭއްވިއެވެ. ލާނާ ގެ މުޅި ހަށިގަނޑު ތުރުތުރު އަޅަމުންދިޔައީ ވަރަށް ބޮޑަށެވެ. ” މީ ހަޤީގަތެއްނޫން. މިހެން ނުވާނެ” ލާނާ އަށް ވައި އަޑުން ބުނެލުވުނެވެ. ލާނާ ހަޅޭ ލަވަންބޭނުންވިއެވެ. ދުވެ ފިލަންވެސް ބޭނުންވިއެވެ އެކަމަކު އެއްވެސް ހަރަކާތެއް ކުރަންނޭންގިފަ ހުރެވުނީއެވެ. އަހަރެންމީ ޖިންނިއެއް ނޫން ލާން” ހަމްޒާ ބުނެލިއެވެ. ލާނާ އަށް ވަގުތުން ހަމްޒާ ޔާ ދިމާލަށް އެންބުރިލެވުނީ ވަރަށް ބާރަށެވެ. ލާނާ އަށް ލާން އޭ ކިޔާ ގޮވާނީ ހަމަ އެކަނި ހަމްޒާއެވެ. ހަމްޒާ ގެ މޫނަށް އިސްއުފުލާ ބަލާ ލެވުނީ ކިރިޔާއެ ލާނާ ގެ މޫނު މައްޗަށް އަންދިރި ވެގެން އަރިއަޅާލީ އެވެ. ހަމްޒާ ލާނާ ހިފެހެއްޓީ އުންދަގުލަކާ ނުލާއެވެ. ލާނާ ނަގައި ގަނެގެންގެންގޮސް އެންދުގާ ބޭއްވިއެވެ. ލާނާ އަށް ރަންގަޅަށް ހަމްޒާ ބަލާލިއެވެ. ލާނާ ގެ ހަށިގަންޑު ވަނީ ހިކި އަނަރޫފަ ވެފައެވެ. އެކަމަކު ލާނާ ފެނުމުން ހަމްޒާގެ ހިތުގެ ތެޅުމަށް ބަދަލު އައެވެ. ލާނާ ގެ ރީތި ސޫރަ އެ ހިތުގަ ހަރުލާ ހުރެއެވެ. ލާނާ މަޑުމަޑުން ލޯ ހުޅުވާލިއެވެ. ހަމްޒާގެ ލޮލަށް ބަލަން ލާނާ އަށް އޮވެވުނީއެވެ. ހަމްޒާ ހިނިތުންވެލީ ހަމްޒާ ގެ ލޮލުންފެންނަން ހުރި އަސަރުތަށް ފޮރުވަމުންނެވެ. ޖިންނިންވެސް އިންސާނުންގެ ސިފައިގާ ތިބޭއިރު އަސްލު މީހާޔާ ހާދަ ވައްތަރޭ ލާނާ ހިތަށް އެރިއެވެ. މަޑުމަޑުން ހަމްޒާގެ މޫނުގަ އައްޖައްސާލިއެވެ. ހަމްޒާ އަކީ މުޅި އުމުރުގައިވެސް ދަގަނޑު ހާ ވަރުގަދަ އެއްވެސް އިހުސާސެއް ނުއް މީހެއްގެ ގޮތުގައި ދައްކައިގެން އުޅުނަސް ކެއްކުރަން ދަތިމިވަނީ ވެފައެވެ. ހަމްޒާ ބޭނުންވީ ގުދުވެލާ ލާނާ ގެ ހަށި ގަނޑުގެ ހުނު ލިބިގަންނާށެވެ. އެކަމަކު މި ވަގުތަކު ނޫނެވެ. ވަރަށް އަވަހަށެވެ. ހަމްޒާ ތެދުވެ މޭޒު ކައިރީ ހުއްޓިލާ ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. ބޭނުމަކީ ކުރަމުންމުދާ އިހުސާސް ތައް ހުއްޓުވާލުމެވެ. “ތީ ކާކު؟” ލާނާ ސުވާލު ކޮއްލިއެވެ. “އަހަރެންމީ ކާކުކަން އިންގޭނެ” ހަމްޒާ މިހެންބުނުމުން ލާނާ ތެދުވެ ހިންގައިގަތީ މޭޒާ ދިމާލަށެވެ. “އަހަރެން ސައި ހަދާލާނަން އަހަރެމެން ވާހަކަދައްކައިގެން މި ކަންތަކައް ރަންގަޅު ހައްލެއް ލިބިދާނެ.” ލާނާ ވާހަކަ ދެއްކިއެވެ. އެހެންވީމަ ލާނާ ހީ ކުރަނީ އަހަރެންމީ ކޮންމެސް ނިކަމެތި މީހެއްކަމަށް ތާ ދޯ. ފާޑަކަށް ހިނިތުން ވެލަމުން ހަމްޒާ ގެ ހިތަށް އެރިއެވެ. ހަމްޒާ ގޮސް ލާނާ ގެ އަތުގައި ހިފާލިއެވެ. ލާނާ އަތުގައި ހިފާލުމާއެކު ހަމްޒާގެ ކޮންޓުރޯލް ކުރަން އުންދަގޫ އިހުސާސް ތަކެއްވިއެވެ. “އަހަރެންމީ ލާނާ ގެ ފިރިމީހާ. އަހަރެން މި ހުރީ އެންބުރި އައިސް” ހަމްޒާ ބުނެލިއެވެ. ލާނާ ގެ ފައިންބާރުދާން އުޅޭހެން ހީވާންފެށިއެވެ. އަންގައިން ބުނަން ދަތިވެފައި ލާނާ އަށް ހުރެވުނީ ހަމްޒާ އަށް ބަލާށެވެ. “މީ ހަމްޒާ ބިރުނުގަނޭ ލާނާ” ހަމްޒާ މަޑު މަޑުން ބުނެލިއެވެ. ލާނާ އަށް މި ކަމާ ދެކޮޅު