Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތި ހަނދާން 7

ishaadam Level 110 Stories100 Login
April 30, 2019 One Min Read
5 Comments

ނަތާ އަކީ އެއްވެސް ކަމެއްގަ ޝަކުވާކުރާ ކުއްޖެއްނޫނެވެ. އެހާ ބޮޑަށް އިންތިޒާރު ކޮއްގެންހުރި ހަނީމޫން ދަތުރު ނުދެވި އަހަރެއްވާން ދިޔައިރުވެސް އެކަމުގެ ނަންވެސްނުގަނެއެވެ. އާމިރުގެ އަޅާލުމާއި ލޯބި ލިބޭ ކަމަށްޓަކާ ޝުކުރުކޮއްލައިގެންހުރީއެވެ.

”ނަތާ ނިމިއްޖެތަ؟”ފަހަތުންއައިސް ނަތާގެ ގައިގައި ބައްދާލަމުން އާމިރު ސުވާލު ކޮއްލިއެވެ. ނަތާ އަވަސް އަވަހަށް ދުރުވެލީ ކައްކަންހުރި ބަޓާ ޗިކަންއެތި އުނދުންމަތިން ބޭލުމަށްޓަކާއެވެ. މިއަދު ކައްކާ ހުރިހާ އެއްޗެއްވެސް އާމިރުގެ މަންމަ ބޭނުންވަނީ އެންމެ ފުރިހަމަ ކޮއްބަހަށްޓާށެވެ. ނަތާގެ ކެއްކުން ވަރަށް ފުރިހަމައެވެ. އާމިރުގެ މަންމަގެ އަންގައިން ތައުރީފުގެ ބަހެއް ނުލިބުނަސް އާމިރުގެ މަންމަވެސް ނަތާ ކައްކާ އެއްޗެހި ކަނީ ވަރަށް ހިތްހަމަޖެހި ހުރެއެވެ.

އަނެއްކާވެސް އާމިރު އައިސް ނަތާގެ ގައިގައި ބައްދާލިއެވެ. ކުޑައިރު ކޮޅެއް އާމިރު އަށް ދިނުމަށްފަހު ނަތާ ދުރުވެލަމުން ބުނެލިއެވެ. “ އަހަރެންގެ ސަބަބުން މަންމަ ހިތްހަމަ ނުޖެހޭކަށް ބޭނުމެއްނޫން“ އާމިރު އަށް ޤަބޫލް ނުކުރެވުނަސް ނަތާ އާއި ދިމާލަށް އެތަށް ފަހަރަކު އައިމިނަ އެއްޗެހި ގޮވާންހުއްޓާ އާމިރު އަށްވެސް އެތަނަށް އާދެވެއެވެ. އެކަމަކު ކޮންމެ ފަހަރަކުވެސް އައިމިނަ އަވަހަށް ވާހަކަ ބަދަލްކޮއްލައެވެ.

ކުއްލި އަކަށް ދުވެފައި ބަދިގެއަށް ވަތްތަންފެނުނީ އަލީއެވެ. ފަހަތުން އައީ އަލީގެ ދެކުދިންނެވެ.އަލީ އައިސް އާމިރުގެ ގައިގައި ވަރަށް ބާރަށް ބައްދާލިއެވެ. ދެކުދިން ދުވެފައި ދިޔައީ ނަތާގެ ގައިގައި ބައްދާލާށެވެ. ނަތާ ވަރަށް އުފަލުން ދެކުދިންގެ ކައިރިއަށް ގުދުވެ ބައްދާލިއެވެ. “ ތާތަ ވީ މިސްޔޫ“ ދެކުދިންވެސް ނަތާއަށް ގޮވަނީ އެނަމުންނެވެ. “ އައި މިސްޑްޔޫ ގައިސް މޯ“ ނަތާ ވެސް ބުނެލިއެވެ. އާމިރު އާއި އަލީގެ ވާހަކަ އޮލަވެފައި ތިބިވަރުން ބަދިގޭގެ އަޑު ގަދަވެގެން އެތަނަށް ވަތް އައިމިނަ ފެނުނީ އައިމިނަ ކަރު ކެހިލުމުންނެވެ. އަލީ އާއި ކުދިންވެސް ދުވެފައި ދިޔައީ އައިމިނަގެ ކައިރިއަށެވެ. އައިމިނަ ރުޅި މައިތިރި ކޮއްލާހީލިއެވެ. އައިމިނަ ބަދިގެއަށް އައީ އަޑު ގަދަވެގެންނެވެ. ނަތާގެ ކައިރިއަށް ފުރަތަމަ އެންމެން އައުމުން އައިމިނަ ހުރީ ވަރަށް ރުޅި އައިއްސައެވެ.

