Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެން ވަކިވާކަށް

InaaSh Level 210 Stories100 Comments
September 29, 2018 4 Mins Read
40 Comments

ގޭތެރެެއިން ފެންނަމުން ދިއައީ މަރުފަދަ ހިމޭންކަމެކެވެ. އެއްވެސް މީހެއްގެ ހިލަމެއްނުވެއެވެ. ނޫރް ސިއްރުސިއްރުން މަޑުފިޔަވަޅު ތަކެއްގައި ހިނގަމުން ދިޔައީ އެއްވެސް މީހަކަށް އަޑު އިވިދާނެތީއެވެ.
“ދަރިފުޅާ ނޫރް….މިހާ ދަން ގަޑިއެއްގައި ކޮންތާކަށް ތިދަނީ….”
ގެއިން ނިކުންނަންދިޔަ ނޫރް ފަސްއެބުރި ބަލާލިއިރުގައި މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަ ނުޖެހުމުގެ ކުލަވަރެވެ.
“ސީރިއަސްލީ ޑޭޑް… އިޓްސް ޖަސްޓް ޓެން ތާރޓީ…އެދެން ލަސް ތަ؟..ޑޯންޓްބީ ސޯ އޯލްޑް ފެށަންޑް….މިދަނީ ލިއާ ބާއްވާ ވަރަށް މުހިއްމު ޕާރޓީއަކަށް ގޮސްލަންވެގެން….އަމް އޯލްރެޑި ގެޓިން ލޭޓް…”
ނޫރް ވާހަލަ ދެއްކިއިރުގައި ރުއްކުރު ގޮތެއްހުއްޓެވެ.
“ދަރިފުޅާ އަންހެން ކުދިން އުޅެން ވާ ގޮތެއްނޫނޭ ތީ….”
“ރިޔާޒް ދެން އެމަންޖެ ދިޔަ ދީބަލަ…އެމަންޖެ ޒުވާން ދުވަސްވަރުގައި އުޅޭނީ އެހެންނޭ…ދަރިފުޅު ދޭ އިނގޭ….”
ނާހިދާއައިސް ނޫރްގެ ބޮލުގައި ފިރުމާލަމުން ބުނެލީ ނިކަން ލޯބިންނެވެ. ނޫރް އިތުރަށް އެންމެ މިނެޓަކަު ވެސް މަޑުކުރުމެއްނެތި ގެއިން ނިކުތްއިރު ނޫރްގެ އެކުވެރިން ނޫރްބަލާ އައިސް ތިއްބެވެ.
“ނާހިދާ ތިހެންއަބަދު ނޫރް ބޭނުންހާ ގޮތް ގޮތަށް ކަންތައްތައް ކޮއްދީދީ އުޅުން ގޯސްވެފަ އެހެރީ…ބަލާބަލަ ރާއިން….ގައިމު އޭނަ ނޫޅޭ އެހެނެއް…އެއީ އަދި އެކަމް ފިރިހެން ކުއްޖެއް….ނޫރް އެއީ އަންހެން ކުއްޖެއް…އަންހެން ކުދިން އެހެން އުޅެންވާނެ ތަ؟…ލާފަ ހުންނަ އެއްޗެހި ފެނުނަސް ބޯފަޅާގެން ދާހާ ވަރުވޭ….އަހަރެން ހަމަ ނޫރްއަށް ރަގަނޅަކަށް އެއްޗެއް ބުނާއިރަށް ނާހިދާއައިސް އެދޭތެރެއަށް ވަންނާނެ….”
“ސާބަހޭ ރިޔާ….އަނެއްކާ އެހާސަރުތައް ދަމަންފެށީ ދޯ….ނޫރް އުޅޭގޮތް ކޮންގޮތަކުން ގޯހީ….އެއީ މިހާރުގެ ކުދިން އުޅޭ ގޮތެއްނު….”
