Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތި ހަނދާން 3

ishaadam Level 110 Stories100 Login
April 1, 2019 One Min Read
5 Comments

ނަތާ ނަމާދު ކޮށް ނިމިގެން ސޯފާ ގައި އިށީންދެލީ ވަރަށް ވަރުބަލިވެފައި ހުރުމުންނެވެ. ކުޑަ އިރު ކޮޅެއްގެތެރޭގައި ނަތާ އަށް ނިދިއްޖެއެވެ. އާމިރު ގެޔަށް ވަދެގެން އައިއިރު ނަތާ އަށް ނިދިފައި އިންތަންފެނި ނަތާ ގެންގޮސް ކޮޓަރިއަށް ލުމުގެ ބޭނުމުގައި ކައިރިވީ ވަގުތު ސިހުނީ ބަދިގެއިން  އަޑެއް  އިވުމުންނެވެ. ބަދިގެޔާ ކައިރިވީއިރު އާމިރުގެ މަންމަގެ އަޑު އިވުނެވެ. ޝަކުވާ ކުރަމުން ބިންމައްޗަށް ވެއްޓި ތެޅިފައި އޮތް ތަށި ނަގަން މަންމަ އިނީ އުޑަފައިން އިށީންދެގެންނެވެ.

“އާމިރު” މަންމަ ބާރަށް ގޮވާލިއެވެ. “ޝޫޝް މަންމާ ނަތާ އަށް އޮތީ ނިދިފައި!” އާމިރު ވައި އަޑުން ބުނެލިއެވެ. ދަރިފުޅުގެ މި ބަސްތަށް އައިމިނަ އަށް ޤަބޫލު ކުރަން ދަތިވެފައި އިންދެވުނެވެ. އެ ނުލަފާ އަންހެނާ އަހަރެންގެ ދަރިފުޅުގެ ލޮލަގައި މި ހުރީ ކޮންކަހަލަ އަނދުނެއް އަޅުވާފަ ބާއޭ ހިތަށް އެރިއެވެ.

“މުޅި ދުވަހު ނިދުން ނޫން ކަމެއް އޭނަ އެބަ ކުރޭތަ؟” އައިމިނަ ދޮގުހަދާލިއެވެ. އާމިރުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ” ދެން ކާކު ގޭތެރޭ ކަންތަށް ކުރަނީ؟” އާމިރު ސުވާލު ކުރިއެވެ. ” ކާކު ހެން ހީވަނީ؟” ދެރަވާ ގޮތް ދައްކާލަމުން އައިމިނަ ބުންޏެވެ. އާމިރު އަށް ދަތްވިކާލެވުނެވެ. ނަތާ ކުރިންދުވަހަކު މަންމަގެ އެހީ ބޭނުންވާ ވާހަކަ އެބުނީ ނަތާ ކަމެއް ނުކޮއްހުރެތާ! ހިތާ ހިތުން މިހެން ބުނަމުން އާމިރު މަންމަ ގާތު ކޮޓަރިއަށް ދިއުމަށް އެދުނެވެ. “އަހަރެން ނަތާ އާއި ވާހަކަ ދައްކާނަން” މިހެން ބުނެ އާމިރު އެންބުރި ދިޔައީ ނަތާ ކައިރިއަށެވެ. އައިމިނަ ހަމަ ޖެހުމުގެ ނޭވާ އެއްލަމުން ކޮޓަރިއަށް ވަނެވެ. އައިމިނަ ބޭނުންވާހެން ކަންތަށް ވުމުން ކުރެވުން މޮޅުކަމާއިގެން ހެވިފައި ހުރެ އެނދުގައި އޮށޯތެވެ.

އާމިރު ހީކުރީ ކުޑަކޮއްވިޔަސް  މަންމަ އަށް ނަތާ އެހީ ވާކަމަށެވެ. ހިތުގައި ރުޅިވެރިކަން ގަދަކުރަމުން ނަތާ ނިދާފައި އޮއްވާ ކައިރިއަށް ގޮސް އަތުގައި ހިފާ ބާރު ލުއްކިއެއްޖަހާލިއެވެ. ނަތާ އަށް ކުއްލިއަކަށް ހޭލެވުމާއި އެކު ތެދުވެއްޖެއެވެ. “ކިީއްވެ ތި ނިދަނީ މިގަޑީގައި؟” އާމިރު ސުވާލު ކުރީ ވަރަށް ރުޅި އައިށްސަހުރެއެވެ. “ސޮރީ ވަރުބަލިވެގެން ނިދުނީ، ގަސްތުގައެއްނޫން” ނަތާ ޖަވާބުދިނީ ވަރަށް ބިރުން ހުރެއެވެ. ކޮންކަމެއް ކުރާތީ މީނަމިހާ ވަރުބަލިވަނީ އާމިރު ހިތާހިތުން ސުވާލު ކޮއްލިއެވެ.

