ލަމްހާ – 7
އަދި މޮޅު ރޭވުމެއް ޝަފާ ރާވައި ލިއެވެ.
********************
ޝަފާ ސިއްރު ސިއްރުން ގޮސް ލަހުފާ އިށީނދެ އިން ގަސްކައިރީ ހުއްޓިލަމުން ވަށައިގެން ބަލައިލިއެވެ. ޝަފާ ލޮލުގައި އަޅައި ގަތީ އެތާ އިން ބޮޑުވަރެއްގެ ގާ ގަނޑެކެވެ. ޝަފާ އޭތި ހިފައިގެން އައިސް އަތަށް ހެޔޮވަރު ކޮށްލުމަށްފަހު ލަހުފާ އިންތާ ކައިރިއަށް އެއްލިއެވެ. ލަހުފާ ސިއްސައިގެން ގޮސް އަވަސް އަވަހަށް ކޮޅަށް ތެދުވެ ވަށައިގެން ބަލައިލިއެވެ. އޭރު ދުރުގައި ހުރެގެން ޝަފާ ހެނީ އެވެ. ލަހުފާ ވެސް ކުޑަ ގާކޮޅެއް ޝަފާއާ ދިމާއަށް އެއްލިއެވެ. އެހެން ވަރަށް ސަކަރާތް ޖެހިއެވެ.
އެންމެ ފަހުން ލަހުފާމެން ސަކަރާތް ޖެހުން ހުއްޓައިލީ ކާން ގޮވުމުންނެވެ. ދެމީހުން ވެސް ގައި ވެލިފޮޅަމުން ތެދުވިއެވެ. އޭރު މޫދުން އަރައިގެން ލަމްހާ ވެސް ޝަމާއާ ވާހަކަ ދައްކަމުން އައެވެ. ލަމްހާ އެހެން ދަނިކޮށް ލަހުފާ ގައިގަ ޖެހިފަ ވެއްޓުނެވެ. ލަމްހާ ހަޅޭއްލަވައި ގަންނަން އަނގަ ހުޅުވާފަ ވެސް މަޑުކުރީ އެތާ އެހެން މީހުން ތިބުމުންނެވެ.
ލަހުފާ ބުންޏެވެ.” ސޮރީ ލަމްހާ “ލަމްހާ އެއްޗެއް ނުބުނެ އަވަސް އަވަހަށް ތެދުވެ ލޯ އަޅާލަމުން ގޮސް ކާއެއްޗެހި ކައިރީގައި ހުރި ތަން ކައިރީގައި މަޑުކޮށްލިއެވެ.
އެންމެން ކައިގެން ކުޅެން އެރިއެވެ. ކުޅެގެން ވެސް މޮޅުވީ ލަހުފާ މެން ޓީމެވެ. އެހެންވެ އުފަލުން ގޮސް އެ ގްރޫޕް މީހުން ފޮޓޯނެގިއެވެ.އެކަމާ ލަމްހާ ރުޅިއައިސްގެން ވަށައިގެން ބަލައިލައިފައި ލަހުފާ ކޮއްޕާލިއެވެ. ނަމަވެސް މާ ބޮޑު ކަމަކަށް ނުހަދާ ލަހުފާ ތެދުވެގެން ހިނގައިގަތެވެ. ލަމްހާ ވެސް ހިތްހަމަނުޖެޖިފައި ހިނގައިގަތެވެ.
ޝަމާމެން އުޅުނީ ރަށަށް ދާން ތައްޔާރު ވާށެވެ. ލަމްހާ ވެސް އެމީހުންނަށް އެހީތެރި ވާން އުޅުނެވެ. ލަހުފާ ވެސް އުޅުނީ އަވަހަށް ރަށަށް ދާން ތައްޔާރު ވާށެވެ.
ލަމްހާމެން ދޯންޏަށް އަރައި ހަމަޖެހިލިތަނާ ދޯނި ނަށްޓައިލިއެވެ. އައި އިރެކޭ އެއްގޮތަށް ދިޔައިރު ވެސް ވަރަށް މަޖާ ކުރިއެވެ. ނަމަވެސް ކުރިއެކޭ އެއްގޮތަށް ލަމްހާ އިނީ މަޑުން ނެވެ.
ރަށަށް އައިގޮތަށް އެންމެން އަވަސް އަވަހަށް ގެއަށް ދާން އުޅުނެވެ. ލަމްހާވެސް އަވަހަށް ދޯނިން ފޭބުމަށްފަހު ގެއާ ދިމާއަށް ހިނގައި ގަތެވެ. ލަހުފާ ވެސް ލަމްހާގެ ފަހަތުން އައެވެ. ލަމްހާ ރުޅި އައީ ލަހުފާ ލަމްހާގެ ފަހަތުން އައުމުންނެވެ.
ލަމްހާއަށް ރުޅިގަނޑު ހިފާއްޓައި ލެވުނީ އިރުކޮޅަކަށެވެ. އޭރު ގެޔާ ވަރަށް ކައިރިވެއްޖެ އެވެ. ލަމްހާ ބުންޏެވެ.
” ކީއްކުރަން އަހަރެން ފަހަތުން ތި އަންނަނީ.. އަހަރެންނަށްވުރެ ލަހުން ނޫނީ އަވަހަށް ދެވިދާނެ ދޯ.. އެންމެން ކުރިމަތީ އެހެން އުޅުނަސް އަހަރެން ވަރަށް ރުޅިއާދޭ ދައްތަ ދެކެ..” ލަހުފާ ސިއްސައިގެން ގޮސް ވަށައިގެން ބަލައިލިއެވެ. ނަސީބަކުން ހަމަ އެކަކު ނެތެވެ. ނަމަވެސް އަނެއްކާ ވެސް ހާސްވީ ލަމްހާގެ މަންމަ ދެލޯ ބޮޑުކޮށް ލައިގެން ބަލަން ހުރުމުން ނެވެ.
