Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

ލަމްހާ – 3

Hawwa jabeela Level 110 Stories
July 2, 2020 2 Mins Read
0 Comments

ކުއްލިއަކަށް ހުރެފަ ލަހުފާ ހަޅޭއްލަވައި ގަތެވެ.
********************
ލަމްހާ ވެސް ސިއްސައިގެން ގޮސް ހަޅޭއްލަވައި ގަތެވެ. އޭރު ލަހުފާ ހުރެގެން ހެނީއެވެ. ލަމްހާ ސުވާލު ކުރިއެވެ.” ދައްތާ ކިހިނެއްވީ؟ ” އެހެން ބުނި ތަނާ ލަހުފާ ބުންޏެވެ.” ލަމް ޓީވީ އަށް ގެއްލިފަ އިނީމަ ލަމް އަށް ކިހިނެއްތޯ ވަނީ ބަލާލަން ވެގެން. ” އެހެން ބުނި އިރު ވެސް ލަހުފާ އަށް ހެވެނީއެވެ. ލަމްހާ ލަހުފާއާ ދިމާއަށް ލޯ އަޅާލަމުން ބުންޏެވެ.” ތި ނޫން ކަމެއް ކުރަން ނޭނގުނީތަ؟ ”
” އޭ ލަމް. އެއީ މަޖަލޭ. ތިހާ ރުޅި އަންނަ ކަމެއް ނޫން އެއީ. ” ލަހުފާ ބުންޏެވެ. ދެމީހުން ވެސް ސަކަރާތް ޖަހަމުން ޓީވީ ބަލާ ނިންމާލިއެވެ. ދެމީހުން ވެސް އަވަހަށް ތަން ސާފުކޮށް ލުމަށްފަހު ކޮޓަރިއަށް ދިޔައީ ނިދާލަންށެވެ. ލަމްހާ ކޮޓަރިއަށް ވަދެ ކުޑަކޮށް ގަޔަށް ފެން އަޅާލައިގެން ނިދާ ހެދުން ލުމަށްފަހު އެނދަށް އެރިއެވެ. ލަމްހާ ދެންމެ ވީ ކަންތައްތައް މަތިން ހަނދާންވެ ހެވުނެވެ. ކުއްލިއަކަށް ލަމްހާ އެއްލި ކަޅިއަކުން ފެނުނީ ކޮޓަރީގައި ހުރި ފޮޓޯ ފްރޭމެކެވެ. އެއީ އެއްދުވަހަކު ކުޅެން އުޅެފަ ނެގި ފޮޓޯ ގަނޑެކެވެ. ލަމްހާ ހަނދާންވީ މާޒީ އެވެ.
***
ލަހުފާ ބަލިވި ފަހުން ލަމްހާ އަކަށް ކުޅޭކަށް ނުދެވެއެވެ.
ބޭސް ކެއުމުން އޭގެ ދެތިން ދުވަސް ފަހުން ލަހުފާ އައީ ރަނގަޅު ވަމުންނެވެ. އެހެންކަމުން ލަހުފާ އެއްކޮށް ރަނގަޅުވުމުން ލަހުފާމެންގެ މަންމަ ކުޅެންފޮނުވިއެވެ. އެދުވަހު ލަމްހާ ވަރަށް ގިނައިރު ވަންދެން ކުޅުނެވެ. ލަހުފާ ދާން އަންނާށޭ ބުނީމަ ވެސް ލަމްހާ ގެއަކަށް ނުދިޔައެވެ. އެދުވަހު ލަހުފާ ގޮސް މަންމަ ކައިރީގައި ބުނުމުން މަންމަ އައިސް ގަދަކަމުން ގެންދިޔައީއެވެ.
ގޭތެރެއަށް ލާފައި މަންމަ ބޭރަށް ނިކުތެވެ މަންމަ ދާހާއިރު ކޮށްފަ ލަމްހާ ލަހުފާއާ ދިމާއަށް އެއްޗެހި ކިޔައި ގަތެވެ. އެދުވަހު ލަހުފާ ވަރަށް ދެރަވިއެވެ.
***
ލަމްހާ ސިއްސައިގެން ދިޔައީ ބަދިގެއިން އެއްޗެއް ވެއްޓުން އަޑަށެވެ. ލަމްހާ ސިއްރު ސިއްރުން ގޮސް ބެލި އިރު ލަހުފާ އުޅެނީ ފެންބޯށެވެ. ލަމްހާ އަނބުރާކޮޓަރިއަށް ގޮސް އެނދުމަތީގައި އިށީނެވެ.
ލަހުފާ ސިއްސައިގެން ދިޔައީ ގޭދޮރުގައި މީހަކު ވަރަށް ބާރަށް ތަޅާ އަޑަށެވެ. ލަހުފާ މަޑު މަޑުން ގޮސް ދޮރު ހުޅުވާލިއެވެ. ނަމަވެސް ހަމަ އެކަކު ނެތެވެ. ލަހުފާ ބިރު ގަންނަ ގޮތް ވިއެވެ. އަވަސްއަވަހަށް ދޮރު ތަޅު ލުމަށްފަހު ލަހުފާ ގޮސް ކޮޓަރިއަށް ވަނެވެ. ދެވަނަ ފަހަރަށް ވެސް ތަޅާ އަޑު އިވުނެވެ. މިފަހަރު ލަހުފާ އެއް ނުދެއެވެ. ނަމަވެސް ކުރިއަށްވުރެ ބާރަށް ތަޅަން ފެށުމުން ލަހުފާ ވަރަށް ލަސްލަހުން ގޮސް ދޮރު ހުޅުވާލަމުން ބޭރު ބާލާލި އެވެ. ލަހުފާއަށް ދެލޯ ބޮޑުކޮށްލެވުނެވެ.
ނުނިމޭ….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hawwa jabeela

Level 110 Stories

Other Articles

Previous

ލޯތްބައްޓަކައި(11ވަނަ ބައި)

Next

އެދެނީ އެކުގައިވާށޭ 2

Next
July 4, 2020

އެދެނީ އެކުގައިވާށޭ 2

Previews
July 2, 2020

ލޯތްބައްޓަކައި(11ވަނަ ބައި)



All Right Reserved!