ބީރަށްޓެހި ލޯބި 6
ހަމްޒާ ގެ އަތުގައި ކޮންމެސް އެއްޗެއްއޮތެވެ. ލާނާ މަޑުޖެލީ އެއީ ކޯންޗެއްތޯ ބަލާލާށެވެ. ލާނާ އަށް ހަމްޒާ އާއި ކައިރިއަށް ޖެހިލެވުނެވެ. ހަމްޒާގެ އަތުގައި އޮތީ ލާނާ ގެ ފޮޓޯ ޖަހާފައިވާ ލޮކެޓެކެވެ.
“އެތަށް މަހެއް ވަންދެކަށް އަހަރެން މި ޔައް ބަލަން އޮތިން. އަހަންނަށް ލާނާ ކޮބާކަމެއް ނޭންގުނަސް ނުފެނުނަސް އަހަރެން އަބަދުވެސް ޔަޤީންކުރަން ތީ އަހަރެންގެ މީ ހެއްކަމަށް” ހަމްޒާ މިހެންބުނެފަ އަތުގަ އޮތް ލޮކެޓް ޖީބައްލިއެވެ.
“ކިހިނެއްތީތި ހޯދީ؟ ލާނާް ޢައް ބުނެވުނީ ވައި އަޑުންނެވެ.
“އަހަންނަން މީތި ދިނީ ލާނާ އެއްނު، އަހަރެން އިންޑިޔާ އަށް ފުރި ދުވަހު، ހަންދާން ވޭތަ”؟ ހަމްޒާ މިހެންބުނީ ލާނާ ގެ މޫނަށް ބަލަން ހުރެއެވެ.
ލާނާ އަށް ހަންދާން އާ ވެއްޖެއެވެ. އެ ދުވަހު ހަމްޒާ އުޅުނީ ވަރަށް އަވަދިނެތިއެވެ. ފުރައިގެންދެވޭތީ ހަމްޒާ ހުރީ ފިސާރި އުފާވެފައެވެ. ހަމްޒާ ކިތައްމެ ގޯސް ނަމަވެސް ފުރަން އުޅޭތީ ލާނާ ދެރަވިއެވެ. ހަމްޒާ އަށް ހެޔޮ ބަދަލެއް އަންނާނެ ކަމުގެ އުންމީދު އަބަދުވެސް އޮވެއެވެ.
ހަމްޒާ އަށް ހަދިޔާ އަކަށް މި ލޮކެޓް ދިނުމުން ބުނާނެ އެއްޗެއް ނޭންގިފައި ހުރި ހަމްޒާ އަވަސް އަރުވާލާފާ ވަރަށް ރީތި ޝުކުރިއްޔާއޭ ބުނެ ލާނާ ގެ ނިއްކުރިޔަށް ބޮސް ދިނީ ފަރުވާ ކުޑަ ގޮތަކަށެވެ.
“އަހަރެން ދުޢާ ކޮއްދޭނަން ހެޔޮ ހާލުގައި ލެއްވުންއެދި” ލާނާ މިހެން ބުނުމުން “އަހަރެންގެ މަށްޗައް ތި ދުޢާ ތަށް ބޭކާރު ނުކޮއްލާ” ހަމްޒާ މަލާމާތުގެ ރާގަކަށް ހެވިފަ ބުނެލިއެވެ.
“ލާނާ ގެ ދުޢާ ގެ ސަބަބުން އަހަރެން ސަލާމަތްވީ”ހަމްޒާ މިހެންބުނުމުން ލާނާ އައް މީ ހަމްޒާ ކަން ޔަގީންވިއެވެ. ހަމްޒާ އޭ ކިޔާ ގޮވާލެވުނީ އިހްތިޔާރަކު ނޫނެވެ.
“އަނެއްކާވެސް ތި އުޅުނީ އަންބުރައި ގަންނަންތަ”؟ ހަމްޒާ މިހެންބުނެލީ ސަމާސާ ރާގަކަށެވެ. އަދި ލާނާ ގެ އަތުގައި ހިފާ ކައިރިއަށް ދަމާލިއެވެ.
“މިހާރު އަހަރެންގެ ވާހަކަ ޤަބޫލު ކުރަންތަ”؟ ހަމްޒާ މިހެންބުނިއިރު ލާނާ ގެ މޫނުގަ ފިރުމަމުންދިޔައެވެ.
