އިދާންގެ ހިތަށް ބިރުވެރިކަން ވަނެވެ. ******************** އިދާން ފަހަތް ބަލައިލި އިރު ހަމަ އެކަކުވެސް ނެތެވެ. އިދާން އަވަސް އަވަހަށް އޮށޯވެ ލޯ މަރައިލީ ނިދޭތޯ އެވެ. ނަމަވެސް ްނުނިދުމުން ތީއެވެ. ޒާޔާއަށް ވެސް ވީ ހަމަ އިދާންއަށް މީ ގޮތެވެ. ނުނިދިގެން އެތާ އޮތީ އިރުއަރަންދެންނެވެ. އިރު އެރުމާއެކު ތެދުވެ އެންމެންނަށް ގޮވައިގެން ފަތިސް ނަމާދު ކޮށްގެން ދިޔައީ ސައި ހަދާށެވެ. ޒާޔާ މިއަދު ހުރީ ވަރަށް މަޑުމަޑުންނެވެ. ތަނަކަށް ދަންޏާ ދަނީ މީހަކާ އެކީގައެވެ. […]
އިދާން އާއި އިމްޝާ ހާސްވިއެވެ. ******************** އިދާން ބުންޏެވެ. ” ސާބަހޭ.. އަހަރެން ހީކުރީ ވަރަށް ބޮޑު ކަމެއްވީ ކަމަށް.. ދެން ނުވާނެ އެހާ ބާރަށް ހަޅޭއްލަވައި ގެނެއް ބޮޑުކަމެއް ނުވަންޏާ.. އިނގޭ ޒިން.. ” ” އާނ… ޒިން އަށް ވަރަށް ބޮޑުކަމެއް އެއީ ފޯނު ޗާޖު ދިޔަައިއްޔާ… ހެހެ.. ” ޒަހާ ބުނެލިއެވެ. އެކަމާ އެއްބަސްވަމުން ޒާޔާ ވެސް ބުންޏެވެ. ” އާނ… ދެން އެހެން ނޫނަސް އަދި އެބައޮތް 3 ފޯނު.. ” […]
ދެންތިބި މީހުންނަށް ވެސް ވީ އެވަރެވެ. ******************** އޭރު ވަރަށް ބާރަށް ޓެންޓު ތެޅެމުން ދިޔައެވެ. އިދާން ބޭރަށް ނިކުމެ ބަލައި އިރު އަމްޝާ އެތާ ހުރެގެން ފޯރީގައި ޓެންޓު ތަޅުވަނީއެވެ. އެއް އަތުން އަނގަމަތީގައި އަތް އަޅައިގެން އަނެއް އަތުންނެވެ. އިދާން އެތާ ހުރިކަމެއް އިމްޝާ އަކަށް ނޭނގުނެވެ. އިދާން ސިއްރު ސިއްރުން ގޮސް އިމްޝާ އަތުގައި ހިފާފައި ޓެންޓު ތެރެއަށް ވެއްދިއެވެ. އަދި ބުންޏެވެ.” އިމް ކީއްވެގެންތަ އަހަރެމެން ބުނާގޮތް ނުހަދަނީ.. ދެންމެ އިމް […]
ޒާޔާ ހުރީ ގޭގެ ދޮރު ކައިރީގަ އެވެ. ކައިރީގައި އިދާންއާ އިމްޝާ ހުއްޓެވެ. އޭރު ޒަހާއާ އެއްކޮށް ޒިންޔާ ވެސް ގެއިން ނުކުމެގެން އާދެއެވެ. އެންމެން އުޅެނީ އޯވާރނައިޓް އަކަށް ދަތުރު ދާންށެވެ. އެހެންކަމުން ގެންދާ ތަކެތި ހުރީ ތަންކޮޅެއް ގިނައިންނެވެ. އެމީހުން އުޅެނީ ޕިކަޕު ނައިސްގެން ލަސްވެގެންނެވެ. އިރުކޮޅެއް ނުވެ ޕިކަޕެއް އައިސް ޒާޔާމެން ގޭގެ ދޮރު ކައިރީގަ މަޑުކޮށްލިއެވެ. އިދާންއާ އެހެންކުދިން ވެގެން ޕިކަޕަށް ގެންދާ ތަކެތި އެރުވުމަށްފަހު އެމީހުން ވެސް ޕިކަޕަށް އެރިއެވެ. […]
އަދި މޮޅު ރޭވުމެއް ޝަފާ ރާވައި ލިއެވެ. ******************** ޝަފާ ސިއްރު ސިއްރުން ގޮސް ލަހުފާ އިށީނދެ އިން ގަސްކައިރީ ހުއްޓިލަމުން ވަށައިގެން ބަލައިލިއެވެ. ޝަފާ ލޮލުގައި އަޅައި ގަތީ އެތާ އިން ބޮޑުވަރެއްގެ ގާ ގަނޑެކެވެ. ޝަފާ އޭތި ހިފައިގެން އައިސް އަތަށް ހެޔޮވަރު ކޮށްލުމަށްފަހު ލަހުފާ އިންތާ ކައިރިއަށް އެއްލިއެވެ. ލަހުފާ ސިއްސައިގެން ގޮސް އަވަސް އަވަހަށް ކޮޅަށް ތެދުވެ ވަށައިގެން ބަލައިލިއެވެ. އޭރު ދުރުގައި ހުރެގެން ޝަފާ ހެނީ އެވެ. ލަހުފާ ވެސް […]
