ހިތި ހަނދާން 6

- by - 11- April 22, 2019

“ހިނގާ އެއްޗެއްކާލަން ދަމާ، ވަރަށް ބަނޑުހައި ދޯ؟ އާމިރު މިހެންބުނެ ނަތާގެ އަތުގައި ހިފައިގެން ލިފްޓަށް އަރަންދިޔައެވެ.

ލިފްޓުން ފޭބުމާއިއެކު ނަތާ ހިނިގަނޑެއްޖަހާލިއެވެ. ހަމަ ޔަޤީނެވެ އާމިރުއަށް މިފަހަރު އޮޅުނީއެވެ. ނަތާ މެނަށް ތިބެވުނީ ހޮޓަލުގެ ޓެރަސްގައެވެ. ނަތާ ހެމުންއެނބުރިލީ އެނބުރި ލިފްޓަށް އަރާށެވެ. އެކަމަކު އާމިރު ނަތާ ހުއްޓުވިއެވެ. މަޑުމަޑުން ނަތާގެ ލޮލޮގައި އަތްއަޅާލިއެވެ. އަދި ލޯ ނުހުޅުވުމަށް އެދުނެވެ. ނަތާގެ ކޮނޑުގައި އެއްއަތް އަޅާ ކުރިޔަށް ހިނގަންފެށިއެވެ. ނަތާ އަށް ވާނުވާއެއް ނޭންގުނަސް ޝަކުވާއެއްނުކޮއް އާމިރު ބޭނުންވާހެން ކަންތަށް ކުރިއެވެ. ތަންކޮޅަކަށް ހިނގާލުމަށްފަހު އާމިރު ހުއްޓުނެވެ.އަދި ނަތާގެ ލޯމަތިން އަތް ނެގުމަށްފަހު ލޯ ހުޅުވާލުމަށް އެދުނެވެ. ނަތާ ލޯ ހުޅުވާލުމާއި އެކު ދެ ލޯ ބޮޑުކޮއްލިއެވެ. ކުރިމަތިން ފެންނަންހުރީ ސްޓޭޖެއްހެން ހަދާފައިވާ ތަނެކެވެ. އެތަނުގެ ވަށާއިގެންހުރީ ބޮކި އެލުވާފައެވެ. އެކި ވަށްތަރުގެ މާތަކުން މުޅި ހިސާބު ވަނީ އެއްވަސްވެފައެވެ. ވަށްބުރަށް ހުރި މޭޒުގަ ހުރީ ނަތާ ދުވަހަކު ވެސް ނުދެކޭ ކަހަލަ އެކި ވައްތަރުތަކުގެ ކާއެއްޗިއްސެވެ. ރީތި ތަށިތަކުގައި އެއްޗެހި އަތުރާލާފައި ހުރި ގޮތުން ބަލަންހުރުމުން ހިތްފުރެއެވެ. އިށީނުމަށްހުރީ ސޯފާއެކެވެ. ނިދާލުމަށްވެސް އެއްވެސްދައްޗެއްނުވާނެއެވެ. އާމިރުއާއި ދިމާލަށް އެނބުރިލީ ނަތާގެ އިޙްސާސްތަށް ބުނެދެވޭތޯއެވެ. އާމިރު އިނީ ކުޑަ ކަކޫ މަތީ  އެއްފައި މަށްޗަށް އިށީންދެއެވެ. ނަތާ އަށް ހުރެވުނީ ބުނާނެ އެއްޗެއްނޭންގިފައެވެ. އާމިރު ވަރަށް ލޯބިން ނަތާގެ އަތުގައި ހިފާލިއެވެ. “ ނަތާގެ މުޅި އުމުރު އަހަންނާއެކީ ހޭދަ ކޮއްލަދީފާނަން، އަހަރެން ނަތާ ދެކެ ވަރަށް ލޯބިވޭ، އަހަރެން ބޭނުންވަނީ އަހަރެމެން ލޯބިން އެކީއުޅެން މި ދުނިޔޭގަޔާއި ސުވަރުގެއިންވެސް” އާމިރު ވަރަށް ލޯބިން ވާހަކަދެއްކިއެވެ. ނަތާ އަށް ހުރީ ރޮވިފައެވެ. “އިންޝާ ﷲ “ ބުނެލުމާއި އެކު އާމިރުގެ ގައިގައި ބައްދާލީ ވަރަށް ބާރަށެވެ. އާމިރު ތެދުވީ ނަތާ އަށް ދަނޑިމަތީ ބާއްވާއިގެންނެވެ. އަދި ގޮނޑީ ގައި ނަތާ ބޭންދިއެވެ. ދެ މީހުނަށް ވެސް ވަރަށް ހާއްސަ މި ވަޤުތު ވެގެންދިޔައީ އެތަށް އުފާވެރި ހަނދާން ތަކެއް ހަޔާތުގެ ސަފްހާތަހަށް އިތުރު ކުުރުވަމުންނެވެ. ހުނުމާއި މަޖަލުގައި ވަޤުތު ހޭދަވި ގޮތްވެސް ނޭންގުނެވެ. ކޮޓަރިއަށް އައިއިރު ވަނީ މެންދަމުން އަލިވުމާއި ގާތްވެފައެވެ.