“ހަމަ އެކަނި އަހަންނާ އަހަރެންގެ ފިރިމީހާއަށް އިންގޭ ކަމެއްގެ ވާހަކަ ބުނެބަލަ” އަދިވެސް ލާނާ ގެ ހިތް ނުފުރޭ ކަހަލައެވެ.
“މި ވާހާކަ އަލީ ވަހީދުއާއި ޑޮކްޓަރ އައްކިޔާދީ ކިޔާދީ ވެސް ވަރުބަލި ވެއްޖެ” ހަމްޒާ ހުރީ ކުޑަދޮރުން ބޭރު ބަލާށެވެ. ލާނާ ގެ ކަނާތު ފައިގެ ފަލަމަސް ގަނޑުގެ އެތެރެ ފަޅީގަ އިންނާނީ ލާނާ ގެ އުފަންލަށް. އަދި މޭމަތީގަ އިންނާނެ ކުޑައިރު ވެއްޓިގެން ހަލާކުވި ތަނެއްގަ ލާފަ އިން ލަކުނެއް.” ހަމްޒާ ކިޔާދިނީ ފަރުވާތެރި ކަމާއެކީގައެވެ. “އަދިވެސް ކިޔާދޭންވީތަ”؟ ހަމްޒާ މިހެންބުނުމުން ލާނާ ލަދުން އިސްޖަހާލަމުން ނޫނެކޭ ބުނެލިއެވެ.
“ހަމްޒާގެ މޫނުގެ ބައްޓަން ބަދަލު ވެއްޖެ” ލާނާ މިހެންބުނީ ހަމްޒާގެ މޫނު ގައި އަތް ޖައްސާލަމުންނެވެ. ” މާ ބޮޑަށް ހަމްޒާ ހިކިފަ ތިހުރީ”
“ހަމްޒާގެ ހެދުންއެޅުން ވެސް ބަދަލު ވެފައި މި ވަނީ ދޯ” ލާނާ މިހެން ބުނުމުން ހަމްޒާ ލައިގެން ހުރި އެއްޗިއްސައް ބަލާލިއެވެ. ” އަހަރެން އެއްޗިހި ބަދަލު ކުރަންބޭނުން” ހަމްޒާ ބުނެލިއެވެ.
“މުހުސިން ހަމްޒާގެ ހުރިހާ އެއްޗިހި އުކާލައިފި” ލާނާ ބުނެލިއެވެ.
“އަހަރެންގެ އަނބި މީހާ ވެސް އެއްލާލީ ދޯ” ހަމްޒާ މިހެންބުނި އިރު މޫނު މަތިން ރުޅިވެރިކަން ފެންނަން ހުއްޓެވެ.
“އަހަރެންގެ ކޮއްކޮ އެއް ކަމަކު ލާނާ އަށް ކަންތައް ކުރި ގޮތުގެ ބަދަލު ހިފާނަން. އަހަރެން ނެއްތަނެްގައި އަހަރެންގެ އަނބި މީހާ އަށް މިޔައްވުރެން ރަންގަޅަށް ކަންތައް ކުރާނެ ކަމައް އަހަރެން އުންމީދު ކުރިން. މީ އިންސާނަކު ދިރި އުޅެން ހެޔޮވާ ފަދަ ހާލަތެއްގައި ހުރި ތަނެއްނޫން” ހަމްޒާ ބުނެލިއެވެ.
“އަހަރެންނަށް މިތަން ފުދޭ” ލާނާ މައްސަލަ ބޮޑު ނުކުރަން ބުނެލިއެވެ.
“އަހަރެން މި ކަންތަށް ބަލާނަން. ހާސް ނުވޭ މީގެ ފަހުން އަހަރެން ލާނާ ބަލާނަން” ހަމްޒާ މަޑުމަޑުން ބުނެލިއެވެ.
މި ވާހަކަ އަޑު އުވުމުން ލާނާ އައް އަންގަ މަތީ އައްއަޅާ ލެވުނެވެ. ހަމްޒާ އެންބުރި އައީ އެވެ. މާނަ އަކީ ލާނާ ގެ މިނިވަންކަން ގެއްލި ކުރީގެ ދިރި އުޅުމަށް ބަދަލުވާނެއެވެ.
