ހިތަކުން ނުފިލާނެ 5
ެ. ސިރާޖުގެ ފަހަތުން ވަތް ފާޒިން ފެނިފައި އެންމެން ކޮޅަށް ތެދުވިއިރުވެސް މައިޝާއަށް އިނދެވުނީ ތެދުވަން ނޭގިފައެވެ. ހޭވެރިކަން ވީވެސް ޖެހިގެން ހުރި ޒީނާ މައިޝާގެ ގައިގައި ކޮއްޓާލުމުންނެވެ. ފާޒިން އަތުގެ އިޝާރާތުން އެންމެން ކައިރީ އިށީންނަން ބުނަމުން ގޮސް މޭޒުކޮޅުގައި ހުރި ގޮޑި ބޭރަށް ދަމާލާފައި އިށީންނަމުން މައިޝާއާއި ދިމާލަށް ބަލާލިއެވެ. މައިޝާ ބަލަހައްޓައިގެން އިނުމުން މައިޝާއަށް ހިނިތުންވުމެއް ރައްދުކުރަމުން ފާޒިން ވާހަކަ ފެށިއެވެ. ގަޑިއިރަކަށްވުރެން ގިނައިރުވެގެން ދިޔަ މީޓިންގްގައި ގިނައިން ދެކެވުނީ އޮފީސް ތެރޭގެ ކަންތައްތަކުގެ ވާހަކައެވެ. އަދި އަލަށް ރިޒޯޓެއް ގަންނަން އުޅޭ ވާހަކައާއި އަދި ހުރިހާ ސުޓާފުންގެ މުސާރަވެސް ބޮޑުކުރަން ނިންމައިފައިވާ ވާހަކަ ފާޒިން ބުނެލިއެވެ. މީޓިންގް ނިންމާލާފައި ފާޒިން ނިކުމެގެން ދިއުމުން އެންމެންވެސް މަސައްކަތައް އެނބުރި ދިޔައީއެވެ.
މައިޝާވެސް ގޮސް އޭނަގެ ކެބިންއަށް ވަދެ ގޮނޑީގައި ޖައްސާލިއިރުވެސް އޭނަގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ފާޒިންގެ ހިޔާލްތަކެވެ. މޭޒުމަތީގައި ހުރި ފޯން ރިންގުވާންފެށީވެސް މައިޝާ އެގޮތަށް އިންދައެވެ.
” މައިޝާ….! އާދެބަލަ އަހަރެންގެ ކެބިންއަށް…! ” އެކޮޅުން އިވުނީ ފާޒިންގެ އަޑެވެ. މައިޝާއަށް އިތުރު އެއްޗެއް ނުބުނަނީސް ފާޒިން ފޯނުކަނޑާލައިފިއެވެ. މައިޝާ ފޯނު ބޭއްވިއިރު މުޅިމީހާ ފިނިވެ އަތުގައި މަޑުތުރުތުރެއް އުފެދިއްޖެއެވެ. ދެފަރަކަށް ނިތްކުރީގައި އަތް ހާކާލީ ނިތްކުރިމަތިން ދާތިކިތައް ފާޅުވުމުންނެވެ. މައިޝާ ގޮސް ފާޒިން ކެބިންގެ ދޮރުމަތީގައި މަޑުކޮއްލިއިރު ފާޒިން އިނީ ކުރިމަތީގައި ހުރި ލެޕްޓޮޕަށް ބަލަހައްޓައިގެންނެވެ. މައިޝާ އިރުކޮޅެއް ވަންދެން ބަލަހައްޓައިގެން ހުރެފައި އެންމެ ފަހުން ދޮރުގައި ޓަކިޖަހާލިއެވެ. ފާޒިން އިސްއުފުލާ ބަލާލައިފައި ބޮލުގެ އިށާރާތުން ވަނުމަށް އެދުނެވެ. މައިޝާ ވަނުމުން ފާޒިން އަތުގެ އިޝާރާތުން ކުރިމަތީގައި ހުރި ގޮޑީގައި އިށީންނުމަށް އެނދުނެވެ. މައިޝާ އިށީންދެ އިސްޖަހާލައިގެން އިނީ ފާޒިންއާއި ދިމާލަށް ބަލާލަން ނުކެރިފައެވެ.