ފޯނު ރިންގުވާ އަޑަށް ނަތާ އަށް ހޭލެވުމުންވެސް ނިދީގެ ފޮނިކަންބޭނުންވެ ހުރެ އާމިރު އަށް ގޮވާލިމުން އަނެއްކާވެސް ނިދޭތޯ އެންބުރިލިއެވެ. ނަމަވެސް އާމިރުގެ ވާހަކަ އަޑު އިވުމުން ނަތާ އަށް ވެސް ހާސް ކަމެއް ގެނުވިއެވެ. ލޯ ހުޅުވާލާ އާމިރު އަށް ބަލާލިއެވެ. އޭރު އާމިރު ހުރީ ކޮޓަރި ތެރޭ ދެކޮޅަށް ހިންގާލަ ހިންގާލައެވެ. ފޯނު ބޭއްވުމަށް ފަހު ނަތާ ކައިރީ އެނދުގައި އިށީނެވެ. ވަރަށް ދެރަވެލާފައި ވާހަކަ ފެށީ ނަތާ ބުނާނެ އެއްޗެއްނޭންގޭތީ ކަންތަށް ބޮޑުވެފައިހުރެއެވެ.

“ނަތާ އަހަރުމުން އެނބުރި މާލެ ދާންޖެހިއްޖެ، އަހަރެން އޮފީހިގައި ކުރަމުން އައި ވަރަށް ބޮޑު ޕްރޮޖެކްޓެއްގެ ކަމަކާ މަޝްވަރާ ކުރަން އޮސްޓޮރޭލިއާގެ ވަފުދެއް މާދަމާ މާލެ އެބަ އާދޭ. ކުރިން ޝެޑިއުލް ކޮއްފައި އޮތީ ދެ މަސްފަހުން އަންނަގޮތަށް އެކަމަކު ވަރަށް އާރޖެނޓްކޮއް އެމީހުން އަންނަން ނިންމީ އަހަރެންގެ މަސައްކަތް ބެލުމަށްފަހު އަވަހަށް ގޮތެއްނިންމުމަށް، ވަރަށް ބޮޑަށް ސޮރީ. އަހަރެންގެ މި ޕްރޮޖެކްޓު ނިމުމުން އަލުން އެނބުރި މި ކޮޅަށް އަންނާނަން” އާމިރު ބެލީ ކަމުގެ މުހިންމުކަން ނަތާ އަށް ވިސްނާދެވޭތޯއެވެ.

“ސޮރީ އޭނުބުނޭ ، އަހަންނަށް އިނގޭ އާމިރުއަށް އެހެން ގޮތެއްއޮތްނަމަ ނުދާނެކަން” ކިތައްމެ މާޔޫސްވެ ދެރަވިޔަސް ނަތާ ބެލީ އާމިރުގެ ހިތްހަމަ ޖައްސާ ދެވޭތޯއެވެ.

“ޔޫ އާދަބެސްޓް ވައިފް އިންދަ ހޯލްވޯލްޑް” އާމިރު ނަތާގެ ބޮލަށް ބޮސްދިނެވެ.” ޕްލީޒް ދެރަނުވަށްޗޭ، މިހެން ބުންޏަސް އިނގޭ ނަތާ ދެތަވާނެކަން އަހަރެންވެސް ވަރަށް ދެރަވޭ” އާމިރު ދެރަވެފައި ވާތަން ބެލުމަކީ ނަތާ އަށް ލިބޭނެ އެންމެ ބޮޑު ދެރައެވެ. “އާމިރު އަހަރެން ދެރައެއްނުވޭ އަސްލުވެސް، އަވަހަށް ފުރުމުގެ ކަންތަކާ އުޅެމާ؟” ނަތާ ހިނިތުންވެލީ ގަދަކަމުންނެވެ. އާމިރު ފޯނު ނަގައި އަވަސް އަވަހަށް ޓިކެޓްގެ ކަންތަކާ ގުޅަންފެށިއެވެ. ނަތާ މަޑުމަޑުން ވަނީ ފާހަނާ އަށެވެ. ލޮލުން ފޭބި ކަރުނަތަށް ފޮހެލުމަށްް ފަހު ހިތް ހަމަޖައްސާލެވޭތޯ ބެލިއެވެ.

