ބީރަށްޓެހި ލޯބި 2
“މި ތާކުން ތާކު ނުޖެހޭ ވާހަކަ ހިފައިގެން އަހަރެން ގާތަށް އަންނަން ކަލެޔަށް ކެރުނީތީ އަހަރެން އަޖާއިބު ވެއްޖެ” މުހްސިންގެ ބާރު އަޑުން އެންމެން ސިއްސުވާލި އެވެ. “ކަލެޔަށް އެބަ އިންގޭތަ ތި ކިޔޭ ނުކިޔޭ އެށް؟ ތި ކިޔާނުކިޔާ ސާފުވާހެން ކިޔާބަލަ”
“އަޅުގަނޑު މި ވާހަކައިގެ ތެދުދޮގު ބަލައިފިން. އިށްޔަ ބަނދަރު ކުރި ބޯޓުގެ ކެޕްޓަން އަޅުގަނޑަށް ޙަބަރު ދިން ގޮތުގައި ކުރީގެ ގަވަރްނަރ އާއި ވަށްތަރު މީހެށް އެބޯޓުން މިރަށަށް ފޭބި” އަލީ ވަހީދު ވާހަކަ ކުރިޔަށް ގެންދިޔައީ އަދަބްވެރިކަމާ އެކުގައެވެ.
މުހުސިން ގެ މޫނު މަތިންފެންނަނީ ހާސްކަމެވެ. ފަހަރަކަށް ވުރެ ފަހަރަކު އޭނާގެ ނިއްކުރިއަށް އަރަމުންދިޔަ ރޫތަށް އިތުރު ވަމުން ދިޔައެވެ. ހަމްޒާ ދަތުރުކުރި ބޯޓު އަލިފާންރޯވެ އަޑި އަށް ދިޔަފަހުން މިހާރު އަހަރަކަށް ވުރެވެސް ގިނަވެއްޖެ އެވެ. އޭގެން ދަތުރުކުރި އެންމެން ވަނީ ގެއްލިފައެވެ. މިކަންޔަޤީން ކުރަން އެންމެ ވަރުގަދަ މަސައްކަތެށް ކުރީ މުހުސިނުއެވެ. ވެރިކަމާ މުދަލާ ހެދި މުހުސިން ހުންނަނީ މާ ވަރެކެވެ.
“ތިބުނަނީ އަހަރެންގެ ބޭބެ ދުނިޔޭގަ އެބަހުށްޓޭތަ”؟ މުހުސިން ޔަޤީންނުވެފަ އަނެއްކާވެސް އަހާލި އެވެ.
“ތިޔައީ މަކަރުވެރި އެށްކަން ވަރަށް އަވަހަށް ސާބިތުވާނެ” އައިޝާ ތުންފިށްތާލާފައި ލައިގެންހުރި ހެދުމުގެ އަރިމަތީ ހިފާ ދަމާލިއެވެ.
ލާނާ އިނީ ކުޑަދޮރު ކައިރީ އިން ބޮޑު ގޮނޑި އެއްގައި އިށީންދެލައިގެންނެވެ. އޭނާގެ ނަޒަރު ހުށްޓިފައި ހުރީ އެތަނުގައި އަޅާފައިވާ ކާޕެޓަށެވެ. ފެހިކުލަިގެ ހިތް ދަމައި ގަންނަފަދަ ގޮތަކަށް ވިޔެލާފައި ވާމި ކާޕެޓުގެ މެދުގައި ވަނީ މާޓުކުރިއެކެވެ. ޓުކުރިފުރާ ލެވިފައި ވަނީ ރީތި މާތަކަންނެވެ. ބާވެ ހަލާކުވެފައިވާ ލެދަރ ބޫޓުގެ ކޮޅުން ކާޕެޓުގައިވާ މަލެށްގެ ފިޔަ ތަކުގައި ފައި ހާކާލަ ހާކާލާ އިން ލާނާ އިނީ ހިޔާލަކަށް ގެށްލިފަ އެވެ. އަލީ ވަހީދު ލާނާގެ ކައިރިއަށް އަންނަތަން ނުފެނުނީ އެހެންވެ އެވެ. އަލީ ވަހީދު އައިސް ލާނާ އާއި ވަރަށް ގާތަށް ހުށްޓުމުން ސިހިފައި ލާނާ ފުންމައިގެން ތެދުވީ ކުޑިކުށްޖަކު ކަމެށް ކުރަނިކޮށް ގޮވާލުމުން ސިހޭފަދަ ގޮތަކަށެވެ.
