Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތަކުން ނުފިލާނެ 4

BONDAY Level 210 Stories
May 3, 2015 3 Mins Read
26 Comments

ބާރު ސުޕީޑުގައި ދިޔަ ފާޒިންއައް ސައިކަލުގެ ދެބުރައްކަތް އެއްފަހަރާ ފިތާލެވުނީ ކުރިމަތިން ފެނުނު މަންޒަރަކުންނެވެ. އޭރު މައިޝާގެ އަތުގައި އެޒުވާނާ ހިފަހައްޓައިގެން ހުރިލެއްބާރުކަމުން މައިޝާއައް އެޒުވާނާގެ އަތްފޮޅުވައި ނުލެވިގެން އުޅުއެވެ. ފާޒިންއަށް ސައިކަލު ހުރިތަނުގައި ބަހައްޓާފައި އެދިމާލައް ހިނގައިގަނެވުނީ ބޭއިހްތިޔާރުގައެވެ.

” ކަލޭ ހީކުރީ އަހަރެންގެ އަތުގައި ނުޖެހި އުޅެވިދާނެ ކަމައްތަ…؟ ” އޭރު އެޒުވާނާގެ މޫނުމަތީގައި ހުރި ކުލަވަރުން އޭނާ ހުރީ ވަރަށް ރުޅިއައިސްފައިކަން އެނގެއެވެ. މައިޝާ އޭނަގެ އަތް ނައްޓުވާލެވޭތޯ މަސެއްކަތް ކުރަންދިޔައިރު އެދެލޮލަށް ޖަމާވެފައި ހުރި ކަރުނަތަކުން މައިޝާ ހުރީ ވަރަށް ބިރުން ކަންއެނގެއެވެ.

” މައިޝާގެ އަތުން ދޫކޮއްލާ…! ” އެޒުވާނާވެސް ފާޒިންގެ އަޑަށް ސިއްސައިގެން ދިޔަކަން އެނގެއެވެ. މައިޝާވެސް ފަހަތް ބަލާލިއިރު ފަހަތުގައި ހުރި ފާޒިން ފެނުމުން ދެލޮލަށް ޖަމާވެފައި ހުރި ކަރުނަތައް އެއްވެސް ހިފެހެއްޓުމެއްނެތި އެރީތި ކޯތާފަތް މައްޗައް ފައިބައިގެން ދިޔައެވެ. މައިޝާގެ ލޮލުން ފައިބަން ފެށި ކަރުނަތައް ފެނިފައި ފާޒިންއަކަށް ބަލާކައް ނުހުރެވުނެވެ. ދިޔަގޮތައްގޮސް އެޒުވާނާގެ އަތުތެރެއިން މައިޝާގެ އަތް ދަމައިގަތްއިރު މައިޝާއަށްވެސް ތަދުވިއެވެ. އަދި މައިޝާގެނެސް ފާޒިންގެ ފުރަގަހައްލަމުން އެޒުވާނާގެ ކުރިމަތީގައި ފާޒިން ހުއްޓިލިއެވެ. އެއްބަހެއްވެސް ނުބުނެ އެޒުވާނާ އިރުކޮޅެއް ވަންދެން ފާޒިންގެ މޫނަށް ބަލަހައްޓައިގެން ހުރެފައި ދުރައް ހިނގައިގަތީ ކީއްވެ ކަމެއް ފާޒިންއަކައް ނުވިސްނުނެވެ. އެޒުވާނާ ދިއުމުން ފާޒިން މައިޝާއައް ބަލާލިއިރު މައިޝާ ހުރީ ފާޒިންގެ އަތުގައި ވަރައް ބާރައްހިފަހައްޓައިގެން ހިނގާފައި ދިޔަ ޒުވާނާއަށް ބަލާށެވެ.

“އެއީ ކާކު…؟ ކީއްވެ މައިޝާއާއި ދިމާކުރީ…؟ މިގަޑީގައި އެކަނި ކޮންތާކައް ގޮއްސަ ތިދަނީ…؟ ” ފާޒިން ސުވާލުތައް ފައްޗަކަށް އަމުނާލިއެވެ. ނަމަވެސް މައިޝާގެ އެއްވެސް ޖަވާބެއް ނުދީ އިސްޖަހާލައިގެން ހުރީއެވެ. އެހެންވެ އިތުރު ސުވާލެއް ކުރަން ނުހަދާ މައިޝާގެ އަތުގައި ހިފައިގެން ފާޒިން ސައިކަލާ ދިމާލަށް ހިނގައިގަތެވެ. އެވަގުތު ފާޒިންއައް ތަންކޮޅެއް ދުރުގައި މީހަކާ ވާހަކަ ދައްކަން މަޑުކޮއްލައިގެން ތިބި ފުލުހުންގެ ދެމީހުން ފެނުނެވެ. އެޒުވާނާ އެދިޔައީ ފުލުހުން ފެނިގެންކަން ފާޒިންއައް ޔަގީންވިއެވެ.

