Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތި ހަނދާން 5

ishaadam Level 110 Stories100 Login
April 13, 2019 One Min Read
4 Comments

ބޭރުންފެންނަ އެއްވެސް މަންޒަރަކަށް ބަލާ ހިތެއްް ނަތާގެ ނެތެވެ. ޕެރިސްގެ ރީތި މަންޒަރުތަށް ބެލާލުމަށް ހިތްނޭދޭތީ އެއްނޫނެވެ. ފިރިމީހާގެ ނުރުހުން ލިބިފައިވުމުން ހިތުގައި އަޅާ ވޭން ވަރަށް ބޮޑެވެ. މިކަމުގައި ނަތާގެ ކުށެއްނެއްކަން ސާބިތު ކޮއްދޭނެ ގޮތެށް ނަތާ އަކަށް ނޭންގެއެވެ.

ހޮޓަލުގެ ދޮރަމަށްޗަށް ކާރު މަޑު ކުރުމާއިއެކު އާމިރު ކާރުންފައިބާ ނަތާގެ އަތުގައި ބާރަށްހިފާ ކާރުން ބޭލުވިއެވެ. ހޮޓަލުގެ ދޮރުން ވަނުމަށްފަހު ވެސް ދަމާފައި ކަހަލަ ގޮތަކަށް ނަތާ ގޮވައިގެން ކައުންޓަރަށް ދިޔައެވެ. އާމިރު އަކީ މަޝްހޫރު ބިޒްނަސް މަނެކެވެ. މި ހޮޓަލަކީ އެތައްފަހަރަކު އާމިރު ޕެރިސް އަށް އައިސް ހުރިތަނެކެވެ. މިހެންވުމުން ކޮޓަރީގެ ތަޅުދަނޑި ހޯދަންވެސް ހަމައެކަނި ނަން ބުނެލުމުން ފުދެއެވެ.

ކޮޓަރީގެ ތަޅުދަނޑި ލިބުމާއިއެކު ބާރު ބާރަށް ނަތާގެ އަތުގައި ހިފައިގެން ލިފްޓަށް އެރުމަށް ހިންގައިގަތެވެ. ކޮޓަރިއަށް ވަދެވުމާއި އެކު އެނދާއި ދިމާލަށް ނަތާ ހޫރާލިއެވެ. ނަތާ ގުޅަވަރަކަށް އެނދަށް ވެއްޓުމާއި އެކު އާމިރު އަށް ގޮވާލިއެވެ. އާމިރުގެ އަންހެނުން އާމިރުދެކެ ބިރުންހުރި ތަންފެނި ކުޑަކޮށް އާމިރުގެ ރުޅި މަޑުވިއެވެ.އެކަމަކު ހިލޭ ފިރިހެނަކު ނަތާގެ ގައިގައި ބީ ހުމުން އާމިރުއަށް ކެއްކުރަން އުންދަގުވިއެވެ. ނަތާ ފުރަތަމަ ކުލާހުގައި ދަތުރު ކުރުމަށް ދެކޮޅު ހެދީ އިކޮނޮމީ ކުލާހުން ގިނަމީހުނަށް ފެންނަންބާއޭ އާމިރުގެ ހިތަށް އެރިއެވެ. ނަތާ ބޭނުން ވަނީ ފިރިހެނުންގެ ސަމާލުކަންލިބި އެމީހުންނާ މަސްހުނިވެ އެމީހުނާ އެކީ ވިޔާނުދާކޮއް އުޅެންބާއެވެ. މިހާ ތަނަށް އާމިރު އަށް ފެނިފައިވަނީ މުއްސަންދިންގެ ފަހަތުން އަންހެންކުދިން ވިޔާނުދާ ކަންތަކުގައި މަސްއޫލުވެ އުޅޭތަނެވެ. މި ހުރިހާ ވަސްވާސް ހިތަށް ވަނުމުން ބަލާކަށް ނުހުރެ މޭޒުގެ އެއްކަނުގައި ހިފާ ނަގާ ދުރަށް އެއްލާލިއެވެ.

އަދި އެނދުގެ އެއްކަނުގައި ބަހަށްޓާފައިވާ މާ ޓުކުރި އާއި ރިމޯޓު ތަށް ވެސް ފާރަށް އަމާޒުކޮއް އެއްލިއެވެ. އަލާމާރީގެ ބިއްލޫރި ގަނޑުގައި އަތުންޖަހާ ތަޅާލިއިރު މާނޭވާލެވި އާމިރު ހުރީ ނޭވާކުރުވާ ގޮތްވެފައެވެ. ނަތާ އަށް އޭރު އަޑުން އަޑު ނަގާ ރޮވެނީއެވެ. އާމިރު ފުންމާފައި ކަހަލަ ގޮތަކަށް އެނަދައްއެރިއެވެ. ނަތާގެ މޫނުގައި ދެއަތުންހިފާ ތަޅުވައިގަތެވެ. “ ތީ އަހަރެންގެ އަނބި މީހާ، އެހެން އެއްވެސް މީހަކު ނަތާގެ ގައިގައި އިންގިލި ކުރި ޖައްސާލަންވެސް އަހަރެން ނޭދެން، އަޑު އިވިއްޖެތަ“؟ އާމިރު މިހެން ބުނުމާއެކު ނަތާ އަވަސް އަވަހަށް އަހަންނަށް މާފް ކުރާށޭ ބުނެ އާމިރުގެ މޫނުގައި އަތްޖައްސާލިއެވެ. “ އަހަރެން ހީކުރީ އަހަރެން ކައިރީ ހުރީ އާމިރު ކަމަށް“ ނަތާ އަދިވެސް ބެލީ ކަންވީ ގޮތް ކިޔާދެވޭތޯއެވެ. “ އެއްވެސް ވާހަކަ އެއް އަޑު އަހާކަށް ބޭނުމެއްނޫން މީގެ ފަހުން ނަތާ ނުވާނެ މިފަދަކަމެއްތަކުރާރު ކޮއްގެނެއް” އާމިރު އަދިވެސް ހުރީ ހަމައަކު ނޫނެވެ. “ ނަތާ އަށް މީހަކު ބަލާލަންވެސް އަހަރެންނޭދެން، ނަތާ ދުވަހަކުވެސް އަހަރެންނާ ދުރުވިޔަކަނުދޭނަން އަހަންނާދުރުކުރެވޭނީ ހަމައެކަނި މަރު“ އާމިރު މިހާހިސާބަށް ބުނުމާއިއެކު ނަތާ އާމިރުގެ ގައިގައި ބާރަށް ބައްދާލާ ރޮމުންވާހަކަ ދެއްކިއެވެ. ﷲ އަށް ޓަކާ އަހަރެން ކުރާވައިދެއްމީ އަހަރެންމީ ހަމައެކަނި އާމިރުގެ މީހެއް، ދުވަހަކުވެސް އެހެން މީހަކު ބޭނުމެއްވެސްނޫން، ޤަބޫލުކުރޭ އާމިރު“

