މާޒީ (ތިންވަނަބައި)
އެޒުވާނާވެސް ތެދުވެ ގައިގައިހުރި ވެލިތަށް ފޮޅާލަމުން ބަލާލިއިރުގައި ދެބުމަވަނީ ގޮށްޖެހިފައެވެ. ނަމަވެސް އެއަންހެންކުއްޖާ ބަލަންހުރި ލޯބި ގޮތުން ޝާއިންގެ ރުޅިމުޅިންހެން ފިނިވެގެން ދިޔައީ ކިހިނެއްކަމެއްވެސް ނޭންގުނެވެ. ނާއިރާގެ ފަންއިސްތަށިގަނޑު ތެމިފައި ހުރުމުން އެއްބައި އިސްތަށިތަށް މޫނުގައި ތަތްލައިފައި ހުރުމުން ނިކަން ރީއްޗެވެ. ލައިގެންހުރި ހެދުންތެމިފައި ވުމުން ހަށިގަނޑުގައި ހިފައިލައިފައި ހުރިގޮތުން އެޒުވާން ހަށިގަނޑުގެ ރީތިބައްޓަން ހާމަ ވަމުންދިޔައެވެ. ޝިއާންއަށް ހުރެވުނީ އެއަންހެންކުއްޖާގެ ރީތިކަންފެނިފައި ހިންދިރުވާލަންވެސް ނޭންގިފައެވެ. ކުރިމަތީގައި ހުރިޒުވާނާ އެއްވެސް އެއްޗެކޭ ނުބުނެހުރުމުން ނާއިރާ ކުރިން ބުނި ޖުމްލަ ތަކުރާރު ކޮއްލިއެވެ.
”ވަންސް އެގެއިން އަމް ރެއަލީ ސޮރީ…..ގަސްތުގައެއްނޫން…..”
ޝާއިން ”އިޓްސް އޯކޭ” އޭ ބުނެލަމުން ނާއިރާއަށް ހީލިއެވެ. ދުވެފައި އައި ނައިލް ނާއިރާމެންނާއި އަރާ ހަމަވީ އެވަގުތުގައެވެ. އެޒުވާނާ އެއީ މީގެ އިރުކޮޅެއްކުރިން ނައިލްއަށް ފެނުނުޒުވާނާއެވެ. އެގޮތްނޭންގޭ އަންހެންކުއްޖާއެރި ސައިކަލު ދުއްވަންއިނީ މި ޒުވާނާކަން ނައިލްއަށް ޔަގީނެވެ.
”ނީ ޔޫ އޯކް…”
ނައިލް ނާއިރާއާއި އަރާހަމަވުމުން ސުވާލުކޮއްލިއެވެ. ނާއިރާއާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. ނާއިރާ ކައިރީގައިހުރި ޝާއިންވެސް ހީކުރީއެއީ ބޭރުދެކުދިން ކަމަށެވެ. ބަލާބެލުމަށް ހަމަ ގައިމުވެސް ރާއްޖޭދެކުދިން ވައްތަރެއްނުޖަހައެވެ. ”ވަންސް އެގެއިން އަމް ސޯސޮރީ….” އޭ ބުނެލަމުން ނާއިރާ ހިނގައިގަތީ ނައިލްއާއިއެކުގައި ގެއަށް ދިއުމަށްޓަކައެވެ. ޝާއިންވެސް ގެއަށް ދިއުމަށްޓަކާ ހިނގައިގަންނަމުން ފަހަތްބަލާލިއެވެ. ހަމަ އެވަގުތު ނާއިރާވެސް ފަހަތްބަލާލިއެވެ. ދެޒުވާނުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔަގަނޑީގައި ދެ ޒުވާނުންވެސް ހީލިއެވެ. ގެއަށްދިޔަ މަގުމަތީގައި ނައިލްއަށް ވީގޮތް ނާއިރާ ކިޔާދިނެވެ.
”ހެހެހެ….އެހެންނެއްނު ވާނީ ކުޑަބޭބީއެއް ހެން ތަނެއްދޮރެއް ބަލާނުލާ ދުވަންޔާ….”
ނައިލްނާއިރާއާއި ދިމާކޮއްލިއެވެ. ”ދެން ދޮންބޭ” އޭ ބުނަމުން ނާއިރާ ނައިލްގެގައިގައި ބޮޑިއެއް އަޅާލިއެވެ.
**********
”ދަރިފުޅާ އާދެ ސައިބޯން…..ތިއައީ އަތިރިމަތީގައި ފަސްބާޑި ތަޅާފަތަ؟…ހާދަ ވެއްޔެކޭ ގައިގަ ތިހިރީ…”
ގެއަށްވަދެގެން އައި ޝާއިން ފެނިފައި ޝާއިންގެ މަންމަ ޝާޒިޔާ ބުންޔެވެ.
”ހެހެ…އެދެންމެ ވެލިގަނޑަށް ވެއްޓުނީ….ސައިބޯނީ ފެންވަރާލައިގެން އައިސް….ކޮބާތަ ޝާ؟…”
”ޝާޔަން ވީ ކޮޓަރީގަ….ދެންދޭ ފެންވަރާލައިގެން އަންނަން މަންމަ ބަހައްޓާނަން ސައިހަދާފަ އިނގޭ…”
ޝާއިން އާއެކޭބުނުމަށްފަހު ގޮސް ވަނީކޮޓަރިއަށެވެ. ޝާއިން ދިޔަތާ ކުޑައިރުކޮޅެއްގެ ތެރޭގައި ރިޔާޒުއައިސް ގެއަށްވަނެވެ. ރިޔާޒު އައިގޮތަށް އައިސް އިށީނީސޯފާގައެވެ.