ލަމްހާ ލަހުފާ ދެކެ ކިތަންމެ ރުޅި އަޔަސް މީހުން ކުރިމަތީގައި އުޅެނީ އެކަން ފޮރުވައިގެންނެވެ. ލަމްހާމެންގެ މަންމަ ކުރިމަތީގައި ވެސް މެއެވެ. ޝަމާ އަށްވެސް އިނގުނީ ލަމްހާ އެއްޗެހި ކިޔަނިކޮށް އެތަނަށް އާދެވުމުންނެވެ.
ލަހުފާ އެދިމާއަށް ބަލަހަށްޓައިގެން ހުރުމުން ލަމްހާ ވެސް އެ ދިމަ ބަލައިލިއެވެ. ލަމްހާއަށް ވެސް ތެޅިގަނެވުނެވެ. ލަމްހާ މަންމަ އުޅެނީ ނޭވައި ނުލެވިގެންނެވެ. ލަމްހާ އަވަސް އަވަހަށް ގޮސް ބައްޕައަށް ގޮވިއެވެ.ލަހުފާ އޭރު މަންމައަށް ގޮވޭތޯ އުޅެއެވެ. މާ ގިނައިރެއް ނުވެ މީހުންތަށް އެއްވިއެވެ. އެތަނުން މީހަކު އެންބިއުލައިންސަށް ގުޅިއެވެ. ގިނައިރެށް ނުވެ އެންބިއުލައިންސް އައެވެ. ލަމްހާގެ މަންމަ އެމަރޖެންސީ ކޮށް ހޮސްޕިޓަލަށް ގެންދެވުނެވެ.
ލަމްހާމެން އުޅުނީ ހާސްވެގެންނެވެ. ލަމްހާގެ ބައްޕަވެސް އިރުކޯކޮޅުން ދޮރާދިމާއަށް ބަލައިލައެވެ.
ކުއްލިއަކަށް ޑޮކްޓަރު ނިކުތެވެ. ލަމްހާގެ ބައްޕަ ފުންމައިގެން ކަހަލަ ގޮތަކަށް ގޮނޑިން ތެދުވިއެވެ. ލަމްހާއާ ލަހުފާއާ ވެސް އެދިމާއަށް ދިޔައެވެ. ޑޮކްޓަރު ދިނީ ހިތާމަވެރި ހަބަރެކެވެ. ލަމްހާމެންގެ މަންމަ މަރުވީއެވެ. ލަމްހާ ބައްޕައަށް ހާރޓްއެޓަކް އެއްޖެހުނީ ކުއްލިއަކަށެވެ. ލަމްހާގެ ބައްޕަ ވެސް އަވަސް ފަރުވާދޭ ކޮޓަރިއަށް ވެއްދިއެވެ.
މި ފަހަރު ޑޮކްޓަރު ދިނީ ބައްޕަ މަރުވި ހަބަރެވެ. ބަައްޕަ މަރުވީ ހާރޓްއެޓަކް އެއް ޖެހިގެންނެވެ. ލަމްހާއަށް ކެތްނުވެގެން ބުންޏެވެ.” ދައްތާ އަހަރެންނަށް މާފްކުރޭ.. އަހަރެން އެގޮތަށް އެއްޗެހި ނުކީނަމަ މިހެނެއް ނުވީސް.. އަހަރެންނަށް ދައްތަ ދެކެ ހަސަދަވެރިވެވުނީ.. ”
” އަހަރެން ލަމްް އަށް މާފު ކޮށްފިން. ” ލަހުފާ ވަރަށް އުފާ ވިއެވެ. އެއީ އޭނަގެ ކޮއްކޮއާށް ވޮސްނުނީތީއެވެ.
***
ލަމްހާ ސިއްސައިގެން ދިޔައީ ލަހުފާ އައިއްސަ ކޮނޑުގައި ޖަހައިލުމުންނެވެ. އޭރު ލަމްހާއަށް ހުރީ ރޮވިފައެވެ. ނަމަވެސް ލަހުފާ ލަމްހާ ހަމައަކަށް އަޅުވައި ލިއެވެ.
ދެމީހުން ވެގެން ކުކުޅު ތައްޔާރުކޮށް ނިންމާލިއެވެ. ލަހުފާ ޝަމާ އަށް ގުޅާލާފައި ލަމްހާ މެންގެއަށް ކެއުމަށް ދައުވަތު ދިނެވެ.
އެއްގަޑި ބައިވަން އުޅެނިކޮށް ޝަމާއާ ޝަފާ ގެއަށް އައެވެ. ލަމްހާމެން ކައި ނިންމައިގެން އެންމެން މަޖާކޮށް ހެދިއެވެ.
ނިމުނީ…
މި ވާހަކަ ނިމުމާ ހިސާބަށް ޝައުގުވެރިކަމާއެކު ކިޔާ ނިންމި ހުރިހާ ކިއުންތެރިންނަށް ޝުކުރު އަދާކުރަން..
އިރާދަކުރެއްވިޔާ ވަރަށް އަވަހަށް އަޅުގަނޑުގެ އެހެން ވާހަކައެއް ތި ކިއުންތެރިންނަށް ކިޔާލަން ލިބޭނެ انشاءﷲ?????☺️☺️☺️?