ލާނާ އައް މި ވީ ގޮތް ވަރަށް ގާތުގަ ހުރި ހަމްޒާ އައްފެނުނެވެ. ” ލޯބިވާ އަނބި މީހާ ކިހިނެއްވީ؟
“މީގެ ކުރިން އަހަންނާ ދިމާލަށް ތިހެންނެއް ނުކިޔާ” ލާނާ މިހެންބުނީ ހިތް ނުތަނަވަސް ކަމާ އެކީއެވެ.
“މިހާރު އަހަރެން ވަރަށް ބަދަލު ވާނެ. ވަގުތު ލިބި ކުރިން ކަންތައް ކުރެވުން ގޮތާމެދު ވަރަށް ވިސްނިއްޖެ. އަހަރެން ބޭނުމީ އަލުން މި ދިރި އުޅުން ފަށަން” ހަމްޒާ ވަރަށް ލޯބިން ބުނެލިއެވެ.
” ތިކަމެއް ދެންނުވާނެ” ލާނާ ވަރަށް އުންދަގުލުން ބުނެލިއެވެ.
“ކީއްވެ ނުވާނީ”؟ ހަމްޒާ ސުވާލު ކުރިއެވެ.
“މާ ގިނަ ކަންތަށް ބަދަލުވެއްޖެ” ލާނާ ބިރުންހުރެ ވެސް ތެދު ހާމަ ކުރިއެވެ.
“އެހެންތަ؟ އެކަމަކު ކުރިން ވީ ހެން އެއްވެސް ކަމެއް ދެންނުވާނެ” ހަމްޒާ ބުނެލީ ޔަޤީން ކަމާ އެކުގައެވެ.
“ހަމްޒާގެ އަސްލު ހަމްޒާ އަކަށް ބަދަލެއް ނުކުރެވޭނެ” ލާނާ ގެ ލޮލުން ކަރުނަ ފައިބައި ގަތެވެ. ކުއްލިއަކަށް ހަމްޒާ ގުދުވެލާ ލާނާ ގެ ކަރުނަތަށް ފޮހެލިއެވެ. މި ކުއްލި ހަރަކާތާ އެކު ލާނާ ފަސް ޖެހިލީ ބިރުންނެވެ.
“ލާން އަހަރެން ލާން އަކަށް ދުވަހަކު ވެސް އަނިޔާ ވެރިއެއް ނުވާނަން” ހަމްޒާ ބުނެލިއެވެ.
“އަހަރެން ބޭނުމެއްނުވޭ ހަމްޒާގެ އައިންބަކަށް އަލުން ވާކަށް” ލޯމަރާ ލަމުން ލާނާ ބުނެލިއެވެ.
ކުރީގެ ހަމްޒާ ނަމަ ލާނާ ކޮއްޕާލާފައި މިހާރު ދިޔައިސް. ލާނާ ހުރީ ވެސް އެފަދަ ކަމަކައް އިންތިޒާރު ކޮއްގެނެވެ. އެކަމަކު ހަމްޒާ ގެ އަޑު އިވި ލާނާ ލޯ ހުޅުވާލީ ހައިރާން ކަމާ އެކީގައެވެ. ” އިންޝާ ﷲ އަހަރެން ތި ނިންމުން ބަދަލު ކުރާނަން. އަހަންނަށް ފުރުސަތެއްދީފާނަން”؟ ހަމްޒާގެ އަޑުގައި ހުރީ އާދޭހެވެ.
” އަހަންނަށް ރަންގަޅީ ފުރައިގެން ދިޔައިރު ތިބިހެން ވަކި ދިރި އުޅުމެއްގަ އުޅެވިއްޖިއްޔާ” ލާނާ ބުނީ ހިތުގައި އޮތް ގޮތަށެވެ.
“ލޯބި ބުނާ އެއްޗަކާ ދެކޮޅު ހަދަނީއެއްނޫން . އެކަމަކު ލޯބިވާ އަނބި މީހާ އުޅެންޖެހޭނީ އަހަންނާ އެއް ގެ އެއްގަ” ލާނާ ކުޑަ ކޮއް ހިތް ހަމަ ޖެހޭތޯ މަސައްކަތް ކުރަމުން ދަނިކޮށް ހަމްޒާ ގެ ޖުމްލަ ފުރިހަމަ ކޮއްލިއެވެ. “އަދި ނިދަންވެސް ޖެހޭނީ އަހަންނާ އެއް އެންދުގަ” ހަމްޒާ ވާހަކަ ފުރިހަމަ ކޮއްލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.



Amayyai dheno