މާޒީ (ފަސްވަނަބައި)
ދޮރުންވަދެން އައި ޝާއިންއާއި ނައިލް ދިޔައީ ސިއްސައިގެންނެވެ. ޝާއިންގެ ފަހަތުން ވަތް ނައިލްގެ ހިނިގަނޑު ފަޅައިގެން ދިޔައީ ޝާއިން އަށްވީގޮތްފެނިފައެވެ. ނާއިރާއަށް ނައިލްކަމަށް ހީކޮއް ފުއްބާލަދީއެއް މިޖެހުނީ ޝާއިންގަޔަށެވެ. ނައިލްއާއި ޝާއިންގެއަށް އައިތަން ނާއިރާއަށް ފެނުނު އިރުގައި ޝާއިންވެސް ނައިލްއާއި އެއްކޮއް ގެއަށް ވަދެދާނެ ކަމަކަށް ނާއިރާއެއް އެއްގޮތަކަށްވެސް ހީއެއްނުކުރެއެވެ. ނައިލްއަށް ދޭންއުޅުނު ލަނޑު މިދެވުނީ އެހެންމީހަކަށެވެ. ނާއިރާހުރީ ގަތްލަދުން އިސްއުފުލައި ބަލައިލަން ވެސް ނުކެރިފައެވެ.
”އަމް ސޯސޮރީ……ގަސްތުގަ ކުރިކަމެއް ނޫން……އަހަރެން ހީކުރީ ދޮންބެ ކަމަށް…….”
ނާއިރާހަމަ އެހުރިގޮތަށްހުރެ ބުނެލީ އިސް އުފުލާބަލާލުމެއްނެތިއެވެ. ޝާއިންއަށް ހުރެވުނީ ނާއިރާގެ މޫނުމަތިން ފެންނަންހުރި މައުސޫމް ކަންފެނި އެހެންދިމާއަކަށް ނަޒަރުހިންގާލަން ނޭންގިފައެވެ.
”އިޓްސް އޯކޭ…….އެވަރުގެ ކަމެއްނޫން……އެހެންވެސް ވާނެ……”
ޝާއިން ވެސް އެހުރި ގޮތަކަށް ހުރެބުންޔެވެ. ނާއިރާ އިސް އުފުލައި ބަލައިލިއިރުގައި ވެސް ޝާއިންހުރީ ނާއިރާގެ މޫނަށް ނަޒަރު ހުއްޓައިލައިގެންނެވެ. އެވަގުތުކޮޅުގައި ދެޒުވާނުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައިރުގައި ޝާއިންބަލަން ހުރިގޮތުން ނާއިރާގެ އިސްޖަހައިލެވުނީ ގަތްލަދުންނެވެ.
”އުހުމް……އުހުމް…….”
ނާއިރާއާއި ޝާއިން އެކީކަހަލަގެ ގޮތަކަށް ނައިލްއާއި ދިމާއަށް ބަލައިލިއިރުގައި ނައިލް ހުރީ ދޮރުކަނީގައި ލެގިލައިގެން ނިކަން ލާނެއްގޮތަކަށް ބަލާށެވެ.
”ހެހެހެ…..ޝާއިން ހިނގާ އެއްޗެހި ޗޭންޖު ކޮއްލަންދާން……އަހަރެންގެ އެއްޗެހި ޝާއިންއަށް ހެޔޮވަރު ވާނެ…..ތިހެން ހުރެ ގެއަށްދާކަށް ނުކެރޭނެ އެއްނު…”
ނައިލް އައިސް ޝާއިންއާއި އަރާ ހަމަކުރަމުން ނާއިރާއަށް އެއްލޯމަރައިލީ ޝާއިންއަށް ނުފެންނާނެ ހެންނެވެ. ނާއިރާވެސް ނައިލްއަށް ލޯއަޅާލިއެވެ.
”ނޫން އޯކޭ ވާނެ ގެ ހުންނަނީ މިގެއާ ވަރަށް ކައިރީގަ……އަދި ނައިލްމެނަށް ނޭންގެނީ އެކަން……”
ޝާއިން ކުޑަކޮށް ހިނިތުންވެލަމުން ބުނެލިއެވެ.
