Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެން ވަކިވާކަށް (ހަވަނަބައި)

InaaSh Level 210 Stories100 Comments
October 7, 2018 3 Mins Read
24 Comments

މާހިލްގެ މޫނު ނޫރްގެ މޫނާކައިރިވަމުން ދިޔަވަރަކަށް ނޫރްގެ ހިތްތެޅެމުން ދިޔައީ އޮބި ނޯންނަވަރަށެވެ. މާހިލްއަށްވެސް ނޫރްގެ ހިތުގެތެޅުން އިވޭނެކަން ގައިމެވެ. ނޫރްއޮތީ ލަދުން އިސްއުފުލާލަންވެސް ނުކެރިފައެވެ.
“އުހުމް…..އުހުމްމް….”
މީހަކު ކަރުކެހިލި އަޑަށް މާހިލްއާއި ނޫރްއާ އެކުއެކީގައިހެން ބަލާލިއިރުގައި ނުއުމާން ދޮރުމަތީގައި ހުރީ ލޯމަތީގައި އަތްއަޅައިގެންނެވެ. ނޫރްތެޅިގަންނަމުން އަވަސް އަވަހާ މާހިލްގައިމަތިން ތެދުވިއިރުގައި މޫނުވަނީ ލަދުންގޮސް ރަތްވެފައެވެ. މާހިލްވެސް ތެދުވަމުން ނޫރްއަށް ބަލާލިއެވެ. ނޫރް ހީވަނީ ލަދުންއެތަނަށް ވިރިދާނެހެންނެވެ. އިސްއުފުލާ ބަލާވެސްނުލާ ހުއްޓެވެ.
“ސޮރީ ނޮކް ނުކޮށް ނުބާ ގަނޑިއެއްގަ ދޯ މިއާދެވުނީ….ދޮންބެ ދައްތައަށް މަންމަ އެބަ ގޮވާ…..”
މާހިލްގެ އަނގައިގައި އެއްބައި އޮއްވާ ނޫރްވައިރޯޅިއެއް ހެން އެތަނުން ނިކުމެގެން ދިޔައެވެ. ނުއުމާން ހިފަހައްޓާލައިގެން ހުރި ހިނިގަނޑު ފަޅައިގެން ދިޔައީ ނޫރްދިޔައީމައެވެ. ނޫރް ހުރިގޮތް ފެނިފައި އެގަނޑީގައި ހޭން ނުކެރުނީއެވެ.
“ދޮންބެ ނޫރްގެ މޫނު ފެނުނުތަ؟…ހެހެހެ….ސީރިއަސްލީ ޝީ ވޯޒް ބްލަޝިން…..ދޮންބެ އެކަމް ދޯ….މެރީ ނުކުރެވިގެން އުޅެނިކޮށް ކޮންހާ ރޮމާންސެއް ކުރާކަށްތަ؟…”
ނުއުމާން ހެމުން ހެމުންގޮސް މާހިލްގެ ކޮޑުގައި ޖަހައިލިއެވެ.
“ސާބަހޭ….މީސް މީހުން ކޮޓަރިއަށް ވަންނަ އިރު ނޮކް ކުރުމެއްވެސް ނެތީ ތަ؟….އެއްވެސް މެނާސް އެއް ހަދާނަކު ނެތްދޯ މިހާރަކު؟…”
މާހިލް ނުއުމާންގެ ކަންފަތް އަބުރާލަމުން ބުނެލީ ސަމާސާ ރާގެއްގައެވެ.
“އައުޗް…..ދޮންބޭ….”
“ހޫމް….ދެން މެރީކުރީމަ ކަންފަތަށް އުގުރި ޖަހާފަ ލޮލުގަ ފޮތި އައްސާފަ ނޮކް ކޮއްފައައިސް ވަންނާނީ…..އެހެން ނޫނިއްޔާ ދެންނޭންގެ ފެންނާނެ މަންޒަރެއްވެސް….”
ނުއުމާން ބާރަށް ހީގަންނަމުން ދުއްވާގަތީ މާހިލްއާއި ދިމާއަށް ދޫނެރެލަމުންނެވެ.