ނާހިދާކައިރިން އަނގައިން ނޭރޭނެ ކަން މާކުރިން ވެސް ރިޔާޒުއަށް އިނގެއެވެ. ޢެހެންވެ ބޯހޫރާލަމުން ދިޔައީ ގޭ ޓެރަސްއަށް ބޯހަމަ ޖައްސާލުމަށްޓަކައެވެ. ޓޭރަސްގައި ހުރި ސޯފާއެއްގައި އޮށޯވެލަމުން ރިޔާޒް ނިތުގައި އަތްބާއްވައިލިއެވެ. ރިޔާޒްއަށް ވިސްނެމުން ދިޔައީ ނޫރްއާއި ދޭތެރޭގައެވެ. ރިޔާޒްއާއި ނާހިދާގެ ކައިވެންޏަން އަށްއަހަރު ވީފަހުން ލިބުނު އަންހެންދަރިފުޅަށް ނޫރްކީ އެއީ އެދެމަފިރިންގެ ދިރިއުޅުމަށް ލިބުނު އަލިކަމަކަށް ވާތީއެވެ. ރިޔާޒްއަކީ ރާއްޖޭގެ ނަންމަޝްހޫރް ވިޔަފާރި ވެރި އެއްކަމުން ނޫރް އުފަންވުމުން ފައިސާ އޮއްސަމުން ދިޔައީ ފެންފަދައިންނެވެ. އެހާ ގިނަދުވަސްފަހުން ލިބުނު ދަރިފުޅު ބޭނުންހާކަމެއް ކޮއްދެމުން ދިޔައީ ވާލޯތްބެއްގެ ބޮޑުކަމުންނެވެ. ނޫރް ކިރިޔާވެސް ބޮޑާހާކާލާއިރަށް ކޮންމެ ކަމެއް ކޮއްދެމުން ބުނިހާ އެއްޗެއް ހޯދައިދެމުން ދިޔައީ ނުހަނު ލޯބިންނެވެ. ނޫރްއަށް ހަތްއަހަރު ވީފަހުން ރާއިން ލިބުމުން ރާއިންގެ ކަންތައްތައް ވެސް ކޮއްދެމުން ދިޔައީ ހަމަ އެހާ ލޯބިންނެވެ. ދެކުދިން ބޮޑުވަމުން އައި އިރުގައި ނޫރްގެ އުޅުން ދުވަހެއް ދުވަހަކަށް ގޯސްވަމުން އައީ ރިޔާޒްމެންގެ އަމިއްލަ އިހްމާލުންކަން އިހްސާސްވި އިރުގައި މާ ލަސްވެއްޖެއެވެ. ރިޔާޒްމިހާރު ނޫރް ތަރްބިއްޔަތު ކުރެވުނު ގޮތާއިމެދު ކިތައްމެ ހާވެސް ދެރަވެއެވެ. ނޫރްއާއި ހިލާފަށް ރާއިންއަކީ ފަސްވަގުތު ނަމާދުކުރާ ކިޔެވުމަށް މޮޅު ބަސްއަހާ ކުއްޖެކެވެ. ރާއިންގެ ސަބަބުން ރިޔާޒްވެސް ދީނަށް ލޯބިކުރާވަރު އިތުރުވެފައި ވަނީ ހީވެސް ނުކުރާހާ ބޮޑަށެވެ. ނަމަވެސް ނޫރްއަކީ ރާއިންއާއި ދިމާއިދިކޮޅެވެ. ނަމާދު ނުކުރާ ތާންގައި ކިޔެވުމަށް ވެސް އެހާދަށެވެ. ނޫރްގެ އެކުވެރިންނަކީ ވެސް އަހްލާގު ފެންވަރު ދަށް ކުދިބައެއް ކަމުން އެކަމުގެ އަަސަރުވެސް ނޫރްއަށް ވަނީ ކޮއްފައެވެ. ނޫރްއަށް ފަންސަވިސް އަހަރު ވެފައި ވާއިރު ރައްޓެހި ވެފައިވަނީ ކިތައް ކުދިންނާކަމެއް ވެސް ނޭންގެއެވެ. ނޫރްއަށް ނަސޭހަތެއް ދޭއިރަށް ނާހިދާ އެދޭތެރެއަށް ވަންނާތީ އެކަންވެސް މިވަނީ ބޮޑުކަމަކަށް ވެފައެވެ. ރިޔާޒް ވިސްނަމުން ދިޔައީ ނޫރްގެ ދިރިއުޅުމަށް ބަދަލެއް އަންނާނެ ގޮތަކާއި މެދުގައެވެ. ނޫރްގެ ދިރިއުޅުން މި ގޮތަށް ބޭކާރު ކޮއްލާކަށް ރިޔާޒްއެއް ނޭދެއެވެ. އެހާ ލޯބިންބަލާ ބޮޑުކުރި ދަރިއަކަށް ދެރަގޮތެއް ވާންއެދޭނީ ފަހެ ކޮން ބައްޕައެއް ހެއްޔެވެ.
“ނޫރް ހާދަ ލަސްވީ ކޮންއިރެއް އަހަރުން ވެއިޓް ކުރާތާ…”
ނޫރްއައިސް ކާރަށްއަރާ އިށީނުމުން ނޫރްގެ ރަހްމަތްތެރި އެއްކަމަށްވާ ޔާނާ ބުންޔެވެ.