ހެދޭ ކަށް ނެތެވެ. ހަމްޒާގެ ސިފައަށް ބަދަލަކަށް އައިސްފަ ހުރީ ހަމަ އެކަނި ހިކިފާ ހުރުމެވެ. ” އަހަރެންގެ ފިރިމީހާ ވަނީ މަރުވެފާ” ލާނާ އަނެއްކާވެސް ބުނެލިއެވެ. ‘އަހަރެން ސާބިތު ކޮއްދޭނަން އަހަންނަކީ ހަމްޒާ ކަން” ހަމްޒާ ބުނުލީ ޔަޤީން ކަމާ އެކުއެވެ. މިހެން ބުނުމާއެކު ހަމްޒާ ލާނާ ގެ މޫނުގަ ދެ އަތުންހިފާ ކައިރި ކޮއްލިއެވެ. ލާނާ ޔަށް ވާނުވާ ނޭންގި ހުރެވުނީއެވެ. މި ވާ ގޮތް ކުއްލި އަކަށް ލާނާ އަށް ވިސްނުމުން ހަމްޒާގެ މޭގަ އަތްއަޅާ ދުރަށް ކޮއްޕާ ލެވޭތޯ ލާނާ އުޅުނެވެ. “އަހަރެންގެ ގައިގަ އަތްލަން ކެރުނީ ކީއްވެ”؟ލާނާ ގެ ސުވާލު ކުރިއެވެ. “ތީ އަހަރެންގެ އަންބިމީހާ” ހަމްޒާ އިތުރަށް ލާނާ ކައިރި ކޮއްލިއެވެ. ” ހަމްޒާ އަކީ ތިކަހަލަ ކަންތަށް ކުރާ ހިތްވާ މީހެއްނޫން” ލާނާ މިހެން ބުނީ މުޅި ކައިވެނީ ގެ ހަޔާތުގައިވެސް ހަމްޒާ ގެ އޯގާތެރި ބީހުމެއް އިހުސާސް ވީ މި ފުރަތަމަ ފަހަރެވެ. “އަހަރެން މިހާރު މި ހުރީ ބަދަލްވެފައި” ހަމްޒާ ބުނެލިއެވެ. “އެކަމަކުވެސް ތީ އަހަރެންގެ ފިރިމީހާއެއްނޫން” ލާނާ ފަހަތަށް ޖެހެން ކުރި މަސައްކަތް ކާމިޔާބުވީ ހަމްޒާ ދޫކޮއްލުމުންނެވެ.
މުސައްލަ ފައްޖަހާ ލުމައްފަހު ތެދުވެ ލާނާ ވަނީ ބަދިގެއަށެވެ. ކުޑަ ގޮތަކަށް ސައި ބޮއެގެން އަވަހަށް ނުކުތީ ލާނާ ގެ ބެލުމުގެ ދަށުން ކުރިޔަށްދާ ޔަތީމު ޙާނާ އަށް ދިއުމަށެވެ. މަގުމަތިން ދިމާވާ ކޮންމެ މީހަކުވެސް މަރްޙަބާ ކިޔައެވެ. މިކަމުގެ ސަބަބުން ލާނާ ގެ ހިތަށް ކުރާ އަސަރު ދަނީ އިތުރު ވަމުންނެވެ. ޔަތީމް ޙާނާ އަށް ދިޔަ އިރު ލާނާ އަތުގަ ހުރި މަދު ރުފިޔާ ކޮޅަކުން ބޭނުން ބައެއް އެއްޗިހި ގަތެވެ. ހަމްޒާޔާ ކައިވެނި ކޮއްގެން އުޅުނުއިރު ލާނާ ބޭނުންގޮތަކަށް ހަރަދު ކުރަން ރުފިޔާ ހަމްޒާ ދީފާ ހުރެއެވެ. ލާނާ އަށް އޭރު މިކަހަލަ އެއްވެސް ކަމަކާ ނޫޅެވެއެވެ. ހަމްޒާ ބޭނުންވަނީ ލާނާ ރީތިކޮއް ހެދުން އަޅުވައިގެން ބޭރުތެރޭ ގެންގުޅޭށެވެ. އަތުގައި ހުރި ކޮތަޅު ބަރުވުމުން ތަންކޮޅު ކޮޅުން ބަހަށްޓަމުން ލާނާ ޔަތީމް ޙާނާ އަށް ވަންނަން އަންނަތަން ބަލަން ތުންދަމާލައިގެން ހުރި ޔަނާލް ފެނުނީ ދޮރުން އެތެރެއަށް ލާނާ ވަތްފަހުންނެވެ. “މި ކޮތަޅުތައް ހާދަބަރޭ! އެއްވެސް މީހަކު ނެއްތަ އެހީ އެއްވެދޭކަށް”؟ ވައްކަޅިން ޔަނާލް އަށް ބަލާލަމުން ލާނާ ސުވާލު ކޮއްލިއެވެ. “އަހަރެން ތި ކޮތަޅު ގެންގޮސް ދީފާނަން“ ދައްތަ އަހަރުމެން ދޫ ކޮއްލާފަ ދިޔައީމަ ދެންކާކު އެހީވާނީ”؟ ޔަނާލް ސުވާލު ކޮއްލި އެވެ. ޔަނާލް ރުޅި އައިއްސަ ހުރި ސަބަބު ލާނާ އަށް ކޮންމެވެސް ވަރަކައް އެންގިއްޖެއެވެ. “ކާކު ބުނީ ދައްތަގެ ދޫނި ތައް ދޫކޮއްފަ ދާންއުޅެއޭ“؟ ލާނާ މިހެންބުނީ ޔަނާލް ގެ ބޮލުގަ ފިރުމާލަމުންނެވެ. “ގަވަރްނަރ އަންނަނީ ދައްތަ ބަލަ އޭ ސަރީފާ ދައްތަ ބުނި. އެހެންވެ ދައްތަ ދެކެ ރުޅި އައިއްސަ މި ހުރީ. ދައްތަ ދިޔައީމަ ޔަނާލް ވަރަށް ދެރަވާނެ”ޔަނާލް ލާނާ ގެ މޫނައްބަލަމުން ބުނެލިއެވެ. ހާސްކަން ފޮރުވާލަމުން ލާނާ ހޭންފެށިއެވެ. ވާހަކަ އޮޅުވާލަމުން އަވަހަށް ސައިބޯން ހިންގާށޭ ބުނެލި އިރު ހިތައް އަރަމުންދިޔައީ ސާރީފާ ދައްތަ ކުދިންނަށް ބުނެދޭނީ އެގޮތައްކަންތައް ވިޔަސް ކުދިންދެރަނުވާނެ ކަމަށް ބަލާފަތާއ ޭހިތަށް އަރުވާލިއެވެ. އެކަމަކު އެ ގޮތަށް ކަންތައްވުން އެއީ ލާނާ އެއްވެސް ގޮތަކައްބޭނުންވާ ކަމެއްނޫނެވެ. ކޮންމެ ހާލެއްގާ ވިޔަސް ލާނާ ﷲ އަށް ހަމްދުކޮއް އެ ހާލަތަކަށް ހޭނޭނެ ކަންޔަޤީނެވެ. ރޭގަނޑަށް ތަންދެމުން އިރު އޮއްސެންދާ ކަމުގެ ކުލަވަރު އުޑު މަތިން ފެންނަން ފަށައިފިއެވެ. ވަރުބަލި ކަމާ އެކު މަޑުހިނގު މެއްގާ ލާނާ ގެޔާ ދިމާލަށް ހިނގަމުންދެއެވެ. ލާނާ ގެ ހިންގުމަށް ހުއްޓުންއެރީ ކުރިމަތިން ދުވެފާ އަންނަ އައިސާފުޅު ފެނިގެންނެވެ. “އައިސާފުޅާ ތިހެން ދުވަނިކޮއް ވެއްޓި އަނިޔާއެއް ވެއްޖިޔާ ކިހާ ދެރަ“ހައިރާން ކަމާ އެކުވެސް ދެރަވެލާފަ ލާނާ ވާހަކަ ދެއްކީ ގަނޑު ވަރުގެ ނޯކަރެއް ކަމުގައިވާ އައިސާ ފުޅާއެވެ. އުމުރުގެ ފަހުބަޔައް އަޅާފައިވާ އައިސާފުޅިކީ ވަރަށް ހިތްހެޔޮ މީހެކެވެ. “ސާހިބު ކަމަނާ އަވަހަށް ވަޑައިގަންނަވާ އަލީ ވަހީދު ކަމަނާ ކޮބާތޯ އެބައައްސަވާ. ކަމަނާ ގޮވައިގެން އަވަހަށް އައުމަށް އަޅުގަނޑަށް އެންގެވި”.އައިސާފުޅު ހުރީ މާނޭވާލެވިފައެވެ.ނަމަވެސް އެމޫނޫ ވަނީ އުޖާލާވެފައެވެ. ލޮލުންވަނީ ކަރުނަ ފޭދިލާފައެވެ. ލާނާގެ ހިތް ބާރަށް ތެޅެމުންދިޔަ. ވާން މި އުޅެނީ ކިހިނެއްކަމެއް ނޭންގޭ ހާލު ފަޔަށް ބާރުލާ ގަނޑު ވަރާ ދިމާއަށް ހިންގައި ގަތީ ހިތުގެ ފުންމިނުން ދުޢާ ކުރަމަންނެވެ.
ދެރަވެލާފަ ހިނިތުންވެލަމުން އަލީ ވަހީދު އާއި ލާނާ ސުވާލު ކޮށްލިއެވެ. ” ތިމީހާ އަކީ ހަޤީގަތުގަވެސް މަގޭ ފިރިމީހާ ނަމަ މީގެ ކުރިން ނުފެނުނީ ކީށްވެ”؟ އަލީ ވަހީދު އަކީ ކުރު ކޮށް ހިކި ކޮށް ހުންނަ މީހެކެވެ. ލާނާ ސުވާލު ކުރި އިރު ބަލަންހުރީ ސީދާ އަލީ ވަހީދު އަށެވެ. “އޭނާގެ ވާހަކަ ތަކުން ބުނެދިންގޮތުގައި ބޯޓު އަޑިއަށް ދިޔަފަހުން ދެދުވަސް ވަންދެކަށް ކަނޑުގައި އޮށްވާ މަސްބޯޓަކުން އޭނާ ނެގިއެވެ. ބޯޓަށް ނެގިއިރު އެށްވެސް ކަމެށް ހަންދާނެށް ނެތެވެ. އަމެށްލަ ނަންވެސް ބުނެދޭން ނޭންގުނެވެ. މީގެ މަސްތަކެށް ކުރިން ހަނދާންތަށް އަނބުރާ ލިބުމުން އަވަހަށް މި ރަށަށް އައުމަށް ދަތުރުފެށީ އެވެ”. “އަމެށްލަ ނަންވެސް ހަނދާންނެތުން މީ އަހަރެން އަޑުއަހާފަ ވާ ވާހަކަ އެށް ނޫން” މުހުސިން ރުޅި ވެރިކަމާ އެކީ ބުނެލިއެވެ. “މީ ހަމަ ވެދާނެ ގޮތެށް. އަޅުގަނޑު ވާހަކަ ދެށްކިން މި އާއިލާ އަށް ހުންނަވާ ޑޮކްޓަރ އާއި. މަދުންވިޔަސް ދިމާވާ ގޮތެށް.” އަލީ ވަހީދު މިހެން ބުނުމުން މުހުސިން ގެ ރުޅި އިތުރަށް ގަދަވިއެވެ. “ހާދަ ޝައުގުވެރި ވާހަކަ އެކޭ ދޯ” “ގަވަރނަރ ރަނގަޅަށް ދަންނަ މީހަކު ލަށްވާ ވާހަކަ ނުދަށްކާ ވަކި ގޮތަކަށް ނިންމާ ލެވޭ ކަށްނެއް” އަލީ ވަހީދު ބުންޏެވެ. “އަލީ ވަހީދް” ލާނާގެ ހަށިގަނޑުގެ ތެރޭގައި ހިނގާ ކަންތަށް ކޮންޓުރޯލް ކުރަން މަސައްކަތް ކުރަމުން ބުންޏެވެ. “އަލީ ވަހީދު ތީ އަހަރެންގެ ފިރިމީހާ އެންމެ ބޮޑަށް ދަންނަ އެކަކު. މީ ކަާކުތޯ ބަލާލަ ދިނުމަށް އޭނާގެ ގާތަށް ގޮސް ވާހަކަ ދައްކާލަ ދިނިށްޔާ ވަރަށް ރަނގަޅު. މި މީހަކީ އަހަރެންގެ ފިރިމީހާ ނޫނަސް މިމީހާ އަށް އަހަރުމެންގެ ފަރާތުން އެށްވެސް ކަހަލަ އެހީއެއް ވެދެވެން އޮތިށްޔާ ވެދީ” “ކަމަނާ ގެ ހެޔޮފުޅުކަން، އަޅުގަނޑަށް ބުނަންކެރޭނެ މި ޒަމާނުގަ ބަޔަކަށް އޮޅުވާލަން އުޅޭ މީހަކަށް ހެޔޮކަމެއް ހެޔޮހިތުން މީހަކު ކޮށްނުދޭނެކަން” އަލީ ވަހީދު ބުންޏެވެ. “އާން! މަ ގޭ ފަހަރި ކޮއްކޮ އަކީ ސަލާންޖަހާ މީހުނާ، ގެދޮރުނެއް ކުޑަ ކުދިންނާ މަގުމަތީ އުޅޭ ބުޅާ ތަކަށްވެސް އެންމެ ހެޔޮ އަންހެނާ، މީނާގެ އަތުގަ މީހަކަށް ދީފަ ނުދޭކަށް އެއްޗެށް ނޯންނާނެ” “އެހެންވެގެން އަހަރުމެން ލާނާ އަށް ލާރި ގިނައިން ނުދެނީ، ކުޑަ ކުއްޖަކަށް ވެސް ލާނާ ގެ ބޮލަށް އެރިލައިގެން ލާރި އަތުލެވޭނެ” މުހުސިން ބުނެލީ ވިހަ ގޮތަކަށެވެ. “ގެ ދޮރުނެށް ކުދިން އަހަންނަށް ވުރެން ބޮޑަށް ލާރި ބޭނުންވޭ، އަހަރެމެންނަށް ފަސޭހަކަމާ އެކީ ދެވޭނެ ކިތަށްމެ އެއްޗެށް ނުލިބިފަ އެތިބެނީ” ލާނާ މިހެން ބުނިއިރު އޭނާގެ މޫނުގެ ކުލަވަނީ ރަތްވެފަ އެވެ. ހިތް ހަމަ ނުޖެހިފަ ހުރިކަން އެމޫނުން ރަންގަޅަށް ފާޅުވެއެވެ. “ކުރިޔަށް ތިބި އާއިލާގެ ކުދިންތަކަށް ތަރިކަ މުދާ ރައްކާ ކުރންް އަހަންނަށް ޖެހޭ. މުޅި ރަށުގެ ބިކާރީންނަށް ބަހާކަށް ނުޖެހޭ” މުހުސިން އަޅޭ ލަވައި ގަތީ ވަރަށް ހަރުކަށި ކޮށެވެ. މި ވާހަކަތަށް މެދުކަންޑާލީ އަލީ ވަހީދު ގެ ވާހަކަ އިންނެވެ. ” އެހެންވީމަ އަޅުގަނޑު މި ދަނީ އޭނާގެ ގާތަށް އާއިލާގެ ޑޮކްޓަރު ގޮވައިގެން ދާން” މި ގަނޑު ވަރުން ނުކުމެގެން ލާނާ އަވަސް ފިޔަވަޅު ތަކެށްގަ ދިޔައީ ގަނޑުވަރާ ދުރުގަ ހުރި އޭނާ ދިރިއުޅޭ ގެ ޔަށެވެ. މި ގެ ޔަކީ ވަރަށް ބޮޑަށްބާވެ ހަލާކު ވެފައިވާ ގެ އެކެވެ. މުހުސިނާ އައިޝާ ދެކޭ ގޮތުގައި މި ގެ އަކީ ލާނާ އަށް އެންމެ ފުދޭ ގެ އެކެވެ. މި ގެ އަކީ ގަނޑު ވަރުގެ ބަގީޗާ ބަލަހަށްޓާ މީހާ ހުރި ގެއެވެ. ހަމްދޫން މަރުވުމުން ލާނާ މި ގެޔަށް ބަދަލު ކުރީ އެމީހުން ބުނެގެންނެވެ. ގެ ޔަށް ވަދެ ލާނާ ބޮކި ދިއްލާލުމަށްފަހު ކުޑަ ކުޑަ އެނދުގައި އިށީ ނުމާ އެކު ލާނާ ގެ ގައިން ހީބިހި ނަގަންފެށިއެވެ. ހަމްދޫން ހަމަ މަރެށް ނުވޭބާއޭ ހިތަށް އަރަންފެށިއެވެ. ހަމްދޫން ލާނާ އާއި ކައިވެނި ކުރީ ދަރިން ހޯދަންށެވެ. އެއީ ހަމްދޫން ދެކޭ ގޮތުގައި އަންހެނުންގެ މަގާމަކީ އެއީއެވެ. ލާނާ އަށް ދަރިއަކު ނުލިބި ލަސްވަމުން ދިއުމަކީ ލާނާ މަތިން ހަމްދޫން ހަންދާން ނަށްތާލާ އެހެން އަންހެނުންގެ ގާތަށް ހަމްދޫން ދާންޖެހޭ ސަބަބެއް ކަމަށް ދެކެއެވެ. ލާނާ އާއި އެކު ރޭކުރާ ކޮންމެ ރެއަކީ ހަމްދޫން ގެ ބާރު ދަށްކާ ލާނާ އަށް ނަފްސާނީ އަދި ޖިސްމާނީ ވޭނެށް ކަމަށް ވަނީ ވެފައެވެ. ރަހުމެށް ނެއް ގޮތަކަށް ހަމްދޫން ލާނާ ގެ ބޭނުން ހިފާލަނީ އަމެށްލަ އެދުމުގައެވެ. މިހެންކަންތަށް ވުމުން ހަމްދޫން ފުރައިގެން ދިއުމުން ލާނާ އަށް ހަމަޖެހިލެވެއެވެ. މަރުވި ހަބަރު ލިބުމުން ވެސް ލާނާ އަކަށް މާ ބޮޑު އަސަރެށް ނުކުރެއެވެ. އޭގެ ބަދަލުގައި މީހުނަށް އެކި ގޮށް ގޮތުން އެހީ ވުމުގައި ލާނާ ގެ ދުވަސް ތަށް ހޭދަ ކޮށްލައެވެ. ކުރިޔަށް ދިޔަ 3 ދުވަހުވެސް ލާނާ އަކަށް ހިތްހަމަ ޖެހުމެށް ނުލިބެއެވެ. ރަށުގެ މީހުނަށް މި ޙަބަރު ވެގެން ދިޔައީ އުފާވެރި ޙަބަރަ ކަށެވެ. ވަރަށް ގިނަ މީހުން ލާނާ އަށް މަރުޙަބާ ކިޔައެވެ. ލާނާ ގެ ކޮއްކޮ ވެސް މިކަމާ ގުޅިގެން އަވަސް އަވަހަށް ލާނާ މެންގެ ގެޔަށް އައެވެ. ލާނާ ގެ ކޮއްކޮ ފެނުމުން ލާނާ އަވަހަށް ކޮއްކޮ ގައިގާ ބައްދާލިއެވެ. ލާނާ ގެ ކޮއްކޮ ލީޒާ އަކީ ރަށުގެ އިސް ވަޒީރަކާ ކައިވެނި ކޮއްގެން އުޅޭ ކުއްޖެކެވެ. މުއްސަންދި ކަން ބޮލުން ފެށިގެން ފަޔާ ހަމަޔަށް ފެންނަން ހުރެއެވެ. އަގު ބޮޑު ހެދުމާއި އެއްވަރަށް އަގުބޮޑު ސެންޓުގެ ވަހުން ލާނާ ގެ ކުޑަ ކުޓަރި ވަނީ އެއްވަސްވެފައެވެ. “ދައްތާ ކިތައް ފަހަރު ބުނާނީ މިގޭގަ ނުހުރެ އަހަރުމެންގެ ގެޔަށް ބަދަލުވާށެ؟ މި ގެ ހީވަނީ ބޮލަށް ވެއްޓިދާނެހެން”. ލީޒާ މަތި ބަލާލަމުން ބުނެލިއެވެ. “ލީޒާ ގެ ފިރިމީހާ ލީޒާ ގެ ގައިގަ ޖަހާތަން ބަލަންތަ ދައްތަ ދާންވީ”؟ ލާނާ ބުނެލީ ދެރަވެފަ ހުރެއެވެ. “އެއީ އެންމެ ފަހަރަކު އެށްނު. އޭގެ ފަހުން ނުޖަހައޭ”! ލީޒާ މިހެން ބުނީ އެވާހަކަ އޮއްބާލަންކަން ރަނގަޅަށް ލާނާ ދަނެއެވެ. އެކަހަަލަ މީހަކަށް ދެވަނަ ފަހަރަށް އިތުބާރު ކުރުމަކީ ލާނާ ކުރާނެ ކަމެއް ނޫނެވެ. “މިތަނަށް މި އައީ އަހަރެންގެ ވާހަކަ ދައްކާކަށްނޫން. ހަމްދޫންބެ ދުނިޔޭގަ ހުރި ވާހަކަ އަޑު އެހިން. ދައްތާ އަހަރެން ވަރަށް އުފާ ވެއްޖެ” ލީޒާ އުފަލާއެކު ބުނެލިއެވެ. ” “ކޮއްކޮ އަށް އިންގޭނު އަހަރެން އުޅުންހާލު ކައިވެނިކޮއްގެން. އަހަންނަށް ބޮޑު ވޭނެއްއެއީ” މިހިސާބަށް ވާހަކަ ދިޔަތަނާ ލާނާ ވަރަށް ހިއްވަރުން ހިފަހަށް ޓާއިގެން ހުރި ކަރުނަތަށް ފައިބައި ގަތީ ހިފެހެށްޓުމެށް ނެތިއެވެ. ލީޒާ ދައްތަގެ ގައިގާ ބައްދާލީ ވަރަށް ބާރަށެވެ. ލާނާ އިރުގަންޑަކަށް ފަހު ތެދުވީ ލީޒާ ގެ ހިތްވަރުގެ ބަސްތަށް އަޑު އަހަމުންނެވެ. “ލޯބިން އެއް ފަހަރުވެސް އަހަރެންގެ ގައިގަ އަތެއްނުލާ. ބައްދާލާ ލޯބިން ވާހަކަ ދައްކާލާ އެއް ނުހަދާ. އެކީގަ ކާލާ ތާކަށް ގޮސްވެސް ނުލާ. އޭނާ އަހަރެންގެ ގާތަށް އަންނަނީ އެންމެ ކަމަކު، އެކަން ވީމަ ދެންދަނީ ރައްޓެހިންނާ އެކީ މަޖާ ކުރަން” ލާނާާ ރޮމުން ކިޔާ ދިނެވެ. ދެބެންނަކީ ކުޑައިރުންފެށިގެން ވަރަށް ގާތް ގުޅުމެއްއޮންނަ ދެ ބެންނެވެ. އެހެން ކަމުން ކޮންމެ ވާހަކަ އެއްވެސް ހިއްސާކުރުމަކީ އުންދަގޫ ކަމެށް ނޫނެވެ. “ހަމްދޫންބެ އަސްލު ލޯބި ވަނީ އެހެން މީހެއްދެކެ. އޭނަ ގާތުގަ އުޅެނީ ވެސް. އަހަރެން ވަރަށް މަސައްކަތް ކުރިން ބޭބެ ޔާއެކީ ލޯބިން އުޅެން. އެކަމަކު ދަރިއަކު ނުލިބޭތީ ބޭބެ ރުޅިއަންނަނީ”. ލާނާ ވާހަކަ ކުރިޔަށް ގެންދިޔައެވެ. ދެން ކީއްވެ ބޭބެ ދައްތަޔާ އިނީ އެ މީހާޔާ ނުއިންދެ؟