ހަނީމޫން ދަތުރު ކުރުކޮއްލާފައި އައުމަށްފަހު އައި ދުވަސް ކޮޅަކީ އާމިރު ވަރަށް ބުރަކޮއް މަސައްކަތުގައި އުޅެމުން އައި ދުވަސް ކޮޅެކެވެ. ކިތަށްމެ ބުރަކޮއްއުޅުނަސް ނަތާ އަށް ވަޤުތު ދެވޭތޯ އާމިރު ވަރަށް މަސައްކަތްކުރެއެވެ. ނަތާ ގެ ވަޤުތު ތަށް ފޫހިކަމެއްނެތި ގޭގެ މަސައްކަތުގައި އުޅެމުންދެއެވެ. އެކަމަކު މި ފަހަކަށް އައިސް އާމިރުގެ މަންމަ ހިތް ހަމަޖެހޭ ގޮތަކަށް ނަތާ އަށް ކަމެއްނުކުރެވެއެވެ. ގޭގައި އާންމުކޮއްް ކައްކާއުޅެނީ ވަރަށް ގިނަ އަދަދަކަށް ހަވާދާއި ތެޔޮ އެކުލެވޭ ކެއެންތަކެވެ. ނަތާ ބޭނުން ވަނީ އެންމެންވެސް ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށެވެ. އެހެންވެ ފައިދާހުރި ކާނާ ގޭގައި ތަށްޔާރު ކުރަންފަށައިފިއެވެ. ގޭ އެންމެނަށް ވެސް މި ކެއްކުންތަށް ވަރަށް މީރެވެ. އެންމެންގެ ތައުރީފް ނަތާ އަށް ލިބެއެވެ. އެކަމަކު މަންމަ އަބަދުވެސް ބުނާނީ ކޮންމެސް ކަހަލަ ދެރަވާކަހަލަ އެއްޗެކެވެ. އޮފީހުގައި އުޅޭ ވަޤުތު ތަކުގައި އާމިރު އަކީ ބޭރުން ކެއުމަށް ވަރަށް ފޮރި ހުންނަމީހެކެވެ. ނަމަވެސް މިހާރު ވަޤުތު ހޯތައިގެން ބަލާނީ ގެޔަށް ކާން އާދެވޭތޯއެވެ. ނަތާ މިކަމާ ވަރަށް އުފާކުރެއެވެ. މަންމަގެ ވިހަގަދަ ބަސްތަށް ކިތައްމެ ވަރަކަށް އަޑުއިވުނަސް އާމިރުގެ ހެޔޮކަމާ ލޯބިން އެކަން ނަތާގެ ހިތަކު ނޯވެއެވެ.

އަލި ކަމަކީ އަޖާއިބު ކުރުވަނިވި އެއްޗެކެވެ. އެސްފިޔަ ޖަހާލާ ފަދަ އަސް ކަމެއްގައި އަނދިރިކަން އަލިކަމަށް ގަދަވެގަނެއެވެ. ހިތް ބިރު ގަތުމާއި މާޔޫސްކަން ލިބެއެވެ.

އާމިރުގެ ދިރި އުޅުމަކީ ވެސް ވަރަށް އަނދިރިތަނެކެވެ. މަންމަ އާއި ބައްޕަގެ އަވަދިނެތުމާއި ހެދި ދަރިންނަށް ވަނީ ލޯތްބާއި އަޅާލުން މަޙްރޫމް ވެފައެވެ. އެކަމަކު ލާރި އަކީ ދަރިންނަށް ހޯދާ އެއްޗެއްގެ ގޮތުގައި އަބަދުވެސް މަންމަމެން ދެކެއެވެ. ނަމަވެސް ނަތާގެ ލޯބިން އާމިރުގެ ދިރިއުޅުން މިހާރު މިވަނީ އުޖާލާވެފައެވެ.