“ޢޯހް އިޓްސް ނަތިން….ޑޭޑްގެ ކަންތައް….އެނީވޭ އިހަށް ހިނގާ މޯޑް ޕިކްކޮއްލާގެން ދާން…..އަހަރެން ނުވެސް ބުނަން ޕާޓީއެއް އޮތް ވާހަކަ ވެސް…އެހެންނު ވާނީ ލިއާ އެހާ ކުއްލި ގޮތަކަށް ލިއާ ޕްލޭންކުރި ޕާޓީ އެއް ވީއްޔަ….”
ނޫރް އެހެންބުނުމުން ކާރް ދުއްވާލީ މުނާޒްގެ ގެއަށް ދިއުމަށެވެ. ކުޑައިރިކޮޅެއްގެ ދަތުރަކަށް ފަހު ކާރްގޮސް މަޑުކޮއްލީ އެގޭގެ ކުރިމަތީގައެވެ.
“ޔޫ ގާއިސް ވެއިޓް…އަލް ގޯ އެންޑް ގެޓް ހިމް…..”
ނޫރްކާރުން ފައިބަމުން ލައިގެންހުރި ޓޮޕްކޮޅު ރަނގަޅު ކޮއްލަމުން އެގެއަށް ވަދެގެން ދިޔައީ ސަލާމް ގޮވާލުމެއްވެސް ނެތިއެވެ. އެގޭގައި އިތުރު އެހެން މީހެއް ނޫޅޭ ގެއެއް ކަމުން ނޫރްއެއީ މާކަ ބޮޑުކަމަށް ނަހަދައެވެ. އެގެއަށް ވަދެގެން ދިޔަނޫރް ޓަކި ޖަހާލުމެއްވެސް ނެތި ގޮސް މުނާޒްގެ ކޮޓަރީގެ ދޮރުހުޅުވާލިއެވެ. ނަމަވެސް ފެނުނު މަންޒަރަކުން ނޫރްގެ ލޮލުންކަރުނަހިލިގެން ދިޔައެވެ. މުނާޒްގެ އެދުމަތީގައި މުނާޒްއާއި އަންހެން ކުއްޖެއް ތިބިލެއް ގާތްކަމުން އެދެމެދުގައި ވަނީ ކޮންކަލަގެ ގުޅުމެއްކަން ބަލާލި ކޮންމެ މީހަކަށް ވެސް އިނގޭނެެވެ. ނޫރް ބަލާކަށް ނުހުރެ އެއަންހެން ކުއްޖާ ކޮއްޕާ ވައްޓާލިއެވެ. އަދި މުނާޒްގެ ކަންކަށިމަތީގައި ނިކަން ބާރަށްޖެހިއެވެ.
“ވީ އާ ޑަން……މީގެ ފަހުން އަހަރެމްގެ ކުރިމަށްޗަށް ނާރާތި….”
ނޫރް މުނާޒް ބުނަން އުޅުނު އެއްވެސް އެއްޗެއް އަޑުއެހުމެއްނެތި ނިކުމެގެން ދިޔައީއެވެ. ނޫރް ނިކުމެގެން ދިޔަތަން ބަލަން އިން މުނާޒް ނޫރްޖެހި ތަނުގައި ފިރުމާލަމުން ހިނިތުންވެލިއެވެ.
“އޭނަ އަަށް ބަސްޓްވީމަ ކަޑަ އިނގޭ….އައި ރިއަލީ ލައިކްޑް ހާރ…އެކަމް އޭގެ މާނައަކީ އެހެން އަންހެންކުދިންނާއި ގުޅުން ނުބޭއްވޭނެ އެކޭނޫން ދޯ…ހެއްހޭ…”
މުނާޒްކައިރީގައި އިންއަންހެން ކުއްޖާއަށް އަށް ހިނިތުންވެލަމުން ސިގެރޭޓް އެއް ރޯއިކޮއްލިއެވެ.
“އަލް ގެޓް ހަރ ބެކް….ކުޑަ އެކްޓެއް ޖައްސީމަ އޯކޭ ވެދާނެ….”
މުނާޒްގެ މޫނުމަތީގައި ވަނީ ނުލަފާ ހިނިތުންވުމެކެވެ. ނޫރް އެގެއިން ނިކުމެގެން އަންނަ ތަން ފެނުމުން ނޫރްގެ އެންމެގާތް އެކުއެރިޔާ ޝެޒާ ނޫރް އާއި ދިމާއަށް އައީ ނޫރްގެ މޫނުމަތިން ފެންނަން ހުރި ކުލަވަރުގެ ސަބަބުންނެވެ.
“ވަޓް ހެޕެންޑް….؟…ކީއްވެ ރޮނީ….”