”ރިޔާ އާދޭ ސައިބޯން؟…”
”ނޫނޭ މިއައީ އަނިލްއާއި އެކީގައި ސައިބޮއިގެން….މާދަން ވާނެދޯ އެގެއަށް ޖައްސާލަން…… ކުދިންކޮޅުވެސް ގޮވާގެން ދާނީ….”
ރިޔާޒު އިނީ އަނިލް ރަށަށް ބަދަލުވުމުން ނިކަން އުފާވެ ހިތްހަމަޖެހިފައެވެ.
”އާން ދާންވާނެ …ރިޔާ ތިހާ ހިތްހަމަ ޖެހިފަ އިންދާ މިފެނުނީ ހާދަ ދުވަހެއްފަހުން ނޭ ….އަހަރެން ވަރަށް އުފާވެއްޖެ…..އަހަރެންނަށް އިނގޭ ޝާޔަންގެ ކަންތަކުގައި ރިޔާ އަބަދު ވިސްނާކަން…..އެކަމް މިހާރު ރިޔާގެ މޫނުމަތިން ފެންނަން ތިހިރި އުފާވެރިކަން އަހަރެން އަބަދު ދެކެން ބޭނުން……”
ރިޔާޒުކައިރީގައި އައިސް އިށީން ޝާޒިޔާ ދެއްކި ވާހަކަ އާއި މެދު ރިޔާޒު ވިސްނާލިއެވެ. ޝާޒިޔާވެސް އެދެއްކީ މުޅިން ދޮގުވާހަކަ އެއްނޫނެވެ.
”އިރާދަކުރެއްވިއްޔާ ދެން އަހަންނެއް އެކަމަކާ އެވަރަކަށް ނުވިސްނާނަން…..އިރާދަކުރެއްވިއްޔާ ޝާޔަންއަށް ވަރަށް އަވަހަށް ފަރުވާލިބޭނެ…..ޝާއިން މިހާރުވެސް އެދަނީ ހަމަ އެކަމަށް ސޭވްކުރަމުން……އަހަރެންއަތުގަ ވެސް މިހާރު ޝާޔަންއަށް ފަރުވާ ކުރެވޭވަރަށް ލާރި އެބަހުރި އިރާދަކުރެއްވީތީ….އަނީވެސް އެކި ގައުމުތަކުން އެކަމަށް ރަގަނޅު ފަރުވާ ލިބޭނެތަން ތަން ހޯދާތާ މިހާރު ކިތައްމެ ދުވަހެއް….ދެން އިންޝާﷲ މިވީހާ ދުވަހެއް ނުވާނެ…..ވީހާވެސް އަވަހަކަށް އިންޝާﷲ ފުރަންވީ ހަމަ….ދެންއިހަށް މިވާހަކަ ބާއްވަމާދޯ……ކޮބާތަ ޝާޔަން؟……އަދި މިއަދު ނުވެސްފެނޭ އަންނާނަން ކޮބާތޯ ބަލާލާފަ އިނގޭ…..”
”ހޫމް….ޝާޔަން ވީ ކޮޓަރީގަ….”
ރިޔާޒު ގޮސް ޝާޔަންގެ ކޮޓަރީގައި ޓަކިޖަހާލުމަށްފަހު ކޮޓަރިއަށް ވަނީކޮޓަރި ތަޅުނުލާހުރީމައެވެ. ރިޔާޒު ވަތްއިރުގައި ޝާޔަން އޮތީ އެދުމަތީގައި އޮށޯވެލައިގެންނެވެ. ރިޔާޒު ގޮސް ޝާޔަންގެ މަގަތުގައި އިށީންދެ ބަލާލިއިރުގައި ޝާޔަންއަށް އޮތީ ނިދިފައެވެ. އެހެންކަމުން ރިޔާޒު ޝާޔަންގެ ބޮލުގައި ފިރުމާލުމަށްފަހު ދިޔައީއެވެ. ރިޔާޒު ނިކުމެ ދޮރުޖެހިއަޑަށް ޝާޔަން މަޑުމަޑުން ދެލޯހުޅުވާލިއެވެ. އޭރު ޝާޔަންގެ ލޯވަނީ ފެންކަޅިވެފައެވެ. ޝާޔަންގެ ލޮލުން ކަރުނަ އަންނަންފެށީ އެއްވެސް އިހްތިޔާރަކާއި ނުލައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
18 Comments!
Comments are closed.



Here is the third part… insha Allah next part tomorrow ga .. ?
Haadha kurey mi part… ekm wes curiosly waiting for next part… adhi wahaka reethi
Jazakillah khairan…. hmmm thankolheh kuru dho… ehenwe insha allah tm upload kohladheweytho try kuraanan ?
Yay mi part wes varah salhi… ? ekm thankolheh kury… waiting for next part.. shaayan bali tha?? ?
Jazakillah khairan… next part insha allah tomorrow ga ?
?? Salhieyy
?? Naill
Jazakillah khairan ?
Hello v dhuwahah fahu dho anehkaa wes wahaka eh thi laan feshy…. anw wahaka reethi igay adhi …. ?
Thanks for uploading this part..keep it up InaaSh sis…just luv it..curiously waiting for the next???
Jazakillah khairan ?
Dhuwaskolhakah fahu inaash ge wahaka eh kiyaalan mi libuny anehkaa wes… wahaka hama habeys ??
Hehe jazakillah khairan ??
Wowwwww an obi
Jazakillah khairan ?
Very nice?????☑️☑️✔️✔️
Jazakillah khairan ?
?❤varah reethi ❤
Jazakillah khairan ??