”އޯކޭ ޝާއިން ބޭނުންގޮތެއް…… އެހެންނޫނަސް އަދި މިއަދު ދިމާވާނެ އެއްނު ….ޑޭޑްބުނި މިއަދު ރިޔާޒްބެ އަންނާނެ އޯ މި ގެއަށް އިވްނިން ޓީ އަކަށް…ވިތް ހޯލް ފެމެލީ…..ސޯ ވީވިލް މީޓް އެގެއިން ހޮޕްފުލީ…”
”ޔަޕް އޯކޭ…ސޯ އިންޝާﷲ ސީޔޫދެން…….ފެންވަރާލަން މިދަނީ……ފެންނުވަރާ ނެތެއްނު ދެން ވާކަަށް……”
ޝާއިން މާނަފުން ނަޒަރަކުން ނާއިރާއަށް ބަލައިލުމަށްފަހު ދަނީ އޭ ބުނަމުން ހިނގައިގަތީ ގެއަށް ދިއުމަށް ޓަކައެވެ. ޝާއިން ދިއުމާއެކީގައި ނައިލް ނާއިރާއާއި ދިމާކުރަންފެށިއެވެ. ގެއަށް ވަދެގެން ދިޔައިރުގައިވެސް ދެމީހުންގެ ކޯޅުންގަނޑު ދިޔައީ ކުރިއަށެވެ. އެއީ އަބަދުގެ ވެސް އާދައެވެ.
*********
”ހޭ ޝާޔަން ކީއްކޮއްލަނީ…….”
ޒީނާ އައިސް ޝާޔަން އިން ޖޯލިފަތީގައި އިށީންނަމުން އަހައިލިއެވެ.
”އަހަރެން ކުރަން މާ ގިނަކަމެއް ނުހުންނާނެ ދޯ……ދެން ހަމަ އޮތީ ފިނިކޮއްލަން ވެގެން…..ޒީ ކޮންތާކަށް ތިދަނީ؟…”
”އަހަރެން ހަމަ ޖައްސާލީ ޝާޔަން ކާރިއަށް……އީއްޔަގަވެސް ނާދެވޭ ވިއްޔަ އެހެންވެ މިއަދު ފްރީގަނޑީގަ މި އައީ ހަމަ… އަސްލު ޝާޔަންއަށް އީއްޔަގަ ވީކަމެއް ކިޔާލަދޭ ހިތުން ކެއްނުވެގެން ހަމަ މި އައީ…..ޔޫ ނޯ އައި ޖަސްޓް ކާންޓް އެނީތިން ފްރޮމް ޔޫ ރައިޓް……”
ޒީނާ ޝާޔަންއާއި ދިމާއަށް ބަލައިލީ ތަފާތު ނަޒަރަކުންނެވެ. ޝާޔަން ކިތަންމެ ސާދާކޮއް އިނަސްވެސް ހާދަ ރީއްޗެވެ. ޒީނާގެ ހިތުގައި ޝާޔަންއާއި މެދުގައި ހަސަދަވެރިކަން އުފެދުނުތާ މިހާރު ކިތައްމެ ދުވަހެކެވެ. ނަމަވެސް ޒީނާއާއި ހިލާފަށް ޝާޔަން ދެކެނީ ޒީނާއެއީ ޝާޔަންގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައެވެ. ޒީނާގެ ހިތުގައިވާ އެއްޗެއް ޝާޔަންއަކަށް ނޭންގެއެވެ. ޒީނާމަތި އޮމާންކޮއްގެން އުޅޭތާ މިހާރު ކިތައްމެ ދުވަހެކެވެ.
”ހެހެހެ އަވަހާ ކިޔާދީ އެހެން ވީމަ……މީނީ އަޑު އަހަން……”
ޒީނާ އީއްޔަ ދިމާވި ހާދިސާ ކިޔާދިނީ ނިކަންހެވިފައި އިދެއެވެ. ޒީނާ ދިޔައީ ޝާޔަން ގާތުގައި ވަރަށް ގިނަ އިރު އަނގަތަޅަން އިދެފައެވެ.
”ކޮބާ އެ އަނގަ ބަނޑި ދިޔައީ ދޯ..”
ޝާޔަންގެ ކޮއްކޮ ރަޝާ އައިސް ޝާޔަން ގާތުގައި އިށީންނަމުން ބުނެލިއެވެ.
”ރީ ކީއްވެތަ ޒީނާދެކެ އެހާ ރުޅި އަންނަނީ ތި؟..އެއީ ދޮންތަގެ ކުލޯސް ފްރެންޑެއްނު…..ދޮންތަގެ އެހާގިނަ ފްރެންޑުންނެއް ނުވެސް ތިބެ އެއްނު…”
”ހެހެ…..ޒީނާ ފޮނިކަމުން އޭނަ ދެކެ ރުޅިއަންނަނީ…….ފޮނިކަޑަންވެސް އިނގޭ އަންހެނެއް އެއީ……އަބަދު ކޮންމެވެސް އެއްޗެކޭ ކިޔާފަ ފޮނިކަޑާލަ ކަޑާލަ އެ ހުންނަނީ……ހާދަ ފޫއްސެއް ވެޔޭ…”
ރަޝާކުޑަކޮށް ތުން އޮރި ކޮއްލަމުން ބުނިއިރުގައި ޝާޔަންއިނީ ހެވިފައެވެ.