އަނދިރި ކުލަ ކުަލިއިގެ ހެދުމަކީ ލާނާ އަޅާ ހެދުމެވެ. ހެދުންތަށް ކިތަށްމެބާ ކަމުގާ ވިޔަސް ލާނާ އެކަމަކާ ފަރުވާލެށް ނުބަހަށްޓަ އެވެ. ލާނާ އަކީ ދުނިޔަވީ ރީތި ކަމާ އުޅޭ ކުއްޖެށް ނޫނެވެ. މަޑުމައިތިރި އޯގާތެރި ލާނާ އަކީ ރީތީގެ ރާނީ އެއް ނޫނެވެ. އެކަމަކު ރީތިކަން އަންނަނީ މީހާގެ އަޙްލާގުންކަން ލާނާ ދަނެއެވެ. ކަޅު ކުލަ އަކަށްވުރެން ގަދަ މުށިކުލައިގެ ދިގު ބުޅި އިސްތަށި ގަނޑު ވަނީ ރީތި ކޮށް އަށްސާލާފަ އެވެ. ފިރިހެނުން ހިތްކިޔާ ގޮތްގޮތަށް ހުރުމަކީ ލާނާ ރުހޭކަމެށް ނޫނެވެ. މި ފަދަ ކަމެށް ކުރިމަތި ވެއްޖެ ނަމަ އެމީހަކާ ލާނާ ވަރަށް ދުރުވެއެވެ. އުފާވެރި މިޒާޖެއްގެ ލާނާ އެންމެނާ ކުރިމަތިލަނީ ހިނިތުންވެ ހުރެއެވެ.
މި ރަށުގެ ގިނަ މީހުންދެކޭ ގޮތުގައި ލާނާ މިޒާޖާ ސޫރައަށް އަދި މަގާމުގެ ގޮތުން ލާނާ އަށް މި ރަށުން ކޮންމެ ފިރިހެނަކުވެސް ލިބިދާނެއެވެ. އެކަމަކު ފިރިމީހާ މަރުވުމުން އެކި އެކި މީހުނާ ތަންތަނަށް ހިލޭސާބަހަށް މަސައްކަތް ކޮށްދިނުމުގައި ލާނާ ގެ ދުވަސްތަށް ހޭދަ ކޮށްލައެވެ. ދީލަތިކަމަށް އެންމެންވެސް ދަންނަ ލާނާ މީހަކަށް އެއްޗިހި ކީޔާ ހަރުކަށިކޮށް ވާހަކަ ދެއްކި އަޑެށް އެށްވެސް މީހަކު އަޑެއް ނާހައެވެ. ލާނާ އެކަހެރި ކޮށްލި ފިރިމީހާއަށްވެސް އަދި އެހާމެ އިހާނެތިކޮށް ކަންތަށް ކުރާ ފިރިމީހާގެ އާއިލާ މީހުނަށްވެސްމެއެވެ.
އަލީ ވަހީދުއަށް މި ހުރިހާ ކަމެށް ރަންގަޅަށް އިނގެއެވެ. ހުދް އޭނާ ވެސް ދެކޭ ގޮތުގައި ލާނާ އަށްވެސް ފިރިއަކު ގެ އަޅާލުމާ ލޯބި ބޭނުންވެއެވެ.