ލީޒާ ސުވާލު ކޮއްލިއެވެ. “އެއީ ދައްތަ އުމުރުން ހަގުވީމާ ގިނަ ދަރިންލިބޭނެ ކަމަށް. އެހެން ފަރާތަކަށް މުދާާ ދިޔަނުދޭން ބޭބެ މެންގެ އާއިލާ ބޮޑު ކުރަން ބޭބެ ވަރަށް ބޭނުންވޭ. އެ އަންހެން ކުއްޖާ ކުރިންކުރި ކައިވެންޏަށް ދަރިއަކު ނުލިބޭ އެކަމަކު އޭނާ ދުލެއްނުކުރޭ ދައްތަޔާ ކައިވެނި ކޮއްފަވެސް. ދައްތަ ދިމާލަށް ވަރަށް ބުނާނެ ދަރިން ނުލިބޭ މީހެކޭތި. ކައިވެނި ކުރެވުނީމަ ވަރި ކުރުމަކީ މި އާއިލާ ގެ އަގު ވެއްޓޭ ކަމެއްގެ ގޮތުގަ ދެކެނ”ީ. އެކަކު ކައިރީ ވެސް ނުދައްކަން ހުރި ވާހަކަތަށް މިއަދު ލާނާ ކިޔާދޭން ޖެހުނީ އަނެއްކާވެސް ކުރިން އައި ދުވަސްތައް އަނެއްކާވެސް އަންނަން އުޅޭ ކަމަށް ވަރައް ބޮޑައް ހީވާންފެށީމައެވެ. “ކިއްވެ ކުރިން މި ވާހަކަތައް ކިޔާ ނުދުނީ”؟ ލީޒާ ސުވާލު ކުރީ ހާސްކަމާ އެކުގައެވެ. “ބޭބެ ބޭޒާރު ކުރަން ބޭނުން ނުވާތީ” ލާނާ ދިނީ ކުރު ޖަވާބެކެވެ. އާދުވަހަކަށް އިރުއެރީ ނަމާދު ކޮށްގެން ދުއާ ކުރަން ލާނާ އިންދައެވެ.
“މި ތާކުން ތާކު ނުޖެހޭ ވާހަކަ ހިފައިގެން އަހަރެން ގާތަށް އަންނަން ކަލެޔަށް ކެރުނީތީ އަހަރެން އަޖާއިބު ވެއްޖެ” މުހްސިންގެ ބާރު އަޑުން އެންމެން ސިއްސުވާލި އެވެ. “ކަލެޔަށް އެބަ އިންގޭތަ ތި ކިޔޭ ނުކިޔޭ އެށް؟ ތި ކިޔާނުކިޔާ ސާފުވާހެން ކިޔާބަލަ” “އަޅުގަނޑު މި ވާހަކައިގެ ތެދުދޮގު ބަލައިފިން. އިށްޔަ ބަނދަރު ކުރި ބޯޓުގެ ކެޕްޓަން އަޅުގަނޑަށް ޙަބަރު ދިން ގޮތުގައި ކުރީގެ ގަވަރްނަރ އާއި ވަށްތަރު މީހެށް އެބޯޓުން މިރަށަށް ފޭބި” އަލީ ވަހީދު ވާހަކަ ކުރިޔަށް ގެންދިޔައީ އަދަބްވެރިކަމާ އެކުގައެވެ. މުހުސިން ގެ މޫނު މަތިންފެންނަނީ ހާސްކަމެވެ. ފަހަރަކަށް ވުރެ ފަހަރަކު އޭނާގެ ނިއްކުރިއަށް އަރަމުންދިޔަ ރޫތަށް އިތުރު ވަމުން ދިޔައެވެ. ހަމްޒާ ދަތުރުކުރި ބޯޓު އަލިފާންރޯވެ އަޑި އަށް ދިޔަފަހުން މިހާރު އަހަރަކަށް ވުރެވެސް ގިނަވެއްޖެ އެވެ. އޭގެން ދަތުރުކުރި އެންމެން ވަނީ ގެއްލިފައެވެ. މިކަންޔަޤީން ކުރަން އެންމެ ވަރުގަދަ މަސައްކަތެށް ކުރީ މުހުސިނުއެވެ. ވެރިކަމާ މުދަލާ ހެދި މުހުސިން ހުންނަނީ މާ ވަރެކެވެ. “ތިބުނަނީ އަހަރެންގެ ބޭބެ ދުނިޔޭގަ އެބަހުށްޓޭތަ”؟ މުހުސިން ޔަޤީންނުވެފަ އަނެއްކާވެސް އަހާލި އެވެ. “ތިޔައީ މަކަރުވެރި އެށްކަން ވަރަށް އަވަހަށް ސާބިތުވާނެ” އައިޝާ ތުންފިށްތާލާފައި ލައިގެންހުރި ހެދުމުގެ އަރިމަތީ ހިފާ ދަމާލިއެވެ. ލާނާ އިނީ ކުޑަދޮރު ކައިރީ އިން ބޮޑު ގޮނޑި އެއްގައި އިށީންދެލައިގެންނެވެ. އޭނާގެ ނަޒަރު ހުށްޓިފައި ހުރީ އެތަނުގައި އަޅާފައިވާ ކާޕެޓަށެވެ. ފެހިކުލަިގެ ހިތް ދަމައި ގަންނަފަދަ ގޮތަކަށް ވިޔެލާފައި ވާމި