ޝެޒާނިކަން ހާސްވެފައި އަހައިލިއެވެ.
“މުނާޒް….ހީ ޗީޓެޑް އޮންމީ….އައި ހޭޓް ހިމް….”
ނޫރްގެ ލޮލުން އޭރުވެސް ކަރުނަ އަންނަމުން ދިޔައެވެ.
“ހައު ޑޭއަރ ހީ….އަމް ގޮނަ ކިލް ހިމް….”
ޝެޒާގާތަށް ވެސްއައީ އަމަށަކު ރުޅިއެއްނޫނެވެ.
“ނޯ އަޅާނުލާ….އޭނައާ ވާހަކަ ވެސް ދައްކާނެ ކަމެއްނެތް… އަމް ގޮއިން ހޯމް…ޝެޒް ދޭ ޕާޓީއަށް….”
ނޫރްމިހެން ބުނެހިނގާގަތީ ޝެޒާދެއްކި އެއްވެސް ވާހަކައެއް އަޑުއެހުމެއް ނެތިއެވެ.
“ނޫ….އެޓްލީސްޓް ލެޓްމީ ޑްރޮޕް ޔޫ…..”
“ނޫން އިޓްސް އޯކޭ…އަލް ވޯކް….ޔޫ ގާއިސް ގޯ….”
ނޫރް ގޮތްދޫނުކުރާނެ ކަން އިނގޭތީވެ ޝެޒާމެން ދިޔައީއެވެ. ނޫރް މަންޒިލެއް ނެތް މީހެއް ފަދައިން ހިނގަމުން ދިޔައިރު ލޮލުން ކަރުނަ އަންނަމުން ދިޔައެވެ. ނޫރްމަގުގެ ދެކޮޅު ބަލާލުމެއްނެތި ގޯޅިއެއް އަޅާލީ ވިސްނުމަށް ގެއްލިފައިހުރެއެވެ. އެވަގުތު އެހެންއައި ކާރެއްގަައި ޖެހި ނޫރް ވެއްޓުނެވެ. ކާރުދުއްވަން އިންމީހާ ކުއްލިއަކަށް ބުރެކި ޖެއްސިނަމަވެސް ނޫރްގެ ގައިގައި ކޮންމެވެސް ވަރަކަށް ޖެހުނެވެ. އެވަގުތު ބޯކޮށް ވާރޭ ވެހެން ފެށިއެވެ. ނޫރްވެފައިން ދެރަ ރުޅިއަށް ބަދަލުވާކަށް މާކަ ގިނައިރެއްނުނެގިއެވެ. މުނާޒްދެކެ އައިސްފައި ހުރި ރުޅި ނޫރް ބާލަން ބޭނުންވީ އެކާރު ދުއްވަން އިންމީހަކަށެވެ. އެވަގުތު ކާރުގެ ދޮރުހުޅުވާލަމުން ޒުވާނަކު އައިސްނޫރްގެ ކައިރީގައި މަޑުކޮއްލިއެވެ.
“ހޭ….އާ ޔޫ އޯކް؟….އަމް ސޯ ސޮރީ….ގަސްތުގައެއް ނޫން…..އާ ރޫ ހާޓް؟…”
އެއިވިގެން ދިޔައީ ފިރިހެންވަންތަ ރީތިއަޑެކެވެ. ހާދަ ހިތްގައިމެވެ. ނޫރްއަށް އެންމެ ރީތި ލަވަކިޔުން ތެރިންގެ އަޑުތަކަށް ވުރެ މިޒުވާނާގެ އަޑު މާ ރީތިކަން ގައިމެވެެ. ނޫރް ކުއްލިއަކަށް ތެދުވިއިރުގައި ހީވަނީ ދިރޭއެއްޗެއް ކަށިޖެހި ހެންނެވެ. ޒުވާނާ ހުރީ ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ. ނޫރް އެޒުވާނާ ކީ އެއްޗަކަށް ބަލާލުމެއްނެތި މަގުމަތި ހޯދާލުމަށްފަހު އެތަނުގައި އޮތް ގާބުރިއެއް ނެގިއެވެ. ޢަދި އެއައި ގޮތަށް ގޮސް އެޒުވާނާގެ ކާރުގެ ބިއްލޫރިގަޑަށް އަމާޒުކޮށް އެއްލިއެވެ. އެގާބުރިން ޖެހި އެޒުވާނާގެ ކާރުގެ ބިއްލޫރިގަނޑު ކުޑަކޮށް ރެދުލައިގެން ދިޔައެވެ. މީ އަނެއްކާ ބޯހަމަ ނުޖެހޭ ކުއްޖެއްބާއޭ އެ ޒުވާނާ ހިތަށްއެރިއެވެ.