“ ނަތާ ދޭބަލަ ރީތި ވާން. މިހާރު ހާނިމް އަންނާނެ“ އައިމިނަ ނަތާ އަށް ލޯ އަޅާލަމުން ބުލެލިއެވެ. ހާނިމް އަކީ އައިމިނަގެ އެއްބަނޑު އެއްބަފާ ކޮއްކޮގެ ދަރިފުޅެވެ. ހާނިމް ވެސް މިއަދު ޗުއްޓީ އަށް އަންނަނީއެވެ. އަލީމެންވެސް އައީ ޗުއްޓީ ލިބުނީމައެވެ. ހާނިމްގެ މަންމަ ވަނީ ހާނިމް ވަރަށް ކުޑައިރު ނިޔާވެފައެވެ. ހާނިމް ގެންގުޅުނީ އައިމިނައެވެ. މީގެ 5 އަހަރު ކުރިން ކިޔަވަންދިޔަ ގޮތަށް މިހާރު ހާނިމްވަނީ ސިންގަޕޫރުން ވަޒީފާ ހީދާފައެވެ.

”ނަތާ ކޮޓަރިއަށް ވަތްއިރު އެނދު މަތީ ކޮތަޅެއްއޮތެވެ. ނަތާ އެ ކޮތަޅު ހުޅުވާލުމަށްފަހު އެތެރޭގައި އޮތްހެދުން ނެގިއެވެ. ވަރަށް ރީތިކޮށް ޖަރީ ކޮއްލާފައިވާ ގަދަ ނޫކުލައިގެ ހެދުމާއި އެކު ނޯޓެއް އޮތެވެ. “މިއަދު މިހެދުން ލާ“ އައިމިނަ ގެ ނަން ޖަހާފައި އޮތުމުން މީ އައިމިނަ ދިން ހެދުމެއްކަން އެންގި ނަތާގެ ލޮލުން ކަރުނަ ހިލުނެވެ. މިފަހުން އައިމިނަ އަބަދު ހުންނަނީ ނަތާ ދެކެ ހިތްހަމަނުޖެހިފައެވެ. ނަތާގެ ހިތުން މަންމަ އަށް ހެޔޮދުޢާ ކުރަމުން ފެންވަރަން ވަނެވެ.

ފެންވަރައިގެން ނުކުމެ ލޯގަނޑުން ނަތާ ބަލާލިއެވެ. ހެދުމުގެ ޑިޒައިން ވަރަށް ވެސް ރީއްޗެވެ. އެކަމަކު ހެދުން ހުރީ ނަތާގެ ގައިގައި ހިފާފައެވެ. މޭމައްޗާއި އުނަގަނޑާދިމާލުން ހިފާފައި ހުރުމާއި އެކު ހެދުމަކީ ކަކުލާ ހަމައަށް އަރާ ހެދުމެކެވެ. ނަތާ އަކީ ދިގުކޮށް ހެދުންލާ ކުއްޖެއްކަން އެންގިހުރެވެސް މަންމަ މިހެދުން ދިނީ ކީއްވެބާއެވެ؟ އަދި މިޔަދު ލުމަށް އެދުނީ ކީއްވެބާއެވެ؟ ނަތާ އަކަށް އެއްވެސް އެއްޗެއްނުވިސްނެއެވެ. އާމިރު ކޮޓަރިއަށް އާދޭތޯ ދެކޮޅަށް ހިންގާލަ ހިންގާލަ ހުއްޓެވެ. ހެދުމާއި އެކީ އޮތް ބުރުގާ ނަތާ އަޅާލިއިރު މިވެސް ވަރަށް ކުރެވެ. މޭމަތި ނިވާވަނީ ކިރިޔާއެވެ. މަންމަ ރުޅި އަންނާނެތީ ބާލާކަށް ވެސް ނުކެރުނެވެ. އާމިރުގެ ފޯނު އޮތީ ކޮޓަރި މޭޒު މަތީގައެވެ. އެހެންކަމުން ގުޅެނެ ގޮތެއްވެސްނެތެވެ. އަނެއްކޮޅުން އައިމިނަ ހުރީ އާމިރު ކޮޓަރިއަށް ގޮސްދާނެތީ ކަމަކަށް ފަހު ކަމެއް ޖައްސާފައެވެ. މިހެން ހުއްޓާގޭގެ ރަނގަބީލް ޖެހި އަޑު އިވުމާއި އެކީ ނުލަފާ ހިނިގަނޑެއް ޖަހާލާފައި ނަތާ އަވަހަށް އަންނާށޭ ގޮވާލިއެވެ.