އާމިރުގެ ރުޅިވެސް މިހާރު މަޑުވެއްޖެއެވެ. މަޑުމަޑުން ނަތާގެ ކައިރީ އިށީންދެއްޖެއެވެ. އެވަގުތު ނަތާ އަށް އާމިރު އަށް ބަލާލެވުނެވެ. އާމިރު ވަނީ ދާހިތްލާ ފޯވެފައެވެ. ނަތާ އާމިރުގެ އަތުގައި ހިފާލުމުން އާމިރު އަތް ދަމާއިގަތެވެ. ނަތާ އަށް އާމިރުގެ އަތްފެނުނީ އެވަގުތުއެވެ. އަތުން ލޭއަންނަތަން ފެނުމުން ފުންމައިގެން ނަތާ ތެދުވިއެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް އަލަމާރި ތެރެބަލަންފެށިއެވެ. ނަތާއެ ހޯދާއެއްޗެއް ނުފެނުމުން އެނދުގެ ކައިރީ ހުރި ކުޑަ މޭޒުގެ ވަތްގަނޑު ހުޅުވާ ބަލާލިއެވެ. އޭގެ އެތެރެއިން ފަސްޓްއެއިޑް ފޮއްޓެއްނެގިއެވެ. ފޮށި ހިފައިގެން އާމިރުގެ ކައިރިއަށް އައިސް އުޑަފައިން އިށީންދެ އިންދެ އާމިރުގެ އަތް މަޑުމަޑުން ސާފު ކުރުމަށްފަހު ބޭސް އަޅާލިއެވެ. އާމިރު އިނީ ނަތާ އަށް ބަލަހަށްޓައިގެންނެވެ. “ ވަރަށް ތަދުވޭދޯ!” ނަތާ މަޑުމަޑުން އަހާލިއެވެ. “ އަހަރެންގެ ހިތަށް ކުރި އަސާރާއި ގާތަށްވެސް ތަދެއްނުވޭ“ އާމިރު ހާމަކުރީ ހިތުގެ ހާލަތެވެ. “ ނަތާ ގެއްލެން އަހަރެން ދުވަހަކުވެސް ބޭނުމެއްނުވޭ، އެހެންމީހަކު ނަތާ އާއި ކައިރިވާން ބޭނުމެއްނުވޭ، އަހަރެން ބޭނުންވަނީ ނަތާ ތިގޮތަށް އަހަރެންގެ ޙިދުމަތުގައި ހުންނަން“ އާމިރު ނަތާ އަތުގައި ހިފާ އެންދުގައި ބޭންދިއެވެ. ނަތާ ފުން ނޭވާއެެއްލަމުން އެވާހަކަ ހުއްޓާލަން އެދުނެވެ. ނަތާ ކައިރީ އަރާމު ކޮއްލަން ބުނެފައި އާމިރު ވަނީ ފާހަނާއަށެވެ. އާމިރު  ނުކުމެގެން އައިސް ނަތާގެ މަގަތުގައި އޮށޯވެލިއެވެ. އަދި ނަތާ އާއި ކައިރިވެލިއެވެ. ނަތާ އާމިރުގެ ގައިގައި ބައްދާލުމަށްފަހު ބުންޏެވެ. “ ހިންގާ ނުކުމެލަން ބޭރުބަލާލަން“ އާމިރު ނަތާގެނަސް އާމިރުގެ ގަޔާލާ ފިއްތާލަމުން ވައި އަޑުންޖަވާބުދިނެވެ. “ ބޭރަށް ނުދިޔަސް ކުރާނެ ކަންތަށް އެބަހުރި” އާމިރު މިހެންބުނުމުން ނަތާ ހޭންފެށިއެވެ. “ އާމިރު އަށް އިންގޭދޯ އަހަރެންމި އިންގޮތް“ ނަތާ މިހެން ބުނަމުން ކުޑަކޮއްދުރަށް ޖެހިލިއެވެ.  “ އަހަރެން މި ބުނީ ނިދާ ވާހަކައޭ، ނަތާ މިހާރު ހާދަ ނޯޓީއޭދޯ“ އާމިރު ވެސް ކުޑަކޮށް ދުރުވެލާފާ ލޯމަރާލިއެވެ. އާމިރު އޮތީ ނިދާފާއެވެ.ނަތާ އަކަށް ނުނިދުނެވެ. ތެދުވެ ފެންވަރާލައިގެން މަޑުމަޑުން ބޭރަށް ނުކުމެލީ ހޮޓާތެރެ ބަލާލާ ހިތުންނެވެ. ނަތާ މެންގެ ކޮޓަރީ ހުރީ ވަރަށް މަތީގައެވެ. ކޮޓަރިން ނުކުތުމާއިއެކު ނަތާ ގެ އަނގަ ހުޅުވުނީ ކުރިމަތިން ފެންނަމަންޒަރުގެ ހިތްގައިމު ކަމުންނެވެ. އިރު އޮއްސެން ކައިރިވެފައިވީއިރު އިރުގެ ގަދަ އޮރެންޖު ކުލައިގެ ދޯދިތަށް އެޅިފައި ހުރީ މަސްފެންގަނޑަކަށެވެ. މަސްތަށް ހީވަނީ ދިއްލިފައި ހުރިހެންނެވެ. ފެންގަނޑުގެ ފަހަތުން ވަރަށް ރީތި އިމާރާތް ތަކެއްފެންނަން ހުއްޓެވެ. ނަތާ އަޖާއިބުވެފައި ހުރެގެން ހިންގައިގަނެވުނީ މަސްފެންގަންޑާއި ދިމާލަށެވެ. ނަތާ ސިއްސައިގެންދިޔައީ ކުއްލިއަކަށް މީހަކު ނަތާ ގެ އަތުގައި ހިފާ ދަމާއި ގަތީމައެވެ. “ކަނބުލޯ ބަލާލައިގެންއުޅޭ“ ނަތާ ބަލާލިއިރު ކައިރީގައި ހުރީ ބޯޓުންވެސް ނަތާ ވެެެއްޓުނަ ނުދީ ހިފެހެއްޓި ޒުވާނާއެވެ. ނަތާ އަވަހަށް އަތް ފޮޅުވާލާފައި ވަށާއިގެން ހޯދާލިއެވެ. މިއަދު ވީ ގޮތް ހަނދާންވުމުން އޭނަ އާއި ދުރަށް ޖެހިލިއެވެ. “އަހަންނަށް ކިޔަނީ މަތީން” މަތީން އަމެއްލަ ތައާރަފެއްދިނެވެ. “ އަހަންނަށް ކިޔަނީ ނަތާ، މިއަދު ވީ ކަންތަކާ ވަރަށް ބޮޑަށް މާފަށް އެދެން“ ނަތާ އަވަހަށް ބުނެލިއެވެ. “ އަޅާނުލާ ތިކަހަލަ ރީތި ކުއްޖެއްލިބިފަ ހުރި ކޮންމެ މީހަކަށް ވެސް ވާނީ އެހެން” މަތީން ބުނެލި އެވެ. “ ހިނގާ ކޮފީއެއްބޯލަން، މީގެ މަތީ ފުލޯގައި ހުންނާނެ ބައިވަރު ރެސްޓޯރަންޓް ތަށް“ މަތީން އަވަށް ބެލީ ފުރުސަތުގެ ބޭނުން ހިފާށެވެ. “ ނޫން އަހަރެން މިތާ މަޑުކޮއްލާފައިދާނީ ކޮޓަރިއަށް“ ނަތާ މިހެން ބުނެލުމާއިއެކު ނަތާ އަށް ގޮވާހެން ހީވެގެން އެނބުރިލީއިރު އާމިރު ނަތާ އާއި ދިމާލަށް އަންނަނީއެވެ. ނަތާ އަވަހަށް ބަލާލީ މަތީން ކޮބާތޯއެވެ. މަތީން އޭރު ބާރު ހިންގުމުގައި ގޮސް ލިފްޓަށް އަރަނީއެވެ. ލިފްޓުގެ ދޮރުލެއްޕުމުގެ ކުރިން ނަތާ އަށް އެއްލޯމަރާލިއެވެ. ނަތާ ކައިރިއަށް އާމިރު ހުއްޓިފައި ހޭންފެށިއެވެ. “ ސޮރީ ޑާލިންގް އަހަންނަށް މާ ގިނައިރު ނިދުނީ ދޯ“ އާމިރު މާފަށް އެދުނެވެ. ނަތާ ހަށި ފުރާނޭވާއެއްލީ އާމިރަ އަށް މަތީން ނުފެންނަކަން އެންގުމުންނެވެ. “ ހިންގާ އެއްޗެއްކާލަން ދާމާ، ވަރަށް ބަނޑުހައިދޯ“ އާމިރު މިހެންބުނެ ނަތާގެ އަތުގައި ހިފައިގެން ލިފްޓަށް އަރަން ދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ishaadam

Level 110 Stories100 Login

A writer who believes Allah never lets you down no matter what ........

Other Articles

Previous

މިވާވަރު އަންގާހިތްވޭ 6

Next

އިއުތިރާފް (5 ވަނަ ބައި)

Next
April 13, 2019

އިއުތިރާފް (5 ވަނަ ބައި)

Previews
April 13, 2019

މިވާވަރު އަންގާހިތްވޭ 6

4 Comments!

  1. Mia says:
    April 14, 2019 at 10:33 am

    Very nice ? I want the next part as soon as possible

  2. Amna says:
    April 14, 2019 at 4:50 pm

    Varah reethi…
    When is text part..

  3. jiji says:
    April 14, 2019 at 6:27 pm

    It’s really amazing ??❤❤???..ekm amir ah mathyn fennnaane hn heevany lift in..Curiously waiting for the next..avahah up kohdhehchey nge???????????

  4. Ibsha says:
    April 22, 2019 at 4:28 am

    Haadha up nuveyey

Comments are closed.

Next Episodeހިތި ހަނދާން 6←


All Right Reserved!