އިތުރަށް ރުޅި އައުމުން ނަތާ ގެ އަތުގައި ހިފައިގެން ބަދިގެޔަށް ދަމާާފައި ކަހަލަ ގޮތަކަށް އާމިރު ގެންދަންފަށައިފިއެވެ. ބަދިގެ އާއި ހަމަވުމުން ނަތާ ގެ ބުރަކަށީގައި އަޅާ ބަދިގެ ތެރެއަށް ކޮއްޕާލަމުން “ގޭ މަސައްކަތް ނުނިންމާ ނިދައިގެން ނުވާނެ” މިހެން ބުނުމަށް ފަހު އާމިރު ކޮޓަރިއަށް ހިންގައްޖެއެވެ. ކޮއްޕާލުމުން ނަތާާ ވެއްޓުނީ ތެޅިފައިވާ ތަށީގެ ފުޅި ތޮށި ތަކުމައްޗަށެވެ. ދެ ފައިގެ ކަކޫ ޖެހުނީ ބިންމަތީގައިއެވެ. އަތް ވިއްދާ ލެވުނީ ކިރިޔާއޭ އެހެންނޫންނަމަ ގަޔަށްވެސް ފުޅިތޮށި ހެރުނީހެވެ.   ކަކުލަގަ އަޅާ ވޭނަށް ނުވިސްނާ އަވަހަށް ބަދިގެ ސާފުކުރަން ނަތާ ފަށައިފިއެވެ. މަސައްކަތުގައި ހުރި އިރު ނަތާ އަށް ގިސްލަ ގިސްލާފައި ރޮވެމުންދިޔައެވެ. އާމިރުގެ ފަރާތުން މިފަދަ ކަމެއްފެނިދާނެކަމަށް ކުޑަކޮއްވެސް ނަތާ ނުވިސްނާއެވެ. ބަދިގެ ސާފު ކުރުމަށްފަހު ނަތާ ދިޔައީ ފާހަނާ އަށެވެ. ލައިގެން ހުރި  ހަރުވާޅު ބޭލިއިރު ހީކުރި ވަރަށް ވުރެން ބޮޑަށް ދެ ކަކޫ ވަނީ ހަލާކުވެފައެވެ. މަޑުމަޑުން އެތަން ސާފުކުރަން ނަތާ ފެށިއިރުވެސް ނަތާ އަށް ރޮވެމުންދިޔައެވެ. ގިސްލާ އަޑު ފާހަނާ އިން އިވުމުން ޓީވީ ބަލަން އޮތް އާމިރު ފުންމައިގެން ގޮސް ފާހަނާގެ ދޮރު ހުޅުވިއެވެ. އޭނާގެ ސަބަބުން ނަތާ އަށް މިވަރުގެ އަނިޔާ އެއްލިބުނުކަން އާމިރު ނުދެނެހުއްޓެވެ. ބަލާކަށް ނުހުރެ ނަތާ ނަގާ އަތް މައްޗަށް ލައިގެން ގެނަސް އެނދުގައި ބޭންދުމަށްފަހު ބޭސްފޮށި ހިފައިގެން އައިސްބޭސް އަޅާދޭންފެށިއެވެ. “އަހަންނަަށް ވަރަށް ބޮޑަށް މާފު ކޮއްދީ، އަނިޔާ އެއްދޭކަށް ނޫން އަހަރެން ނަތާ ކޮއްޕާލީކީ. އެއްގޮތަކަށް ވެސް ހަނދާނެއްނެއް ތަށި ތެޅިފައި އޮތަކަމެއް” އާމިރު އަށް ހަމަ އަސްލުގައިވެސް އެވަރު ހަނދާން ނެތުނީއެވެ. ކޮއްޕާލުމުން ނަތާ ވެއްޓުނުކަން އާމިރު ދެނެހުއްޓެވެ. އެކަމަކު އައިސްފާ ހުރި ރުޅި އަކުން އެކަމާ އަޅާނުލާ އައީ އެވެ.