ނަތާ އިސްޖަހާލައިގެން ހުރެ ކާމޭޒު ތައްޔާރު ކުރަންފެށިއެވެ. ހާނިމް ވަދެގެން އަންނަމުން ނަތާ އަށް ސަލާމް ގޮވާލިއެވެ. ނަތާ ހިނިތުން ވެލާފައި ސަލާމް ބަލައިގަތެވެ. އައިމިނަ ހުރީ އަނގަ ހުޅުވިފައެވެ. އައިޝާ މެން ދެމަފިރިންވެސް ތިބީ އަނގަ ހުޅުވިފައެވެ. އާމިރު ހުރީ ވަރަށް ރުޅި އައިއްސައެވެ. މި ފަދަ ހެދުމެއްގައި ހިލޭ ފިރިހެނެއްގެ ކުރިމައްޗަށް ނަތާ އަރާނެ ކަމަށް އާމިރު ކުޑަ ކޮއްވެސް ހިތަކަށް ނާރައެވެ. މަންމަ އެއްޗެކޭ ބުނޭތޯ ނަތާ އިރު ކޮޅަކާ މަންމަގެ މޫނަށް ބަލާލައެވެ. މޭޒު ކައިރީ ނަތާ އިށީނީ އާމިރު އާއި ޖެހިންއިން ގޮނޑީގައެވެ. އާމިރު ވަރަށް ބާރަށް ނަތާގެ އަތަށް ފިތާލިއެވެ. “ ކޯންޗެއްތަ ލައިގެން ތި އިނީ؟ އާމިރު ހަރިކަށި ކަމާއެކީ ސުވާލު ކުރިއެވެ. ނަތާ އަނެއްކާވެސް ބަލާލީ އައިމިނަގެ މޫނަށެވެ. އައިމިނަ ހައިރާން ކަމާއެކު ނަތާ އަށް ބަލަންއިނެވެ. އަދި ހާނިމް އާއި ވާހަކަ ދައްކަންފެށިއެވެ. އައިޝާ ވެސް އެންމެ ހައިރާންވީ ލަދުރަކި ނަތާ މިކަހަލަ ހެދުމެއްގައި ފެނުމުންނެވެ. ކާން އިންއިރު އާމިރު އަށް އެންމެ ގިނައިން ބެލުނީ ހާނިމް އަށެވެ. ނަތާ އަށް ބަލަން ހާނިމް އިންދާފެންނަ ކޮންމެ ފަހަރަކު އާމިރުގެ ލޭ ކެކެއެވެ. ބޭބެ އެއް ކަމަކު އާމިރުގެ އަނހެނުންނަށް ހާނިމް އިޙްތިރާމް ކުރަން ޖެހޭނެއެވެ.