” ސައިކަލަށް އަރާ…! އަހަރެން ގެއައް ގެންގޮސް ދީފާނަން…! ” ސައިކަލައް އަރާ އިސްޓާޓު ކޮއްލަމުން ފާޒިން ބުނެލިއެވެ. އޭރު މައިޝާގެ މޫނުމަތީގައި ހިތާމައިގެ އެއްވެސް އަސަރެއް ފެންނާކައްނެތެވެ. ފާޒިންއައް ހައިރާންކަމާއެކު މައިޝާގެ މޫނައް ބަލަހައްޓައިގެން އިނދެވުނީއެވެ.

“ކިހިނެއްވީ…؟ ” ފާޒިން ބަލަހައްޓައިގެން އިންގޮތުން ލަދުން އިސްޖަހާލަމުން މައިޝާ ބުނެލިއެވެ. އޭރު މައިޝާގެ ހިތް ދިޔައީ އޮބި ނޯންނަ ވަރަށް ތެޅެމުންނެވެ.

” ކަމެއްނުވޭ… ދެންއަރާބަލަ…! ” ހިނިތުންވެލަމުން ފާޒިން ބުނެލިއެވެ. މައިޝާ އެރުމާއެކު ފާޒިން ސައިކަލު ދުއްވާލިއެވެ. މައިޝާމެންގެއައް ދެވުނު އިރުވެސް ދެމީހުންކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ފާޒިން މައިޝާމެންގޭ ދޮރުމައްޗައް ސައިކަލު މަޑުކޮއްލުމާއެކު މައިޝާ ސައިކަލުން ފޭބިއެވެ.

” ތޭންކްސް…! މިރޭ ފާޒިންނާއި ދިމާނުވިނަމަ ނޭގެ ވާނެ ގޮތެއްވެސް…! ” މައިޝާ ވާހަކަދައްކަން ފެށުމުން ފާޒިން ވަރަށް އުފާވިއެވެ.

” ކާކު އެއީ…؟ ” މައިޝާގެ މޫނައް ބަލަހައްޓައިގެން ހުރެ ފާޒިން އަހައިލިއެވެ. އެވަގުތު މައިޝާގެ މޫނު ކުލަވަރުބަދަލްވެގެން ދިޔަކަން ފާޒިންއައް އެނގުނެވެ. ފާޒިންގެ ހިތް ބިރުގަތީ މައިޝާ ދޭނެ ޖަވާބެއް ނޭގޭތީއެވެ. ފާޒިންއައް ހިންހަމަ ޖެހުމުގެ ނޭވާއެއް ލެވުނީ އެއީ ކުރިން މައިޝާ ރައްޓެހިވި ކުއްޖާކަމައް މައިޝާ ބުނުމުންނެވެ. އަދި މައިޝާއާއި ދިމާކުރަނީ އޭނަޔާއި ރުޅިވުމުން ކަމައްވެސް ބުނެލިއެވެ. އެންމެ ފަހުން ފާޒިން ގެއައް ދިޔައީ މައިޝާގެ ނަންބަރ ވެސް ހޯދައިގެނެވެ. ގެއައް ގޮސް ފެންވަރައިލައިގެން ނިކުމެ އެނދުގައި ޖައްސާލަމުން މައިޝާއައް ގުޅާލިއެވެ. މައިޝާވެސް އޮތީ ޖައްސާލައިގެން ފާޒިންގެ ހިޔާލައް ގެއްލިފައެވެ. އެހެން އޮއްވާ ސިއްސައިގެން ދިޔައީ ކައިރީގައި އޮތް ފޯން ރިންގުވާން ފެށުމުންނެވެ. ނުދަންނަ ނަންބަރަކުން ގުޅާތީ ފޯން ސައިލެންޓައްލާފައި އަނެއްކާވެސް ކައިރީގައި ފޯނުބާއްވާލިއެވެ. ކުއްލިއަކައް މައިޝާ ހަނދާންވީ ފާޒިންއައް އޭނަގެ ނަންބަރ ދިން ހަނދާނެވެ. އަވަސް އަވަހައް ފޯނު ނެގިއިރައް ފޯނު ކެނޑުނެވެ. މައިޝާ މުޅިން މާޔޫސްވިއެވެ. ފާޒިންގެ ފުރަތަމަ ކޯލައް އޭނަޔައް ޖަވާބު ނުދެވުމުންނެވެ. ނަމަވެސް އެނަންބަރަށް ގުޅާނެ ހިތްވަރެއް މައިޝާއަކަށް ނުލިބުނެވެ. އިރުކޮޅެއް ނުވަނީސް އަނެއްކާވެސް ފޯން ރިންގުވާން ފެށިއެވެ. މައިޝާ ބަލައިލީއިރު ކުރިންގުޅި ނަމްބަރައް ނުވިނަމަވެސް ފޯނު ނަގާކަންފަތުގައި ޖައްސާލިއެވެ.