” މައިޝާ…! ހާލް ކިހިނެއް..؟ ހިންހަމަ ޖެހޭތަ އޮފީހާ ދޭތެރޭގަ…! ” އެދެމެދަށް ވެރިވެފައިވާ ހަމަހިމޭންކަން ނަގާލަމުން ފާޒިން ސުވާލު ކޮއްލިއެވެ. މައިޝާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އޭރުވެސް މައިޝާ އިނީ އިސްޖަހައިލައިގެންނެވެ. އިސްއުފުލާ އެއްފަހަރުވެސް ބަލާނުލައެވެ. އެހެންއިންއިރު މައިޝާ ދިޔައީ ފިނިވެފައިވާ ދެއަތް ދެއަތާލައި މޮޑެމުންނެވެ.
” ދުވަސް ކޮޅެއްފަހުން ފަހަރެއްގެ އަހަރެންނާއެކު ރިޒޯޓުތަކަށް ގޮސް ހަދަންޖެހިދާނެ… ރިޒޯޓަށް ދިޔަޔަސް އިރުއޮއްސުމުގެ ކުރިން މާލެ އާދެވޭނެ…! ” ފާޒިން ދައްކާނެ ވަކި ވާހަކައެއް ނޭގިގެން ކޮންމެވެސް ވާހަކައެއް ފެށިއެވެ.
” އިންހާ…! އާދެބަލަ އަހަރެންގެ ކެބިންއަށް…! ” ފާޒިން ފޯނު ނަގައި ފިއްތަކަށް އޮބާލާފައި ބުނެލިއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އިންހާ އައިސް ދޮރުމަތީގައި ހުއްޓިލަމުން ޓަކިޖަހާލިއެވެ. ފާޒިން ބޮލުގެ އިޝާރާތުން ވަނުމަށް އެދުނެވެ. މައިޝާ ބަލާލުމުން އިންހާ ހިނިތުންވެލީ ގާތްގޮތަކަށެވެ. އިންހާއަކީ ދޮން ރީތި ހަށިގަނޑެއް ލިބިފައިވާ އަންހެންކުއްޖެކެވެ. ފަން އިސްތަށިގަނޑުގެ އެއްބައިވަނީ ހައިލައިޓް ކޮއްލާފައެވެ. ހުރީ ކުރު ހެދުމެއް ލާފައި ކަމުން އެރީތި ދޮންފައިގެ ބޮޑުބައެއް އޮތީ ހާމަޔަށެވެ.
” އިންހާ…! މީ މައިޝާ…! ކުރިން ދިމާވެފަ ދޯ އޮތީ.. ” އިންހާއަށް މައިޝާ ތާރަފްކޮއްދެމުން ފާޒިންބުނެލިއެވެ. އިންހާވެސް ބޯޖަހާލަމުން މައިޝާއާއި ސަލާމް ކޮއްލިއެވެ. އަދި މައިޝާއާއި ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ.
” އިންހާ…! މައިޝާ އަދި ކުޑަކޮއް އާވާނެ…. އެހެންވެ މައިޝާ ކުޑަކޮއް މަސައްކަތަށް ހޭނެންދެން އިންހާވާނެ މައިޝާއަށް ހެލްޕުވެދޭން…! މީގެ ކުރިން އިންހާ ހުރިހާ މަސެއްކަތްތައް ކުރަމުން އައީ… އެހެންވީމަ ހުރިހާ މަސެއްކަތެއްވެސް އިންހާއަށް އެނގޭނެ… ނޭގޭ ކަމެއް އޮތިއްޔާ އިންހާ ކައިރިން އޮޅުންފިލުވޭނެ… ” ފާޒިން މައިޝާގެ މޫނަށް ބަލަހައްޓައިގެން އިނދެބުނެލިއެވެ.
” އެނގޭދޯ މައިޝާ މީ ކޮންމަގާމަކަށް ގެނައި ކުއްޖެއް…! ” ފާޒިން އިންހާގެ މޫނަށް ބަލަހައްޓައިގެން އިނދެ އަހައިލިއެވެ. އިންހާ ނޫނެކޭ ބުނެ ދެފަރާތަށް ބީހޫރާލުމުން މައިޝާއަކީ ފާޒިންގެ އެސިސްޓެންޓް ކަމަށް ފާޒިން ބުނެލީ ހިނިތުންވެ އިނދެއެވެ. ފާޒިން އެހެން ބުނެލުމުން މައިޝާވެސް ފާޒިންގެ މޫނަށް ބަލާލާފައި ހިނިތުންވެލިއެވެ. އެމަންޒަރު ބަލަން ކައިރީގައި އިން އިންހާގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔަކަމެއް ދެންތިބި ދެމީހުންކުރެ އެކަކަށްވެސް ނޭގެއެވެ. މަސެއްކަތްތަކާ ބެހޭގޮތުން ވާހަކަ ދައްކަންތިބެފައި އިންހާކުރެން ދިޔަޔަސް އެންމެ ރަނގަޅުކަމަށް ފާޒިން ބުނެލުމުން އިންހާ ނިކުމެގެން ދިޔަލެއް އަވަސް ކަމުން ހީވަނީ ނުދެވިގެން ލަސްވެފައި އިންހެނެވެ.