”ހާދަ ހޫނޭ…….ހިނގާ އެތެރެއަށް ފިނިއެއްޗެއް ބޯލަންދާން….މަންމަވެސް އެބައިން އަހަރުން އަންނަން ދެން ވެއިޓް ކޮއްލައިގެން…….”
ރަޝާއާއި އެކީގައި ޝާޔަންދާން ހިނގައިގަތް އިރުގައިވެސް ރަޝާ ދިޔައީ އަނގަތަޅުވަމުންނެވެ. ރަޝާއަކީ ޝާޔަންއާއި ޝާއިންއާއި ބަލާފައި ވަރަށް ވެސް އަނގަގަދަ ކުއްޖެކެވެ.
ހަވީރު ވީއިރުގައި އަނިލް އާއި ނިޝާތިބީ ރިޔާޒުމެންގެ އިންތިޒާރުގައެވެ. ރިޔާޒުގެ ކުޑައާއިލާ އައިސް ވަނުމާއިއެކުގައިހެން ނިޝާ އުޅުނީ މެހެމާންދާރީ އަދާކުރުމުގައި އަވަދިނެތިއެވެ. ދެ އާއިލާވެސް ހުރިހާ ކުދިން އެކަކު އަނެކަށް ތައާރަފްކޮއްދިނެވެ. ޝާޔަން އެއީ ޝާއިންގެ ކޮއްކޮ ކަން އިނގުމުން ނައިލްއަށް ބުނަންނޭންގޭ ފަދަ ހިތްހަމަޖެހުމެއް ލިބިގެންދިޔައެވެ. ހުރިހާ ކުދިންވެސް އެކަކު އަނެކަކާއި އެކުވެރި ވާކަށް މާކަގިނަ އިރެއް ނުނެގިއެވެ. ރަޝާގެ އަނގަގަދަ ކަމުން އިރު ކޮޅު ކޮޅުން ހުނުމުގެ އަޑު ގޭތެރޭގައި ގުގުމާލައެވެ. ދެއާއިލާ ވާހަކަ ދައްކާހަދައިލުމަށްފަހު ހަވީރުގެ ސަޔަށް އިންސާފުކުރުމަށް ދިޔައެވެ. ޝާޔަން އަބަދުހެން އުޅުނީ ރަޝާގެ އަތުގައި ހިފައިގެންނެވެ. އަދި ޝާޔަން އަބަދު އަވިއައިނު އަޅައިގެން އިންނަކަން ނައިލްގެ ތޫނު ދެލޯ ފާހަގަ ކުރިއެވެ. ޝާޔަން ވާހަކަ ދައްކާއިރުގައި މޫނާއި ދިމާލަށް ނުބަލާ ވާހަކަ ދައްކާކަން ވެސް ނައިލްފާހަގަ ކުރިއެވެ. ސައިބޮއި ނިމިގެން ނައިލް ދިޔައީ ހަދާންނެތިގެން ފޯނު ނުލާ އާދެވުމުން ފޯނުބަލާ ކޮޓަރިއަށެވެ. ކޮޓަރިއަށް ގޮސް ފާހަނާއަށް ވަދެލައި ހަދައިލައިގެން އައިއިރުގައި ޝާޔަން ހުރީ ސިޓިންރޫމުގައި ހުރި ތަބެއްގައި އަތްޖައްސާލައިގެންނެވެ. އިތުރު އެހެން މީހެއް ފެންނަން ނެތުމުން ނައިލް ބޭނުންވީ ހަމަ ޖެހިލައިގެން ޝާޔަންއާއި ވާހަކަދައްކާލާށެވެ. ޝާޔަން އެހެން ހުއްޓިލައިގެން ހުރި ގޮތްވެސް ނައިލްއަށް ވަރަށް ކަމުދިޔައެވެ. ޝާޔަންގެ ކޮންމެ އާދަ އެއްވެސް ނައިލްއަށް ވަރަށް ކަމުދެއެވެ. ނައިލް މަޑު ލަސް ފިޔަވަޅު ތަކެއްގައި އައިސް ޝާޔަން ގާތުގައި މަޑުކޮއްލިއެވެ. ނައިލްހުރީ ޝާޔަންއަށް ގެއްލިފައެވެ. އެހެންހުރެވުނީ ކިހާއިރަކު ކަމެއްވެސް ނައިލްއަށް ނޭންގުނެވެ. ޝާޔަން އެހެން ހުރެލައިފައި ހިނގައިގަތް ބޮޑިން ގޮސްޖެހުނީ ނައިލްގެ މޭމަތީގައެވެ. ނައިލްވެސް ދިޔައީ ސިއްސައިގެންނެވެ. އެވަގުތު ޝާޔަންގެ މޫނުމަތިން ހައިރާންވުމުގެ އަސަރު ފެންނަން ހުއްޓެވެ.