5 ވަނަ ޕާޓު: ލަމްހާ އެ ދުވަސް މަތިން ހަނދާން ވިއެވެ. ******************** އެއީ ލަމްހާގެ އާއިލާއާ އެކުވެރިންނާ އެއްކޮށް ދިޔަ ދަތުރެކެވެ. *** އެންމެން އަރާ ހަމަވުމުން ދޯނި ނައްޓައިލިއެވެ. އެންމެން ވެސް ދޯނީގައި ވަރަށް މަޖާ ކުރިއެވެ. މަޖާ ވާހަކަތައް ދެއްކިޔެވެ. ލަވަ ބާޒީއާ އެކި އެކި މަޖާ ކަންކަން ކުރިއެވެ. ނަމަވެސް ލަމްހާ އިނީ ވަރަށް މަޑުންނެވެ. އެކަކަށްވެސް އެކަމެއް ފާހަގައެއް ނުވިއެވެ. އެކަމަކު ލަހުފާ އަށް އެކަން ފާހަގަ ވެގެން އެއްޗެކޭ […]
ލަހުފާއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. ******************** ކުރިމަތީގައި ހުރީ ކަޅުކުލައިގެ އެއްޗެކެވެ. އަތުގައި ވަޅިއެއް އޮތެވެ. ލަހުފާ ހަޅޭއްލަވައި ގަންނަން އުޅުނެވެ. ނަމަވެސް އޭތި ލަހުފާ އަނގަ މަތީގައި އަތް އެޅި އެވެ. ލަހުފާ ހުރީ ވަރަށް ބިރުންނެވެ. ކުއްލިއަކަށް އޭތި ވަޅި ބިންމައްޗަށް ވައްޓައިލި އެވެ. ލަހުފާ އަނގަ މަތީގައި އޮތް އަތްވެސް ނެގިއެވެ. ގައި ގައި އޮތް ކަޅުކުލައިގެ ފޮތިގަނޑު ނެގުމުން ލަހުފާ ހުރީ ރުޅި އައިސްގެން ހާލާކުވާވަރު ވެފައެވެ. އެއީ ލަމްހާއެވެ. ލަމްހާ […]
ކުއްލިއަކަށް ހުރެފަ ލަހުފާ ހަޅޭއްލަވައި ގަތެވެ. ******************** ލަމްހާ ވެސް ސިއްސައިގެން ގޮސް ހަޅޭއްލަވައި ގަތެވެ. އޭރު ލަހުފާ ހުރެގެން ހެނީއެވެ. ލަމްހާ ސުވާލު ކުރިއެވެ.” ދައްތާ ކިހިނެއްވީ؟ ” އެހެން ބުނި ތަނާ ލަހުފާ ބުންޏެވެ.” ލަމް ޓީވީ އަށް ގެއްލިފަ އިނީމަ ލަމް އަށް ކިހިނެއްތޯ ވަނީ ބަލާލަން ވެގެން. ” އެހެން ބުނި އިރު ވެސް ލަހުފާ އަށް ހެވެނީއެވެ. ލަމްހާ ލަހުފާއާ ދިމާއަށް ލޯ އަޅާލަމުން ބުންޏެވެ.” ތި ނޫން ކަމެއް […]
ފިހާރައަށް ނުވަދެވި އުޅެނިކޮށް މީހަކު ލަމްހާގެ ކޮނޑުގައި ޖަހާލިއެވެ. ******************** ލަމްހާ ފަހަތް ބަލާލިއިރު ހުރީ ލަމްހާގެ އެންމެ ގާތް އެކުވެރިޔާ ޝަމާއެވެ. ޝަމާ އަހާލިއެވެ.” އޭ ލަމް.. މިއަދު ފްރީތަ؟ އާދެބަލަ އޭނިތާ އިށީންނަން.” ޝަމާ އެތާހުރި ގާގަނޑެއް ދައްކާލަމުން ބުންޏެވެ. އެއްޗެއް ބުނުމެއް ނެތި ލަމްހާ ޝަމާއާ އެއްކޮށް ހިނގައިގަތެވެ. ޝަމާ އަނެއްކާވެސް އަހާލިއެވެ.” ލަމް ކޮންތާކަށް ތިދަނީ. މިހާރު ފެނިވެސް ނުލާ.” ލަމްހާ ބުންޏެވެ.” އާ ޝަމާ. ތިއޮއް ދައްތަ ގަނޑު ހުން […]