” ކޮންމެ ކަމެއް ބޭނުންވިޔަސް އަހަރެންކައިރީގައި ބުނާތި…. ! ” ހީލަމުން ފާޒިން ބުނެލިއެވެ. އެވަގުތު ފާޒިންއަށް ފޯނެއް އައުމުން މައިޝާ ކައިރީގައި ދިޔަސް އެންމެ ރަނގަޅުކަމަށް ބުނުމުން މައިޝާ ތެދުވެގެން ހިނގައިގަތެވެ.
އޮފީސް ނިންމާލާފައި މައިޝާ ގެއަށް ދިޔުމަށްޓަކައި އޮފީހުން ނިކުތްއިރު ފާޒިންވެސް އޮފީހުގެ ކުރިމަތީގައި މަޑުކޮއްލައިގެން އިނީ ކޮންމެވެސް މީހަކާ ފޯނުން ވާހަކަ ދައްކާށެވެ. މައިޝާއާއި އެއްކޮއް ނިކުތް ޒީނާގެ ފިރިމީހާ ބަލާއައިސް އިނުމުން މައިޝާ ކައިރީގައި ދަނީ ކަމަށް ބުނެފައި ޒީނާ ދިޔައީއެވެ. މައިޝާވެސް ފާޒިންއަށް ހިނިތުންވުމެއް ރައްދުކުރަމުން ބާރަށް ހިނގައިގަތީ އަވަހަށް ގެއަށް ދިއުމުގެ ބޭނުމުގައެވެ.
” އަރާ.. އަހަރެން މައިޝާ ގެއަށް ގެންގޮސްދިފާނަން…! ” ފާޒިން ދަނޑިވަޅުގެ ބޭނުން ހިފާ މައިޝާ ކައިރިއަށް ސައިކަލުގައި އައިސް މަޑުކޮއްލަމުން ބުނެލިއެވެ. މައިޝާއަށް ސައިކަލަށް އަރަން ނުކެރިފައި ހުރެ ބަލާލެވުނީ މަގުގެ ދެކޮޅަށެވެ. ޖެހިލުންވެފައި ހުރެވެސް އެންމެ ފަހުން ފާޒިންގެ ސައިކަލު ފަހަތަށް އެރީ މަގުމަތިން އާދިލް އާއި ދިމާވެދާނެތީއެވެ. ފާޒިން ސައިކަލު ދުއްވައިލިއިރު އިންހާއާއި މުޝައިފާވެސް އޮފީހުން ނިކުންނަނީއެވެ. އެދެމީހުންނަށްވެސް ފާޒިންމެން ރަނގަޅަށް ފެނުނެވެ. ވަގުތުން އިންހާގެ ހިތުގައި މައިޝާއަށް ހަސަދައިގެ ހުޅުކޮޅު ރޯވެގެން ދިޔައެވެ. ނަމަވެސް މުޝައިފާ ކައިރީގައި ހުރުމުން އެއްވެސް ބަހެއް ނުބުނެ ގެއާއި ދިމާލަށް ހިނގައިގަނެވުނީވެސް ތަންކޮޅެއް ބާރަށެވެ.
” ސަޕްރައިޒް…! ” ގެއަށްވަދެގެން އައި ފާޒިން ހުއްޓުނީ ކުރިމަތީގައި ހުރި ސާލީ ފެނުމުންނެވެ. އޭރު ސާލީގެ މަންމާއި ބައްޕަވެސް ފާޒިންމެންގޭގެ ސިޓިންގްރޫމްގައި ތިއްބެވެ. ސާލީ ފެނުމުން ފާޒިންގެ މޫނުމަތީގައި ހުރި އުފާވެރިކަން ކުޑަހިނދުކޮޅެއްގެ ތެރޭގައި ނެތިގެން ދިޔައެވެ. މިހުރިހާ ދުވަހު ރާއްޖެ ނައިސް ހުރީވެސް ސާލީއާއި ކުރިމަތިނުލާން ވެގެނެވެ. ސާލީގެ ބައްޕައާއި އާމިރުއަކީ ވަރަށް ގާތް ދެރަހުމަތް ތެރިންނެވެ. އެހެންވެ ފާޒިންގެ ކައިވެނި ސާލީއާއި ކުރުމަށް އާމިރު ނިންމީ ސާލީގެ ބައްޕަގެ އެދުމުގެ މަތިންނެވެ. ސާލީ ކިތަންމެ ދޮންވެފަ ބަލައިލާން ރީތި ނަމަވެސް ސާލީގެ ގައިގައި ފާޒިން ގަޔާވާ އެއްވެސް ސިފައެއް ނުހުރެވެ. ފުރަތަމަ ލޯބި ވެވޭނީވެސް ގަޔާވާކަހަލަ ސިފަތަކެއް ހުރެގެންކަން ފާޒިން ގަބޫލް ކުރެއެވެ.