“މާން ޔުއަރ ޑެޑް…..”
މާހިލް ނުއުމާންގއ ފަހަތުން ދުއްވައިގަތެވެ. ކަންދިމާކުރި ގޮތުން މާހިލް ގޮސް ލައިގަތީ ސިޑިން އަރަމުންއައި ނޫރްގެ ގައިގައެވެ. މާހިލްއަށް ނޫރްގެ ހަށިގަނޑު ބެލެންސް ކޮއްލެވުނީ ހަމަކިރިޔާއެވެ. ނޫންނަމަ ސިޑިންވެއްޓި އަނިޔާއެއް ވީސްކަން ގައިމެވެ. އެވަގުތު ކޮޅުވެސް ދެމިގެން ދިއުމަށް މާހިލްގެ ހިތް އެދެމުންދިޔައެވެ.
“ކެއަރފުލް ލަވް….އާ ޔޫ އޯކޭ؟…”
ނޫރްއަށް އަދިވެސް ހުރެވުނީ ނޫރްގެ އޮނަގަނޑުގައި ހިފަހައްޓައިލައިގެންނެވެ.
“ހޫމް….”
ނޫރްގެ ޖަވާބު ކުރެވެ. ނޫރްހުރީ އިސްޖަހައިލައިގެންނެވެ. ނޫރްގެ ހިތުގެ ތެޅުން މާހިލްއަށް އިވުނުފަދައެވެ.
“ތިވަރަށް ހިތްތެޅެންޔާ ހިތް އޮބިނޯވެގެން ނިކުމެދާނެ….އެހެންނޫނިއްޔާ ފެއިންޓް ވެއްޖެއްޔާ ކިހާ ދެރަ….”
މާހިލްގެ ކޮންމެ ޖުމްލައަކުން ނޫރްއަދި ބޮޑަށް ލަދުގަންނަ ގޮތްވިއެވެ. ފައިގެ ހުޅުން ވާގިގޮސް ނުވެއްޓުނިއްޔާ ރަގަނޅެވެ. ނޫރްއަށްވީގޮތް ފެނި މާހިލްއަށް ހިނިތުންވެލެވުނެވެ. މާހިލް ނޫރްގެ ހަށިގަނޑުން ދޫކޮށްލަމުން ސިޑިންފޭބީ ނޫރްގެ އަތުގައި ހިފައިލައިގެންހުރެއެވެ.
“މާޝާ ﷲ…..”
ޝާމާގެ އަޑުއިވުމުން ނޫރް އަވަސް އަވަހާ މާހިލްގެ އަތްފޮޅުވާލިއެވެ. ނޫރްއަށް ވީގޮތް ފެނިފައި މާހިލް ކައިރިއަށްއައީ ނުލަފާ ހިންޔެކެވެ. އާއިލާ އެންމެންގެ މޫނުމަތިންވެސް ފެންނަމުންދިޔައީ އުފާވެރިކަމެވެ. އެންމެންވެސް އިންތިޒާރު ކުރަމުންއެދަނީ އެކައިވެނި ކުރެވޭނެ ދުވަހަކަށެވެ. މާހިލްގެ ސަބަބުން ނޫރްގެ ހިތަށްވެސް ގޮތްތަކެއް ވާކަން ގައިމެވެ. ނަމަވެސް އެކަން އެހާ ފަސޭހައިން ގަބޫލުކުރާކަށް ނޫރްބޭނުމެއްނޫނެވެ. އެކި ކަންކަމުގައި ދުވަސްތައް ފާއިތުވަމުން ދިޔައީ ދާދި އަވަހަށެވެ. އެންމެ ފަހުން ކައިވެނިކުރެވޭ ދުވަސް ވެސް އައިސް ޖެހިއްޖެއެވެ. ކައިވެނީގެ ހަފްލާ އޮތީ އަނިލްގެ ރިސޯޓެއްގައެވެ. އެހެންކަމުން ކައިވެނީގެ އެއްދުވަސްކުރިން ނޫރްގެ އާއިލާގެ މީހުންނާއި މާހިލްގެ އާއިލާގެ މީހުންނާއި ރަށްޓެހިން ހަވަނައަށްވީ ދުވަހު ރިސޯޓަށްދާން ފުރިއެވެ. ހަތެއްގައި އޮތްކައިވެނި ޕާޓީއަށް ރިސޯޓް ތައްޔާރު ކޮއްފައިވާލެއް ވަރަށްވެސް ފުރިހަމައެވެ.