“ކީކޭ ހިތަށް އަރައިގެން ތިއުޅެނީ…..ހިތުން ކާރެއް ދުއްވަން ލިބިފައި އޮތީމަ ތިމާ ވަރެއް ނެތޭ ދޯ….މަގުމަތިން ދާހާ މީހެއްގައި ޖައްސަމުން ތި ދުއްވަނި ތިމާގައި ހުރި ފޮނިކަން އަންގަން ދޯ….މިހާރު ހުންނާނީ ކާރު ދުއްވިފަ….”
ނޫރް އެހުރިހާ އެއްޗެއް ކީއިރުވެސް އެޒުވާނާ އެއްވެސް އެއްޗެކޭ ނުބުނެއެވެ.
“ވަންސް އެގެއިން އަމް ސޯ ސޮރީ…..ގަސްދުގައެއް ނޫން އިނގޭ…..ގޯޅި އަޅާލިތަނުން ކުއްލިއަކަށް ކުރިމަށްޗަށް އެރީމަ ކޮންޓްރޯލް ނުވީ….ތަނަކަށް ތަދުވޭތަ އެބަ؟…ގެއަށް ލާ ދޭން ވީ ތަ؟….ނޫނީ ހޮސްޕިޓަލަށް ދާންވީ ތަ؟…”
ޒުވާނާ ވާހަކަ ދެއްކީ ނިކަން މަޑުމައިތިރި ކޮށެވެ. ޢެހެން ކަމުން ނޫރް އަށް އިތުރަށް ބުނާނެ އެއްޗެއް ނޭންގުނެެވެ.
“ނޯ….އިޓްސް އޯކް….ހިނގާލާފަ ގޮސްފާނަން….”
ނޫރްބުނެލީ މޫނުކުނި ކޮއްލައިގެން ހުރެއެވެ.
“މިހާރު އިނގިއްޖެ މީހެއްގައި ކާރުން ޖެހިއްޖެއްޔާ ވާނީ ކިހިނެއްކަން…”
ޒުވާނާ ކާރުގެ ބިއްލޫރިގަނޑު ދައްކާލަމުން ބުނުމުން ނޫރް ތުންއަބުރާލިއެވެ. އަދި ގެއަށް ދިއުމަށްޓަަކައި ހިނގާގަތީ އިތުރުއެއްޗެކޭ ބުނުމެއްނެތިއެވެ. ނޫރް ދިޔަތަން ބަލަން ހުރެފައި ޒުވާނާވެސް ކާރަށް އަރާ ދުއްވާލިއެވެ. ނޫރް ގެއާއި އަރާހަމަވުމުން ފޯނުންގަޑި ބަލާލަމުން ވަންނަން ހިނގާގަތެވެ. ނޫރް ގޭގެ ދޮރާށި ކުރިމަށްޗަށް އެރިތަނާހެން މީހަކު އައިސް ނޫރްގެ ކޮޑުގައި ހިފާ ނިކަންބާރަށް ފާރާލަައި ހިފަހައްޓައިލިއެވެ. ނޫރްމިހާރު ވަނީ އެމީހާއާއި ފާރާއި ޖެހިފިތިފައެވެ. ނޫރް އިސްއުފުލާ ބަލާލިއިރުގައި އެއީ މުނާޒްނޫން ދެވަނަ މީހެއްނޫނެވެ.
“ލެޓް މީ ގޯ…..”
ނޫރް ގަދަހަދާލަމުން ބުނެލިއެވެ. މުނާޒްމިހާރުވެސް ހުރީ ހަމަހޭގައި ހެނެއް ހީއެއްނުވެއެވެ.
“ލޯބީ….އައި ލަވް ޔޫ އޭ…..އެ އެވަރުގެ ކަމެއްނޫނެއްނު ބުރޭކް އަޕް ވާކަށް….”
މުނާޒް ވާހަލަ ދައްކަންފެށުމުން ދުވި ނުބާވަހުން އެހުރީ ހަމަހޭގައެއް ނޫންކަން ނޫރައަށް ޔަގީންވެއްޖެއެވެ. ނޫރް ބަލާކަށް ނުހުރެ މުނާޒްގެ އަތުގައި ދަތްއެޅިއެވެ.
“ހަމަ މިހާރު ދޫކުރޭ މަގެ އަތުން…..”
ނޫރްގެ އަޑުބެދުނީ އަނގަމަށްޗަށް އަރާގެން ދިޔަ ހަމަލާއެއްގެ ސަބަބުންނެވެ. ނޫރް ނިކަން ހާސްވެފައި މުނާޒްއާއި ދިމާއަށް ބަލާލި އިރުގައި ނޫރްގެ އަނގަފެޅި ލެއި އަންނަމުން ދިިޔައެވެ.