ކާންއިނދެފައި އައިމިނަ ތެދުވީ ފާހަނާ އަށް ދިއުމުގެ ނަމުގައެވެ. ނަމަވެސް އައިމިނަގެ މިސްރާބު ހުރީ ފާހަނާ އާއި ވަރަށް ދުރަށެވެ. މަޑުމަޑުން ގޮސްވަނީ ނަތާ މެންގެ ކޮޓަރިއަށެވެ. މިރެއަކީ ނަތާގެ ހަމަޖެހުން ނަގާލެވޭނެ ރޭ ކަމުން ކުރެވުނު ކަންތަކާ އުފާވެ ހިތްހަމަޖެހިލިއެވެ. ހެދުން ލީ ކޮތަޅުގެ ކައިރީ އައިމިނަ ލިޔުނު ނޯޓް ކޮޅު އޮތެވެ. ބަލާކަށް ނުހުރެ ނަގާ ވީދާލާ ކުޑަ ދޮރުން ބޭރަށް އުކާލިއެވެ. ނަތާގެ ކުށެއްނެއް ކަމުގެ ހެކި ނައްތާލެވުމުން އުފަލާއި އެކު ކާންއިށީނެވެ.

ކައިނިމިގެން ތަށި ތައްނަގާ ސާފު ކުރުމަށްފަހު ނަތާ އައިސް ހުއްޓުނީ އާމިރުގެ ކުރިމަތީއެވެ. އާމިރު ލޮލުން ކޮޓަރި އާއި ދިމާލަށް އިޝާރާތް ކޮއްލުމާއިއެކު ނަތާ އަވަހަށް ކޮޓަރިއަށް ދިޔައެވެ. ކޮޓަރީގަ ދެކޮޅަށް ހިނގަ ހިނގަ ހުއްޓާ އާމިރު އައިސްވަނެވެ. ދޮރު ލައްޕާ ތަޅުލުމާއި އެކު އާމިރު ސުވާލުކުރިއެވެ. “ނަތާ ކޮންޗެއްތަ ލައިގެންތި ހުރީ؟ އާމިރު ހުރީ ވަރަށް ރުޅި އައިށްސައެވެ. ރުޅި އަށްވުރެން އާމިރު ހުރީ ހަސަދަވެރިވެފައެވެ. ނަތާ މި ހެދުމުގައި ވަރަށް ވެސް ރީއްޗެވެ. އެކަމަކު ނަތާގެ ރީތި ކަމަށް އެހެންފިރިހެނެއްގެ ނަޒަރު ދިއުމަކީ އާމިރު އެދޭ ގޮތެއްނޫނެވެ. ހާނިމް ނަތާ އަށް އެފަދަ ނަޒަރަކުން ބެލުމުން އާމިރު ވަނީ ކެއްކުރަން ދަތި ހާލަކަށް ގޮއްސައެވެ. ނަތާ ގެ މޫނަށް ބަލަންހުރެ ސުވާލު ތަކުރާރު ކޮއްލިއެވެ. ރުޅި އަކީ ޝައިތާނީ ކަމެއްކަމާ ރުޅި ކޮންޓުރޯލް ކުރުމަކީ އެންމެ އީމާންތެރިންގެ ގޮތްކަން އާމިރު އަށް ވަނީ ނޭންގިއެވެ. އެހެންކަމުން ރުޅި އަންނަ ފަހަރު ކޮންމެސް ސިފައެއްގައި އަމަލުން އެކަން ދައްކާލުމަކީ ބާރުގަދަކަން ކަމަށް އާމިރު ދެކެއެވެ. “ މަންމަ ދިން ހެދުމެއްއެއީ މިރޭ އެހެދުން ލާންބުނެފަ ނޯޓަކާ އެކީ އޮތީ އެނދުމަތީ ބާއްވާފަ“ ނަތާ މިހެންބުނިއިރު ނަތާ ގަނޑު ކޮޅު ބޭއްވިތަން ހޯދަމުންދިޔައެވެ.

“ނަތާ އެއްޗެކޭ ކިޔައިގެން އެހެންމީހުންގެ ބޮލުގައި ކަންތަށް ނާޅުވާ. މި އަހަނީ ކޮބާހޭ ތިކިޔާ ގަނޑު ކޮޅު؟“ އާމިރު ހަޅޭއްލަވައިގަތެވެ. އާމިރު އަށް ވިސްނޭގޮތުގައި މަންމަ އަކީ ބާރު ހެދުމާއި މާބޮޑަށް ޖަރީ ކޮއްލުމަށް އެދޭ މީހެއްނޫނެވެ. މަންމަ މިވަރުގެ ކަމެއް ނުކުރާނެއެވެ.