“އަހަރެން މާފް ކޮއްފިން” ގިސްލަމުން ނަތާ ބުނެލިއެވެ. އާމިރުގެ ހަށިގަނޑާ ކައިރި ކޮއްލަމުން ނަތާ އެނދުގައި ބޭއްވިއެވެ. އަދި އާމިރު އެނދުގައި އޮށޯތެވެ. “އަހަންނަށް މާފު ކޮއްދީ ، އެއްގޮތަކަށްވެސް ގަސްތުގަ ކުރިކަމެއްނޫން ނަތާ” އާދޭސްކުރާ ކަހަލަ ގޮތަކަށް އާމިރު ބުނިއެވެ. “އަސްލުވެސް އަހަރެން މާފު ކޮއްފިން ” ނަތާ މިހެން ބުނުމުން އާމިރު ނަތާގެ ގައިގައި ބައްދާލިއެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ނަތާ އަށް ނިދިއްޖެއެވެ.  އެކަމަކު

އާމިރުގެ ލޮލަށް ނިދިނައީ މި ވީ ކަންތަކާ އާމިރުވިސްނަން އޮތުމުންނެވެ. އާމިރުގެ ހިތުގެ ރާނީ އަށް މިހާ ފަސޭހައިން އަނިޔާ އެއް ދެވުނީތީ އިންތިހާ އަށް އާމިރު ހިތާމަ ކުރެއެވެ. މިކަހަލަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް އަޒުމް ކަނޑަ އެޅިއެވެ.

ކުޑަ ދުވަސް ކުޅެއްފަހުން އެއްދުވަހަކު އާމިރު ގެޔަށް އައީ އެހެންޏާ އަންނަ ވަރަށް ވުރެންމާ އަވަހަށެވެ. އަވަހަށް މިއައީ ނަތާ އަށް ހަދިޔާ އެއް ހިފައިގެން ނަތާ އުފާ ކޮއްލާ ދިނުމުގެ ގޮތުންނެވެ.މަންމަ އާއި ބައްޕަ ވީ އޮފީސް ދަތުރަކު ރަށުންބޭރުގައެވެ. އައިޝާ މެންވެސް ބޭރަށް މިއަދު ދާވާހަކަ ދެއްކިއެވެ. އެހެން ކަމުން ގޭގައި ތިބޭނީ އާމިރުއާއި ނަތާ ކަން އާމިރު އަށް އިންގެއެވެ. ނަތާ އަށް ދެވުނު އަނިޔާ އަށްއަދިވެސް އާމިރު ދެރަވެއެވެ. އެހެން ކަމުން ދެމަފިރިން އެކަނި ތިބެލުމަށް މިލިބުނު ރަނުގެ ފުރުސަތު ނަގާލާކަށް އާމިރު ބޭނުމެއްނުވިއެވެ.

މަޑުމަޑުން އާމިރު ގެޔަށް ވަދެގެން އައިއިރު ނަތާ ހުރީ ބަދިގޭގައެވެ. ބަދިގެ އަށް ވަދެ ނަތާގެ ފަހަތުން އާމިރު ބައްދާލިއެވެ. ނަތާ ވަރަށް ބޮޑަށް އިހުނެވެ. އެކަމަކު އާމިރުގެ ހިނިގަނޑުގެ އަޑުއިވުމުން ހަމަޖެހިލިއެވެ. “އާމިރޫ އަހަރެން ބިރުން ކިރިޔާ ހަލާކުނުވީ، މިހާ އަވަހަށް ގޭގައި ކީއްތިކުރަނީ”؟ ނަތާ ބުނެލިއެވެ.