Share Article

Follow Me Written By

InaaSh

Level 210 Stories100 Comments

Other Articles

Previous

އިތުރަށް ހަމަ ލޯތްބޭ ވެވެނީ 3

Next

ދުޢާ 22

Next
September 29, 2018

ދުޢާ 22

Previews
September 29, 2018

އިތުރަށް ހަމަ ލޯތްބޭ ވެވެނީ 3

40 Comments!

  1. lotus says:
    September 29, 2018 at 11:05 am

    Adhi nunimey dhw.. when is the nxt part

    1. InaaSh says:
      September 29, 2018 at 12:00 pm

      Sorry lotus hadhan nethigen nunimey nujehi iny….insha allah next part mondayga… ?

  2. InaaSh says:
    September 29, 2018 at 12:07 pm

    Ahsalamualaikum all…mee alhugadu alah mi gothah wahaka eh liya furathama faharu..so yes there will be mistakes..mi wahaka ah libey faadu kiyun thakaky wes alhugadah libey kuri erumeh kamah dhekeynan…insha allah next part mondayga..enjoy.. ?

  3. Min Holly says:
    September 29, 2018 at 12:15 pm

    Nice story…waiting for the next part ?

    1. InaaSh says:
      September 29, 2018 at 2:44 pm

      Jazakillah khairan…?

  4. YoYo Tevar says:
    September 29, 2018 at 12:47 pm

    Beautiful ??

    1. InaaSh says:
      September 29, 2018 at 2:45 pm

      Jazakillah khairan yo yo tevar… ?

  5. Leen says:
    September 29, 2018 at 2:16 pm

    Salhi

    1. InaaSh says:
      September 29, 2018 at 2:45 pm

      Jazakillah khairan ?

  6. Shiha says:
    September 29, 2018 at 2:23 pm

    Mi vaahaka varah varah salhi,kuriyah huri part thah vvvv riithi vaanekamah unmiidhukuran ?

    1. InaaSh says:
      October 1, 2018 at 6:24 am

      Jazakillah khairan… ?