”ހާނިމް އަށް ދެއްކެންބޭނުން ވާނީތަ؟އަހަންނަށް ނަތާގެ ބޭނުންތައް ފުއްދައި ނުދެވެނީތަ؟ އާމިރު ނަތާގެ އަތުގައި ހިފާ އާމިރު އާއި ދިމާލަށް އަނބުރާލިއެވެ. ނަތާ ގެ ފުރިހަމަ ކަމާ ރީތިކަން ދައްކަން ހަމައެކަނި ޖެހޭނީ އާމިރު އަށެވެ. ހާނިމް ކުރިމަތީ ނަތާ މިހެން ހުރީ ކީއްވެބާއެވެ.

“ޤަބޫލް ނުކުރެވެންޔާ އަންނާނަން މަންމަ ގޮވައިގެން. އާމިރު އަހާލަބަލަ މަންމަ ކައިރީ؟“މިހެން ބުނުމާއި އެކު ނަތާ ހިނގައިގަތީ ދޮރާއި ދިމާލަށެވެ. އެކަމަކު ދޮރާ އަރާ ހަމަ ނުވަނިސް އާމިރު ނަތާގެ އަތުގައި ހިފާ ދަމާއިގަތެވެ. “ދާނެ ކަމެއްނެއް. އަހަންނަކީ ނަތާގެ ބޭނުންތަށް ފުއްދޭ މީހެއްކަން ދައްކާލާނަން” މިހެން ބުނުމާއި އެކު ނަތާގެ އުނަގަނޑުގައި ހިފާ އެނދާއި ދިމާލަށް ކޮއްޕާލިއެވެ. ނަތާގެ ދެލޯ ބޮޑުވެގެން ދިޔައީ ގަތްބިރަކުންނެވެ. އާމިރު ނަތާގެ ގައި މައްޗަށް ޖެހިގަތީ ސިންގާއެއް ފަދައިންނެވެ. ފިރިއަކުވެސް ގަދަކަމުން އަނބިމީހާގެ ބޭނުން ހިފުމަކީ ޢީތްފަތްތެރިކަން ފޭރިގަތުންކަން އާމިރުގެ ނުވިސްނައެވެ. ހަރުކަށި ކަމާއި ހަސަދައިން ފޯވެފައިވާ އާމިރުގެ ހިތަކަށް މާބޮޑު އެއްޗެއްނާރައެވެ. ހަމަ އެކަނި ތަކުރާރުވި އިންޒާރެއްފަދަ ބަސްތަކަކީ “ ތީ ހަމަ އެކަނި އަހަރެންގެ މިލްކެއް. އެހެން އެއްވެސް މީކަހަށް ނަތާ ޔާ ކައިރިއެއްނުވެވޭނޭ“

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ishaadam

Level 110 Stories100 Login

A writer who believes Allah never lets you down no matter what ........

Other Articles

Previous

މިވާވަރު އަންގާހިތްވޭ 11

Next

ކަލާޔާ ނުލާ 14

Next
April 30, 2019

ކަލާޔާ ނުލާ 14

Previews
April 29, 2019

މިވާވަރު އަންގާހިތްވޭ 11

5 Comments!

  1. Ainth says:
    April 30, 2019 at 11:56 am

    V salhi mi part vx.. but v v v kurukoh gennaathii kamaku nudheyy… when next part up kohlanii… dhn anna part miah vuren dhigu kohlahcheyt plxx ❤??????????

  2. Ibsha says:
    April 30, 2019 at 10:06 pm

    Varah reethi

  3. ishaadam says:
    April 30, 2019 at 11:20 pm

    jiji u are being missed here ❤️

  4. jiji says:
    May 1, 2019 at 2:33 pm

    Aww..swry ingey darla..Assu phone charge ah jahaafa othyma inge aee…nd free v ma mi kiyaaly mi part??❤❤???????..vvv Salhi mi part..ND next part miah vure dhigukohlahchey dear…keep up the good work dear

  5. ishaadam says:
    May 1, 2019 at 6:51 pm

    Mihaaru innane dhigukohlaafa upload kohlaafa. Adhi pending ga iny

Comments are closed.

Next Episodeހިތި ހަނދާން 8←


All Right Reserved!