” ހަލޯ….! ހާދަ ބިޒީ ކުއްޖެކޭ ދޯ…! ” އެކޮޅުންވާހަކަ ދެއްވީ ފާޒިންކަން މައިޝާއައް އެނގުނެވެ.

” ނޫން..! ބިޒީއެއް ނޫން.. ކިހިނެއްވީ…؟  ” މައިޝާ ވާހަކަ ދެއްކީ ވަރަށް މަޑުމަޑުންނެވެ. އެހެންވެ ފާޒިންއަށް އަޑުއިވެނީވެސް ކިރިޔާއެވެ.

” އަހަރެން ދެންމެ ދެފަހަރައް ގުޅިއިރުވެސް ބިޒީކޮއް ހުރީ…! އެހެންވެ.. ” ފާޒިން ބުނެލިއެވެ.

” އާނ…!! އެއީ ނުދަންނަ ނަންބަރަކުން ގުޅީ…! ” ކުރިންގުޅި ނަމްބަރައް ޖަވާބު ނުދެވުމުން މައިޝާއަށް ހިނިތުންވެލެވުނެވެ. ވަރަށް ގިނައިރު ވަންދެން ދެމީހުން ވާހަކަ ދައްކަން ތިބެފައި ފާޒިން ފޯނު ބޭއްވީ މިސްރާ ކޮޓަރިއައް ވަތްވާހަކަ މައިޝާ ބުނުމުންނެވެ. މައިޝާއާއި އެހުރިހާ އިރު ވާހަކަ ދައްކާލެވުމުން ފާޒިން އޮތީ ވަރަށް ހިތްހަމަ ޖެހިފައެވެ.

” މާ ސިއްރުން ކާކާތަ ތި ވާހަކަ ދައްކަނީ އަހަރެން އައިމަ ފޯނު ބާއްވަން..! ” މިސްރާ އައިސް މައިޝާގެ ކައިރީގައި ޖައްސާލަމުންބުނެލިއެވެ. މައިޝާވެސް ތެދުވެ ފާރުގައި ލެގިލަމުން އެރޭ ހިނގާ ދިޔަ ހާދިސާ މިސްރާއަށް ކިޔައިދިނީ މައިޝާ އަބަދުވެސް ހުރިހާ ވާހަކައެއްވެސް ޝެއަރ ކުރަނީ މިސްރާއާއި ކަމަށް ވާތީއެވެ.

“ނަސީބެއްނު ފާޒިންއާއި ދިމާވިކަން… އެހެންނޫންނަމަ ދޮންތައައް ނޭގެދޯ ހަދާނެ ގޮތެއްވެސް…! އޭނަ ކިހިނެއް އެހާއަވަހައް ޖަލުން އެސަލާމަތްވީ…! ” މިސްރާ ވިސްނާލަމުން ބުނެލިއެވެ. މައިޝާވެސް ދެކޮނޑު  އަރުވާލީ ނޭގޭ ބުނުމުގެ ގޮތުންނެވެ.

” ދޮންތަ ބިރުގަންނަނީ އާދިލް ފާޒިންއައް ކަމެއް ކޮއްފާނެތީ…! ” މައިޝާ މާޔޫސްވަމުން ބުނެލިއެވެ.

” އަދި ނޭގެއެއްނު ފާޒިންއަކީ ކިހާވަރެއްގެ މީހެއްކަމެއްވެސް…! ” މިސްރާ ހަމަޖެހިލަމުން ބުނެލިއެވެ. މިސްރާ އެހެން ބުނެލިނަމަވެސް ފާޒިންއަކީ އާދިލް ކަހަލަ ވިޔާނުދާ މީހެއް ނޫންކަން މައިޝާގެ ހިތްބުނެވެ. މައިޝާއަށް ލިބިފައިވާ ހިތްހަމަ ޖެހުމެއްގެ ބޮޑުކަމުން ކައިގެން އައިސް ކޮޓަރިއައްވަދެ އެނދުގައި ޖައްސާލީ ނިދުމައްޓަކައެވެ. ނަމަވެސް ނިދި ވަނީ އެތައްމޭލެއްގެ ދުރައް ދަތުރުކޮއްފައެވެ. ދެފަރާތައް އެނބުރި އެނބުރި ވާޅުވިއިރުވެސް މައިޝާއަކަށް ނިދޭގޮތެއް ނުވިއެވެ. އެންމެ ފަހުން ފޯނު ނެގީ ފާޒިންއަށް މެސެޖެއްކޮއްލުމުގެ ނިޔަތުގައެވެ. ނަމަވެސް އެހާ ހިތްވަރެއް މައިޝާއަކަށް ނުލިބުނެވެ. އެހެން އޮއްވާ މައިޝާއަށް ނިދުނީ ވަރަށް ލަސްވިފަހުންނެވެ.

މައިޝާއަށް ހޭލެވުނީ އޮފީހަށްދާން ގަޑިޖެހެން ވަރަށް ކައިރިވި ފަހުންނެވެ. އަވަސް ކޮއްލައިގެން ސައިވެސް ނުބޮއި ނިކުމެގެން ދިޔައީ މުނީރާ ސައިބޯން ގޮވާލަ ގޮވާލަ އޮއްވައެވެ. ގަޑި ނުޖެހި މައިޝާއަށް އޮފީހަށް ދެވުނީ ހަމަ ކިރިޔާއެވެ. އަވަހަށް ސޮއިކޮއްލުމަށްފަހު އޭނަގެ ކެބިންއަށް ވަދެ ގޮނޑީގައި ޖައްސާލީ ވަރުބަލިކަން ފިލުވައިލުމަށެވެ.

” މައިޝާ…! ދިހައެއް ޖަހާއިރު މީޓިންގް ރޫމަށް…! ބޮސް ހުރިހާ ސުޓާފުންނާއި ބައްދަލުކޮއްލަންވެގެން…! ” މައިޝާގެ ކެބިންގެ ދޮރުމަތީގައި ހުއްޓެމުން އޮފީހުގައި އުޅޭ ސާޖިދު ބުނެލިއެވެ. ސައިނުބޮއި ހުރުމުގެ ސަބަބުން ބަނޑުހައިވާތީ ކޮފީ މޭޒު ކައިރިއަށްގޮސް ކޮފީއެއް ބޮއިލުމުން ބަނޑުހައިކަން އެވަގުތަށް ފިލިއެވެ. ދިހައެއް  ޖަހަން ފަސްވަރަކަށް މިނެޓައް ވުމުން މައިޝާ ގޮސް މީޓީންގް ރޫމަށް ވަތްއިރު ގިނަ އަދަދެއްގެ ސުޓާފުން މީޓިންގްރޫމްގައި ތިއްބެއެވެ. ދިހައެއް ޖެހިއިރު ހުރިހާ ސުޓާފުންވެސް އިންތިޒާރު ކުރަމުން ދިޔައީ ފާޒިން އަންނާނެ އިރަކަށެވެ. އެހެން ތިބިއިރު އެކިމީހުން އެކިވާހަކައިގައި ތިބިއިރު މީޓިންރޫމް ތެރޭގައި ވަނީ އަޑު ހިފާލާފައެވެ. އެންމެން އެއްފަހަރާ ދޮރާދިމާއަށް ބަލާލީ ދޮރުޅުވުނު އަޑަށެވެ. މައިޝާއަށް ކަޅިޖަހާލަންވެސްނޭގިފައި އިންއިރު ދެލޯވެސް ވަނީ ބޮޑުވެފައެވެ. ސިރާޖުގެ ފަހަތުން ވަތް ފާޒިން ފެނިފައި އެންމެން ކޮޅަށް ތެދުވިއިރުވެސް މައިޝާއަށް އިނދެވުނީ ތެދުވަން ނޭގިފައެވެ. ހޭވެރިކަން ވީވެސް ޖެހިގެން ހުރި ޒީނާ މައިޝާގެ ގައިގައި ކޮއްޓާލުމުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