  7. Shakko says:
    September 29, 2018 at 2:53 pm

    Vaahaka nimunee thr??
    V salhi…

    1. InaaSh says:
      September 29, 2018 at 3:26 pm

      Jazakillah khairan ? nuney adhi nunimey ?

  8. yoonmin says:
    September 29, 2018 at 2:54 pm

    Nice story

    1. InaaSh says:
      September 29, 2018 at 3:27 pm

      Jazakillah khairan ?

  9. flower says:
    September 29, 2018 at 2:56 pm

    Awesome ?

    1. InaaSh says:
      September 29, 2018 at 3:27 pm

      Jazakillah khairan ?

  10. Erum says:
    September 29, 2018 at 3:19 pm

    Ryyyyhcheyyyy ??
    I hate you munaz ?
    Dhn vaane gotheh neyngeythy mirey nidheyne kamehvx neynge Avas kohla dheyn v nu ?

    1. InaaSh says:
      September 29, 2018 at 3:29 pm

      Hehe…jazakillah khairan ? insha allah mondayga up kohladheynan…. ?

  11. Anonymous says:
    September 29, 2018 at 3:53 pm

    Maa sha Allah. Vrh salhi.. ??????? Ekam dear, part thakuge number jahahchey ingey. Mihen innaathee heevanee short story eh hen.☺️ Good job dear and keep it up the good work

    1. InaaSh says:
      September 29, 2018 at 6:02 pm

      Jazakillah khairan..? hadhaan nethigen number nujehi eyny…dhan faharakun jahaanan insha allah ?

  12. Knmewes meeheh says:
    September 29, 2018 at 4:08 pm

    Vahaka rythi… waiting for next part

    1. InaaSh says:
      September 29, 2018 at 6:00 pm

      Jazakillah khairan ?

  13. Jenna says:
    September 29, 2018 at 6:26 pm

    Wow…? aslu heekure mee kuru vaahka eh kama ?
    But dhigu vaahka eh veema I’m so EXCITED ?

    1. InaaSh says:
      September 29, 2018 at 8:12 pm

      Jazakillah khairan…? hadhan nethigen ehwana baey nujehi aee…dhan ihna epi ga insha allah hadhan koh part number liyaanan… ?

  14. No one says:
    September 29, 2018 at 8:02 pm

    Heevey vrh reethi vaanehen..
    Keep it up dear..❤❤❤

    1. InaaSh says:
      September 29, 2018 at 8:11 pm

      Jazkillah khairan ?

  15. No one says:
    September 29, 2018 at 10:19 pm

    Vr nice… Maasha allah.. waiting for next part ♥️

    1. InaaSh says:
      October 1, 2018 at 6:17 am

      Jazakillah khairan no one ?

  16. Reader? says:
    September 29, 2018 at 10:43 pm

    Awsome story….waiting for next part…. ?

    1. InaaSh says:
      September 30, 2018 at 5:47 am

      Jazakillah khairan ?

    2. Anonymous says:
      September 30, 2018 at 9:37 pm

      Reader miee Alhe boy eh tha girl eh tha?? hehe. Hama ahaaly ingey.. Btw InaaSh dear story Vrh reethi.. Maa sha Allah.. ????? good job and keep it up the good work dear.. ?☺️??????????

    3. InaaSh says:
      October 1, 2018 at 6:29 am

      Hehe….jazakillah khairan anonymous ?

  17. illy says:
    September 30, 2018 at 1:43 pm

    Vv riithi.

    1. InaaSh says:
      September 30, 2018 at 5:31 pm

      Jazakillah khairan ?

  18. Some1? says:
    September 30, 2018 at 7:10 pm

    Maasha allah Varah reethi. Kuriah huri part thah ves reethi vaane kama mibalanee????

    1. InaaSh says:
      October 1, 2018 at 6:18 am

      Jazakillah khairan ?

  19. Rozy says:
    October 1, 2018 at 6:06 pm

    Vahaka vara Sali kudako English bas benukofa othyma kada but story sali

    1. InaaSh says:
      October 5, 2018 at 5:57 pm

      Jazakillah khairan ?

    2. InaaSh says:
      October 6, 2018 at 6:02 am

      Jazakillah khairan Rozy ?

Comments are closed.


All Right Reserved!