“ވާވް….އަހަރެންގެ ވާންއުޅޭ ޅިޔަނު ހާދަ ކިއުޓް އޭ ދޯ؟…”
ޝެޒާއަށް އެންމެ ވަގުތުކޮޅަކުވެސް އަނގަމަޑުންލައިގެނެއް ނީންދެވެއެވެ. ނޫރްއަށް ހިނިތުންވެލިއެވެ. ޝެޒާގެ އަނގަގަޑު މައިތިރި ނުވާނެކަން މާ ކުރިންވެސް ނޫރްއަށް އިނގުނެވެ. ނޫރްއަށް ލޯންޗްއިން ފައިބަންވެސް އެހީތެރިވެދިނީ މާހިލްއެވެ. މާހިލްގެ ފަރާތުން ލިބިމުންދާ ގާތް ކަމުން ނޫރްހުރީ ވަރަށް ހިތްހަމަޖެހިފައެވެ. އާދުވަހަކަށް އިރުއަރަން ވާއިރަށް ނޫރްހުރީ ރާޅުބީއްސާ ހިސާބުގައެވެ. ހިތްބިރުގަންނަ ވަރުން ނިދަންވެސް ނޯވެވުނީއެވެ. އަނެއްކާ ޝެޒާމެން ދިމާކުރާވަރުން ނޫރްގެ ހިތްތެޅެމުންދިޔައީ އެހާމެ ބާރަށެވެ. މިއަދުން ފެށިގެން ނޫރްގެ މުޅިދިރިއުޅުން ބަދަލުވެގެން ދާނެއެވެ. މިކުރެވެނީ ރަގަނޅުކަމެއް ބާއޭ އަދިވެސް ނޫރްގެ ހިތަށް އަރަމުންދިޔައެވެ.
“މޯނިން ލަވް….”
ނޫރްބަލާލިއިރުގައި މާހިލްއައިސް ނޫރްކައިރީގައި މަޑުކޮއްލަނީއެވެ.
“މިގަނޑީގަ މިތާ ކިހިނެއްވެފަ؟…”
މާހިލް ނޫރްގެ މޫނަށް ނަޒަރު ހިންގާލަމުން ބުނެލިއެވެ. ނޫރް ދިގު ޓީޝާޓަކާއި އެކު ޖެކެޓެއްލައިގެން ހުރިއިރުގައި ލައިގެންހުރި ސްކިނީގެ ފައިކުރި ވަނީ ތަބިކައްޓާއި ހަމައަށް އޮޅައިލައިފައެވެ. އެ ދޮން ދޮން ފައިތިލައިގައި އެއްވެސް ހުރަހެއްނެތި ރާޅު ބީއްސަމުންދިޔައިރު ނިކަން ހިތްގައިމެވެ. މާހިލްބަލަން ހުރިކަން އިނގުމުން ނޫރްލަދުގަންނަ ގޮތްވިއެވެ. މާހިލް އެހެން އެންމެނާ ހާދަތަފާތެވެ. މުނާޒްއާއި އެކު އުޅުނުއިރުވެސް ނޫރްއަށް މިކަހަލަގެ އެއްވެސް އިހްސާސެއް ނުކުރެވެއެވެ.
“ނިދި ނައިސްގެން ނިކުމެލީ ހަމަ….ސަންރައިސް ބަލާލަން….”
“ބިރުގަންނަނީ ދޯ….”
ނޫރްއަށް މާހިލްއާއި ދިމާއަށް ބަލާލެވުނެވެ. މާހިލްހުރީ ހިނިތުންވެލައިގެންނެވެ. ނޫރް މަޑުމަޑުން “ހޫމް” އޭ ބުނެލިއެވެ.
“ހެހެ…އަހަރެންވެސް….އަހަރުމެންގެ ދިރިއުޅުމުގެ އާފެށުމެއްފެށޭ ދުވަސް މިއަދުމީ….އިންޝާﷲ….އެވްރީތިންވިލްބީ ފައިން….ޑޯންޓް ވޮރީ….”