“ކޮންއިރަކު މާލެ އައީ…؟ ” ގަދަކަމުން މޫނުމައްޗައް ހިނިތންވުމެއް ވެރިކުރަމުން ސިޓިންރޫމްގައި އިން ސާލީގެ ބައްޕަ ޒާހިރު ކައިރީގައި ފާޒިން އަހައިލިއެވެ.
“މިއަދު ހެނދުނު އައީ…! ފާޒިންވެސް އައިސް އުޅޭ ވާހަކަ އާމިރު ބުނީމަ ދެން ހަމަ ޖައްސާލީ ފާޒިންއާއި ބައްދަލުކޮއްލަން…! ” ހިނިތުންވެލަމުން ފާޒިން ދިއްކޮއްލި އަތުގައި ޒާހިރުވެސް ހިފައިލިއެވެ. އެވަގުތު ސާލީއައިސް އިށީނީ ފާޒިންއާއި ޖެހި ފިތިގެންނެވެ. ލަދުގެ ކަންފުޅެއްވެސް ނެތީއެވެ. ވެ.
“އަހަރެން އަންނާނަން ފެންވަރާލައިގެން…! “ފާޒިން ބޭނުންވީ އެތަނުން އަވަހަށް ދާށެވެ. ކޮޓަރިއަށް ވަދެ ދޮރު ލައްޕާލާފައި ގޮސް އެނދުގައި ޖައްސާލިއެވެ. އިރުކޮޅެއް ވަންދެން އެހެން އޮވެފައި ފާހާނަޔަށް ވަދެ ފެންވަރާލައިގެން ނިކުތް ތަނުން ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ. ސާލީ ކަމަށް ހީކޮއް ފާޒިން ފުރަތަމަ ހުރީ ދޮރު ނުހުޅުވާށެވެ. ނަމަވެސް ވަދީފާގެ އަޑު އިވުމުން ފާޒިން ގޮސް ދޮރު ހުޅުވާލިއެވެ. އޭރު ވަދީފާގެ ފަހަތުގައި ސާލީވެސް މަޑުކޮއްލައިގެން ހުއްޓެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
19 Comments!
Comments are closed.


Vara reethi…..but haadha kurey…anyway upload kurachey Anne part avaha…….we r proud to have a writer like u in esfiya
Wow nice… nxt part awas khlhchey ngey
Wow… vvvv Nice avah n dhigukn upkohdhehchey
Mibaives varah reehi..
Varah reethi..Ekam thankolheh kury..
Wow salhi
Lasnukoh avahah up kohlahchay
Warah nice. Awahah up koh dhehchey. Thankolheh kuru.. BT reethi
mi ekugaavaan edhemey gecopy eh dho . vaahaka reethi koh nimmaalah chey . mihen mibuny baeh kudhin vaahaka start koh fa nunimmaathy . love u IHTHU
V nice vaahakeh, ekm maa kury, dhn anna part thankolheh dhigu khllachey, n v v avahah up khdhecheyyyy,.. waiting 4 de nxt part eagerlyy
Adhi vx mi wait kurany anna part wh up vaane irakah, haadha lahey ekm, avaaassss khba
v reethi…but hama ehen kiyunterin buni gothah thankolheh kuru..than kolheh digu kohlyma v furihama vaane
Ekugai vaan edhemey e kn vaahakehtha,!!!!sammmm
Ihthu haadha molhey story liyan, ngeytga miha molhah report liyan, v en kiyaara ah dhas koh dhn dhww.. any way, vaahaka v v nice, n m waitin 4 de next par eagerly
Like others aaid, i’m sure this is too short, u shoul have to write more in de next part, but this story is v perfect, love you ihthu..♡♡♡♡
eyy esfiya site ga than kolhei kurin layaa ge nes dheen fashaafa nunimmaa in story eh iram
This was one of the best story i had ever read
Nice❤
mivaahaka thakuge feshun nufeney m8haaru plz hoadhaane gothe bunedheebala