”ކާކު؟…”
ޝާޔަންއަށް ބޭއިހްތިޔާރުގައި ބުނެލެވުނެވެ. ނައިލްގެ މޫނުމަތިން ފެނިގެން ދިޔައީ ލާނެތްކަމެވެ.
”ހެހެހެ…ވެރީ ފަނީ……ޝާޔަންއަށް ހަމަ އަހަރެން މިތާ ހުރިތަނެއް ނުފެނޭތަ އައިސް ގައިގައި ތި ޖެހުނީ….ސަމާސަ ކޮށްލީ ދޯ…..”
ނައިލް ކުޑަ ހުނުމަކާއިއެކު ބުންޔެވެ.
”ނައިލްއަށް ނޭންގޭތަ؟…”
ޝާޔަންގެ މޫނުމަތިން ފެންނަން ހުރީ ސީރިއަސްކަމެވެ.
”ކޮންކަމެއް ތަ؟…”
ނައިލް ކުޑަކޮށް ސީރިއަސްވެލަމުން އަހައިލިއެވެ.
”ނައިލް އަހަރެން ލޮލަކަށް ނުފެނޭ….”
ޝާޔަން ހަމަ އެސީރިއަސް ކަންމަތީ ހުރެބުންޔެވެ. ނައިލް ހީކުރީ ޝާޔަން ސަމާސާކުރަނީ ކަމަށެވެ.
”ހެހެހެ ޔޫ އާ ކިޑިން މީ ރައިޓް…..ދެން ތިކަހަލަގެ ސަމާސާ ނުކޮއްބަލަ…”
ނައިލް ހުރީ ހަމަޖެހިލައިފައެވެ.
”ޝާޔަން އެ ބުނީ ތެދެއް…”
ފަހަތުން އެ އިވުނީ ރިޔާޒުގެ އަޑެވެ. ނައިލް ގަބޫލުކުރަން ދަތި ފަދަ ގޮތަކަށް ފަސްއެބުރި ރިޔާޒުއާއި ދިމާއަށް ބަލާލިއެވެ. ރިޔާޒްގެ މޫނުމަތިންވެސް ފެންނަން ހުރީ ޝާޔަންގެ މޫނުމަތިން ފެންނަން ހުރި ސީރިއަސްކަމެވެ. ނައިލްގެ ހިތުގައި ނޭންގޭބިރުވެރި ކަމެއް އުފެދުނެވެ. ނައިލްގެ ހިތް ތެޅެމުންދިޔައީ ދުވަހަކު ނުތެޅޭހާ ބާރަށެވެ. ރިޔާޒުވެސް އެކުރަނީ ސަމާސެއެކޭ ނައިލްގެ ހިތަށް އެރިއެވެ. ނަމަވެސް ތަގުދީރު ނިޔާކޮއްފައިވާ ގޮތެއް ނައިލްއަށް އިނގޭނީ ފަހެ ކިހިނެއްހެއްޔެވެ؟
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
18 Comments!
Comments are closed.



??
?? Naill
Jazakillah khairan ?
So here is the fifth part… hope you will like it… ?
Varah reethi
Jazakillah khairan ibsha ?
Asthaa shaayan lo adhiry tha alhe…. hadha dhera ey. ?
Story hama salhi ?
Hehe jazakillah khairan ?
Amazing… ????
Jazakillah khairan ?
Still part thah haadha kurey…. ekm wes waiting for next part… adhi reethi…
Thankolheh kury dho… ? anw jazakillah khairan ?
Story is fab..can’t wait to see wat’s gonna be happen nextu?????????????
Jazakillah khairan ?
Mihaaru dhedhuvas vee up nukuraathaa.. kiyuntherinn aadheys kurymakaa ehnoon dhwhh bunaaneekee up nukureveyy vaahakayaaa up kureveyne date aa ehchis.. mihen vaahaka dhanyaa readers are gonna be disappointed
I am so sorry same for being late… aslu e part submit kohfa ihnathaa 2 days wee iruga wes pending ga inee.. miadhu adhi upload e vee… i am sorry about it.. ?
Haadha reehchey…….dhen in part neiyhtha thankolheh avahaa leven….❤️❤️❤️❤️❤️❤️❤️❤️❤️
Huriha emmen ehgotheh nuvaane dhw….maybe she is bxy….whn she is free she will upload right…we will be waiting for next part…btw inaash ge story hama habeys❤??
Hehe jazakillah khairan shamkko… ??ey thedheh late vee mifaharu dhan.. so sorry about it readers ?