މާހިލް ނޫރްއަށް ހަދިޔާކޮއްލީ ނިކަން ހިތްގައިމު ހިނިތުންވުމެކެވެ. ނޫރްއާއި މާހިލްދިޔައީ އިރުއަރާމަންޒަރު ބަލާލުމަށްފަހުގައެވެެ. ކޮޓަރިއަށް ދިޔައިރު ނޫރްހުރީ ކުޑަކޮށް ހަމަޖެހިލައިފައެވެ. ނަމަވެސް ކައިވެނީގެ ވަގުތު ކައިރިވަމުން ދިޔަވަރަކަށް ނޫރްގެ ހިތުގެ ތެޅުންވެސް ބާރުވަމުންދިޔައެވެ. ކައިވެންޔަށް ނޫރްތައްޔާރުވަމުންދިޔައިރު ނާހިދާވެސް ހުރީ އެތަނުގައެވެ. ނޫރް ތައްޔާރުވެ ނިމުނު ތަނާއިހެން ރިޔާޒްވެސް އައިސް އެތަނަށްވަނެވެ.
“މާޝަﷲ….ބައްޕަގެ ޕްރިންސެސް…..ބައްޕަ ވަރަށް އުފާވެއްޖެ ދަރިފުޅަށް ރަގަނޅު ދިރިއުޅުމެއް ލިބެންއުޅޭތީވެ….. ބައްޕަ ދަރިފުޅަށް އަބަދުވެސް ހެއުދުއާ ކޮއްދޭނަން….”
ރިޔާޒްގެ ލޮލުން ކަރުނަތައް ހިފަހައްޓައެއް ނުލެވުނެވެ. ނާހިދާއަށްވެސް ރޮވުނެވެ. ނޫރްހުރީ ނުރޯން ހިތްވަރުކޮއްލައިގެނެވެ. ޝެޒާ މޭކަޕް ހަޑިވާނެއޭ ކިޔާވަރުން ރޯކަށްވެސް ނުކެރުނެވެ. އެވަގުތު ރާއިންވެސް އައިސް ނޫރްއަށް ތައުރީފް ކޮއްލަމުން އާއިލާއެއްކޮށް ސެލްފީއެއް ނަގާ ރައްކާކޮއްލިއެވެ.
“ހިނގާ ދަމާ ދަރިފުޅާ….ކައިވެނި ކުރާ ވަގުތު ޖެހިއްޖެ….”
އެންމެން އެކީގައި ނޫރްގޮވައިގެން ދިޔައީ ކައިވެނިކުރަން ހަމަޖެހިފައިވާ ތަނަށެވެ. ނޫރް ފެނުމުން ޝާމާއަށް ދުރަކު ނުހުރެވުނެވެ.
“މާޝަﷲ….މަންމަގެ ދަރިފުޅު…މާތް ﷲ ދަރިފުޅު އެސްފީނާއިން ސަލާމަތްކުރަށް ވާށި….”
އަނިލްވެސް އައިސް ނޫރްގެ ބޮލުގައި ފިރުމާލީ ނިކަން ލޯބިންނެވެ. އެވަގުތު މާހިލްހުރީ ނުއުމާންއާއި ނަވީލްއާއި ވާހަކަ ދައްކަން ތަންކޮޅެއް ދުރުގައެވެ.
“ދޮންބެ ފަހަތް ބަލާލާފަ ފެއިންޓް ނުވަށްޗޭ އިނގޭ….ވާން އުޅޭ ފަހަރި އިޒް ލުކިމް ގޯޖަސް…..ކުރީބައިގައި ވޯނިންއެއް އިނގޭ މިދިނީ….”
މިފަހަރު މާހިލްއާއި ސަމާސާ ކޮއްލީ ނަވީލްއެވެ. ހިނިގަނޑެއް ޖަހައިލަމުން ފަހަތް ބަލައިލި މާހިލްގެ އަތުގައި އޮތް ފޯނުވެސް އަތުން ދޫވެގެން ބިންމަށްޗަށް ވެއްޓުނެވެ. ނޫރްއަށްވެސް މާހިލްއާއި ހަތަރުކަޅި ބައްދަލުވުމުން އެހެންދިމާއަކަށް ބަލާލާކަށް ނޭންގުނެވެ.
(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