“އަހަރެން އަވަހަށް ގެޔަށް އައީމަ ނަތާ އުފަލެއްނުވޭތަ”؟ އާމިރު ށަކުވާކުރިއެވެ. “ބައެއްފަހަރު އާމިރު ވަރަށް ބޭބީ ވާނެ” ނަތާ ދިމާ ކޮއްލިއެވެ. “ތި ބަސް އަނބުރާ ގެންދޭ، އަހަރެން ބޭބީ އެއްނުވާނެ” އާމިރު ނަތާގެ އަރިކަށީ ގައި ކޮއްޓަންފެށިއެވެ. ނަތާ ކެއްކޮއްލަން ބޭނުންވިޔަސް މަޑުމަޑުން ހުރުމަށް ވަނީ ދަތިވެފައެވެ. “އާމިރު ދޫކޮއްލާ” ނަތާ މިހެން ބުނުމުން އާމިރު އިތުރަށް ބާރަށް ނަތާގެ ގައިގައި ބައްދާލިއެވެ. އަދި ނަތާ ގެ ކަންފަތުގައި މަޑުމަޑުން ދަތް އަޅާލިއެވެ. ” މީ ވެސް ބޭބީ ވުންތަ؟” އާމިރު މިހެން އަހާލިއިރުވެސް ނަތާ ހުރީ ހުއްޓުން އަރާފައެވެ. އަވަސް އަވަހަށް ނަތާ ދުރުވެވޭތޯ އުޅުމުން މީހަކު އައިސްދާނޭ ބުނެލިއެވެ. ހަމަ އެވަގުތު ބަދިގެ އަށް ވަދެގެން އައީ އައިޝާއެވެ. އައިޝާ ހަޅޭއްލަވައިގަތީ ސިހިފައެވެ. އާމިރު ހިނިއައިސްފާ ނަތާ އާއި ދުރަށް ޖެހިލިއެވެ. ނަތާ ހުރީ ލަދުން ހަދާނެ ގޮތް ހުސްވެފައެވެ. އާމިރު ހެމުން ހުމުން ބަދިގެއިން ނުކުމެގެން ދިޔައިރު ނަތާ އާއި އައިޝާ ވެސް ހުރީ ބުނާނެ އެއްޗެއްނޭންގިފައެވެ. އިރު ކޮޅެއްފަހުން ދެމީހުންވެސް އެއްފަހަރާ ބާރަށް ހޭންފަށައިފިއެވެ. ” މިތަނަށް ވަނުން މަނާ ބޯޑެއްޖަހަން ދެންވެސް ހަނދާން ކުރާތި” އައިޝާ ނަތާ އާއި ދިމާ ކޮއްލިއެވެ.

ބަދިގޭ މަސައްކަތް ނިންމަާ ލުމަށްފަހު އައިޝާ ނަތާ އަދި އާމިރު ނަތާ މެންގެ ކޮޓަރީ އެންދަށް އަރާ ހަމަޖެހިލީ ބިރުވެރި ފިލްމެއްބަލާށެވެ. ފިލްމު ބަލާ ވާހަކަ ބުނުމުން ކުދިންގެ ކަންތަށް ވެސް އަލީ އާއި ހަވާލު ކޮއްފާ އައިޝާ އައީ ފިލްމު ބަލާށެވެ. ކުޑަކޮއް ރުޅި ހަދާލުމުން ބޭރަށް ދާންއުޅެފައި އަލީ ވެސް މަޑުކުރީ އައިޝާ ބޭނުންވާ ގޮތް ހަދާދޭށެވެ. ފިލްމު ބަލަން ވަނީ އެކި ކަހަލަ ކޫސަނި ކެއުމަށް ހިފައިގެންނެވެ.

ތިން ވެރިންވެސް ބެލުމަށްް ނިންމީ “ދަ ނަން” ނަމަކަށް ކިޔާ ބިރުވެރި ފިލްމެކެވެ. ނަތާ ވެސް ވަރަށް ގަޔާވެލައިފައި އިންއިރު ބިރުވެރި ފިލްމު ބެލުމަކީ ނަތާގެ އާދަހެން ހީވެއެވެ.