އާމިރު މަސައްކަތް ކުރަނީ ނަތާ އާއި އެކު ވަކި ދިރިއުޅުމެށް އުޅުމަށް ފެންވަރު ރަނގަޅު ގެއެއް ގަތުމަށެވެ. ކުޑަކޮއްވެސް ވިސްނާނުލެވުނީ ނަތާ އަކީ އާއިލާ އާއި އެކު އުޅޭ ހިތްވާކުއްޖެއްކަމެވެ. އައިޝާމެން ނިއުޒިލެންޑަށް ދިރިއުޅުން ބަދަލުކުރުމުން ބޮޑު ގެ އެއްގައި ނަތާ ވަނީ ވަރަށް އެކަނިވެފައެވެ. އެކަނިވެރިކަމުން ސަލާމަތްވޭތޯ ނަތާ ވަރަށް ގިނަ މަސައްކަތްކުރެއެވެ. ހުސްވަޤުތު ހޯދައިގެން ޤުރުއާން ހިތުދަސްކުރަން ވަނީ ފަށާފައެވެ. އުންމީދަކީ އާމިރު އަށްވެސް މިކަމަށް ބާރު އަޅާދިނުމެވެ.

އާމިރުގެ މަންމަ އެކަނި ގޭގައި އުޅުނަސް ނަތާ އާއި ވާހަކަ ދައްކާލެވޭ ކަމަކަށް ނުހަދައެވެ. ކޮޓަރީގައި އެކަނި އޮވެ ޓީވީ ބެލުމަކީ އޭނާގެ އާދައެވެ. ނަމާދު ކުރުމާއި ދީނީ ކަމަކާ އުޅުމަކީ އޭނާ ދަންނަކަމެއްނޫނެވެ. ދަނބި ދަރިފުޅުގެ އޯގާތެރިކަން ބޭނުން ނުވާކަމަށް އެތަށް ފަހަރަކު ނަތާ އާއި ދިމާލަށް ވެސް ވަނީ ބުނެފައެވެ. އެކަމަކު ބަލިވުމުން ނަތާގެ އެހީ ނުލިބި އެއްވެސް ކަމެއްނުވެއެވެ. ނަތާ އަށް ލޯބިން ބަލާލުންވެސް އެއީ އާމިރުގެ މަންމަގެ ހިތަށް އަރާވެސް ކަމެއްނޫނެވެ. މިހުރިހާ ކަމެއްގެވެސް އަސްލަކީ އާމިރު ނަތާ އާއި ހެދި އުޅޭތަންފެނުމުވެ. އެކަމަކު އާމިރު އަބަދުވެސް މަންމަގެ ހާލު ބަލައެވެ. މަންމައާއި ވާހަކަ ދައްކަންއިނދެއެވެ. އެކަމަކު އެތަނަކަށް ނަތާ އަންނަތަންްފެނުނަސް ބިރުންފިލާހެން ފިލައެވެ.

ނަތާ އާމިރުގެ ހަޔާތުން ދުރުކޮއްލެވިއްޖިއްޔާ ދަރިފުޅުގެ ހުރިހާ ލޯތްބެއް މަންމަ އަށް ލިބޭނެ ކަމުގައި އައިމިނަދެކެން ފަށައިފިއެވެ. ނަތާ އަކީ ހާދަ ވިހަގަދަ އަންހެނެކެވެ. އެ އަސަރު މުޅި އާއިލާ އަށް ފޯރާ ހުރިހާ ކަމެއް ބަދަލުކުރަން މަސައްކަތް ކުރާކަމަށް އައިމިނާ އަށް އިޙްސާސްވެއެވެ. މި ކަމުން ސަލާމަތްވުމަށް މަސައްކަތްކުރަން އަޒުމް ކަނޑައަޅާ އެކަމަށް އަތުކުރި އޮޅާލިއެވެ. މިކަމުން ފަހުން ލިބޭނެ ދެރައަކަށް ވިސްނޭވަރަށް ވުރެން އައިމިނަ ހުރީ ޝައިތާނަާގެ ބަސްއަހާފައެވެ.

 

11

ishaadam

A writer who believes Allah never lets you down no matter what ........

You may also like...

5 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. In sha Allah varah avahah upload kohlaanan. Mi faharu ves 4 days varu vi upload kurifahun pending ga iny.

    ⚠Report!

Leave a Reply

Your email address will not be published.