ކާޕެޓުގެ މެދުގައި ވަނީ މާޓުކުރިއެކެވެ. ޓުކުރިފުރާ ލެވިފައި ވަނީ ރީތި މާތަކަންނެވެ. ބާވެ ހަލާކުވެފައިވާ ލެދަރ ބޫޓުގެ ކޮޅުން ކާޕެޓުގައިވާ މަލެށްގެ ފިޔަ ތަކުގައި ފައި ހާކާލަ ހާކާލާ އިން ލާނާ އިނީ ހިޔާލަކަށް ގެށްލިފަ އެވެ. އަލީ ވަހީދު ލާނާގެ ކައިރިއަށް އަންނަތަން ނުފެނުނީ އެހެންވެ އެވެ. އަލީ ވަހީދު އައިސް ލާނާ އާއި ވަރަށް ގާތަށް ހުށްޓުމުން ސިހިފައި ލާނާ ފުންމައިގެން ތެދުވީ ކުޑިކުށްޖަކު ކަމެށް ކުރަނިކޮށް ގޮވާލުމުން ސިހޭފަދަ ގޮތަކަށެވެ. އަނދިރި ކުލަ ކުަލިއިގެ ހެދުމަކީ ލާނާ އަޅާ ހެދުމެވެ. ހެދުންތަށް ކިތަށްމެބާ ކަމުގާ ވިޔަސް ލާނާ އެކަމަކާ ފަރުވާލެށް ނުބަހަށްޓަ އެވެ. ލާނާ އަކީ ދުނިޔަވީ ރީތި ކަމާ އުޅޭ ކުއްޖެށް ނޫނެވެ. މަޑުމައިތިރި އޯގާތެރި ލާނާ އަކީ ރީތީގެ ރާނީ އެއް ނޫނެވެ. އެކަމަކު ރީތިކަން އަންނަނީ މީހާގެ އަޙްލާގުންކަން ލާނާ ދަނެއެވެ. ކަޅު ކުލަ އަކަށްވުރެން ގަދަ މުށިކުލައިގެ ދިގު ބުޅި އިސްތަށި ގަނޑު ވަނީ ރީތި ކޮށް އަށްސާލާފަ އެވެ. ފިރިހެނުން ހިތްކިޔާ ގޮތްގޮތަށް ހުރުމަކީ ލާނާ ރުހޭކަމެށް ނޫނެވެ. މި ފަދަ ކަމެށް ކުރިމަތި ވެއްޖެ ނަމަ އެމީހަކާ ލާނާ ވަރަށް ދުރުވެއެވެ. އުފާވެރި މިޒާޖެއްގެ ލާނާ އެންމެނާ ކުރިމަތިލަނީ ހިނިތުންވެ ހުރެއެވެ. މި ރަށުގެ ގިނަ މީހުންދެކޭ ގޮތުގައި ލާނާ މިޒާޖާ ސޫރައަށް އަދި މަގާމުގެ ގޮތުން ލާނާ އަށް މި ރަށުން ކޮންމެ ފިރިހެނަކުވެސް ލިބިދާނެއެވެ. އެކަމަކު ފިރިމީހާ މަރުވުމުން އެކި އެކި މީހުނާ ތަންތަނަށް ހިލޭސާބަހަށް މަސައްކަތް ކޮށްދިނުމުގައި ލާނާ ގެ ދުވަސްތަށް ހޭދަ ކޮށްލައެވެ. ދީލަތިކަމަށް އެންމެންވެސް ދަންނަ ލާނާ މީހަކަށް އެއްޗިހި ކީޔާ ހަރުކަށިކޮށް ވާހަކަ ދެއްކި އަޑެށް އެށްވެސް މީހަކު އަޑެއް ނާހައެވެ. ލާނާ އެކަހެރި ކޮށްލި ފިރިމީހާއަށްވެސް އަދި އެހާމެ އިހާނެތިކޮށް ކަންތަށް ކުރާ ފިރިމީހާގެ އާއިލާ މީހުނަށްވެސްމެއެވެ. އަލީ ވަހީދުއަށް މި ހުރިހާ ކަމެށް ރަންގަޅަށް އިނގެއެވެ. ހުދް އޭނާ ވެސް ދެކޭ ގޮތުގައި ލާނާ އަށްވެސް ފިރިއަކު ގެ އަޅާލުމާ ލޯބި ބޭނުންވެއެވެ. “ސާހިބް ކަމަނާ” އަލީ ވަހީދު މާފާ އެކު ގޮވާލިއެވެ. “އަޅުގަނޑު ބޭނުމެށްނޫން ކަމަނާ އަށް ހިތްނުތަނަވަސް ކަމެށްދޭކަށް. އެކަމަކު އަޅުގަނޑަށް ވިސްނުންގޮތުގައި ގަވަރްނަރުގެ ކަމެށްވީމަ އެންމެ ފުރަތަމަވެސް އެކަން އަންގަންޖެހޭނީ ކަމަނާ އަށްކަމަށްކަމެވެ”. “މީ ތެދު ޙިބަރަކަށް ވެދާނެ ކަމުގެ ފުރުސަތު އެބަ އޮށްތޯ”؟ ލާނާ ވައި އަޑުންބުނެލިއެވެ. އޭރު ލާނާ ގެ މޫނު މަތިންފެންނަމުން ދިޔައީ ހާސްކަމުގެ އަސަރެވެ. “އަޅުގަނޑަކަށް ނޭނގެ. އެކަމަކު އެށްވެސް މީހަކަށް ހަށިގަނޑު ފެނިފައި ނުވާތީ ފުރުސަތު…..” އަލީ ވަހީދުއަށް ބުނެވުނީ މިހިސާބަށެވެ “ހަމަ ކަށަވަރުންވެސް މީ ހުސް ދޮގު” މުހުސިން ބެނެލިއެވެ. “ކަލޭމެން ދެމީހުން ތިތިބީ ހަމަ ހޭ ގަތަ”؟ އަލީ ވަހީދުގެ ފަހަތުންއައިސް ލާނާގެ ކޮނޑުގަ ހިފާ ލަމުން މުހުސިން ވާހަކަ ދެށްކީ އޯގާތެރިކަން ދަށްކަންމަސަށްކަތް ކުރަމުންނެވެ. “މިހިރަ ދޮގުވެރިޔާ ގެ ވާހަކަތަކުން ކަމަނާގެ ހިތް އުދާސް ނުކުރަށްވާ” “އަހަރެން ރަންގަޅު” ބުމަ ގޮށް ޖަހާލަމުން ލާނާ ދުރަށްޖެހިލީ މި ކޮޓަރީގަ ހުރުމުން ހިތްނުތަނަވަސް ވާތީ އެވެ. މުށްސަންދި ކަމަކީ ލާނާ ގަޔާވާ ކަމެށް ނޫންކަމުން ހާސްކަންދިޔައީ އިތުރުވަމުންނެވެ. މި ތަނުގެ ފާރުތަށް ހުރީ ފިޔާ ތޮށި ކުލަ ލާ ރަންކުލަޔަކުން ކުރެހުން އަޅާފަ އެވެ. ކޮޓިރީގެ ކޮންމެ ކަނެއްގަ ކުޑަ މޭޒެށްގެ މަތީގަ މަދުންނޫނީ ނުފެންނަ ވަށްތަރު ތަކުގެ މާ ގަސްތަށް ބަހަށްޓާފަ ހުށްޓެވެ. ލާނާ ދުރަށްޖެހިލި ވަގުތު ލާނާ ގެ ހެދުމުގެ ފަސްބައި އަޅާއިގަތީ ބިންމަތީ ބަހަށްޓާފައި ހުރި ބިއްލޫރި ގަހެށްގައެވެ. “ބަލައިގެން އުޅެބަަލަ” އައިޝާގެ ހަރުކަށި އަޑު އިވުނެވެ. ” “ގަދަ އަވީ ގައި ތުނި ބިށްލޫރި ބަހަށްޓާ ކަށްނުވާނެ” ލާނާ މަޑުމަޑުން ބުނެލިއެވެ. […]
“ސާހިބް ކަމަނާ! ކަމަނާގެ ފިރިކަލުން އަވަހާރަ އެއްނުވޭ”. ލާނާ އަށް އަލީ ވަހީދު އާއި ދިމާ އަށް ބަލަން ހުރެވުނީ ކަޅިވެސް ޖަހާލަން ނޭންގިފަ އެވެ. ވަކީލު އެ ބުނި އެއްޗެށް އަޑު އިވުނީ ރަނގަޅަށް ނޫންކަން ޔަޤީން ވެއެވެ. ވަކީލަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ މީހެއްކަން ލާނާ ރަނގަޅަށް ދަނެ އެވެ. ނޫނީ މިހާރުގެ ބޮޑު ވަޒީރާއި އަންބި ކަންބަލުންގެ ކަންތަކާ ބޯގޮވީ ކަމަށް ވެސް ވެދާނެ އެވެ. “އަޅުގަނޑަށް އިންގޭ މި ޙަބަރަކީ ތި އެންމެހާ ބޭފުޅުންނަށް ވެސް ވަރަށް ބޮޑު ޝޮކަކަށް ވެގެންދާނެ ޙަބަރެށް ކަން” އަލީ ވަހީދު ކުރިޔަށް ގެންދިޔަ އެވެ. “އެންމެ ބޮޑަށް ސާހިބް ކަމަނާ އަށް” ލާނާ އަށް ބަލާ ލަމުން އަލީ ވަހީދު ބުނެލި އެވެ. އެހެންމީ ހެއްގެ ފަރާތުން މި ވާހަކަ އިވުނު ނަމަ ލާނާ ވަގުތުން މިވާހަކަތަށް ހުށްޓުވީ ހެވެ. އެކަމަކު އަލީ ވަހީދު އަކީ ކަންތަށް ހޯދާ ބަލާ މީހެކެވެ. މި އާއިލާ އަށް ޙިދުމަތް ކުރާތާ 10 އަހަރަށް ވުރެންވެސް ގިނަވެފާ ވުމުން އޭނާގެ ބަސް ދޮގުކުރުމަކީ ލާނާ އަށް ފަސޭހަކަމެށް ނޫނެވެ. ހާށްސަކޮށް ލާނާގެ ފިރިމީހާ ނިޔާވި ފަހުން މުޅި ވިޔަފާރި ބަލަހަށްޓާ އާންމްދަނީ އިތުރުކޮށް ހަދާފާ ވާނީ އަލީ ވަހީދު އެވެ. ލާނާ ގެ ފިރިމީހާގެ ކޮއްކޮ މުނީރު އާއި އޭނާގެ އަންހެނުން އައިޝާ ވެސް އަލީ ވަހީދު އަށް ބަލަން ހުރީ ޔަޤީން ނުވެފައެވެ. މުނީރު އާއި އައިޝާ އަށް ދެކުދިން ލިބިފައި ވެއެވެ. މި ދެ ފިރިހެން ކުދިންވެސް ވަނީ ވަރަށް ތުއްތު އިރު އެމެރިކާ ގެ ބޯޑިންގު ސްކޫލަކަށް ފޮނުވާލާފަ އެވެ. މިކުދިން ގެ ގާތަށް އަހަރަކު އެށް ދުވަހު ޒިޔާރަށް ކޮށްލަ އެވެ. މުށްސަންދިން ގެ އެކިއެކި ހަފްލާތަކަށް ދިއުމާ ފައިސާއިން އެކި ކަންކަން ކުރުމަކީ އާދަ އެކެވެ. މި ދިރިއުޅުމަށް ހުރަސް އެޅޭ ހުރިހާ ކަމެށް މި ވެރިންނާ ދުރުކުރުވަ އެވެ. މީގެ ތެރޭގައި ދަރިންވެސް ހިމެނެ އެވެ.