BONDAY

Level 210 Stories

Other Articles

Previous

ފަނާ 8

Next

ހިތަކުން ނުފިލާނެ 5

Next
May 6, 2015

ހިތަކުން ނުފިލާނެ 5

Previews
May 3, 2015

ފަނާ 8

26 Comments!

  1. ummi says:
    May 3, 2015 at 7:06 pm

    Oww v v reethiiii. . Kn irakun aneh baii up vaaaniiiiii…

  2. flower says:
    May 3, 2015 at 7:10 pm

    Nice mi part vess…dhen avahah 2 kudhin gulhuvaa eyrun dhen salhivaany

  3. mal says:
    May 3, 2015 at 7:12 pm

    Wow..thankolheh avahah update kohdhinun edhen..

  4. xam says:
    May 3, 2015 at 7:47 pm

    v nyc…waitn..watin

  5. shifa says:
    May 3, 2015 at 8:00 pm

    Hmm interesting…looking forward to the next part ..
    Avahaa upload kohdhehchey..
    🙂

  6. same says:
    May 3, 2015 at 8:08 pm

    Wow… nice… hadha kurey… n v awahah nxt prt up khlachey ngey….

  7. lilaa says:
    May 3, 2015 at 8:14 pm

    Vahaka reethi thahkohlhekury, next part upload kohdheychy

  8. neha says:
    May 3, 2015 at 8:39 pm

    Varah reethi … next part avaskohdheythi

  9. rasha says:
    May 3, 2015 at 8:54 pm

    Varah reethi..waiting for next part.

  10. nishy says:
    May 3, 2015 at 9:11 pm

    ….Wow…… vvvvvvv reeethi Mi part

  11. usha says:
    May 3, 2015 at 9:29 pm

    Waiting for next step

  12. Cuty says:
    May 3, 2015 at 9:48 pm

    . Eh asluvexx ma shah v v v salhi mi story … V v habeys Hama… Waiting 4 next part.. <3

  13. mishi says:
    May 3, 2015 at 9:52 pm

    Varah reethi
    ..vaahakaige aneh bayah inthixar kureven fashaifi. than kolheh up vaaleh lahee… thanks

  14. kuda hithige bodu hithi says:
    May 3, 2015 at 10:07 pm

    varah salhi ingey anehbaa yah varah inthixaaru kuran avase kohladhyba

  15. kuda hithige bodu hithi says:
    May 3, 2015 at 10:08 pm

    mishi ves kiyantha mivaahaka

  16. ryahs says:
    May 3, 2015 at 10:10 pm

    varah salhi

  17. shafu says:
    May 3, 2015 at 11:09 pm

    V nice…
    Alhe v dhigukoh next part v avahah up kohdhehchey………
    :-):-D☆★♡♥

  18. alex says:
    May 4, 2015 at 5:00 pm

    Thankolheh avahah update kohdheebala. Story v habeysssss

  19. thooooooko says:
    May 5, 2015 at 12:45 pm

    Vas genes dheeba plx v salhi ey

  20. jean says:
    May 5, 2015 at 8:46 pm

    assu maa kury 🙁

  21. nahthu says:
    May 5, 2015 at 11:56 pm

    Waiting for next part mi part v nice

  22. nish says:
    May 6, 2015 at 10:59 am

    Haadha lahay up vaaleh thankolheh avahah up kohladheybala

  23. jaan says:
    May 6, 2015 at 11:26 am

    Haadha lahunney upload thi vanee

  24. fath'u says:
    May 6, 2015 at 2:54 pm

    Up vaane vaki dhuvahe buneba eyrun varah fasheyha vaane

  25. angel beauty says:
    May 6, 2015 at 3:40 pm

    Avahah upload kohba. Warah vess reeethi. Koniraku upload kurevayny?

  26. july says:
    May 6, 2015 at 4:00 pm

    oww woww……its vvvvv cute….

Comments are closed.

Next Episodeހިތަކުން ނުފިލާނެ 5←


All Right Reserved!