“ސާހިބް ކަމަނާ” އަލީ ވަހީދު މާފާ އެކު ގޮވާލިއެވެ. “އަޅުގަނޑު ބޭނުމެށްނޫން ކަމަނާ އަށް ހިތްނުތަނަވަސް ކަމެށްދޭކަށް. އެކަމަކު އަޅުގަނޑަށް ވިސްނުންގޮތުގައި ގަވަރްނަރުގެ ކަމެށްވީމަ އެންމެ ފުރަތަމަވެސް އެކަން އަންގަންޖެހޭނީ ކަމަނާ އަށްކަމަށްކަމެވެ”.
“މީ ތެދު ޙިބަރަކަށް ވެދާނެ ކަމުގެ ފުރުސަތު އެބަ އޮށްތޯ”؟ ލާނާ ވައި އަޑުންބުނެލިއެވެ. އޭރު ލާނާ ގެ މޫނު މަތިންފެންނަމުން ދިޔައީ ހާސްކަމުގެ އަސަރެވެ.
“އަޅުގަނޑަކަށް ނޭނގެ. އެކަމަކު އެށްވެސް މީހަކަށް ހަށިގަނޑު ފެނިފައި ނުވާތީ ފުރުސަތު…..” އަލީ ވަހީދުއަށް ބުނެވުނީ މިހިސާބަށެވެ “ހަމަ ކަށަވަރުންވެސް މީ ހުސް ދޮގު” މުހުސިން ބެނެލިއެވެ. “ކަލޭމެން ދެމީހުން ތިތިބީ ހަމަ ހޭ ގަތަ”؟
އަލީ ވަހީދުގެ ފަހަތުންއައިސް ލާނާގެ ކޮނޑުގަ ހިފާ ލަމުން މުހުސިން ވާހަކަ ދެށްކީ އޯގާތެރިކަން ދަށްކަންމަސަށްކަތް ކުރަމުންނެވެ. “މިހިރަ ދޮގުވެރިޔާ ގެ ވާހަކަތަކުން ކަމަނާގެ ހިތް އުދާސް ނުކުރަށްވާ”
“އަހަރެން ރަންގަޅު” ބުމަ ގޮށް ޖަހާލަމުން ލާނާ ދުރަށްޖެހިލީ މި ކޮޓަރީގަ ހުރުމުން ހިތްނުތަނަވަސް ވާތީ އެވެ. މުށްސަންދި ކަމަކީ ލާނާ ގަޔާވާ ކަމެށް ނޫންކަމުން ހާސްކަންދިޔައީ އިތުރުވަމުންނެވެ. މި ތަނުގެ ފާރުތަށް ހުރީ ފިޔާ ތޮށި ކުލަ ލާ ރަންކުލަޔަކުން ކުރެހުން އަޅާފަ އެވެ. ކޮޓިރީގެ ކޮންމެ ކަނެއްގަ ކުޑަ މޭޒެށްގެ މަތީގަ މަދުންނޫނީ ނުފެންނަ ވަށްތަރު ތަކުގެ މާ ގަސްތަށް ބަހަށްޓާފަ ހުށްޓެވެ.
ލާނާ ދުރަށްޖެހިލި ވަގުތު ލާނާ ގެ ހެދުމުގެ ފަސްބައި އަޅާއިގަތީ ބިންމަތީ ބަހަށްޓާފައި ހުރި ބިއްލޫރި ގަހެށްގައެވެ. “ބަލައިގެން އުޅެބަަލަ” އައިޝާގެ ހަރުކަށި އަޑު އިވުނެވެ. ”
“ގަދަ އަވީ ގައި ތުނި ބިށްލޫރި ބަހަށްޓާ ކަށްނުވާނެ” ލާނާ މަޑުމަޑުން ބުނެލިއެވެ.
“ކަލެޔަށް އިންގޭނީ އެންމެ ރަނގަޅަށް ދޯ” ވިހަގަދަ ކަމާ އެކު އައިޝާ ބުންޏެވެ. މި ވާހަކަ ބުނި އިރުވެސް އެށްވެސް ކަމަކަށް ބަދަލެށް ނާންނާނެ ކަން އިންގެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