InaaSh

Level 210 Stories100 Comments

Other Articles

Previous

ލޯތްބަކީ 17

Next

ލޫތާއި އަލްސަން

Next
October 7, 2018

ލޫތާއި އަލްސަން

Previews
October 7, 2018

ލޯތްބަކީ 17

24 Comments!

  1. Star says:
    October 7, 2018 at 8:01 am

    Yayyyy..i am first dhw…Oh my god …hama hambeys…ngey…vrh salhi..?????kn iraku aneh part???bt haadha kurey dhn bai dhigu klla dhechey

  2. InaaSh says:
    October 7, 2018 at 8:11 am

    Sorry readers mi baiwes varah kuru dho… dhan in bai dhigu waane insha allah… and e part tomorrow up kohladheynan insha allah… ?

  3. Reader? says:
    October 7, 2018 at 8:12 am

    Yay me first… cant wait for tomorrow part… ?

    1. InaaSh says:
      October 7, 2018 at 8:14 am

      Hehe.. next part tomorrow insha allah ?

  4. Jenna says:
    October 7, 2018 at 8:50 am

    Salhi?
    Dhen kihineh baa vaan kuriya othee I guess?
    And some parts kuras Inaash
    ehaa gina dhuvas delay nukoh up kohdheytheve varah rangalhu?

    1. InaaSh says:
      October 7, 2018 at 9:51 am

      Jazakillah khairan

    2. InaaSh says:
      October 7, 2018 at 9:52 am

      It means a lot jenna…? jazakillah khairan for the compliment ☺

  5. N@$H says:
    October 7, 2018 at 10:19 am

    Wow ????

    1. InaaSh says:
      October 7, 2018 at 12:46 pm

      Jazakillah khairan ?

  6. Haapy✌️? says:
    October 7, 2018 at 10:27 am

    ♥️♥️♥️??? vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv nice

    1. InaaSh says:
      October 7, 2018 at 12:46 pm

      Jazakillah khairan ?

  7. Thaashaa says:
    October 7, 2018 at 11:12 am

    Varah reethi

    1. InaaSh says:
      October 7, 2018 at 12:45 pm

      Jazakillah khairan ?

  8. އައިސާ says:
    October 7, 2018 at 11:13 am

    މާޝާ ﷲ ވަރަށް ރީތި.

    1. InaaSh says:
      October 7, 2018 at 12:45 pm

      Jazakillah khairan ?

  9. YoYo Tevar says:
    October 7, 2018 at 11:48 am

    ? reethi
    ❤? maahil

    1. InaaSh says:
      October 7, 2018 at 12:45 pm

      Jazakillah khairan ?

  10. Airah says:
    October 7, 2018 at 12:07 pm

    Vvv Reethi masha Allah .Waiting for the Next Part

    1. InaaSh says:
      October 7, 2018 at 12:44 pm

      Jazakillah khairan ?

  11. Mal says:
    October 7, 2018 at 12:33 pm

    ??Maa shaa allah varah reethi, ?? Kuriah.. 2 kudhinnah baahjaveri ufaa veri dhiri ulhakah edhen ?

    1. InaaSh says:
      October 7, 2018 at 12:44 pm

      Jazakillah khairan ?

  12. Anonymous says:
    October 7, 2018 at 12:40 pm

    Maa sha Allah.. Alhey haadha reehchey.. Dhnnnnnn.. Kiyaa hithun nuves hurevey.. Dea kon irakun tha next part.. Hama nuhurevey.. ☺️☺️??????????❤️❤️❤️❤️????????????

    1. InaaSh says:
      October 7, 2018 at 12:44 pm

      Heheh insha allah madhama up kohlaanan…
      Jazakillah khairan ??

  13. Queen Dandelion says:
    October 7, 2018 at 5:41 pm

    Woah..????????masha allah…it’s very interesting…??☺??????Sifakurunthah vrh vrh vrh furihama…??????Emme habbu hisaabun thi nimmaaly…???????hehe..?????e maaix gandu mihaaru ulheny kihineh baa?????????vrh vrh vrh vrh vrh foohivey e golaa dheke..???????????InaaSh dear stry kuriah gendhaa goiy vrh salhi masha allah..☺?????Jazakhallah khairan for uploading this part☺???????luv youuuuuu bodukoh sissy??????❤❤

Comments are closed.

Next Episodeނޭދެން ވަކިވާކަށް (ހަތްވަނަބައި)←


All Right Reserved!