ފިލްމުގައި ބިރުވެރި މަންޒަރެއް ހަމަ ފެންނައިރަށް ނަތާ އަޅޭއްލަވައި ގަނެފައި އާމިރުގެ ގައިގައި ހިފައިގަނެއެވެ. ފިލްމު ބެލުމަށް ވުރެން އާމިރު ބަލާ  ހިތްވީ ނަތާ  އަށް ވާގޮތްތަކަށެވެ.  ފިލްމު ނިމުމުން އައިޝާ ދަނީ އޭ ބުނެ އެކޮޓަރިން ނުކުންނަން ހިންގައި ގަތުމުން ބަލާއިގެން ދިއުމަށް އާމިރު ބުނީ ބިރުވެރި  އަޑަކުންނެވެ. އައިޝާ ޖަހާލީ ނުލަފާ ހިނިގަނޑެކެވެ. އައިޝާ ދިއުމުން ދޮރު ތަޅުލާފައި އައިސް އެނދުމަތީ އިން ނަތާ ގެނަސް އާމިރުގެ އުނގަށް ލަމުން އާމިރު ސުވާލުކުރިއެވެ. “ބިރު ގަންނައިރު ކީއްވެ ބިރުވެރި ފިލްމު ބެލީ؟” ނަތާ އިނީ އަދިވެސް ބިރުންނެވެ. ” ނިދަން ތައްޔާރުވާން ފާހަނާ އަށް ވަދެފައާދޭ އެބައޮތް ސަޕްރައިޒެއް” އާމިރު ނަތާ ނަގާ ބިންމަތީ ބަހަށްޓަމުން ބުނެލިއެވެ.”

“އަސްލުވެސްތަ”؟ ނަތާ އުފަލުން ފޮޅުނެވެ. އާމިރު އަށްވެސް ނަތާގެ މޫނު ފެނި ހީލެވުނެވެ. “ނަތާ އަންނަން ވާއިރަށް އަހަރެން އަންނާނަން މި ތަށި ބޭރަށް ލާފައި” އެމީހުން ބަނބުކެޔޮ އަޅާއިގެން ކައިފައި ހުރި ތަށި ނަގަމުން އާމިރު ބުނެލިއެވެ. ” އަޅެ އަހަރެން ނުކުތީމަ ދާންވީނު، ފާހަނާގަ ހުރި ލޯގަނޑު ފެނި ބިރުގަންނާނެ” ނަތާ ބުނެލީ ބިރުން ހުރެއެވެ. “ނަތާ ހާދަ ބިރެކޭ، ދެން މީގެ ފަހުން ނަތާ އަށް ބިރުވެރި ފިލްމު ބެލުން ނުމުނީ” ހެމުން ހިމުން އާމިރު ނަތާ އާއި އެއްކޮށް ފާހަނާ އާއި ދިމާލަށް  ހިނގައިގަތެވެ.

“ދެން ނުބަލާނަން ބިރުވެރި ފިލްމެއް” އާމިރުގެ އަތުގައި ހިފާ އެނދުގައި ބައިން ދަމުން މިހެން ބުނެފައި ނަތާ ދުވެފައި ފާހަނާ އަަށް ވަނެވެ. ފާހަނާ އިން ނުކުމެގެން ނަތާ އައުމުން އާމިރު ސިޓީ އުރައެއްނަގާ ނަތާ އަތަށް ދިއްކޮއްލިއެވެ. ނަތާ ސިޓީ އުރަ ކަނޑާ ލާފައި އެތެރެ ބަލާލިއެވެ. ނަތާގެ ދެލޯ ބޮޑު ކޮއްލާފައި ބާރަށް ހަޅޭއްލަވައިގަތެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ishaadam

Level 110 Stories100 Login

A writer who believes Allah never lets you down no matter what ........

Other Articles

Previous

ކުރި އިންތިޒާރު( 2 ވަނަ ބައި)

Next

ސަފްޙާ

Next
April 1, 2019

ސަފްޙާ

Previews
April 1, 2019

ކުރި އިންތިޒާރު( 2 ވަނަ ބައި)

5 Comments!

  1. Hanu says:
    April 1, 2019 at 11:01 pm

    Nathaa divorce kuranyba.

  2. Shaa says:
    April 2, 2019 at 8:27 am

    Varah reethi masha Allah. When next part?

  3. ainth says:
    April 2, 2019 at 1:02 pm

    wooow v salhi.. knirakun next part

  4. Ibsha says:
    April 3, 2019 at 4:26 pm

    Beyru gaumakah dhaan tiket libuny…wow varah reethi

  5. Shamukko says:
    April 5, 2019 at 10:23 am

    When next part….varah varah salhi vaanehen hyvey mi vaahaka?❤??

Comments are closed.

Next Episodeހިތި ހަނދާން 4←


All Right Reserved!